ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/08 ޤަޟިއްޔާގެ ޙުކުމް
f
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2010/HC-A/08
WWW.
ކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެށި
;ޚާއި
ޤަރާއްޖޭ*
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:08/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
*ނަން: މުޙައްމަދު ރަމީލް
ކާޑު ނަންބަރު A048083
ވަކީލު:އޒީ. މުޙައްމަދު ސަލީމް ގ. ރަންހިރި
ދާއިމީއެޑްރެސް:ގ، އާބިން
މިހާރުގެ އެޑްރެސް:ގ. އާބިން
*
*3
އިސްތިއުނާފު ރައްދުވި ފަރާތް:
މިނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު.އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ އޒީ. ޢަބްދުﷲ ރާބިޢު
ޝައްވާލް
1432
ރަޖިސްޓްރީކުރި ތާރީޚް: 26 ޞަފަރު 1430
12 ޖެނުއަރީ 2010
ނިމުނު ތާރީޚް: 07
05 ސެޕްޓެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: 2009/JC/634
ނިންމެވިކަޓު: ޖިނާއީކޯޓު
• ޤަޟިއްޔާގެބާވަތް: ޚިޔާނާތްތެރިވުން
ހުށަހެޅުނުތާރީޚް: 03 - 03
ނިމުނު ތާރީޚް: 27 – 10
2009
2009
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(ޢާބުރުޒު ހިނގުން) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2f31dHC-A08
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/634 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ޢުޞޫލުތަކާއެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިޢުނާފު ކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނު ކ.މާލެ/ ގ. އާބިން މުޙައްމަދު ރަމީލް (އައި.ޑީ ކާޑު ނަންބަރު A048083) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ
ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
އެގަކުރެވުނު ނުކުތާތައް
ކޯޓުގެ ނަންބަރު 2009/JC/634 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
އުޞޫލުތަކާއެއްގޮތަށް ނޫންކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށްއެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނު ކ.މާލެ އާބިން މުޙައްމަދު ރަމީލް (އައި.ޑީ ކާޑު ނަންބަރުA048083) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާ އެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ
ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/634 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ސ. ހިތަދޫ ސަޒަން އިބްރާހީމް ޝިހާޒުއާއި ގ.އާބިން މުހައްމަދު ރަމީލް،
މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާގައި އުޅެމުން، އިބްރާހީމް ޝިހާޒް 25
ޖެނުއަރީ 2007 ދުވަހު -!29000 ރ. (ނަވާވީސްހާސް ރުފިޔާ) ގެ އަގުހުރި 10 ފޫޓުގެ 200 ގަނޑު ޓިނު
ނަގާފައި ވާތީއާއި، މުޙައްމަދު ރަމީލް 27 ޑިސެންބަރު 2006 ދުވަހު -/39825ރ. (ތިރީސް ނުވަހާސް
އަށްސަތޭކަ ފަންސަވީސް ރުފިޔާ) ގެ އަގުހުރި 100 ގަނޑު ޓިނު ނެގިކަމަށް އިންކާރު ކުރިނަމަވެސް،
މުޙައްމަދު ރަމީލް 27 ޑިސެންބަރު 2006 ދުވަހު ޓިނުތަކެއް ލޯޑުކުރުމަށްފަހު އެއީ މުޙައްމަދު ރަމީލުގެ
އަމިއްލަ ބޭނުމަކަށް ލޯޑުކުރި ޓިނުތަކެއްކަމަށް މުޙައްމަދު ރަމީލް ބުނިކަމަށް އިބްރާހީމް ޝިހާޒް ބުނާތީއާއި،
މުޙައްމަދު ރަމީލުގެ ރައްޓެއްސެއް ކަމަށްވާ ހ. ބްލޫބާރޑް އަޙްމަދު ރަޝީދުގެ އެދުމަކަށް -/39825 ރ.
(ތިރީސް ނުވަހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ) ގެ އަގުހުރި 100 ގަނޑު ޓިނު މުޙައްމަދު ރަމީލް
ގެނެސްދިންކަމަށް އަޙްމަދު ރަޝީދު ބުނާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ
މާއްދާގެ ދަށުން އިބްރާހީމް ޝިހާރާއި މުޙައްމަދު ރަމީލުގެ މައްޗަށް ދިހަހާސް ރުފިޔާއަށްވުރެ އަގުހުރި
މުދަލަކަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއާއި ހިބްރޫބާރޑް އަޙުމަދު ރަޝީދު 100 ގަނޑު ޓިނު
2.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ ޠާބުރުޒު(ހިނދުންތަވެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
www.highcourt-governy
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2010/HC-A08
0 7 2
44ނ
O
ގަތުމަށްޓަކައި ޙަވާލުކުރީ -/40000 ރ. (ސާޅީސްހާސް ރުފިޔާ) ގެ ބަދަލު މުޙައްމަދު ރަމީލުގެ
ހޯދުމަށް އަޙުމަދު ރަޝީދު އެދޭ މައްސަލައިގެ ދަޢުވާ ދައުލަތުން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
އެޤަޟިއްޔާގައި ޖިނާއީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ،އިބްރާހީމް ޝިހާބުގެ މައްޗަށް ކުރި ދަޢުވާގައިވާ ފަދައިން އިބްރާހީމް ޝިހާޒް 25 ޖެނުއަރީ
2007 ދުވަހު، އިބްރާހީމް ޝިހާޒް ވަޒީފާ އަދާކުރި ކުންފުނިން ތިލަފުށީގައި ޓިނުއުފައްދާ ފެކްޓްރީން
200 ގަނޑު ޓިނު ނަގައި، އެއަށް ޚިޔާނާތްތެރިވެފައިވާކަން އިބްރާހީމް ޝިފާޒުގެ އިޢުތިރާފުން ޝަރީޢަތަށް
ސާބިތުވާތީ، އިބްރާހީމް ޝިހާބުގެ މައްޗަށް ސާބިތުވި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131
ވަނަމާއްދާގެ (ހ) ގެ ދަށުން 06 މަސްދުވަހަށް، އިބްރާހީމް ޝިހާޒް ޚިޔާނާތްތެރިވި މުދަލުގެ އަގުކަމަށް ބެލެވޭ
-/29000 ރ. (ނަވާވީސްހާސް ރުފިޔާ)، ދިހަހާސް ރުފިޔާއަށްވުރެ މަތިވާތީ، ޤާނޫނުލްޢުޤޫބާތުގެ 132
ވަނަމާއްދާގެ ދަށުން 02 (ދޭއް) އަހަރާއި 05 (ފަހެއް) މަސްދުވަހަށް، އެކު ޖުމްލަ 02 (ދޭއް) އަހަރާއި 11
(އެގާރަ) މަސްދުވަހުގެ މުއްދަތަށް އިބްރާހީމް ޝިފާޒް އަރުވާލުމަށް ޙުކުމްކޮށް،
މުޙައްމަދު ރަމީލް
މ. ބްލޫބާރޑް އަޙްމަދު ރަޝީދުގެ އެދުމަކަށް 100 ގަނޑު ޓިނު ގެނެސްދިން
ކަމަށް އަޙްމަދު ރަޝީދު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވާތީ، މުޙައްމަދު ރަމީލުގެ މައްޗަށް ދައުލަތުން
ކުރި ޚިޔާނާތުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު ރަމީލް އިންކާރުކޮށްފައިވާއިރު، އަޙްމަދު ރަޝީދުގެ ގުދަނުގައި
ހުއްޓާ ފެނުނު ޓިނުތަކަކީ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްސް ޕްރައިވެޓް ލިމިޓެޑުން ތިލަފުށީގައި
ހިންގަމުންގެންދާ ޓިނު އުފައްދާ ފެކްޓްރީގައި ހުއްޓާ ގެއްލިފައިވާ ޓިނުތަކެއް ކަމަށްވެފައި، އެފެކްޓްރީގެ ބައެއް
މުވައްޒަފުން އެތަނުން ވަގަށް ޓިނު ބޭރުކޮށް ވިއްކަމުންދާކަމަށް އެކުންފުންޏަށް ޝައްކުކުރެވިފައިވާކަން
އެކުންފުނީގެ ސިޓީއަކުން އެނގޭތީއާއި، އަޙްމަދު ރަޝީދުގެ ގުދަނުގައި ހުއްޓާ އެޓިނުތައް ފެނުމުގެ ކުރިން
އަޙްމަދު ރަޝީދުއާއި، މުޙައްމަދު ރަމީލުގެ ގްރޫޕާދެމެދު ޑިސްކައުންޓް ކަނޑައި
ޓިނުގަތުމާބެހޭގޮތުން ވާހަކަދެކެވުނު ދުވަހެއްގައި މުޙައްމަދު ރަމީލްވެސް އެތަނުގައި އިންކަމާއި، އަދި އެއްދުވަހު
ސީދާ މުޙައްމަދު ރަމީލްއާވެސް ވާހަކަ ދެކެވުނުކަން އަޙްމަދު ރަޝީދުގެ ބަޔާނުން އެނގޭތީއާއި، އަދި މިކަމާއި
ގުޅިގެން އެކިފަހަރުމަތިން ފެކްޓްރީގެ ފޯނުންވެސް އަޙްމަދު ރަޝީދުއާއި ވާހަކަ ދެއްކިފައިވާކަން އަޙްމަދު
ރަޝީދުގެ ބަޔާނުން އެނގޭތީއާއި، އަދި އަޙްމަދު ރަޝީދު އޯޑަރުކުރި ޓިނުތައް އަޙްމަދު ރަޝީދުގެ ގަރާޖު
ކުރިމަތީގައި ބަހައްޓާފައި ހުންނާނެކަމަށް މުޙައްމަދު ރަމީލުގެ ނަމުގައި އަޙްމަދު ރަޝީދަށް ގުޅާފައި ބުނިކަމާއި،
ފައިސާ ޙަވާލުކުރުމަށްފަހު، ފައިސާ ލިބިއްޖެތޯ ބެލުމަށް ފެކްޓްރީގެ ފޯނަށް އަޙްމަދު ރަޝީދު ގުޅުމުން ފައިސާ
0 422
އަގުހެޔޮކޮށް
ޕިރާއްޖެ، ފޯން 3325129 ފެކްސް: 33j647
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(ޢާބުރުޒު ހިނގުން
އީމެއިލް: [email protected]
www.highcourt.gov.lv
4
2010/HC-A08
OXO
04 03
443
ލިބިއްޖެކަމަށް ބުނިކަމާއި، މިކަންކަން އަޙްމަދު ރަޝީދު ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން
އެނގޭތީއާއި، މުޙައްމަދު ރަމީލަކީ ފެކްޓްރީގެ އެންމެ އިސްކޮށް އެތަން ބެލެހެއްޓުމާއި ޙަވާލުވެހުރި
ފަރާތްކަމަށްވެފައި، އެތަނުން ޓިނު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ގިނަ އަދަދެއްގެ ޓިނުތަކެއް
ބޭރުވެ، އަޙްމަދު ރަޝީދުގެ ގުދަނުގައި ހުންނަން ޖެހުނުގޮތެއް މުޙައްމަދު ރަމީލަށް ސާބިތުކޮށް ދެވިފައިނުވާތީ،
މިކަމުގައި މުޙައްމަދު ރަމީލް ޒިންމާވާން ޖެހޭނެތީ، ޤާނޫނުލްއުޤޫބާތުގެ 149 ވަނަމާއްދާގެ (ނ) އާއި ޙަވާލާދީ،
ޚިޔާނާތްތެރި ވުމުގެ ކުށުން މުޙައްމަދު ރަމީލް ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މުޙައްމަދު ރަމީލުގެ މައްޗަށް
ސާބިތުވި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްއުޤޫބާތުގެ 131 ވަނަމާއްދާގެ (ހ) ގެދަށުން 06 (ހައެއް)
މަސްދުވަހަށް، މުޙައްމަދު ރަމީލް ޚިޔާނާތްތެރިވި މުދަލުގެ އުގުކަމުގައި ބެލެވޭ -/39825 (ތިރީސް
ނުވަހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ) ދިހަހާސް ރުފިޔާއަށްވުރެ މަތިވާތީ، ޤާނޫނުލްއުޤޫބާތުގެ 132 ވަނަ
މާއްދާގެ ދަށުން 03 (ތިނެއް) އަހަރާއި، 03 (ތިނެއް) މަސްދުވަހަށް، އެކު ޖުމްލަ 03 (ތިނެއް) އަހަރާއި،
09 (ނުވައެއް) މަސްދުވަހުގެ މުއްދަތަށް މުޙައްމަދު ރަމީލް އަރުވާލުމަށާއި،
27 ޑިސެމްބަރު 2006 ދުވަހު މުޙައްމަދު ރަމީލް ޕިކަޕަކަށް ބަރުކުރި ޓިނުތަކެއްކަމަށް ދަޢުވާގައި
ބުނެފައިވާ ޓިނުތަކާމެދު މުޙައްމަދު ރަމީލް އިންކާރުކޮށްފައިވުމާއި، މި ޓިނުތަކަކީ އަޙްމަދު ރަޝީދުގެ އަތުން
ފެނުނު ޓިނުތައް އަޙްމަދު ރަޝީދަށް ލިބުނުކަމަށް އަޙްމަދު ރަޝީދު ބުނެފައިވާ ތާރީޚަށްވުރެ މާފަހުގެ
ތާރީޚެއްގައިވާ ޓިނުތަކެއް ކަމަށްވެފައި، މިޓިނުތަކަކީ މުޙައްމަދު ރަމީލް އަމިއްލަ ބޭނުމަކަށް ބަރުކުރި
ޓިނުތަކެއްކަމަށް އިބްރާހީމް ޝިހާމް ގާތުގައި މުޙައްމަދު ރަމީލް ބުނެފައިވާކަމަށް އިބްރާހީމް ޝިހާޒް ބުނެފައިވާ
ބުނުން ފިޔަވައި މިކަމުގެމައްޗަށް އިތުރުހެއްކެއް ޤަރީނާއެއްވެސް ލިބިފައި ނުވާތީ، ދަޢުވާގައި ހިމެނޭ މިބައި
މުޙައްމަދު ރަމީލުގެ މައްޗަށް ސާބިތުނުވާކަމަށް ޙުކުމްކޮށް އެގޮތުގެ މަތިންކަން އެނގެއެވެ.
3. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/634 ޤަޟިއްޔާ ނިމިފައިވަނީ ޝަރުއީ އަދި ޤާނޫނީ
އާބިން މުޙައްމަދު ރަމީލުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ
މައްޗަށް ބެލިއިރު، 06 (ހައެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: މުޙައްމަދު ރަމީލުގެ މައްޗަށް ދައުލަތުން ހުށަހެޅި ދަޢުވާ ސާބިތުކުރުމަށް
އިބްރާހީމް ޝިހާޒް ބުނެފައިވާ ބުނުން ފިޔަވައި މިކަމުގެ މައްޗަށް އިތުރު ހެއްކެއް ޤަރީނާއެއްވެސް ލިބިފައި
ނުވާތީ، މުޙައްމަދު ރަމީލުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތު ނުވާކަމަށް ކަނޑަ އެޅުއްވުމަށްފަހު،
ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ)
ފެނާތްތެރި ވުމުގެ ކުށުން މުޙައްމަދު ރަމީލް
39ފ2 84 ހ4 މީގެ 8 ހދ94 4
އެޞިލަތަކީ އެއެގެތަށް ބާލާނެކަމަށްބުނެ
ހި 4 އ
އި
ގ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(އާބުރުޒް ހިނގަން މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ދިވެހިވެސް އިޓް: www.highcourt.gov.mv
5
2jid/HC-A/08
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
32 0¢ ¢ ¢
ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ
މާއްދާގެ ދަށުން މުޙައްމަދު ރަމީލުގެ މައްޗަށް އަދަބު ކަނޑައަޅުއްވާފައި އޮތުން.
(ނ) ދެވަނަ ނުކުތާއަކީ: މުޙައްމަދު ރަމީލަކީ ފެކްޓްރީގެ އެންމެ އިސްކޮށް އެތަން ބެލެހެއްޓުމާއި
ޙަވާލުވެހުރި ފަރާތްކަމަށާއި، އެތަނުން ޓިނު ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޚިލާފަށް ގިނަ ޢަދަދެއްގެ
ޓިނުތަކެއް ބޭރުވެ، އަޙްމަދު ރަޝީދުގެ ގުދަނުގައި ހުންނަންޖެހުނުގޮތެއް މުޙައްމަދު ރަމީލަށް ސާބިތު
ކޮށްދެވިފައި ނުވާކަމަށް ވިދާޅުވެ، އެނުކުތާއަށް ބަރޯސާވެ މުޙައްމަދު ރަމީލުގެ މައްޗަށް އަދަބު
ކަނޑައެޅުއްވިއިރު، މުޙައްމަދު އަމީނަކީ އެތަން ހިންގައި ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވެހުރި ފަރާތްކަމަށް
ނުވެފައި އަދި އެތަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ މެނޭޖަރަކާއި ޙަވާލުކުރެވި މުޙައްމަދު ރަމީލުގެ މައްޗަށް
އެތަނަށް މެނޭޖަރަކު ޢައްޔަން ކުރެވިފައިވާއިރު، އެކަންކަން ހިނގަމުންދާގޮތެއް އެއްވެސް މިންވަރަކަށް
އިލެވުމެއްނެތި، އަދި މިބާވަތުގެ މައްސަލަތަކުގައި ކަންހިނގާ ގޮތަށާއި، ޤާނޫނީގޮތުން ބައްލަވަންޖެހޭ
ކަންތައްތަކަށް ނުބައްލަވައި އެނުކުތާއަށް
ނުކުތާއަށް ބަރޯސާވެ މުޙައްމަދު ރަމީލުގެ މައްޗަށް އަދަބު ކަނޑައެޅުއްވުމަކީ
ޤާނޫނީގޮތުން ޞައްޙަ ނިންމެވުމެއްނޫންކަން.
(ނ) ތިންވަނަ ނުކުތާއަކީ:ދަށުކޯޓުން މުޙައްމަދު ރަމީލުގެ މައްޗަށް ކުށް ސާބިތުކޮށް، އަދަބު
ފޑައަޅުއްވާފައިވަނީ މުޙައްމަދު ރަމީލުގެ މައްޗަށް ދައުލަތުން ދަޢުވާކުރުމުގައި ބެލި މައިގަނޑު އުޞޫލުތަކާ
ޚިލާފަށްކަމަށްވެފައި، މުޙައްމަދު ރަމީލުގެ މައްޗަށް ކުށް ސާބިތުކޮށް، އަދަބު ކަނޑައެޅުއްވުމުގެ ކުރިން
އެކަންކަން މުޙައްމަދު ރަމީލަށް އެނގިފައި ނުވުމުން، މުޙައްމަދު ރަމީލް ކުށުން ބަރީއަވުމަށް އެގޮތުގައި
ވާހަކަދައްކައި، ހެކި ހުށަހެޅުމުގެ ފުރުޞަތުން މަޙްރޫމްވެފައިވުން.
(ނ) ހަތަރުވަނަ ނުކުތާއަކީ: އިބްރާހީމް ޝިހާޒްމެންނާ އެއްކޮށް ލެމަންގްރާސްގައި ސައިބޯން
އިންއިރު ރަމީލޭ ބުނެފައި އެވަނީ އެގްރޫޕަށް ބޭނުންކުރާ ނަމެއްގެގޮތުގައި ކަމަށާއި، އެގްރޫޕަކީ ރަމީލްމެން
ގްރޫޕްކަމަށާއި، އެއީ ފެކްޓްރީގައި އެމީހުންނާ ބައްދަލުވެ އުޅުނުއިރު، އެމީހުންނަށް ނިސްބަތްކޮށް ކިޔާ
އެއްޗެއްކަމަށާއި، ލެމަންގްރާސްގައި ޓިނުތަކުގެ ވާހަކަ ދެކެވުނުއިރު، ރަމީލް ނެތްކަމަށާއި، އިނީ އިބްރާހީމް
ޝިހާޒްކަމަށް ފާހަގަކުރެވުނު ނުކުތާތަކުގެ 06 ވަނަ ނަންބަރުގެ 08 ވަނަ ފޮޅުވަތުން ފެށިގެން 12 ވަނަ
ފޮޅުވަތާ ދެމެދު ފާހަގަކޮށްފައި އޮތްއިރު، ލެމަންގްރާސްގައި ޓިނުތަކުގެ ވާހަކަ ދެކެވުނުއިރު، އެތަނުގައި
މުޙައްމަދު ރަމީލު ނެތްކަމާއި، އެތަނުގައި އިނީ އިބްރާހީމް ޝިހާޒްކަމާއި، އިބްރާހީމް ޝިހާޒްމެންނާ އެއްކޮށް
ލެމަންގްރެސްގައި ސައިބޯން އިންއިރު، ރަމީ ބުނެފައިއެވަނީ އެގްރޫޕަށް ބޭނުންކުރާ ނަމެއްގެ ގޮތުގައި ކަމަށް
އަޙްމަދު ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ޞަރީޙަބަހުން ބުނެފައިވާއިރު، އަޙްމަދު ރަޝީދުގެ މިބަހުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(އާބުނުޒު ހިންގެ މާތް ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް |ސައިޓް:
www-highcourt.gov.my na per inform highcourt.gov.my Son
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2010/HC-A/08
އަޙްމަދު ރަޝީދުގެ ގުދަނުގައި ހުއްޓާ ފެނިގެން ދައުލަތުން ދަޢުވާކުރާ ޓިނުތަކުގެ މުޢާމަލާތް ހިނގާފައިވަނީ
އަޙްމަދު ރަޝީދުއާ އިބްރާހީމް ޝިހާޒްއާ އެކުކަން އެނގެން އޮތްއިރު އެކަމުގެ މައްޗަށް ޝަރީޢަތުން
ބެއްލެވުމެއްނެތި މުޙައްމަދު ރަމީލުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުކޮށް އަދަބު ކަނޑައަޅުއްވާފައި އޮތުން.
• ފަސްވަނަ ނުކުތާއަކީ އިބްރާހީމް ޝިހާޒްއާ ވާހަކަ ދެކެވުނީ ފަހުން ކަމަށާއި، ޓިނުތައް
ގެނައިމީހެއް އަޙްމަދު ރަޝީދަށް ނޭނގޭކަމަށާއި، އަދި ފައިސާ ޙަވާލުކުރެވުނު މީހެއްވެސް އަޙްމަދު ރަޝީދަށް
ނޭނގޭކަމަށާއި، ޓިނުތައް އަޙްމަދު ރަޝީދުގެ ގަރާޖް ކުރިމަތީގައި ބަހައްޓާފައި ހުންނާނެކަމަށް މުޙައްމަދު
ރަމީލް، އަޙްމަދު ރަޝީދަށް ގުޅާފައި ބުނިކަމަށް އަޙްމަދު ރަޝީދު ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި
އޮތްނަމަވެސް، އަޙްމަދު ރަޝީދު ބުނެފައިވާނީ މުޙައްމަދު ރަމީލުގެ ނަމުގައި ގުޅާފައި ބުނިކަމަށާއި، ގުޅިމީހެއް
އަޙްމަދު ރަޝީދަށް ނެނގޭކަމަށާއި، އަދި ފައިސާ ޙަވާލުކުރުމަށްފަހު ފައިސާ ލިބިއްޖެތޯ އަހަންގުޅީ ފެކްޓްރީގެ
ފޯނު ނަންބަރަށްކަމަށާއި، އަބަދުވެސް އަޙްމަދު ރަޝީދު ގުޅަނީ ފެކްޓްރީގެ ނަންބަރަށް ކަމަށާއި، ގުޅާފައި
ރަމީލުހޭ އަހާލީމާ އާނއެކޭ ބުނާކަމަށާއި، ވާހަކަދެކެވުނު ވަކިމީހަކު ބުނަން އަޑުން ނޭނގޭކަމަށް، އަޙުމަދު
ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށް ފާހަގަކުރެވުނު ނުކުތާތަކުގެ 06 ވަނަ ނަންބަރުގެ 14 ވަނަ
ފޮޅުވަތުން ފެށިގެން 23 ވަނަ ފޮޅުވަތާއި ދެމެދު ފާހަގަކުރައްވާފައި ވާއިރު، އަދި ޓިނުތަކުގެ ވާހަކަދެކެވި
އެމުޢާމަލާތް ހިނގާފައިވަނީ އިބްރާހީމް ޝިހާޒުއާއި އެކުކަން އަޙުމަދު ރަޝީދު ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުން އެނގެންއޮތްއި
އޮތްއިރު، އެކަމުގެ މައްޗަށް ޝަރީޢަތުން ބެއްލެވުމެއްނެތި މުޙައްމަދު ރަމީލުގެ މައްޗަށް
ޚިޔާނާތުގެ ކުށްސާބިތުކޮށް އަދަބު ކަނޑައަޅުއްވާފައި އޮތުން.
(ޅ) ހަވަނަ ނުކުތާއަކީ: ޖިނާއީކުށުގެ މަސްއަލަތަކުގައި އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ
މިންވަރެއްގެ ޝައްކެތްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކު ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ
ޙައްޤު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންކޮށްފައި ވާއިރު، މުޙައްމަދު ރަމީލުގެ މައްޗަށް ކުއްސާބިތުކޮށް އަދަބު ކަނޑައެޅުއްވުމުގަ
އެޅުއްވުމުގައި އެމާއްދާގެ ރޫޙާ
ޚިލާފުވެފައިއޮތުން.
4 . މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/634 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް މުޙައްމަދު ރަމީލުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
2 4ޖ 4
މަމީ
4
ވާކަމަށެވެ
aއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ އަބުރު ކި
އީމެއިލް
ދިވެހިރާއްޖެ، ފޯން. 3325029 ޕެކާސް 331471
ސުއިޓް: www.highcourt.gov.mv
[email protected]
1
20T/HC-A/08
O COX
(ހ) ފުރަތަމަ ކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/634 ޤަޟިއްޔާގައި، މުޙައްމަދު
ރަމީލުގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވަނީ، މުޙައްމަދު ރަމީލު 27 ޑިސެންބަރު 2006 ދުވަހު
-/39825 ރ. (ތިރީސް ނުވަހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ) ގެ އަގުހުރި 100 ގަނޑު ޓިނު
ނެގިކަމަށް އިންކާރުކުރިނަމަވެސް، މުޙައްމަދު ރަމީލް 27 ޑިސެންބަރު 2006 ދުވަހު ޓިނުތަކެއް
ލޯޑުކުރުމަށްފަހު އެއީ މުޙައްމަދު ރަމީލުގެ އަމިއްލަ ބޭނުމަކަށް ލޯޑުކުރި ޓިނުތަކެއްކަމަށް މުޙައްމަދު ރަމީލް
ބުނިކަމަށް އިބްރާހީމް ޝިހާޒް ބުނާތީއާއި، މުޙައްމަދު ރަމީލުގެ ރައްޓެއްސެއް ކަމަށްވާ ހ. ބްލޫބާރޑް އަހުމަދު
ރަޝީދުގެ އެދުމަކަށް -/39825 ރ. ތިރީސް ނުވަހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ) ގެ އަގުހުރި 100
ގަނޑު ޓިނު މުޙައްމަދު ރަމީލް ގެނެސްދިންކަމަށް އަޙުމަދު ރަޝީދު ބުނާތީކަމަށް ބުނެ، ޤާނޫނުލްޢުޤޫބާތުގެ
131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާގެ ދަށުން ދިހަހާސް ރުފިޔާއަށްވުރެ އަގުހުރި މުދަލަކަށް
ޚިޔާނާތްތެރިވުމުގެ ކުނުގެ މައްޗަށް ކަމަށްވާއިރު،
މުޙައްމަދު ރަމީލުގެ މައްޗަށް ޚިޔާނަތްތެރިވުމުގެ ކުށުގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވަނީ
ދެކަމެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގޭކަމާއި،
ފުރަތަމަ ކަމަކީ، މުޙައްމަދު ރަމީލް 27 ޑިސެންބަރު 2006 ދުވަހު ޓިނުތަކެއް ލޯޑުކުރުމަށްފަހު
އެއީ މުޙައްމަދު ރަމީލުގެ އަމިއްލަ ބޭނުމަކަށް ލޯޑުކުރި ޓިނުތަކެއްކަމަށް މުޙައްމަދު ރަމީލް ބުނިކަމަށް އިބްރާހީމް
ޝިހާޒް ބުނެފައިވާ ބުނުންކަމާއި،
ދެވަނަކަމަކީ،
މުޙައްމަދު ރަމީލުގެ ރައްޓެއްސެއްކަމަށްވާ ބްލޫބާރޑް އަހުމަދު ރަޝީދުގެ
އެދުމަކަށް -/39825 ރ. (ތިރީސް ނުވަހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ) ގެ އަގުހުރި 100 ގަނޑު
ޓިނު މުޙައްމަދު ރަމީލް ގެނެސްދިންކަމަށް އަޙުމަދު ރަޝީދު ބުނާތީކަމަށް ދައުލަތުން ބުނެފައިވާ ބުނުންކަން
އެނގޭކަމާއި،
މުޙައްމަދު ރަމީލުގެ މައްޗަށް ހުށަހެޅުނު އެދަޢުވާއަށް މުޙައްމަދު ރަމީލް ތަޙުޤީޤުގައާއި ޝަރީޢަތުގެ
މަޖިލީހުގައި އިންކާރުކޮށް، އެއްވެސްމީހަކަން ޓިނުތަކެއް ވިއްކާފައި ނުވާނެކަމަށް ބުނެފައިވާ ކަމާއި،
އެހެންކަމުން މުޙައްމަދު ރަމީލުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވުމަށްޓަކައި، ދައުލަތުގެ
ދަޢުވާ ބިނާކުރި ބަޔާންކުރެވިދިޔަ ކަންތައްތައް ސާބިތުވާންޖެހޭނެކަމާއި،
މުޙައްމަދު ރަމީލް 27 ޑިސެންބަރު 2006 ދުވަހު ޓިނުތަކެއް ލޯޑުކުރުމަށްފަހު އެއީ މުޙައްމަދު
ރަމީލުގެ އަމިއްލަ ބޭނުމަކަށް ލޯޑުކުރި ޓިނުތަކެއްކަމަށް މުޙައްމަދު ރަމީލް ބުނިކަމަށް އިބްރާހީމް ޝިހާޒް
ބުނެފައި ވީނަމަވެސް މުޙައްމަދު ރަމީލް އެކަމަށް އިންކާރު ކޮށްފައިވާއިރު، އިބްރާހީމް ޝިހާޒަކީ ދައުލަތުން
ބ*
24
ދިވެހިރާއްޖޭގެ ހައިކޯޓް، ތިވު (އާބުރުޒު ހިނގުން)އަލް ދިވެހިރާއްޖެ، ފެން 3325129، ފެކްސް: 3316471
އީމެއިލް: [email protected]، ދިވެޓް
ވައިޓް
www.highcourt.gov.my
8
2010HC-A;08
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ޖިނާއީ ކޯޓަށް ހުށަހެޅި އެމައްސަލާގައި ތުހުމަތުކުރެވޭ އެއްފަރާތް ކަމަށްވުމުން، އިބްރާހީމް ޝިހާޒް، މުޙައްމަދު
ކަމީލާ އިދިކޮޅަށްދޭ ހެކިބަހަކީ މުޙައްމަދު ރަމީލުގެ މައްޗަށް ކުށް ސާބިތުކުރުމަށް ޤަބޫލުކުރެވޭނެ ހެކިބަހެއް
ނޫންކަމާއި، މިކަމުގެ މައްޗަށް އިތުރު ހެއްކެއް، ޤަރީންއެއްވިޔަސް ލިބިފައިނުވާތީ، ދަޢުވާގައި ހިމެނޭ މިބައި
މުޙައްމަދު ރަމީލުގެ މައްޗަށް ސާބިތުނުވާކަމާއި، މިކަން ޖިނާއީ ކޯޓުގެ ޙުކުމުގައިވެސް ފާހަގަކުރައްވާފައިވާކަން
އެނގޭކަމާއި، އެހެންކުމުން މުޙައްމަދު ރަމީލުގެ މައްޗަށް ދައުލަތުން ހުށަހެޅި ދަޢުވާ ބިނާކުރި ފުރަތަމަ ކަންތައް
ސާބިތުވާން ނެތްކަން ފާހަގަކުރެވޭކަމާއި،
މުޙައްމަދު ރަމީލުގެ
މައްޗަށް ދައުލަތުން ހުށަހެޅި ދަޢުވާ ބިނާކުރި ދެވަނަ ކަމަކީ، ހ. ބްލޫބާރޑް
އަހުމަދު ރަޝީދުގެ އެދުމަކަށް -/39825 ރ. (ތިރީސް ނުވަހާސް އަށްސަތޭކަ ފަންސަވީސް ރުފިޔާ) ގެ
އަގުހުރި 100 ގަނޑު ޓިނު މުޙައްމަދު ރަމީލް، އަޙުމަދު ރަޝީދަށް ގެނެސްދިންކަމަށް އަޙުމަދު ރަޝީދު
ބުނާތީކަމަށް ދައުލަތުން ބުނެފައިވާ ބުނުންކަމަށް ވާއިރު، އަޙުމަދު ރަޝީދު ޖިނާއީ ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، މިމައްސަލައާގުޅިގެން ފުލުސް އޮފީހުން އަޙުމަދު ރަޝީދުގެ ބަޔާނެއް
ނަގާފައިވާކަމަށާއި ނަމަވެސް އެބަޔާނުގައި އަޙުމަދު ރަޝީދު މީހުންގެ ނަންތައް ބުނެ ބަޔާންކުރިގޮތާ ޚިލާފު
އެބަހުރިކަމަށާއި، އެ ޓިނުތަކަކީ މުޙައްމަދު ރަމީލް ގެނައި ޓިނުތަކެއް ކަމަށް
ވިކަމަށާއި، އެޓިނުތައް ގެނެސް ބެހެއްޓީ ކާކުކަމެއް ނުވަތަ ކޮންފަރާތަކުންކަމެއް ޔަޤީންނުވާކަމަށް
އަޙުމަދު ރަޝީދު ބުނެފައިވާކަމާއި، އެހެންކަމުން، ދައުލަތުން ހުށަހަޅާފައިވާގޮތަށް އަޙްމަދު ރަޝީދު ހެކިބަސް
އަދާކޮށްފައިނުވާކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން މުޙައްމަ
އްމަދު ރަމީލުގެ މައްޗަށް ދައުލަތުން ހުށަހެޅި ދަޢުވާ
ބިނާކުރި ދެވަނަ ކަންތައްވެސް ސާބިތުވާން ނެތްކަން ފާހަގަކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ދައުލަތުން މުޙައްމަދު ރަމީލުގެ މައްޗަށް ހުށަހެޅި ދަޢުވާ ބިނާކުރި ދެކަމުންކުރެ
ކަމެއް ސާބިތުވާންނެތްކަމާއި، ނަމަވެސް ދައުލަތުން ދަޢުވާ ނުކުރާ ކަމެއްގެ މައްޗަށް ބިނާކޮށް
މުޙައްމަދު ޖަލީލުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވާކަމަށް ނިންމަވާފައިވާކަމާއި އެގޮތަށް
ނިންމަވާފައިވަނީ މުޙައްމަދު ރަމީލަކީ ފެކްޓްރީގެ އެންމެ އިސްކޮށް، އެތަން ބެލެހެއްޓުމާއި ޙަވާލުވެ ހުރި
ފަރާތްކަމަށްވެފައި، އެތަނުން ޓިނު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާ ޚިލާފަށް ގިނަ ޢަދަދެއްގެ ޓިނުތަކެއް
ބޭރުވެ، އަޙުމަދު ރަޝީދުގެ ގުދަނުގައި ހުންނަންޖެހުނުގޮތެއް މުޙައްމަދު ރަމީލަށް ސާބިތުކޮށްދެވިފައި ނުވާތީ،
މިކަމުގައި މުޙައްމަދު ރަމީލް ޒިންމާވާން ޖެހޭނެތީކަމަށް
ކަމަށް ވިދާޅުވެ، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ
(ނ) އާ ޙަވާލާދީ ކަން އެނގެންއޮތްއިރު، މިނުކުތާގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު،
e
އަންތއތކއ
3
2
2
0
2
2
2 ހއ
ބޮންގވެން2
ޖިނާއީ ކޯޓުން
OXO
ހޯއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(އާބުރު ހާދީދީން) މީވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2010HC-A/08
ކަނަޑައެޅުއްވުމަ
44 ދ
43ށް
ގއވ
ހަމައަށް
ދައުލަތުގެ ދަޢުވާ މިނުކުތާ ނުވަތަ މިކަމުގެ މައްޗަށް ބިނާކޮށްފައިނުވާކަން އެނގެންއޮތްކަމާއި،
ދައުލަތުގެ ދަޢުވާ އެކަމެއްގެ މައްޗަށް ބިނާނުކުރާ ކަމެއް ކޯޓުން އަމިއްލައަށް ނަންގަވައިގެން އެކަމުގެ މައްޗަށް
ބުރަވެ ކުށް ސާބިތުވާކަމަށް ވުމަކީ، އެމައްސަލައެއްގައި ދަޢުވާ ލިބޭފަރާތުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށަކީ ނުވަތަ ކުށުގެ ޢަމަލަކީ ކޮބައިކަން ދެނެގަނެ އެތުހުމަތުން ބަރީޢަވުމަށް
މަސައްކަތްކުރުމުގެ ޙައްޤާއި ފުރުޞަތު ގެއްލިގެން ދާނެކަމެއްކަމާއި،
ޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) އަށް ބެލިއިރު އެމާއްދާގެ އެއަކުރުގައިވަނީ
"ޚިޔާނާތަކީ، ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް ނުބައި
ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒްނަޔާނުލައި ބޭނުން ކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ
ނައްތާލުން، ނުވަތަ އެފަރާތުން ކަނޑައަޅާފައިވާގޮތާ ޚިލާފަށް ގެންގުޅުމެވެ. ޢާންމު ތަނަކުން ހޮވާއެއްޗެއް
އެފަދަ ތަކެތި ދައްކަން ޖެހޭ ފަރާތަށް ނުދައްކައި ހުރުމާއި، މީޓަރަށް ކަރަންޓު ބޭނުންކުރުން ފަދަ
ކަންކަމަކީ ޚިޔާނާތެވެ. ކަނޑައެޅިފައިވާ ޤަވާޢިދުތަކެއްގެ މަތިން ބެލެހެއްޓުމަށް މީހަކާ ޙަވާލުވެފައިވާ މުދަލެއް
ހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީވަރަށް ނެތިފައި، އެމުދާ ބަލަހައްޓަން ޖެހިފައިވާ ޤަވާއިދާ
ޚިލާފުވެފައި ވާކަން ސާބިތުވުމާއެކު، އެމުދާ މަދުވާން ޖެހުނުގޮތެއް ސާބިތުކޮށް ނުދެވޭނަމަ ބެލޭނީ
ޚިޔާނާތްތެރިވީކަމުގައެވެ." މިފަދައިންކަމާއި.
މުޙައްމަދު ރަމީލަކީ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ތިލަފުށީގައި ހިންގާ ޓިނު ފެކްޓްރީން އުފައްދާ ޓިނުތައް ބެލެހެއްޓުމާ ޙަވާލުވެހުރިފަރާތް ކަމުގައި ޖިނާޢީ ކޯޓުން
ބައްލަވާފައިވަނީ، މުޙައްމަދު ރަމީލް ތަޙުޤީޤަތް ދީފައިވާ ބަޔާނުގައި އެފެކްޓްރީން ތަކެތި ދޫކުރެވެނީ މުޙައްމަދު
ރަމީލުގެ ބެލުމުގެ ދަށުން ކަމަށް ބުނެފައިވުމުން އެކަމުގެ މައްޗަށް ބިނާކޮށްގެންކަން އެނގޭކަމާއި، ނަމަވެސް
މިމައްސަލާގައި ތުހުމަތުކުރެވި އަދި އެފެކްޓްރީގެ ޓިނުތަކަށް ޚިޔާނާތްތެރިވިކުމަށް އިޢުތިރާފުވެ އެކުށް
ސާބިތުވެފައިވާ އިބްރާހީމް ޝިހާޒް 07 ސެޕްޓެމްބަރު 2008 ގައި ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ދީފައިވާ ބަޔާނަށް ބަލާއިރު އެބަޔާނުގައިވެސް އެތަނުން ތަކެތި ބޭރުކުރެވޭނީ އިބްރާހީމް ޝިހާޒުއާއި މުޙައްމަދު
ރަމީލުގެ ބެލުމުގެ ދަށުން ކަމަށް ބުނެފައިވާކަން އެނގޭކަމާއި، އިބްރާހީމް ޝިހާޒް އެފަދައިން ބުނެފައިވާއިރު
އެފެކްޓްރީގެ ޓިނުތަކަކަށް އިބްރާހީމް ޝިހާޒު ޚިޔާނާތްތެރިވެފައިވާކަން އިބްރާހީމް ޝިފާޒުގެ އިޢުތިރާފުން
ސާބިތުވެފައިވާކަން އެނގޭކަމާއި، މުޙައްމަދު ރަމީލަކީ އެފެކްޓްރީން އުފައްދާ ޓިނުތައް ބެލެހެއްޓުމާ ޙަވާލުވެހުރި
އެންމެ އިސް ފަރާތްކަން އެނގޭނެ އެއްވެސް ލިއުމެއް އަދި ވަޒީފާގެ ބަޔާނެއްވިޔަސް ޝަރީޢަތަށް
ހުށަހެޅިފައިނުވާކަމާއި، އެކަމާބެހޭގޮތުން މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ އާންމުޒު ހިނގުން ވާ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެހިންވޭގެ
www.highcourt.gov.lv
10
2010/HC-A/08
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ބަހެއްވިޔަސް ޝަރީޢަތަށް ހުށަހެޅިފައިނުވާކަމާއި، އަދި އެޓިނުތަކަކީ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް
ޕްރައިވެޓް ލިމިޓެޑުގެ ތަކެތިކަން އެނގޭއިރު އެތަކެއްޗާމެދު ދަޢުވާކުރަން ބޭނުން ނުވާކަމުގައި އެކުންފުނިން
ބުނެފައިވާކަމާއި، އެކަން އެކުންފުނިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވި ނަމްބަރު 134-
07/MSP
/
MPS (29 ސެޕްޓެމްބަރު 2007) ގެ ސިޓީއިންވެސް އެނގެން އޮތްކަމެވެ.
އެހެންކަމުން، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެފަނޑިޔާރުން ދެކެނީ،
ދައުލަތުގެ ފަރާތުން މުޙައްމަދު ރަމީލުގެ މައްޗަށް ޚިޔާނާތުގެ ދަޢުވާ ހުށަހެޅުމުގައި އެދަޢުވާ ބިނާކުރި
ކަންތައްތައް ސާބިތުވާން ނެތުމުންނާއި، މުޙައްމަދު ރަމީލުގެ މައްޗަށް ޖިނާއީ ކޯޓުން ޚިޔާނާތުގެ ކުށް ސާބިތު
ވާކަމަށް ނިންމަވާފައިވަނީ، މުޙައްމަދު ރަމީލަކީ އެފެކްޓްރީއިން ގެއްލިފައިވާ ޓިނުތައް ބެލެހެއްޓުމާ ޙަވާލުވެހުރި
ފަރާތްކަމަށް ބައްލަވައިގެން ކަމުގައިވާއިރު، އެއީ، ދައުލަތުގެ ދަޢުވާ އެކަމެއްގެ މައްޗަށް ބިނާކުރި ކަމެއް
ނުވަތަ ސަބަބެއް ނޫންކަމާއި އަދި އެކަމަކީ އެކަށީގެންވާ ފަދަ ޝައްކެއް ނެތް މިންވަރަށް ސާބިތުވާންވެސް
އޮތްކަމެއް ނޫންކަމާއި، އެހެންކަމުން މުޙައްމަދު ރަމީލުގެ މައްޗަށް ޚިޔާނާތުގެކުށް ސާބިތުވާކަމަށް ޖިނާއީ ކޯޓުން
ނިންމަވާފައިވާ ނިންމެވުން ރަނގަޅުނޫންކަމަށެވެ.
ހ2 20
t
ދެންފަހެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކޯޓުގެ ނަންބަރު
2009/JC/634 ޤަޟިއްޔާގައި، އާބިން މުޙައްމަދު ރަމީލުގެ މައްޗަށް ޔާނާތްތެރިވުމުގެ
ކުށް
ސާބިތުވާކަމަށް ކަނޑައަޅުއްވައި މުޙައްމަދު ރަމީލް 03 (ތިނެއް) އަހަރާއި 09 (ނުވައެއް) މަސްދުވަހުގެ
މުއްދަތަށް އަރުވާލުމަށް ޖިނާއީކޯޓުން ނިންމަވާފައިވާ ނިންމެވުން، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ:
ޝުޢައިބު ހުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
332529 ފެކްސް: 331647
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ(އްބުރުޒު ހިނގުން، މާ މާލެދިރުއްޖެ،
އީމެއިލް: [email protected]
www.highcourt.gov.my