ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/76 ޤަޟިއްޔާގެ ޙުކުމް
2013/HC-A/76
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 76/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ޒުހައިރު
އައިޑީ ކާޑު ނަންބަރު: A024965
ދާއިމީ އެޑްރެސް: ނޫވިލާގެ/ ގދ. ވާދޫ
މިހާރުގެ އެޑްރެސް: ކޮޅުދާލި ގދ. ވާދޫ
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 25 ފެބުރުއަރީ 2013
ނިމުނު ތާރީޚް: 04 ނޮވެމްބަރު 2013
އިސްތިއުނާފުކުރެވުން ޤަޟިއްޔާ ނަންބަރު: 2010/Q-6-C/30
ނިންމެވިކޯޓް: ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ޚިޔާނާތްތެރިވުން
ހެޅުނުތާރީޚް: 01 ނޮވެމްބަރ 2010
ނިމުނު ތާރީޚް: 12 ޖެނުއަރީ 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/76
ދަޢުވާގެ ޚުލާޞާ
cet O
މިއީ، ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q-6-C/30 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ގދ. ވާދޫ ކޮޅުދާލި، އަޙްމަދު ޒުހައިރު އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެވި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q-6-C/30 ޤަޟިއްޔާއަކީ، އަޙްމަދު ޒުހައިރު
ގދ. ވާދޫ ޞިއްޙީ މަރުކަޒު ހިންގުމާއި ޙަވާލުވެހުރެ އެމަރުކަޒުގެ ލިޔުންތައް ބެލެހެއްޓުމުގައި ފަރުވާކުޑަކޮށް އެތަކެތި
ވާރޭ ހިޔާނުވާ ތަނެއްގައި ބެހެއްޓުމުގެ ސަބަބުން އެތަކެތި ހަލާކުވެފައިވާ ކަމަށާއި، އެތަކެތި އެޞިއްޙީ މަރުކަޒު
ހިނގަމުންދިޔަ ޢިމާރާތުން މިހާރު ހިނގަމުންދާ އާޢިމާރާތަށް ބަދަލުކުރި އިރު، އެތަކެތި ބަދަލުކޮށްފައިވަނީ ކަމަށް
ބުނެ ފަރުވާކުޑަކޮށްފައިވާ
ފައިވާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 143 ވަނަ މާއްދާ އާއި، 146
ވަނަ މާއްދާގެ ދަށުން އަޙްމަދު ޒުހައިރުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ހުށަހެޅުމުން
ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވަނީ، ”އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް
ބަލާއިރު، ގދ. ވާދޫ، ނޫވިލާގެ އަޙްމަދު ޒުހައިރު ގދ. ވާދޫ ޞިއްޙީ މަރުކަޒު ހިންގުމާއި ޙަވާލުވެ ހުރެ އެމަރުކަޒުގެ
ލިޔުންތައް ބެލެހެއްޓުމުގައި ފަރުވާކުޑަކޮށް އެތަކެތި ވާރޭ ހިޔާ ނުވާ ތަނެއްގައި ބެހެއްޓުމުގެ ސަބަބުން އެތަކެތި
ހަލާކުވެފައިވާ ކަމަށާއި އަދި އެމަރުކަޒުގެ ބައެއް ފޮތްތައް އެތާނގެ މުވައްޒަފުން ލައްވާ ނައްތާލާފައިވާ ކަމަށާއި އަދި
ބާ ޢިމާރާތުން އެމަރުކަޒު މިހާރު ހިންގާ އާ ޢިމާރާތަށް ބަދަލު ކުރި ކަމަށް ހީކޮށް ހުރިކަމަށް އަޙްމަދު ޒުހައިރު ބުނެ
އިޢްތިރާފުވެފައިވާތީ އާއި، މިމައްސަލައަށް ހެކި ބަސް ދީފައިވާ ހެކިންގެ ހެކިބަހުންވެސް މިދެންނެވި ފައިސާގެ ފޮތްތައް
ބަހައްޓާފައި ހުރި ތަނަކީ މިފަދަ ފޮތްތައް ބަހައްޓަން އެންމެ އެކަށީގެންވާ ތަނެއް ނޫންކަމާއި، އެފޮތްތަކާއި މެދު އެހާ
ބޮޑު ފަރުވާތެރިކަމެއް ނެތްކަން ޝަރީޢަތަށް ސާބިތުވާތީ އާއި ސަރުކާރުގެ އެފަދަ ޢިމާރާތެއްގައި އެފަދަ މުހިންމު
ފޮތްތަކެއް ގެންގުޅެން ޖެހޭ ގޮތާއި ޚިލާފަށް ފަރުވާކުޑަކޮށް އެފޮތްތައް ގެންގުޅުމުގެ ސަބަބުން އެފައިސާގެ ފޮތްތައް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2013/HC-A/76
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހަލާކުވެ ނެތިގޮސްފައިވަނީކަން ސާބިތުވެފައިވާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާއާއި 143 ވަނަ މާއްދާއާއި
146 ވަނަ މާއްދާގެ ދަށުން އަޙްމަދު ޒުހައިރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ގދ.
ވާދޫ، ނޫވިލާގެ އަޙްމަދު ޒުހައިރު، ޙަވާލާދީފައިވާ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން 01 (އެކެއް) އަހަރު ދުވަހަށް
ޖަލަށް ލުމަށާއި، 143 ވަނަ މާއްދާގެ ދަށުން 02 (ދޭއް) އަހަރު ދުވަހަށް ޖަލަށް ލުމަށާއި، 146 ވަނަ މާއްދާގެ
ދަށުން 01 (އެކެއް) އަހަރު ދުވަހަށް ޖަލަށް ލުމަށް ޖުމްލަ 04 (ހަތަރެއް) އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށް
މައްސަލަ ނިންމީއެވެ.] މިފަދައިން ކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
02- އިސްވެ
ބަޔާންކުރެވުނު ގޮތުގެމަތީން ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010
/
30/Q
-
6
-
C
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި
ޚިލާފަށް ކަމަށް ބުނެ އަޙްމަދު ޒުހައިރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 9 (ނުވައެއް) ނުކުތާ ފާހަގަކޮށް އެނުކުތާ
ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
• ފުރަތަމަ ނުކުތާއަކީ: މިމައްސަލައަކީ ގދ. ވާދޫ ޞިއްޙީ މަރުކަޒު ހިންގަންހުރި އެރަށު ކޮޅުދާލި އަޙްމަދު
ޒުހައިރު 2004 ން 2007 ގެ ނިޔަލަށް ސިއްޙީ މަރުކަޒުގައިހުރި ފައިސާއާބެހޭ ފޮތްތައް އޯޑިޓަށް ނުދައްކާ
ނައްތާލާފައިވާ ކަމަށްބުނެ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން
އެންޓިކޮރަޕްޝަން ކޮމިޝަނުން ތަޙުޤީގުކޮށް ކުރެވުނު ދަޢުވާއެއް ކަމަށްވީއިރު އެންޓިކޮރަޕްޝަން ކޮމިޝަނުން
ކޮށްފައިވާ ތަޙުޤީގުގައި ހުށަހެޅުނު ޝަކުވާއާއި ގުޅުންހުރި އެއްވެސް
ނިންމާފައިވީއިރު، ޝަރީޢަތުން މައްސަލަ ނިންމެވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނިންމުމަށް ރިޢާޔަތް
ކޮށްފައި ނުވާކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އަޙްމަދު ޒުހައިރުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގެ ތަޙްޤީގް ކުރި ފަރާތުގެ
ޙައިޘިއްޔަތުން އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ މައްޗަށް ރިޢާޔަތް ކުރުމަކާނުލައި
އަދި އެންޓިކޮރަޕްޝަން ކޮމިޝަނުން ދަޢުވާކުރުމަށް ނިންމާފައިވާ ޤާނޫނީ އިމުން ބޭރުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުން އަޙްމަދު ޒުހައިރުގެ މައްޗަށް ދަޢުވާކޮށްފައިވާކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ކަމެއް
93/ ހދ8
-08ނވާކަމަށް
އާއް
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/76
ތިންވަނަ ނުކުތާއަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަޙްމަދު ޒުހައިރުގެ މައްޗަށް ދަޢުވާކުރުމަށް
ހުށަހެޅިފައިވާ ދަޢުވާ ފޯމްގައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 143 ވަނަ މާއްދާ
އަދި 146 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުން ކަމަށްވީއިރު ހަވާލާދެވުނު މާއްދާތަކަކީ، ޤާނޫނުލް ޢުޤޫބާތުގެ
149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ ޚިޔާނާތުގެ ދަޢުވާކުރާ މާއްދާތައް ކަމަށްވެފައި އަޙްމަދު
ޒުހައިރުގެ އެއްވެސް ޢަމަލަކީ ޚިޔާނާތުގެ މަފްހޫމްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާއިރު، އަޙްމަދު ޒުހައިރުގެ
ޚިޔާނާތުގެ ކުށް ސާބިތުވާ ކަމަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: އަޙްމަދު ޒުހައިރުގެ މައްޗަށް ކުރެވިފައިވަނީ ޚިޔާނާތުގެ ދަޢުވާއެއް ކަމަށްވީއިރު
ޤާނޫނުލް ޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ ޚިޔާނާތުގެ މާނައަށް ބަލާއިރު،
އަޙްމަދު ޒުހައިރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޚިޔާނާތުގެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވަނީ
ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާ
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގެ މަޖިލީސްގައި ދަޢުވާ
ހުށަހެޅުއްވިއިރު، ހުށަހަޅުއްވާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 143 ވަނަ މާއްދާ
އާއި، 146 ވަނަ މާއްދާގެ ދަށުންކަމަށް ވީއިރު، ހަވާލާ ދެވުނު އެއްވެސް މާއްދާއަކާ އަޙްމަދު ޒުހައިރުގެ
ޢަމަލުތަކާ އެއްވެސް ގުޅުމެއްނެތްކަމާއި އެމާއްދާތަކުގެ ދަށުން ކުރެވުނު ދަޢު އަޙްމަދު ޒުހައިރުގެ މައްޗަށް
ކުރެވުނު ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: އަޙްމަދު ޒުހައިރުގެ މައްޗަށް ކުރެވުނު ދަޢުވާއާ ގުޅިގެން އަޙްމަދު ޒުހައިރުގެ ފަރާތުން
ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވަނިކޮށް އެފުރުސަތު އަޙްމަދު ޒުހައިރުއަށް ދިނުމަކާނުލާ
މައްސަލާގައި ޙުކުމް ކޮށްފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބަޔާންވެފައިވާ އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީޢަތަށް މައްސަލަ ސާބިތުވާންޖެހޭނެ ކަމަށް
ޚިލާފަށް
31 4 4
3
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2013/HC-A/76
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކަނޑައަޅާފައިވާ އަސާސީ ޙައްޤުތަކާ ތަޢާރުޟުވާގޮތަށް މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވުން
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• އަށްވަނަ ނުކުތާއަކީ: އަޙްމަދު ޒުހައިރުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގައި ހެކިބަސްދީފައިވާ ބައެއް
ފަރާތްތަކުގެ ހެކިބަހަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ފަދަ ހެކިބަހެއް ކަމުގައި ދެކުން ކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
ނުވަވަނަ ނުކުތާއަކީ: ދައުލަތުން އަޙްމަދު ޒުހައިރުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ ދަޢުވާއަކީ ސާބިތުވާ
ދަޢުވާއެއް ކަމަށް ކަނޑައެޅުއްވުމުގެ ފުރުސަތު އޮތްނަމަވެސް ޤާނޫނުލް ޢުޤޫބާތުގެ ދަށުން ކުރެވޭ މިފަދަ
ދަޢުވާތަކުގައި ޢަމަލުކުރަމުން އައިސްފައިވާ އުޞޫލަކީ އެއީ އެކުށް އެމީހެއްގެ މައްޗަށް ސާބިތުވި ފުރަތަމަ
ފަހަރު ކަމުގައިވާނަމަ މީހެއްގެ މައްޗަށް ޖަލަށް ލުމުގެ ޙުކުމްކުރުމުގެ ބަދަލުގައި އަރުވާލުމަށް ޙުކުމް
ކުރުންކަމަށް ވީއިރު، އަހްމަދު ޒުހައިރުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވީނަމަވެސް މިކަންވާނީ އަޙްމަދު
ޒުހައިރުގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވީއިރު، އަޙްމަދު ޒުހައިރުގެ އަރުވާލުމަށް ޙުކުމް
ކުރެއްވުމުގެ ބަދަލުގައި ޖަލަށް ލުމަށް ޙުކުމް ކޮށްފައިވުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށް
ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ ފާހަގަކުރި
ނކތއ•
03- ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q-6-C/30 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ޒުހައިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، މި
މައްސަލައާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް މިމައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް ފާހަގަކުރެވެއެވެ.
(ހ) ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q-6-C/30 ޤަޟިއްޔާގައި ޤާނޫނުލް ޢުޤޫބާތުގެ
131 ވަނަ މާއްދާގެ (ހ) އާއި، 143 ވަނަ މާއްދާ އާއި 146 ވަނަ މާއްދާގެ ދަށުން އަޙްމަދު ޒުހައިރުގެ މައްޗަށް
ސަރުކާރުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވާކަން އެނގެން އޮވެއެވެ.
out ..
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2013/HC-A/76
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ޤާނޫނުއަސާސީގެ 223 ވަނަމާއްދާގެ (ހ) ގެ ދަށުން ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ
އެންމެހައި ދަޢުވާތަކާބެހޭ ކަންކަން ބެލެހެއްޓުމާއި، އެމާއްދާގެ (ށ) ގެ ދަށުން ތަޙުޤީގުކުރާ އެކިއެކި އިދާރާތަކުން
ހުށަހަޅާ ހެއްކާ ޤަރީނާ ވަޒަންކޮށް ދަޢުވާ އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މަސްއޫލިއްޔަތާ ބާރު
ލިބިފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލަށްކަން އެނގެން އޮންނަކަމާއި، އެ މާއްދާގެ (ހ) އަދި (ބ) އަށް ބަލާއިރު،
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްޔަން ކުރުމަށްފަހު އެހެން އިދާރާތަކުން ކުރިއަށް ގެންގޮސްފައިވާ މައްސަލަތައް ކުރިއަށް
ގެންދިޔުމާ އެމައްސަލަތައް މުރާޖަޢާކޮށް، ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެނަމަ އެފަދަ މައްސަލަތައް އަނބުރާ
ގެނައުމާއި ދަޢުވާ އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް ބަދަލު ކުރުމާއި އުފުލިފައިވާ ދަޢުވާއެއް
އަނބުރާ ގެނައުމުގެ ބާރު ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައިވާކަން އެނގޭކަމާއި، ޕްރޮސިކިއުޓަރ
ޖެނެރަލް ޖިނާއީ މައްސަލައަކާ ގުޅިގެން ނިންމާ ޤާނޫނީ ނިންމުމެއް ނިންމުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ
ދަށުގައިވާ މީހަކަށްވެގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގެ ޞަރީޙަ ޢިބާރާތުން
ބަޔާންކުރެވިފައިވާކަމާއި،
އަޙްމަދު ޒުހައިރުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގެ ތަޙްޤީގު ކުރި ފަރާތުގެ ޙައިޘިއްޔަތުން
އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ މައްޗަށް ރިޢާޔަތް ކުރުމަކާނުލައި އަދި އެންޓިކޮރަޕްޝަން
ކޮމިޝަނުން ދަޢުވާކުރުމަށް ނިންމާފައިވާ ޤާނޫނީ އިމުން ބޭރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު
ޒުހައިރުގެ މައްޗަށް ދަޢުވާކޮށްފައިވާކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނެފައިވާއިރު، ޖިނާއީ ތަޙުޤީގުކުރުމުގެ ބާރު
ލިބިފައިވާ އިދާރާއަކުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ދަޢުވާކުރާނެ ގޮތް
ކަނޑައެޅުމާއި، މައްސަލައާއި ގުޅިގެން ތަޙްޤީޤުކުރި ފަރާތުން ހޯދާފައިވާ ހެއްކާ ޤަރީނާ ވަޒަންކޮށް ކޯޓަށް ހުށަހެޅުމުގެ
ފުރިހަމަ އިޚްތިޔާރާ ބާރުލިބިގެންވާ ހަމައެކަނި ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްކަން އެނގެން އޮންނަކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާކުރުމުގައި ތަޙްޤީގު ކުރި ފަރާތުގެ ޙައިޘިއްޔަތުން އެންޓިކޮރަޕްޝަން
ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ މައްޗަށް ރިޢާޔަތް ކުރުމަކީ ޤާނޫނީ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަށް
ލާޒިމްވާކަމެއް ނޫންކަން އެނގެން އޮތުމުގެ އިތުރުން، ޝަރީޢަތުން މައްސަލަ ނިންމުމުގައި ބަލާނީ ޝަރީޢަތަށް
ހުށަހެޅިފައިވާ ހެކި ޤަރީނާގެ މައްޗަށް ކަމާއި، ތަޙްޤީޤުކުރި ފަރާތުން ދެކޭ ގޮތަކީ ޝަރީޢަތަށް ހުށަހެޅިފައިވާ
އެހިރާއް
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/76
މައްސަލައެއްގައި ހެއްކެއްގެ ގޮތުގައި ބަލައި މައްސަލަ ސާބިތުވުމާއި ނުވުމުގައި ރިޢާޔަތްކުރެވޭ ކަމެއް ނޫންކަން
cccc
އނJއ
(ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ދަޢުވާ ހުށަހެޅުއްވިއިރު،
ހުށަހަޅުއްވާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 143 ވަނަ މާއްދާ އާއި، 146 ވަނަ
މާއްދާގެ ދަށުންކަމަށް ވީއިރު، ޙަވާލާ ދެވުނު އެއްވެސް މާއްދާއަކާ އަޙްމަދު ޒުހައިރުގެ ޢަމަލުތަކާ އެއްވެސް ގުޅުމެއް
ނެތް ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އަކީ ވައްކަން ޓެކުން އަދި ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތް
އަދި ފޭރުމުގެ ކުށުގެ އަދަބު ކަނޑައަޅާނެ ގޮތް ބަޔާންކޮށްފައިވާ މާއްދާކަމާއި، އަދި 143 ވަނަ މާއްދާއަކީ،
ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުން ނުވަތަ ސަރުކާރުގެ މުދަލަކުން ވައްކަންކުރުން ނުވަތަ ސަރުކާރުގެ މުދަލެއް
ފޭރުން ނުވަތަ ސަރުކާރުގެ މުދަލަކަށް މަކަރާއި ޙީލަތް ހެދުމުގެ މައްސަލަތަކުގައި އަދަބު ނުވަތަ ޢުޤޫބާތް ކަނޑައަޅާނެ
ގޮތް ބަޔާންކޮށްފައިވާ މާއްދާކަމާއި، އަދި 146 ވަނަ މާއްދާއަކީ، އެއްވެސް ފަރާތެއްގެ މުދަލަކާއި ޙަވާލުވެގެން ހުރި
މީހަކު ނުވަތަ ތަން ބަލަހަށްޓާ ހިންގުމުގެ މަސްއޫލިއްޔަތެއް އޮތް މީހަކު އެމީހެއްގެ ދަށުގައިވާ މުދަލަކަށް
ޚިޔާނާތްތެރިވެއްޖެނަމަ އަދަބު ކަނޑައެޅުމުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކޮށްފައިވާ މާއްދާކަމާއި،
އަޙްމަދު ޒުހައިރުގެ މައްޗަށް ދަޢުވާކުރެވިފައިވަނީ ޚިޔާނާތްތެރި ވުމުގެ ކުށުގެ ދަޢުވާކަމާއި، ޚިޔާނާތްތެރިވި
ކަމަށް ތުހުމަތު ކުރެވިފައިވަނީ ސަރުކާރުގެ މުދަލަށްކަން އެނގެން އޮންނައިރު، އެކަމަކާއި ގުޅިގެން ދަޢުވާކުރެވިފައިވާ
ހާދިސާ ހިނގިއިރު އަޙްމަދު ޒުހައިރަކީ ގދ. ވާދޫ ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރި ފަރާތްކަން އެނގެން
އޮންނަކަމާއިގެ
އަޙްމަދު ޒުހައިރުގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލާއި އެ ޢަމަލު ހިނގިއިރު އަޙްމަދު ޒުހައިރު އަދާކުރަމުން
ދިޔަވަޒީފާއާއި އެ ޢަމަލުގައި ހިމެނޭ މުދަލާއި މިކަންކަމުގެ މައްޗަށް ބަލާއިރު ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ) އާއި، 143 ވަނަ މާއްދާ އާއި، 146 ވަނަ މާއްދާއާއި އަޙްމަދު ޒުހައިރުގެ ޢަމަލާއި ހުރި ގުޅުން ސާފުކޮށް
އެނގޭކަމާއި، އެހެންކަމުން އިޝާރާތްކުރެވުނު މާއްދާތަކާއި އަޙްމަދު ޒުހައިރުގެ ޢަމަލުތަކާ އެއްވެސް ގުޅުމެއް
ނެތްކަމަށް ބެލެވެން ނެތްކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތްކަން އެނގެއެވެ.
އާއް
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބު އުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2013/HC-A/76
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަޙްމަދު ޒުހައިރުގެ މައްޗަށް ދަޢުވާކުރުމަށް ހުށަހެޅިފައިވާ ދަޢުވާ
ފޯމްގައިވަނީ ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 143 ވަނަ މާއްދާ އަދި 146 ވަނަ މާއްދާގެ
ދަށުން ދަޢުވާކުރުން ކަމަށްވީއިރު ހަވާލާދެވުނު މާއްދާތަކަކީ ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކުރެވިފައިވާ ޚިޔާނާތުގެ ދަޢުވާކުރާ މާއްދާތައް ކަމަށްވެފައި އަޙްމަދު ޒުހައިރުގެ އެއްވެސް ޢަމަލަކީ ޚިޔާނާތުގެ
މަފްހޫމްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާއިރު، އަޙްމަދު ޒުހައިރުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާ ކަމަށް
ކަނޑައަޅުއްވާފައިވާ ކަމަށާއި، އަޙްމަދު ޒުހައިރުގެ މައްޗަށް ކުރެވިފައިވަނީ ޚިޔާނާތުގެ ދަޢުވާއެއް ކަމަށްވީއިރު
ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރެވިފައިވާ ޚިޔާނާތުގެ މާނައަށް ބަލާއިރު، އަޙްމަދު
ޒުހައިރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޚިޔާނާތުގެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވަނީ މާނަކުރުމުގެ
ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
ޤާނޫނު ނަންބަރު 10/86 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 4) ގެ 149 ވަނަ މާއްދާގެ (ނ) ގައި،
ޚިޔާނާތުގެ މާނަކަމަށް ބުނެފައިވަނީ ”ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ހަވާލުގައިވާ އެހެން ފަރާތެއްގެ އެއްޗެއް،
ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒުނަޔާ ނުލައި ބޭނުންކުރުން، ނުވަތަ އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ
ނައްތާލުން ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ގެންގުޅުން“ ކަމަށްވީއިރު،
ޚިޔާނާތުގެ ކުށެއް ސާބިތުކުރުމަށްޓަކައި މައިގަނޑު ހަތަރު އުންޞިރު ވާކަމާއި، އެ އުންސުރު
ޞުރުތަކަކީ:
(1) އެ މުދަލަކީ ޚިޔާނާތްތެރިވީކަމަށް ތުހުމަތު ކުރެވޭ މީހާގެ ބެލުމުގެ ދަށުގައި ނުވަތަ ޙަވާލުގައިވާ ތަކެއްޗަށް
ވާންޖެހުންކަމާއި:
(2) ނުބައި ނިޔަތެއް އޮތުންކަމާއިގެ
(3) ވެރިފަރާތުގެ އިޒުނަ ނެތުންކަމާއިގެ
(4) އެ އެއްޗަކަށް ބަދަލު ގެނައުން ނުވަތަ ނައްތާލުން ނުވަތަ ކަނޑައަޅާފައިވާގޮތާ ޚިލާފަށް ގެންގުޅުންކަން
އެނގޭކަމާއި؛
ޚިޔާނާތުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވުމަށްޓަކައި އެ ހަތަރު އުން ޞުރު ނުވަތަ ކަންތައްތައްވެސް
ފުރިހަމަވާންޖެހޭކަން އެނގޭކަމާއިގެ
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބު އުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2013/HC-A/76
UcOc
COC
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަޙްމަދު ޒުހައިރުގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދަޢުވާކޮށްފައިވަނީ ގދ. ވާދޫ ޞިއްޙީ މަރުކަޒު ހިންގުމާއި
އަޙްމަދު ޒުހައިރު ޙަވާލުވެހުރެ އެތަނުގެ ބައެއް ލިޔުންތައް (ފޮތްތައް) ވާރޭ ފެންޖެހޭ ގޮތަށް ބަހައްޓާ އަދި ބައެއް
ފޮތްތައް ގެއްލުވާލާ ހަދާފައިވާކަމަށް ތުހުމަތުކުރެވިގެން ކަން އެނގެން އޮންނަކަމާއި؛
ގދ. ވާދޫ ޞިއްޙީ މަރުކަޒުގައި ހުރި އެއްވެސް މުދަލެއް ނައްތާލުމަށް ނުވަތަ އެތަކެއްޗަށް ބަދަލު ގެނައުމަށް
ގދ. ވާދޫ ޞިއްޙީ މަރުކަޒުގެ ބެލެނިވެރި ދައުލަތުގެ މުއައްސަސާއަކުން ހުއްދަ ދީފައިވާކަން ނުވަތަ ނައްތާލުމަށް
އެފަދަ މުއައްސަސާއަކުން އަންގާފައިވާކަން މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެއްވެސް ލިޔުމަކުން ނުވަތަ
ހެކިންގެ ހެކި ބަހުންވިޔަސް އެނގެން ނެތްއިރު، މައްސަލައާ ގުޅިގެން ހެކިބަސްދިން ފަރާތްތަކުގެ ބަހުން އަޙްމަދު
ޒުހައިރު ހަވާލުވެގެން ހުރި ގދ. ވާދޫ ޞިއްޙީ މަރުކަޒުގެ ފައިސާއާބެހޭ ފޮތްތަކާ އަދި އިތުރު ފޮތްތަކެއް އެބާވަތުގެ
އެއްޗެހި ޢާއްމުގޮތެއްގައި ގެންގުޅޭ ގޮތާ ޚިލާފަށް ބަހައްޓާފައި ހުރިކަން އެނގެން އޮންނަކަމާއިގެ
އަޙްމަދު ޒުހައިރުގެ މައްޗަށް އެކަމަކާއި ގުޅިގެން ދަޢުވާކުރެވިފައިވާ ހާދިސާ ހިނގިއިރު އަޙްމަދު ޒުހައިރަކީ
ގދ. ވާދޫ ސިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރި ފަރާތްކަމާއި، އެމަރުކަޒު ހިންގުމާއި ޙަވާލުވެ ހުރި ފަރާތުގެ
ހައިސިއްޔަތުން އެމަރުކަޒުގައި ހުންނަ އެންމެހައި ލިޔެކިޔުންތަކަކީ އަޙްމަދު ޒުހައިރުގެ ބެލުމުގެ ދަށުން އެތަކެތީގެ
މައްޗަށް ރަޤާބާ އޮންނާނެ ތަކެތިކަން އެނގޭކަމާއިގެ
އަޙްމަދު ޒުހައިރު ގދ. ވާދޫ ޞިއްޙީ މަރުކަޒުގެ ހިންގުމާއި ހަވާލުވެހުރިއިރު އެލިޔެކިޔުންތައް ބަހައްޓާފައި
ހުރީ ވާރޭ ފެނުން ހިޔާނުވާ ތަނެއްގައި ކަމާއި، އެއީ ލިޔެކިޔުންތައް ކަނޑައެޅިފައިވާ ތަން ނުވަތަ
ގޮތްކަމަށް ބެލެވެން ނެތްކަމާއި؛
އެފަދަ ގޮތަކަށް އަޙްމަދު ޒުހައިރުގެ ބެލުމުގެ ދަށުގައި ހުރި ލިޔުންތަކަކާމެދު ޢަމަލު ކުރި ކުރުމަކީ، އަޙްމަދު
ޒުހައިރުގެ ނިޔަތް ރަނގަޅަށް ސާފުވާނެ ކަމެއްކަމާއި، ނިޔަތަކީ ފެންނަން އޮންނަ އެއްޗަކަށް ނުވާއިރު، އަޙްމަދު
ޒުހައިރުގެ އެޢަމަލުން އަޙްމަދު ޒުހައިރު އެކަން އެގޮތުގެ މަތީން ކޮށްފައިވަނީ ރަގަޅު ނިޔަތެއްގައި ކަމަށް ބެލެވެން
ނެތްކަމާއި؛
އެހެންކަމުން އަޙްމަދު ޒުހައިރުގެ މައްޗަށް ކުރެވިފައިވާ ޚިޔާނާތުގެ ކުށުގެ އުންސުރުތައް ހަމަވާކަން އެނގެން
އޮތުމާއެކު، ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q-6-C/30 ޤަޟިއްޔާގައި އަޙްމަދު ޒުހައިރުގެ
2
2
4
2 ހއ
ހޮއެeމަށް
ހިރާއް
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2013/HC-A/76
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3
ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(.) އަޙްމަދު ޒުހައިރުގެ މައްޗަށް ކުރެވުނު ދަޢުވާއާ ގުޅިގެން އަޙްމަދު ޒުހައިރުގެ ފަރާތުން ދިފާޢީ ހެކި
ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވަނިކޮށް އެފުރުސަތު އަޙްމަދު ޒުހައިރުއަށް ދިނުމަކާނުލައި މައްސަލާގައި ޙުކުމް
ކޮށްފައިވާކަމަށް އަޙްމަދު ޒުހައިރު ފާހަގަކޮށްފައިވާ ނުކުތާއަށް ބަލާއިރު،
ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓު ނަންބަރު 2010/Q-6-C/30 ޤަޟިއްޔާގެ ދަށުން އަޙްމަދު ޒުހައިރުގެ
މައްޗަށް ޚިޔާނާތުގެ ކުށުގެ މައްސަލަ ހުށަހެޅިފައިވަނީ، 2010 ނޮވެމްބަރު 01 ވަނަ ދުވަހު ކަމާއި، އެ މައްސަލަ
އެކޯޓުން ނިންމަވާފައިވަނީ 2013 ޖެނުއަރީ 12 ވަނަ ދުވަހުކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮންނަކަމާއިގެ
މި މައްސަލައާ ގުޅިގެން އަޙްމަދު ޒުހައިރު 2012 ޖެނުއަރީ 12 ވަނަ ދުވަހު ގދ. ވާދޫ މެޖިސްޓްރޭޓް
ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި އޭނާގެ ފަރާތުން ކިތާބީ ހެކި ހުށަހަޅާފައިވާކަމަށް ބުނެފައިވާކަން އެނގެން
އޮންނަކަމާއި، އަޙްމަދު ޒުހައިރުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަކީ 2005 ވަނަ އަހަރާއި 2007 ވަނަ އަހަރުގެ
މުސާރަ ޙަވާލުކޮށްފައިވާ ފޮތުގެ ކޮޕީކަމާއި، އެ ލިޔުންތައް އަޙްމަދު ޒުހައިރުގެ ފަރާތުން ހުށަހަޅާފައިވަނީ، ފައިސާއާއި
ބެހޭ ލިޔުންތައް ތައްޔާރުކޮށް ފައިސާ ޙަވާލުކުރަނީ އަޙްމަދު ޒުހައިރު ނޫންކަމާއި އެކަން ކުރަނީ ގދ. ވާދޫ
)ކެނދިފަށުވިގެ މާޝިތާ އަޙްމަދުކަން ސާބިތުކޮށްދިނުމުގެ ގޮތުންކަން އެނގެން އޮންނައިރު، އަޙްމަދު ޒުހައިރުގެ
މައްޗަށް ހުށަހެޅިފައިވާ ދަޢުވާއަކީ ފައިސާއާއި ބެހޭ ލިޔުންތައް ތައްޔާރުކުރުމުގައި ނުވަތަ ފައިސާ ޙަވާލުކުރުމުގައި
ޚިޔާނާތްތެރިވެގެން ހުށަހެޅިފައިވާ ދަޢުވާއެއް ނޫންކަމާއި، އެއާޚިލާފަށް އަޙްމަދު ޒުހައިރުގެ މައްޗަށް ހުށަހެޅިފައިވާ
ދަޢުވާއަކީ، ގދ. ވާދޫ ޞިއްޙީ މަރުކަޒު ހިންގުމާއި ޙަވާލުވެ ހުރެ އެމަރުކަޒުގެ ލިޔުންތައް ބެލެހެއްޓުމުގައި
ފަރުވާކުޑަކޮށް، ވާރޭހިޔާނުވާ ތަނެއްގައި ބެހެއްޓުމުގެ ސަބަބުން އެތަކެތި ހަލާކުވެފައިވާތީ، ޚިޔާނާތުގެ ކުށުގެ
ދަޢުވާކަމާއި،
މި އިސްތިއުނާފުކުރެވޭ މައްސަލަ ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ތާރީޚާއި އަދި މައްސަލަ
ނިމުނު ތާރީޚާއި ދެމެދު ހެކި ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ތަނަވަސްވެފައިވާކަން އެނގެން އޮންނާތީ އާއި،
3 3 3
4 &
ޖެހިރާއް
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބު އުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/76
ޓ ޓ 3 / 3
މިމައްސަލައިގައި އަޙްމަދު ޒުހައިރުގެ ފަރާތުން ކިތާބީ ހެކި ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، ހަމަ އެފަދައިން
އެހެނިހެން ހެކިވެސް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް އަޙްމަދު ޒުހައިރުގެ މައްޗަށް ކުރެވުނު
ދަޢުވާއާ ގުޅިގެން އަޙްމަދު ޒުހައިރުގެ ފަރާތުން ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމަކާނުލައި މައްސަލާގައި
ޙުކުމް ކޮށްފައިވާ ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
Ccc
(ފ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވާ
އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީޢަތަށް މައްސަލަ ސާބިތުވާންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އަސާސީ
ޙައްޤުތަކާ ތަޢާރަޟުވާގޮތަށް މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވާފައިކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއަށް
ބަލާއިރު،
ގދ. ވާދޫ / ފިނިވާގެ ޢަލީ ރުޝްދީ މިމައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަންގެ ތަޙްޤީޤަށް 25 މާރޗް
2009 ގައި ދީފައިވާބަޔާނުގައި، މަރުކަޒުގައި ކުރިން ގެންގުޅުނު ފޮތްތައް އާ ޢިމާރާތަށް މަރުކަޒު ބަދަލުކުރަންވެގެން
ފޮށި ފޮށިގަނޑަށް އަޅާފައި ހެލްތުޕޯސްޓް ކުރިން ހިންގި ޢިމާރާތުގެ ކައިރީގައި ޓިނުން ހިޔާކޮށްފައިހުރި ތަނަކަށް
ގެންދިޔަކަން އެނގޭކަމަށް ބުނެފައިވާއިރު، އެބަޔާނަކީ އަލީ ރުޝްދީ ދީފައިވާ ބަޔާނެއްކަމަށް މިއިސްތިއުނާފުކުރެވޭ
ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q-6-C/30 ޤަޟިއްޔާގެ ޝަރީޢަތަށް 2012 ޑިސެމްބަރު 26
ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއިގެ
ގދ. ވާދޫ ލަކީ މުޙައްމަދު ދީދީ އެންޓި ކޮރަޕްޝަންގެ ތަޙްޤީޤަށް 25 މާރޗް 2009 ގައި
ދީފައިވާބަޔާނުގައި، މަރުކަޒުގައި ކުރިން ގެންގުޅުނު ވަރަށް ގިނަ ފޮތްތައް މަރުކަޒުގެ އާ ޢިމާރާތުގެ ކައިރީގައި
ހުރިތަނެއްގައި އެބަހުރިކަމަށާއި، އޭގެ ތެރޭގައި ފައިސާއާ ބެހޭ ފޮތްތައްވެސް ހުންނާނެ ކަމަށާއި، ބައެއް ފޮތްތައް
މިހާރުހުރި ކޮންމެވެސް ވަރަކަށް ހަލާކުވާގޮތްވެފައިކަމަށް ބުނެފައިވާއިރު، އެބަޔާނަކީ މުޙައްމަދު ދީދީ ދީފައިވާ
ކަމަށް މިއިސްތިއުނާފުކުރެވޭ ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q-6-C/30 ޤަޟިއްޔާގެ ޝަރީޢަތަށް
2012 ޑިސެމްބަރު 26 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއިގެ
މިއިސްތިއުނާފުކުރެވޭ މައްސަލައިގެ ހާދިސާ ހިނގި އިރު ގދ. ވާދޫ ޞިއްޙީ މަރުކަޒު ހިންގުމާއި އަޙްމަދު
ޒުހައިރު ޙަވާލުވެ ހުރިކަމާމެދު އަޙްމަދު ޒުހައިރު އިންކާރުކޮށްފައިނުވާއިރު، އަޙްމަދު ޒުހައިރުގެ ޢަމަލުގެ ސަބަބުން
COX
ހއ 2
4
ބނއި
އެހިރާއް
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބު އުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/76
ފޮތްތައް ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާކަން މިމައްސަލައާއި ގުޅިގެން އަޙްމަދު ޒުހައިރުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި؛
މިމައްސަލައާއި ގުޅިގެން ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ ފަރާތުން ހެކިބަސް ނަގާފައިވާ ގދ.
ވާދޫ ކެނދިފަށުވިގެ ޤާޝިތާ އަޙްމަދު ދީފައިވާ ހެކިބަހަކީ މައްސަލާގައި އަޙްމަދު ޒުހައިރުގެ މައްޗަށް ކުއްސާބިތު
ކުރުމުގައި ބޭނުން ކުރެވިދާނެ ހެކިބަހެއްނޫން ކަމުގައި ބެލިކަމުގައިވީނަމަވެސް މިމައްސަލައިގާ މާޝިތް އަޙްމަދުގެ
އިތުރަށް ހުށަހެޅިފައިވާ އެހެނިހެން ހެކިންގެ ހެކިބަހާއި އަޙްމަދު ޒުހައިރު ދައްކާފައިވާ ވާހަކަތަކުން ދައުލަތުގެ
ފަރާތުން އަޙްމަދު ޒުހައިރުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ކަނޑައެޅިފައިވާ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަން އެނގެއެވެ
(ކ) އަހްމަދު ޒުހައިރުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވީނަމަވެސް މިކަންވާނީ އަޙްމަދު ޒުހައިރުގެ މައްޗަށް
ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވީއިރު، އަޙްމަދު ޒުހައިރު އަރުވާލުމަށް ޙުކުމް ކުރެއްވުމުގެ ބަދަލުގައި ޖަލަށް ލުމަށް
ޙުކުމް ކޮށްފައިވުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ އަޙްމަދު ޒުހައިރުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކު
ނުކުތާއަށް ބަލާއިރު،
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވަނީ ވައްކަން ޓެކުން ޚިޔާނާތްތެރިވުމާއި،
މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށުގެ އަދަބު ކަނޑައަޅާނީ އެމީހަކު އެކުށްކުރި ފުރަތަމަ ފަހަރު 6 މަސްދުވަހުން
ފެށިގެން 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ދެވަނަ ފަހަރު 2 އަހަރަށް ތިންވަނަ ފަހަރު 3 އަހަރަށް ހަތަރުވަނަ
ފަހަރު 4 އަހަރު ދުވަހުގެ މުއްދަތަށް އަރުވާލުމަށް ނުވަތަ ޖަލަށްލުމަށް ކަމާއި، މި މާއްދާގެ ނައް ޞަށް ބެލުމުން
ޚިޔާނާތުގެ ކުށް ސާބިތުވެއްޖެނަމަ އެކުށަށް އަދަބު ކަނޑައެޅުމުގައި ދެ ބާވަތެއްގެ އަދަބުން ކުރެ އަދަބެއް އިޚްތިޔާރު
ކުރެވިދާނެކަމާއި، އެއީ އަރުވާލުމާއި ޖަލަށްލުންކަމާއި، މިދެ ބާވަތުން ކުރެ ބާވަތެއްގެ އަދަބެއް ކަނޑައެޅުމަކީ،
އެމައްސަލައެއްގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ބެލުމަށްފަހު އެމައްސަލައެއް ބައްލަވާ ފަނޑިޔާރެއްގެ ތަޤްދީރަށް
ދޫކުރެވިފައިވާ ކަމެއްކަން އެނގެން އޮންނައިރު، އަދި ޚިޔާނާތުގެ ކުށް ސާބިތުވާ ފުރަތަމަ ފަހަރު އަރުވާލުމަށް ޙުކުމް
ކަނޑައެޅުން ލާޒިމްކުރާ އެއްވެސް ޤާނޫނީ ނައްސެއް މައުޖޫދުވެފައިނުވާއިރު، އަޙްމަދު ޒުހައިރުގެ މައްޗަށް ޚިޔާނާތުގެ
ކުށް ސާބިތުވި ފުރަތަމަ ފަހަރު ޖަލަށްލުމަށް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q-6-C/30
23
ޖެހިރާއް
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބު އުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2013/HC-A/76
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާގައި ކަނޑައެޅުއްވި ޙުކުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކުން ބޭރުން ކުރައްވާފައިވާ ޙުކުމެއްކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/Q-6-C/30 ޤަޟިއްޔާގައި އަޙްމަދު ޒުހައިރުގެ
މައްޗަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން ފާހަގަކުރެވުނު ގޮތަށް ހުރުމުން، ގދ. ވާދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2010/Q-6-C/30 ޤަޟިއްޔާގައި އަޙްމަދު ޒުހައިރުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަށްޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
cu o
ދިވެހި2
*
ވެ
!ރިޒާމް
+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv