ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/232 ޤަޟިއްޔާގެ ޙުކުމް
1
2{013/HC-A/232
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
بم است از مراسیم
4/
ތަ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރ:232/HC
-
A/2010
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް:
* މިހާރުގެ އެޑް
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙަސަން ސިއާމް
ދާއިމީ އެޑްރެސް: އެއްގަމުގެ | ށ. ކަނޑިތީމު
* އައިޑީކާޑު ނަންބަރު.A266863
، މިހާރުގެ އެޑްރެސް: އެއްގަމުގެ | ށ. ކަނޑިތީމު
* ހުށަހެޅުނު ތާރީޚް: 17 ނޮވެމްބަރު 2010
* ނިމުނު ތާރީޚް: 23 އޭޕްރީލް 2012
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ
ނަންބަރު 2009/JC/81
* ކޯޓު: ޖިނާއީ ކޯޓު
ނިންމެވި ތާރީޚް: 11 މާރޗް 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
0
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{013/HC-A/232
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/881 ޤަޟިއްޔާ، އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދަޢުލަތް
(ޕްރޮސިކިއުޓަރ ޖެނެރަލް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ،
ނ.
ކަނޑިތީމު، އެއްގަމުގެ ޙަސަން ސިމާމު އެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/881 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ދަޢުލަތް (ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/881 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ކަނޑިތީމު، އެއްގަމުގޭ ޙަސަން ސިމާމްއާއި ތ. އޮމަދޫ، ކަސްތޫރިމާގޭ
އާމިނަތު ޙުސައިނާއި، އޭނާގެ މަންމަ ތ. އޮމަދޫ، ކަސްތޫރިމާގޭ ސަކީނާ ޢަލީއާ މިތިން މީހުން، އާމިނަތު
ޙުސައިން ނަހަލާލަށް ބަލިވެއިނދެ ވިހޭ ދަރިފުޅު މަރާލުމަށް މަޝްވަރާކޮށް، 11 ޖެނުއަރީ 2009 ދުވަހު
އާމިނަތު ޙުސައިން ވިހަން ބަނޑުގައި ރިއްސަން ފެށުމުން، ސަކީނާ ޢަލީ އާމިނަތު ޙުސައިން ވިއްސުމުން،
އާމިނަތު ޙުސައިން ވިހޭ ދަރިފުޅު މަރާލުމަށްޓަކައި ވަށަމިނުގައި ދެފޫޓު ހުންނަވަރުގެ ތައްޓަކަށް ފެންއަޅައި،
އެތައްޓަށް އެކުއްޖާ ގަންބައި، މަރާލާފައިވާތީ، އާމިނަތު ޙުސައިންއާއި، ސަކީނާ ޢަލީއާއި ޙަސަން ސިމާމުގެ
މައްޗަށް ޤަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި
ޙަސަން ސިމާމުގެ ބައިގައި ޙުކުމް ކުރައްވާފައިވަނީ، ޙަސަން ސިމާމުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަށް
ޙަސަން ސިމާމް އިންކާރުކޮށްފައިވާތީއާއި، ޙަސަން ސިއާމް އެކުށުގެ ޢަމަލުގައި ބައިވެރިވިކަން ސާބިތުވާވަރުގެ
ހެކި ލިބިފައިނުވާތީ، ޤަސްދުގައި ކުއްޖަކު މަރާލިކަމުގެ ކުށުގެ ދަޢުވާ ޙަސަން ސިމާމުގެ މައްޗަށް
ސާބިތުނުވާކަމަށް ކަނޑައަޅުއްވައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
2{013/HC-A/232
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/881 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދަޢުލަތް (ޕްރޮސިކިއުޓަރ ޖެނެރަލް)
ގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
<< O
(ހ) ފުރަތަމަ ނުކުތާއަކީ: ޙަސަން ސިމާމުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަށް ޝަރީޢަތުގެ
މަޖިލީހުގައި ޙަސަން ސިޔާމް އިންކާރުކޮށްފައިވީނަމަވެސް، ތަޙުޤީޤުގައި ޙަސަން ސިމާމް ވެފައިވާ އިޢްތިރާފުގެ
މައްޗަށާއި، ޙަސަން ސިމާމްގެ އިޢުތިރާފާއި ގުޅުން ހުރި އެހެނިހެން ޤަރީނާތަކަށް ނުބައްލަވައި، މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، މައްސަލައާ ގުޅިގެން ދައުލަތުން ދަޢުވާ އުފުލާފައިވާ މީހުންގެ
ތެރެއިން އާމިނަތު ޙުސައިންގެ ހެކިބަސް ޙަސަން ސިމާމްއާ ދެކޮޅަށް ލިބިފައިވުމާއި، ޙަސަން ސިއާމް
މިޢަމަލުގައި ބައިވެރިވިކަމަށް ސަކީނާ ޢަލީ ބުނެފައިވާއިރު، އާމިނަތު ޙުސައިންއާ، ސަކީނާ ޢަލީގެ ހެކިބަހަށް
ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
881/JC/2009
ޖިނާއީ ކޯޓުގެ ނަންބަރު
ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ ށ. ކަނޑިތީމު، އެއްގަމުގޭ ޙަސަން ސިމާމުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޖިނާއީ ކޯޓުގެ
ނަންބަރު 2009/JC/881 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
xހ22
(ހ) ފުރަތަމަ ކަމަކީ: ކަނޑިތީމު އެއްގަމުގޭ ޙަސަން ސިމާމުގެ މައްޗަށް ދައުލަތުން
ޤަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ، ޙަސަން ސިމާމު ތަޙްޤީޤުގައި
ކަސްތޫރިމާގޭ އާމިނަތު ޙުސައިން ވިހޭ ކުއްޖާ މަރާލިކަމަށް އިޢުތިރާފުވެފައިވުމާއި، އެކުށުގެ ޢަމަލުގަ
ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ ތ. އޮމަދޫ ކަސްތޫރިމާގޭ އާމިނަތު ޙުސައިނާއި އެގޭ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{013/HC-A/232
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަޙްޤީޤަށް ދީފައިވާ ބަޔާނުން ޤަސްދުގައި ކުއްޖަކު މަރާލުމުގައި ޙަސަން ސިމާމު ބައިވެރިވާކަމަށް ބެލެވޭތީކަން
އެނގެން އޮންނައިރު، ޤަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދަޢުވާ ޙަސަން ސިމާމުގެ މައްޗަށް ދައުލަތުން
ޖިނާއީ ކޯޓަށް ހުށަހެޅުމުން އެދަޢުވާގެ އަސްލަށް ޙަސަން ސިމާމު އިންކާރުކޮށްފައިވާކަން އެނގޭއިރު، ކުށެއްގެ
ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުންހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފުފިޔަވައި، އެހެން
އިޢުތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލެވޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ
މާއްދާގައި ސާފު ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާތީ، ޙަސަން ސިމާމު މިމައްސަލައިގެ ތަޙްޤީޤުގައި ވެފައިވާ
އިޢުތިރާފު ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޤަބޫލުކުރެވެންނެތްކަމެވެ.
4 22
(ނ) ދެވަނަ ކަމަކީ: މިމައްސަލައިގައި ޖިނާއީ ކޯޓަށް ހެކިންގެ ގޮތުގައި ހާޒިރުކުރެވުނު ތ.
އޮމަދޫ ކަސްތޫރިމާގޭ އާމިނަތު ޙުސައިނާއި އެގޭ ސަކީނާ ޢަލީއަކީވެސް، ދަޢުލަތުން ޙަސަން ސިމާމުގެ މައްޗަށް
ކޮށްފައިވާ ޤަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދަޢުވާގައި ހިމެނޭ ދެމީހުންކަމާއި، އެދެމީހުންގެ މައްޗަށް
ޤަސްދުގައި ކުއްޖަކު މަރާލުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ އެދެމީހުން
ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް ބިނާކުރައްވައިކަން އެނގެން އޮތްއިރު، އެދެމީހުންގެ
ތެރެއިން އާމިނަތު ޙުސައިން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 17 އޯގަސްޓް 2009 ގައި ދީފައިވާ
ބަޔާނުގައި، އާމިނަތު ޙުސައިން ވިހޭ ކުއްޖާ ފެން އެއްޗަކަށްލައި މަރާލުމަށް ޙަސަން ސިމާމު ބުނެފައި
(ރާވާފައި) ވާކަމަށާއި، އާމިނަތު ޙުސައިން ވިހެއީ ފާޚާނާ ތެރޭގައި ކަމަށާއި، ވިހެއުމުގައި ޙަސަން ސިމާމު
އެހީތެރިވެދީފައިވާ ކަމަށާއި، ވިހެއުމަށްފަހު މަސް ނުވިހާތީ ކުއްޖާ ތަޅުންގަނޑު މަތީގައި ބާއްވާފައި، މަސް
ވިހެއުމާއެއްކޮށް ފެން އެއްޗަށް ކުއްޖާލީ ޙަސަން ސިމާމު ކަމަށާއި، ކުއްޖާ މަރުވުމުން، ކުއްޖާއާއި މަހާ
ކޮތަޅަކަށް ލާފައި ބޭއްވުމަށްފަހު، ފަތިސް ނަމާދަށް ބަންގި ގޮވުމުން އަތިރިމަތީގައި ވަޅުލަން ދިޔައީ ޙަސަން
ސިމާމު ކަމަށާއި، އާމިނަތު ޙުސައިން ވިހޭ ދަރިފުޅު ފެން އެއްޗަކަށް ލައި މަރާލުމުގައި ޙަސަން ސިމާމު
ބައިވެރިވެފައިވާކަމަށް ބުނެފައި އޮންނަކަމާއި،
ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ތ. އޮމަދޫ ކަސްތޫރިމާގޭ ސަކީނާ ޢަލީ، ޖިނާއީ ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް 17 އޯގަސްޓް 2009 ގައި ދީފައިވާ ބަޔާނުގައި، ޙަސަން ސިމާމު އެކުއްޖާ މަރާލުމަށް
ރޭވިކަމަށާއި، އަދި ކުއްޖާ މަރާލުމުގައި ޙަސަން ސިމާމު ބައިވެރިވާކަމަށް ބުނުމަށްފަހު، ހަމައެބަޔާނުގައި، ކުއްޖާ
މަރާލުމަށް ރޭވިގޮތެއް އަދި ރޭވިކަމެއްވެސް އޭނާއަށް ނޭނގޭކަމަށާއި، ކުއްޖާ މަރާލީ ކޮން ގޮތަކަށް ކަމެއްވެސް
ނޭނގޭކަމަށާއި، އާމިނަތު ޙުސައިން ކުއްޖާ ވިހޭ ކަމެއްވެސް އަދި ވިހޭ ވަގުތެއްވެސް ނޭނގޭކަމަށާއި،
T
ދިވެހިރާއްޖޭގެހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
2{013/HC-A/232
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަރާލުމުގައި ޙަސަން ސިމާމު ބައިވެރިވިކަން އެނގުނީ މީހުން ކިޔާ އަޑުއިވޭތީއާއި، އަދި ދަރިފުޅު
ބުނެފައިވާތީކަމަށް ބުނެފައި އޮންނައިރު، ސަކީނާ ޢަލީގެ ބަޔާނުގައި ޙަސަން ސިމާމުގެ މައްޗަށް ދައްކާފައިހުރި
ވާހަކަތައް ހަމައެބަޔާނުގައި ސަކީނާ ޢަލީ ދައްކާފައިހުރި ވާހަކަތަކުން ނަފީ ކުރެވޭކަން އެނގެން އޮންނަކަމެވެ.
އެހެންކަ
ހިންކަމުން، ދަޢުލަތުން ކަނޑިތީމު އެއްގަމުގޭ ޙަސަން ސިމާމުގެ މައްޗަށް ކުރި
ޤަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދަޢުވާ، ސާބިތުކުރުމަށް ހުށަހެޅި ތ. އޮމަދޫ ކަސްތޫރިމާގޭ އާމިނަތު
ޙުސައިނާއި، އެގޭ ސަކީނާ ޢަލީގެ ބަހުން ޙަސަން ސިމާމުގެ މައްޗަށް ޤަސްދުގައި ކުއްޖަކު މަރާލުމުގެ ކުށް،
ޖިނާއީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ޤަބޫލުނުކުރެވޭ ކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެބަޔާ
ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ށ. ކަނޑިތީމު
އެއްގަމުގޭ ޙަސަން ސިމާމުގެ މައްޗަށް ދަޢުލަތުން ކުޅަ ޤަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާބިތުވާ
ވަރުގެ ހެކި ލިބިފައިނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/881
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއްނެތްކަމަށް
ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv