ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/291 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/291
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 291/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަބްދުލްޢަޒީޒު މުޙައްމަދު
ދާއިމީ އެޑްރެސް:
އައި.ޑީ.ކާޑު ނަންބަރު: A027083
މިހާރުގެ އެޑްރެސް: ގ.
ވަކީލް އިޒް. މުޙައްމަދު އަނިލް، ސީނިޔާގެ/ ސ. ފޭދޫ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙަސަން ތައްޚާން
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 2332
އައިޑީ
ކާޑު ނަންބަރު: A028139 * މިހާރުގެ އެޑްރެސް: ހ. ލޮބީ
ބަދަލުގައި: އޒް. މުޙައްމަދު އިބްރާހީމް، ހުޅުމާލެ/ މުތް 2
ރަޖިސްޓްރީކުރި ތާރީޚް: 17 މުޙައްރަމް 1433
12 ޑިސެމްބަރ 2011
ނިމުނު ތާރީޚް: 12 ރަމަޝާން 1433
ޖުލައި 2012
31
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2009
)
172
/
Cv
-
C/1929)
• ނިންމެވިކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 2009 - 08 - 17 ނިމުނު ތާރީޚް: 2011 - 09 - 14
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/291
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/172 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި ދަޢުވާކުރި
ޕީކޮކް، ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޟިއްޔާއެކެވެ.
4
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މާލެ ދަފްތަރު. ނަންބަރު 2332 (ހ. ލޮބީ)، ޙަސަން
cc
ތައްޚާނު އެވެ.
ނުކުތާ
.l
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/172 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
އެޤަޟިއްޔާގައި ދަޢުވާކުރި ޕީކޮކް، ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
ce O
14
*2
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/172 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ދަފްތަރު. ނަންބަރު 2332 (ހ. ލޮބީ، ޙަސަން ތައްޚާނު (ދ.ރ.ކާޑު
ނަންބަރު A028139) ކުރަމުންދާ އިމްޕޯޓު އެކްސްޕޯޓު ވިޔަފާރީގެ ތެރޭގައި ޕީކޮކް ޢަބްދުލްޢަޒީޒު
މުޙައްމަދު (ދ.ރ.ކާޑު ނަންބަރު A027083) ދޭފައިސާއާއި މުދާ ހިމަނައި، އެމުދަލާއި ފައިސާއިން ލިބޭ
ނަފާ ޙަސަން ތައްޚާނުއާއި ޢަބްދުލްޢަޒީޒު މުޙައްމަދުގެ މެދުގައި ހަމަހަމަކޮށް ބެހުމަށް ދެފަރާތުގެ މެދުގައި
އެއްބަސްވެ، ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ޙަސަން ތައްޚާނަށް 969,095
/
24ރ. (ނުވަލައްކަ
ފަސްދޮޅަސް ނުހާސް ނުވަދިހަ ފަސް ރުފިޔާ ސައުވީސް ލާރި) ގެ މުދަލާއި ފައިސާ ޙަވާލުކޮށް،
އެފައިސާއާއި މުދަލުގެ ތެރެއިން 278,697
/
65 (ދެލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ނުވަދިހަ
ހަތްރުފިޔާ ފަސްދޮޅަސް ފަސްލާރި) މުދަލުންނާއި ފައިސާއިން ޙަސަން ތައްޚާނުގެ ފަރާތުން އަނބުރާޓީގެ .
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/291
ހިއްދުކޮށްފައިވާނަމަވެސް، ބާކީ 690,397
/
59ރ. (ހަލައްކަ ނުވަދިހަހާސް ތިންސަތޭކަ ނުވަދިހަ
ހަތްރުފިޔާ ފަންސާސް ނުވަލާރި) ޙަސަން ތައްޚާނުގެ ފަރާތުން އަނބުރާ ރައްދުކޮށްދީފައިނުވާތީކަމަށް ބުނެ،
އެފައިސާއާއި، ދެފަރާތުން އެއްބަސްވެފައިވާ ފަދައިން ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ދީފައިވާ
ފައިސާއާއި މުދަލުން ކޮށްފައިވާ ވިޔަފާރީގެ ފައިދާގެ ދެބައިކުޅަ އެއްބައި ހޯދުން އެދި ޢަބްދުލްޢަޒީޒު
ފަރާތުން ޙަސަން ތައްޚާނުގެ
މައްޗަށް ދަޢުވާކުރުމުން ބެލެވިފައިވާ މައްސަލައެއްކަން
2ތއިމެދު
CCCXOC
އެނގެންއޮވެއި.
.3
0ރއ
ހޯމަހަމަކޮށް
މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/172 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެމައްސަލާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ، ހ.
ޙަސަން ތައްޚާނު (ދ.ރ.ކާޑު ނަންބަރު A028139) ކުރަމުންދާ އިމްޕޯޓު އެކްސްޕޯޓު ވިޔަފާރީގެ
. ޕީކޮސް ޢަބްދުލްޢަޒީޒު މުޙައްމަދު (ދ.ރ.ކާޑު ނަންބަރު A027083) ދޭފައިސާއާއި މުދާ
ހިމަނައި، އެމުދަލާއި ފައިސާއިން ލިބޭ ނަފާ ޙަސަން ތައްޚާނުއާއި ޢަބްދުލްޢަޒީޒު މުޙައްމަދުގެ މެދުގައި
ބެހުމަށް ދެފަރާތުގެ މެދުގައި އެއްބަސްވެ، ޢަބްދުލްޢަޒީޒް މުޙައްމަދުގެ ފަރާތުން ޙަސަން
ތައްޚާނަށް 969,095
/
24ރ. (ނުވަލައްކަ ފަސްދޮޅަސް ނުވަހާސް ނުވަދިހަ ފަސް ރުފިޔާ ސައުވީސް ލާރި)
ގެ މުދަލާއި ފައިސާ ޙަވާލުކޮށް، އެފައިސާއާއި މުދަލުގެ ތެރެއިން 278,697
/
65 (ދެލައްކަ ހަތްދިހަ
އަށްހާސް ހަސަތޭކަ ނުވަދިހަ ހަތްރުފިޔާ ފަސްދޮޅަސް ފަސް ލާރި) މުދަލުންނާއި ފައިސާއިން ޙަސަން
ތައްޚާނުގެ ފަރާތުން އަނބުރާ ރައްދުކޮށްފައިވާނަމަވެސް، ބާކީ 690,397159ރ. (ހަލައްކަ ނުވަދިހަހާސް
ތިންސަތޭކަ ނުވަދިހަ ހަތްރުފިޔާ ފަންސާސް ނުވަަ ލާރި) ޙަސަން ތައްޚާނުގެ ފަރާތުން އަނބުރާ
ރައްދުކޮށްދީފައިނުވާތީ ކަމުގައި ބުނެ، އެފައިސާއާއި، ދެފަރާތުން އެއްބަސްވެފައިވާ ފަދައިން ޢަބްދުލްޢަޒީޒު
މުޙައްމަދުގެ ފަރާތުން ދީފައިވާ ފައިސާއާއި މުދަލުން ކޮށްފައިވާ ވިޔަފާރީގެ ފައިދާގެ ދެބައިކުޅަ އެއްބައި
ހޯދުން އެދި ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ޙަސަން ތައްޚާނުގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާ
ނަޒަރުކުރިއިރު،
ދަޢުވާއަށް އިންކާރުކޮށް، ޙަސަން ތައްޚާނުގެ ފަރާތުން ޢަބްދުލްޢަޒީޒު މުޙައްމަދަށް ދޭންޖެހޭ
ފައިސާއެއް ނުއޮންނާނެކަމަށާއި، ޙަސަން ތައްޚާނުއާއި ޢަބްދުލްޢަޒީޒު މުޙައްމަދާމެދު އެއްވެސް އެއްބަސްވުމެއް
ވެވިފައިނުވާނެ ކަމަށާއި، ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން އެއްވެސް މުދަލެއް އަދި ފައިސާއެއްވެސް
ޙަސަން ތައްޚާނަށް ދީފައިނުވާނެކަމަށް ޙަސަން ތައްޚާނުގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/291
ބަޔާންތކު6
ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތާއި، ހެކިންގެ ފަރާތުން ޝަރީޢަތަށް ދީފައިވާ
ޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތާއެކު
ވިޔަފާރީގެ މުޢާމަލާތް ކުރުމާމެދު ލިޔުމުން އެއްބަސްވުމެއް ވެފައި ނުވާހިނދު، އަދި ދަޢުވާލިބޭ ފަރާތުން
ދަޢުވާކުރާ ފަރާތާއެކު އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ނުކުރާކަމުގައި ބުނާހިނދު، ދެފަރާތުގެ މެދުގައި
ވިޔަފާރީގެ މުޢާމަލާތްތަކެއް ހިނގާފައިވާކަން އެނގެން އޮތްކަމާއި، މިމުޢާމަލާތްތަކާއި ގުޅިގެން ދަޢުވާކުރާ
ފަރާތުން ނަގާދިނުމަށް އެދި ހުށަހަޅާފައިވާ ފައިސާއަށް ބަލާއިރު، ހުށަހަޅާފައިވާ ކިތާބީ ހެކިން ދަޢުވާކުރާ
ފަރާތުން ދަޢުވާލިބޭ ފަރާތަށް ދީފައިވާ ފައިސާގެ މިންވަރާއި، ދަޢުވާލިބޭ ފަރާތުން ދޭންޖެހޭކަމަށް ބުނާ
މިންވަރު، އަދި ވިޔަފާރީގެ ނަފާ ބެހުމާމެދު ދެފަރާތުން އެއްބަސްވެފައިވާ ގޮތެއް ސާފުކޮށް އެނގެން ނެތަތީ،
4
ޙަސަން ތައްޚާނުއާއި ޢަބް
ޢަބްދުލްޢަޒީޒު މުޙައްމަދާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތަކެއް ކުރެވިފައިވާކަމާއި،
މިގޮތުން ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން މުދަލާއި ފައިސާ ޙަސަން ތައްޚާނުއާއި ޙަވާލުކޮށްފައިވާކަން
މަދަނީ މިންގަނޑުތަކުން ޘާބިތުވާކަމުގައާއި، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ މިންވަރުތައް
ހުށަހަޅާފައިވާ ލިޔެކިޔުމުން ސާފުކޮށް އެނގެން ނެތަތީ، ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާއާމެދު
މިޤަޟިއްޔާއިން ފައިސަލާކޮށްފައި ނުވާކަމުގައި ކަނޑައަޅައި، ޙުކުމްކޮށް ފީމެވެ." މިހެންނެވެ.
.4
CU O
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/172 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ . ޕީކޮކް، ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ހުށަހަޅައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވަނީ މައިގަނޑު އެއް ނުކުތާގެ މައްޗަށް
ކަމާއި، އެނުކުތާއަކީ، ދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކެއް ހިނގާފައިވާކަން ޘާބިތުވާކަމަށް
ސިވިލް ކޯޓުގެ ޙުކުމްގައި ކަނޑައަޅުއްވާފައިވީނަމަވެސް، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ
މިންވަރުތައް ހުށަހަޅާފައިވާ ލިޔެކިޔުމުން ސާފުކޮށް އެނގެން ނެތަތީ، ހޯދުމަށް އެދި ހުށަހަޅާފައިވާ
ފައިސާއާމެދު ސިވިލް ކޯޓުގެ ޤަޟިއްޔާއިން ފައިސަލާކޮށްފައި ނުވާކަމުގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނީ
ހަމަތަކާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
.5
މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/172 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް
ޕީކޮކް، ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއިކޯއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/1291
އެނުކުތާއާއި ގުޅިގެން ދަފްތަރު ނަންބަރު 2332 (ހ. ލޮބީ)، ޙަސަން ތައްޚާނުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ،
ޕީކޮކް ޢަބްދުލްޢަޒީޒު މުޙައްމަދު ދޭފައިސާއާއި މުދާ ހިމަނައި،
އެމުދަލާއި ފައިސާއިން ލިބޭ ނަފާ ޙަސަން ތައްޚާނުއާއި ޢަބްދުލްޢަޒީޒު މުޙައްމަދުގެ މެދުގައި ހަމަހަމަކޮށް
ބެހުމަށް ދެފަރާތުގެ މެދުގައި އެއްބަސްވެ، ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ޙަސަން ތައްޚާނަށް
969,095
/
24ރ. (ނުވަލައްކަ ފަސްދޮޅަސް ނުވަހާސް ނުވަދިހަ ފަސް ރުފިޔާ ސައުވީސް ލާރި) ގެ މުދަލާއި
ފައިސާ ހަވާލުކޮށް، އެފައިސާއާއި މުދަލުގެ ތެރެއިން 278,697
/
65ރ. (ދެލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ
ނުވަދިހަ ހަތްރުފިޔާ ފަސްދޮޅަސް ފަސް ލާރި) މުދަލުންނާއި ފައިސާއިން ޙަސަން ތައްޚާނުގެ ފަރާތުން އަނބުރާ
ރައްދުކޮށްފައިވާކަމަށާއި، ނަމަވެސް ބާކީ 690,397159ރ. (ހަލައްކަ ނުވަދިހަހާސް ތިންސަތޭކަ ނުވަދިހަ
ހަތްރުފިޔާ ފަންސާސް ނުވަަ ލާރި) ޙަސަން ތައްޚާނުގެ ފަރާތުން އަނބުރާ ލިބިފައިނުވާތީ ކަމުގައި ބުނެ،
އެފައިސާއާއި، ދެފަރާތުން އެއްބަސްވެފައިވާ ފަދައިން ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ދީފައިވާ ފައިސާއާއި
މުދަލުން ކޮށްފައިވާ ވިޔަފާރީގެ ފައިދާގެ ދެބައިކުޅަ އެއްބައި ހޯދުން އެދި ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން
ޙަސަން ތައްޚާނުގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުން އެމައްސަލަ ބައްލަވައި ނިންމެވި
ނިންމެވުމަށް ބަލާއިރު،
43 މއ ތ ދޑ 2
މުޢާމަލާPeއ
ޙަސަން ތައްޚާނުއާއި ޢަބްދުލްޢަޒީޒު މުޙައްމަދާ ދެމެދު ވިޔަފާރީގެ
ކުރެވިފައިވާކަމަށާއި، މިގޮތުން ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން މުދަލާއި ފައިސާ ޙަސަން ތައްޚާނުއާއި
ޙަވާލުކޮށްފައިވާކަން މަދަނީ މިންގަނޑުތަކުން ޘާބިތުވާކަމުގައި
ސިވިލް ކޯޓުގެ
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަން އެނގޭކަމާއި،
ނަމަވެސް، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ މިންވަރުތައް ހުށަހަޅާފައިވާ ލިޔެކިޔުމުން
ސާފުކޮށް އެނގެން ނެތަތީ، ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާއާމެދު އެޤަޟިއްޔާއިން ފައިސަލާކޮށްފައި
ނުވަނީކަމުގައި ކަނޑައަޅުއްވާފައިވާކަން
ވާން އެނގޭކަމެވެ.
ދިވެހިރާއްޤީޤީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2ކeކގެ މައްޗަށް ބލަ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/291
މުޢާމަލާތެކެއެ
(ށ) ދެވަނަ ކަމަކީ، ދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ
ހިނގާފައިވާކަން
ޘާބިތުވާކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ކަނޑައަޅުއްވާފައިވީނަމަވެސް، ދަޢުވާގައި ހޯދުމަށް އެދިފައިވާ
ފައިސާގެ މިންވަރުތައް ހުށަހަޅާފައިވާ ލިޔެކިޔުމުން ސާފުކޮށް އެނގެން ނެތަތީ، ހޯދުމަށް އެދި ހުށަހަޅާފައިވާ
ފައިސާއާމެދު ސިވިލް ކޯޓުގެ ޤަޟިއްޔާއިން ފައިސަލާކޮށްފައި ނުވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށާއި،
ދަޢުވާގައި ހޯދުމަށް އެދި ހުށަހަޅާ ހުރިހާ ފައިސާއެއްގެ މިންވަރު ޝަރީޢަތުން ސާފުވާން ބޭނުންވާ މިންވަރަށް
ސާފުނުވާ ހާލަތުގައިވެސް، ސާފުކޮށް އެނގެން އޮތް މިންވަރަކާމެދު ފައިސަލް ކުރެއްވުމަކީ މިފަދަ ހާލަތުގައި
މީގެ ކުރިން ޢަމަލުކުރައްވަމުން ގެންދެވި ގޮތްކަމަށް މިމައްސަލަ އިސްތިއުނާފުކުރެއްވި ފަރާތުން ބުނެފައިވާއިރު،
ޙަސަން
އެއަޚުންއއ
8240އ
3*ފ
އލަކޮށްފައިވާކަން
ޢަބްދުލްޢަޒީޒު މުޙައްމަދާ ދެމެދު ވިޔަފާރީގެ
ކުރެވިފައިވާކަމަށާއި، މިގޮތުން ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން މުދަލާއި ފައިސާ ޙަސަން ތައްޚާނުއާއި
މަދަނީ މިންގަނޑުތަކުން ޘާބިތުވާކަމުގައި ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވައި
ޙަސަން ތައްޚާނުގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވާކަން އެނގޭކަމާއި،
މިދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކެއް ކުރެވިފައިވާކަމަށާ ޢަބްދުލްޢަޒީޒު
މުޙައްމަދުގެ ފަރާތުން މުދަލާއި ފައިސާ ޙަސަން ތައްޚާނުއާއި ޙަވާލުކޮށްފައިވާކަމުގައި ބަލަންޖެހޭކަމެވެ.
ނިންމަވާފައިވާ
ޓ ޓ 3
2
سرمس
8 91 8 8 6
އެހެންކަމުން،
ފެކަމަށާއި،
(ނ) ތިންވަނަ ކަމަކީ، ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ
ޢަބްދުލްޢަޒީޒުގެ ފަރާތުން ޙަސަން ތައްޚާނަށް ނަގުދު ފައިސާއިންނާއި ބޭންކް ޗެކްތަކުން ދީފައިވާ ފައިސާގެ
ޖުމްލަކަމުގައިވާ 697000.00ރ. (ހަލައްކަ ނުވަދިހަ ހަތްހާސް ރުފިޔާ) ޙަސަން ތައްޚާނުގެ ކިބައިން
އެއްފަހަރާ ހޯދައިދިނުމަށްކަން އެނގޭއިރު، މިއަދަދަކީ ޙަސަން ތައްޚާނުގެ ކިބައިން ހޯދުމަށް ޢަބްދުލްޢަޒީޒު
މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ފައިސާގެ އަދަދުކަމުގައިވާ 690,397
/
59ރ. (ހަލައްކަ
ނުވަދިހަހާސް ތިންސަތޭކަ ނުވަދިހަ ހަތްރުފިޔާ ފަންސާސް ނުވަަ ލާރި) އަށްވުރެ އަދަދެއްކަން
ފާހަގަކުރެވޭކަމާއި،
32
އަދި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/172 ޤަޟިއްޔާ ގައި ހޯދުމަށް އެދި ހުށަހަޅާފައިވާ
ފައިސާއާމެދު އެޤަޟިއްޔާއިން ފައިޞަލާކުރައްވާފައިނުވާކަން އެޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވާކަން
އެނގޭކަމާއި، އެހެންކަމުން އެފައިސާގެ އަދަދާމެދު ދަށުކޯޓުން ފައިޞަލާކުރައްވާފައިނުވާއިރު، އެފައިސާގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/291
އަދަދަކީ ކޮބައިކަމާމެދު މިޤަޟިއްޔާގައި ގޮތެއްކަނޑައެޅުމުގެ ޖާގައޮތްކަމަށް ނުފެނުނުކަމާއި، އަދި އެއަދަދަކީ
ކޮބައިކަމާމެދު މިޤަޟިއްޔާގައި ގޮތެއްކަނޑައެޅުމަކީ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް އެނުކުތާ
އިސްތިއުނާފުކުރުމަށް ލިބިފައި އޮންނަންޖެހޭ ޙައްޤަށް އުނިކަން ލިބޭނެކަމެއްކަމަށްވެސް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވޭތީ، ޙަސަން ތައްޚާނުގެ ކިބައިން ޢަބްދުލްޢަޒީޒު މުޙައްމަދަށް ލިބެންވާ
ފައިސާގެ އަދަދަކީ ކޮބައިކަމާމެދު މިޤަޟިއްޔާގައި ގޮތެއް ކަނޑައެޅެއްނެތްކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މިބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން މިހާތަނަށް ޢަމަލުކުރަމުން
އައިސްފައިވާ ގޮތަކީ ދަޢުވާކުރި ފަރާތުން ހޯދުމަށް އެދި ހުށަހެޅި ފައިސާގެ އަދަދު ސާބިތުވާނަމަ އެއަދަދު
ދެއްކުމަށް ދަޢުވާލިބޭ ފަރާތަށް އަންގަވައި ޙުކުމްކުރެއްވުން ކަމާއި، އަދި ދަޢުވާކުރި ފަރާތުން ހޯދުމަށް އެދި
ހުށަހެޅި ފައިސާގެ ޖުމްލަ އަދަދު އެއްކޮށް ސާބިތުވާން ހާލަތުގައި ސާބިތުވި މިންވަރެއް ދެއްކުމަށް ދަޢުވާ
ފަރާތަށް އަންގަވައި ޙުކުމްކުރެއްވުންކަން އެނގޭކަމާއި،
ވެ
އެހެންކަމުން، މިމައްސަލާގައިވެސް، ދަޢުވާކުރި ފައިސާގެ ޖުމްލަ އަދަދު ސާބިތުނުވިކަމުގައިވިޔަސް،
މަދަނީ ދަޢުވާތައް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް އޮންނަ މިންގަނޑުތަކުން ސާބިތުވާން އޮތް
ފައިސާގެ މިންވަރެއްވާނަމަ އެފައިސާގެ މިންވަރު ކަނޑައަޅުއްވައި އެގޮތުގެ މަތިން މިފަދަ މައްސަލަތައް
ނިންމެވުމަކީ، އިންސާފު ގާއިމުކޮށް، ޙައްޤުގެ ވެރިފަރާތަށް އެފަރާތުގެ ޙައްޤު ހޯދައިދިނުމުގައި އެންމެ
ޢަދުލުވެރިގޮތްކަމާއި އަދި އެއީ ޝަރުޢީ ކޯޓުތަކުން މިހާތަނަށް ޢަމަލުކުރައްވަމުން ގެންދެވި ގޮތްކަން ފާހަގަ
¢ ¢ 24 25
ރިވިކމެވެ
ވީމާ، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ޙަސަން
ތައްޚާނުއާއި ޢަބްދުލްޢަޒީޒު މުޙައްމަދާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތަކެއް ކުރެވިފައިވާކަމަށާއި، މިގޮތުން
ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން މުދަލާއި ފައިސާ ޙަސަން ތައްޚާނުއާއި ޙަވާލުކޮށްފައިވާކަން މަދަނީ
މިންގަނޑުތަކުން ޘާބިތުވާކަމުގައި ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން އޮތްއިރު،
އެދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ މިންވަރުތައް ހުށަހަޅާފައިވާ ލިޔެކިޔުމުން ސާފުކޮށް އެނގެން
ނެތްކަމަށް ބަޔާންކުރައްވައި، އެޤަޟިއްޔާގައި ހޯދުމަށް އެދި ޢަބްދުލްޢަޒީޒު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ
ފައިސާއާމެދު އެޤަޟިއްޔާއިން ފައިސަލާކޮށްފައި ނުވުމަކީ، މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ޝަރުޢީ
ކޯޓުތަކުން މިހާތަނަށް ޢަމަލުކުރައްވަމުން ގެންދެވިގޮތާ ޚިލާފު، އަދި އިންސާފުގެ ހަމަތަކާ ދުރު ކަމެއްކަމަށާއި،
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/291
އެހެންކަމުން،
މިމައްސަލާގައިވެސް، މަދަނީ ދަޢުވާތައް ސާބިތުކުރުމަށް އޮންނަ މިންގަނޑުތަކުން
ސާބިތުވާން އޮތް ފައިސާގެ މިންވަރެއްވާނަމަ އެފައިސާގެ މިންވަރު ކަނޑައަޅުއްވައި އެގޮތުގެ މަތިން
މިމައްސަލައިގެ މިނުކުތާއާމެދު ދަށު ކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް ކުރައްވަންޖެހޭނެކަމުގައެވެ.
.75
އަކު:-
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/172 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމުގައި، ޙަސަން ތައްޚާނުއާއި ޢަބްދުލްޢަޒީޒު
މުޙައްމަދާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތަކެއް ކުރެވިފައިވާކަމަށާއި، މިގޮތުން ޢަބްދުލްޢަޒީޒު މުޙައްމަދުގެ
ފަރާތުން މުދަލާއި ފައިސާ ޙަސަން ތައްޚާނުއާއި ޙަވާލުކޮށްފައިވާކަން މަދަނީ މިންގަނޑުތަކުން ޘާބިތުވާކަމުގައި
ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް ތާއީދުކޮށް، މިމައްސަލާގައި، މަދަނީ
ދަޢުވާތައް ސާބިތުކުރުމަށް އޮންނަ މިންގަނޑުތަކުން ސާބިތުވާން އޮތް ފައިސާގެ މިންވަރެއްވާނަމަ އެފައިސާގެ
މިންވަރަކީ ކޮބައިކަން ސިވިލް ކޯޓުން އަލުންބައްލަވައި ނިންމެވުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46
ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް ތަޙުލީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ؟
22
22 ހbމ
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
(ފަނޑިޔާރު)
އިބްރާހިމް
ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv