ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/16 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
L
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 16/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ލިވާޒް
އައިޑީ
.ޑީ ކާޑު ނަންބަރ: A026055
9އ
ދާއިމީ އެޑްރެސް:
ލިވާޒާހައުސް
މިހާރުގެ އެޑްރެސް: މއ. ލިވާޒާހައުސް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ލަޠީފާ މުޙައްމަދު
އައިޑީ ކާޑު ނަންބަރ: A062670
*
* ދާއިމީ އެޑްރެސް: ފ. ބީޗްޝައިން
މިހާރުގެ އެޑްރެސް: މާލެހިޔާ 2 ގެ 04-12
1431
ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ޞަފަރު
07 ފެބްރުއަރީ 2010
ނިމުނު ތާރީޚް: 18 ރަބީޢުލްއައްވަލް 1431
04 މާރޗް 2010
*
ނިންމެވިކޯޓް: ޢާއިލާއާބެހޭކޯޓް
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/AC/1438
ޤަޟިއްޔާގެ ބާވަތް: ދަރިންގެ ޚަރަދުހޯދުން.
ހުށަހެޅުނުތާރީޚް: 2009-08-17
ނިމުނު ތާރީޚް: 2009-11-16
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2010/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މިއީ، ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/1438 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށް ދިނުންއެދި މއ. ލިވާޒާހައުސް އަޙްމަދު
ލިވާޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި
މައްސަލަ ރައްދުވާ ފަރާތަކީ މ. ބީޗްޝައިން ލަޠީފާ މުޙައްމަދުއެވެ.
* ބއ.... ...ވ
ހ3ކތްވެސް ދޮންތައެ.
24 2
މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖްލިސްގައި ދައްކާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖްލިސްއަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ޢާއިލާއާބެހޭ ކޯޓުގެ
ކޯޓުގެ ނަންބަރު
2009/AC/1438 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ،
އަޙްމަދު ލިވާޒްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ
ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/1438 ޤަޟިއްޔާގައި ޚަރަދު
ދިނުމަށް ޙުކުމް ކުރައްވާފައިވާ ދެކުދިންނަކީ އެޤަޟިއްޔާގައި ދަޢުވާކޮށްފައިވާ ސ. ހިތަދޫ އޯޝަންމާގޭ ލަޠީފާ
މުޙައްމަދާއި، މއ.ލިވާޒާހައުސް އަޙްމަދު ލިވާޒާއި ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ ދެކުދިންކަމާއި،
އެދެކުދިންގެ ޚަރަގެ މައްސަލާގައި އެދެކުދިންގެ މަންމަ ލަޠީފް މުޙައްމަދު ދަޢުވާކުރިއިރު، އެދެކުދިންގެ ތެރެއިން
ފިރިހެން ދަރިފުޅު މުޙައްމަދު ލަޔާން އަޙްމަދުގެ ޢުމުރަކީ 03 އަހަރާއި 03 މަހާއި 18 ދުވަސްކަމާއި، އަދި
އަންހެން ދަރިފުޅު ފާޠިމަތު ލައިކާ އަޙްމަދު ގެ ޢުމުރަކީ 61 އަހަރާއި، ހަތަރުމަހާއި، 17 ދުވަސްކަން
މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖްލީސްއަށް ހުށަހެޅިފައިވާ ލިޔުންތަކަށް އެނގެން އޮތުމުން،
އެދެކުދިންނަކީވެސް ޢާއިލާއާބެހޭ ޤާނޫނުގެދަށުން އެދެކުދިންގެ ޚަރަދުދިނުން ލާޒިމްވާ ފަރާތުގެ މައްޗަށް
އެދެކުދިންގެ ޚަރަދާބެހޭ ޒިންމާ އުފުލުން ޤާނޫނީގޮތުން ލާޒިމްވާ ޢުމުރުގެ ދެކުދިންކަން ރަނގަޅަށް އެނގެން
އޮންނައޮތުމެވެ.
(ށ) ދެވަނަކަމަކީ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/333 ޤަޟިއްޔާއަކީ އަޙްމަދު ލިވާޒްއާ،
ލަޠީފާ މުޙައްމަދުއާ ދެމީހުންނަށް ލިބިފައިވާ ޙަޟާނާތުގެ ޢުމުރުގެ ދެދަރިންގެ ޙަޟާނާތުގެ ޙައްޤު ލިބިގެންވާ
ފަރާތް ކަނޑައެޅުއްވި ޤަޟިއްޔާކަމާއި، އަދި އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުމަށް އެދި އަޙްމަދު ލިވާޒްގެ
ފަރާތުން ހުށަހެޅުމާއިގުޅިގެން ބެލެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 97/HC
-
A/2009 ޤަޟިއްޔާ
އިސްތިއުނާފްކުރުމުގެ ތެރޭގައި އަޙްމަދު ލިވާޒާއި، ލަޠީފް މުޙައްމަދުއާ ދެމީހުންނަށް ލިބިފައިވާ ދެދަރިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2010/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OLC
ޙަޟާނާތުގެ ޙައްޤު އެދެދަރިންގެ މަންމަ ލަޠީފާ މުޙައްމަދަށް ލިބިދެއްވުމަށް، ކުރައްވާފައިވާ ޙުކުމް ތަންފީޒު
ކުރުން ފަސްކުރުމަށް 2009 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުން
ނެރެފައިވާ އަމުރު ނެރުމުގެކުރިން، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޒުކޮށް ނިމިފައިވާކަން
ފާހަގަކުރެވިފައިވާތީ، ދެން އެއަމުރުގެދަށުން ތަންފީޒުކުރުން ފަސްކުރަންޖެހޭ އިތުރު އެހެން ޙުކުމެއް
ނޯންނާނެކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަކަމަކީ ޙަޟާނާތުގެ ޢުމުރުގެ ކުދިންގެ ޙަޟާނާތުގެ ޙައްޤު ލިބިގަތުމުގެ ދަޢުވާއާއި،އަދި
އެޢުމުރުގެ ކުދިންގެ ޚަރަދު ދިނުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ލާޒިމްވާ ޢުމުރުގެ ކުދިންގެ ޚަރަދު
ހޯދުމުގެ ދަޢުވާއާ މިދެ ދަޢުވާއަކީ ތަފާތު ދެބާވަތެއްގެ ދަޢުވާތަކަކަށްވެފައި، އެދެބާވަތުގެ ދަޢުވާތަކާއި ގުޅިގެން
ކުރައްވާފައިވާ ޙުކުމްތައް ތަންފީޛުކުރުން ފަސްކުރުމަށް އެފަދަޙުކުމެއް ތަންފީޛްކުރުން ފަސްކުރުމަށް ކަމާބެހޭ
އިޚްތިޞާޞް ލިބިގެންވާ މަތީކޯޓުތަކުން ވަކި ޤަޟިއްޔާއެއްގެ ޙުކުމް ތަންފީޛުކުރަން ފަސްކުރުމަށް ނެރޭއަމުރަކީ
އުޞޫލެއްގެގޮތުން އޭގެ ސަބަބުން އެހެނިހެން ޤަޟިއްޔާތަކަށް އެއުމުރުގެ އަސަރުކުރަންޖެހޭ އަމުރުތަކަކަށްވުން
ލާޒިމްކުރާ އަމުރުތަކެއްކަމަށް ޤާނޫނީގޮތުން ބެލެވެންޖެހޭ ސަބަބެއް ނެތުމާއެކު، އަޙްމަދު ލިވާޒްއާއި، ލަޠީފާ
މުޙައްމަދާއި ދެމީހުން އިނދެގެން ލިބިފައިވާ ދެދަރިންގެ ޙަޟާނާތުގެ ޙައްޤު ލަޠީފާ މުޙައްމަދަށް ލިބިދިނުމަށް
ދަށުކޯޓުން ކުރައްވާފައިވާފައިވާ ޙުކުމް ތަންފީޛުކުރުން ދިވެހިރާއްޖޭގެ ހައިކޯޓުން ފަސްކުރި ކުރުމަކީ
އެދެދަރިންގެ ޚަރަދާބެހޭ ދަޢުވާ ބެލުމަށް ހުރަސް އެޅެންޖެހޭ ސަބަބެއްކަމަށް ބެލެވޭނެ ޝަރުޢީ އަދި
ޤާނޫނީވިޔަސް ހަމއެއްނެތުމެވެ.
(ރ) ހަތަރުވަނަކަމަކީ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/333 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް ތަންފީޛްކުރުން ފަސްކުރުމަށް ދިވެހި ރާއްޖޭގެ ހައިކޯޓުން އަމުރެއް ނެރެފައިވީނަމަވެސް، އެޤަޟިއްޔާގައި
ދަށުކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 97/HC
-
A/2009
ޤަޟިއްޔާ ނިމިފައިވުމުން، ބުނެވިދިޔަ އަމުރަށް ޤާނޫނީގޮތުން ލިބިފައިއޮތް ތަންފީޒީ ބާރަށް ނިމުމެއް
އަންނާނެތީއާއި، އެފަދަ އަމުރުތަކަކީ ވަކިޚާއްޞަ ކަންތައްތަކަކާއި ގުޅިގެން ނެރެވޭ އަމުރުތަކަކަށްވާތީ،
އެއަމުރެއްގައި ކަނޑައެޅި ބަޔާންވެފައިވާކަމެއް ފިޔަވައި، އެހެންކަމެއްގެ މައްޗަށް އެއަމުރެއް ހިންގަންޖެހޭ
އެއްވެސް ހަމައެއް ނެތަތީ، ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު2009/AC/333 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ، އަޙްމަދު ނިވާޒުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަކީ
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ހަމަޖެހޭ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއް ކަމަކަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނެއެވެ. މިކަންކަން މިހެން ހުރުމާއެކު
2.
ex/
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2010/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބުނެވިދިޔަ ނަންބަރު 2009/AC/333 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ޝަރުޢީ އަދި ޤާނޫނީގޮތުން
ގެނެވިދާފަދަ ބަދަލެއް އޮތް ކަމަކަށްވެސް، ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ޙުކުމް
ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/1438 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ މއ. ލިވާޒާހައުސް އަޙްމަދު ރިކާޒްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަކީ
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ހަމަޖެހޭ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއް
ނޫންކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤް ވެވިފައިވާތީ، އެސަބަބުތަކުގެ
މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ޝަރުޢީ އަދި ޤާނޫނީގޮތުން ބަދަލެއް ގެނެވިދާނެ
04 ދ ތތ
ތަނެއް ނެތްކަމަށް ޙުކުމްކޮށްފިމެވެ
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
.ހދއި(
ޢަލީ ޙަމީދު މުޙައްމަ
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
،ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv