ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/154 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/154
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
E3)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 154/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މާފެންފުށި ޕްރައިވެޓް ލިމިޓެޑް
އައިޑީ ކާޑު ނަންބަރު:
T
އެޑްރެސް: ވިލާބިލްޑިންގ ކ.މާލެ
މިހާރުގެ އެޑްރެސް: ވިލާބިލްޑިންގ ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މިނިސްޓްރީ އޮފް ޓޫރިޒަމް(ދިވެހި ދައުލަތް)
ވެން -
މިހާރުގެ އެޑްރެސް
F
• ރަޖިސްޓްރީ ތާރީޚް: 04 ރަޖަބު 1436
23 އޭޕްރީލް 2015
ނިމުނު ތާރީޚް:17 ޝަޢުބާން 1436
ޖޫން 2015
04
B2-CR1/VN/2015/01 232 233 234 =
• ނިންމެވި ކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ވަގުތީ އަމުރު ނެރެދިނުމަށް އެދި
• ހުށަހެޅި ތާރީޚް: 10.02.2015
ނިމުނު ތާރީޚް: 17.03.2015
ދިވެހިރާއްޖޭގެ
ހައިކޯޓު
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2015/HC-A/154
ދަޢުވާގެ ޚުލާޞާ
= "$- 35 53 5" B2-CR1/VN/2015/01 23%> <%8 -
ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ މައްސަލަ
އިސްތިއުނާފުކުރުމަށް އެދި، މާފެންފުށި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ޓޫރިޒަމް (ދިވެހި
ދައުލަތް) އެވެ.
....ކ
ކުc.
l} އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2015
/
01/B2
-
CR1
/
VN "
އަމުރާމެދު ނިންމި ގޮތް" އަކީ ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/376 ޤަޟިއްޔާގައި ކޯޓުން ވަކިގޮތަކަށް
ޙުކުމްކުރެއްވުމުގެ ކުރިން ނުވަތަ ކޯޓުން އެނޫންގޮތަކަށް އެންގެވުމާއި ހަމައަށް، މާފެންފުށި ޕްރައިވެޓް ލިމިޓެޑާއި
މިނިސްޓްރީ އޮފް ޓޫރިޒަމާ ދެމެދު ކުރެވިފައިވާ ސެޓްލްމެންޓް އެގްރިމެންޓާއި އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް
ލީޒް އެގްރިމެންޓާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 2015
/
304/LS
/
PRIV-88 (05
ފެބްރުއަރީ 2015) ސިޓީއާއި، ނަންބަރު 2015
/
307/LS
/
PRIV-88 (05 ފެބްރުވަރީ 2015) ސިޓީގައި
ބަޔާންކޮށްފައިވާ ކަންކަމަށް ޢަމަލުކުރުން ފަސްކުރުމަށާއި، އެ ރަށް އެހެންފަރާތަކަށް ކުއްޔަށް ނުދިނުމަށާއި،
އެރަށާ ގުޅޭ ޙައްޤުތައް އެހެން ފަރާތަކަށް ބަދަލުނުކުރުމަށާއި، އަދި 05 ފެބްރުއަރީ 2015 ގެ ފަހުން
ރ. މާނެންފުއްޓާއި ގުޅިގެން އެއްވެސް މުޢާމަލާތެއް
މަލާތެއް ކޮށްފައިވާނަމަ، އެ މުޢާމަލާތެއް ތަންފީޒުކުރުމުގެ ގޮތުން
އެއްވެސް ކަމެއް ނުކުރު
ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުގެ މައްޗަށާއި، ދަޢުލަތުގެ އެންމެހާ މުޢައްސަސާތަކުގެ
މައްޗަށް އަންގައި އަމުރުކޮށް، އެ މޭރުމުން އަމުރެއް ނެރެދެއްވުމަށް އެދި މާފެންފުށި ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ވަގުތީ އަމުރަކަށް އެދުމުން، އެ ކޯޓުން ނިންމެވި ނިންމެވުމެއްކަމާއި،
01 ¢ ¢
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2015/HC-A/154
އެ ވަގުތީ އަމުރު ނެރެދެއްވުމާއި މެދު އެ ކޯޓުން ނިންމަވާފައިވަނީ "ރ. މާނެލްފުށި ކުއްޔަށް
ދިނުމަށްޓަކައި ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމްއާއި، މާނެލް ފުށި ޕްރައިވެޓް ލިމިޓެޑާއި، ދެމެދު
12 ޑިސެމްބަރ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓް
އުވާލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 2015
/
304/LS
/
PRIV-88 (05 ފެބްރުއަރީ 2015)
ސިޓީއާއި، ނަންބަރު 2015
/
307/LS
/
PRIV-88 (05 ފެބްރުއަރީ 2015) ސިޓީން މާނެލްފުށި ޕްރައިވެޓް
ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑެޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓާއި، ސެޓްލްމެންޓް
އެގްރިމެންޓާއި ޚިލާފު ބާޠިލް އެންގުމެއްކަމަށް ކަނޑައަޅައި ދެއްވައި އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް
އެގްރިމެންޓާއި އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގައި ދިނުމަށް އެދި މާނެލްފުށި
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/376 ޤަޟިއްޔާއިން ދަޢުވާކޮށްފައިވާ ކަމާއި،
9ه%83
+++eނ
ބަޔާންވެދިޔަ ޤަޟިއްޔާގައި ކޯޓުން ފައިސަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ނުވަތަ ކޯޓުން
އެނޫންގޮތަކަށް އެންގުމާއި ހަމައަށް މާނެލްފުށި ޕްރައިވެޓް ލިމިޓެޑާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދު
ކުރެވިފައިވާ ސެޓްލްމެންޓް އެގްރީމެންޓާއި، އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓާއި
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 2015
/
304/LS
/
PRIV-88 (05 ފެބްރުއަރީ 2015) ސިޓީއާއި،
ނަންބަރު 2015
/
307/LS
/
PRIV-88 (05 ފެބްރުއަރީ 2015) ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް
ޢަމަލުކުރުން ފަސްކުރުމަށާއި، އެ ރަށް އެހެން ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި، އެ ރަށާއި، ގުޅޭ ޙައްޤުތައް
އެހެން ފަރާތަކަށް ބަދަލު ނުކުރުމަށާއި، އަދި 05 ފެބްރުއަރީ 2015 ގެ ފަހުން ރ. މާނެލްފުއްޓާއި ގުޅިގެން
އެއްވެސް މުޢާމަލާތެއް ކޮށްފައިވާނަމަ، އެމުޢާމަލާތެއް ތަންފީޒް ކުރުމުގެ ގޮތުން އެވެސްކަމެއް ނުކުރުމަށް
މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަންގާ އަމުރުކޮށް
ދިނުމަށް އެދި ދަޢުވާކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާކަމާއި،
އެއްވެ
ދިވެހިރާއްޖޭގެ
ގުއިކޯޓް
ބަޔާންވެދިޔަ، ވަގުތީ އަމުރާއި ގުޅިގެން ދެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން ތަކަށާއި،
ހުށަހެޅިފައިވާ އެންމެހައި ޑޮކިއުމެންޓްތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ވެ
ދިވެހިރާއްޖެ
4
2015/HC-A/154
މާނެލްފުށި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ މައިގަނޑު އަސާސަކީ
ރ. މާނެލްފުށި ކުއްޔަށް ދިނުމަށްޓަކައި ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމްއާއި، މާނެލްފުށި ޕްރައިވެޓް
ލިމިޓެޑާއި، ދެމެދު 12 ޑިސެމްބަރ 2013 ވަނަ ދުވަހު ސޮއިކޮށްފައިވާ އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް
އެގްރިމެންޓް އުވާލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 2015
/
304/LS
/
PRIV-88 (05 ފެބްރުއަރީ
2015) ސިޓީއާއި، ނަންބަރު 2015
/
307/LS
/
PRIV-88 (05 ފެބްރުއަރީ 2015) ސިޓީން މާނެލްފުށި
ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑެޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓާއި،
ސެޓްލްމެންޓް އެގްރިމެންޓާއި ޚިލާފު ބާތިލް އެންގުމެއްކަމަށް ކަނޑައަޅައި، އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް
އެގްރިމެންޓާއި އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް އަންގާ އަމުރުން ކަމުގައި ވާއިރު،
ދަޢުވާކުރާ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގައިވެސް ވަނީ،
މާނެލްފުށި ޕްރައިވެޓް ލިމިޓެޑާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދު ކުރެވިފައިވާ
ސެޓްލްމެންޓް އެގްރިމެންޓާއި އެމެންޑަޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރިމެންޓާއި، ގުޅޭގޮތުން މިނިސްޓްރީ އޮފް
ޓޫރިޒަމްގެ ނަންބަރު 2015
/
304/LS
/
PRIV-88 (05 ފެބްރުއަރީ 2015) ސިޓީއާއި، ނަންބަރު
2015
/
307/LS
/
PRIV-88 (05 ފެބްރުއަރީ 2015) ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ޢަމަލުކުރުން
ފަސްކުރުމަށާއި، އެރަށް އެހެން ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި، އެރަށާއި، ގުޅޭ ޙައްޤުތައް އެހެން ފަރާތަކަށް
ބަދަލުނުކުރުމަށާއި، އަދި 05 ފެބްރުއަރީ 2015 ގެ ފަހުން ރ. މާނެލްފުއްޓާއި ގުޅިގެން އެއްވެސް މުޢާމަލާތެއް
ކޮށްފައިވާނަމަ އެމުޢާމަލާތެއް ތަންފީޒް ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ
މައްޗަށާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަންގާ އަމުރުކުރުން ކަން އެނގެން އޮންނަކަމާއި،
2012/SC-A/21
ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ
ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ވަގުތީ އަމުރުތައް ނެރުމުގައި ބަލަންޖެހޭ ޢާންމު ޝަރުޠުތަކުގެ ތެރޭގައި ވަގުތީ އަމުރަށް
އެދޭ ފަރާތަށް ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ
އިޙްތިމާލް ފާޅުކަންބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ
ޞިފަތު ނުވަތަ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުމާއި، ވަގުތީ އަމުރު ނެރުމަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްa.
5
2015/HC-A/154
.8 3=
Ucc
އަޞްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ، ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން، ހިމެނިފައި ވުމާއެކު،
ވަގުތީ އަމުރު ނެރުމުގައި އިސްތިޤްރާރު ވެފައިވާ ޤާނޫނީ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ އެއް އަޞްލަކީ ކޯޓަށް
ހުށަހެޅޭ މައްސަލައަކާއި ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި އަޞްލު މައްސަލާގައި ހިމެނޭ މައުޟޫއީ ޙައްޤަށް
ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް ނުވަތަ ޙައްޤު ޘާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ
އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެންނުވާކަމާއި، އެހެންނޫންނަމަ އެވާނީ އެ މައްސަލަ ބެލުމުގެ ކުރިން އެ
މައްސަލާގައި ހިމެނޭ މައުޟޫއީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ޙިމާޔަތް ކުރިއާލާ ދެވުންކަމަށް
ބަޔާންކޮށް ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/376
ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ޙިމާޔަތްކުރުމަށް އެދިފައިވާ މައުޟޫއީ ޙައްޤު ނުވަތަ ޤާނޫނީ މަރުކަޒަކީ
ދައުވާކުރާ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގައިވެސް ޙިމާޔަތްކޮށްދިނުމަށް އެދިފައިވާ ޙައްޤު
ނުވަތަ ޤާނޫނީ މަރުކަޒުން ހުށަހެޅިފައިވާ ލިޔުންތަކުން ސާފުކޮށް އެނގެން އޮތުމާއެކު، އަޞްލު މައްސަލާގައި
މައުޟޫއަށް ފައިސަލާވާގޮތަށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަން އެނގެން އޮންނަކަމާއި،
ބުނެވިދިޔަ ސަބަބުތައް އެފަދައިން ހުރުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
26/SC-A/2013 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 71/HC
-
A/2015 ޤަޟިއްޔާއާއި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/483 ޤަޟިއްޔާގައި ވަގުތީ އަމުރެއް ނެރެވިދާނެކަމަށް ބަޔާންކޮށްފައިވާ
އުލަތްތަކަށް ރިޢާޔަތް ކުރުމާއިއެކު،
މާނެލްފުށީ ޕްރައިވެޓް ލިމިޓެޑްގެ މިދަޢުވާއަކީ ދަޢުވާކުރާ ފަރާތާއި، ދައުލަތާއި ދެމެދު ވެފައިވާ
މިދަޢުވާގައި ހިމެނޭ ސެޓްލްމެންޓް އެގްރިމެންޓާއި، އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓް
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބާޠިލްކޮށްފައިވާތީ އެގްރިމެންޓް ބާޠިލްކުރި ކުރުން ތައުނުކޮށް
ހުށަހަޅާފައިވާ ދަޢުވާއެއްކަމުގައިވާއިރު، މިމައްސަލާގެ މައުޟޫޢުގައި ޝަރީޢަތުން ބެލެވި ގޮތެއް ކަނޑައެޅުމުގެ
ކުރިން ދަޢުވާކުރާ ފަރާތުން އެދިފައިވާގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަކީ މައްސަލަ ބެލުމުގެ ކުރިން އަސްލު
މައްސަލާގައި ހިމެނޭ މައުޟޫއީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ޙިމާޔަތް ކުރިއާލާ ދެވުންކަމުގައި
ޝަރީޢަތުން ދެކޭތީ މާނެލްފުށި ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ދިވެހިރާއްa
ހައިކޯޓް
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
6
2015/HC-A/154
2015
/
304/LS
/
PRIV-88 (05 ފެބްރުއަރީ 2015) ސިޓީއާއި، ނަންބަރު 2015
/
307/LS
/
PRIV-88
(05 ފެބްރުއަރީ 2015) ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ޢަމަލުކުރުން ފަސްކުރުމަށާއި، އެ ރަށް އެހެން
ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި، އެ ރަށާއި ގުޅޭ ޙައްޤުތައް އެހެންފަރާތަކަށް ބަދަލުނުކުރުމަށާއި، އަދި 05
ފެބްރުއަރީ 2015 ގެ ފަހުން ރ. މާނެލްފުއްޓައި ގުޅިގެން އެއްވެސް މުޢާމަލާތެއް ކޮށްފައިވާނަމަ
ތަންފީޒް ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށާއި، ދައުލަތުގެ
އެންމެހައި މުއައްސަސާތަކުގެ މައްޗަށް އެންގުމުގެ ވަގުތީ އަމުރެއް މި ހިނދުގައި ނެރެދެވޭނެ ތަނެއް ނެތްކަމަށް
ކަނޑައަޅައި" ނިންމަވާފައިވާ ނިންމެވުމެއްކަން އެ ނިންމެވުމަށް ބެލުމުން، އެނގެން އޮވެއެވެ.
3/ ހދ ގތ
އެ މުޢާމަލާތެއް
(2
ސިވިލް ކޯޓުގެ ނަންބަރު
35 34 3" B2-CR1/VN/2015/01
ބުނެ މާނެފުށި
ނިންމިގޮތް އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ
ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
0
ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/376 ޤަޟިއްޔާއާއި
ގުޅިގެން ހިންގުނު ވަގުތީ އަމުރުގެ މައްސަލާގައި މާފެންފުށި ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް އަމުރެއް
ނެރެފިނަމަ، ދަޢުވާގެ މައުޟޫޢުއަށް ގޮތެއް ކަނޑައެޅިގެންދާނެކަމަށް ފަނޑިޔާރު ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 215/HC-A/2013 ޤަޟިއްޔާއާއި، ނަންބަރު 188/HC
-
A/2012 ޤަޟިއްޔާއާއި،
ހައިކޯޓުގެ ނަންބަރު 235/HC
-
A/2013 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށް
ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/HC-A/2012
ޤަޟިއްޔާއިން ވަގުތީ އަމުރެއް ނެރުމުގައި ޢަމަލުކުރަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާއިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
1
2015/HC-A/154
އުޞޫލުތަކާއި ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/376 ޤަޟިއްޔާއާއި ގުޅިގެން ހިންގުނު ވަގުތީ
އަމުރުގެ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލާއި ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5
ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައާ އެއްފަދަ އެހެން
މައްސަލައެއްގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ނިންމާ
ނިންމުންތަކަށް ރިޢާޔަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ
ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2015
/
01/B2
-
CR1
/
V "ވަގުތީ އަމުރާމެދު
ނިންމިގޮތް" އަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަ
ކުމަކީ،
އިސްތިއުނާފުކުރެވޭ
ކޯޓުގެ
ނަންބަރު
83 822 823 > "Sĩ, 3333 =" B2-CR1/VN/2015/01
އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައެޅުއްވި މައިގަނޑު ސަބަބަކީ
ސިވިލް ކޯޓަށް މާފެންފުށި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މައްސަލާގެ މައުޟޫޢުގައި، ޝަރީޢަތުން
ބައްލަވައި ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން މާނެންފުށި ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް ވަގުތީ އަމުރެއް
ނެރެދިނުމަކީ މައްސަލަ ބެލުމުގެ ކުރިން އަޞްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ
މަރުކަޒަށް ދާއިމީ ހިމާޔަތް ކުރިއާލާ ދެވުންކަމަށް އެ ކޯޓަށް ފެނިވަޑައިގަތުމުންކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
މަސައްކަތަށް
8
2015/HC-A/154
އެގޮތުން،
.
0440
އިސްތިއުނާފުކުރެވޭ "ވަގުތީ އަމުރާއިމެދު ނިންމިގޮތް" އަކީ ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/376 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅުއްވަންދެން ވަގުތީ އަމުރެއް ނެރެދެއްވުމަށް މާފެންފުށި
ޕްރައިވެޓް ލިމިޓެޑުން އެދުމުން ސިވިލް ކޯޓުން ނިންމެވި ނިންމެވުމެއްކަމާއި، އިސްވެ ބުނެވުނު ސިވިލް ކޯޓުގެ
ޤަޟިއްޔާގައި މާފެންފުށި ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދަޢުވާއަކީ،
12 ޑިސެމްބަރު 2013 ގައި
ރ. މާފެންފުށި ކުއްޔަށް ދިނުމަށްޓަކައި ދިވެހި ސަރުކާރުގެ މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު ކުރެވިފައިވާ
އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓް އުވާލެވިފައިވާކަމަށާއި، އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް
އެގްރިމެންޓް އުވާލެވިފައިވަނީ ރ. މާފެންފުށި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން 12 ޑިސެމްބަރު 2013
ގެ ތާރީޚުގައި "ސެޓްލްމަންޓް އެގްރިމެންޓް" އުވާލި އުވާލުން އަސާސްއަކަށް ބަލައިގެންކަމަށް މިނިސްޓްރީ އޮފް
ޓޫރިޒަމްގެ ނަންބަރު 2015
/
304/LS
/
PRIV-88 (05 ފެބްރުއަރީ 2015) ގެ ސިޓީން މާފެންފުށި ޕްރައިވެޓް
ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ އެމެންޑެޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓާއި ޚިލާފު، ބާޠިލު
އެންގުމެއްކަމަށް ކަނޑައަޅުއްވައި ދެއްވައި އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓާއި އެއްގޮތަށް
ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް އަންގަވައި، އަމުރުކޮށްދެއްވުމަށް އެދި މާފެންފުށި ޕްރައިވެޓް
ލިމިޓެޑުން ކޮށްފައިވާ ދަޢުވާއެއްކަން ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/376 ޤަޟިއްޔާގެ "ވިޔަފާރިއާބެހޭ
ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމް" އަށް ބެލުމުން އެނގެން އޮންނަކަމާއި،
އެ މައްސަލާގައި މާފެންފުށި ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމް" ގައި
މާނެންފުށި ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓަކީ 50
(ފަންސާސް) އަހަރު ދުވަހުގެ މުއްދަތަށް ރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެއްކަމާއި، އެއްބަސްވުމުގެ
ދަށުން އެ ރަށް ތަރައްޤީ ކުރުމަށްވާންޖެހޭ ތައްޔާރީތައްވަމުން ދަނިކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު
2015
/
304/LS
/
PRIV-88 (05 ފެބްރުއަރީ 2015) ގެ ސިޓީގެ ސަބަބުން އެރަށް ތަރައްޤީކުރުމުގެ
ވަނީ ހުރަސް އެޅިފައިކަމަށާއި، އަދި މާފެންފުށި ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލާގައި
ކޯޓުން ފައިސަލާ ކުރަނިވި ޙުކުމެއް ކުރެއްވުމުގެ ކުރިން އިސްވެ ބުނެވުނު ސިޓީގައި ބުނެފައިވާ ގޮތަށް
ބާޠިލުކުރެވިއްޖެނަމަ، މާނަފުށި ޕްރައިވެޓް ލިމިޓެޑަށް އިޢާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބޭނެކަމަށާއިން
.
· 4
2 4
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2015/HC-A/154
ހ2، 8
5
2
3
4
$20
އެގޮތުން ލިބިދާނެ ގެއްލުމުގެ މާލީ ތަފްޞީލު
އިތުރުން، ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/376 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުގެ
ރެއްވުމުގެ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމުން އެ ރަށް އެހެން
ފަރާތަކާއި ޙަވާލުކޮށްފިނަމަ، ޙަވާލާދެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ކުރައްވަފާނެ ޙުކުމެއްގެ ބާރު ކެ.
ކެނޑި،
އަދި އެ ޙުކުމް ތަންފީޒުކުރުން އެއީ މުސްތަޙީލު ކަމަކަށް ވެގެން ދިޔުމުގެ އިޙްތިމާލު އޮތްކަން މާފެންފުށި
ޕްރައިވެޓް ލިމިޓެޑުން "ވަގުތީ އަމުރަށް އެދޭ ފޯމް" ގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ގެ ދަށުން
(ނ) ދެވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ރ. މާފެންފުށި އެންމެ ފުރަތަމަ ކުއްޔަށް
ދޫކުރެވުނީ 3 ސެޕްޓެމްބަރު 2006 ގައި ސޮއިކުރެވުނު "އިނީޝަލް ލީސް އެގްރީމެންޓް"
ކ. މާލެ / މ. މާގިނަ، ނަޞްރާ ޢަބްދުއްސައްތާރަށްކަން އެނގެން އޮންނަކަ
ނަކަމާއި، 12 ޑިސެމްބަރު 2013 ގައި
މިނިސްޓްރީ އޮފް ޓޫރިޒަމާއި ނަޞްރާ ޢަބްދުއްސައްތާރާއި ދެމެދު ރ. މާނެން
ނެންފުއްޓާއި ގުޅޭ ގޮތުން "ސެޓްލްމަންޓް
އެގްރީމެންޓް" އެއްގައި ސޮއިކުރެވުނުކަމާއި، އަދި ބުނެވުނު ސެޓްލްމަންޓް އެގްރީމެންޓް" އާ ގުޅިގެން
"އިނީޝަލް ލީސް އެގްރީމެންޓް" އަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން ހަމަ އެ ތާރީޚުގައި (12 ޑިސެމްބަރު
2013) ގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ނަޞްރާ ޢަބްދުއްސައްތާރާ ދެމެދު އެމެންޑަޑް
ލީޒް އެގްރިމެންޓެއްގައި ސޮއިކުރެވުނުކަން ފާހަގަކުރެވޭކަމާއި، އަދި އެއަށްފަހު، 17 ޑިސެމްބަރު 2013 ގައި،
ނަޞްރާ ޢަބްދުއްސައްތާރާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދު ވެވުނު އެގްރީމެންޓްތަކުގެ ދަށުން ނަޞްރާ
ޢަބްދުއްސައްތާރަށް ލިބިދެވުނު ޙައްޤުތައް، މާފެންފުށި ޕްރައިވެޓް ލިމިޓެޑަށް ތަޙުލީލުކުރުމާއި ގުޅޭ ގޮތުން "ޑީޑް
އޮފް އެސައިންމަންޓް" އެއްގައި ނަޞްރާ ޢަބްދުއްސައްތާރާއި މާފެންފުށި ޕްރައިވެޓް ލިމިޓެޑާ ދެމެދު
ސޮއިކުރެވުނުކަން ފާހަގަކުރެވެން އޮންނަކަމާއި، މާނެންފުށި، މާފެންފުށި ޕްރައިވެޓް ލިމިޓެޑްގެ ބެލުމުގެ
ދަށުގައިވަނީ އިސްވެ ބުނެވުނު "ޑީޑް އޮފް އެސައިންމަންޓް" ގެ ދަށުންކަން ފާހަގަކުރެވެން އޮންނަކަމެވެ.
އެންޑް ރީ-ސްޓޭޓަޑް
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ވަގުތީ
އަމުރަށް އެދޭފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމު ވިއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
2015/HC-A/154
އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެގެންވުމާއި، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ
"ޞިފަތު" ނުވަތަ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި، އަދި ވަގުތީ އަމުރު ނެރުމަކާއި ނުލާ
އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން ހިމެނިފައިވާއިރު،
އިސްވެ ބުނެވުނު ޝަރުތުތަކުގެ އިތުރުން، ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ
އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ޙާލަތްތަކުން ކުރެ ޙާލަތެއްއޮވެ، ވަގުތީ އަމުރެއް
ނުވަތަ ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ، ހުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާޞިލު ނުވެ
ހިނގައިދާނެކަމަށް، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ
ނުވަތަ ފައިސާ ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމަށް ނުވަތަ ދަޢުވާ ލިބޭ މީހާ ފިލައިގެން ހިނގައިދާނެކަމަށް
ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް ނުވަތަ އެމުދަލެއްގެ ނުވަތަ
ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން ހުއްޓުވުމަށް އަމުރު ކުރުމުގެ ބާރު
ކޯޓަށް ލިބިދީފައިވާކަން "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295 ވަނަ މާއްދާއަށް
ބެލުމުން އެނގޭކަމާއި، މިގޮތަށް ކޯޓަށް ލިބިދޭ ބާރުގެ ބޭނުންކުރުމުގައި އެ މައްސަލާގެ ވަށައިގެންވާ
ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ޙާލަތަށާއި، މައްސަލައިގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ
ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމަކީ އެ މައްސަލަ ބަލާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ (discretionary) ބާރެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
132/HC
-
A/2014 ޤަޟިއްޔާއިން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި މާފެންފުށި ޕްރައިވެޓް ލިމިޓެޑުން
އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެއްވާނެ ތަނެއް ނެތްކަމަށް އިސްތިއުނާފުކުރެވޭ ނިންމެވުމުގައި ސިވިލް
ކޯޓުން ކަނޑައަޅުއްވާފައިވަނީ، ސިވިލް ކޯޓަށް މާފެންފުށި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މައްސަލާގެ
މައުޟޫޢުގައި، ޝަރީޢަތުން ބައްލަވައި ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން މާފެންފުށި ޕްރައިވެޓް ލިމިޓެޑުން
އެދިފައިވާގޮތަށް ވަގުތީ އަމުރެއް ނެރެދެއްވުމަކީ މައްސަލަ ބެއްލެވުމުގެ ކުރިން އަޞްލު މައްސަލާގައި ހިމެނޭ
ދިވެހިރާއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2015/HC-A/154
OOCOO
2«
4
މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތް ކުރިއާލާ ދެވުންކަމަށް އެ ކޯޓަށް
ފެނިވަޑައިގަތުމުންކަމާއި،
މާނެންފުށި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/376 ޤަޟި
ޤަޟިއްޔާގައި
ކޮށްފައިވާ ދަޢުވާއަކީ ސެޓްލްމެންޓް އެގްރިމެންޓާއި އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓް ދައުލަތުން
ބާޠިލުކުރިކުރުން ތަޢުނުކޮށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، އިސްވެ ބުނެވުނު ދަޢުވާގެ
ނަތީޖާއަކަށް ވާނީ މިނިސްޓްރީ އޮފް ޓޫރިޒަމަށް، ނުވަތަ ދައުލަތަށް އިސްވެ ބުނެވުނު ދެ އެގްރިމެންޓް
ބާޠިލުކުރުމުގެ ޙައްޤު ލިބިދެވިފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެން ދިޔުންކަން އެނގޭކަމާއި،
މި މައްސަލާގައި ހިމެނޭ އެމެންޑަޑް އެންޑް ރީސްޓޭޓަޑް ލީޒް އެގްރިމެންޓަކީ އެ އެގްރިމެންޓްގެ
މުއްދަތު އަދި ހަމަ ނުވާ އެގްރިމެންޓެއްކަން ފާހަގަކުރެވޭކަމާއި، އެގޮތުން، އެ އެގްރިމެންޓްގެ ދަށުން ރަށުގެ
ޢުމްރާނީ ތަރައްޤީ ކުރުމަށްޓަކައި ދެވިފައިވާ މުއްދަތުވެސް އަދި ހަމަނުވާކަން އެނގޭކަމާއި، ޢުމްރާނީ ތަރައްޤީ
ފެށުމަށްޓަކައި ރަށުގެ ކުރެހުން ފަދަ ތަކެއްޗަށް ބޮޑެތި ޚަރަދުތަކެއް ކުރެވިފައިވާނެކަމަށް މާފެންފުށި ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި، ސިވިލް ކޯޓުގެ
ނަންބަރު 2015/Cv-C/376 ޤަޟިއްޔާގައި މާފެންފުށި ޕްރައިވެޓް ލިމިޓެޑުން ވަގުތީ އަމުރެއް ނެރެދެއްވުމަށް
އެދިފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު 2015
/
304/LS
/
PRIV-88 (05 ފެބްރުއަރީ 2015)
ސިޓީއާއި، ނަންބަރު 2015
/
307/LS
/
PRIV-88 (05 ފެބްރުއަރީ 2015ސިޓީގައި ބަޔާންކޮށްފައިވާ
ކަންކަމަށް ޢަމަލުކުރުން ފަސްކުރުމަށާއި، އެ ރަށް އެހެން ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި، އެ ރަށާގުޅޭ
ހަތަކަށް ބަދަލުނުކުރުމަށާއި، އަދި 05 ފެބްރުއަރީ 2015 ގެ ފަހުން ރ. މާނެންފުއްޓާއި
ގުޅިގެން އެއްވެސް މުޢާމަލާތެއް ކޮށްފައިވާނަމަ އެ މުޢާމަލާތެއް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް
ނުކުރުމަށްކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 71/HC
-
A/2015 ޤަޟިއްޔާގައި ޤާއިމްކުރައްވާފައިވާ
އުޞޫލަށް ބަލާއިރު، ވަގުތީ އަމުރަށް އެދި ހުށަހަޅާ މައްސަލަތަކުގައި އެއަމުރު ނުނެރެފިނަމަ، އެ އަމުރަށް އެދުނު
ފަރާތަށް ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކުރާ ފަދައިން، އެ އަމުރު ނެރުމުގެ ސަބަބުން އަނެއް ފަރާތަށް ލިބިދާނައްޖޭގެ
ޑޑ ތ ދ ތ ދވ
ޙައްޤުތައް އެހެންފަރާތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
12
2015/HC-A/154
ޑ 3 އއވ ޑ 8
2413ކނފަ
ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާކަމާއި، މި މައްސަލާގައި ހިމެނޭ
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސިޓީތަކުން ސެޓްލްމެންޓް އެގްރިމެންޓާއި އެމެންޑަޑް ރީ-ސްޓޭޓަޑް ލީޒް
އެގްރިމެންޓް ބާޠިލުކުރެވިފައިވީނަމަވެސް، އިނީޝަލް ލީސް އެގްރިމެންޓަކީ އަދިވެސް ދެމިއޮތް
އެގްރިމެންޓެއްކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި، އަދި އިސްވެ ބުނެވުނު އިންޝަލް ލީސް އެގްރިމެންޓްގެ ދަށުން މާފެންފުށި ޕްރައިވެޓް
ލިމިޓެޑަށް ރ. މާފެންފުށި ތަރައްޤީކުރުމުގެ ޙައްޤު ދެމި އޮވެގެންދާނެކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު،
އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓް ބާޠިލުކުރުމުން މުޅި މުޢާމަލާތް ރޫޅިގޮސް، ދެފަރާތު ދެމެދު
ޤާނޫނީ ގޮތުން ބަނދެވޭ މުޢާމަލާތެއް ނެތުމުގެ އިޙްތިމާލު އޮތްކަމަށް މާފެންފުށި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައި އޮތުމުން، ހުށަހެޅިފައިމިވާ މައްސަލައަށް
ހައިކޯޓުގެ ނަންބަރު 71/HC
-
A/2015 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލު ތަޠުބީޤުކުރާނަމަ،
މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ، ދައުލަތަށް ވުރެ ބޮޑަށް މާފެންފުށި ޕްރައިވެޓް ލިމިޓެޑަށް
ގެއްލުންތަކެއް ލިބުމުގެ އިޙްތިމާލު އޮތްކަން ފާހަގަކުރެވޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/376 ޤަޟިއްޔާއިން ނިކުންނާނެ އާޚިރު ނަތީޖާއަކީ
ސެޓްލްމެންޓް އެގްރިމެންޓާއި އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމެންޓް ބާޠިލުކުރުމުގެ ޙައްޤު ދައުލަތަށް
އޮތްތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުންކަމާއި، އަދި މި މައްސަލާގައި މާފެންފުށި ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ
ގޮތަށް ވަގުތީ އަމުރެއް ނެރެފިނަމަ، އެފަދަ އަމުރެއް ނެރުމުގެ ނަތީޖާއަކަށްވާނީ، އިސްވެ ބުނެވުނު ޤަޟިއްޔާގެ
މައުޟޫޢުއާ މެދު ގޮތެއް ކަނޑައަޅުއްވަންދެން
ސެޓްލްމެންޓް އެގްރިމެންޓާއި އެމެންޑަޑް ރީ-ސްޓޭޓަޑް
ލީޒް އެގްރިމެންޓް ބާޠިލުކޮށްފައިވާކަމަށް އަންގާފައިވާ އެންގުމަށް ޢަމަލުކުރުން ފަސްކުރެވި، ތިންވަނަ ފަރާތްތަކާއި
ދައުލަތާއި ދެމެދު
މުޢާމަލާތެއް ކުރެވިފައިވާނަމަ، އެފަދަ މުޢާމަލާތެއް
ތަންފީޒުކުރުންވެސް ފަސްކުރެވުންކަމުން، މި ކަމަކީ، ސިވިލް ކޯޓަށް މާފެންފުށި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހެޅި މައްސަލާގެ މައުޟޫޢުއާމެދު، ޝަރީޢަތުން ބައްލަވައި ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން އަޞްލު
މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތް ކުރިއާލާ ދެވުންކަމަ
8 0 4 6 8 2
އެންޑް
/ ޑ 0
2
މިނޭނއeއި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
13
2015/HC-A/154
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމާއި، އަދި
މި މައްސަލާގައި މާފެންފުށި ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެއްވައިފިނަމަ،
މައްސަލާގެ ޚުޞޫމަތް އުފެދުމުގެ ކުރިން ދެފަރާތު ދެމެދު އޮތް ޙާލަތު ދެމެހެއްޓުމު އިތުރުން، ސިވިލް ކޯޓުގެ
ނަންބަރު 2015/Cv-C/376 ޤަޟިއްޔާގައި ކޮންމެ ގޮތަކަށް ޙުކުމް ކުރެއްވިނަމަވެސް، އެ ޙުކުމް
ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު
33: $2 $ đi "Sĩ - 3333 =" B2-CR1/VN/2015/01
އެ
ސަބަބަކީ، މައްސަލަ ބެލުމުގެ ކުރިން އަޞްލު މައްސަލާގައި ހިމެނޭ މައުޟޫއީ ޙައްޤަށް ނުވަތަ ޤާނޫނީ
މަރުކަޒަށް ދާއިމީ ޙިމާޔަތް ކުރިއާލާ ދެވުންކަމަށް ފާހަގަކުރައްވާފައިވާއިރު، މި ޤަޟިއްޔާގައި އިސްވެ
ފާހަގަކުރެވިފައިވާ ސަބަބުތަކަށްޓަކައި މާފެންފުށި ޕްރައިވެޓް ލިމިޓެޑަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ
މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމްވެފައިވާކަމާއި،
އަދި މާފެންފުށި ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް ވަގުތީ އަމުރެއް ނެރެދިނުންވާނީ މައްސަލަ ބެލުމުގެ
ކުރިން އަޞްލު މައްސަލާގައި ހިމެނޭ މައުޟޫއީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ޙިމާޔަތް ކުރިއާލާ
3333 =" B2-CR1/VN/2015/01 132 i = 5555 44 435
4 22
ނިންމިގޮތް" ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމާއި،
ޝަރުޢީ ކޯޓަކަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކޯޓަކުން ނެރޭ، އިސްތިއުނާފަށް
ހުށަހެޅިފައިމިވާފަދަ ނިންމުންތަކަކީ، އެނިންމުމެއް ނިންމި މައްސަލައެއް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، އެފަދަ
ނިންމުމެއްގެ ސަބަބުން ގެއްލުމެއް ލިބެމުންދާކަމަށް ނުވަތަ އަމުރަށް އެދުނު އިރު ހުރި ޙާލަތު ނޫން އެހެން
ޙާލަތެއް މިހާރު މެދުވެރިވެފައިވާކަމަށް
އެކަމާއިމެދު އަލުން ވިސްނަވާ ގޮތެއް ނިންމަވައި
ދެއްވުން އެދި، މައްސަލަ ބައްލަވާ ކޯޓަކަށް ހުށަހެޅިދާނެ ފަދަ ނިންމުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަބޫލުކުރެވޭނަމަ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޙުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
14
2015/HC-A/154
ނަންބަރު
2014/HC-A/132
ޤަޟިއްޔާ
އާއި 106/HC-A/2014
ފަދަ ޤަޟިއްޔާތަކުގައި
etc
ފާހަގަކޮށްފައިވާކަމާއި،
އެހެންކަމުން، މާފެންފުށި ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފު މިކުރެވޭ ނިންމެވުމުގައި ހިމެނޭ
ފަދަ ވަގުތީ އަމުރެއް ނެރެދެއްވުމަށް ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/376 ޤަޟިއްޔާއިން އަލުން
އެދެފިނަމަ، މި ޤަޟިއްޔާގައި ފާހަގަކުރެވިފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރެއްވުމާއިއެކު، އެފަދަ އަމުރަކާއި
މެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުއްވިދާނެކަން ފާހަގަކުރެވެން އޮންނަކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް
ހުރުމާއިއެކު، ސިވިލް ކޯޓުގެ ނަންބަރު
18342 343285 286 85 "$3,2 35335 35" B2-CR1/VN/2015/01
ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވުނެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
15
2015/HC-A/154
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް
ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު
5 = 35$ đes - "322 323 435" B2-CR1/VN/2015/01
COC
އަމުރާމެދު
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ނިންމެވުން ބާޠިލުކަމަށް ކަނޑައަޅައި،
މާނެންފުށި ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފު މިކުރެވޭ ނިންމެވުމުގައި ހިމެނޭ ފަދަ ވަގުތީ އަމުރެއް
ނެރެދެއްވުމަށް ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/376 ޤަޟިއްޔާއިން އަލުން އެދެފިނަމަ، އެ އަމުރާ
ގޮތެއް ކަނޑައެޅުއްވުމުގައި
ޤަޟިއްޔާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް
ކުރައްވަންވާނެކަމަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފިމެވެ.
OCX
ގުޅޭގޮތުން
)
ދިވެހިރާއްޖޭގެ
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv