ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2016/SC-JC/08 ޤަޟިއްޔާ
ސަފްޙާ 2 ގެ 1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
9==rގ
ދިވެހިރާއްޖެ
ރީފް | މާލެ
0474
24 0 3 9
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 08/SC-JC/2016
• ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު ނަބީލް
• މައްސަލައިގެ ބާވަތް: ގ. ރީފް މުޙައްމަދު ނަބީލް މެރުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ނިހާއީ
ޙުކުމެއްކަން ކަށަވަރުކުރުމަށް ހުށަހަޅާ ހުށަހެޅުން
• މައްސަލަ އައިގޮތް: ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރަންޖެހޭ
ޖިނާއީ މައްސަލަތައް
އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
• ހުށަހެޅުނު ތާރީޚް: 21 ފެބްރުވަރީ 2016
| ރަޖިސްޓްރީކުރެވުނު ތާރީޚް: 03 މާރިޗް 2016
• ނިމުނު ތާރީޚް: 25 ޖުލައި 2016
މައްސަލަ ނިންމި ގަޑި: 18:09
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު
ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
:
ނަންބަރު: 49/HC
-
A/2011
0 /
<< O
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް:
23 ފެބްރުވަރީ 2011
• ނިމުނު ތާރީޚް: 25 ނޮވެންބަރ 2015
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 2
2 ފާހަގަކުރެވުނު ނުކުތާތައް
1- 3އި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2015
/
14 ސަރކިއުލަރ ގައިވާ
ގޮތުގެމަތިން ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރަންޖެހޭ މައްސަލައެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް ފެންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާއިން
ރީފް މުޙައްމަދު ނަބީލް، މެރުމަށް ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ
ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއް ކަމުގައި ދިވެހިރާއްޖޭގެ ހައިޤާޞްދުކޯޓުގެ ނަންބަރު 49/HC
-
A/2011
ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ ނިހާއީ ޙުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާ
އިލްތިމާސްކޮށްދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި
ޤަޟިއްޔާގައި ދަޢުވާ ލިބުނީ ސ. ރީފް މުޙައްމަދު ނަބީލްއަށެވެ.
2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު (2009/JC/2447)
2010/Cr
-
C/1585 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ،
އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ގ. ރީފް މުޙައްމަދު ނަބީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2 2x 22
3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާ ދަށުން،
އިސްތިއުނާފުކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާ
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ރީފް މުޙައްމަދު ނަބީލް 08 މާރިޗް 2009
ދުވަހުގެ 23:00 އެހައިކަންހާއިރު ހުޅުދޫ ލިލީމާގޭ ޢަބްދުﷲ ފަރުހާދުގެ ގައިގައި ޖަހައި މާރާމާރީ
ހިންގުމަށް، ދިގުމިނުގައި 06 އިންޗި ހުންނަ ވަރުގެ ކަޓަރެއް ހިފައިގެން މ. ސީނުކަރަންކާގޭ ކައިރިއަށް
ބަޔަކާއެކު، ބޮންޑް ސްޓްރީޓް ފިހާރަ ކައިރިއަށް ޢަބްދުﷲ ފަރުހާދު ހޯދުމަށް ދިޔަ މަގުމަތީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
ގޮސް އިތުރު
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 3
ނަލަހިޔާ ހޮޓަލުގެ ކަންމަތީގައި މަޑުކޮށްލައިގެން ތިއްބާ ނަލަހިޔާ ކައިރިން މަޖީދީމަގުން ހުޅަނގުން އިރަށް
ޢަބްދުﷲ ފަރުހާދު ހިނގާފައި ދަނިކޮށް އޭނާ މަޑުކުރުވައި، އޭނާ ގޮވައިގެން ސޯސަން ސްޓޯރު ކުރިމަތީގައި
އޮންނަ ޔޫ.އެން ޕާކަށް ގޮސް، ޢަބްދުﷲ ފަރުހާދު، މުޙައްމަދު ނަބީލްގެ ކޮއްކޮ ރީފް އައިމިނަތު ނިޢުމާއާ
ބެހެންތޯ މުޙައްމަދު ނަބީލް ސުވާލު ކުރުމުން އައިމިނަތު ނިޢުމާއާ ނުބެހޭކަމަށް ޢަބްދުﷲ ފަރުހާދު ބުނުމުން،
މުޙައްމަދު ނަބީލާއެކު ދިޔަ މީހުން ޢަބްދުﷲ ފަރުހާދުގެ ގައިގައި އަތުންނާއި ފައިން ތަޅައި މާރާމާރީ
ހިންގާފައިވާތީ އާއި މި މީހުންގެ ކިބައިން ސަލާމަތްވެ ޢަބްދުﷲ ފަރުހާދު ދުވެފައިގޮސް ޕާކުގެ އިރުމަތީ
މަގުން ނިކުމެ ދުއްވައިގަތުމުން، މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ކަޓަރު ނަގައި ޢަބްދުﷲ ފަރުހާދުގެ ގަޔާ
ދިމާއަށް އެއްލައި، އޭނާގެ ބުރަކައްޓަށް ހަރާލާފައިވާތީ އާއި މި ޙަމަލާގެ ސަބަބުން އަބްދުﷲ ފަރުހާދަށް
ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް 09 މާރިޗް 2009 ދުވަހު ޢަބްދުﷲ ފަރުހާދު
ނިޔާވެފައިވާތީ، މުޙައްމަދު ނަބީލްގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން އެ ކޯޓުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
ކްރިމިނަލް ކޯޓުގެ އެ ޤަޟިއްޔާގެ ޙުކުމުގައިވަނީ "ދެންފަހެ، ގ. ރީފް މުޙައްމަދު ނަބީލް
08 މާރިޗް 2009 ދުވަހުގެ 23:00 އެހައިކަންހައިއިރު، ސ. ހުޅުދޫ ! ލިލީމާގެ ޢަބްދުﷲ ފަރުހާދުގެ
ގައިގާ ޖަހައި މާރާމާރީ ހިންގުމަށް ދިގުމިނުގައި 06 އިންޗި ހުންނަ ވަރުގެ ކަޓަރެއް ހިފައިގެން
ސީނުކަރަންކާގޭ ކައިރިއަށް ގޮސް، އިތުރު ބަޔަކާއެކު، ބޮންޑް ސްޓްރީޓް ފިހާރަ ކައިރިއަށް
ޢަބްދުﷲ ފަރުހާދު ހޯދުމަށް ދިޔަ މަގުމަތީގައި ނަލަހިޔާ ހޮޓަލުގެ ކަންމަތީގައި މަޑުކޮށްލައިގެން ތިއްބާ،
ނަލަހިޔާ ކައިރިން މަޖީދީމަގުން ހުޅަނގުން އިރަށް ޢަބްދުﷲ ފަރުހާދު ހިނގާފައި ދަނިކޮށް އޭނާ
މަޑުކުރުވައި، އޭނާ ގޮވައިގެން ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ ޔޫ.އެން ޕާކަށް ގޮސް،
ޢަބްދުﷲ ފަރުހާދު، މުޙައްމަދު ނަބީލްގެ ކޮއްކޮ ގ. ރީފް އާމިނަތު ނިޢުމާއާ ނުޖެހޭކަމަށް ޢަބްދުﷲ ފަރުހާދު
ބުނުމުން، މުޙައްމަދު ނަބީލްއާއެކު ދިޔަ މީހުން، ޢަބްދުﷲ ފަރުހާދުގެ ގައިގާ އަތުންނާއި ފައިން ތަޅައި
މާރާމާރީ ހިންގަން ފެށުމުން، މި މީހުންގެ ކިބައިން ސަލާމަތްވާންވެގެން
ވެގެން ޢަބްދުﷲ ފަރުހާދު ދުވެފައި ގޮސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 4
OX
މައެ
ކުގެ އިރުމަތީ މަގުން ނުކުމެގެން ދުއްވައިގަތުމުން، މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ކަޓަރެއް ނަގައި
ޢަބްދުﷲ ފަރުހާދުގެ ގަޔާ ދިމާއަށް އެއްލައި، އޭނާގެ ބުރަކައްޓަށް ހަރާލުމުގެ ސަބަބުން ޢަބްދުﷲ ފަރުހާދަށް
ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުންދަނިކޮށް 09 މާރިޗް 2009 ދުވަހު ޢަބްދުﷲ ފަރުހާދު
ނިޔާވެފައިވާތީ، މުޙައްމަދު ނަބީލް ޤަޞްދުގައި ޢަބްދުﷲ ފަރުހާދު މަރާލާފައިވާކަމަށް ވިދާޅުވެ، ދައުލަތުން
މުޙައްމަދު ނަބީލްގެ މައްޗަށް ކުރައްވާފައިވާ ޤަޞްދު ގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން
ބެލިއިރު، މުޙައްމަދު ނަބީލް ދަޢުވާއަށް އިންކާރު ކުރާކަމަށް ބުނިކަމުގައި ވިޔަސް، ޤަޞްދުގައި މީހަކު
މެރިކަމަށް ދަޢުވާގައި އެ ބުނާ ވާހަކަޔަށް އިންކާރު ކުރާކަމަށާއި، ދަޢުވާގައި ބަޔާންކޮށްފައިވާ މާރާމާރީގެ
ބައެއް ކަންކަމަށް އިޢުތިރާފުވާކަމަށް ދަޢުވާއަށް ޖަވާބުދާރީވަމުން ޝަރީޢަތުގައި ދިފާޢީ ވަކީލު ބުނެފައި،
ފަހުން މުޅި ދަޢުވާއަށް މުޙައްމަދު ނަބީލް އިންކާރު ކުރާކަމަށް ދިފާޢީ ވަކީލު ބުނިކަމުގައި ވިޔަސް، މި
މައްސަލައަކީ ތޫނު އެއްޗަކުން މީހަކަށް ޙަމަލާދީ މީހަކު މަރާލުމުގެ ކުށުގެ މައްސަލައަކަށް ވާއިރު، މި
ބާވަތުގެ މައްސަލަތަކުގައި ޝަރީޢަތުގައި އިޢުތިރާފުވުމަށްފަހު، އެ އިޢުތިރާފަކީ ޝަރުޢީ ހަމަތަކުން ބަލާއިރު
ރުޖޫޢަ ވެވޭނެ އިޢުތިރާފަކަށް ނުވުމާއި، މުޙައްމަދު ނަބީލް އާއި އޭނާއާ އެކުގައި ދިޔަ މީހުން ފަރުހާދުގެ
ގައިގައި ތަޅައި އަނިޔާކުރަން ފެށުމުން އެ މީހުންގެ ކިބައިން ސަލާމަތް ވާންވެގެން ފަރުހާދު ދުއްވައިގަތުމުން
މުޙައްމަދު ނަބީލް އާއި
އޭނާއާ އެކުގައި ތިބި މީހުންގެ ތެރެއިން އެކަކު އެއްލި ކަޓަރެއް ފަރުހާދުގެ
ބުރަކައްޓަށް ހެރުނުކަން
ހެރުނުކަން ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ތިން ހެއްކެއްގެ ހެކިބަހުން އެނގެން
އޮތުމާއި، މުޙައްމަދު ނަބީލް، ފަރުހާދުއާ ދިމާލަށް ކަޓަރު އެއްލިއިރު މުޙައްމަދު ނަބީލްގެ ކޮއްކޮ އާމިނަތު
ނިޢުމާ މުޙައްމަދު ނަބީލް ކައިރީގައި ހުރިކަމަށާއި، ނަބީލްގެ ޖީބުގައި އޮތް ކަޓަރު ނަގައި ފަރުހާދުއާ
ދިމާއަށް އެއްލަން އުޅުމުން ނަބީލްގެ އަތުގައި ހިފަހައްޓަން ނިޢުމާ އުޅުނު ކަމަށާއި، ނަމަވެސް ނަބީލް
ކުރިއަށް ޖެހިލާފައި ކަޓަރު އެއްލިކަމަށާއި، އެ ކަޓަރުގޮސް ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް ހެރުނު
މަންޒަރު ދުށްކަމަށް ނިޢުމާ ތަޙުޤީޤުގައި ބުނި ކަމުގައި ވިޔަސް، ތަޙުޤީޤަށް ދިން ބަޔާނަށް އިންކާރު
ކުރާކަމަށް ނިޢުމާ ޝަރީޢަތުގައި ބުނުމުން، ނިޢުމާ ތަޙުޤީޤުގައި ބުނެފައިވާ ބަސް، ހެއްކެއް ކަމުގައި
ނުބެލެވުނަސް، ނިޢުމާ ތަޙުޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާން ކިޔައި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 5
27/
/
22
444
88
44
ތަޙުޤީޤަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިން އަޑުއަހައި ބެލުމުން، ޢާންމުކޮށް ހެކިބަސްދޭ
ހެކިންނާއި ތަފާތު، އަދި ރިޢާޔަތްނުކޮށް ދޫކޮށްލަން ދަތި ކަންތައްތަކެއް ފާހަގަވެފައިވުމާއި، އެ ކަންތައްތަކަކީ؛
ލިބޭ މުޙައްމަދު ނަބީލަކީ އާމިނަތު ނިޢުމާގެ އެއްބަނޑު އެއްބަފާ ކަމަށްވުމާއި، ނިޢުމާ
ތަޙުޤީޤުގައި ބަޔާން ދިނުމަށްފަހު، ނިޢުމާގެ ބައްޕަގެ އާޚިރުގައި ނިޢުމާ ބަޔާން ކިޔައި ނިމުމުން، ނިޢުމާގެ
ބައްޕަވެސް އެ ބަޔާން ކިޔުމުން، ނިޢުމާ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމުން، ނިޢުމާގެ
ބައްޕަވެސް ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާންޖެހި މަންޒަރު ވީޑިއޯއިން ފެންނަން އޮތުމާއި، މިކަން
މިގޮތަށް ހިނގިކަން ނިޢުމާގެ ބައްޕަ ޝަރީޢަތުގައި ބުނެފައިވުމާއި، ނިޢުމާ ތަޙުޤީޤަށް ބަޔާން ދިންއިރު
ނަގާފައިވާ ވީޑިއޯއަށް ބަލާއިރު، "ޢަބްދުﷲ ފަރުހާދު ދުއްވައިގަތުމުން ނިޢުމާގެ ބޭބެ ކަޓަރު ނަގާފައި
އެއްލަން އުޅެނިކޮށް ނިޢުމާ، ހިފަހައްޓަން އުޅުނުކަމަށާއި، ނަމަވެސް ބޭބެ ތަންކޮޅެއް ކުރިއަށް
ޖެހިލާފައި ކަޓަރު އެއްލިކަމަށާއި، އެ ކަޓަރު އެއްލުމުން އެ ކަޓަރު ގޮސް ހެރުނީ ޢަބްދުﷲ ފަރުހާދުގެ
ބުރަކައްޓަށްކަމަށް" ނިޢުމާ އަތުގެ އިޝާރާތުން ދައްކަމުން ބުނާ މަންޒަރު ވީޑިއޯއިން ފެންނަން އޮތުމާއި، އެ
ޙާދިސާގައި ކަންތައް ހިނގައިދިޔަ ގޮތްކަމަށް ނިޢުމާ ތަޙުޤީޤުގައި ކިޔައިދިން ގޮތާއި، ހެކިބަސް ދިން
ހެކިންގެ ހެކިބަހުގެ އަޞްލުތަކުގައި ފުށުއެރުމެއް ނެތްކަމާއި، އެ ހާދިސާގައި ޢަބްދުﷲ ފަރުހާދު
މަރުވެފައިވާކަން އެ ބަޔާން ދިންއިރު ނިޢުމާއަށް އެނގިފައިވާ ޙާލުގައި، ޙާދިސާ ހިނގިތާ މާގިނައިރެއް
ނުވަނީސް ނިޢުމާ ތަޙުޤީޤަށް ބަޔާން ދިންއިރު، އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ޢަބްދުﷲ ފަރުހާދުގެ
ގަޔަށް ކަޓަރު ހެރިކަމަށް، ޙަޤީޤަތާ ޚިލާފަށް ނިޢުމާ ބުނުމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭކަމަކަށް
ނުވުމާއި، ނިޢުމާ ބަޔާން ދިންއިރު ނިޢުމާ އާއި ނަބީލްގެ ބައްޕަ އެ ތަނުގައި އެ ވާހަކަ އަޑުއަހަން އިނދެ،
ބަޔާން ރަނގަޅަށް ކިޔައި، ބަޔާނުގައި ސޮއި ކުރިއިރު، އޭނާގެ އުފަން ދަރިފުޅު މުޙައްމަދު ނަބީލް ޢަބްދު
ފަރުހާދުގެ ގަޔަށް ކަޓަރު ހެރިކަމަށް ނިޢުމާ ނުބުނަނީސް، އެ ވާހަކަ ލިޔެފައި އޮތް ބަޔާނުގައި އޭނާ
ސޮއިކުރުމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ ކަމަކަށް ނުވުމާއި، އާމިނަތު ނިޢުމާ ތަޙުޤީޤުގައި
ބުނެފައިވަނީ ދޮގު ވާހަކަތަކެއް ކަމަށް ޝަރީޢަތުގައި ނިޢުމާ ބުނެފައިވާއިރު، އެފަދަ ވާހަކަތަކެއް އޭނާގެ
އެއްބަނޑު އެއްބަފާ ހޭގޮތުން ތަޙުޤީޤުގައި، އޭނާގެ ބައްޕަގެ ޙާޟިރުގައި ބުނަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
ބޭބެ،
22
ބެހޭގޮ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ކަންތަހ2
ސަފްޙާ 2 ގެ 6
އެއްޗެކޭ ބުނެވެން
24 2 22
އއ އނއކ
ކީއްވެގެންކަން ނިޢުމާ ޝަރީޢަތުގައި ބުނެފައި ނުވާތީ، މި ބުނެވިދިޔަ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު،
އާމިނަތު ނިޢުމާ ތަޙުޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، އާމިނަތު ނިޢުމާ
ތަޙުޤީޤަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެކޭ
ނެތުމުން، ޢަދުލު އިންޞާފުގެ ހަމަތަކުގެ މައްޗަށް ބުރަވެ، މިއާމެދު ޝަރީޢަތުން ގޮތެއް ނިންމަން
ޖެހޭކަމަށް ޤަބޫލުކުރެވުނު ހިނދު، އާމިނަތު ނިޢުމާ ތަޙުޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ
ބަޔާނާއި، އާމިނަތު ނިޢުމާ ތަޙުޤީޤަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ މި މައްސަލާގައި
ހެކިބަސްދިން ތިން ހެކިންގެ ހެކިބަހާ ގުޅިފައިވާ އެ ހެކިންގެ ހެކިބަހަށް ބާރުދޭ ޤަރީނާއެއް ކަމަށް
ކަނޑައަޅައި، ޢަބްދުﷲ ފަރުހާދުގެ ގައިގައި މުޙައްމަދު ނަބީލް އާއި އޭނާއާއެކު ތިބި މީހުން ތަޅައި
އަނިޔާކުރަން ފެށުމުން ޢަބްދުﷲ ފަރުހާދު ދުއްވާގަތުމުން ޢަބްދުﷲ ފަރުހާދުގެ ފަހަތުން މުޙައްމަދު ނަބީލް
ތިބި މީހުން ދުވަމުން ގޮސް މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ކަޓަރެއް ނަގައި ޢަބްގު
ޢަބްދު
ފަރުހާދުއާ ދިމާއަށް އެއްލި ކަމަށާއި، އެ ކަޓަރު ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް ހެރުނުކަމަށް މުޙައްމަދު
ނަބީލް ތަޙުޤީޤުގައި ބުނި ކަމުގައި ވިޔަސް، ތަޙުޤީޤު ބަޔާނަށް އިންކާރުކުރާކަމަށް ޝަރީޢަތުގައި ބުނުމުން،
ތަޙުޤީޤަށް ދިން ބަޔާނަކީ އިޢުތިރާފެއްކަމަށް ބެލެވެން ނެތަސް، މުޙައްމަދު ނަބީލް ޝަރީޢަތުގައި ތަޙުޤީޤު
ބަޔާނާ ބެހޭގޮތުން ބުނި ވާހަކަތަކާއި، ތަޙުޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާން ކިޔައި،
މުޙައްމަދު ނަބީލް ތަޙުޤީޤަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިން ބަލައި އަޑުއަހާއިރު،
ރިޢާޔަތްނުކޮށް ދޫކޮށްލަން ދަތި ފާހަގަކުރެވިފައި ވުމާއި، އެ ކަންތައްތަކަކީ؛ މުޙައްމަދު ނަބީލް
ތަޙުޤީޤުގައި ބަޔާން ދީފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށް މުޙައްމަދު
ނަބީލް ޝަރީޢަތުގައި ބުނެފައިވުމާއި، މުޙައްމަދު ނަބީލް ތަޙުޤީޤު ބަޔާނުގައި ސޮއިކޮށް އިނގިލީގެ
ނިޝާންޖެހީ އޭނާ ބިރުގެންފައި ހުރި ވަރުން ބަޔާން ނުކިޔައިކަމަށް ބުނެފައިވާއިރު، މުޙައްމަދު ނަބީލް،
ޢަބްދުﷲ ފަރުހާދުގެ ގައިގައި ތަޅައިގަތުމަށް ރާވައިގެން ބަޔަކު ގޮވައިގެން ގޮސް މުޙައްމަދު ނަބީލް އާއި
އެކުގައި ދިޔަ މީހުން ޢަބްދުﷲ ފަރުހާދުގެ ގައިގައި ތަޅައި އަނިޔާކުރަން ފެށުމުން ޢަބްދުﷲ ފަރުހާދު
ދުއްވައިގަތުމުން މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ތިލައިގެ ފުޅާމިނުގައި 1 އިންޗި އަދި ދިގުމިނުގައީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
/ ތތ 22
039 ދ ތ
6-
ހިރާއް
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 1
އިންޗި ހުންނަވަރުގެ ކަޓަރެއް ނަގައި ޢަބްދުﷲ ފަރުހާދުއާ ދިމާއަށް އެއްލިކަމަށާއި، ޢަބްދުﷲ ފަރުހާދުގެ
ބުރަކައްޓަށް އެ ކަޓަރު ހެރުނުކަމަށް މުޙައްމަދު ނަބީލް ތަޙުޤީޤުގައި ބުނާ ތަނާއި، ތަޙުޤީޤު ބަޔާން ވަރަށް
ގިނައިރު ވަންދެން ކިޔާތަން ވީޑިއޯއިން ފެންނަން އޮތުމާއި، އެ ޙާދިސާގައި ޢަބްދުﷲ ފަރުހާދު
މަރުވެފައިވާކަން އެ ބަޔާން ދިންއިރު މުޙައްމަދު ނަބީލަށް އެނގިފައިވާ ޙާލުގައި، މުޙައްމަދު ނަބީލް އެއްވެސް
މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި އެ ވަގުތު ތަޙުޤީޤަށް ބަޔާންދިންއިރު، އަމިއްލަ ނަފްސު
ކުށްވެރިކޮށް އެފަދަ ބަސްތަކެއް ޙަޤީޤަތާ ޚިލާފަށް ބުނުމަކީ ސަލާމަތް ބުއްދި ޤަބޫލުކުރާ ކަމަކަށް ނުވުމާއި،
މުޙައްމަދު ނަބީލް ޢަބްދުﷲ ފަރުހާދުއާ ދިމާއަށް ކަޓަރު އެއްލުމުގެ ކުރިން، އެ ޙާދިސާގައި ކަންތައް
ހިނގައިދިޔަ ގޮތްކަމަށް ނަބީލް ތަޙުޤީޤުގައި ކިޔައިދިން ގޮތާއި، ހެކިބަސް ދިން ހެކިންގެ ހެކިބަހުގެ
އަޞްލުތަކުގައި ފުށުއެރުމެއް ނެތުމާއި، މުޙައްމަދު ނަބީލް އަމިއްލަ ނަފްސު ކުށްވެރިކޮށް ތަޙުޤީޤުގައި އެފަދަ
ވާހަކަތަކެއް ދައްކާފައިވަނީ ކީއްވެގެންކަމާމެދު ބުއްދި ޤަބޫލުކުރާ ސަބަބެއް މުޙައްމަދު ނަބީލަށް ޝަރީޢަތުގައި
ދެއްކިފައި ނުވުމާއެކު، މި ބުނެވިދިޔަ ކަންކަމުގެ މައްޗަށް ބުރަވެ ވިސްނުމުން، މުޙައްމަދު ނަބީލްގެ
ތަޙުޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، މުޙައްމަދު ނަބީލް ތަޙުޤީޤަށް ބަޔާން
ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެކޭ ބުނެވެން ނެތުމާއި،
ޝަރީޢަތުގައިވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފުތައް ހެއްކެއް ކަމުގައި ނުބެލެވޭނެކަމަށް
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ދޭހަވާއިރު، އިސްވެ ބަޔާންކުރެވުނު ފަސްކަމުގެ މައްޗަށް
ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ހިމެނޭ ތިން ޖުމްލަ ކިޔައި، ދިރާސާ ކުރުމުން
ފާހަގަކުރެވިފައި ވުމާއި، އެ ކަންތައްތަކަކީ؛ ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ
ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ހިމެނޭ ތިން ޖުމްލައިގެ ތެރެއިން ފުރަތަމަ ޖުމްލައިގައި ބަޔާންވެގެން
ވާއިރު، މީހަކު އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ތަޙުޤީޤުގައި އިޢުތިރާފުވެ ބަޔާން
ދިންކަން އެ މީހާގެ އިޢުތިރާފުން ޝަރީޢަތުގައި ސާބިތުވެފައި، އޭނާގެ ބަޔާނަށް އެހެން ހެކިތަކުން ބާރުލިބޭ
ޙާލަތުގައި، އެ ބަޔާނަށް އެއްވެސް ބުރަދަނެއް ނުދީ ދޫކޮށްލުމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ ކަމަކަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
ކަންތައްތަކެއް
04 04
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 8
OX
22c
ނުވުމުން، ޤާނޫނުއަސާސީގެ މާއްދާގެ މި ޢިބާރާތުގައި ބުނާ އެއްޗެއް ޞަރީޙަކަމަށް ނުބެލެވޭތީ، މި
ޢިބާރާތަށް ޤަޟާއީ ތަފްސީރެއް ބޭނުންވާކަމަށް
ޤަބޫލުކުރެވުމާއި، ބަލަމުންދާ މައްސަލައެއްގައި
ޤާނޫނުއަސާސީ މާނަކުރަން ޖެހިއްޖެނަމަ، އެ މައްސަލައަކާ ގުޅޭގޮތުން ޤާނޫނުއަސާސީ މާނަކުރުން،
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) އިން ދަށުކޯޓުތަކަށް އިޚްތިޔާރު ދީފައިވުމާއި، ހެކީގެ
ދަރަޖަތަކެއް ވުމާއި، އޭގެ އެންމެ މަތީ ދަރަޖައަކީ އިޢުތިރާފުކަމަށް ވުމާއި، އިޢުތިރާފަކީ ހަމައެކަނި އޭގެ
މައްޗަށް ބިނާކޮށް ކުށް ސާބިތުކުރެވޭ އެއްޗެއްކަމާއި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ހިމެނޭ ތިން
ޖުމްލައިގެ ތެރެއިން ފުރަތަމަ ޖުމްލައިގައި އެ ބުނަނީ އިޢުތިރާފުގެ ވާހަކަ ކަމަށްވާއިރު، ޝަރީޢަތުގައިވާ
އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފުތައް ހެއްކެއް ކަމުގައި ނުބެލެވޭނެކަމަށް އެ ބުނަނީ، ހަމައެކަނި
މައްޗަށް ބިނާކޮށް ކުށް ސާބިތުކުރެވޭނެ ހެއްކެއް ކަމުގައި އެ އިޢުތިރާފު ނުބެލެވޭނެ ވާހަކަ ކަމަށް
ޤަބޫލުކުރެވުމާއި، ޝަރީޢަތުގައިވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތައް ހެއްކެއް ކަމުގައި ނުބެލެވޭނެ
ކަމަށް މި މާއްދާގައި ބަޔާންކޮށްފައި މިވަނީ އެއްވެސް ސިފައެއްގައި ތަޙުޤީޤުގައި މަޖުބޫރު ކުރުމުގެ
ފުރުޞަތެއް އޮތަނުދިނުމަށް ކަމަށް ޤަބޫލުކުރެވޭއިރު، ތަޙުޤީޤުގައި ބަޔާން ދިނީ އެއްވެސް މަޖުބޫރުކަމެއް
ނެތި އަމިއްލަ އިޚްތިޔާރުގައިކަން އެ މީހެއްގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވެފައި، އެހެން ހެކިތަކަކުން
އެ ބަޔާނަށް ބާރުލިބޭ ޙާލަތުގައި، އެ ބަޔާނަށް ޤަރީނާއެއްގެ ބުރަދަން ދިނުން މި މާއްދާއިން މަނާ ނުކުރެވޭ
ކަމަށް ޤަބޫލުކުރެވުމާއި، މީހަކަށް މަޖުބޫރު ކޮށްގެން ބަޔާން ހޯދުމާއި ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ
އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް މި މާއްދާގައި ހިމެނޭ ތިން ޖުމްލައިގެ ތެރެއިން ދެވަނަ
ޖުމްލައިގައި ބަޔާންވެފައި އޮތުމުން، ދެވަނަ ޖުމްލައިގައި އެ ބުނާ ވާހަކައަކީ ފުރަތަމަ ޖުމްލަ ތަފްސީރު
ކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަމެއްކަމަށް ވުމުން، ޝަރީޢަތަށް ހުށަހެޅިފައިވާ ބަޔާނަކީ އެއްވެސް
މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި އެ މީހަކު ދީފައިވާ ބަޔާނެއްކަމަށް ސާބިތުވާނަމަ، އެ ބަޔާނަށް
ދިނުން މި މާއްދާއިން ހުރަސްނާޅާކަމަށް މާނަކުރުމުގެ ޖާގަ އޮތުމާއެކު، މި ބުނެވިދިޔަ
ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލައި، ދަޢުވާ ލިބޭ މީހާ ތަޙުޤީޤުގައި އިޢުތިރާފުވެފައި، ޝަރީޢަތުގައި
ތަޙުޤީޤު ބަޔާނަށް އިންކާރުކުރާ ޙާލަތުގައި، އޭނާ ތަޙުޤީޤުގައި ބަޔާން ދިނީ އެއްވެސް މަޖުބޫރުކަމެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
9 ދ ތ 04
ރދިން.4
އެހިރާއްޖޭގެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 9
އަމިއްލަ އިޚުތިޔާރުގައިކަން ޝަރީޢަތަށް ސާބިތުވެފައި، އެ ބަޔާނަށް ބާރުދޭ އެހެން ހެކިތަކެއް ނުވަތަ
ޤާރީންތަކެއް ހުރިނަމަ، އެ ބަޔާނަށް ޤަރީނާއެއްގެ ބުރަދަން ދިނުން ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން
ހުރަސް ނާޅާކަމަށް، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) އިން ޝަރީޢަތަށް ލިބިގެންވާ އިޚުތިޔާރުގެ
ދަށުން މާނަކޮށް، މުޙައްމަދު ނަބީލް ތަޙުޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި،
މުޙައްމަދު ނަބީލް ތަޙުޤީޤަށް ބަޔާން ދިން އިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ މި މައްސަލާގައި
ހެކިބަސްދިން ތިން ހެކިންގެ ހެކިބަހާއި ގުޅިފައިވާ، އެ ހެކިންގެ ހެކިބަހަށް ބާރުދޭ ޤަރީނާއެއް ކަމަށް
ކަނޑައަޅައި، މި ބަޔާންކުރި ދެ ޤަރީނާ، މުޙައްމަދު ނަބީލް ޝަރީޢަތުގައި ބުނެފައިވާ ވާހަކަތަކާއި، މި
މައްސަލާގައި ހެކިބަސް ދިން ތިން ހެކިންގެ ހެކިބަހާއި ގުޅުމުން، ޢަބްދުﷲ ފަރުހާދުގެ ގައިގާ ތަޅައިގަތުމަށް
މުޙައްމަދު ނަބީލް ރާވައިގެން ބަޔަކު ގޮވައިގެން ގޮސް މުޙައްމަދު ނަބީލް އާއި އޭނާއާ އެކުގައި ދިޔަ މީހުން
ޢަބްދުﷲ ފަރުހާދުގެ ގައިގާ ތަޅައި އަނިޔާކުރަން ފެށުމުން ޢަބްދުﷲ ފަރުހާދު ދުއްވައިގަތުމުން، މުޙައްމަދު
ނަބީލްގެ ޖީބުން ނެގި ތިލައިގެ ފުޅާމިނުގައި 1 އިންޗި އަދި ދިގުމިނުގައި 6 އިންޗި ހުންނަވަރުގެ ކަޓަރެއް
ޢަބްދުﷲ ފަރުހާދުއާ ދިމާލަށް މުޙައްމަދު ނަބީލް އެއްލިކަމާއި، ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް ހެރިފައިވަނީ
މުޙައްމަދު ނަބީލް އެއްލި ކަޓަރުކަން މުޙައްމަދު ނަބީލް ޝަރީޢަތުގައި ބުނެފައިވާ ވާހަކަތަކާއި، ތިން
ހެކިންގެ ހެކިބަހާއި މި ބަޔާންކުރެވުނު ދެ ޤަރީނާއިން ސާބިތުވާތީއާއި، މެޑިކޯ ލީގަލް ރެކޯޑުން އެނގެން
އޮތްގޮތުން ތޫނު އެއްޗެއް ހެދިފައި ހުރީ ޢަބްދުﷲ ފަރުހާދުގެ ބުރަކަށީގެ އެންމެ ތަނަކަށް ކަމާއި، ޢަބްދު
ފަރުހާދު މަރުވެފައިވަނީ ބުރަކައްޓަށް އްޗެއް ހެދިގެން ފުއްޕާމޭ ތެރެއަށް ލޭ އެޅިގެން ނޭވާ
ނުލެވިގެންކަމާއި، އެ ޙަމަލާގެ ސަބަބުން ޢަބްދުﷲ ފަރުހާދުގެ ފުއްޕާމެއަށް ލޭ ސަޕްލައިކުރާ ބޮޑެތި ލޭ
ހޮޅިތައް ބުރިވެފައި ވުމުގެ ސަބަބުންކަމަށް ޢަބްދުﷲ ފަރުހާދު ބެލި ޑޮކްޓަރު ޚަތިމުގައި އަތްލައިގެން
މާތްﷲ ގަންދީ ހުވާ ކުރުމަށްފަހު ޝަރީޢަތުގައި ބުނެފައި ވުމާއެކު، ޢަބްދުﷲ ފަރުހާދު މަރުވީ
މުޙައްމަދު ނަބީލް ކަޓަރުން ދިން ޙަމަލާގެ ސަބަބުންކަން ޝަރީޢަތަށް ސާބިތުވާތީ އާއި ކުށުގެ މާއްދީ
ރުކުނަކީ ތުހުމަތުކުރެވޭ މީހާ ކުރިކަމަށް ސާބިތުވާ ޢަމަލާއި ނުކުމެފައިވާ ނަތީޖާއާ ސަބަބުގެ ގޮތުން ގުޅިފައި
އޮތުން ކަމުގައިވާއިރު، ދަޢުވާ ލިބޭ މުޙައްމަދު ނަބީލް ކުރިކަމަށް ސާބިތުވާ ޢަމަލަކީ، ބަޔަކު ގޮވައިގެން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
24
23 ތ 8
ބުނުމަށް
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 10
ޢަބްދުﷲ ފަރުހާދުގެ ގައިގާ ތަޅައިގަތުމުން، ސަލާމަތްވާންވެގެން ޢަބްދުﷲ ފަރުހާދު ދުއްވައިގަތުމުން
މުޙައްމަދު ނަބީލްގެ ޖީބުން ނެގި ތިލައިގެ ފުޅާމިނުގައި 1 އިންޗި އަދި ދިގުމިނުގައި 6 އިންޗި ހުންނަވަރުގެ
ކަޓަރެއް ޢަބްދުﷲ ފަރުހާދުއާ ދިމާލަށް އެއްލައި އެ ކަޓަރު ޢަބްދުﷲ ފަރުހާދުގެ ގަޔަށް ހަރާލުންކަމަށް
ވުމާއި، ނުކުމެފައިވާ ނަތީޖާއަކީ ޢަބްދުﷲ ފަރުހާދު މަރުވުންކަމަށް ވުމާއި، ޢަބްދުﷲ ފަރުހާދު މަރުވެފައިވަނީ
މުޙައްމަދު ނަބީލް ކަޓަރުން ދިން ޙަމަލާގެ ސަބަބުންކަމަށް ސާބިތުވެފައި ވުމުން، މުޙައްމަދު ނަބީލް
ކުރިކަމަށް ސާބިތުވާ ޢަމަލާއި ނުކުމެފައިވާ ނަތީޖާއާ ސަބަބުގެ ގޮތުން ގުޅިފައި އޮތުމުން، ކުށުގެ މާއްދީ
ރުކުން ފުރިހަމަ ވެފައިވާތީ އާއި ކުށުގެ މަޢުނަވީ ރުކުން ފުރިހަމަވެފައި ވޭތޯ ބަލާއިރު، މުޙައްމަދު ނަބީލް
މުޅި ދަޢުވާއަށް އިންކާރުކޮށް، އެ ޙާދިސާއާ ގުޅުމެއް އޮތްކަމަށްވެސް އިންކާރުކޮށްފައި ވުމުން، މުޙައްމަދު
ނަބީލްގެ ނިޔަތާ ބެހޭގޮތުން އެއްޗެއް ބުނާނެ ޖާގަ ނެތުމާއި، އަދި ބުނެފައި ވެސް ނުވުމާއި، ނިޔަތަކީ
ފޮރުވިފައިވާ އެއްޗަކަށް ވުމާއި، ނިޔަތް ދެނެގަނެވޭނީ ބޭރުފުށުން ފެންނަ ކަންތައްތަކުން ކަމަށްވާއިރު،
މުޙައްމަދު ނަބީލް، ޢަބްދުﷲ ފަރުހާދުއަށް ޙަމަލާދިނުމަށް ބޭނުންކުރި އެއްޗަކީ ތޫނު ހަތިޔާރަކަށް ވުމާއި،
މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ޙަމަލާ ދީފައިވާއިރު، އެ ހަތިޔާރަކީ ކުށްކުރި މީހާގެ ނިޔަތުގެ
ބޭރުފުށުގެ ސިފަކަމަށް ޢިލްމުވެރިން ބުނެފައިވުމާއި، އެ ޙާލަތުގައި އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު،
މަރާލުމުގެ ޤަޞްދު އޮތްކަމަށް ބަލަން ޖެހޭތީ އާއި މުޙައްމަދު ނަބީލް، ޢަބްދުﷲ ފަރުހާދަށް ޙަމަލާ
ރުޅިވެރިކަމެއް އޮވެގެން ޙަމަލާދިނުމަށް ރާވައިގެންކަން ބަޔާންކުރެވިދިޔަ ހެކިތަކާއި ޤަރީނާތަކުން
ސާބިތުވެފައި ވުމުން، މުޙައްމަދު ނަބީލް، ޢަބްދުﷲ ފަރުހާދަށް ޙަމަލާދީ މަރާލާފައިވަނީ ޤަޞްދުގައިކަން
ސާބިތުވާތީ، ޤަޞްދުގައި މީހަކު މެރުމުގެ ކުށުން މުޙައްމަދު ނަބީލް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
ތޫނުހަތިޔާރުން މީހުންނަށް ޙަމަލާ ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން މަނާކޮށްފައިވާ
ކަމެއްކަމަށް ވުމާއި، ޝަރުޢީ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގައި ބަޔާންވެގެން ވުމާއި، މިފަދަ ކުށުގެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެ ކުށް
ކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބު ކަމަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ރ) ގައި ބަޔާންވެގެން ވުމާއި، އިސްލާމީ ޝަރީޢަތުގައި ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ އަދަބަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
ދީން
#
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 11
މަރުވި މީހާގެ ވާރުތަވެރިންގެ ތެރެއިން އެކަކުވެސް އިޙްތިރާޝް ނުކުރާނަމަ، މަރަށް މަރުހިފުން ކަމަށް
ވުމާއި، ޢަބްދުﷲ ފަރުހާދުގެ ވާރުތަވެރިން ބޭނުންވަނީ މަރަށް މަރުހިފުމަށް ކަމަށް އެ މީހުން
ބުނެފައިވުމާއެކު، އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތީން މުޙައްމަދު ނަބީލަށް ދޭންޖެހޭ އަދަބަކީ މަރުގެ
އަދަބު ކަމަށް ވުމުން، މުޙައްމަދު ނަބީލް މެރުމަށް ޙުކުމްކޮށްފީމެވެ. މިފަދައިންކަން ކްރިމިނަލް ކޯޓުގެ
ނަންބަރ 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެއެވެ.
4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާ އެ ކޯޓުން
ނިންމާފައިވާ ގޮތަށް ބަލާއިރު އެ ޤަޟިއްޔާގެ އުކުމުގައި ވަނީ:
ރީފް | މާލެ،
"ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެމަތިން ހުރުމުން ގ.
މުޙައްމަދު ނަބީލްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރ 2010/JC
/
2009
)
585
/
Cr
-
C/2447)
ޤަޟިއްޔާގައި ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ބައްލަވައި، ޢަބްދުﷲ ފަރުހާދުގެ
ގައިގައި މުޙައްމަދު ނަބީލް އާއި މުޙައްމަދު ނަބީލްއާއެކު ތިބި މީހުން ތަޅައި އަނިޔާކުރަން ފެށުމުން ޢަބްދު
ފަރުހާދު ދުއްވައިގަތުމުން، ޢަބްދުﷲ ފަރުހާދުގެ ފަހަތުން މުޙައްމަދު ނަބީލް އާއި މުޙައްމަދު ނަބީލްއާއެކު
ތިބި މީހުން ދުވަމުންގޮސް، މުޙައްމަދު ނަބީލްގެ ޖީބުންނެގި ތިލައިގެ ފުޅާމިނުގައި 1 އިންޗި އަދި
ދިގުމިނުގައި 6 އިންޗި ހުންނަ ވަރުގެ ކަޓަރެއް ޢަބްދުﷲ ފަރުހާދުއާ ދިމާއަށް މުޙައްމަދު ނަބީލް އެއްލައި އެ
ކަޓަރު އަބްދުﷲ ފަރުހާދުގެ ގަޔަށް ހަރާލާފައިވާ ކަމާއި، ޢަބްދުﷲ ފަރުހާދު މަރުވެފައިވަނީ ބުރަކައްޓަށް
އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން ޢަބްދުﷲ ފަރުހާދުގެ ފުއްޕާމެއަށް ލޭ ސަޕްލައިކުރާ ބޮޑެތި ލޭ
ހޮޅިތައް ބުރިވެ، ފުއްޕާމޭ ތެރެއަށް ލޭ އެޅި ނުލެވިގެން ކަމާއި، ޢަބްދުﷲ ފަރުހާދު މަރުވީ
މުޙައްމަދު ނަބީލް ކަޓަރުންދިން ޙަމަލާގެ ސަބަބުންކަން ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއިން ސާބިތުވާތީ،
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން މުޙައްމަދު ނަބީލް ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި،
ޢަބްދުﷲ ފަރުހާދުގެ ވާރުތަވެރިން ބޭނުންވަނީ މަރަށް މަރުހިފުން ކަމަށްވާތީ، އިސްލާމީ ޝަރީޢަތުގައިވާ
ތުނއއ
2c22
22
ސުޕްރީމް S
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 12
ގޮތުގެމަތީން، މުޙައްމަދު ނަބީލްއަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށްވުމުން، މުޙައްމަދު ނަބީލް
މެރުމަށް އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން
ކުރައްވާފައިވާ ޙުކުމެއް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
ހުރިހާ ފަނޑިޔާރުންނަށް އެއްވެސް ޚިލާފެއް ނެތި އިއްތިފާޤު ވެވިފައިވާތީ، ކްރިމިނަލްކޯޓުގެ ނަންބަރު
(2009/Cr
-
C
/
2010
(
2447
/
JC/585 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެނެވެން ނެތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ."
މިފަދައިންކަން ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލުމުން އެނގެއެވެ.
..
5- ކްރިމިނަލް ކޯޓުގެ ނަންބަރ 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާއިން
ރީފް މުޙައްމަދު ނަބީލްގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާގައި
މުޙައްމަދު ނަބީލް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މުޙައްމަދު
ނަބީލް މެރުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 49/HC
-
A/2011
ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ޙުކުމެއްކަމަށް ކަނޑައަޅައި
ނިންމާފައިވާ ނިންމުމަކީ، ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި މައިގަނޑު 03 ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ މި ޤަޟިއްޔާގައި ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައި ވެއެވެ. އޭގެތެރެއިން
22c 0 0
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގައި މައްސަލަ ހިންގުނުއިރު ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ދަށުން، ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ
މީހުންނަށް ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތަކާއި، 51 ވަނަ މާއްދާގެ ދަށުން ކުށެއް ކުރިކަމުގެ
ދަޢުވާ އުފުލިފައިވާ މީހުންނަށް ކަށަވަރު ކޮށްދީފައިވާ ޙައްޤުތައް މުޙައްމަދު ނަބީލްއަށް ލިބިފައިވާކަން
ކަށަވަރުކުރުން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 13
ދެވަނަ ނުކުތާއަކީ، މުޙައްމަދު ނަބީލް ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފާއި، މުއްދަތު
މަޖިލީހުގައި ވެފައިވާ އިޢުތިރާފާއި، މުޙައްމަދު ނަބީލްގެ މައްޗަށް ދަށު ކޯޓަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް
ރިޢާޔަތް ކުރާއިރު، މުޙައްމަދު ނަބީލްގެ މައްޗަށް ހުށަހެޅުނު ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ
ސާބިތުވާ ވަރަށް އޭނާގެ މައްޗަށް ހެއްކާއި ޤަރީނާ ލިބިފައިވާކަން ކަށަވަރުކުރުން.
ތިންވަނަ ނުކުތާއަކީ، ތަޙުޤީޤު މަރުޙަލާގައި މުޙައްމަދު ނަބީލްގެ މައްޗަށް ހޯދުނު
ހެކިތަކާއި، ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ނަބީލްގެ މައްޗަށް ހުށަހެޅުނު ހެކިންގެ ހެކިބަސް ހޯދައި
ނެގިފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން ކަށަވަރު
ex e &
6- ކްރިމިނަލް ކޯޓުގެ ނަންބަރ 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާއިން
ރީފް މުޙައްމަދު ނަބީލްގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާގައި
މުޙައްމަދު ނަބީލް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
މުޙައްމަދު ނަބީލް މެރުމަށް ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
49/HC
-
A/2011 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ޙުކުމެއްކަމަށް
ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ، ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުން އެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ކޮށްފައިވާ އިލްތިމާސް ބިނާކުރާ ނުކުތާތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
މި ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ
މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް
ހުށަހެޅިފައިވާ، މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި ބަޔާންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭ
ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ކްރިމިނަލް ކޯޓުގެ
ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް
مار کر
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 14"
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ،
ކްރިމިނަލް ކޯޓުގެ
ނަންބަރ
585/Cr-C/2010
(2009/JC/2447) ޤަޟިއްޔާގައި މުޙައްމަދު ނަބީލްގެ މައްޗަށް އުފުލިފައިވާ އިސްވެ ބަޔާންކުރެވިދިޔަ
ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި (ކުރީގެ ޖިނާއީ ކޯޓުގައި، 20 ޑިސެންބަރ 2009 ދުވަހު ބޭއްވުނު
މި ދަޢުވާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން މުޙައްމަދު ނަބީލްގެ މައްޗަށް ކޮށްފައިވާ ޤަޞްދުގައި މީހަކު
މެރުމުގެ ކުށުގެ ދަޢުވާ ސާފުވެއްޖެކަމަށް މުޙައްމަދު ނަބީލްގެ ފަރާތުން އޭނާގެ ވަކީލު ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮތުމުން، ފުރަތަމަވެސް ކްރިމިނަލް ކޯޓުން މި
ދަޢުވާ ބަލަން ފަށާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން
މުޙައްމަދު ނަބީލްގެ މައްޗަށް ބުނެވުނު ޤަޟިއްޔާގެ ދަށުން އުފުލިފައިވާ ދަޢުވާގައި ބުނާ ކުށަކީ ކޮބައިކަން
މުޙައްމަދު ނަބީލަށް ރަނގަޅަށް ސާފުވާގޮތަށް އަންގައި ބަޔާންކުރުމަށްފަހުކަން އެނގެން އޮންނައޮތުމެވެ.
20
24 2
(ށ) ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގައި މައްސަލަ ހިންގުނުއިރު ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ދަށުން ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ
މީހުންނަށް ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތަކާއި، 51 ވަނަ މާއްދާގެ ދަށުން ކުށެއް ކުރިކަމުގެ
ދަޢުވާ އުފުލިފައިވާ މީހުންނަށް ކަށަވަރު ކޮށްދީފައިވާ ޙައްޤުތައް މުޙައްމަދު ނަބީލްއަށް ލިބިފައިވާކަން
ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅި ނުކުތާއަށް ބެލިއިރު، ކްރިމިނަލް ކޯޓުގެ ނަންބަރ (2009/JC/2447)
2010/Cr
-
C/585 ޤަޟިއްޔާގެ ޝަރީޢަތް އެ ކޯޓުގައި ހިންގުނުއިރު، މައްސަލާގައި ދަޢުވާ ލިބޭ
މުޙައްމަދު ނަބީލަށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ނ) އާއި (ށ) އާއި (ށ) އިން ކަނޑައަޅާފައިވާ
ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤާއި ޤާނޫނީ ވަކީލަކު އިޚްތިޔާރުކުރުމުގެ ޙައްޤާއި، ޝަރީޢަތަށް
ޙާޟިރުކުރާ ހެކިންނާ ސުވާލުކުރުމުގެ ޙައްޤާއި، ބޭނުން ހެކިން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް ކޯޓުގައި
އެދުމުގެ ޙައްޤު މުޙައްމަދު ނަބީލަށް، ލިބިދީފައިވާކަން ކްރިމިނަލް ކޯޓުގެ ނަންބަރ (2009/JC/2447)
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 15
2010/Cr
-
C/585 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުންނާއި
ޚަޞްމުން ދީފައިވާ ބަޔާންތަކުން ސާފުކޮށް އެނގެން އޮތުމުން، ދަށު މަރުޙަލާގެ ކޯޓުން އެ މައްސަލަ
ނިންމާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ށ) އާއި (ށ) އިން ކަނޑައަޅާފައިވާ
އެންމެހައި ޙައްޤުތައް މުޙައްމަދު ނަބީލަށް ލިބިދީގެންކަން ކަށަވަރުވެ އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން މުޙައްމަދު ނަބީލު ހައްޔަރުކުރި ވަގުތު
އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ މައްސަލައަކީ ކޮބައިކަމާއި، އޭނާ ގެންދެވޭ ތަނާއި ހަނުހުރުމުގެ ޙައްޤު
ލިބިފައިވާކަމާއި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު އޮތްކަން މުޙައްމަދު ނަބީލަށް
އެންގިފައިވާ ކަމާއި، ބަންދު ނުވަތަ ހައްޔަރު ކުރެވުނުތާ ސައުވީސް ގަޑިއިރުގެ ތެރޭގައި ލިޔުމުން އެ
ކަންކަން މުޙައްމަދު ނަބީލަށް އެންގިފައިވާކަން މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު TD15114 މިކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އިން އެނގެން އޮންނަ
ކަމާއި، މުޙައްމަދު ނަބީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން މުޙައްމަދު ނަބީލް
ބަންދުގައި ބަހައްޓަން ފަނޑިޔާރު ކަނޑައަޅާފައިވަނީ މި މައްސަލާގައި ހިމެނޭ މާރާމާރީ ހިންގިކަމަށް
މުޙައްމަދު ނަބީލް އިޢުތިރާފުވެފައި ވާތީކަން ކްރިމިނަލް ކޯޓުގެ (ކުރީގެ ޖިނާއީ ކޯޓުގެ) ނަންބަރު
2009
/
1923,2343,2755-MD ކޯޓު އަމުރުތަކުން އެނގެން އޮންނަ ކަމެވެ.
/14/ތ ޗެވެ
(ރ) ހަތަރުވަނަ ކަމަކީ، މުޙައްމަދު ނަބީލްގެ މައްޗަށް ތުހުމަތު ކުރެވުނު ޤަޞްދުގައި
މީހަކު މަރާލުމުގެ ކުށުގެ މި މައްސަލާގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންކަމަށް މީނާ ފުރަތަމަ
ބުނިނަމަވެސް، ޤާނޫނީ ވަކީލެއްގެ ޣައިރު ޙާޟިރުގައި ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވަނީ، ޤާނޫނީ
ވަކީލެއްގެ ޣައިރު ޙާޟިރުގައި ތަޙުޤީޤު ކުރިއަށް ގެންދިއުމާމެދު މުޙައްމަދު ނަބީލްގެ އިޢުތިރާސެއް
ނެތްކަމަށް މީނާ ބުނުމުންކަން 2009 އޭޕްރީލް 20 ވަނަ ދުވަހު މީނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ތަޙުޤީޤަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނަ ކަމެވެ.
ސުޕްރީމް ކޯ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 16"
(ބ) ފަސްވަނަ ކަމަކީ، މުޙައްމަދު ނަބީލްގެ މައްޗަށް ދައުލަތުން ހުށަހެޅި ޤަޞްދުގައި
މީހަކު
މަރާލުމުގެ ކުށުގެ ދަޢުވާއަށް މީނާ ކްރިމިނަލް ކޯޓުގައި އިންކާރުކުރުމުން މި ދަޢުވާ
ސާބިތުކުރުމަށްޓަކައި ދައުލަތުން ހެކި ހުށަހަޅާފައިވާ ކަމާއި އެގޮތުން ހުށަހަޅާފައިވާ ހެކިންނަކީ ހ. ރީފް
އާމިނަތު ނިޢުމާ އާއި، ރ. އަނގޮޅިތީމު ފިޔާތޮށިގޭ ފާޠިމަތު އަޝްފާ އާއި، މ. ވެންކޫ އިބްރާހީމް
ސާމިން އާއި، އދ. މާމިގިލީ ލިވަޕޫލް އަޙްމަދު ނަބީހު އާއި، މ. މުނިޔާމަންޒިލް ޙަސަން ޝާމިލް އާއި،
މޫންބީންސް ނާއިލް މުޙައްމަދު އާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 6099
ޑރ. ޢަބްދުﷲ ޢުބައިދު ކަމާއި، ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅި އިތުރު ހެކިތަކުގެ ތެރޭގައި
މުޙައްމަދު ނަބީލްގެ ތަޙުޤީޤު ބަޔާނާއި މުޙައްމަދު ނަބީލްގެ ކޮއްކޮ އާމިނަތު ނިޢުމާގެ ތަޙުޤީޤު ބަޔާނާއި، މި
ދެ މީހުން ތަޙުޤީޤުގައި ބަޔާންދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިން އާއި، ޢަބްދުﷲ ފަރުހާދުގެ މެޑިކޯ ލީގަލް
ރެކޯޑާއި، މި މައްސަލައާ ގުޅުންހުރި ގިނަ ފަރާތްތަކެއްގެ ފޯނު ކޯލްތަކުގެ ތަފްޞީލާއި ޢަބްދުﷲ ފަރުހާދު
މަރުވެފައިވާކަން އަންގައިދޭ "މަރުވާ މީހުންގެ މަޢުލޫމާތު ފޯމް" ހިމެނޭކަން އެނގެން އޮންނަ ކަމެވެ.
ބުނުމުން،
(ޅ) ހަވަނަ ކަމަކީ، މި ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެކިންގެ
ތެރެއިން ފާތިމަތު ޔަޝްފާ އާއި، އަޙްމަދު ނަބީހު އާއި، ޙަސަން ޝާމިލް، ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުގައި، މި މައްސަލައިގެ ތަޙުޤީޤުގައި މިއިން ކޮންމެ މީހަކު ދީފައިވާ ބަޔާނަކީ ކަން ހިނގާދިޔަގޮތަށް
ދީފައިވާ ތެދު ބަޔާނެއްކަމަށް
މީހުންނާ ކުރާނެ އިތުރު ސުވާލެއް ނެތްކަމަށް
މުޙައްމަދު ނަބީލްގެ ވަކީލް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި، މި ތިން މީހުން
ތަޙުޤީޤުގައި ދީފައިވާ ބަޔާންތަކަށް ބެލިއިރު، ޢަބްދުﷲ ފަރުހާދުގެ ގައިގައި ތަޅައި މާރާމާރީ ހިންގި މީހުންގެ
ތެރޭގައި މުޙައްމަދު ނަބީލް ހިމެނޭކަމަށް މި ތިން މީހުންވެސް ބުނެފައިވާކަމާއި، ޢަބްދުﷲ ފަރުހާދުގެ
ގައިގައި ތަޅައި މާރާމާރީ ހިންގަންފެށުމުން ޢަބްދުﷲ ފަރުހާދު، ޕާކުގެ އިރުމަތީ ފަރާތުގައި އޮންނަ
ގޯޅިތެރެއަށް ނުކުމެ އެ ތަނުގައި އޮތް ޕިކަޕެއްގެ ކައިރިއަށް ދިއުމުން އެ ތަނުގައިތިބި ދިހަވަރަކަށް މީހުން
ދުވެފައި އެ ތަނަށްގޮސް ޢަބްދުﷲ ފަރުހާދުގެ ގައިގައި އަތުންނާއި ފައިން އަނެއްކާވެސް ތަޅައި މާރާމާރީ
ހިންގަންފެށުމުން އެ މީހުންގެ ކިބައިން ސަލާމަތްވެގެން ޢަބްދުﷲ ފަރުހާދު ދުވެފައި ގޮސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 17
ox
ނިކުމެ އެ މަގުން އިރަށް ދުއްވައިގަތްކަމަށާއި އެ ވަގުތު އެ މީހުންގެ ތެރެއިން މީހަކު (ކާކުކަމެއް ފާހަގައެއް
ނުކުރެވޭ) ޢަބްދުﷲ ފަރުހާދުއާ ދިމާއަށް ވަޅިއެއް ފާޑަށް އޮތް އެއްޗެއް އެއްލުމުން ޢަބްދުﷲ ފަރުހާދުގެ
ގައިގާ އެއްލި އެތިން ޖެހުނުކަމަށާއި، ދެން އިސްވެ ދެންނެވުނު އެތި އެއްލިމީހާ ދުވެފައިގޮސް ޢަބްދު
ފަރުހާދުގެ ބުރަކައްޓާ ދިމާއިން އެއްޗެއް ދަމައިގަންނަނިކޮށް ދުށްކަމަށާއި، އެ ވަގުތު ޢަބްދުﷲ ފަރުހާދުގެ
ބުރަކައްޓާ ދިމާއިން އޭނާ ލައިގެންހުރި ޓީޝާޓުން ފޭދިގެން ލޭ އައިސްފައިހުއްޓައި ދުށްކަމަށް އަޙްމަދު
ނަބީހް އާއި، ޙަސަން ޝާމިލް، ތަޙުޤީޤުގައި ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި، ޢަބްދުﷲ ފަރުހާދު،
ޕާކުގެ އިރުމަތީ މަގަށް ނިކުމެ މަޖީދީމަގާ ދިމާއަށް ދުވެފައިދަނިކޮށް، ޕާކުތެރޭގައި ތިބި މީހުންގެ ތެރެއިން
ކޮންމެވެސް މީހަކު ޢަބްދުﷲ ފަރުހާދުއާ ދިމާއަށް ވަޅިއެއް ފާޑުގެ އެއްޗެއް އެއްލިތަން ދުށްކަމަށް ފާތިމަތު
ޔަޝްފާ ބުނެފައިވާކަން އެނގެން އޮތުމުން، މި ތިން މީހުންގެ ހެކިބަހަށް ބެލިއިރު މުޙައްމަދު ނަބީލް އާއި
މީނާއާއެކު ތިބި މީހުން ޢަބްދުﷲ ފަރުހާދުގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައިވާކަމާއި، މި މާރާމާރީ
ހިންގި މީހުންގެ ތެރެއިން މީހަކު ވަޅިއެއް ފާޑަށް އޮތް އެއްޗެއް ޢަބްދުﷲ ފަރުހާދުއާ ދިމާއަށް އެއްލުމުން
ޢަބްދުﷲ ފަރުހާދުގެ ބުރަކަށީގައި އެ އެތިން ޖެހުނުކަމާއި އެ ވަގުތު ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓާ
ދިމާއިން އޭނާ ލައިގެންހުރި ޓީޝާޓުން ފޭދިގެން ލޭއައިސްފައިހުއްޓައި ފެނިފައިވާކަން އަޙްމަދު ނަބީހް އާއި،
ޙަސަން ޝާމިލްގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާކަމާއި، އެ ޕާކުގެތެރޭގައި ތިބި މީހުންގެ ތެރެއިން
ކޮންމެވެސް މީހަކު ޢަބްދުﷲ ފަރުހާދާ ދިމާއަށް ވަޅިއެއް ފާޑުގެ އެއްޗެއް އެއްލިކަން ފާތިމަތު ޔަޝްފާގެ
2
0 2 0 22
އެނގެން
ބަހެންވެސް އެނގެން އޮންނަކަމެވެ"
ކ އ ވ 4
(ކ) ހަތްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ދެކިންގެ ހެކިބަހުގެ އިތުރަށް، މި މައްސަލައާ
ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި އެހެނިހެން ކަންކަމުން ލިބޭ ޤަރީނާތަކުގެ މައްޗަށް މި
މައްސަލަ ބެލި ދަށުކޯޓުންނާއި ހައިކޯޓުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލައި
ވަޒަންކޮށްފައިވާކަމާއި އަދި މީގެއިތުރުން، މުޙައްމަދު ނަބީލް އިތުރު ބަޔަކާއެކުގޮސް
ޢަބްދުﷲ ފަރުހާދުއާ
މެދު އަނިޔާވެރި ގޮތުގައި ހިންގި ކުށުގެ މި ޢަމަލާއި އޭނާގެ މަރުވުމާ ޢިލާޤާ ސަބަބެއްޔާގެ ގުޅުމުން
ޝަރުޢީ ހަމަތަކުގެމަތިން އެއްވެސް އޮޅުމެއްނެތި ގުޅިފައިވާކަން އިތުރަށް ކަށަވަރުކުރެވިފައިވާ ގަވާއިޑުޕްރ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 18"
އެގޮތުން މުޙައްމަދު ނަބީލްގެ މައްޗަށް ދައުލަތުން ހުށަހެޅި މި ދަޢުވާ ސާބިތުކުރުމުގެ ގޮތުން ކްރިމިނަލް
ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނޭ ލެޑިކޯ ލީގަލް ރެކޯޑާ ގުޅިގެން ޚަބީރެއްގެ ގޮތުން،
ޑޮކްޓަރ ޢަބްދުﷲ ޢުބައިދު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުކޮށް ސުވާލު
ކުރެވިފައިވާކަމާއި، ޑޮކްޓަރ ޢަބްދުﷲ ޢުބައިދުއާ ދައުލަތުގެ ފަރާތުން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި
ދީފައިވާ ބަޔާނުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޢަބްދުﷲ ފަރުހާދު އައި.ޖީ.އެމް ހޮސްޕިޓަލަށް
ގެންދެވުނުއިރު އޭނާގެ ޕްރެޝަރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަމަށާއި، ޑޮކްޓަރ ޢަބްދުﷲ ޢުބައިދަކީ
އެރޭ އޮންކޯލުގައި ހުރި އޮޕަރޭޝަންކުރާ ޑޮކްޓަރަށް ވެފައި ޢަބްދުﷲ ފަރުހާދަށް ލިބިފައިވާ އަނިޔާގެ
ސަބަބުން ޙާލަތު ސީރިޔަސް ވަމުންދާތީވެ ޢަބްދުﷲ ފަރުހާދު ބަލަން އެންގިކަމަށާއި، އޭރު
ޢަބްދުﷲ ފަރުހާދުގެ ޙާލަތު އޮތީ ވަރަށް ސީރިޔަސްވެފައި ކަމަށާއި، ސަބަބަކީ ޢަބްދުﷲ ފަރުހާދުގެ ބްލަޑް
ޕްރެޝަރު އޮތީ ވަރަށް ދަށުގައި ކަމަށާއި، އޮކްސިޖަން ސެޓްރޭޝަން ޕަސެންޓޭޖުވެސް އޮތީ ވަރަށް
ދަށްވެފައި ކަމަށާއި، ޑޮކްޓަރ ޢަބްދުﷲ ޢުބައިދު ފުރަތަމަ ޢަބްދުﷲ ފަރުހާދު ބެލީ އިމަރޖެންސީ ރޫމުގައި
ކަމަށާއި، އިމަރޖެންސީ ރޫމުގައި ޢަބްދުﷲ ފަރުހާދު ބެލި ބެލުމުން އެނގުނީ ޢަބްދުﷲ ފަރުހާދުގެ ފުއްޕާމޭ
ރާތުން ފަތްޖެހި އޭގެ ސަބަބުން ނޭވާލާން ވަރަށް ބޮޑަށް އުނދަގޫވަމުންދާކަން ކަމަށާއި،
ޢަބްދުﷲ ފަރުހާދަށް އެ މައްސަލަ ދިމާވެފައިވަނީ ޢަބްދުﷲ ފަރުހާދަށް ތޫނު އެއްޗަކުން ދެވިފައިވާ
ޙަމަލާއެއްގެ ސަބަބުން ކަމަށާއި، ވުމާއެކު ޑޮކްޓަރ ޢަބްދުﷲ ޢުބައިދު ނިންމީ ވީހާވެސް އަވަހަކަށް ޢަބްދު
ފަރުހާދު އޮޕަރޭޝަން ތިއޭޓަރަށް ގެންދަން ކަމަށާއި، ސަބަބަކީ ފުއްޕާމެއާ އަރިކައްޓާ ދޭތެރެއަށް އެޅިފައި
ހުރި ލޭތައް ނުނެގިއްޖެނަމަ ޢަބްދުﷲ ފަރުހާދުގެ ފުއްޕާމޭ ފަތްޖެހި ނޭވާލުމަށް ދަތިވާނެތީ ކަމަށާއި،
ޢަބްދުﷲ ފަރުހާދަށް ތޫނު އެއްޗަކުން ވެފައިވާ އަނިޔާގެ ސަބަބުން ޢަބްދުﷲ ފަރުހާދުގެ ފުއްޕާމެޔަށް
ސަޕްލައިކުރާ ބޮޑެތި ލޭ ހޮޅިތައް ވަނީ ބުރިވެފައި ކަމަށާއި، ޢަބްދުﷲ ފަރުހާދު މަރުވީ އެ އަނިޔާގެ
ސަބަބުންކަމަށް ޑޮކްޓަރ ޢަބްދުﷲ ޢުބައިދު ބުނެފައިވާކަން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
2010 ޖޫން 17 ވަނަ ދުވަހު އޭނާ ދީފައިވާ ބަޔާނުން އެނގެން އޮންނައިރު، ތޫނު އެއްޗެއް ހެދިފައި ހުރީ
އޭނާގެ ބުރަކަށީގެ އެންމެ ތަނަކަށް ކަމާއި، ޢަބްދުﷲ ފަރުހާދުގެ ވާތްފަރާތު ބޮނބި ފަޅީގެ ފަސްވަނަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
/ ބ ގ 24
ޚާއްޞަކޮށް ވާތްފަރާތު
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 19"
މޭކައްޓާއި ހަވަނަ މޭކައްޓާ ދެމެދު ތިން ސެންޓިމީޓަރުގެ ޒަޚަމެއް ހުރިކަމާއި، ޒަޚަމް ހުރީ މަތިން ތިރިއަށް
ކަތިކޮށް ފުންމިނުގައި ތިން ސެންޓިމީޓަރަށް ވުރެ ބޮޑުކޮށްކަން ޢަބްދުﷲ ފަރުހާދުގެ ވެޑިކޯ ލީގަލް ރިކޯޑުން
އެނގެން އޮންނައިރު، ޑޮކްޓަރ ޢަބްދުﷲ ޒުބައިދާ ސުވާލުކުރުމުގެ ފުރުޞަތު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދިނުމުން ޑޮކްޓަރ ޢަބްދުﷲ ޢުބައިދާ ކުރާނޭ ސުވާލެއް ނެތްކަމަށް ދަޢުވާލިބޭ ފަރާތުގެ ވަކީލު
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(އ) އަށްވަނަ ކަމަކީ، މި ޤަޟިއްޔާއާ ގުޅިގެން މުޙައްމަދު ނަބީލް ތަޙުޤީޤަށް ދީފައިވާ
ބަޔާނުގައި މީނާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަށް އެއްވެސް އޮޅުމަކަށް ޖާގަނުލިބޭ މިންވަރަށް
ސާފުބަހުން އިޢުތިރާފުވުމަށް ފަހު، އެކަން ކުރި ސަބަބުތަކާއި އެކަން ކުރުމަށްޓަކައި އެހީތެރިކަން ލިބިގަތް
ފަރާތްތަކާއި އަދި އެކަން ކުރި ގޮތް އޮޅުންނާރާ ފަދަ ސާފުބަހުން ސިފަކޮށް ބަޔާންކޮށްފައިވަނީ އެކަން
ހިނގާފައިވާ ގޮތަށް އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި މީނާގެ އަމިއްލަ އިޙުތިޔާރުގައި ކަމަށް
ކްރިމިނަލް ކޯޓުގެ (ކުރީގެ ޖިނާއީ ކޯޓުގެ) ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ނަބީލް ބުނެފައިވާ ބުނުމަކީ
މުޙައްމަދު ނަބީލްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށަށް ޝަރީޢަތުގެ މަޖިލީހުގައި ވެވޭ އިޢުތިރާފެއްކަމަށް
މެނުވީ ބެލެވެންޖެހޭ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތްކަމާއި، އެގޮތުން މުޙައްމަދު ނަބީލްގެ
ބަޔާނުގައި ގ. ރީފް އާމިނަތު ނިޢުމާއަކީ މީނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށާއި، އާމިނަތު ނިޢުމާއަކީ
މަޖީދީ މަގުގައި ހުންނަ "ބޮންޑު ސްޓްރީޓް" ފިހާރައިގާ ވަޒީފާ އަދާކުރާ ކުއްޖެއް ކަމަށާއި، އާމިނަތު ނިޢުމާ
އެ ފިހާރައިގާ އުޅުނުއިރު އޭނާ ފިހާރަ ނިމެނީ ރޭގަނޑު 23:00 ގައި ކަމަށާއި، ނިމޭ ގަޑިއަށް މީނާ
އާމިނަތު ނިޢުމާ ބަލައި، ކޮންމެ ދުވަހަކުވެސް ރޭގަނޑު 23:00 ހާއިރު އެ ފިހާރައަށް ދާކަމަށާއި، އެގޮތުން
2009 މާރިޗް 05 ވަނަ ދުވަހުގެރޭ 23:00 ހާއިރު މުޙައްމަދު ނަބީލް އޭނާގެ ރައްޓެއްސެއް ކަމަށްވާ
މ. ސީނުކަރަންކާގޭގައި އުޅޭ މ. ބްލޫލޭކްލޮޖް ޢަލީ ރަޒީން (ވަނަމަކަށް ގޮއްޑި) އާ ދެ މީހުން
އާމިނަތު ނިޢުމާ ބަލައި އެ ފިހާރައަށް ދިއުމުން އާމިނަތު ނިޢުމާ ނިކުމެފައި ފިހާރަ ކުރިމަތީގައި ހުރި
ފިރިހެން ކުއްޖެއް މުޙައްމަދު ނަބީލަށް ދައްކާފައި އެ ކުއްޖާއަކީ ފަރޭ (ފުލުހުން ތަޙުޤީޤުން އެނގުނު
ގޮތުގައި ހުޅުދޫ ! ލިލީމާގޭ، ޢަބްދުﷲ ފަރުހާދު) ނަމަކަށް ކިޔާ ކުއްޖެއް ކަމަށާއި، އާމިނަތު
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 20
OX
ފިހާރައިގާ އިންނަ ވަގުތު އެ ކުއްޖާ ފިހާރައަށް ވަދެ އާމިނަތު ނިޢުމާއަށް ޖެއްސުންކޮށް، މަގުމަތިން
ހިނގާފައި ދާއިރުވެސް އާމިނަތު ނިޢުމާއާ ފޮށި ހަދާކަމަށް މުޙައްމަދު ނަބީލް ގާތުގައި ބުނިކަމަށާއި،
2009 މާރިޗު 08 ވަނަ ދުވަހުގެރޭ 19:30 ހާއިރު މުޙައްމަދު ނަބީލް ގޭގައި އުޅެނިކޮށް އާމިނަތު ނިޢުމާ
ގެއަށް އައިސް "އޭނާގެ އުރަމަތީގައި މިއަދު ފަރޭ ހިފައިފި ކަމަށާއި، އަތުގައި ހިފައިވެސް ހެދިކަމަށް"
ބުނިކަމަށާއި، އެހެންކަމުން ޢަލީ ރަޒީން އުޅޭ ގެއަށް މުޙައްމަދު ނަބީލް ގޮސް ޢަލީ ރަޒީންގެ ގާތުގައި
"އާމިނަތު ނިޢުމާގެ ގަޔަށް އެއްކަލަ ފަރޭ އަތްފޯރުވައިފި ކަމަށާއި، މިރޭ 23:00 ގައި ގޮސް ފަރޭއާ
ދިމާކޮށް އޭނާއަށް ޙަމަލާދޭން" ބުނިކަމަށާއި، އެއަށްފަހު މުޙައްމަދު ނަބީލްގެ ރައްޓެހި އިތުރު ބަޔަކަށް ގުޅައި
ޢަލީ ރަޒީން އުޅޭ މ. ސީނުކަރަންކާގޭ ކައިރިއަށް އަންނައްޗޭ މުޙައްމަދު ނަބީލް ބުނިކަމަށާއި، އެރޭގެ
23:00 ހާއިރު މުޙައްމަދު ނަބީލް، ޢަލީ ރަޒީން އުޅޭ މ. ސީނުކަރަންކާގޭ ކައިރިއަށް ދިޔައިރު ދިޔައީ
ތިލައިގެ ފުޅާމިނުގައި 11 އިންޗި އަދި ދިގުމިނުގައި 06 އިންޗި ހުންނަ ވަރުގެ ސިލްވަރކުލައިގެ ކަޓަރެއް
ހިފައިގެން ކަމަށާއި، "ބޮންޑު ސްޓްރީޓް" ފިހާރަ ކައިރިއަށް ޢަބްދުﷲ ފަރުހާދު ހޯދުމަށްގޮސް ނަލަހިޔާ
ހޮޓަލުގެ ކަންމަތީގައި މަޑުކޮށްލައިގެން ތިއްބައި އެ ހޮޓާ ކައިރިން ޢަބްދުﷲ ފަރުހާދު މަޖީދީމަގުން
ހުޅަނގުން އިރަށް ހިނގާފައި ދަނިކޮށް މުޙައްމަދު ނަބީލަށް ފެނިގެން، މި މީހުންގޮސް ޢަބްދުﷲ ފަރުހާދުގެ
ގާތުގައި މި މީހުންނާއެކު އަންނާށޭ ބުނެ، ޢަބްދުﷲ ފަރުހާދު ގޮވައިގެން އާމިނަތު ނިޢުމާ މަސައްކަތްކުރާ
"ބޮންޑު ސްޓްރީޓް" ފިހާރަ ކައިރިއަށް ދިޔައިރު އެ ތަނުގައި އާމިނަތު ނިޢުމާ ނެތުމުން، ޢަބްދުﷲ ފަރުހާދު
ގޮވައިގެން ދިޔައީ މަޖީދީމަގު ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ ޕާކަށް (ޔޫ.އެން ޕާކަށް) ކަމަށާއި، އެ
ޕާކަށްގޮސް އެ ތަނުގައިހުރި އައްޓެއްގައި ޢަބްދުﷲ ފަރުހާދު ބޭންދުމަށްފަހު އާމިނަތު ނިޢުމާއާ ބެހެންތޯ
ޢަބްދުﷲ ފަރުހާދުގެ ގާތުގައި މުޙައްމަދު ނަބީލް އެހިކަމަށާއި، މުޙައްމަދު ނަބީލް އެހެން އެހުމުން އާމިނަތު
ނިޢުމާ ނުދަންނަ ކަމަށާއި އޭނާއާ ނުބެހޭކަމަށް ޢަބްދުﷲ ފަރުހާދު ބުނުމުން ޢަލީ ރަޒީނުގެ މޯބައިލް ފޯނަށް
ގުޅައި އާމިނަތު ނިޢުމާ ގޮވައިގެން ޔޫ.އެން ޕާކަށް އައުމަށް މުޙައްމަދު ނަބީލް ބުނިކަމަށާއި، އޭގެ
ކުޑައިރުކޮޅެއްފަހުން އާމިނަތު ނިޢުމާ ގޮވައިގެން ޔޫ.އެން ޕާކަށް ޢަލީ ރަޒީން އައިކަމަށާއި، އެ މީހުން
އައުމުން އާމިނަތު ނިޢުމާއަށް ޢަބްދުﷲ ފަރުހާދު ދައްކާފައި އޭނާ ބެހޭތޯ އާމިނަތު ނިޢުމާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 21
ހިފަހައްޓަން އާމިނަތު ނިޢުމާ އުޅުނު ކަމަށާއި، ނަމަވެސް މުޙައްމަދު ނަބީލް ކުރިއަށް ޖެހިލާފައި ގޯސްފާގެ
ސުވާލުކުރުމުން އާނއެކޭ އާމިނަތު ނިޢުމާ ބުނުމުން ޢަބްދުﷲ ފަރުހާދު ނުބެހެމޭ ކިޔާފައި ތެދުވެގެން
ދުއްވައިގަންނަން އުޅުމުން، ޢަބްދުﷲ ފަރުހާދުގެ ވާތްފަރާތު ކަންފަތްމަތީގައި މުޙައްމަދު ނަބީލްގެ ކަނާތުން
ޖެހިކަމަށާއި، ޢަބްދުﷲ ފަރުހާދުގެ މޭމަތީގައި މުޙައްމަދު ނަބީލްގެ ކަނާތު ފައިން ޖެހިކަމަށާއި، ދެން އެ
ތަނުގައި އެއްވެތިބި މީހުން ޢަބްދުﷲ ފަރުހާދުގެ ގައިގައި އެ މީހުންގެ އަތުންނާއި ފައިން ތަޅައި މާރާމާރީ
ހިންގަންފެށުމުން ޢަބްދުﷲ ފަރުހާދު ދުވެފައި ގޮސް ޕާކުގެ އިރުމަތީމަގުން ނިކުމެގެން މަޖީދީމަގާ ދިމާއަށް
ދުއްވައިގަތުމުން މުޙައްމަދު ނަބީލްގެ ޖީބުގައި އޮތް ކަޓަރު ނެގުމަށްފަހު ކަޓަރުގެ ތިލަ ހުޅުވާފައި
ޢަބްދުﷲ ފަރުހާދުއާ ދިމާއަށް އެއްލިކަމަށާއި، އެ ވަގުތު ކަޓަރުގޮސް އޭގެ ތިލަ ޢަބްދުﷲ ފަރުހާދުގެ
ބުރަކައްޓަށް ވަދެ ބުރަކަށީގައި ކަޓަރު ހަރުލިކަމަށާއި، ދެން ޢަބްދުﷲ ފަރުހާދު މުޙައްމަދު ނަބީލާ ދިމާއަށް
އެނބުރުމަށްފަހު ފަހަތަށް ދިޔަވަގުތު އެ ތަނުގައި އޮތް ވޭނެއްގައި ޢަބްދުﷲ ފަރުހާދުގެ ބުރަކަށި ކަޓަރާއެކު
ޖެހި އެއަށްވުރެވެސް ބޮޑަށް ކަޓަރުގެ ތިލަ ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް ވަންކަމަށާއި، އެ ވަގުތު
ޢަބްދުﷲ ފަރުހާދު ތެޅިގަތުމުން ބުރަކަށިން ކަޓަރު ނެއްޓިގެން ބިންމައްޗަށް ވެއްޓުނު ކަމަށާއި އެ ވަގުތު
ޢަބްދުﷲ ފަރުހާދުގެ ބުރަކަށިން ލޭ އަންނަމުން ދިޔަކަމަށާއި، މި ލޭތައް އެ ވަގުތު ޢަބްދުﷲ ފަރުހާދު
ލައިގެންހުރި ޓީޝާޓުގެ މަތިން ފޭދިގެން ފެންނަން ހުރިކަމަށް މުޙައްމަދު ނަބީލުގެ ތަޙުޤީޤު ބަޔާނުގައި
ބުނެފައިވާއިރު
މުޙައްމަދު ނަބީލް އާއި އެކުގައި ދިޔަ މީހުން ފަރުހާދުގެ ގައިގައި ތަޅައި
އަނިޔާކުރަން ފެށުމުން އެމީހުންގެ ކިބައިން ސަލާމަތް ވާންވެގެން ފަރުހާދު ދުއްވައިގަތުމުން މުޙައްމަދު ނަބީލް
އޭނާއާ އެކުގައި ތިބި މީހުންގެ ތެރެއިން އެކަކު އެއްލި ކަޓަރެއް ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް
ހެރުނުކަން ދައުލަތުން ހުށަހެޅި ބަޔާންވެދިޔަ ހެކިންގެ ތެރެއިން ތިން ހެއްކަކު ހެކި ދީފައިވާކަމާއި،
މުޙައްމަދު ނަބީލް، ޢަބްދުﷲ ފަރުހާދުއާ ދިމާލަށް ކަޓަރު އެއްލިއިރު، މުޙައްމަދު
ނަބީލްގެ ކޮއްކޮ އާމިނަތު ނިޢުމާ މުޙައްމަދު ނަބީލް ކައިރީގައި ހުރިކަމަށާއި، މުޙައްމަދު ނަބީލްގެ ޖީބުގައި
އޮތް ކަޓަރު ނަގައި ޢަބްދުﷲ ފަރުހާދުއާ ދިމާއަށް އެއްލަން އުޅުމުން މުޙައްމަދު ނަބީލްގެ އަތުގައި
2 22
)
އާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 22
އެއްލިކަމަށާއި، އެ ކަޓަރުގޮސް ޢަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް ހެރުނު މަންޒަރު ދުށްކަމަށް އާމިނަތު
ނިޢުމާ ތަޙުޤީޤުގައި ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި އާމިނަތު ނިޢުމާ ތަޙުޤީޤުގައި ބަޔާންދީފައިވަނީ
އާމިނަތު ނިޢުމާގެ ބައްޕަގެ ޙާޟިރުގައި ކަމާއި، އާމިނަތު ނިޢުމާ ބަޔާން ކިޔައި ނިމުމުން، އާމިނަތު
ނިޢުމާގެ ބައްޕަވެސް އެ ބަޔާން ކިޔުމުން، އާމިނަތު ނިޢުމާ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން
ޖެހުމުން، އާމިނަތު ނިޢުމާގެ ބައްޕަވެސް ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާންޖެހި މަންޒަރު ވީޑިއޯއިން
ފެންނަން އޮތުމާއި، މިކަން މިގޮތަށް ހިނގިކަން އާމިނަތު ނިޖުމާގެ ބައްޕަ ގ. ރީފް އިބްރާހީމް ރަޝީދު
ޝަރީޢަތުގައި ދީފައިވާ ބަޔާނުން އެނގެންއޮތުމާއި، އެ ޙާދިސާގައި ކަންތައް ހިނގައިދިޔަ ގޮތްކަމަށް
އައިމިނަތު ނިޢުމާ ކިޔައިދިން ގޮތާއި، މުޙައްމަދު ނަބީލްގެ ތަޙުޤީޤު ބަޔާނުގައި މި މާރާމާރީ ހިންގި
ގޮތްކަމަށް މުޙައްމަދު ނަބީލް ކިޔައިދީފައިވާ ގޮތާއި، ހެކިބަސްދިން ހެކިންގެ ހެކިބަހުގެ އަޞްލުތަކުގައި
ފުށުއެރުމެއް ނެތްކަމާއި، އެ ޙާދިސާގައި ލިބުނު އަނިޔާގެ ސަބަބުން ޢަބްދުﷲ ފަރުހާދު މަރުވެފައިވާކަން އެ
ބަޔާން ދިންއިރު އައިމިނަތު ނިޢުމާއަށް އެނގިފައިވާ ޙާލުގައި، ޙާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް
އާމިނަތު ނިޢުމާ ތަޙުޤީޤަށް ބަޔާން ދިންއިރު، އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މުޙައްމަދު ނަބީލް، ޢަބްދު
ފަރުހާދުގެ ގަޔަށް ކަޓަރު ހެރިކަމަށް ބުނެފައިވާ ބުނުމަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ ހެކި ބަހެއްކަމާއި،
މުޙައްމަދު ނަބީލް ޝަރީޢަތުގައި ތަޙުޤީޤު ބަޔާނާ ބެހޭގޮތުން ބުނި ވާހަކަތަކާއި، ތަޙުޤީޤުގައި ސޮއިކޮށް
އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާން ކިޔައި، މުޙައްމަދު ނަބީލް ތަޙުޤީޤަށް ބަޔާން ދިންއިރު ނަގާފައިވާ
ވީޑިއޯ ރެކޯޑިންއަށް ބެލިއިރު، ފެންނަ ފަދައިން، މުޙައްމަދު ނަބީލް ތަޙުޤީޤުގައި ބަޔާން ދީފައިވަނީ އެއްވެސް
މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށް މުޙައްމަދު ނަބީލް ޝަރީޢަތުގައި ސާފު ބަހުން
ބުނެފައިވާތީ، މީނާގެ މި އިޢުތިރާފަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ އިޢުތިރާފެއްކަން އެނގެން އޮންނަ ކަމާއި،
މުޙައްމަދު ނަބީލް ތަޙުޤީޤުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، މުޙައްމަދު ނަބީލް
ތަޙުޤީޤަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ މި މައްސަލައިގެ ހެކިބަސްދިން ތިން ހެކިންގެ
ހެކިބަހާ ގުޅިފައިވާ އެ ހެކިންގެ ހެކިބަހަށް ބާރުދޭ ހެއްކަކަށް ވުމާއި، މުޙައްމަދު ނަބީލް ޢަބްދުﷲ ފަރުހާދަށް
ޙަމަލާ ދިނީ ރުޅިވެރިކަމެއް އޮވެގެން ޙަމަލާދިނުމަށް ރާވައިގެންކަން ބަޔާންކުރެވި ދިޔަ މުޙައްމަދު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
40 4
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 23
ބަޔާނާއި، އެ ބަޔާނުގެ ތެދުކަން ކަށަވަރުކޮށްދޭ ހެކިތަކާއި ދަލީލުތަކުން ސާބިތުވެފައިވުމުން،
މުޙައްމަދު ނަބީލްގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މި ދަޢުވާ މީނާގެ
މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު ނަބީލް މެރުމަށް ކްރިމިނަލް
ކޯޓުން ޙުކުމް ކޮށްފައިވަނީ އެއްވެސް ޝައްކެއްނެތް މިންވަރަށް މީނާގެ މައްޗަށް މި ކުށް ސާބިތުވާ ވަރުގެ
ހެއްކާއި ކާފީ ދަލީލު ލިބިފައިވާތީކަން ކަށަވަރުވެ އެނގެން އޮންނަ ކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ
ދު 0 / ހތ
ޤަޟިއްޔާގެ ދަޢުވާހި
گرم کر ہر
22 2x 224
މާއްދާއަށް ރިޢާޔަތްކޮށް ބެލިއިރު، ކްރިމިނަލް ކޯޓުގެ ނަންބަރ 2010/JC
/
2009
)
585
/
Cr
-
C/2447)
މުގައި، މުޙައްމަދު ނަބީލްގެ މި ޢަމަލުގެ ސަބަބުން ޢަބްދުﷲ ފަރުހާދު މަރުވެފައިވާކަމަށް
ބަޔާންކޮށްފައިވާ ތާރީޚްގައި ޢަމަލުކުރެވެމުންދިޔަ ޤާނޫނު ނަންބަރު 1166 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު)
އަށް ބަލާއިރު، މަރުގެ ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި މަރުގެ ކުށަށް ކަނޑައެޅިފައިވާ
އަދަބުކަން އެނގެން އޮތްއިރު، މުޙައްމަދު ނަބީލްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ދަށުން
އުފުލާފައިވާ ދަޢުވާއަކީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކަމަށް ވީހިނދު، އިސްލާމީ
ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކުރާއިރު "ޖާل هل" އަކީ "ޢާންމުކޮށް މީހަކު
މަރުވެދާފަދަ ވަސީލަތެއް އަނިޔާވެރިވުމުގެ ޤަޞްދުގައި ހިންގި ޢަމަލެއްގެ ސަބަބުން އެ މީހާ
މަރުވުން" ކަން އެނގެން އޮންނަކަމާއި، އެކަން ފުރިހަމަވުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ
ރުކުންތަކާއި ޝަރުޠުތައް މުޙައްމަދު ނަބީލްގެ މި ކުށުގެ ޢަމަލުގައި ފުރިހަމަވެފައިވާކަން ސާފުކޮށް އެނގެން
އޮތުމުން، ކްރިމިނަލް ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާގެ ދަށުން މުޙައްމަދު ނަބީލްގެ މައްޗަށް އުފުލިފައިވާ
ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން މި މައްސަލައިގެ
ޝަރީޢަތަށް ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވިދިޔަ ހެކިތަކާއި ޤަރީނާތަކުން ކުށް ސާބިތުވާކަމަށް
ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމާއި، އަދި ދައުލަތުން
މުޙައްމަދު ނަބީލްގެ މައްޗަށް ކޮށްފައިވާ މި ދަޢުވާއަށް މުޙައްމަދު ނަބީލް ތަޙުޤީޤުގައި ވެފައިވާ
އިޢުތިރާފުންނާއި މި އިޢުތިރާފަށް ބާރުލިބިދޭ ދަލީލުތަކެއްގެ ގޮތުގައި މި މައްސަލައިގެ ޝަރީއަތަށްއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 2 ގެ 24
ކުށް
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުންނާއި ޤަރީނާތަކުން މުޙައްމަދު ނަބީލްގެ މައްޗަށް
އެއްވެސް ޝައްކެއް ނުވަތަ ޝުބުހާއެއް ނެތް މިންވަރަށް ސާބިތުވެފައިވާކަން އެނގެން އޮންނަކަމެވެ.
9/2014
(މ) ދިހަވަނަ ކަމަކީ، ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ އާއި 142 ވަނަ މާއްދާ އާއި
ޤާނޫނު ނަންބަރު 1166 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަދި ޤާނޫނު ނަންބަރު
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގައި ބަޔާންވެފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު މީހަކު މެރުމުގެ ކުށަކީ ޖިނާޔަތުގެ އެންމެ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެއް ކަމާއި، މި ކުށަކީ
ޤާނޫނުލްޢުޤޫބާތުގެ ދަށުން އެންމެ ބޮޑެތި އަދަބުތައް ކަނޑައަޅަންޖެހޭ ކުށްތަކުގެ ތެރެއިން ކުށެއް ކަމާއި،
އަދި ޙުރުމަތްތެރި ކުރެވިފައިވާ ނަފްސެއް ޙައްޤަކާ ނުލައި މެރުމަކީ މާތްﷲ ޙަރާމްކުރައްވައިފައިވާ އެންމެ
ކުށްތަކުގެ ތެރެއިން ކުށެއް، އަދި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއް ކަން ކީރިތި ޤުރުއާނާއި ކީރިތި
ރަސޫލާ (ޞ) ގެ ސުންނަތާއި އިޖްމާޢުން ސާބިތުވެފައިވާ ކަމާއި، އެގޮތުން އަންނަނިވި އާޔަތްތަކުން ލިބޭ
ދަލީލު ހިމެނޭކަމެވެ. 1. "Y :هلا ޤާޑޫ ت 1ﷲ ޤާ ބަޖް ފަ ޤާل ހëޅا ޤަޤާޑޫ މަޤާt
لللا ﷲ ޤަهلޤ ޤާ، a ޤާ& لل ﷲهلފޕ" (އަލް އިސްރާއު ސޫރަތުގެ 33 ވަނަ އާޔަތް)
"(އަދި ތިޔަބައިމީހުން، ﷲ هلދޘް ތެރިކުރައްވާފައިވާ އެއް لޖާއަކާ ލައިގެންމެނުވީ ނުމަރާށެވެ! އަދި
އަނިޔާގެގޮތުގައި، މަރައިލެވޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހާގެ هلޖވެރިޔާއަށް،
ތިމަންރަސްކަލާނގެ ދެއްވީމެވެ. ފަހެ، ޖޫل،ކުރުމުގައި އޭނާ لا ނުކުރާހުށިކަމެވެ! ހަމަކަށަވަރުން،
އެ هلޖވެރިޔާއަކީ، للދލިބިގެންވާ މީހެއް ކަމުގައިވިއެވެ.)" 2. "ފަهل للا ا ޘަޤާމައް| ޤަ(ޕުޝް މަޖަޑު
للا ބޮޖهل ފަلللل fޝާ ޤ للللޑު ފަ25 لاt ބަللل" (އައްނިސާއު ސޫރަތުގެ 93 ވަނަ އާޔަތް)
"އަދި، ëޅގައި ههللއަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި
ދެމިހުންނަނިވި ގޮތުގައެވެ. އަދި، ﷲ، އެމީހާގެ މައްޗަށް ކޯފާލައްވައި لللا ލެއްވިއެވެ. އަދި، ބޮޑުވެގެންވާ
ނëޓ އެމީހާއަށް ތައްޔާރު ކުރެއްވިއެވެ."
2 2ތ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 25
ގެ
އަދި ކީރިތި
4 44 4 0
އަންނަކަމެވެ
(ށ) އެގާރަވަނަ ކަމަކީ، ޤާނޫނުލްޢުޤޫބާތުގައި މީހަކު މެރުމުގެ ކުށަށް އަދަބު
ކަނޑައަޅަންޖެހެނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިންކަމަށް ބަޔާންވެފައިވާ ކަމާއި، އެގޮތުން، މީހަކު
ޤަޞްދުގައި މަރާލުމުގެ ކުށަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުގޫބާތަކީ ޝަރީޢަތުގައި ކަނޑައެޅި
ބަޔާންވެފައިވާ ޝަރުޢީ ހަމަތަކުގެ މަތިން ޤިޞާޞްހިފުންކަން ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުތަކުންނާއި
ރަސޫލާ (ސ) ސުންނަތާއި ދަންނަބޭކަލުންގެ އިޖްމާޢުން ސާބިތުވާކަން އެނގެން
އެގޮތުން އަންނަނިވި އާޔަތުން ލިބޭ ދަލީލު ހިމެނެއެވެ. " لا :ﷲ هلللا ޒު“ k
القصاص في القتلى الخير بالخير والعبد بالعبير والأنثى بالأنى فمن غفي له من أخيه شيء قابا
بالمعروف وأذاة إليه بإحس لك تخفيف من ربكم ورحق من أعندي بعد لك فله عذاب أليم"
(އަލް ބަޤަރާ ސޫރަތުގެ 178 ވަނަ އާޔަތް) "އޭ هلللވެއްޖެ މީސްތަކުންނޭވެ! ÉÉކުރެވޭ މީހުންނާމެދު
هللހިފުން ތިޔަބައިމީހުންގެ މައްޗަށް ޖާފ ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް
އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ.
ނެކެވެ. ފަހެ، އެމީހާގެ (މަރުވި) ޓްއާގެ ފަރާތުން هلللގެ ބައެއް
މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން
ހުއްޓެވެ. އަދި هلالތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެ ދިޔަ އަދާކުރުން ހުއްޓެވެ. އެއީ
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޝެޝޯދޘުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި (ههلاއެކެވެ.
އެއަށްފަހު، ދެކޮޅުވެރިވެ لاވޤުތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާއަށް ވޭންދެނިވި ބޣާاގ
2 92 22
ފަސްވާނީ
4. 03
I
ހއޏވެ
(ދ) ބާރަވަނަ ކަމަކީ، އަނިޔާވެރި ގޮތުގައި ޤަޞްދުގައި މީހަކު މަރާލި ޤާޠިލްގެ ކިބައިން
ޤިޞާޞްހިފުމާއި ނުވަތަ ޤާތިލްގެ ކިބައިން ދިޔަ އަތުލުމަށްފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާތިލަށް
ޢަފޫކުރުމުގެ ބާރު، މަރާލެވުނު މީހާގެ ވަލީވެރިޔާއަށް ލިބިދީފައިވާކަން ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުން
(އަލް އިސްރާ ސޫރަތުގެ 33 ވަނަ އާޔަތުން) ދަލީލު ލިބެން އޮންނައިރު، މި މައްސަލައިގެ ޝަރީޢަތުގައި
ޢަބްދުﷲ ފަރުހާދުގެ ވާރިޘުން އޭނާ، މަރާލި ޤާތިލުންނާމެދު ޢަމަލުކުރަން ބޭނުންވާ ގޮތް ސާފުކުރުމުގެ
22
585/Cr-C/2010
ގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު
(2009/JC/2447) ޤަޅ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 26
ޢަބްދުﷲ ފަރުހާދުގެ ވާރިޘުންނަކީ ކޮބައިތޯ ބަލައި އެ މީހުންގެ ބަސް ހޯދާފައިވާ ކަމާއި، މިގޮތުން ޢަބްދު
ފަރުހާދުގެ ވާރިޘުންގެ ގޮތުގައި އޭނާ މަރުވިއިރު ދުނިޔޭގައި ތިބީ ޢަބްދުﷲ ފަރުހާދުގެ ބައްޕަ ހުޅުދޫ
ލިލީމާގޭ މުޙައްމަދު ފާކިރު އާއި، ޢަބްދުﷲ ފަރުހާދުގެ މަންމަ ސ. ހުޅުދޫ އަބްލަޤީގޭ މަރީނާ ކަމާއި،
ޢަބްދުﷲ ފަރުހާދު މަރާލިފަހުން އޭނާގެ ބައްޕަ މަރުވެފައިވާ ކަމާއި މުޙައްމަދު ފާކިރު މަރުވުމުގެ ކުރިން މި
މައްސަލާގެ ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެގެން ޤިޞާޞް
ހިފަންޖެހޭ ޙާލަތު އަތުވެއްޖެނަމަ، ބޭނުންވަނީ މަރަށް މަރުހިފަން ކަމަށް ބުނެފައިވާކަމާއި، މުޙައްމަދު ފާކިރު
މަރުވުމުން އޭނާގެ ޙައްޤު ލިބިދެވޭ ދުނިޔޭގައި ތިބި އޭނާގެ ދަރިންނަކީ ސ. ހުޅުދޫ ލިލީމާގޭ ފިލްޒާ ފާކިރު
އާއި، ފުރޫޝާ ފާސިރު އާއި އިބްރާހީމް މުސާޢިދު ކަމާއި މި ތިން މީހުންގެ އިތުރުން ޢަބްދުﷲ ފަރުހާދުގެ
މަންމަ މަރީނާ ހިމެނޭގޮތަށް މި ހަތަރު މީހުންވެސް ބޭނުންވަނީ ޢަބްދުﷲ ފަރުހާދުގެ ކިބައިން މަރަށް މަރު
(ޤިޞާޞް) ހިފުންކަން މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމެވެ.
(ތ) ތޭރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާ
މި ކޯޓުގައި އިލްތިމާސްކުރުމަށް ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް،
މުޙައްމަދު ނަބީލްގެ ފަރާތުން އެ ޤަޟިއްޔާ މި ކޯޓުގައި އިލްތިމާސްކޮށްފައި ނުވުމަކީ، މުޙައްމަދު ނަބީލްގެ
ފަރާތުން އެ ޤަޟިއްޔާގެ ޙުކުމް ޤަބޫލުކޮށްފައިވާ ކަމުގެ މައްޗަށް ދަލީލުކުރާ ހަރުދަނާ ޤަރީނާއެއްކަން
ފާހަގަކުރެވިފައިވާކަމެވެ.
(ލ) ސާދަވަނަ ކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް
ހުށަހަޅާފައިވާ
މައްސަލައަކީ،
ނަންބަރު
ކޯޓަށް
ކްރިމިނަލް
2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާއިން 22 ނޮވެންބަރ 2010 ގައި ކޮށްފައިވާ ޙުކުމް
އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާއިން، އެ
ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، ނިންމާފައި އޮތުމާއެކުވެސް އެ ޤަޟިއްޔާގައި ދަޢުވާ މުޙައްމަދު ނަބީލްގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު އިސްތިއުނާފުގެ
މިގެ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު، އެ
xތ 2x
ކުށްއވ؟
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 27
<< O
މައްސަލައަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާ
ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން
ކޮށްފައިވާފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި ބެލެވިފައިވާ މައްސަލައަކަށްވާއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި މި ބާވަތުގެ
މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ ބެލިއިރު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް
ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، މި މައްސަލައަކީ، ޤަޞްދުގައި މީހަކު މެރުމުގެ ކުށް ތަޙުޤީޤުކުރުމުގަ އާއި އެ ކުށުގެ އަދަބު
ތަންފީޛުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ޤަވާޢިދު ނަންބަރު 33-R/2014 (27 އެޕްރީލް 2014) ގައި
ކަނޑައެޅި ބަޔާންވެފައިވާ އަޙްކާމުތަކާ ގޮތުގެމަތިން ތަންފީޛުކުރަންޖެހޭ މައްސަލައެއްކަން
ފާހަގަކުރެވިފައިވުމެވެ.
02x 04
اور ہم کو فرم
453
އެކު
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރ 2010/JC
/
2009
)
585
/
Cr
-
C/2447) ޤަޟިއްޔާގައި ޢަބްދުﷲ ފަރުހާދު،
ޤަޞްދުގައި މަރާލުމުގެ ކުށް ރީފް މުޙައްމަދު ނަބީލްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ
ޢުޤޫބާތެއްގެ ގޮތުން މުޙައްމަދު ނަބީލް މެރުމަށް ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ،
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަން އެނގެން އޮންނާތީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 49/HC
-
A/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ
2
0 =ހ2 ދދވ
رہ کر فرما جیسی
0
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo
ސަފްޙާ 28 ގެ 28
OXO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮށްފައިވާ ޙުކުމެއްކަމަށް
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
2 0 2 0
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960
:Fax | ފޯން: Tel
:
+960 300gggo