ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/299 ޤަޟިއްޔާގެ ޙުކުމް
9
1
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/299
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:299/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޢަލީ
އައިޑީކާޑު ނަންބަރު: A130164
* ދާއިމީ އެޑްރެސް: އޯކިޑުމާގެ ! ފ.ނިލަންދޫ * މިހާރުގެ އެޑްރެސް: އޯކިޑްވިލާ ފ.ނިލަންދޫ
*
، އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް (ވެލާނާ ބިލްޑިންގ 6 ވަނަ ފަންގިފިލާ) |މާލެ
* މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް ވެލާނާ ބިލްޑިންގ 6 ވަނަ ފަންގިފިލާ) މާލެ
، ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 ސެޕްޓެމްބަރު 2013
* ނިމުނު ތާރީޚް: 29 އޮކްޓޯބަރު 2015
•އިސްތިއުނާފް ކުރެވުނު ޤާޟިއްޔާ
.ނަންބަރު: 2010/MC
/
2010
)
911
/
Cv
-
C/1876)
•ނިންމި ކޯޓު ސިވިލް ކޯޓު
•ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅި ތާރީޚް: 02 އޯގަސްޓް 2010
* ނިމުނު ތާރީޚް: 24 މާރިޗް 2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
އެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2{13/HC-A/299
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/911 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ފ.ނިލަންދޫ އޯކިޑްމާގެ، އަޙްމަދު ޢަލީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިޢުނާފު ކުރުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
29 22 294
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/911 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ފ.ނިލަންދޫ | އޯކިޑްމާގެ އަޙްމަދު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/911 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ފ. ނިލަންދޫ އޯކިޑްމާގެ، އަޙްމަދު ޢަލީ އަށް 24 އޮގަސްޓް 1978
ގައި ފ. ނިލަންދޫ މުދިމުކަމުގެ މަޤާމުލިބި، އެމަޤާމުގައި ހުއްޓާ، ފ. ނިލަންދޫ ކުޑަކަތީބުކަމަށް ބަދަލުކޮށް،
ޕެންޝަން ލިބިފައިވަނިކޮށް، އަމިއްލަ އެދުމަކަށް، އަލުން މުދިމުކަމަށް ބަދަލުކޮށް، އަހަރެއްވީތަނާ، އަޙްމަދު
ޢަލީގެ އެދުމަކާނުލާ ރަށު އޮފީހުގެ ކަތީބުކަމަށް ބަދަލުކޮށް، އެމަޤާމުގައި ހުއްޓާ އެއިރު ޢަމަލުކުރަމުން ދިޔަ
ވަޒީފާއާބެހޭ ޤަވާޢިދުގެ 41 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި، 46 ވަނަ
މާއްދާއާއި، 51 ވަނަ މާއްދާއާއި، 52 ވަނަ މާއްދާއާ ޚިލާފަށް އަދި އޭރު އަތޮޅުގައި ވެރިން ވަކިކުރުމުގައި
ގެންގުޅެފައިވާ އުޞޫލުތަކާއި ޚިލާފަށް ވަރަށް އަނިޔާވެރި ގޮތެއްގައި ވަޒީފާއިން ވަކިކޮށް، އަނިޔާދީފައިވާތީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{13/HC-A/299
}
OX-
އަޙުމަދު ޢަލީގެ ކިބައިން ވަކިކުރި ވަޒީފާއާއި، ވަޒީފާއަށް ނުނެރެވި ދިޔަ ދުވަސްތަކުގެ މުސާރައާއި، އެހެނިހެން
އިނާޔަތްތަކާއި، މިދުވަސްތަކުގައި ލިބެންޖެހޭ މަޤާމުގެ ކުރިއެރުން ލިބިދިނުމަށްއެދި ދިވެހި ދަޢުލަތް
މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް) ގެ މައްޗަށް އަޙުމަދު ޢަލީ ދަޢުވާކުރުމުން ބެލެވިފައިވާ
ޤަޟިއްޔާއެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ 24 އޮގަސްޓް 1978 ގައި ފ.ނިލަންދޫ | އޯކިޑްމާގެ،
އަޙްމަދު ޢަލީއަށް ފ.ނިލަންދޫ މުދިމުކަމުގެ މަޤާމުލިބި، އެމަޤާމުގައި ހުއްޓާ، ފ.ނިލަންދޫ ކުޑަކަތީބުކަމަށް
ބަދަލުކޮށް، ޕެންޝަން ލިބިފައިވަނިކޮށް، އަމިއްލަ އެދުމަކަށް، އަލުން މުދިމުކަމަށް ބަދަލުކޮށް، އަހަރެއްވީތަނާ
އަޙްމަދު ޢަލީގެ އެދުމަކާނުލާ ރަށު އޮފީހުގެ ކަތީބުކަމަށް ބަދަލުކޮށް، އެމަޤާމުގައި ހުއްޓާ އެއިރު
ޢަމަލުކުރަމުންއައި ވަޒީފާއާބެހޭ ޤަވާޢިދުގެ 41 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާއި،
46 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއާއި، 52 ވަނަ މާއްދާއާ ޚިލާފަށް އަދި އޭރު އަތޮޅުގައި ވެރިން
ވަކިކުރުމުގައި ގެންގުޅެފައިވާ އުޞޫލުތަކާއި ޚިލާފަށް ވަރަށް އަނިޔާވެރި ގޮތެއްގައި ވަޒީފާއިން ވަކިކޮށް،
އަނިޔާދީފައިވާތީ، އަޙްމަދު ޢަލީގެ ކިބައިން ވަކިކުރި ވަޒީފާއާއި، ވަޒީފާއަށް ނުނެރެވި ދިޔަ ދުވަސްތަކުގެ
މުސާރައާއި، އެހެނިހެން އިނާޔަތްތަކާއި، މިދުވަސްތަކުގައި ލިބެންޖެހޭ މަޤާމުގެ ކުރިއެރުން ލިބިދިނުމަށްއެދި
ދިވެހި ދަޢުލަތް (މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް) ގެ މައްޗަށް އަޙްމަދު ޢަލި ހުށަހަޅާފައިވާ
މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
އަޙްމަދު ޢަލީ ފ.ނިލަންދޫ ކަތީބުކަމުގެ މަޤާމު އަދާކުރަމުން ދަނިކޮށް އެމަޤާމުން 01 ޖޫން
2005 ވަނަ ދުވަހު ވަކިކުރެވިފައިވާކަމާއި، ފ.ނިލަންދޫ ކަތީބުކަމުގެ މަޤާމުން އަޙްމަދު ޢަލީ ވަކިކުރެވިފައިވަނީ
20 ސެޕްޓެމްބަރު 2004 ވަނަ ދުވަހު ނަސޭޙަތްދިނުމުންވެސް، އަޙްމަދު ޢަލީ އިޞްލާޙު ވެފައިނުވާތީކަމަށް
ދަޢުލަތުން ބުނެފައިވިއަސް، އަޙްމަދު ޢަލީއަށް ނަސޭޙަތްދިނުމަށްފަހު އިތުރު އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި
ވަޒީފާއިން ވަކިކުރެވޭފަދަ ޢަމަލެއް ކޮށްފައިވާކަން ދަޢުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ، އަހްމަދު ޢަލީ
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{13/HC-A/299
ہی کو کرسمي
ވަޒީފާއިން ވަކިކޮށްފައިވަނީ އޭރު ޢަމަލުކުރެވެމުންދިޔަ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު 2004
ގައިވާ އިޖުރާއަތުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި،
އިސްވެ ބަޔާންވެދިޔަ ސަބަބުތައް ގޮތަށް ހުރުމާއެކު މިއަދު 24 މާރޗް 2013 ވަނަ
ދުވަހުންފެށިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އަޙްމަދު ޢަލީއަށް ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން 03
(ތިނެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށްޓަކައި އެފައިސާ މިއަދުންފެށިގެން 02 (ދޭއް)
މަސްދުވަހުގެ ތެރޭގައި މިކޯޓަށް ދެއްކުމަށާއި، އަދި އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރެވިފައިވަނީ ޤަވާޢިދާއި
ޚިލާފަށް ކަމަށް ވާތީވެ، އަޙްމަދު ޢަލީ ކުރިން އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެއާ އެއްފަދަ ވެގެންވާ
ވަޒީފާއެއް، މަޤާމުގެ ކުރިއެރުން ހައްޤުވާނަމަ، މަޤާމުގެ ކުރިއެރުމާއެކު މިއަދުންފެށިގެން 03 (ތިނެއް) މަސް
ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ދަޢުލަތަށާއި، އަދި މިކަމުގައި ޝާމިލުވާ އެންމެހައި މުއައްސަސާތަކުގެ
މައްޗަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
-3
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/911 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ފ. ނިލަންދޫ އޯކިޑްމާގެ އަޙްމަދު ޢަލީގެ ފަރާތުން 3 (ތިނެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާއި ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:
2c2 /
(ހ) ފުރަތަމަ ނުކުތާއަކީ: ދަޢުވާގައި އަޙުމަދު ޢަލީ އެދިފައިވަނީ، އަޙްމަދު ޢަލީ ވަޒީފާއިން
ވަކިކޮށްފައިވަނީ އެއިރު (2005) ގައި ޢަމަލުކުރަމުންދިޔަ ވަޒީފާއާބެހޭ ޤަވާޢިދާއި، ވަޒީފާއިން ވަކިކުރުމަށް
ގެންގުޅިފައިވާ އުޞޫލުތަކާއި ޚިލާފަށްކަމުން، އަޙްމަދު ޢަލީގެ ކިބައިން ވަކިކުރި ވަޒީފާއާއި، ވަޒީފާއަށް
ނުނެރެވި ދިޔަ ދުވަސްތަކުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި، މިދުވަސްތަކުގައި ލިބެންޖެހޭ މަޤާމުގެ
ކުރިއެރުން ހޯދުމަށެވެ. ނަމަވެސް މައްސަލައިގެ ޙުކުމުގައި، އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ އޭރު
ދިޔަ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދު 2004 ގައިވާ އިޖުރާއާތުތަކާ ޚިލާފަށް
ތ37 4
3
2
ޖީމެތިކުރަވެމުން
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2{13/HC-A/299
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކަނޑައަޅުއްވާފައިވާއިރު، ގެއްލުމުގެ ބަދަލުގެގޮތުގައި ވަޒީފާއިން ވަކިކުރުމުގެ ތާރީޚުންފެށިގެން 03 (ތިނެއް)
މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށް ކަނޑައަޅާފައިވުމުން، 7 (ހަތެއް) އަހަރާއި 7 (ހަތެއް)
މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: މައްސަލައިގެ ޙުކުމަށް ވާޞިލުވުމުގައި، ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު)ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އިޖްރާޢާތަށް ކޯޓުން ރިޢާޔަތްކުރައްވާފައިވާއިރު،
އަޙްމަދު ޢަލީ ވަޒީފާއިން ވަކިކޮށްފައިވަނީ 2005 ޖޫން 01 ވަނަ ދުވަހުގައެވެ. ވަޒީފާއާބެހޭ ޤާނޫނު ވުޖޫދަށް
އައިސްފައިވަނީ 2008 ގައެވެ. އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން އަޙްމަދު ޢަލީ
ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭރު ވުޖޫދުގައި ނެތް ޤާނޫނެއްގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކަށް ފުރިހަމަ
ކުރުމަކީ މުސްތަޙީލު ކަމަކަށްވުމާއި، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތަކަށް ރިޢާޔަތްކުރުމުން
އަޙްމަދު ޢަލީގެ ގެއްލިފައިވާ ހައްޤުތަކަށް އުނިކަމެއް އައިސްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ތިންވަނަ ނުކުތާއަކީ: މައްސަލައިގެ ޙުކުމަށް ވާޞިލުވުމުގައި، ލާ ޝަރަރަ ވަލާ
ޝިރާ" މިފިޤްހީ ޤާއިދާއަށް ރިޢާޔަތްކޮށް، އަޙްމަދު ޢަލީއަށް ލިބިފައިވާ ގެއްލުން ކުޑަކުރުމަށްޓަކައި އަޙްމަދު
ޢަލީ އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާކަން ޝަރީޢަތަށް ބުރަވެވެން ނެތްކަމަށް ޝަރީޢަތުން
ފާހަގަކޮށްފައިވާއިރު، މައްސަލައިގެ ޙުކުމްކުރި ތާރީޚުންފެށިގެން ފާއިތުވެދިޔަ 07 (ހަތެއް) އަހަރާއި 10
(ދިހައެއް) މަސްދުވަހު، ގެއްލިފައިވާ އަޙްމަދު ޢަލީގެ ޙައްޤުތައް ހޯދުމާއި، ލިބެމުންދިޔަ ގެއްލުން ކުޑަކުރުމުގެ
ގޮތުން ތަފާތު އެތަކެއް މަސައްކަތްތަކެއް ކޮށްފައިވުމާއި، އަދި ކުރެވިފައިވާ މަސައްކަތްތަކުގެ ކިތާބީ ހެކި
ޝަރީޢަތަށް ހުށަހަޅާފައިވާއިރު، އެކަންތައްތަކުގެ މައްޗަށް ރިޢާޔަތްނުކުރައްވައި މައްސަލައިގެ ޙުކުމް
ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2{13/HC-A/299
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
04- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/911 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ފ. ނިލަންދޫ އޯކިޑްމާގެ، އަޙްމަދު ޢަލީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭގޮތުން
އަޙްމަދު ޢަލީގެ ފަރާތުންނާއި، މި އިސްތިއުނާފް ދަޢުވާ ރައްދުވާ ދައުލަތް (އެޓަރނީ ޖެނެރަލް) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C;911 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ޤަޟިއްޔާއާގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
.0 ހތ
ހ) ފުރަތަމަ ކަމަކީ: ފ. ނިލަންދޫ އޯކިޑްމާގޭ އަޙްމަދު ޢަލީ ފ. ނިލަންދޫ ކަތީބުކަމުގެ
މަޤާމުގައި ހުއްޓާ 01 ޖޫން 2005 ވަނަ ދުވަހު ވަޒީފާއިން ވަކިކުރެވިފައިވާކަމާއި އޭނާ ވަޒީފާއިން ވަކިކުރި
ސަބަބެއް ކަމުގައި ބަޔާންކޮށްފައިވަނީ "މީނާ އޮފީހުގެ މަސައްކަތްތަ ކުރައްވަމުން ގެންދަވާ ގޮތުން
މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދެމުންދާތީއާއި، ރަށުގެ ރައްޔިތުންނަށް އޮފީހުން ދެއްވަން
ޖެހިވަޑައިގަންނަވާ ޚިދުމަތްތައް ދެއްވުން ލަސްކުރެއްވުންފަދަ ކަންތައްތައް ކުރައްވަމުން ގެންދަވާތީ، އަތޮޅު
އޮފީހުން ނަސޭޙަތް ދެއްވުމުންވެސް އިސްލާޙުވެވަޑައިގެންފައިނުވާތީ، ވަޒީފާއިން ވަކިކުރުމަށް މިނިސްޓްރީ އޮފް
އެޓޯލްސް ޑިވެލޮޕްމަންޓްއިން އެދިވަޑައިގަތުމާއި ގުޅިގެން ކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު
(ށ)2005
/
16/ޑީ (02 ޖޫން 2005) ގެ ސިޓީއަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ފ. ނިލަންދޫ އޮފީހުގެ ކަތީބުކަމުގެ ވަޒީފާއިން އަޙްމަދު ޢަލީ ވަކިކުރި
ތާރީޚުކަމަށްވާ 01 ޖޫން 2005 ގައި، ޢަމަލު ކުރެވެމުން ދިޔަ ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު 20
މެއި 2004“ ގެ 37 ވަނަ މާއްދާގައި އިސްލާޙީ ފިޔަވަޅު އެޅިދާނެ ޙާލަތްތަކުގެ ތެރޭގައި،
(ހ) މަސައްކަތަށް ފަރުވާ ކުޑަކުރުމާއި،
(ށ) ހާޒިރީއަށް ފަރުވާކުޑަކުރުމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
1
2013/HC-A/299
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20
(ނ) ވަޒީފާ އަދާ ކުރުމުގައި ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާއި ޚިލާފުވުމާއި، މުވައްޒަފުން
ހުރުމަތްތެރިކޮށް ހިތަންޖެހޭ އުޞޫލުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި،
(ރ) މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ޢަމަލުތައް ކުރުމާއި
(ބ) އޮފީހުގެ ނަމަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބިދާނެ ފަދަ ގޮތަކަށް ކަމެއް ކުރުން
ހިމެނޭކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފެއްގެ ބޭނުން ކެނޑިއްޖެ ކަމަށް ފެނުމުން،
ނުވަތަ ވަޒީފާގައި ބެހެއްޓުން އެކަށީގެން ނުވާފަދަ ކަމެއް ކުރުމުން، ނުވަތަ އެ ޤަވާޢިދުގައިވާ ގޮތުގެ މަތިން
އިސްލާޙީ ފިޔަވަޅު އަޅައިގެން ރަނގަޅު ނުވެގެންކަމަށް އިސްވެ ބުނެވުނު ޤަވާޢިދުގެ 51 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި،
މީގެ އިތުރުން މުވައްޒަފުންކުރާ ކުށްތަކާމެދު އާންމުގޮތެއްގައި އެޅޭނެ އިޞްލާޙީ ފިޔަވަޅުތަކުގެ
ތެރޭގައި ނަސޭޙަތް ދިނުމާއި، ޖޫރިމަނާ ކުރުމާއި އަދި ވަޒީފާއިން ވަކިކުރެވިދާނެ ކަމުގެ އިންޒާރު ކުރުން
ހިމެނޭކަން އެޤަވާޢިދުގެ 41 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަން އެނގެން އޮންނައިރު، ޢާއްމު އުޞޫލަކީ
އިސްވެ ދެންނެވުނު ތަރުތީބުން އިޞްލާޙީ ފިޔަވަޅު އެޅުންކަމުގައިވެފައި، ނަމަވެސް ކުށުގެ ކުޑަބޮޑު މިނަށާއި،
ބާވަތަށާއި، އެކުށެއް ކޮށްފައިވާ ގޮތަށް ރިޢާޔަތްކޮށް މީގެތެރެއިން އެފަހަރަކަށް އެކަށީގެންވާ ފިޔަވަޅެއް
އެޅުމުގެ އިޚްތިޔާރު އޮފީހުގެ ކަމާބެހޭ ވެރިޔަކަށް މިޤަވާއިދުގެ ދަށުން ދެވިފައިވާކަމާއި،
މި އިޞްލާޙީ ފިޔަވަޅުން މުވައްޒަފު އިޞްލާހު ނުވެއްޖެނަމަ، އެޅި އިސްލާޙީ ފިޔަވަޅުގެ
ތަފްޞީލު އަދި އިޞްލާޙުވުމަށް ދެވިފައިވާ މުއްދަތުގެ ތަފްޞީލާއި އެކު އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހެޅުމަށް މި ޤަވާޢިދުގެ
46 ވަނަ މާއްދާ ލާޒިމުކުރާކަން އެނގޭއިރު،
ފ. ނިލަންދޫ އޮފީހުގެ ކަތީބުކަމުގެ ވަޒީފާއިން 01 ޖޫން 2005 ގައި، އަޙްމަދު ޢަލީ
ވަކިކޮށްފައިވަނީ، އިސްވެ އިޝާ
ޝާރާތްކުރެވުނު ”ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު 2004، ގައި ސަރުކާރު
މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯ ބަލާއިރުގެ
އިސްވެ
ބަޔާންކުރެވުނު ކަންކަމަށް ބަލައި ރިޢާޔަތްކުރާއިރު، ބަޔާންކުރެވުނު ޤަވާޢިދުގެ 37
ވަނަ މާއްދާގައި އިސްލާޙީ ފިޔަވަޅު އެޅިދާނެ ޙާލަތްތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ދަށުން، އެ
ޤަވާޢިދުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން، އަޙްމަދު ޢަލީއަށްއިންގެ
ކުށުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2{13/HC-A/299
ޘާޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަސޭޙަތްދެވިފައިވާކަމަށް ދަޢުލަތުގެ ފަރާތުން ބުނި ނަމަވެސް، ނަސޭޙަތް ދެވުނީ އަނގަބަހުން ކަމަށް ވެފައި،
އިސްވެ ދެންނެވުނު އިސްލާޙީ ފިޔަވަޅުތައް މުވައްޒަފަކާއި ދޭތެރޭ އެޅިކަން އެމުވައްޒަފަކަށް ލިޔުމުން އެންގުމަށް
އިޝާރާތްކުރެވުނު ޤަވާޢިދުގެ 45 ވަނަ މާއްދާއިން ލާޒިމުކުރާކަން އެންގެން އޮންނަކަމާއި، މީގެ އިތުރުން
އެއްވެސް އިސްލާޙީ ފިޔަވަޅެއް އަޙުމަދު ޢަލީ އާ ދޭތެރޭގައި އަޅާފައިވާކަން ނުވަތަ އަޙުމަދު ޢަލީގެ ފަރާތުން
ވަޒީފާއިން ވަކިކުރެވޭފަދަ ޢަމަލެއް ކޮށްފައިވާކަން ދަޢުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމާއި،
މުވައްޒަފެއް ވަޒީފާއިން ވަކިކުރަންޖެހޭ ޙާލަތްތަކުގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މަޢުޟޫއީ ޢަދުލުވެރިކަމާއި، އިޖްރާއީ ޢަދުލުވެރިކަން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ
ކުރިން ޤާއިމް ކުރެވިފައި އޮންނަން ޖެހޭކަމާއި، މަޢުޟޫ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ
އިޖްރާޢަތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުންކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، ވަކިކުރަންޖެހޭނީ،
"ޑިއު ޕްރޮސެސް" އެއްގެ ތެރެއިން އިންސާފުވެރި ގޮތަކަށްކަން އެނގޭއިރު، މި މައްސަލަ އިސްތިއުނާފުކުރާ
އަޙްމަދު ޢަލީ ވަޒީފާއިން ވަކިކުރުމުގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ މީހަކު ވަޒީފާއިން ވަކިކުރުމަށް
ޖާއިޒު ސަބަބެއްކަމުގައި ޤަބޫލުކުރެވުނު ނަމަވެސް، އޭނާ މަޤާމުން ވަކިކުރުމުގައި ޤަވާއިދާއި ޚިލާފުކަމަށް
ސިވިލް ކޯޓުން ކުރެއްވި ޙުކުމް ބިނާކުރައްވާފައިވާ މައިގަނޑު ސަބަބަކީ، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން
އޭނާއަށް އަނގަބަހުން ނަސޭޙަތްދީ އިޞްލާޙުވުމަށް ފުރުޞަތު ދީފައިވާކަން ލިޔުމުން އަންގާފައިނެތަތީ، އޭނާ
ވަޒީފާއިން ވަކިކުރުމުގައި ދައުލަތުން، "ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު 2004 ލާޒިމްކުރާ އިޖުރާއީ
ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމްކޮށްފައިނުވާކަމަށް ބެލެވިގެންކަން އެނގެން އޮންނަކަމެވެ.
04
(ނ) ތިންވަނަ ކަމަކީ: ޤާނޫނާއި ޤަވާޢިދުތަކަށް ޢާންމު އުޞޫލެއްގެ ގޮތުން ތަޠުބީޤު ކުރެވޭނީ
އެޤާނޫނު ނުވަތަ ޤަވާޢިދު އަށް ޢަމަލުކުރަންފެށުމުގެ ފަހުގައި ހިނގާކަންތައްތަކެއްގެ މައްޗަށްކަން އެނގޭކަމާއި،
މި މައްސަލަ އިސްތިއުނާފުކުރާ ފ. ނިލަންދޫ އޯކިޑްމާގޭ އަޙްމަދު ޢަލީ، ފ. ނިލަންދޫ އޮފީހުގެ ކަތީބުކަމުގެ
ވަޒީފާއިން ވަކިކޮށްފައިވަނީ 01 ޖޫން 2005 ގައިކަން އެނގޭއިރު، ދިވެހިރާއްޖޭގައި ވަޒީފާއާ ގުޅޭ ޢާންމު
އުޞޫލުތައް ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނުފާސްވެ ޢަމަލުކުރަން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/299
ފަށާފައިވަނީ އޭގެ ފަހުގައިކަން އެނގެން އޮންނައިރު، މި މައްސަލަ ނިންމެވުމުގައި ދަށު ކޯޓުން ވަޒީފާއާބެހޭ
ޤާނޫނު ތަޠުބީޤު ކުރައްވާފައިނުވާކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
22
0 ތރު 24
.#އރނނކށ
(ރ) ހަތަރުވަނަ ކަމަކީ: މި މައްސަލައިގެ އިސްތިއުނާފު ބިނާކުރެވިފައިވަނީ އަޙްމަދު ޢަލީ
ވަޒީފާއިން ވަކިކުރުން ޤާނޫނާއި ޚިލާފުވާކަމަށް ކަނޑައެޅުއްވުމާއެކު އޭގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓުން
ނިންމަވާފައިވާ ނިންމެވުން ޢަދުލުވެރިކަމުގައި އަޙްމަދު ޢަލީ ނުދެކޭތީކަން އެނގޭއިރު، ގެއްލުމުގެ ބަދަލެއްގެ
ގޮތުގައި އަޙްމަދު ޢަލީއަށް 3 (ތިނެއް) މަސްދުވަހުގެ މުސާރައާއި އިނާޔަތްތަކާއި، އަދި އޭނާ އަދާކުރަމުން ދިޔަ
ވަޒީފާ ނުވަތަ އެއާ އެއްފަދަ ވެގެންވާ ވަޒީފާއެއް މަޤާމުގެ ކުރިއެރުން ޙައްޤުވާނަމަ، މަޤާމުގެ ކުރިއެ
ދިނުމަށް އަންގަވައި އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަން އެނގޭއިރު،
މި މައްސަލަ އުފެދުނު ތާރީޚާއި އެދުވަސްވަރު ޢަމަލުކުރެވެމުންދިޔަ ޤާނޫނާއި ޤަވާޢިދުތަކާއި މި މައްސަލަ ކޯޓަށް
ހުށަހެޅިގެން އަޙްމަދު ޢަލީއަށް ލިބެންޖެހޭކަމަށް އޭނާ ދެކޭ ޙައްޤު ހޯދުމަށް މަސައްކަތް ކުރަންފެށި ދުވަސްވަރާއި
މަސައްކަތް ކުރެވިފައިވާ ގޮތާއި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށާއި އަދި ޚާއްޞަކޮށް ވަޒީފާއާ ގުޅޭ ޤާނޫނާއި
ޤަވާޢިދުތަކާއި، ކަންކަމަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް ބަލައި ރިޢާޔަތް
ރިޢާޔަތްކުރުމުން އަޙްމަދު ޢަލީއަށް
އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ނަންގަވައި ދެއްވާފައިވާ ބަދަލަކީ ޢަދުލުވެރި ބަދަލެއް
ނޫންކަމުގައި ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް މި މައްސަލަ އިސްތިއުނާފުކުރާ ފ. ނިލަންދޫ
އޯކިޑްމާގޭ އަޙްމަދު ޢަލީއަށް ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.
އެހެންކަމުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2010/Cv-C/911 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/299
ޙުކުމް:
927އk
ސިވިލް ކޯޓުގެ
ދެންފަހެ އިސްވެ ފާހަގަކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ނަންބަރު 2010/Cv-C/911 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއްނެތްކަމަށް ހު
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv