ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/202 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/202
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 202/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: ގަޒީރާ ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ވިލާ ބިލްޑިންގ، ކ. މާލެ
މިހާރުގެ އެޑްރެސް: ވިލާ ބިލްޑިންގ، ކ. މާލެ
ރެޖިސްޓްރީ ނަން
ނަދީބަ. 658
/
2006-C
**
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ (ދިވެހި ދައުލަތް)
ހުށަހެޅުނު ތާރީޚް: 16 އޮގަސްޓް 2011
ނިމުނު ތާރީޚް: 18 އޭޕްރީލް 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/1475
ނިންމެވިކޯޓު: ސިވިލްކޯޓު
ޤަޟިއްޔާގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
ށަހެޅުނުތާރީޚް: 09-11-2010
ނިމުނު ތާރީޚް: 16-06-2011
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/202
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1475 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ގަޒީރާ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް
ކަލްޗަރު (ދިވެހި ދައުލަތް) އެވެ.
cut o
CCCO
ފާހަގަކުރެވުނު ނުކުތާ
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1475 ޤަޟިއްޔާއަކީ، ދިވެހި ސަރުކާރާއި،
ދަފްތަރު ނަންބަރު 1874 ޢަބްދުﷲ ޖަމީލު އާއި ދެމެދު 22 ޖޫން 2006 ގައި، ގދ. ގަޒީރާ އެވެކިޔާ ރަށް
ކުއްޔަށް ދިނުމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ޖަމީލަށް ލިބިދީފައިވާ އެންމެހައި
ޙައްޤުތަކާއި، ޛިންމާތައް 30 ޖުލައި 2007 ގައި ކުރެވުނު ޑީޑް އޮފް އެސައިންމަންޓް އެއްބަސްވުމުގެ ދަށުން
ޓޫރިސްޓް ރިޒޯޓެއް ހެދުމަށް ވަޒީރާ ޕްރައިވެޓް ލިމިޓެޑަށް ގދ. ގަޒީރާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން
ބާތިލްކޮށް އެރަށް ދިވެހި ސަރުކާރާ ގަޒީރާ ޕްރައިވެޓް ލިމިޓެޑާ އެކުވެގެން އުފެއްދޭ ޖޮއިންޓް ވެންޗަރ އަކުން
ހިންގުމަށް އެއްބަސްވެ، އަދި އެ އެއްބަސްވުމަށް ޢަމަލުނުކޮށް ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ގަޒީރާ
ޕްރައިވެޓް ލިމިޓެޑަށް ގެއްލުންތަކެއް ލިބިފައިވާތީ، ގަޒީރާ ޕްރައިވެޓް ލިމިޓެޑާ ސަރުކާރާއެކު ޕޮއިންޓް ވެންޗަރ
އެއް ހަދައިގެން ގދ. ގަޒީރާ ތަރައްޤީ ކުރުމަށް ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމަށާއި،
އެއްބަސްވުންތަކާއި، ޚިލާފަށް ސަރުކާރުން ކަންކޮށްފައިވުމުން، ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ
ގެއްލުމުގެ ބަދަލު ހޯދުމަށް ޖަޒީރާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް
ކަލްޗަރ އަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް
ކަމާއި؟
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކާއި،
ހުށަހެޅިފައިވާ ލިޔެކިޔުމާއި، މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، ގަޒީރާ ޕްރައިވެޓް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A1202
ލިމިޓެޑުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރ އަށް ރައްދުވާ ގޮތަށް ދިވެހި
ދައުލަތުގެ މައްޗަށް ކުޅު މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ނަޒަރުކުރިއިރު،
ގދ. ގަޒީރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި 22 ޖޫން 2006 ވަނަ ދުވަހު
މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއާއި ޢަބްދުﷲ ޖަލީލުއާއެކު ކުރެވުނު ލީސް އެގްރީމަންޓްގެ
ދަށުން ޢަބްދުﷲ ޖަލީލަށް ލިބިގެންވާ އެންމެހާ ޙައްޤުތަކާއި ދިންމާތައް ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް
ބަދަލުކުރުމަށް 30 ޖުލައި 2007 ގައި ޢަބްދުﷲ ޖަލީލުއާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު
ޑީޑް އޮފް އެސައިމަންޓްގެ ސަބަބުން ޢަބްދުﷲ ޖަލީލުއާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް
ކަލްޗަރއާއި ދެމެދު 22 ޖޫން 2006 ގައި ސޮއިކުރެވިފައިވާ ލީސް އެގްރީމަންޓްގެ ދަށުން ޢަބްދުﷲ ޖަލީލަށް
ލިބިގެންވާ އެންމެހާ ޙައްޤަކީ ގަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ޙައްޤުކަމާއި، މި ލީސް އެގްރީމެންޓްގެ ދަށުން
ޢަބްދުﷲ ޖަލީލު އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކެއް ފުރިހަމައަށް އަދާކުރުމަކީ ގަޒީރާ ޕްރައިވެޓް
ލިމިޓެޑްގެ ޛިންމާއެއްކަން އެނގެން އޮންނަހިނދު،
ގދ. ގަޒީރާ ކުއްޔަށް ދިނުމަށް ވެފައިވާ ލީސް އެގްރީމަންޓް ދެމިއޮތްހާ ހިނދެއްގައި އަދި
އެގްރީމަންޓްގައިވާ
އެއްބަސްވުމުގައިވާ ފަދައިން އުނިއިތުރެއް ނުވަތަ ބަދަލެއް
ނުގެނެވޭހިނދެއްގައި، ނުވަތަ އެގްރީމަންޓްގައިވާ ގޮތްނޫންގޮތަކަށް އެއްބަސްވެފައި ނެތްހިނދެއްގައި،
އެގްރީމަންޓްގެ ދަށުން ދެފަރާތުގެ މައްޗަށް ލާޒިމުކޮށްފައިވާ އެންމެހާ އިލްތިޒާމްތަކެއް ފުރިހަމައަށް އަދާކުރުމަކީ
އެގްރީމަންޓްގެ ދެބައިވެރިންގެ މައްޗަށް ލާޒިމްކަމެއްކަމާއި، މިގޮތުން މިބުނެވެދިޔަ ފަދައިން އެއްބަސްވުން
ދެމިއޮތްހާ ހިނދެއްގައި އެގްރީމަންޓްގެ ދަށުން، އެ އެގްރީމަންޓްގައިވާ ބޭނުމަށް ގދ. ގަޒީރާ ލިބުމަކީ
ދަޢުވާކުރާ ފަރާތުގެ ޙައްޤެއްކަމާއި، ހަމަ އެފަދައިން އެގްރީމަންޓްގެ މުއްދަތުގައި އެގްރީމަންޓްގައިވާ ފަދައިން
ރަށަށް ދައްކަންޖެހޭ ކުލި ދެއްކުމަކީ، އަދި އެގްރީމަންޓްގައިވާ ފަދައިން ކުލި ނުދެއްކިއްޖެނަމަ،
އެއްބަސްވެފައިވާ ފަދައިން ޖޫރިމަނީ ފައިސާ ދައުލަތަށް ދެއްކުމަކީ ދަޢުވާކުރާ ފަރާތުގެ މައްޗަށް
ލާޒިމުކަމެއްކަމާއި،
ލީސް އެގްރީމަންޓްގެ 23 ވަނަ މާއްދާގައި ކުއްޔަށްދޭ ފަރާތުން، އެހެނީ މިނިސްޓްރީ އޮފް
ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ފަރާތުން އެގްރީމަންޓް ނިމުމަކަށް ގެންނަކަމުގައި ވަނީނަމަ،
82
9
8 *ދ ދه
ގެތެނޭނޭ ގެތަކަށް
COOP
co
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/22
ހއ 04
4c
މަލަށް
CCO
3 4
ލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވީހިނދު، އެގްރީމަންޓްގެ 23 ވަނަ މާއްދާގައިވާ ފަދައިން ދައުލަތުން
އަމަލުކޮށްފައިވާކަން އެނގެން ނެތްކަމާއި،
މިދަޢުވާ ބިނާވެގެންވަނީ މައިގަނޑު ދެކަމެއް ވުމާއި ނުވުމުގެ މައްޗަށްކަމާއި، އެއީ ގދ.
ޖަޒީރާގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި ވެފައިވާ ލީސް އެގްރީމަންޓްވަނީ، ސަރުކާރުން އެލީސް
އެގްރީމަންޓް ނިމުމަކަށް ގެނެސްފައިވުމުގެ ސަބަބުން ބާޠިލުވެފައިކަމަށާއި، ލީސް އެގްރީމަންޓް ބާޠިލުވެފައިވާތީ،
އެ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއްނުވާކަމަށް ދަޢުވާކުރާ
ފަރާތުން ބުނާ ބުނުމާއި، ގދ. ގަޒީރާގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި ވެފައިވާ ލީސް
އެގްރީމަންޓް ބާޠިލުކޮށް، ގދ. ގަޒީރާ ތަރައްޤީކުރުމަށް ދަޢުވާކުރާ ފަރާތާއި ސަރުކާރާއެކު ޕޮއިންޓް ވެންޗަރ
ބަސްވުމަކަށް އައިސްފައިވާކަމަށާއި، ދައުލަތުންވަނީ މިޕޮއިންޓް ވެންޗަރ އެއްބަސްވުމާއި
ޚިލާފުވެފައިވާކަމަށްބުނާ ދަޢުވާކުރާ ފަރާތުން ބުނާ ބުނުންކަން އެނގޭހިނދު، މިދެކަމުގެ މައްޗަށް
ނަޒަރުކުރާއިރު،
ދެފަރާތްދެމެދު އޮތް ލީސް އެގްރީމަންޓްވަނީ ދައުލަތުން ބާޠިލުކޮށްފައިވާކަމަށާއި އަދި އެކަން
ދަޢުވާކުރާ ފަރާތަށް އަންގާފައިވާކަމަށްބުނެ ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމް،
އާޓްސް އެންޑް ކަލްޗަރ އިން ދަޢުވާކުރާ ފަރާތަށް ފޮނުވި އެމިނިސްޓްރީގެ ނަންބަރު: -LR
/
NI-88
2010
/
1/GAZ (05 ޖެނުއަރީ 2010ސިޓީގައިވަނީ މިހާތަނަށް ޢަމަލީ މަސައްކަތް ނުފެނިހުރި ރަށްރަށް
ކުއްޔަށް ހިފާފައިވާ ފަރާތްތަކާ ސަރުކާރުން ވާހަކަ ދައްކައިގެން، ދެފަރާތުގެ ދެމެދުގައި ޓަރމިނޭޝަން
އެގްރީމަންޓަކަށް އެއްބަސްވެ، އެފަރާތްތަކާއެކު ކޮށްފައިވާ އެގްރީމަންޓްތައް ބާޠިލުކުރުމަށް ވަޒީރުންގެ މަޖިލީހުން
ނިންމައިފިކަމަށާއި، އެހެންކަމުން، ގދ. ގަޒީރާގެ ލީސް އެގްރީމަންޓްގެ ދަށުން ރަށް ތަރައްޤީކުރުމަށް ދެވުނު
ކޮންސްޓްރަކްޝަން ޕީރިއަޑުގެ މުއްދަތު 17 ޖެނުއަރީ 2010 ގެ ނިޔަލަށް ހަމަވާއިރު، ރަށް ތަރައްޤީކުރުމުގެ
މަސައްކަތް މިހާތަނަށް ފައްޓާފައިނުވާތީ، ޖަޒީރާ ކުއްޔަށް ދިނުމަށް ކޮށްފައިވާ އެގްރީމަންޓް
ބާޠިލުކޮށްފިކަމަށް އެމިނިސްޓްރީން ޤަޞްދުކުރާކަމަށް ކަމަށާއި، މިސިޓީގައި ކަނޑައެޅިގެން އެގްރީމަންޓް
ބާޠިލުކޮށްފިކަމަށް ބުނެފައިވާކަމަށް ބަލަންޖެހޭފަދަ ޢިބާރާތެއް އޮތްކަމަށް ދޭހަނުވާކަމާއި، މިސިޓީގައިވަނީ ލީސް
އެގްރިމަންޓް ބާޠިލުކުރުމަށް އެމިނިސްޓްރީން ޤަޞްދުކުރާކަން ކަމުގައިވާއިރު، އެޤަޞްދުކުރި ކުރުން އެގޮތުގައި
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/202
33 0
ގެ
ތަންފީޛުކުރެވިއްޖެކަން ޘާބިތުނުވާހާ ހިނދެއްގައި، ލީސް އެގްރީމަންޓް ބާޠިލުކުރުމަށް ޤަޞްދުކުރި ކުރުމަކީ
އެޤަޞްދުކުރިގޮތަށް ހިނގާފައިވާ ނުވަތަ ތަންފީޛުވެފައިވާ ކަމެއްގެ ގޮތުގައި ބެލޭނެ އެއްވެސް ހަމައެއް
ނެތްކަމާއި، އަދި ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން ލީސް އެގްރީމަންޓް ބާޠިލުކުރުމަށްޓަކައި ދަޢުވާކުރާ
ފަރާތާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއާއި ދެމެދެ ޓަރމިނޭޝަން އެގްރީމަންޓެއް
ކުރެވިފައިނުވާކަމާއި،
މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން 05 ޖެނުއަރީ 2010 ގައި ދަޢުވާކުރާ
ފަރާތަށް ފޮނުވި އެމިނިސްޓްރީގެ ނަންބަރު: 2010
/
1/LR
/
NI
-
GAZ-88 ގެ ފަހަށް ދެފަރާތް ދެމެދު
ކުރެވިފައިވާ މުޢާމަލާތްތަކާއި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ޚުދު ދަޢުވާކުރާ ފަރާތުންވެސް ލީސް
އެގްރީމަންޓް ބާޠިލުކުރެވިފައިވާ ކަމަށް ޤަބޫލުކޮށް، އެފަދައިން ބަޔާންކޮށްފައިނުވާކަމާއި، އެއާއި ޚިލާފަށް
ދަޢުވާކުރާ ފަރާތުންވެސް ބަޔާންކޮށްފައިވަނީ ލީސް އެގްރީމަންޓް ބަދަލުކުރުމަށްޓަކައި ނުވަތަ ލީސް އެގްރީމަންޓް
ނިމުމަކަށް ގެނައުމަށްޓަކައި ދެފަރާތްދެމެދު މުޢާލާތްކުރެވެމުންދާކަމުގެ މައްޗަށްކަމާއި، އަދި އެކަން އެގޮތަށް
ހިނގާ މުއްދަތުގައި ދަޢުވާކުރާ ފަރާތަށް ލުއިފަސޭހަކަމެއް ލިބެންޖެހޭނެކަމަށް ދަޢުވާކުރާ ފަރާތުން ދެކޭކަމުގެ
މައްޗަށްކަން އެނގޭކަމާއި،
ދަޢުވާކުރާ ފަރާތާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާއިދެމެދު ގދ. ގަޒީރާ
ތަރައްޤީކުރުމުގައި ދެފަރާތް ދެމެދު ޖޮއިންޓް ވެންޗަރ އުޞޫލުން ކުރުމަށް ޤަޞްދުކުރެވި އެކަމާގުޅޭގޮތުން
ދެފަރާތްދެމެދު
ހިނގާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމާއި،
ނަމަވެސް، އެމުޢާމަލާތްތަކަކީ މަޝްވަރާގެ މަރުޙަލާގައިހުރި އެމައްޗަށް ޢަމަލީ ސިފަ އައުމުގެ މަރުޙަލާއާއި
ހަމައަށް އައިސްފައިވާ މުޢާމަލާތްތަކެއް ނޫންކަން މިމުޢާމަލާތާގުޅޭ އެންމެހާ ލިޔެކިޔުމަށް ބެލުމުން އެޅުމެއް
ނެތްގޮތެއްގައި އެނގޭކަމާއި،
ދެފަރާތް ދެމެދު ޖޮއިންޓް ވެންޗަރ އުޞޫލުން ގދ. ގަޒީރާ ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް
ގެންދިޔުމަށްޓަކައި، ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭކަމަށް
ދެފަރާތްދެމެދު އެއްބަސްވެވުނު ކަންކަމުގެ މައްޗަށް ތައްޔާރު
ޔާރުކުރެވުނު އެއްބަސްވުމުގެ ދެލިކޮޕީއެއް ދަޢުވާކުރާ
ފަރާތުން ގެންނަންބޭނުންވާ އިޞްލާޙްތައް ހުށަހަޅައި، އެއިޞްލާޙްތައް ފޮނުވި ދަޢުވާކުރާ ފަރާތުގެ ނަންބަރު:
މިޗެހި84/
40
/
282ކއި
32
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
211/HC-A/22
7CCO
CCOC
4 22
OcOc
432
2009
/
011/HAN (21 ފެބްރުއަރީ 2010) ސިޓީގައި ޖޮއިންޓް ވެންޗަރ އުޞޫލުން މިމުޢާމަލާތްކުރިއަށް
ގެންދިޔުމަށް ދަޢުވާކުރާ ފަރާތުން އެއްބަސްވާކަމަށް ބުނުމަކީ އެއީ އެހިނދުން ފެށިގެން ދެފަރާތްދެމެދު ޖޮއިންޓް
ވެންޗަރ އެއްބަސްވުމެއް އުފެދުނީކަމަށް ބެލޭނޭ ޤާނޫނީ ޙުއްޖަތެއްނޫންކަމާއި،
ދެފަރާތްދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމަކަށް އައުމަށްޓަކައި އޭގެ ކުރިއަށް ފުރިހަމަވާންޖެހޭ
ކަންކަމުގެ މަޝްވަރާ މަރުޙަލާ ނިމި، އެކަންކަން ތަންފީޛު މަރުޙަލާއަކާއި ހަމައަށް އައިސްފައިނުވާހިނދު،
އެކަންކަން ފުރިހަމަވެގެން ކުރިއަށް ގެންދިޔުމަށްއޮތް ޖޮއިންޓް ވެންޗަރ އެއްބަސްވުން، އެކަންކަން ފުރިހަމަނުވެ
ވުޖޫދަށް އައިސްފައިވާކަމަށް ޤަބޫލުކުރެވޭ ކާފީ ކެއް ނެތްކަމާއި،
ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ޤާނޫނު އެހެންގޮތަކަށް
ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމް އެއްޗެއްނޫންކަމަށް އޮންނަ އޮތުމުން،
ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަކީ ޤާނޫނު ނަންބަރު: 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ
ބާރު ހިނގާ އެޤާނޫނުގެ ދަށުން ޢަމަލުކުރެވޭނޭ ކަންކަންކަމުގައި ވެފައި، މިޤާނޫނުގައި ޓޫރިސްޓް ރިޒޯޓް
ތަރައްޤީކުރުމަށް ރަށް ކުއްޔަށް ދިނުމާއި، އެކަމާގުޅޭ ކަންކަމާގުޅޭ އެއްބަސްވުމުގައި ފުރިހަމަވާންޖެހޭކަމަށް
މިޤާނޫނު ލާޒިމުކުރާ ސިފަތައް ހުރެގެން މެނުވީ، މިދަޢުވާގައި އިޝާރާތް
އެއްވެސް
ފުރިހަމަނުވާނެކަން ޤާނޫނީގޮތުން ބެލުމުން އެނގޭހިނދު، ޤާނޫނު ނަންބަރު: 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ
ޤާނޫނު) އަށް ނަޒަރުކުޒު ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރު އެއްބަސްވުމަކީ ލިޔުމުން އޮންނަންޖެހޭ
އެއްބަސްވުމެއްކަމަށްވުމުން، ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން
ޞައްޙަ އަދި ޤާނޫނު ޤަބޫލުކުރާ އެއްބަސްވުމަކަށްޓަކައި، އެ އެއްބަސްވުމަކީ ލިޔުމުން އޮންނަންޖެހޭ
އެއްބަސްވުމެއްކަމާއި،
ލީސް އެގްރީމަންޓް ބާޠިލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން
ޤަޞްދުކުރާކަމަށް ދަޢުވާކުރާ ފަރާތަށް އެންގި އެންގުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ މަބްދަޢުއެއްކަމުގައިވާ
އެންޓިސިޕޭޓަރީ ބްރީޗްގެ އުޞޫލުން ދަޢުވާކުރާ ފަރާތަށް ދެވުނު ނޯޓިހެއްކަމުގައި ބެލިނަމަވެސް، މިއީ
އެއްބަސްވުމާއި ޚިލާފުވާނެކަމަށް ދައުލަތުގެ ފަރާތުން ދަޢުވާކުރާ ފަރާތަށް އެންގި އެންގުމެއްކަމުގައި ބަލައިގެން،
ލީސް އެގްރީމަންޓްގެ ދަށުން ދަޢުވާކުރާ ފަރާތް އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކޮށް،
24
23
4
ތރުތކރ
2
8 ތ 38
4
އެއބަސްވެދެއެ
4285
ނެރެމެން
ރަމަޤާވެ
440 43 s
etc. OX
ޑ43
އެގޮތުން
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
: ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A1202
88-
އެގްރީމަންޓް ބާޠިލުކުރެވުނުކަމަށް ޤަބޫލުކޮށްގެން އެގޮތުގެ މަތީގައި ތިބިނަމަވެސް، މިނިސްޓްރީ އޮފް ޓޫރިޒަމް،
އާޓްސް އެންޑް ކަލްޗަރގެ މިއެންގުމާއި ގުޅިގެން، ރަށުގެ ކުލި ދައްކަންނުޖެހޭނެކަމަށް ދަޢުވާކުރާ ފަރާތުން
ހުށަހެޅުމުން، އެމިނިސްޓްރީގެ ނަންބަރު: 2010
/
3/FS
/
NI
-
GAZ-88 (25 ޖެނުއަރީ 2010) ސިޓީގައި
ދެފަރާތްދެމެދުގައި ކުރެވިފައިވާ އެގްރީމަންޓް ބާޠިލް ނުކުރާހާ ހިނދަކު އެ އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ
ފައިސާ ޤަވާޢިދުން ދައްކަމުން ދިޔުމަށް ދަޢުވާކުރާ ފަރާތަށް އަންގާފައިވުމުން، މިއީ ދަޢުވާލިބޭ ފަރާތުން
ކުރީގައި 25 ޖެނުއަރީ 2010 ގައި ދިން އެންޓިސިޕޭޓަރީ ބްރީޗްގެ ނޯޓިސް އަނބުރާ ގެނައުން ކަމުގައި
ބެލެވިގެންދާނެކަމަށް ޤާނޫނީގޮތުން ޤަބޫލުކުރެވޭކަމުން، އެހެންކަމުން، ދަޢުވާލިބޭ ފަރާތުގެ ނަންބަރު:
2010
/
1/LR
/
NI
-
GAZ (05 ޖެނުއަރީ 2010) ސިޓީއާއި ގުޅިގެން އެއްބަސްވުމަށް ޢަމަލުކުރަން
ނުޖެހޭނެކަމަށް ދަޢުވާކުރާ ފަރާތުން ޤަބޫލުކުރިނަމަވެސް، ދަޢުވާލިބޭ ފަރާތުގެ ނަންބަރު: -FS/NI-88
2010
/
3/GAZ (25 ޖެނުއަރީ 2010) ގެ ސިޓީއަށްފަހު އެއްބަސްވުން ނުއުވޭނެކަމާއި، އެއްބަސްވުމަށް
ޢަމަލުކުރަންޖެހޭކަމަށް ދަޢުވާކުރާ ފަރާތުން ބަލަންޖެހޭކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި،
މިމައްސަލައިގައި ދައުލަތުން ޢަމަލުކޮށްފައިވާގޮތުން ޕްރޮމިސަރީ އެސްޓޮޕަލްގެ މަންފާ ދަޢުވާކުރާ
ފަރާތަށް ލިބެންވާނެކަމަށް ދަޢުވާކުރާ ފަރާތުން ބުނާބުނުމަށް ބަލާއިރު، ޕްރޮމިސަރީ އެސްޓޮޕަލްގެ މަންފާ
ލިބިގަތުމަށްޓަކައި އެކަމަށް އެދޭ ފަރާތުން ފުރިހަމަވެފައިވާކަމަށް ޘާބިތުކޮށްދޭންޖެހޭ 3 ނުކުތާއެއްވާކަމާއި،
އެކަންކަމަކީ ވަޢުދެއްވެފައިވާކަމާއި، ވަޢުދުގެމައްޗަށް ބަރޯސާކޮށްފައިވާކަމާއި، ވަޢުދަށް ބަރޯސާކޮށްގެން
އެބަރޯސާވި ފަރާތަށް ގެއްލުންލިބިފައިވާކަމާއި، ވަޢުދު ތަންފީޛުކުރުން ޢަދުލު އިންޞާފު ލާޒިމްކުރާކަން،
މިކަންކަމާއި،
ޕްރޮފިސަރ އެސްޓޮޕަލްގެ މިއުޞޫލަށް ބަލާއިރު، އެއްފަރާތުންކުރާ ވަޢުދަކަށް ނުވަތަ ބުނާ ބަހަކަށް
ޚާއްފަރާތުންކުރާ ބަރޯސާ މިނުމުގައި ގެންގުޅެންޖެހޭ ޤާނޫނީ މިންގަނޑަކީ އެއްފަރާތުން ބުނި ބަހަކީ ނުވަތަ
ކުރި ވަޢުދަކީ މުޖުތަމަޢުގައި ދިރިއުޅޭ ޢާންމު ފަރުދުން އެވަޢުދު ނުވަތަ އެބުނި ބަހުގެ މައްޗަށް ކުރާނެ
ބަރޯސާއެއްތޯ
އެއެއްތޯ ނުވަތަ ނޫންތޯ ކަމާއި، މިގޮތުން ބަލާއިރު، ދަޢުވާކުރާ ފަރާތާއި ސަރުކާރާއި ދެމެދު ޖޮއިންޓް
ވެންޗަރ އުޞޫލުން ގދ. ގަޒީރާ ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގުމަށް ދެފަރާތް ދެމެދު މަޝްވަރާކުރެވި
އެމަޝްވަރާގެ މަރުޙަލާގައި އެކަން އޮވެ، އެއަށް ޢަމަލީ ސިފަ ޖެހުމުގެ ކުރިން އަދި ޖޮއިންޓް ވެންޗަރ
UCOU OX >
އަނެއް
ކު.
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/202
ތތ ހ 43
و ما سایر
އެއބަސް2އ
އެއްބަސްވުމަކަށް އައުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފާހަގަކޮށް،
ވުމަށްޓަކައި، އެ އެއްބަސްވުމުގެ ދެލިކޮޕީ ދެފަރާތުން ބަލައި، އެއަށް އިޞްލާޙް ހުށަހަޅައި، އެހެންނަމަވެސް
އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމާހަމައަށް އައިސްފައިނުވާހިނދު، މިއެއްބަސްވުންވެ މިއެއްބަސްވުމުގައިވާ
ކަންކަން ފުރިހަމަވުމުން ދެފަރާތްދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް ވުމަށް އޮތް އޮތުން
ފުރިހަމަވެފައިނުވާކަން ހުށަހެޅިފައިވާ ލިޔެކިޔުމާއި ކަންހިނގާފައިވާގޮތަށް ބެލުމުން އެނގެން އޮތުމުން، ވަކި
ކަންތައްތަކެއް ވުމުން، ދެފަރާތްދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމަކަށް އައިސްގެން ގދ. ގަޒީރާ
ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގާނެކަމަށް އޮތް އޮތުމުގައި އެކަންކަން ފުރިހަމަނުވަނީސް، ޖޮއިންޓް ވެންޗަރ
އެއްބަސްވުމެއް އޮތްކަމަށް ދެކިގެން އެގޮތުގެ މައްޗަށް ޢަމަލުކުރުމަކީ އެކަމުގެ ސަބަބުން ޕްރޮމިސަރީ
އެސްޓޮޕަލްގެ
ޕަލްގެ ޙާލަތު މެދުވެރިވެއްޖެކަމަށް ބަލަންޖެހޭ ޙާލަތެއްކަމަށް ބެލޭނޭ ހަމައެއްނެތްކަމުން،
އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރިޔަތީ، ގދ. ގަޒީރާ ކުއްޔަށްދިނުމާގުޅޭގޮތުން
މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާދެމެދު އޮތް ލީސް
އެގްރީމަންޓް ބާޠިލުވެއްޖެކަމަށާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް
ކަލްޗަރ އާއި ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް އުފެދިފައިވާކަމަށާއި، ދަޢުވާގައި ހޯދުންއެދިފައިވާ
ބަދަލަކީ ދައުލަތުގެ ފަރާތުން ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ބަދަލެއްކަމަށް ކަނޑައަޅާނެތަނެއް
ޙުކުމްކޮށްފީމެވެ.؟ މިފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެގެން
440 44
,0ކ2
6 6 62
އއވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1475
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، ގަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިޢުނާފު ކުރަމުން، 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެފަރާތުގެ
މެދުގައި އެއްބަސްވެވި، އަލުން އެހެން އެއްބަސްވުމެއްގެ ދަށުން ރަށް ތަރައްޤީކުރުމަށް ދެފަރާތުގެ މެދުގައި
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A1202
އެއްބަސްވެ ލިޔެކިއުން ބަދަލުކުރެވިފައިވާއިރު ދެފަރާތުގެ މެދުގައި ފުރަތަމަ ވެފައިވާ އެއްބަސްވުން
ބާޠިލުވެފައިނުވާކަމަށް ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެފަރާތުން
އެއްބަސްވެ އެކަން ދައުލަތުން ޢާއްމުކޮށް އިޢުލާންކޮށް، ދެފަރާތުގެ މެދުގައި އަލުން އެހެން އެއްބަސްވުމެއްގެ
ދަށުން ރަށް ތަރައްޤީކުރުމަށް އެއްބަސްވެ، ލިއުންތައް ބަދަލުކުރެވި އެ އެއްބަސްވުން ނެގޯޝިއޭޓްކުރެވިފައި
ވާއިރު، ފުރަތަމަ ކުރެވިފައިވާ އެއްބަސްވުމަށް ދުލެއްދިނުމަށް ކުލިދެއްކުމުގައި ދައުލަތުން އެއްބަސްވެފައި
ނުވާކަމަށާއި، މިޙާލަތުގައި ރަށަށް ކުލިދައްކަވަން ޖެހޭނެކަމަށް ނިންމަވާފައިވުންކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކުން އެއްބަސްވުމުގައި ދެމި
ނުތިބޭނޭކަމަށް ފާޅުކުރާ ޤަޞްދު ނުވަތަ އިންޓެންޝަން (intention) އަނެއް ބައިވެރިޔާއަށް
މިޙާލަތުގައި އަނެއް ބައިވެރިޔާއަށް އެއްބަސްވުމުގެ ދަށުން އެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުން
ނުވަތަ އަދާކުރުމުން މަނާވެގަތުމަށް ފުރުޞަތުދެވޭ އުޞޫލުކަމުގައިވާ އެންޓިސިޕޭޓަރީ
ބުރީޗް (anticipatory breach) ނުވަތަ އެންޓިސިޕޭޓަރީ ރެޕިއުޑިއޭޝަން
(repudiation ގެ ފައިދާ ދަޢުވާ ހުށަހަޅާފައިވާ ފަރާތަށް ނުލިބޭނެކަމަށް ނިންމަވާފައިވާކަމަށް ބުނެ ފާހަގަކުރި
2 23 24
ﷲ 4
މަނާވެގަތުމަށް
(anticipatory
4 2 433
ކީ 0އ
3/ އ/ ކތ ދ
643107243
(promissory estoppels)
ގެ
• ހަތަރުވަނަ ނުކުތާއަކީ: ދެފަރާތެއްގެ މެދުގައި ކުރެވޭ
އެއްފަރާތުން އަނެއްފަރާތައް
ކުރާ ވަޢުދަކަށް ނުވަތަ ބުނާ ބަހެއްގެ މައްޗަށް ބަރޯސާކޮށް އަނެއް ފަރާތުން ޢަމަލުތަކެއް ކޮށް އެފަރާތުގެ
ޤާނޫނީ ޙައްޤުތަކެއް ދޫކޮށްލާފައިވާ ޙާލަތުގައި އެޕްލައިކުރާ ޤާނޫނީ މަފްހޫމްކަމުގައިވާ ޕްރޮމިސަރީ އެސްޓޮޕަލް
މަންފާ މިޙާލަތުގައި ދަޢުވާ ކުރާފަރާތަށް ނުލިބޭނެކަމަށް
ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: މިމައްސަލައިގައި ސަރުކާރުން ކަންކުރައްވާފައިވާ ގޮތުގެ މައްޗަށް ބަލާއިރު،
ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި، އެކަން އިޢުލާންކޮށް، އެކަން
ދަޢުވާކުރާފަރާތަށް އަންގައި، އެކަމުގެމައްޗައް ދެފަރާތުން އެއްބަސްވެ، ދަޢުވާ ކުރާފަރާތުގެ ޙާލަތު ބަދަލުކޮށް
ދެފަރާތުގެ މެދުގައި އެހެން ވިޔަފާރީގެ ގުޅުމެއް (joint venture) އުފެއްދުމަށް އެއްބަސްވެ، އެކަމަށް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
211/HC-A/22
މަސައްކަތްތަކެއް ކޮށް، އަދި ފަހުން އެކަން ނުކުރާނެކަމަށް އަންގައި، އަލުން އެހެންގުޅުންތަކެއް އުފެއްދުމަށް
ހުށައަޅައި، އެގޮތަށް ވަޒީރާ ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށް، ކޮންމެ ފަހަރަކު ސަރުކާރުން ހުށައަޅާގޮތަކަށް
ކުންފުނީގެ މާލީ ޕޮޒިޝަންތައް ބަދަލުކޮށް، އެގޮތަށް ބަރޯސާވެގެން ކަންކަން ކޮށްފައިވާކަމުގެ މައްޗަށާއި،
މިކަމުގެ ސަބަބުން ގަޒީރާ ޕްރައިވެޓް ލިމިޓެޑް ގެ ޙައްޤުތަކެއް ނިގުޅައިގަނެފައިވާކަމުގެ މައްޗައް އަދި ގަޒީރާ
ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ
ފާހަގަކުރި .
ންކުއެވެ
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1475 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި
މަޖިލީހުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
COC
882
ހވެ
(ހ) ގަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި، އެކޯޓުގެ ނަންބަރު
2010/Cv-C/1475 ޤަޟިއްޔާގައި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވަނީ 03 (ތިނެއް)
ކަމެއްގެ މައްޗައްކަމާއި،
ގދ. ގަޒީރާ އެވެކިޔާ ރަށް ފެމާބެހޭގޮތުން ވެފައިވާ އެއްބަސްވުން
ބާޠިލުވެފައިވާކަމާއި
ޖަޒީރާ ޕްރައިވެޓް ލިމިޓެޑާއި ސަރުކާރާއެކު ޕޮއިންޓް ވެންޗަރ އެއް ހަދައިގެން ގދ. ގަޒީރާ
ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުން ތަންފީޛުކުރުމާއި،
އަދި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާއި ޚިލާފަށް ސަރުކާރުން
ކަންކުރައްވާފައިވުމުން، ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުން ކަމާއި؛
3 :
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ނން 2(94ކން އެނނުCވެ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/202
ccc
ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1475 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ، ”ގދ.
ގަޒީރާ“ ކުއްޔަށްދިނުމާގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާއި ގަޒީރާ ޕްރައިވެޓް
ލިމިޓެޑާދެމެދު ކުރެވިފައިވާ ލީސް އެގްރީމަންޓް ދެމިއޮތް ކަމަށާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ
އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާއި ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް އުފެދިފައި
ނުވާކަމަށާއި، އަދި ދަޢުވާގައި ހޯދުންއެދިފައިވާ ބަދަލަކީ ދައުލަތުގެ ފަރާތުން އަޒީރާ ޕްރައިވެޓް ލިމިޓެޑަށް
ދޭންޖެހޭ ބަދަލެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޙުކުމް ކުރައްވާކަން އެނގެން އޮވެއެވެ.
(ނ) 08 ޑިސެމްބަރ 2009 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި،
2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ
ތަރައްޤީކުރުމަށް ކުއްޔަށްދީފައިވާ ރަށްރަށުގެ ތެރެއިން، އެގްރީމަންޓާއި އެއްގޮތަށް މަސައްކަތް ނިމިފައިނުވާ
ރަށްރަށާމެދު ޢަމަލު ކުރާނެ އުޞޫލެއް ކަނޑައަޅައި ނިންމައި، އެގޮތުން އެހާތަނަށް ޢަމަލީ މަސައްކަތް
ނުފެނިހުރި ރަށްރަށް ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ސަރުކާރުން ވާހަކަ ދައްކައިގެން، ދެފަރާތުގެ ދެމެދުގައި
ޓަރމިނޭޝަން އެގްރީމަންޓަކަށް އެއްބަސްވެ، އެފަރާތްތަކާއެކު ކޮށްފައިވާ އެގްރީމަންޓްތައް ބާޠިލުކުރުމަށް
(ނ) ގދ. ގަޒީރާ އެވެކިޔާ ރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި، މިނިސްޓްރީ އޮފް
ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާއި ޢަބްދުﷲ ޖަލީލުއާއި ދެމެދު 22 ޖޫން 2006 ވަނަ ދުވަހު ވެފައިވާ
އެއްބަސްވުމުގެ ދަށުން، ގދ. ގަޒީރާ އެވެކިޔާ ރަށުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމާގުޅޭ ،
ޢަބްދުﷲ ޖަލީލަށް ލިބިދީފައިވާ އެންމެހާ ޙައްޤުތަކާއި ޛިންމާތައް 30 ޖުލައި 2007 ގައި، ޢަބްދުﷲ ޖަލީލުއާއި
ޖަޒީރާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު ޑީޑް އޮފް އެސައިންމަންޓް އެއްބަސްވުމުގެ ދަށުން ގދ. ގަޒީރާ
އެވެކިޔާ ރަށުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމާގުޅޭގޮތުން، ޢަބްދުﷲ ޖަލީލަށް ލިބިދީފައިވާ އެންމެހާ
ޙައްޤުތަކާއި ޛިންމާތައް ޖަޒީރާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ބަދަލުވެފައިވާތީ، ގދ. ގަޒީރާ އެވެކިޔާ ރަށް
ކުއްޔަށް ދިނުމާގުޅޭގޮތުން ކުރެވިފައިވާ ލީސް އެގްރީމަންޓްގެ ދަށުން، ކަނޑައެޅިފައިވާ މުއްދަތުގައި އެރަށް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A1202
ތަރަށްޤީކުރުމަކީ ގަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއެއްކަމަށް ވީހިނދު، ލިސް އެގްރީމަންޓާއި އެއްގޮތަށް ގދ.
ޖަޒީރާ އެވެކިޔާ ރަށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކޮށްފައިނުވާތީ، އިސްވެ އިޝާރާތްކުރެވުނު 08
ޑިސެމްބަރ 2009 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، 2004 ވަނަ އަހަރުން
ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމަށް ކުއްޔަށްދީފައިވާ
ރަށްރަށުގެ ތެރެއިން، އެގްރީމަންޓާއި އެއްގޮތަށް މަސައްކަތް ނިމިފައިނުވާ ރަށްރަށާމެދު ޢަމަލު ކުރަން
ކަނޑައަޅައި ނިންމާފައިވާ އުޞޫލުގެ ދަށުން، 22 ޖޫން 2006 ގައި ކޮށްފައިވާ ގދ. ގަރާގެ ލީސް
އެގްރީމަންޓްގެ ދަށުން ރަށް ތަރައްޤީކުރުމަށް ދެވިފައިވާ ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު 17 ޖެނުއަރީ
2010 ގެ ނިޔަލަށް ހަމަވާއިރު، ރަށް ތަރައްޤީކުރުމުގެ މަސައްކަތް އެހާތަނަށް ފައްޓާފައިނުވާތީ، ގދ. ގަޒީރާ
ކުއްޔަށް ދިނުމަށް ކޮށްފައިވާ އެގްރީމަންޓް ބާޠިލުކުރުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް
ކަލްޗަރއިން ޤަޞްދުކުރާކަން ބަޔާންކޮށް، އެމިނިސްޓްރީގެ ނަންބަރު: 2010
/
1/LR
/
NI
-
GAZ-88 (05
ޖެނުއަރީ 2010) ސިޓީއިން ޖަޒީރާ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އެނގެންއޮވެއެވެ.
33
CCCX Oc
(ރ) އިސްވެ އިޝާރާތްކުރެވުނު މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނަންބަރު:
2010
/
1/LR
/
NI
-
GAZ-88 (05 ޖެނުއަރީ 2010) ސިޓީގައިވަނީ، މިހާތަނަށް ޢަމަލީ މަސައްކަތް
ނުފެނިހުރި ރަށްރަށް ކުއްޔަށް ހިފާފައިވާ ފަރާތްތަކާ ސަރުކާރުން ވާހަކަ ދައްކައިގެން، ދެފަރާތުގެ ދެމެދުގައި
ޓަރމިނޭޝަން އެގްރީމަންޓަކަށް އެއްބަސްވެ، އެފަރާތްތަކާއެކު ކޮށްފައިވާ އެގްރީމަންޓްތައް ބާޠިލުކުރުމަށް
ވަޒީރުންގެ މަޖިލީހުން ނިންމައިފިކަމަށާއި، އެހެންކަމުން، ގދ. ގަޒީރާގެ ލީސް އެގްރީމަންޓްގެ ދަށުން ރަށް
ތަރައްޤީކުރުމަށް ދެވުނު ކޮންސްޓްރަކްޝަން ޕީރިއަޑުގެ މުއްދަތު 17 ޖެނުއަރީ 2010 ގެ ނިޔަލަށް
ހަމަވާއިރު، ރަށް ތަރައްޤީކުރުމުގެ މަސައްކަތް އެހާތަނަށް ފައްޓާފައިނުވާތީ ގދ. ގަޒީރާ ކުއްޔަށް ދިނުމަށް
ކޮށްފައިވާ އެގްރީމަންޓް ބާޠިލުކުރުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ޤަޞްދުކުރާ
ކަމާއިގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A1202
343 3
6
8 އ ދވ
އދން
ގދ. ގަޒީރާ އެވެކިޔާ ރަށް ކުއްޔަށް ދިނުމާގުޅޭގޮތުން ވެފައިވާ ލީސް އެގްރީމަންޓަށް ބަލާއިރު، އެ
އެގްރީމެންޓުގެ 23 ވަނަ މާއްދާގައި ކުއްޔަށްދޭ (މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ގެ)
ފަރާތުން، އެގްރީމަންޓް ނިމުމަކަށް ގެންނަކަމުގައި ވަނީނަމަ، ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާކަމާއި،
އެ ގޮތުން ލީސް އެގްރީމަންޓްގެ 23 ވަނަ މާއްދާގެ (i) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ
ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، ލީސް އެގްރީމަންޓް ބާތިލްކުރެވިދާނެ ކަމާއި، އެޙާލަތްތަކުގެ ތެރޭގައި
ތަރައްޤީކުރުމަށް ނުވަތަ ބިނާކުރުމަށް ދެވިފައިވާ މުއްދަތުގައި ރިޒޯޓް ތަރައްޤީ ނުކުރެވުން ހިމެނޭކަމާއި، ގދ.
ޖަޒީރާގެ ޙާލަތަށް ބަލާއިރު، އެގްރީމެންޓްގެ ދަށުން ކޮންސްޓްރަކްޝަން ޕީރިއަޑް ނުވަތަ ރިޒޯޓް ބިނާކުރުމަށް
ދެވިފައިވާ މުއްދަތު 17 ޖެނުއަރީ 2010 ގެ ނިޔަލަށް ހަމަވާއިރު، ރަށް ތަރައްޤީކުރުމުގެ މަސައްކަތް
ތަނަށް ފެށިފައިވެސް ނުވާކަމާއި،
އެގްރީމަންޓްގެ 23 ވަނަ މާއްދާގެ (i) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް
މެދުވެރިވެގެން އެގްރީމެންޓް ބާޠިލުކުރުމަށް ސަރުކާރުން އެދޭނަމަ، އެގްރީމަންޓްގެ 23 ވަނަ މާއްދާގެ (i)
ގައިވާފަދައިން އެގްރީމަންޓް ބާޠިލުކުރާ ސަބަބު ލިޔުމުން ބަޔާންކޮށް، އެކަން ކުށްޔަށްހިފި ފަރާތަށް އަންގައި
އެގްރީމަންޓް ބާޠިލުކުރެވިދާނެކަމަށް ބަޔާންކޮށްފައިވާހިނދު، ބަޔާންކުރިގޮތަށް ދައުލަތުން ޢަމަލުކޮށްފައިވާކަން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތްކަމާއި،
ލީސް އެގްރީމަންޓް ބާޠިލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން
ޤަޞްދުކުރާކަމަށް ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް އެންގި އެންގުމަކީ، އެންޓިސިޕޭޓަރީ ބްރީޗް Anticipatory)
(breach ގެ އުޞޫލުން ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ދެވުނު ނޯޓިހެއްކަމުގައި ބެލިނަމަވެސް، މިނިސްޓްރީ
އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ އިޝާރާތް ކުރެވުނު ސިޓީން އަންގާފައިވާ އެންގުމާއި ގުޅިގެން،
ރަށުގެ ކުލި ދެއްކެން ނޯންނާނެ ކަމަށާއި، ކުލި ނުދައްކައިގެން ކުރެވޭ އެއްވެސް ޖޫރިމަނާއެއް ގަބޫލު
ނުކުރެވޭނެ ކަމަށް ބަޔާންކޮށް، ގަޒީރާ ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް
ކަލްޗަރ އަށް ފޮނުވާފައިވާ ނަންބަރު 2009
/
006/HAN (19 ޖެނުއަރީ 2010) ސިޓީއާއި ޙަވާލާދީ،
މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން ފޮނުވާފައިވާ އެމިނިސްޓްރީގެ ނަންބަރު: -88
2010
/
3/FS
/
NT
-
GAZ (25 ޖެނުއަރީ 2010) ސިޓީގައި ދެފަރާތްދެމެދުގައި ކުރެވިފައިވާ އެގްރީމަންޓް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A1202
ބާޠިލް ނުކުރާހާ ހިނދަކު އެ އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ދިޔުމަށް
ގަރާ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވުމުން، 25 ޖެނުއަރީ 2010 ގައި ދެވިފައިވާ އެންޓިސިޕޭޓަރީ ބްރީޗްގެ
ނޯޓިސް އަނބުރާ ގެނައީ ކަމުގައި ޤާނޫނީގޮތުން ބެލެވޭކަމަށްޓަކައި، އެންޓިސިޕޭޓަރީ ބްރީޗްގެ އުޞޫލަށް
ރިޢާޔަތް ކުރެވޭނެ ހަމައެއް ނެތްކަމާއިގެ
އަދި އިޝާރާތް ކުރެވުނު ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން ލީސް އެގްރީމަންޓް
ބާޠިލުކުރުމަށްޓަކައި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއާއި
ދެމެދު ޓަރމިނޭޝަން އެގްރީމަންޓެއް ކުރެވިފައިނުވާއިރު، އެ ސިޓީގައި އެގްރީމަންޓް ބާޠިލުކުރިކަމަށް
ދަލާލަތުކުރާ ޢިބާރާތެއްވިޔަސް އޮތްކަމަށް ބެލެވެން ނެތްކަމާއި؛
އެސިޓީގައިވާ ޢިބާރާތުން ދޭހަވަނީ ލީސް އެގްރީމަންޓް ބާޠިލުކުރުމަށް އެމިނިސްޓްރީން
ޤަޞްދުކުރާކަން ކަމާއި، އެޤަޞްދުކުރި ކުރުން އެގޮތުގައި (ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމާއި
އެއްގޮތަށް) ޢަމަލީ ގޮތުން ތަންފީޛުކުރެވިފައިވާކަން އެނގެން ނެތުމާއެކު، ގދ. ގަޒީރާ އެވެކިޔާ ރަށް ކުއްޔަށް
ދިނުމާގުޅޭ ގޮތުން ހެދިފައިވާ ލީސް އެގްރީމަންޓް ބާޠިލުވެއްޖެކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް އޮތްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
63 ހވ
ﷲއށް
•) ގދ. ގަޒީރާ ދިނުމަށް ކޮށްފައިވާ އެގްރީމަންޓް ބާޠިލުކުރުމަށް، މިނިސްޓްރީ އޮފް
ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ޤަޞްދުކުރާކަން ބަޔާންކޮށް، އެމިނިސްޓްރީގެ ނަންބަރު: -LR
/
NI-88
2010
/
1/GAZ (05 ޖެނުއަރީ 2010) ސިޓީއިން ޖަޒީރާ ޕްރައިވެޓް ލިމިޓެޑަށް އެކަން އަންގައި،
ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ އުޞޫލަކުން އެގްރީމަންޓް ބާޠިލުކުރުމަށް ޢަޒީރާ ޕްރައިވެޓް ލިމިޓެޑާއެކު
ވާހަކަ ދެއްކުމަށް ފުރުޞަތުދީފައިވާކަން އެނގެން އޮންނަ ކަމާއި، އެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް،
އާޓްސް އެންޑް ކަލްޗަރ އާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 19 ޖެނުއަރީ 2010 ގައި ބޭއްވުނު
ބައްދަލުވުމުގައި، ދިވެހި ދައުލަތާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް
ހަދައިގެން، ގދ. ގަޒީރާ ތަރައްޤީކުރުމާގުޅޭ ގޮތުން ވާހަކަ ދެކެވި، އެކަމާގުޅޭ ގޮތުން ޖަޒީރާ ޕްރައިވެޓް
43 4:
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/202
އޮންނަކަމާއި،
ލިމިޓެޑްގެ ޚިޔާލު، އެކުންފުނީގެ ނަންބަރު 2009
/
006/HAN (19 ޖެނުއަރީ 2010) ސިޓީ އިން،
މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއަށް ހުށަހަޅާފައިވާކަން އެނގެން އޮން
ދެފަރާތް ދެމެދު ޖޮއިންޓް ވެންޗަރ އުޞޫލުން ގދ. ގަޒީރާ ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް
ގެންދިޔުމަށްޓަކައި، ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭކަމަށް
ދެފަރާތްދެމެދު އެއްބަސްވެވުނު ކަންކަމުގެ މައްޗަށް ތައްޔާ
އްޔާރުކުރެވުނު އެއްބަސްވުމުގެ ދެލިކޮޕީއަށް ގަޒީރާ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގެންނަން ބޭނުންވާ އިޞްލާޙްތައް، ގަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު:
2009
/
011/HAN (11 ފެބްރުއަރީ 2010) ސިޓީގައި ބަޔާންކޮށް، ޖޮއިންޓް ވެންޗަރ އުޞޫލުން
މަލާތްކުރިއަށް ގެންދިޔުމަށް ވަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވާކަމަށް ބުނެފައިވާކަން
އެނގެން އޮވެފައި،
ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ ކަމަށް ދެފަރާތުގެ
ދެމެދުގައި ބަދަލުކުރެވުނު ޚިޔާލުތަކުގެ މައްޗަށް ތައްޔާރުކުރެވުނު ދެލިކޮޕީ އިޞްލާޙުކޮށް ދެފަރާތުން އެއްބަސްވި
ކަންތައްތަކުގެ މައްޗަށް އެއްބަސްވުމެއް ތައްޔާރުކޮށް، އެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައިނުވާކަން
ސާފުކޮށް އެނގެން އޮތުމުން، ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް
ކަލްޗަރ އާއި ދެމެދު ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް އުފެދިފައިވާކަމަށް ބަލާނެ ޝަރުޢީ ނުވަތަ ޤާނޫނީ
ހަމައެއް ނެތްކަން އެނގެއެވެ.
222
(ލ) "ގދ. ގަޒީ“ އަކީ ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޓޫރިޒަމް،
އާޓްސް އެންޑް ކަލްޗަރ އިން ކުއްޔަށް ދޫކޮށްފައިވާ ރަށެއްކަން އެނގެން އޮވެފައި، ދިވެހިރާއްޖޭގައި ޓޫރިޒަމް
ތަރައްޤީކުރާނެ ސަރަޙައްދުތަކާއި، ރަށްރަށް ކަނޑައެޅުމާއި، ޓޫރިސްޓް ރިޒޯޓުހެދުމަށް ރަށްރަށް ދޫކުރުމާއި،
ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ބިން ދޫކުރުމާއި، ޔޮޓް ބަނދަރު ހެދުމަށް ތަންތަން
ދޫކުރުމާއި، އެފަދަ ތަންތަން ހިންގުމާއި، ޓޫރިސްޓް އުޅަނދުތަކާއި، ފީނުމުގެ ޚިދުމަތްދޭ ތަންތަނާއި، ދަތުރު
ރާވައި ހިންގުމާއި، އެފަދަ ޚިދުމަތްދޭ ފަރާތްތަކާ ގުޅޭ އެންމެހައި ކަންކަން ދިވެހިރާއްޖޭގައި އިންތިޒާމުކުރާ
ޤާނޫނު ކަމުގައިވާ، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް ބަލާއި ؛
cu O
29
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
211/HC-A/22
22
އެ ޤާނޫނުގެ 6 ވަނަ މާއްދާގައި އެ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ރަށެއްގައި ނުވަތަ ބިމެއްގައި
ޓޫރިސްޓް ރިޒޯޓެއް ހަދަންވާނީ، ސަރުކާރާއި ރަށް ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާއި ދެމެދުގައި ކުރާ
އެގްރީމަންޓެއްގެ ދަށުންކަމަށް ބަޔާންކޮށް، އެއެގްރީމަންޓްގައި ހުންނަންވާނޭ ކަންތައްތައް ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ޤާނޫނު އެހެންގޮތަކަށް
ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަމަށް ބަޔާންކޮށްފައިވާއިރު،
ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގުމަކީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ
ބާރު ހިނގާ އެޤާނޫނުގެ ދަށުން ޢަމަލުކުރެވޭނޭ ކަންކަންކަމުގައިވެފައި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި،
ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުމަށް ރަށް ކުއްޔަށް ދިނުމާއި، އެކަމާގުޅޭ އެއްބަސްވުމުގައި ފުރިހަމަވާންޖެހޭކަމަށް
އެޤާނޫނުން ލާޒިމުކުރާ ސިފަތައް ހުރެގެން މެނުވީ، މިދަޢުވާގައި އިޝާރާތްކުރެވޭ އެއްވެސް އެއްބަސްވުމެއް
ފުރިހަމަނުވާނެކަން ޤާނޫނީ ހަމަތަކުން އެނގެން އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް ނަޒަރުކުރުމުން ޓޫރިސްޓް
ރިޒޯޓް ތަރައްޤީކުރުމާގުޅޭ އެއްބަސްވުމަކީ ލިޔުމުން އޮންނަންޖެހޭ އެއްބަސްވުމެއްކަމަށްވުމުން، ޤާނޫނު ނަންބަރު:
4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން އެމުޢާމަލާތް ޞައްޙަ އަދި ޤާނޫނު ޤަބޫލުކުރާ
އެއްބަސްވުމަކަށް ހެދުމަށްޓަކައި، އެ އެއްބަސްވުން ލިޔުމުން އޮތުން ޤާނޫނު ލާޒިމުކޮށްފައިވާކަން އެނގެން
ހުތުމާއެކު، ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި ސަރުކާރާއި ދެމެދު ”ގދ. ގަޒީރާ، ތަރައްޤީކުރުމަށް ޕޮއިންޓް
ވެންޗަރ އެއްބަސްވުމެއް ވެވިފައިވާކަމަށް ބަލައި، އެ އެއްބަސްވުމާއެއްގޮތަށް ޢަމަލުކުރުމަށް ދައުލަތުގެ މައްޗަށް
އަންގާ އަމުރުކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން އެނގެއެވެ.
Oc
(ކ) މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު
”ގދ. ގަޒީރާ“ ގައި، ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމާއި
ސަރުކާރުން
ޚިލާފުވެފައިވާކަމަށް ބުނެ، އެޚިލާފުވުމުގެ ސަބަބުން، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ
23 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގެ ދަށުން ގެއްލުމުގެ ބަދަލެއްގެ
ގޮތުގައި ނަގައިދިނުމަށް ވަޒީރާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ބަދަލަށް ޝަރީޢަތުން ނަޒަރުކުރާއިރުގެ
AAA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/202
COOCOOX
منبع مجمع کم
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި
ބައިވެރިޔަކު އެކޮންޓްރެކްޓާ ޚިލާފު ޢަމަލެއްކޮށްފިނަމަ، އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް
.ޢަމަލުކުރި މީހަކު، ބަދަލު ދޭންޖެހޭނެކަމަށް ބަޔާންވެފައިވާއިރު،
އެ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށްޓަކައި ކޮންޓްރެކްޓުގެ ބައިވެރިންކުރެ
ބައިވެރިޔެއްގެ ފަރާތުން އެކޮންޓްރެކްޓާއި ޚިލާފު ޢަމަލެއް ކޮށްފައި އޮންނަންޖެހޭނެ ކަމާއި، އެގޮތުން
މިމައްސަލައިގާ ގަޒީރާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައިވާއިރު މިނިސްޓްރީ
އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ގދ. ގަޒީރާ އެވެކިޔާ
ރަށުގައި، ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ވެފައިވާ ލީސް އެގްރިމެންޓާ ޚިލާފަށް މިނިސްޓްރީ އޮފް
ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން ނުވަތަ ސަރުކާރުން ކޮށްފައިވާ ޢަމަލެއް މައުޖޫދުވެފައިވާކަން
ޝަރީޢަތަށް ސާބިތުވާފަދަ ދަލީލެއް ނެތިފައި، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އާއި
ޖަޒީރާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު "ގދ. ގަޒީރާ، ގައި، ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ވެފައިވާ ލީސް
އެގްރިމެންޓް ބާޠިލުކޮށް ދެފަރާތުގެ ދެމެދުގައިވެވޭ ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގެ ދަށުން ގދ. ގަޒީރާ
ތަރައްޤީކުރުމަށް، (ގަޒީރާ ޕްރައިވެޓް ލިމިޓެޑުން ދަޢުވާގައި ބަޔާންކުރާ ފަދަ) ޤާނޫނީ ހަމަތަކުގެ މަތީން
ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް ދެފަރާތުގެ ދެމެދުގައި ޤާއިމު ވެފައިވާކަން ޝަރީޢަތަށް ސާބިތުވާން
ގަޒީރާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ބަދަލު ނަގައިދޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް
433
އޮތްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(އ) މިމައްސަލައިގައި ދައުލަތުން ޢަމަލުކޮށްފައިވާގޮތުން ޕްރޮމިސަރީ އެސްޓޮޕަލް Promissory)
(Estoppels ގެ މަންފާ ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ލިބެންވާނެކަމަށް ގަޒީރާ ޕްރައިވެޓް ލިމިޓެޑުން
ބުނާބުނުމަށް ބަލާއިރު؛
މިމައްސަލައިގާ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ
އެއްބަސްވުމެއް ފެންނަން އެބައޮތްކަމާއި، އެ އެއްބަސްވުމަކީ للهلا هދهلا هههللهل ގެ އުޞޫލުން ދެފަރާތުގެ
މެދުގައި މިމުޢާމަލާތާއި ގުޅިގެން އުފެދޭ ދެބަސްވުމާއި އެހެނިހެން ކަންކަން ޙައްލުކުރުމަށް ދެފަރާތަށްމެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/202
ރުޖޫޢުވުން ލާޒިމްވާ މުސްތަނަދު ކަމާއި، ދެފަރާތުގެ މެދުގައި އޮތް އެ އެއްބަސްވުން ބާތިލުކުރާނަމަ ނުވަތަ
އެއްބަސްވުމާއި ގުޅިގެން އެހެން ކަމެއް ކުރިކަމުގައިވިޔަސް ކުރެވޭނީ އެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ
އިންތަކާއި މިންތަކުގެ ތެރޭގައި ކަމަށްވުމުގެ އިތުރުން، މިމައްސަލައިގެ ދަޢުވާގައި ހިމެނޭ މުޢާމަލާތަކީ
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ވަކި ގޮތަކަށް ތަންޒީމުކުރުން ލާޒިމްކޮށްފައިވާ މުޢާމަލާތެއްކަން
ފާޅުކަން ބޮޑު ގޮތެއްގައި ސާފުކޮށް އެނގެން އޮތުމާއެކު، ޤާނޫނުން ވަކި ގޮތަކަށް ކުރުން ލާޒިމްކޮށްފައިވާ
ކަމެއްގައި ޕްރޮމިސަރީ އެސްޓޮޕަލްގެ އުޞޫލަށް ރިޢާޔަތް ކުރެވިދާނެ ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، ސިވިލް ކޯޓުގެ
މިބަރު 2010/Cv
-
C/1475 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ގަޒީރާ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، ސިވިލް
ކޯޓުގެ ނަންބަރު 2010/Cv-C/1475 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ
އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
cu.
ހައިކޯ
އިކޯޓް
މެއްޖެ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv