ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/73 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/73
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 73/HC-A/2017
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު.
ދާއިމީ އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިސްމާޢީލް ނިޔާޛު
އައިޑީ ކާޑު ނަންބަރު: A372805
*
ދާއިމީ އެޑްރެސް: މއ.ވިންޓަރޕެލަސް ކ.މާލެ
މިހާރުގެ އެޑްރެސް: މއ.ވިންޓަރޕެލަސް ކ.މާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1438
,1 ޖަނަވަރީ 2017
ނިމުނު ތާރީޚް: 02 ޖުމާދަލްއޫލާ 1438
30 ޖަނަވަރީ 2017
• އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2017
/
111/J
/
MD-145
• އަމުރުގެ ބާވަތް: ކޯޓު އަމުރު
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 04 ޖަނަވަރީ 2017 * ނިމުނު ތާރީޚް: 04 ޖަނަވަރީ 2017
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހިމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471 *
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
883ކާން
2
2017/HC-A/73
ނިމުނު ގޮތުގެ ޚުލާޞާ
ޖެ.އޯޔާ
ދަޢުވާގެ ޚުލާޞާ:
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
111/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ،
ވިންޓަރޕްލަސް މާލެ އިސްމާޢީލް
ނިޔާޛުއެވެ.
ފާހަގަކުރެވުނު ނުކުތާތައް
1- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
111/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
ކޯޓުއަމުރަކީ، އިސްމާޢީލް ނިޔާޛުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ބަނގުރާ ގެންގުޅެ އެތަކެތީގެ
ވިޔަފާރިކުރުމުގެ ކުށުގެ މައްސަލައިގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު 154643/MF ”ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” ކުރިމިނަލް
ކޯޓަށް ހުށަހެޅުމުން 2017 ޖަނަވަރީ 04 ވަނަ ދުވަހުގެ 14:30 އިން ފެށިގެން އިސްމާޢީލް ނިޔާޛު
ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ
އެ އަމުރަށް ބެލުމުން އެނގެން
4 * * *
2- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
111/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން،
0
cu o
ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު: 2017
/
111/J
/
MD-45 ކޯޓު
އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7
;އެސް.331471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިއްޖެ
އީމެއިލް [email protected] ވެބް ސައިޓް wd
,
asoft.gomv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/73
ވަނަ މާއްދާގެ (ހ) ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައެޅުއްވާފައިވާ
އުޞޫލަށް ރިޢާޔަތްނުކުރައްވައި ނެރުއްވާފައިވާ އަމުރަކަށް ވުންކަމަށް ބުނެ ހުށަހަޅާފައިވާ
533
ކުބާއެފަ.
0
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް
ކުރެއްވުމަކާނުލައި ނެރުއްވާފައިވާ އަމުރަކަށްވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ރިޢާޔަތް
0
• ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި ”މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ކަމަށް ބަޔާންކޮށްފައިވާއިރު، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
111/J
/
MD-145 ކޯޓު
އަމުރު ނެރުއްވިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 371/HC-A/2013 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތް ނުކުރައްވައި އަމުރު ނެރުއްވާފައިވުން ކަމަށް ބުނެ ހުށަހަޅާފައިވާ
ދި¢ ¢ ¢¢ ¢ ¢¢
80ނނ
4.
2 2 32
ނމއ.
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
111/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެދުކުތަކާ ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331371
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A73
46
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ)
އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި
މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް
ލިބިގެންވާކަން އެނގެން އޮންނަކަމާއި؛
38
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ
ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު
ވަޒަންކުރަން އެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
cucO7
مر مر سرما و
އެނގެން އޮވެއެވެ.
މިއިސްތިއުނާފުކުރެވޭ މައްސަލައިގައި އިސްމާޢީލް
އިސްމާޢީލް ނިޔާޛުގެ މައްޗަށް
ތުހުމަތުކުރެވިފައިވަނީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުކަން، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު: 154643/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިންނާއި،
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
އިސްމާޢީލް ނިޔާޛުގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން މިހާރު ތަޙްޤީޤު ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅުމުގެ މަރުޙަލާގައިވާ
މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
ނތެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: i/16
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޝިރުޔާ
ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/73
މައްސަލައިގެ ބާވަތަށާއި ކަންހިނގާފައިވާ ގޮތަށާއި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގޮސްފައިވާ
ހިސާބަށް ބަލާއިރު، މި މައްސަލާގައި އިސްމާޢީލް ނިޔާޛު މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑަޅައި
ތަނެއްގައި ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބެލުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2017
/
111/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުންގެ މަޖިލީހަކަށް ނުފެނުނެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2017
/
111/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް
މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv