ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/169 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/169
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 169/HC-A/2013
• އިސްތިއުނާފުކުރި ފަރާތް:
ނަން: އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް *ރަޖިސްޓްރީ ނަންބަރު: 65
/
98-C
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އަލްމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް
ނިމުނު ތާރީޚް: 07 ޖުމާދަލްއާޚިރާ 1435
25 ޖުމާދަލްއާޚިރާ 1434
މެއި
05
2013
07 އެޕްރީލް
2014
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/105
ނިންމެވި ކޯޓް: ސިވިލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ
0
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2
2013/HC-A/169
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/105 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
23 22 2
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ)
ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/105 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ (ރަޖިސްޓްރީ ނަންބަރު
65798-C) އެދުމުގެ މަތީން ސިންގަޕޯރގެ ކުންފުންޏެއް ކަމަށްވާ އަލް-މޯމިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލަކުޑި
ސަޕްލައިކޮށްދިނުމަށް ދެފަރާތުން އެއްބަސްވިގޮތަށް އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ފޮނުވި ލަކުޑިއަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތީން ދޭންޖެހޭ ފައިސާ
ދީފައިނުވާތީ، އެފައިސާ ހޯދައިދިނުމަށް އެދި އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް
އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ފިމުން ބެލެވުނު މައްސަލައެއްކަން
އެނގޭކަމާއި،
ދަޢުވާކުރުމުން
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ސިންގަޕޯރގެ ކުންފުންޏެއް ކަމަށްވާ އަލް-މޯމިން
އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 197800238R) އިން (މީގެ
ފަހުން "ދަޢުވާކުރާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްa.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
2013/HC-A/169
(ރަޖިސްޓްރީ ނަންބަރު 65
/
98-C) ގެ (މީގެ ފަހުން "ދަޢުވާލިބޭ ފަރާތް" ކަމަށް ބުނެފައިވާ ފަރާތުގެ)
މައްޗަށް ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
ދަޢުވާލިބޭ ފަރާތުގެ އެދުމުގެ މަތީން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ލަކުޑި
ސަޕްލައިކޮށްދިނުމަށް ޕްރޮފޯމާ އިންވޮއިސްތަކެއް ފޮނުވިކަމާއި، ލަކުޑީގެ އަގު ދައްކާގޮތަކީ ފައިސާ ދެއްކުމުން
މުދާ ޙަވާލުވާ ލިޔުން ދޫކުރާ އުޞޫލުންކަން (ޑޮކިއުމަންޓްސް އެގެއިންސްޓް ޕޭމަންޓް އުޞޫލުންކަން)
އެއިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަމާއި، ދަޢުވާލިބޭ ފަރާތުން އެ އިންވޮއިސްތައް ޤަބޫލުކުރުމުން އެ
އިންވޮއިސްތަކުގައިވާ ފަދައިން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ލަކުޑި ފޮނުވިކަމާއި، ފުރަތަމަ ފޮނުވި
(ޝިޕްމަންޓް އޭ) ގެ އަގުކަމުގައިވާ 52,668.54$US (ފަންސާސް ދެހާސް ހަސަތޭކަ ފަސްދޮޅަސް އަށެއް
ޕޮއިންޓް ފަހެއް ހަތަރެއް ޔޫ.އެސް ޑޮލަރު) ގެ ތެރެއިން 30,856.32$US(ތިރީސްހާސް އަށްސަތޭކަ
ފަންސާސް ހައެއް ޕޮއިންޓް ތިނެއް ދޭއް ޔޫ.އެސް ޑޮލަރު) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް
ދީފައިވާކަމަށާއި، ބާކީއޮތް 21,812.23$US (އެކާވީސްހާސް އަށްސަތޭކަ ބާރަ ޕޮއިންޓް ދޭއް ތިނެއް ޔޫ.އެސް
ޑޮލަރު) ދީފައިނުވާތީ އެފައިސާ ދެއްކުމަށް ދަޢުވާލިބޭ ފަރާތަށް އަންގާފައިވާކަމާއި، ފަހުން މިބުނި ފައިސާއާއި،
ކުރިން ބަޔާންވެދިޔަ އުޞޫލުގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވި ލަކުޑި ޝިޕްމަންޓް
ގެ އަގަށް ދައްކަންޖެހޭ ފައިސާއާއެކު ޖުމްލަ 980,333.41$US (ނުވަލައްކަ އަށްޑިހަހާސް
ތިންސަތޭކަ ތިރީސްތިނެއް ޕޮއިންޓް ހަތަރެއް އެކެއް ޔޫ.އެސް ޑޮލަރު) އާއި، އިންވޮއިސްގައި ބަޔާންކޮށްފައިވާ
ފަދައިން މިފައިސާ ދައްކައި ޚަލާޞްކުރަންދެން %12 ޖޫރިމަނާ އަށްވާ ފައިސާ ހޯދައިދިނުމަށް ދަޢުވާކުރާ
ފަރާތުން މިދަޢުވާގައި އެދިފައިވުމާއި،
04
ބީ އާއި
ދަޢުވާގައި ބުނެފައިވާ މުޢާމަލާތުގައި ދެފަރާތްދެމެދު ލިޔެވިފައިވާ އެއްބަސްވުމެއް
ސްވުމެއް ނެތްނަމަވެސް،
ދަޢުވާލިބޭ ފަރާތުގެ އެދުމުގެ މަތީން ދަޢުވާކުރާ ފަރާތުން މުދާ ފޮނުވުމުން ދަޢުވާލިބޭ ފަރާތުން މުދާ ބަލައިގަނެ
މުދަލުގެ އަގުގެ ބައެއް ދައްކާފައިވާތީ، ދެފަރާތް ދެމެދުގައި އެއްބަސްވުމެއް
ބެވުމެއް އުފެދިފައިވާކަން އެނގެން އޮތުމާއި،
ދަޢުވާލިބޭ ފަރާތުން މުދަލުގެ އަގުގެ ބައެއް ދެއްކުމުން އަގު ދެއްކުމަށް ދަޢުވާކުރާ ފަރާތުން ހުށައެޅިގޮތް
ދަޢުވާލިބޭ ފަރާތުން، ޤަބޫލުކުރީކަމަށް ބަލަންޖެހޭތީއާއި،
249.
ދެފަރާތް ދެމެދުގައި މިމުޢާމަލާތްކުރެވުނީ ފައިސާ ދެއްކުމުން މުދާ ޙަވާލުވާ ލިޔުން ދޫކުރާ އުޞޫލުން
ކަމަށްވާއިރު، ދަޢުވާލިބޭ ފަރާތުން ފައިސާ ނުދައްކައިގެން މުދަލުގެ ބައެއް ކަސްޓަމުން ހޯދުމަށް ބޭނުންވާ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/169
ލިޔުން ދޫނުކޮށް ދަޢުވާކުރާ ފަރާތުން ހިފެހެއްޓިކަމާއި، އޭގެފަހުންވެސް ދަޢުވާލިބޭ ފަރާތުން ބޭނުންވާ ފައިސާ
ނުދެއްކުމުން އެލިޔުންތައް ދޫކުރުމުންވެސް ދަޢުވާލިބޭ ފަރާތުން ފައިސާ ދައްކާފައި ނުވާކަމާއި، ދަޢުވާކުރާ
ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވި މުދަލުގެ ބައެއް ދަޢުވާލިބޭ ފަރާތަށް ކަސްޓަމުން ނެރެވިފައި ނުވަނީ
ނުވަތަ ނެރުން ލަސްވެފައިވަނީ ޢަމަލުކުރަން އެއްބަސްވިގޮތަށް ދަޢުވާލިބޭ ފަރާތުން ޢަމަލުނުކުރުމުން ކަމަށްވާތީ،
ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވާފައިވާ މުދަލުގެ އަގު ދަޢުވާކުރާ ފަރާތަށް ލިބުން ޙައްޤުކަމަށް
ޝަރީޢަތަށް ބުރަވެވުނު ހިނދު،
ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވާފައިވާ މުދަލުގެ އަގުގެ ތެރެއިން ދަޢުވާކުރާ ފަރާތަށް
ލިބިފައިނުވާ 980,333.41$US (ނުވަލައްކަ އަށްޑިހަހާސް ތިންސަތޭކަ ތިރީސްތިނެއް ޕޮއިންޓް ހަތަރެއް
އެކެއް ޔޫ.އެސް.ޑޮލަރު) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި،
މިފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށްޓަކައި، މިއަދުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި
ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ ވަރަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް
ދަޢުވާލިބޭ ފަރާތަށް އަންގައި، ދަޢުވާގައި ބަޔާންވެގެންވާ ޖޫރިމަނާދެއްކުމަކީ މުޢާމަލާތް ފެށުމުގެ ކުރިން
ދެފަރާތުން އެއްބަސްވެފައިވާ ކަމަކަށްނުވާތީ، އެފައިސާ ނަގައިދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅައި
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
8
8
83
02- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/105 ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/105 ޤަޟިއްޔާގައި ޤާނޫނު
ނަންބަރު 4/91، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި ބުނާ ފަދަ އެއްބަސްވުމެއް ދެފަރާތުގެ ދެމެދުގައި
އޮތްކަން ފާހަގަކުރައްވާއިރު، މައްސަލަ ނިންމުމުގައި ދަޢުވާލިބޭ ފަރާތުން ކަނޑައެޅިގެން އެއްބަސްވުމާއި
ޚިލާފުވެފައިވާއިރު އެކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013HC-A/169
(ށ) ދެވަނަ ނުކުތާއަކީ، މިއެއްބަސްވުން ބިނާވެފައިވަނީ ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ
އެކުވެރިކަމާއި އިތުބާރެއްގެ މައްޗަށް ކަމަށްވާއިރު، ގިނަގުނަ މުޢާމަލާތްތަކެއް ކުރެވިފައިވަނީ އަނގަބަހުން
ފޯނުން ކަމަށްވާއިރު، ދަޢުވާލިބޭ ފަރާތުން މުދާ ވިއްކުމަށްފަހުގައި ފައިސާ ދެއްކުމަށް އެއްބަސްވެ އަނގަބަހުން
ވީ އިޤުރާރަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
I
(ނ) ތިންވަނަ ނުކުތާއަކީ، އެއްބަސްވުމަކީ "މުދާ ވިއްކުމުގެ އެއްބަސްވުމަކަށްވެފައި" މުދާ، މުދާ
ގަންނަ ފަރާތަށް އެއްވެސް އިރެއްގައި ލިބިފައި ނެތްއިރު، މިވާޤިޢާއަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ދ) ހަތަރުވަނަކަމަކީ، ސިވިލްކޯޓުގެ ނަންބަރު 2012/Cv
-
C/105 ޤަޟިއްޔާގައި، ދަޢުވާކުރާ
ފަރާތުން ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅުވާފައިވާ ފައިސާގެ ޢަދަދާއި، ބިލްތަކުގެ ޖުމްލައާއި ދިމާނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/105 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އިނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
.
8 0 4 6 8
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/105
ޤަޟިއްޔާއާއި ގުޅިގެން އެކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން، މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ
ސިންގަޕޯރގެ ކުންފުންޏެއް ކަމަށްވާ އަލްމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް އިން
އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލްކޯޓުގައި އުފުލި ދަޢުވާއަކީ،
މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ލަކުޑި ސަޕްލައި ކޮށްދިނުމުގެ މުޢާމަލާތަކާއި ގުޅިގެން އަތަމާ
އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑުން އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް
ލިބެންޖެހޭކަމަށް ބުނާ 980,333.41$US (ނުވަލައްކަ އަށްޑިހަހާސް ތިންސަތޭކަ ތިރީސްތިނެއް ޕޮއިންޓް
އެކެއް ޔޫ.އެސް ޑޮލަރު) އާއި، މިފައިސާ ދައްކާ ޚަލާޞްކުރަންދެން %12 ޖޫރިމަނާ އަށްވާ ފައިސާގެ ފައި
UcOc
މ އ ވ 4
ހުރެއެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
މާލީ،
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/169
އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަމާއި،
މިދަޢުވާއަށް ޖަވާބުދާރީވަމުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ އެފަރާތުން
މިދަޢުވާއަށް އިންކާރުކުރާކަމަށާއި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިދަޢުވާއަށް އިންކާރުކުރަނީ
މިދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތަށް އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް
ލިމިޓެޑް ޢަމަލުކޮށްފައިނުވާތީ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުނުކުރުމުން ލިބޭ ގެއްލުމެއްގެ ޒިންމާ އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އުފުލަން ނުޖެހޭތީކަމަށް ބުނެ ހަމައެކަނި އެސަބަބުގެ މައްޗަށްކަން
މިމައްސަލައިގައި ޖަވާބުދާރީވަމުން އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓަށް
ހުށަހެޅި ދަޢުވާގެ ޖަވާބުފޯމަށް ބެލުމުން އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ، އިޝާރާތްކުރެވުނު ލަކުޑި ސަޕްލައިކުރުމުގެ މުޢާމަލާތް އަތަމާ އިންވެސްޓްމަންޓްސް
ޕްރައިވެޓް ލިމިޓެޑާއި އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑާއި ދެމެދު
ކުރެވިފައިވަނީ މިދެފަރާތުގެ ދެމެދުގައި މިމުޢާމަލާތް ހިންގާނޭ ގޮތަކާއި މެދު އެއްބަސްވުމެއްގެ ސިފައިގައި
ވަކިން އެއްބަސްވުމެއް ލިޔެ އެކުލަވާލެވިގެންކަން އެނގެންނެތްކަމާއި، އެހެންނަމަވެސް މިދެފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ދެއްކިވާހަކަތަކުންނާއި ހުށަހެޅުނު ލިޔުންތަކަށް ބެލުމުން މިމުޢާމަލާތް ކުރެވިފައިވަނީ، އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެދުނު އެދުމަކާއި ގުޅިގެން އަލް-މޯމިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލަކުޑި
ސަޕްލައިކޮށްދިނުމާއިގުޅޭ ޕްރޮފޯމް އިންވޮއިސްތަކެއް ފޮނުވުމުން، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން އެއިންވޮއިސްތައް ޤަބޫލުކުރުމުން، އެއިންވޮއިސްތަކުގައިވާ ފަދައިން އަލްމޯމިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލަކުޑީގެ
ޝިޕްމަންޓްތަކެއް ސިންގަޕޫރުން މާލެއަށް ފޮނުވުންކަމާއި، މިގޮތަށް ފޮނުވޭ ލަކުޑި ޝިޕްމަންޓްތަކުގެ އަގު
އަދާކުރާނޭ ގޮތް މިޕްރޮލޮމާ އިންވޮއިސްތަކުގައިވާކަމާއި، މިގޮތުން މިލަކުޑި ޝިޕްމަންޓްތަކުގެ އަގުއަދާކުރާނޭ
ގޮތަކީ ފައިސާ ދެއްކުމުން މުދާ ޙަވާލުވާ ލިޔުން ދޫކުރުމުގެ އުސޫލު (document against payment
ގެ އުސޫލު) ކަން މިއިންވޮއިސްތަކަށް ބެލުމުން އެނގެން އޮންނައިރު، މިއުސޫލުން މިދެފަރާތުގެ ދެމެދުގައި
މިމުޢާމަލާތް ކުރެވި މިގޮތުގެ މަތީން ފޮނުވި ލަކުޑި ޝިޕްމަންޓްގެ ތެރެއިން އެއް ޝިޕްމަންޓްގެ ބަޔަކަށް
ބަޔާންކުރެވުނު އުސޫލުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަގުއަދާކޮށް އެމުދައު މާލެ
ގެނައުމުން އެމުދާ ކްލިއަރ ކޮށްފައިވާކަން އެނގެން އޮތްއިރު މިކަންކަމާއި މެދު މިމައްސަލައިގައި ހިމެނޭ
ދެމެދުގައި ޚިލާފުވުމެއް ނުވާކަން އެނގެން އޮންނަކަމެވެ.
ދެފަރާތުގެ
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިންގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/169
OCOCOOX
ހުށަހެޅުމެއެޑަ
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 4/91 ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނަށް ބެލުމުން
ދެފަރާތުގެ ދެމެދުގައިވެވޭ އެއްބަސްވުން ވަކިގޮތަކަށް އޮތުން ލާޒިމް ނޫންކަން އެނގޭކަމާއި، އެޤާނޫނުގެ 5 ވަނަ
މާއްދާގައި ބުނާފަދައިން، އެޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން އެކަކު އަނެކަކަށް ހުށަހަޅާ
ހުށަހެޅުން ރައްދުވާ ފަރާތަކުން ޤަބޫލުކުރުމުން އެދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދުނީ
ކަމުގައި ބެލެވޭނެކަމާއި، މިމައްސަލައިގައި ޙަވާލާދެވޭ މުޢާމަލާތް ކުރުމާއި ގުޅޭ ގޮތުން މިދެފަރާތްދެމެދު
ލިޔެވިފައިވާ ވަކި ޚާއްސަ އެއްބަސްވުމެއް ނެތްނަމަވެސް، މިދެފަރާތުގެ ދެމެދުގައި ޢަމަލުތައް ބަހައްޓާފައިވާ
ގޮތުން މިދެފަރާތުގެ ދެމެދުގައި މިމުޢާމަލާތްކުރުމަށް ވަކި ޚާއްސަ އުސޫލަކަށް އެއްބަސްވެފައިވާކަމުގައި ބެލެވެން
އޮންނަކަމާއި، އެގޮތުން މިމުޢާމަލާތް ކުރުމަށްފަހު އަގު އަދާކުރުމަށް މިދެފަރާތުންމެ އެއްބަސްވެފައިވަނީ
އިޝާރާތްކުރެވުނު (document against payment ގެ އުސޫލަށްކަން އެނގެން އޮތްއިރު، މިއުސޫލާއި
މިމުޢާމަލާތް ހިންގުމުގެ މަފްހޫމަކީ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެދޭ އެދުމެއްގެ
އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން ލަކުޑި
ޝިޕްމަންޓްތަކެއް ފޮނުވުމަށްފަހު މިމުޢާމަލާތާއި ގުޅޭ ލިޔުންތައް އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ)
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ ބޭންކްގެ ތެރެއިން އަތަމާ އިންވެސްޓްސްމަންޓް
ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓެއް އޮންނަ ބޭންކަކަށް ފޮނުވުންކަމާއި، މިގޮތުގެ މަތިން ފޮނުވޭ ލަކުޑި
ޝިޕްމަންޓްތައް މާލޭ ބަނދަރަށް އައުމުން އެމުދައުތައް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން
ކްލިއަރ ކޮށް އެމުދާ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިގަނެވޭނީ މިމުދައު މާލެ، ޕޯރޓަށް
މުދައު ލިބިގަތުމަށްޓަކައި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ބޭންކަށް މުދަލުގެ އަގު
ބޭންކުން މިމުޢާމަލާތާއި ގުޅޭ ލިޔުންތައް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް
ދޫކުރުމަށްފަހުގައިކަން މިމައްސަލައާއި އެކު ހުށަހެޅުނު ލިޔެކިޔުންތަކުންނާއި ދައްކާފައިވާ ވާހަކަތަކުން އެނގެން
އެއްގޮތަށް
މައްޗަށް
2x
ބިނާކޮށް
އއ9ތ
ދު29ނޑު
އނަނ0ފ.
އދ$ &
(ރ) ހަތަރުވަނަކަމަކީ، މިމައްސަލައާއިއެކު އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލިއިރު، އަލް-މޯމިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން
ނަންބަރު
011
/
08/ALM
/
ATHAMA ޕްރޮފޯމަރ އިންވޮއިސްއާއި، 01 ޖުލައި 2008 ގައި ނަންބަރު
032
/
08/ALM
/
ATHAMA ޕްރޮފޯމަރ އިންވޮއިސް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް
18
2008
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9، ދިވެހިނެޓްގެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013HC-A/169
ބަލައިގަނެ އެއިންވޮއިސްތައް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ޤަބޫލުކޮށް އެއިންވޮއިސްތަކުގައިވާ
confirmed by buyer މިހެން އޮންނަ ތަނުގައި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސޮއިކޮށް އެކުންފުނީގެ ތައްގަޑުޖަހާފައިވާކަން އެނގެން އޮންނައިރު މިލިޔުމާއި މެދު އަތަމާ އިންވެސްޓްމަން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިނުވާ ކަމާއި، މިޕްރޮފޯމާ އިންވޮއިސްތަކަށް ބެލުމުން
މިއިންވޮއިސްތަކުގައި ފޮނުވޭ މުދަލަށް ފައިސާ ދެއްކުމަށް ހަމަ ޖެހިފައިވާ އުސޫލާއި، އަތަމާ އިންވެ.
އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑުން ލިބިގަތުމަށް އެދޭ ލަކުޑީގެ ބާވަތާއި ޢަދަދު ބަޔާންކުރެވިގެންވާކަމާއި، މިގޮތުން މިޕްރޮފޯމާ
އިންވޮއިސްތަކުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ތަފާތު އެކި ޝިޕްމަންޓްތަކުގައި އަލް-މޯމިން
އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން ލަކުޑި ފޮނުވިކަމަށާއި، މިގޮތުން ފޮނުވުނު ޝިޕްމަންޓް
A އަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ބޭންކަށް ފައިސާ ދައްކާ، ޑޮކިއުމެންޓް
ލިބިގަތުމަށްފަހު މުދާ ކްލިއަރ ކޮށްފައިވާކަމަށާއި މިގޮތުން ފުރަތަމަ ޝިޕްމަންޓްގައި ސަޕްލައިކުރި ލަކުޑީގެ
އަގަށްވާ 52,668.54 (ފަންސާސްދެހާސް ހަސަތޭކަފަސްދޮޅަސްއެއްޑޮލަރު ފަންސާސް ހަތަރުސެންޓް) ގެ
ތެރެއިން 30,856.32 (ތިރީސްހާސް އައްސަތޭކަފަންސާސްހަ ޑޮލަރު. ތިރީސް ދެސެންޓް) ދައްކާފައިވީ
ނަމަވެސް ބާކީއޮތް 21,812.23 (އެކާވީސްހާސް އަށްސަތޭކަބާރަ ޑޮލަރު ތޭވީސް ސެންޓް) މިފައިސާ އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިނުވާކަމަށާއި، މީގެ އިތުރުން ކުރިން ބުނެވިދިޔަ އުސޫލުގެ
ދަށުން ފޮނުވުނު އިތުރު ލަކުޑީގެ ޝިޕްމަންޓްތަކުގެ އަގަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިނުވާކަމަށް އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ)
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށް އެކަމާއި ގުޅޭ ލިޔުންތައް ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު،
މިޝިޕްމަންޓްތައް އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން ބުނާފަދައިން
ފޮނުވާފައިނުވާކަމަށް ބުނެ އެކަމުގެ މައްޗަށް އެއްވެސް އިންކާރެއް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން ސިވިލް ކޯޓުގައި ކޮށްފައިނުވާކަމާއި، އަދި އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް
ލިމިޓެޑުން މިޝިޕްމަންޓްގެ އަގުގެ ގޮތުގައި ހުށަހަޅާފައިވާ ޢަދަދު އެފަރާތަށް ރައްދުކުރިކަން އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ކަމެއް ދަށުކޯޓުގައި
ފާހަގަކޮށްފައިނުވާއިރު، މިމުދަލުގެ އަގުގެ ގޮތުގައި އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް
ލިމިޓެޑުން ހުށަހަޅާ އަގަކީ އެއްބަސްވެފައިވާ އަގަށްވުރެ ބޮޑު އަދަދެއްކަމަށްބުނެ މިޝިޕްމަންޓްތަކުގައި ފޮނުވުނު
މުދަލުގެ އަގުގެ ގޮތުގައި އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން ބުނާ އަގާއި
މެދުވެސް އެއްވެސް އިންކާރެއް ކޮށްފައިނުވާކަން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
މިމައްސަލައާއި ގުޅިގެންސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމެވެ.
CC et
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/169
UCOX >
(ރ) ފަސްވަނަކަމަކީ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ބޭނުންވާ ލަކުޑި
ސަޕްލައިކޮށްދިނުމާއި ގުޅޭ ގޮތުންނާއި އެމުޢާމަލާތަށް ފައިސާ ދައްކާނެ ގޮތަކާއި މެދު އަލް-މޯމިން
އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑާއި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
މުދަލުގެ އަގު އަދާކުރުމާއި މެދު ވަކި އުސޫލުތަކަކަށް ކުރިން އެއްބަސްވެވި މިއުސޫލަކީ ފައިސާ ދެއްކުމުން މުދާ
ޙަވާލުވާ ލިޔުން ދޫކުރުމުގެ އުސޫލުކަން އެނގެން އޮތްއިރު، މުދަލުގެ އަގު ދެއްކުމަށް އެއްބަސްވެފައިވާ
މިއުސޫލު ފިޔަވައި އެހެން އުސޫލަކުން މިމުދަލުގެ އަގު ދެއްކުމާއި ގުޅޭ ގޮތުން މިދެފަރާތުން ފަހުން އެއްބަސްވި
ކަން ސާބިތުކޮށްދެވޭ ފަދަ ހަރުދަނާ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ވިޔަސް އަތަމާ އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާކަން އެނގެންނެތުމުގެ އިތުރަށް މިމައްސަލައިގައި
ޙަވާލާދީފައިވާ ލަކުޑީގެ މިޝިޕްމަންޓްތައް އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުގެ
ދަޢުވާގައި ބުނާފަދައިން އެފަރާތުން ފޮނުވާފައިނުވާކަމަށް ބުނެ އެކަމުގެ މައްޗަށް ވެސް އެއްވެސް އިންކާރެއް
އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާކަން އެނގެންނެތްކަމާއި އަތަމާ އިންވެސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިދަޢުވާއަށް އިންކާރު ކުރަނީ މިދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތަށް
އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް ޢަމަލުކޮށްފައިނުވާތީ އެއްބަސްވުމާއި
ޢަމަލުނުކުރުމުން ލިބޭ ގެއްލުމެއްގެ ޒިންމާ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް އުފުލަން
ނުޖެހޭތީކަމަށް ބުނެ
މައްޗަށްކަން އެނގޭއިރު އެއްބަސްވުމާއި ޚިލާފަށް އަލް-މޯމިން
އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވެސް ޢަމަލެއް ކޮށްފައިވާ ކަން
ޝަރީޢަތަށް ސާބިތުކޮށް
ތިކޮށްދެވޭ ފަދަ ހެކި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް
ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި އެހެންނަމަވެސް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަލް
މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން ފޮނުވި މުދާ ކަސްޓަމުން ކްލިއަރ ކުރެވިފައި
ނުވަނީ ނުވަތަ އެމުދައު ނެރުން ލަސްވެފައިވަނީ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވި
ގޮތަށް މުދަލުގެ އަގު އަދާނުކޮށް އެއްބަސްވުމާއި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން
ޚިލާފުވެފައިވުމުން ކަމުގައި ޝަރީޢަތަށް
ޤުބލިވެ
8ޑ 8
0
مع سرع
.ރ9ކމެވެ.
އެއްގޮތަށް
އެސަބަބުގެ
u COX
(ބ) ހަވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/105 ޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އެޤަޟިއްޔާގައި އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ
ފައިސާކަމަށް ކަނޑައަޅުއްވާފައިވާ ފައިސާގެ އަދަދާއި، ބިލްތަކުގެ ޖުމްލަ އަދަދާއި ދިމާނުވާކަމަށް ބުނެ އަޒީމާއްޖޭ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2013/HC-A/169
20
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް
ނުކުތާގެ މައްޗަށް ބެލިއިރު، މިމައްސަލައާއިއެކު ސިވިލް ކޯޓަށް ހުށަހެޅުނު ލިޔުންތަކަށާއި، މިމައްސަލައިގައި
އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
ފޯމަށް ބެލުމުން، މިމައްސަލައިގައި އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން
ހޯދުމަށް އެދި ދަޢުވާކުރި ފައިސާގެ ޖުމްލަ ޢަދަދަކީ 980,333.41$US (ނުވަލައްކަ އަށްޑިހަހާސް
ތިންސަތޭކަ ތިރީސްތިނެއް ޕޮއިންޓް ހަތަރެއް އެކެއް ޔޫ.އެސް ޑޮލަރު) ކަމުގައިވީ ނަމަވެސް އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ މުދަލުގެ ޖުމްލަ އަގުގެ ގޮތުގައި މިމައްސަލަގައި ހުށަހެޅުނު ލިޔުންތަކުން
ފެންނަން އޮތީ އެކުޖުމްލަ 550,749.10 (ފަސްލައްކަ ފަންސާސްހާސް ހަތްސަތޭކަ ސާޅީސްނުވައެއް
ޕޮއިންޓް އެކެއް ސުމެއް) ޔޫ.އެސް ޑޮލަރުކަމާއި، މިފައިސާގެ އިތުރަށް އަލް-މޯމިން އިންޓަރނޭޝަނަލް
ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދި ހުށަހަޅާފައިވާ ދެން ހުރި ފައިސާއަކީ އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވިގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން އަލް-މޯމިން
އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުށް ލިބުނުކަމަށް ބުނާ ގެއްލުމުގެ އަގަށްވާ ފައިސާގެ
ޢަދަދުކަން މިމައްސަލައިގައި އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 48.6
8.7، 8.8 މި ނަންބަރުތަކަށް ބެލުމުން އެނގޭކަމާއި، މިގޮތުން
މިފައިސާގެ ތެރޭގައި ހިމެނެނީ އެކްސްޗޭންޖް ރޭޓު ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގުކަމަށްބުނާ
137,687.28 (އެއްލައްކަ ތިރީސްހަތްހާސް ހަސަތޭކަ އައްޑިހަ ހަތެއް ޕޮއިންޓް ދޭއް އަށެއް)
ޔޫ.އެސް.ޑޮލަރާއި، ޕެނަލްޓީ އިންޓަރެސްޓްގެ ގޮތުގައި ބޭންކަށް ދައްކަން ޖެހުނުކަމަށް ބުނާ 44.059.93
(ސާޅީސްހަތަރުހާސް ފަންސާސްނުވައެއް ޕޮއިންޓް ނުވައެއްތިނެއް) ޔޫ.އެސް ޑޮލަރާއި، ފަންޑް ނެތުމުގެ
ސަބަބުން، ވިޔަފާރީގެ ފުރުސަތު ނުލިބުމުގެ އަގަށްވާކަމަށް ބުނާ 247,837.10 (ދެލައްކަ
ސާޅީސްހަތްހާސް އައްސަތޭކަ ތިރީސްހަތެއް ޕޮއިންޓް އެކެއް ސުމެއް) ކަމަށް އަލް-މޯމިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާކަމާއި، އެހެންނަމަވެސް މިމައްސަލައިގައި ސިވިލް ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބެލުމުން އަދި އެޙުކުމަށް ވާސިލުވުމަށް ބިނާކުރި ސަބަބުތަކަށް ބެލުމުން އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާނުދެއްކުމުގެ ސަބަބުން އަލް-މޯމިން
އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް ލިބުނުކަމަށް ބުނާ ގެއްލުންތަކާއި ގުޅޭގޮތުން އަދި
މިގެއްލުންތަކުގެ ބަދަލާއި ގުޅޭގޮތުން އެއްވެސް ކަމެއް ސިވިލް ކޯޓުގެ ޙުކުމުގައި ފާހަގަކުރައްވާފައިވާކަން
އެނގެން ނެތްއިރު، އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް ލިބުނުކަމަށް ބުރާއްޖޭގެ
COC
4
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
11
2013HC-A/169
13
މިގެއްލުންތައް އެފަރާތަށް ލިބުނުކަން އަދި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެފަރާތުން ބުނާ އެއަދަދަށް ފައިސާ
ލިބެންޖެހޭކަން ސާބިތުކުރުމުގެ ގޮތުން އެއްވެސް ހެއްކެއް އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ)
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާކަން އެނގެންނެތްކަމާއި، އަދި މިފަދަ އެއްވެސް ހެއްކެއް
ހުށަހަޅާފައިނުވާނޭކަމަށް އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު، ގެއްލުމުގެ ބަދަލެއްގެ ގޮތުން އަލް-މޯމިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން ލިބިގަތުމަށް އެދުނު އެމިންވަރަކީ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ
ފައިސާއެއްކަމުގައި ކަނޑައަޅައިފައިވަނީ، ކޮންއަސާސެއްގެ މައްޗަށް ބިނާކޮށްގެންކަ
ކޮށްގެންކަންވެސް ސިވިލް ކޯޓުން
މިމައްސަލަ ނިންމެވުމުގައި ފާހަގަކުރެއްވި ކަންކަމަށް ބެލުމުން އެނގެންނެތްކަމާއި، މިހެންކަމުން މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ މިމައްސަލައިގައި އިޝާރާތްކުރެވޭ މުޢާމަލާތާއި ގުޅިގެން
އަތަމަ އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑުން އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ)
ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުންތައްކަމަށްބުނާ އެކްސްޗޭންޖް ރޭޓު ނުލިބުމުގެ ސަބަބުން ލިބުނު
ގެއްލުމާއި، ޕެނަލްޓީ އިންޓަރެސްޓްގެ ގޮތުގައި ބޭންކަށް ދައްކަން ޖެހުނުކަމަށް ބުނާ ފައިސާއާއި، ފަންޑު
ނެތުމުގެ ސަބަބުން، ވިޔަފާރީގެ ފުރުސަތު ނުލިބުމުގެ އަގަށްވާކަމަށް ބުނާ ފައިސާއަކީ އަލް-މޯމިން
އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން
ކަނޑައެޅޭނީ މިގެއްލުންތައް ޙަޤީޤަތުގައިވެސް އެކުންފުންޏަށް ލިބިފައިވޭތޯއާއި އަދި އެކުންފުނީގެ ފަރާތުން
ހުށަހަޅާ ގެއްލުމުގެ އެބަދަލަކީ އެފަރާތަށް ނަގައިދޭންޖެހޭ ބަދަލުގެ މިންވަރުތޯ ހުށަހެޅޭ ހެކިތަކުގެ އަލީގައި
ބެލުމަށްފަހު، މި އެންމެހައި
ކަންކަމުގެ މައްޗަށް
ރިޢާޔަތްކުރުމަށް ފަހުގައިކަން އެނގޭކަމެވެ.
އ ހ އ ވ މ ގތ
ވީމާ، އިސްވެ ދިޔަ ސަބަބުތައް މިގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
65798-C) ގެ އެދުމުގެ މަތީން ސިންގަޕޯރގެ ކުންފުންޏެއް ކަމަށްވާ އަލް-މޯމިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލަކުޑި
ސަޕްލައިކޮށްދިނުމުގެ މުޢާމަލާތާއި ގުޅިގެން މިލަކުޑި ޝިޕްމަންޓްތަކުގެ އަގުގެ ގޮތުގައި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުވާ 550,749.10 (ފަސްލައްކަ ފަންސާސްހާސް ހަތްސަތޭކަ
ސާޅީސްނުވައެއް ޕޮއިންޓް އެކެއް ސުމެއް) ޔޫ.އެސް ޑޮލަރަކީ އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓްއްޖޭގެ
8
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/169
ލިމިޓެޑުން އަލް-މޯމިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް
ސާބިތުވާކަމާއި، ނަމަވެސް މިފައިސާ ނުދެއްކުމުގެ ސަބަބުން އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ)
ޕްރައިވެޓް ލިމިޓެޑަށް ލިބުނުކަމަށް މިމައްސަލައިގައި ބުނާ ގެއްލުންތަކުގެ ބަދަލަކީ ނަގައިދެވިދާނެ
ބަދަލެއްތޯއާއި މިބަދަލު ނަގައިދިނުމުގެކުރިން ޙަޤީޤަތުގައިވެސް މިގެއްލުންތައް އަލް-މޯފިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް ލިބުނުތޯއާއި، އަދި އެގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އަލް-މޯމިން
އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ފައިސާގެ ޢަދަދަކީ އެފަރާތަށް ލިބުނު
ގެއްލުމުގެ ބަދަލުގެ މިންވަރުކަން ހުށަހެޅޭ ހެކިތަކުގެ އަލީގައި ކަށަވަރުކުރެވެން ޖެހޭނެކަމަށް
ޤަބޫލުކުރެވޭކަމެވެ.
cc ecc >>
ޙުކުމް
Occ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/105 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އަތަމާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާއި ހުށަހެޅި ލިޔުންތަކާއި ދެފަރާތުން
ދެއްކި ވާހަކަތަކުގެ މައްޗަށް ބެލިއިރު، އެޤަޟިއްޔާގައި އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ)
ޕްރައިވެޓް ލިމިޓެޑުން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ މުދަލުގެ އަގުގެ ތެރެއިން
އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް ލިބިފައިނުވާކަމަށް ބުނާ
US
$
980,333.41 (ނުވަލައްކަ އަށްޑިހަހާސް ތިންސަތޭކަ ތިރީސްތިނެއް ޕޮއިންޓް ހަތަރެއް އެކެއް
ޔޫ.އެސް.ޑޮލަރު) އަކީ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އަލް-މޯމިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމާއި
އެކު، އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތީން އަލް-މޯމިން އިންޓަރނޭޝަނަލް
(ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލަކުޑި
ސަޕްލައިކޮށްދިނުމުގެ މުޢާމަލާތާއި ގުޅިގެން މިލަކުޑި ޝިޕްމަންޓްތަކުގެ އަގުގެ ގޮތުގައި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުވާ 550,749.10 (ފަސްލައްކަ ފަންސާސްހާސް ހަތްސަތޭކަ
ސާޅީސްނުވައެއް ޕޮއިންޓް އެކެއް ސުމެއް) ޔޫ.އެސް ޑޮލަރަކީ އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން
އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް
ސާބިތުވާކަމަށް ކަނޑައަޅައި މިފައިސާ އަދާކުރުމުގެ ގޮތުން މިއަދުން (07 އެޕްރީލް 2014) ފެށިގެން 03
(ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ ވަރަށްވުރެ މަދުނޫން ޢަދަދެއްގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9 ދިވެހިވެއްގެ
13
2013/HC-A/169
ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި އެގޮތުގެ
މަތިން ޙުކުމްކޮށް، މިމައްސަލައިގައި ފާހަގަކޮށްފައިވާ އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް
ލިމިޓެޑަށް ލިބުނުކަމަށް ބުނާ ގެއްލުންތަކުގެ ބަދަލާއި ގުޅޭ މައްސަލަ ސިވިލް ކޯޓަށް އެކުންފުނީގެ ފަރާތުން
ހުށަހަޅައިފިނަމަ، އެގެއްލުންތަކުގެ ބަދަލަކީ ނަގައިދެވިދާނެ ބަދަލެއްތޯއާއި މިބަދަލުނަގައިދިނުމުގެ ކުރިން
ޙަޤީޤަތުގައިވެސް މިގެއްލުންތައް އަލްމޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑަށް
ލިބުނުތޯއާއި، އަދި އެގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އަލް-މޯމިން އިންޓަރނޭޝަނަލް (ސިންގަޕޯރ) ޕްރައިވެޓް
ލިމިޓެޑުން ހުށަހަޅާފައިވާ ފައިސާގެ ޢަދަދަކީ އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ މިންވަރުކަން ސިވިލް
ކޯޓުން ބަލައި އެކަމާއިމެދު ގޮތެއް ނިންމަން ޖެހޭނެކަމަށް ކަނޑައަޅައި އެގޮތުގެ މަތީން މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv