ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/330 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/33
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 330/HC-A/2013
އިސްތިއުނާފުކުރި ފަރާތް.
ނަން: ޝަމީމް ޢަބްދުﷲ އަބޫބަކުރު ދާއިމީ އެޑްރެސް: 02-G-38 ހުޅުމާލެ ފުލެޓް
އައިޑީ ކާޑު ނަންބަރު: A042160 * މިހާރުގެ އެޑްރެސް: 02-G-38 ހުޅުމާލެ ފުލެޓް
ވަކީލު: ، އަޙްމަދު ފާއިޒު، އައިޑީ ކާޑު ނަންބަރު A062039
*
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މޯލްޑިވްސް ޓްރާންސް
އިންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެމްޓީސީސީ)
އެޑްރެސް: އެމްޓީސީސީ ޓަވަރ މާލެ
މިހާރުގެ އެޑްރެސް: އެމްޓީސީސީ ޓަވަރ މާލެ
ރަޖިސްޓްރީ ނަންބަރު: 680
/
1980-C
ވަކީލުން ޢާއިޝަތު ހައިފާ، އައިޑީ ކާޑު ނަންބަރު A033182
ހުށަހެޅުނު ތާރީޚް: 22 އޮކްޓޯބަރު 2013
ނިމުނު ތާރީޚް: 13 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/167
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 05-09-2012
* ނިމުނު ތާރީޚް: 10-07-2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/330
ޑ 8
2 / ހދ38$
އއޤީލންވާކަމަށްބެނޭ،
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/167 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށް އެދި ޝަމީމް ޢަބްދުﷲ އަބޫބަކުރު 02-G-38 ހުޅުމާލެ ފުލެޓްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެމް.ޓީ.ސީ.ސީ) (ރަޖިސްޓްރީ ނަންބަރު
680
/
1980-C) އެވެ.
44...
ދަސްކުލޭފާން ރުކުންތައް
އެކުރެވުނު
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/167 މައްސަލަ އަކީ، 2006 ވަނަ
އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ
ކޮމްޕެނީ ޕލކ. (އެމް.ޓީ.ސީ.ސީ)ގައި، ޗީފް އޮފިސަރެއްގެ މަޤާމު ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުން
ދަނިކޮށް، އެވަޒީފާގެ އެއްބަސްވުމެއް އަދި ވަޒީފާގެ ބަޔާނެއް ނުދީ ކުންފުނީގެ ތަފާތު އެކި މަޤާމުތަކަށް
ބަދަލުކުރަމުން ގެންދާކަމަށާއި، އެކި ފަހަރު އެކި މިންވަރަށް މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދެމުން
ގެންދާތީ އެކަމާ ގުޅިގެން ސިޓީއެއް ފޮނުވުމުން އޭނާ ވަޒީފާއިން ވަކިކުރަން އުޅޭކަމުގެ މަޢުލޫމާތު
ލިބިފައިވާކަމަށް ބުނެ އެކަން ހުއްޓުވައިދިނުމަށާއި، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީފާގެ އެއްބަސްވުމެއް
ހޯދައިދިނުމަށް އެދި ޝަމީމް ޢަބްދުﷲ އަބޫބަކުރު އެޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި؛
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި ”ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވި ފަރާތުން ފާހަގަކުރި ކަންކަމަށް ނަޒަރުކުރާއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގައި 2006 ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން
ވަޒީފާ އަދާކުރަމުންދާ ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ވަޒީފާގެ އެއްބަސްވުމެއް އަދި ވަޒީފާގެ ބަޔާނެއް ނުދީ
ތަފާތު އެކި މަޤާމުތަކަށް ބަދަލުކުރަމުން ދާތީއާއި، އެކި ފަހަރު އެކި މިންވަރަށް މުސާރައާއި އެހެނިހެން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/330
ޢިނާޔަތްތައް ދެމުންގެންދާ ކަމަށް ބުނެ، އޭނާ އަދާކުރަމުންދިޔަ މަޤާމާ އެއް ފެންވަރެއްގެ މަޤާމެއްގެ ވަޒީފާގެ
އެއްބަސްވުމަކާއި ވަޒީފާގެ ބަޔާނެއް ލިބިދިނުމަށް އެދި 2012 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 5 ވަނަ
ދުވަހު ހުށަހަޅާފައިވާ މިމައްސަލައިގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަށް
ބަލާއިރު، އެމައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އެމައްސަލަ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ވާނެކަމަށާއި، މިމުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލައެއް
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައެއް ނުގަނެވޭނެ ކަމަށް ބަޔާންކޮށްފައިވާ ހިނދު، ޝަމީމް ޢަބްދު
އަބޫބަކުރު މައްސަލަ ހުށަހެޅި ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ކުރި ކަމުގައިވާ 2012 ވަނަ އަހަރު ޖޫން
މަހުގެ 5 ވަނަ ދުވަހުން ފެށިގެން އޭނާގެ މައްސަލަ ހުށަހެޅި ތާރީޚާ ދެމެދު ހިނގާދިޔަ 3 މަސް ދުވަހުގެ
މުއްދަތުގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު މައްސަލަ ރައްދުވާ ކުންފުނީގައި އަދާކުރަމުން ދިޔަ މެއިންޓަނަންސް
އޮފިސަރެއްގެ ވަޒީފާ ބަދަލުކޮށްފައިވާކަން އެނގެން ނެތްކަމާއި، އަދި ހަމަ އެ މުއްދަތުގައި އޭނާގެ މުސާރަ
އުނިކުރެވިފައިވާކަން އެނގެން ނެތްކަމާއި، ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ
ބަޔާން ޙަވާލުކުރަން މައްސަލަ ރައްދުވާ ކުންފުނިން މަސައްކަތްކޮށްފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން
ސާބިތުވާތީ، ޝަމީމް ޢަބްދުﷲ އަބޫބަކުރު އެދިފައިވާ ފަދަ އަމުރެއް މިމައްސަލައިގައި ނެރެދޭނެ ތަނެއް
ނެތްކަމަށް މައްސަލަބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި މިމައްސަލަ ނިންމައިފީމެވެ.“
މިފަދައިން ބަޔާންކުރައްވާފައިވާކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
cucc
4,
-02
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/167 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 3 (ތިނެއް)
ނުކުތާ ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެއިގެ ތެރެއިން:
ccc
• ފުރަތަމަ ނުކުތާއަކީ: އަދާކުރަމުންދާ ވަޒީފާއެއް ސާބިތުވާނެ ޤާނޫނީ ހަމަ ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވަނިކޮށް އެއަށް ނުބައްލަވާ އަދި މައްސަލަ ރައްދުވާ މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. ގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުންދިޔަ
ރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
[013/HC-A/330
OX
0
ވަޒީފާއަކީ ކޮބައިކަން އެނގޭނެ ހެކި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ހުށަހެޅިފައި ވަނިކޮށް އެއަށް
ނުބައްލަވައި މައްސަލަ ރައްދުވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.ގައި
ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުންދިޔަ މަޤާމަކީ މެއިންޓަނަންސް އޮފިސަރ ކަމުގެ މަޤާމުކަމަށް
ބައްލަވާފައިވުން. އަދި އަދާކުރަމުން ގެންދާ ވަޒީފާގެ މުސާރައަކީ ކޮބައިކަން އެނގޭނެ ޤާނޫނީ ހަމަ ވަޒީފާއާބެހޭ
ޤާނޫނުގައި ބަޔާންކޮށްފައިވަނިކޮށް އެއަށް ނުބައްލަވައި، ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ މުސާރައިން
އުނިކޮށްފައިވާކަން އެނގެންނެތް ކަމަށް ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ ބަޔާން
ހަވާލުކުރަން މައްސަލަ ރައްދުވާ ކުންފުނިން މަސައްކަތް ކޮށްފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާއިރު، އެ އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ
ގޮތުގެމަތިން ޞައްހަ އަދި ޞައްހަ މަގުން ކުރުމަށް މަސައްކަތް ކުރެވުނު އެއްބަސްވުމެއްތޯ
ބައްލަވާފައި ނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/167
މިމައްސަލައިގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އެދިފައިވާ ކަމަކީ، ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ވަޒީފާގެ
އެއްބަސްވުމަކާ، ވަޒީފާގެ ބަޔާނެއްނުދީ މައްސަލަ ރައްދުވާ ފަރާތުން ޝަމީމް ޢަބްދުﷲ އަބޫބަކުރު ލައްވާ
މަސައްކަތް ކުރުވަމުން ގެންދަވާތީ، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެއްބަސްވުމެއް ދެއްވުމަށް އަންގަވާ
ދެއްވުން އެދި ހުށަހެޅި މައްސަލައެއް ކަމަށްވާއިރު، ހަމައެކަނި ކޮންމެވެސް ވަޒީފާއެއްގެ
އެއްބަސްވުމަކާ،
ވަޒީފާގެ ބަޔާނެއް ދެއްވުމަށް މައްސަލަ ރައްދުވާ ފަރާތުން މަސައްކަތް ކޮށްފައިވާ ކަމަށް ސާބިތުވާ ކަމަށް
ބައްލަވާފައިވުމާއި، އަދި މިހެން ކަމުން ޝަމީމް ޢަބްދުﷲ އަބޫބަކުރު އެދިފައިވާ ފަދަ އަމުރެއް ނެރެދެވެން
ނެތްކަމަށް ކަނޑައަޅުއްވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އެއްގޮތްވާ
0
- COX
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/167 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/330
ހ34 ދ9 8
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ
ހުށަހަޅާފައިވަނީ، 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޓްރާންސްޕޯޓް
އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ. (އެމްޓީސީސީ)ގައި، ޗީފް އޮފިސަރެއްގެ މަޤާމު ޝަމީމް ޢަބްދު
އަބޫބަކުރު އަދާކުރަމުން
ދަނިކޮށް، އެވަޒީފާގެ އެއްބަސްވުމެއް އަދި ވަޒީފާގެ ބަޔާނެއް ނުދީ ކުންފުނީގެ ތަފާތު
އެކި މަޤާމުތަކަށް ބަދަލުކުރަމުން ގެންދާކަމަށާއި، އެކި ފަހަރު އެކި މިންވަރަށް މުސާރައާއި އެހެނިހެން
ޢިނާޔަތްތައް ދެމުން ގެންދާތީ އެކަމާ ގުޅިގެން ސިޓީއެއް ފޮނުވުމުން އޭނާ ވަޒީފާއިން ވަކިކުރަން އުޅޭކަމުގެ
މަޢުލޫމާތު ލިބިފައިވާކަމަށް ބުނެ އެކަން ހުއްޓުވައިދިނުމަށާއި، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ވަޒީފާގެ
އެއްބަސްވުމެއް ހޯދައިދިނުމަށް އެދިގެންކަން އެނގެން އޮންނައިރު، އިޝާރާތްކުރެވުނު ކަންކަން ހިނގާފައިވަނީ
ކޮން ދުވަސްވަރެއްގައިކަން ނުވަތަ ކޮން ތާރީޚެއްގައިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަމީމް ޢަބްދު
އަބޫބަކުރުގެ ފަރާތުން މައްސަލަ ހުށަހެޅި ފޯމުގައި ނުވަތަ މައްސަލައާ ގުޅިގެން ދައްކާފައިވާ ވާހަކަތަކުގައިވެސް
ބަޔާންކުރެވިފައި ނުވާކަން އެނގެން އޮންނަކަމާއިގެ
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ވަޒީފާ ތަފާތު ސަބަބުތަކާހުރެ އެއްފަހަރަށްވުރެ ގިނަފަހަރު
ބަދަލުކޮށްފައިވާކަމަށާއި، އެގޮތުން ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ފަހު، ޝަމީމް ޢަބްދު
އަބޫބަކުރުގެ ވަޒީފާ ބަދަލުކުރެވުނު ފަހަރުތަކުގައި ވަޒީފާ ބަދަލުކުރިކަމުގެ ލިޔުމާއި ވަޒީފާ ބަޔާން ޝަމީމް
ޢަބްދުﷲ އަބޫބަކުރަށް ދީފައިވާނެކަމަށާއި، ވަޒީފާ ބަޔާންތަކުގައި ސޮއިކުރުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރާ
ޙަވާލުކުރުމުން، ތަފާތު އުޒުތަކާއި ބަހަނާތައް ދެއްކުމަށްފަހު ކޮންމެ ފަހަރަކުވެސް ވަޒީފާ ބަޔާނުގައި ސޮއިކުރަން
ޝަމީމް ޢަބްދުﷲ އަބޫބަކުރު އިންކާރު ކޮށްފައިވާ ކަމަށް، އެމް.ޓީ.ސީ.ސީގެ ފަރާތުން ބުނެފައިވާކަން އެނގެން
(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު ވަޒީފާއާގުޅޭ
މައްސަލައެއް ނުވަތަ ޚިލާފެއް، އެމައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް) މަސް
3
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/330
مر مرسترس
ކަމަށާއި، މި
4 422
ކަމަށް
ދުވަހުގެ ތެރޭގައި އެމައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަ
މުއްދަތު
ފާއިތުވުމަށްފަހު
މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައިނުގަނެވޭ
ބަޔާންކޮށްފައިވާކަމާއި؟
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ
2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 05 ވަނަ ދުވަހު ކަން އެނގެން އޮންނައިރު، މިމައްސަލަ ހުށަހެޅި
ތާރީޚާ ދެމެދު ހިނގާފައިވާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުން
ދިޔައީ އެމް.ޓީ.ސީ.ސީގެ މެއިންޓަނަންސް އޮފިސަރެއްގެ މަޤާމުކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން
އޮންނަކަމާއި، އެ 3 (ތިނެއް) މަސް ދުވަހުގެ މުއްދަތުގައި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ މަޤާމަށް އެއްވެސް
ބަދަލެއް އައިސްފައިވާކަން އެނގެން ނެތްއިރު، އެމުއްދަތުގައި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ އަސާސީ
މުސާރައަށް ބަދަލެއް އައިސްފައިނުވާކަމާއި، އެހެން ނަމަވެސް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިތުރު
އެލަވަންސެއް ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ދޭން ފެށުމާ ގުޅިގެން ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ލިބޭ
މުސާރައިގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރު ވަރަށް ބޮޑުތައް އިތުރުވެފައިވާކަން މިމައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ މުސާރަ ސްލިޕުން އެނގެން އޮވެއެވެ.
8
8
(ނ) އަދާކުރަމުންދާ ވަޒީފާއެއް ސާބިތުވާނެ ޤާނޫނީ ހަމަ، ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު
2/2008) ގައި ބަޔާންކޮށްފައިވަނިކޮށް އެއަށް ނުބައްލަވާ އަދި މައްސަލަ ރައްދުވާ މޯލްޑިވްސް ޓްރާންސްޕޯޓް
އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުންދިޔަ ވަޒީފާއަކީ
ކޮބައިކަން އެނގޭނެ ހެކި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ހުށަހަޅާފައި ވަނިކޮށް އެއަށް ނުބައްލަވައި
މައްސަލަ ރައްދުވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގައި ޝަމީމް
ޢަބްދުﷲ އަބޫބަކުރު އަދާކުރަމުންދިޔަ މަޤާމަކީ މެއިންޓަނަންސް އޮފިސަރ ކަމުގެ މަޤާމުކަމަށް ބައްލަވައި، އަދި
އަދާކުރަމުން ގެންދާ ވަޒީފާގެ މުސާރައަކީ ކޮބައިކަން އެނގޭނެ ޤާނޫނީ ހަމަ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު
ނަންބަރު 2/2008) ގައި ބަޔާންކޮށްފައިވަނިކޮށް އެއަށް ނުބައްލަވައި ޝަމީމް ޢަބްދުﷲ އަބޫބަކުރު މުސާރައިން
އުނިކޮށްފައިވާކަން އެނގެންނެތް ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ބުނޭ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/330
ނަންބަރު 2012/VTR/167 މައްސަލަ އިސްތިއުނާފު ކުރުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން،
ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
އެމް.ޓީ.ސީ.ސީގެ ޗީފް އޮފިސަރެއްގެ މަޤާމުގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު ވަޒީފާ އަދާކުރަން
ފަށާފައިވަނީ، 13 ސެޕްޓެމްބަރ 2006 ވަނަ ދުވަހުން ފެށިގެންކަން، ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ
އެއްބަސްވުމުން އެނގެން އޮންނައިރު، 09 ޖުލައި 2008 ގައި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެމް.ޓީ.ސީ.ސީގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުން
އައި ވަޒީފާއާއި މަޤާމް އަދި މުސާރައަށް ބަދަލު އައިސްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން
އޮންނަކަމާއިގެ
05 ސެޕްޓެމްބަރ 2012 ގައި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އެމް.ޓީ.ސީ.ސީ
ގައި ޗީފް އޮފިސަރ ލެވަލް 5 ބޭންޑް 5 ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އެއްގަމަށް ބަދަލުކުރުމަށްފަހު
ތަފާތު އެކި މަޤާމުތަކަށް، އެގްރީމެންޓެއްވެސް އަދި ވަޒީފާގެ ބަޔާނެއް ނުދެއްވައި، ބަދަލުކުރަމުން ގެންދާތީއާއި،
އެކިފަހަރު އެކިމިންވަރަށް މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދެމުން ގެންދާތީ ތަފާތު އެތަކެއް ފަހަރު މަތިން
އެއްބަސްވުމެއް ދެއްވުމަށް އެދުމުންވެސް ވަޒީފާގެ އެއްބަސްވުމެއް ނުދެއްވުމުން އެކަމާ ގުޅިގެން
ސިޓީއެއް ފޮނުވުމުން ވަޒީފާއިން ވަކިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ހުއްޓުވައި ދެއްވުމަށާއި
އެއްބަސްވުމެއް
މެއް ދެއްވުން އެދިފައިވާކަން އެނގެން އޮންނައިރު،
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން އެމައްސަލައިގައި މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތް ކަމަށް
ބަޔާންކޮށްފައިވަނީ، ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުންދިޔަ މަޤާމާ އެއްފެންވަރުގެ މަޤާމެއްގެ
އެއްބަސްވުމެއް އެކުލަވާލައި، ވަޒީފާގެ ބަޔާނެއްވެސް ލިބި،
ލިބި، މިނިވަންކަމާއެކު ޝަމީމް ޢަބްދުﷲ އަބޫބަކުރަށް
ވަޒީފާ އަދާކުރެވޭނޭ ގޮތެއް ހަމަޖެހިގެން ދިއުންކަން ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ މައްސަލަ ހުށަހަޅާ ފޯމުން އެނގެން އޮންނަކަމާއިގެ
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައާ
ގުޅިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޙައްލެއް ހޯދައިދޭން ޖެހޭނީ، ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން
ވަޒީފާގެ އެއްބަސް
c &
ޤާނޫނާއި
އެއްގޮތްވާގޮތުގެ މަތިން ވަޒީފާގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/330
ގޮތެއް
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި މައްސަލަ ހުށަހަޅާ ފަރާތުން އެދޭގޮތް ކަމަށް
ބަޔާންކޮށްފައިވާ ފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިން ވަޒީފާގެ އެއްބަސްވުމަކާއި ވަޒީފާގެ
ބަޔާނާއި އަދި މިނިވަންކަމާއެކު ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ވަޒީފާ އަދާކުރެވޭނޭ
ހަމަޖައްސައިދިނުންކަން އެނގެން އޮންނަކަމާއި،
އެގޮތުން، ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުންދިޔަ މަޤާމާ އެއް ފެންވަރުގެ މަޤާމެއްގެ
އެއްބަސްވުމެއް އެކުލަވާލައި، ވަޒީފާގެ ބަޔާނެއް ހޯދުމަށް އެދި ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރުގެ
ވަޒީފާއާއިގުޅޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުލަށް ހުށަހެޅުމުގައި، ޢަމަލުކުރަންޖެހޭ ގޮތާއި
މުއްދަތާއި އަދި އެހެނިހެން އުޞޫލުތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު ގައި
ބަޔާންކުރެވިފައިވާކަމާއި، އެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ”ވަޒީފާއާބެހޭ ޤާނޫނުގައި އެހެންގޮތަކަށް
ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެމައްސަލައެއް ނުވަތަ
ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅަން ވާނެއެވެ. މުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަލައެއް
މިފަދައިން ބަޔާންކުރެވިފައިވާކަމާއިގެ
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި،
ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުންދިޔަ މަޤާމާ އެއް ންވަރެއްގެ މަޤާމެއްގެ
އެއްބަސްވުމެއް
އެކުލަވާލައި، ވަޒީފާގެ ބަޔާނެއް ހޯދުމަށް އެދި ހުށަހަޅާފައިވާ ނުކުތާއާއި ގުޅިގެން، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ގަވާއިދު” ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައި ރިޢާޔަތްކުރަންޖެހޭނީ، ޝަމީމް
ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު ނުވަތަ މައްސަލަ ހުށަހެޅި
ތާރީޚުގެ ކުރިއަށް 03 (ތިނެއް) މަސްދުވަހުގެ މުއްދަތުގައި، ޝަމީމް ޢަބްދުﷲ އަބޫބަކުރު އެމް.ޓީ.ސީ.ސީގައި
އަދާކުރަމުން ގެންދިޔަ ވަޒީފާ ނުވަތަ މަޤާމަކީ ކޮބައިކަން ކަމާއި، އަދި ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 13 މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމް.ޓީ.ސީ.ސީ އާއި ޝަމީމް
ޢަބްދުﷲ އަބޫބަކުރާއި ދެމެދު ވަޒީފާގެ އެއްބަސްވުމެއް ޤާއިމު ކުރެވިފައިވޭތޯއާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ
ހު
¢¢ 2 2 & · 3
ންނަފނއ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/330
15 މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ވަޒީފާގެ ބަޔާނެއް ދީފައިވޭތޯ
ނުވަތަ ނޫންތޯކަމާއި،
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު،
މް.ޓީ.ސީ.ސީގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުން ދިޔަ މަގާމަކީ މެއިންޓަނަންސް އޮފިސަރެއްގެ
މަޤާމުކަމާއި، ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި
ތާރީޚުގެ ކުރިއަށް 03 (ތިނެއް) މަސް ދުވަހުގެ މުއްދަތަށް ބަލާއިރު ޝަހީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުން
އައި ވަޒީފާއަށް ނުވަތަ މަޤާމަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން
ނެތްކަމާއި،
އެހެންކަމުން، ޝަހީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ
ހުށަހެޅިއިރު ޝަމީމް ޢަބްދުﷲ އަބޫބަކުރު، އެމް.ޓީ.ސީ.ސީގައި އަދާކުރަމުން ދިޔަ ވަޒީފާއަކީ މެއިންޓަނަންސް
އޮފިސަރެއްގެ ވަޒީފާކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލަންޖެހޭކަމާއިގެ
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ
މަތިން އެމް.ޓީ.ސީ.ސީ އާއި ޝަމީމް ޢަބްދުﷲ އަބޫބަކުރުއާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ޤާއިމު
ކުރެވިފައިވޭތޯއާއި އަދި ވަޒީފާއާބެހޭ ޤާނޫނުގެ 15 މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަމީމް ޢަބްދު
އަބޫބަކުރަށް ވަޒީފާގެ ބަޔާނެއް ދީފައިވޭތޯ ބަލާއިރު، 09 ޖުލައި 2008 ގައި ވަޒީފާއާބެހޭ ޤާނޫނަށް
ޢަމަލުކުރަން ފެށި ތާރީޚުން ފެށިގެން ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
މައްސަލަ ހުށަހެޅުމާ ދެމެދު ހިނގި މުއްދަތުގައި ތަފާތު އެކި ފަހަރު މަތިން، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ
މާއްދާއާއި އަދި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމް.ޓީ.ސީ.ސީގެ ފަރާތުން ވަޒީފާގެ
.އްބަސްވުމާއި ވަޒީފާގެ ބަޔާން ތައްޔާރުކޮށް އޭގައި ސޮއިކުރުމަށް ޝަމީމް ޢަބްދުﷲ އަބޫބަކުރަށް
ހުށަހަޅާފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަމާއިގެ
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒީފާދޭ ފަރާތަށް ލާޒިމުވެގެންވަނީ، ޤާނޫނުގައި
ކަނޑައެޅިފައިވާގޮތަށް ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް ވަޒީފާގެ އެއްބަސްވުމާއި އަދި ވަޒީފާ ބަޔާން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/330
eއ9ކށް
ވަޒީފާ އަދާކުރާ ފަރާތްތަކާއި ހަވާލުކުރުންކަމާއި، ވަޒީފާގެ އެއްބަސްވުންތަކުގައި ވަޒީފާ އަދާކުރާ
ފަރާތްތަކުގެ ނުރުހުމުގައި ސޮއިކުރުވުން ވަޒީފާ ދޭފަރާތަކަށް ލާޒިމުވެގެން ނުވާކަމާއި،
ވަޒީފާ ދޭފަރާތުން ތައްޔާރުކޮށް ވަޒީފާ އަދާކުރާ ފަރާތްތަކަށްދޭ ވަޒީފާގެ އެއްބަސްވުންތަކާއި އަދި
ވަޒީފާ ބަޔާނާމެދު އެފަރާތުން ހިތްހަމަ ނުޖެހޭނަމަ ނުވަތަ ދެފަރާތުގެ ދެމެދުގައި ވާހަކަ ދެކެވި ޙައްލެއް
ނުލިބެއްޖެނަމަ، އެކަން ޙައްލުކުރުމަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އެފަރާތަކަށް ފުރުޞަތު ލިބިފައިވާކަން
އެނގެން އޮންނަކަމާއި،
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ވަޒީފާދޭ
ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މެދުގައި ވަޒީފާއާ ގުޅިގެން ހިނގާފައިވާކަމަކާ ގުޅިގެން، އެކަމުގެ
މައްޗަށް ވަޒީފާއާބެހޭ ޤާނޫނު ތަޠްބީޤްކުރެވިދާނެކަމަށް ބެލެވެން ނެތްކަމާއި، އޭގެ އިތުރުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ގަވާއިދުގައި ޓްރައިބިއުނަލަށް ވަޒީފާއާގުޅޭ މައްސަލަތައް ހުށަހެޅުމުގައި، ޢަމަލުކުރަންޖެހޭ
ގޮތާއި މުއްދަތާއި އަދި އެހެނިހެން އުޞޫލުތައް ބަޔާން ކުރެވިފައިވާއިރު، އެ އުޞޫލުތަކާއި އެއްގޮތަށް
ޢަމަލުކުރުމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވެގެންވާ ކަމެއްކަމަށް ވުމާއެކު،
އެމް.ޓީ.ސީ.ސީގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުން ދިޔަ މަޤާމާއި، އެމަޤާމުގެ މުސާރައާއި، ވަޒީފާގެ
އެއްބަސްވުމާއި އަދި ވަޒީފާ ބަޔާނާ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަކީ، ޤާނޫނީ
ހަމަތަކުގެ ބޭރުން ނިންމަވާފައިވާ ނިންމުމެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
6
8
82 ދީ
އއ 143
(ރ) ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ ބަޔާން ހަވާލުކުރަން
މައްސަލަ ރައްދުވާ ކުންފުނިން މަސައްކަތް ކޮށްފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވާއިރު، އެ އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ
ގޮތުގެމަތިން ޞައްހަ އަދި ޞައްހަ މަގުން ކުރުމަށް މަސައްކަތް ކުރެވުނު އެއްބަސްވުމެއްތޯ ބައްލަވާފައި
ދުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ނަޒަރުކުރިއިރު؛
ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަކީ، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި
ތަފާތުކުރުން ކުރުމުގޮތުން އޮތް
އެ މާއްދާގައި ބަޔާންކުރެވިފައިވަނީ، ”ވަޒީފާ
/ ތތ ކތ އޗ
މިއަދުއެއެކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/330
ދިނުމުގަޔާއި، އުޖޫރަ ކަނޑަ އެޅުމުގަޔާއި، އުޖޫރު އިތުރު ކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި، ވަޒީފާގެ
ޝަރްޠުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކިކުރުމުގަޔާއި، ވަޒީފާ އަދާކުރުމުގައި
ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް،
ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ޖިންސަށް، ކައިވެނީގެ
ނިސްބަތަށް، ޢާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ޤާނޫނާޚިލާފުނުވާ ގޮތުން ޢުމުރަށް، ނުވަތަ ހުރި
ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ
މަނާކަމެކެވެ.” މިފަދައިން ކަމާއި؛
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި،
މައްސަލައިގެ ތަފްޞީލުގަޔާއި އަދި މައްސަލައިގައި އެދޭގޮތް ބަޔާންކޮށްފައިވާއިރު، އެމް.ޓީ.ސީ.ސީގެ ފަރާތުން
ޝަމީމް ޢަބްދުﷲ އަބޫބަކުރާ ޙަވާލު ކުރުމަށް މަސައްކަތްކޮށްފައިވާ ވަޒީފާގެ އެއްބަސްވުންތަކާއި އަދި ވަޒީފާ
ބަޔާންތަކަކީ، އިސްވެ އިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި ޚިލާފު، ވަޒީފާގެ
އެއްބަސްވުންތަކެއް ނުވަތަ ވަޒީފާ ބަޔާންތަކެއް ކަމަށް ދެކި އެކަމަށް ޙައްލެއް ހޯދުމަށް، ޝަމީމް ޢަބްދު
އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިނުވާއިރު ނޭދޭކަމަށް
ފަރުވާއެއް ހޯދައިދިނުމަކީ، ޤާނޫނީގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްޗަށް ލާޒިމުވެގެންވާ
އެނޫންކަމާއި؛
އޭގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމުގައި ބަލަންވާނީ، ދަށު ކޯޓުތަކާއި
ޓްރައިބިއުނަލްތަކަށް ހުށަހެޅޭ ހެކިތަކާ ދިފާޢުތައް އަސާސްކަމުގައި ބަލައިގެންކަން، ކޯޓުތަކާބެހޭ ޤާނޫނުގެ 32
ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވީހިނދު، އެމް.ޓީ.ސީ.ސީގެ ފަރާތުން ޝަމީމް ޢަބްދުﷲ އަބޫބަކުރާ
ޙަވާލު ކުރުމަށް މަސައްކަތްކޮށްފައިވާ ވަޒީފާގެ އެއްބަސްވުންތަކާއި އަދި ވަޒީފާ ބަޔާންތަކުގެ ޤާނޫނީ
ޞައްޙަކަމާމެދު މިމަރުޙަލާގައި ވާހަކަދެކެވި ގޮތެއް
ގޮތެއް ކަނޑައެޅެން ނެތްކަން އެނގެއެވެ.
ދ ގ އ މގ އ ހވ
ކމާއިން
(ބ) އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/167
މައްސަލައިގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އެދިފައިވާ ކަމަކީ ޝަމީމް ޢަބްދުﷲ އަބޫބަކުރަށް ވަޒީފާގެ
2
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/330
އެއްބަސްވުމަކާއި، ވަޒީފާގެ ބަޔާނެއްނުދީ މައްސަލަ ރައްދުވާ ފަރާތުން ޝަމީމް ޢަބްދުﷲ އަބޫބަކުރު ލައްވާ
މަސައްކަތް ކުރުވަމުން ގެންދާތީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެއްބަސްވުމެއް ދެއްވުމަށް އަންގަވައި
ދެއްވުން އެދި ހުށަހެޅި މައްސަލައެއްކަމަށްވާއިރު ހަމައެކަނި ކޮންމެވެސް ވަޒީފާއެއްގެ އެއްބަސްވުމަކާ، ވަޒީފާގެ
ބަޔާނެއް ދެއްވުމަށް މައްސަލަ ރައްދުވާ ފަރާތުން މަސައްކަތް ކޮށްފައިވާ ކަމަށް ސާބިތުވާ ކަމަށް
ބައްލަވާފައިވުމާއި، އަދި މިހެން ކަމުން ޝަމީމް ޢަބްދުﷲ އަބޫބަކުރު އެދިފައިވާ ފަދަ އަމުރެއް ނެރެދެވެން
ނެތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ނަޒަރުކުރިއިރު؟
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި،
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ޓްރައިބިއުނަލުގައި ވަކާލާތުކޮށްފައިވަނީ، 13 ސެޕްޓެމްބަރ 2006
ގައި އެމް.ޓީ.ސީ.ސީގައި، ޝަމީމް ޢަބްދުﷲ އަބޫބަކުރު އެންމެ ފުރަތަމަ އަދާކުރަންފެށި ވަޒީފާކަމުގައިވާ، ޗީފް
އޮފިސަރެއްގެ މަޤާމާއި އެއް ފެންވަރެއްގެ މަޤާމުގެ އެއްބަސްވުމަކާއި ވަޒީފާ ބަޔާނެއް ހޯދުމަށްކަން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން އެނގޭކަމާއި؟
އިސްވެ ބަޔާންވެދިޔަ ފަދައިން، ވަޒީފާއާބެހޭ ޤާނޫނު ތަޞްދީޤްކުރެވި އެޤާނޫނަށް ޢަމަލުކުރަން
ފެށުމުގެ ކުރިން، އެމް.ޓީ.ސީ.ސީގައި، ޝަމީމް ޢަބްދުﷲ އަބޫބަކުރު އަދާކުރަމުން ދިޔަ ވަޒީފާއާއި މަޤާމަށް
ބަދަލު އައިސްފައިވާކަން އެނގެން އޮތްނަމަވެސް، އެކަމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ހިނގާފައިވާ ކަންކަން އެނގެން އޮންނައިރު، ވަޒީފާއާބެހޭ ޤާނޫނު
ތަޞްދީޤުން ޢަމަލުކުރަން ފެށުމުގެ ކުރިން ވަޒީފާއާ ގުޅިގެން ހިނގާފައިވާކަމެއްގެ މައްޗަށް ވަޒީފާއާބެހޭ ޤާނޫނު
ތަޠުބީޤްކުރެވިދާނެކަމަށް ބެލެވެން ނެތްކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގައި ޓްރައިބިއުނަލަށް
ވަޒީފާއާގުޅޭ މައްސަލަތައް ހުށަހެޅުމުގައި، ޢަމަލުކުރަންޖެހޭ ގޮތާއި މުއްދަތާއި އަދި އެހެނިހެން އުޞޫލުތައް
ބަޔާން ކުރެވިފައި ވީހިނދު، އެ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްޗަށް
ޤާނޫނީ ގޮތުން ލާޒިމުވެގެންވާ ކަމެއްކަމުން، ޝަހީމް ޢަބްދުﷲ އަބޫބަކުރު އެދިފައިވާ ފަދަ އަމުރެއް ނެރެދެވެން
ނެތްކަމަށް ކަނޑައަޅުއްވައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަކީ، ޤާނޫނީ ހަމަތަކާ ޚިލާފު
ނިންމެވުމެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/330
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/167 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ސަބަބެއް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
އޮތްކަމަކަށް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތަށް ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަމްބަރު 2012/VTR/167 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް
ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv