ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/341 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/341
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 341/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: މާލެ ސިޓީ ކައުންސިލް
އެޑްރެސް: މާލެ ސިޓީ ހޯލް ބިއްލޫރިޖެހިގެ
ކާޑު ނަންބަރު:
* މިހާރުގެ އެޑްރެސް: މާލެ ސިޓީ ހޯލް ބިއްލޫރިޖެހިގެ
ވަކީލު:
އިބްރާހީމް ޝިޔާމް
އިޒު
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
:
ހުށަހެޅުނު ތާރީޚް: 25 ޑިސެމްބަރ 2014
ނިމުނު ތާރީޚް: 23 އެޕްރީލް 2015
އިސްތިއުނާފުކުރެވުން ކޯޓު އަމުރުގެ ނަންބަރު: 2014/1007(J(BF-145
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރު)
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ހުށަހެޅުނުތާރީޚް: 25 ނޮވެމްބަރު 2014
ނިމުނު ތާރީޚް: 25 ނޮވެމްބަރު 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯކީ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/341
ޑ 8 *ދ8 9
8
އެއެޤީތެށެނެރޭ
ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
1007/J
(
BFD-145 ކޯޓު އަމުރު (ތަންތަނާއި ތަކެތި
ބަލައި ފާސްކުރުމުގެ އަމުރު) އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު ކޮށްދިނުމަށްއެދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް އެވެ.
ހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
1007/J
(
BFD-145 ކޯޓުއަމުރު (ތަންތަނާއި ތަކެތި
ބަލައި ފާސްކުރުމުގެ އަމުރު) އަށް ބަލާއިރު، އެ ކޯޓުއަމުރަކީ، ކޮރަޕްޝަންގެ ޢަމަލު ހިންގާކަމުގެ ތުހުމަތުގައި،
މާލެ ސިޓީ ކައުންސިލްގެ އިދާރާއާއި، މައްސަލައާ ގުޅުންހުރި އެންމެހާ ތަކެތި ބަލާ ފާސްކުރުމުގެ އަމުރަކަށް
އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2014
/
37/D5
/
SWF-171 ބަލާފާސްކުރުމުގެ އަމުރު
ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމާ ގުޅިގެން، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ
މައްސަލައާ ގުޅުންހުރި ތަންތަނާއި، އެތަންތަނުގައި ހުރި ތަކެތި ބަލައި ފާސްކުރުމަށްޓަކައި، އެއަމުރު ނެރެވޭ
ވަގުތުން ފެށިގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ މުއްދަތަށް، 25 ނޮވެމްބަރު 2014 ގެ 11:45 ގައި
ކްރިމިނަލް ކޯޓުން ނެރުއްވާފައި އޮންނަ އަމުރެއްކަން އެނގެއެވެ.
32- ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
1007/(J
(
BF-145
ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ މާލެ ސިޓީ ކައުންސިލްގެ ފަރާތުން،
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާއަކީ:-
• އެ ނުކުތާއަކީ: ޖިނާއީ ތަޙްޤީޤު ހިންގާ އިދާރާއަކުން ހޯދަން ބޭނުންވާ މަޢުލޫމާތެއް ހޯދުމަށް
ކޯޓު އަމުރަކަށް އެދި ހުށަހެޅުމުން، އެހުށަހެޅުމަށްބަލާ، އެއަށް ތަންފީޛު ބާރު ދިނުމުގައި ކޯޓުތަކުން ރިޢާޔަތް
ކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
2012/SC-A/21
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/341
ކަނޑައަޅުއްވާފައިވާ ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތް ކުރެއްވުމަކާނުލައި ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
1007/(J
(
BF-145 ކޯޓު އަމުރަށާއި އެ އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މާލެ ސިޓީ ކައުންސިލް ފަރާތުން،
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާއަށާއި އެނުކުތާއް ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/HC
-
A/2012 ޤަޟިއްޔާއަށް ބަލާއިރު،
އެޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ،
ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ މިނިވަން މުއައްސަސާތަކުން ޢަމަލުކުރަންޖެހޭ އުޞޫލުތަކެއްކަމާއި،
އެހެންކަމުން އެޤަޟިއްޔާގައި އެކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ތަޠުބީޤްކުރެވޭނޭ އުޞޫލުތަކެއް ކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރަމުންގެންދާ ތަޙްޤީޤުތަކާ ގުޅިގެން ތަންތަނާއި
ތަކެތި ބަލައި ފާސްކުރުމަށް ބޭނުންވާ ކޯޓުއަމުރު ހޯދުމަށް ކަމާބެހޭ ކޯޓަށް ހުށަހެޅުމަކީ މޯލްޑިވްސް ޕޮލިސް
ސަރވިސް އަށް ލިބިގެންވާ ބާރެއްކަން، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ
މާއްދާގެ (ނ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެކުލަވާލައި، ޢަމަލުކުރަމުން ގެންދާ
"ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ ޤަވާއިދު“ގެ 8 ވަނަ
މާއްދާއަށާއި، 9 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
72/HC
-
A/2015 ޤަޟިއްޔާގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ބަލައި ފާސްކުރުމުގެ އަމުރުތަކަކީ އެފަދަ
މުރެއް ނުނެރި ލަސްވެއްޖެނަމަ ތުހުމަތުކުރެވޭ މައްސަލައިގެ ހެކި ގަރީނާ ފޮރުވައި އަދި މުޖުތަމަޢަށާއި
ހ2ޑ 8
އަމުރެއް
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/341
މައްޗަށް
86=ހ2
އއeyނ
ދ ތޑ 4ދ ދވ
سرهمی در مرام
ފަރުދުންނަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ބައްލަވައި، އެފަދަ އަމުރު ނެރުމާމެދު
ގޮތެއްކަނޑައެޅުއްވުމަށް ފަނޑިޔާރަށް، އިޖްރާއާތާ
ލަހެޅޭ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް،
ފަނޑިޔާރަށް އެފަދަ އަމުރެއް ނެރުއްވަން ފެންނަ ޙާލަތުގައި ނެރުއްވެން އޮންނަ ބާވަތުގެ
އަމުރުތަކެއްކަން އެނގެއެވެ.
(ނ) އިސްވެ ފާހަގަކުރެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ކްރިމިނަލް
ކޯޓުގެ ނަންބަރު 2014
/
1007/J
(
BF-145 ކޯޓުއަމުރު (ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ އަމުރު)
ނެރެދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޙާލަތަށާއި،
އެއަމުރަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ އެއަމުރު ކޯޓުން ނެރުއްވާފައިވަނީ، ކޮރަޕްޝަންގެ ޢަމަލު ހިންގާކަމުގެ
ތުހުމަތުގައި، މާލެ ސިޓީ ކައުންސިލްގެ އިދާރާއާއި، މައްސަލައާ ގުޅުންހުރި އެންމެހާ ތަކެތި ބަލާ ފާސްކުރުމުގެ
އަމުރަކަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2014
/
37/D5
/
SWF-171 ބަލާފާސްކުރުމުގެ
އަމުރު ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމާ ގުޅިގެންކަމާއިގެ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެ ބަޔާންކުރެވުނު ފޯމަށް ބަލާއިރު، އެސަރވިސްގެ
ފަރާތުން ތަޙްޤީޤުކުރަމުން ގެންދާ މައްސަލާގެ ބާވަތަށާއި، އެމައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ
އިދާރާއާއި މައްސަލައާ ގުޅުންހުރި އެންމެހައި ތަކެތި ބަލައި ފާސްކުރުމުގެ އަމުރަކަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން އެދިފައިވާ މައިގަނޑު ސަބަބާއި، މައްސަލައާ ގުޅިގެން އެހާތަނަށް އެސަރވިސްއަށް
ލިބިފައިވާ ހެކި ޤަރީނާތައްވެސް އެފޯމުގައި ހިމަނާފައިވާކަން އެނގޭކަމާއި، އެހެންކަމުން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން މިފަދަ އަމުރަކަށް އެދުމުގައި އެސަރވިސްގެ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖްރާއާތު
ފުރިހަމަކޮށްފައިވާކަމަށް ބަލަންޖެހޭކަމާއި؛
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، އިސްވެބަޔާންކުރެވުނު
ބަލާފާސްކުރުމުގެ އަމުރު ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް” ގައި ބަޔާންކޮށްފައިވާ ކަންކަމަށާއި، އެފޯމާއެކު
އެސަރވިސްގެ ފަރާތުން، ހެކި ޤަރީނާގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، މިނިސްޓްރީ އޮފް
ހައިސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީގެ
ނަންބަރު 171
/
2014
/
4/AHP-431 (25 ނޮވެމްބަރު 2014) ސިޓީ އަށް ބަލާއިރު، މާލޭ ސިޓީ
57ދ 32
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/341
ކައުންސިލްގައި މަސައްކަތްކުރާ ބަޔަކާމެދު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ ކޮރަޕްޝަންގެ
ޢަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން އެކައުންސިލްގެ މައްސަލައާ ގުޅުންހުރި ތަންތަނާއި ތަކެތި ބަލައި
ފާސްކުރުމުގެ އަމުރެއް ނެރޭ މިންވަރަށް ހެކި(ޤަރީނާ ލިބިފައިވާކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ
ބެލުމުގައި ބައިވެރި ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
1007/J
(
BFD-145 ކޯޓުއަމުރު (ތަންތަނާއި ތަކެތި
ބަލައި ފާސްކުރުމުގެ އަމުރު) އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ
މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް،
އެއަމުރަކީ ބާޠިލު އަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
9,
34
ހމއކ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
1007/J
(
BFD-145 ކޯޓުއަމުރު (ތަންތަނާއި ތަކެތި ބަލައި
ފާސްކުރުމުގެ އަމުރު) އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، މާލެ
ސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެއަމުރަކީ
ބާޠިލު އަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅަންޖެހޭ ފަދަ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހި2
S;
ދިވެހިއްޖެވެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ