ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/274 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/274
ޤަޟިއްޔާ ނިމުނު ގޮތު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
މިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 274/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު:
*
* ދާއިމީ އެޑްރެސް:
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޝަޒިއްޔާ އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A305384
* ދާއިމީ އެޑްރެސް: ނޫވިލާ ގއ. ދާންދޫ
ރަޖިސްޓްރީކުރެވުނު
ނިމުނު ތާރީޚް: 14 މުޙައްރަމް 1434
09 ޖުމާދަލްއޫލާ 1430
9 ސެޕްޓެމްބަރު 2009
28 ނޮވެމްބަރު 12&20
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2001/56
/
5C
ޤަޟިއްޔާގެ ބާވަތް: ވައްކަންކުރުން
ނިންމެވި ކޯޓް: ގއ. ދާންދޫ ކޯޓު
މާހެޅުނު ތާރީޚް: 9 މެއި 2008
* ނިމުނު ތާރީޚް: 19 އެޕްރީލް 2009
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-A/274
ޤަޟިއްޔާ ނިމުނު ގޮތު
ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާސާ
މިއީ،
ދާންދޫ ކޯޓުގެ ނަންބަރު 2008/P5C/56 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޝަޒިއްޔާ އިބްރާހީމް، ގއ. ދާންދޫ ނޫވިލާ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A305384) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިވާ ގއ. ދާންދޫ ކޯޓުގެ ނަންބަރު 2008/P5C/56
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ޝަޒިއްޔާ އިބްރާހީމް، ގއ. ދާންދޫނޫވިލާ، 07 ޑިސެމްބަރު
2007 ދުވަހުގެ 18:00 އެހާކަންހާއިރު ގދ. ތިނަދޫ ފެހިވިދުވަރުގޭ މަރިޔަމް ޝިޔާނާގެ
ސޮނީއެރިކްސަން ބްރޭންޑްގެ މޮބައިލްފޯން، ހިތަދޫ ހަރުދަލުގޭގައި މަރިޔަމް ޝިޔާނާ އުޅޭ ކޮޓަރި
ތެރޭގައި ބާއްވާފައި އޮއްވައި ވަގަށް ނަގާފައިވާތީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި،
138 ވަނަ މާއްދާގެ ދަށުން ޝައްޔާ އިބްރާހީމްގެ މައްޗަށް މީހު
މީހުން ދިރިއުޅޭ ތަނަކުން ވައްކަން ކުރުމުގެ
ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން، ގއ. ދާންދޫ ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި؟
497
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ އިސްވެދިޔަ ބަޔާންތަކާއި
ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޝަރުޢީ ހަމަތަކުން ބަލާއިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތްޕުޅުން ގއ. ދާންދޫ ނޫވިލާ ޝަޒިއްޔާ އިބްރާހީމްގެ މައްޗަށް ދަޢުވާކުރައްވާ ވައްކަން ކުރުމުގެ
ދަޢުވާގެ އަޞްލަށް ދަޢުވާލިބޭ ޝަޒިއްޔާ އިބްރާހީމް ޝަރީޢަތުގެ މަޖިލިސްގައި ހުރެ
ކުށުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/274
ޤަޟިއްޔާ ނިމުނު ގޮތު
ކުށް ޝަރީޢަތަށް
އިންކާރުކޮށްފައިވާތީ ދަޢުވާލިބޭ ޝަޒިއްޔާ އިބްރާހީމްގެ މައްޗަށް ވައްކަންކުރުމުގެ
ސާބިތުނުވާކަމަށް ކަނޑައަޅައި، އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
2. އިސްތިއުނާފަށް ހުށަހެޅިފައިމިވާ، ދާންދޫ ކޯޓުގެ ނަންބަރު
2008/P5C/56 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން،
އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ވައްކަންކުރިކަމަށް ތަޙްޤީޤުގައި ޝަޒީއްޔާ އިބްރާހީމް
އިޢުތިރާފުވެފައި ވީނަމަވެސް އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުރައެވެ.
«
• ދެވަނަ ނުކުތާއަކީ، ޝަޒިއްޔާ އިބްރާހީމްގެ މައްޗަށް ދައުލަތުން ދަޢުވާކުރި
ވައްކަންކުރުމުގެ މައްސަލާގައި ޝަޒިއްޔާ އިބްރާހީމް ޝަރީޢަތުގައި އިންކާރުކުރުމުން މިމައްސަލައާއި ގުޅޭ
އިތުރު ހެކިން ޝަރީޢަތަށް ޙާޟިރުކުރުމަކާއިނުލާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
0
• ތިންވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ
ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިޗެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްސަލައާ ގުޅިގެން
.3
13
ދާންދޫ ކޯޓުގެ ނަންބަރު 2008/P5C/56
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން
މައްސަލަ ރައްދުވާ ޝަޒިއްޔާ އިބްރާހީމް ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ތަޙްޤީޤު
މަރުހަލާގައި ވައްކަންކުރިކަމަށް ޝަޒިއްޔާ އިބްރާހީމް އިޢުތިރާފުވެފައިވީނަމަވެސް، މައްސަލަ
ނިންމެވުމުގައި ދަށުކޯޓުން އެކަމަށް ރިޢާޔަތްކުރައްވާފައިނުވާކަމާށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
މައްސަލައެއްގައި ކޯޓުން ޙުކުމް ކުރުމުގެ ކުރިން މުއްތަހަމުގެ ސާލިޙުގައި ޤާނޫނުގެ
ނައްޞަކަށް އަންނަ ބަދަލަކީ، މުއްތަހަމުގެ ސާލިޙަށް އައި ބަދަލެއްކަމުގައި ބަލަން ޖެހޭކަމާއި، "ޖިނާއީ
ކުށްތައް ސާބިތުކުރުމުގެ އިޖްރާއަތާއި ގުޅޭ، އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކީ މުއްތަހަމު މީހާއަށް
ބޮޑަށް މަސްލަޙަތު ރަނގަޅު ޤާނޫނެއްކަމުގައި ވާނަމަ އެ ޤާނޫނެއް ކުރީގައި ހިނގާފައިވާ ޖިނާއީ
ވާޤިޢާތައް ސާބިތުކުރުމުގައި "ރަޖްޢީ" ކޮށް ތަޠުބީޤު ކުރެވުމުގެ އަސާސަކީ ޞައްޙަ އަސާސެއްކަން
އެނގޭކަމާއި، އެހެނީ ކުރީގައި ޢަމަލުކުރަމުންދިޔަ ޤާނޫނެއްގެ ދަށުން ޖިނާއީ މައްސަލަ ސާބިތުކުރުން
ހުއްދަ އިޖްރާއާތަކީ ނުވަތަ ވަސީލަތަކީ އެފަދަ މައްސަލަ ސާބިތުކުރުމަށް މުޖްތަމަޢަށް ބޫލުނުކުރެވޭ
އިޖްރާއާތަކަށް ނުވަތަ ވަސީލަތެއްކަމުގައި އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކުން ކަނޑައެޅިއްޖެނަމަ، އެ
ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ހުށަހެޅޭ މައްސަލައަކާއި ގުޅިގެން ކުރީގައި ޢަމަލުކުރަމުން އައި ޤާނޫނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2009/HC-A/274
ޤަޟިއްޔާ ނިމުނު ގޮތު
ތަޠުބީޤްކުރުމަކީ ޤާނޫނީ މަންޠިޤާ ޤަބޫލުނުކުރާ ޖިނާއީ ޝަރްޢިއްޔަތުގެ އުޞޫލާއި ޚިލާފުކަމެއް ކަމަށް"
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަދު 23/SC
-
A/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
7 އޯގަސްޓް 2008 އިން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި، ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ
ޝަރީޢަތުގެ މަޖިލީހުގައި ވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައި ނުބެލޭނެކަމަށް
ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 23/SC
-
A/2011
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އިސްވެދެންނެވިފައިވާ އުޞޫލާއި، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާގޮތަށް ތަޠުބީޤުކުރާއިރު، ޝަޒިއްޔާ
އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ޙާދިސާ ހިނގާފައިވަނީ، އަދި އޭނާ ތަޙްޤީޤަށް ބަޔާން
ދީފައިވަނީ މިހާރު ޢަމަލުކުރަމުން މިދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ތަޞްދީޤުވުމުގެ
ކުރިންކަމަށްވާއިރު، އަދި ގއ. ދާންދޫ ކޯޓަށް ދައުލަތުގެ ފަރާތުން މިމައްސަލަ ހުށައަޅާފައިވަނީ މިހާރު
ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީ ތަޞްދީޤު ކުރެވި އެއަށް ޢަމަލުކުރަން ފެށުމުގެ ކުރިންކަމުގައިވީނަމަވެސް،
އެމައްސަލައިގައި ގއ. ދާންދޫ ކޯޓަށް ޝަޒިއްޔާ އިބްރާހީމް ހެކިބަސްދީފައިވަނީ އަދި އެމައްސަލަ
އެކޯޓުން ބައްލަވާ ޙުކުމް ކުރައްވާފައިވަނީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީ ތަޞްދީޤުކުރެވި
އެއަށް ޢަމަލުކުރަންފެށުމުގެ ފަހުގައިކަން އެނގެން އޮންނަކަމާއި، ވީމާ ޝަޒިއްޔާ އިބްރާހީމް ތަޙްޤީޤުގައި
ދީފައިވާ ބަޔާނަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާ އިންކާރުކޮށްފައިވުމުން، އޭނާ ތަޙްޤީޤުގައި
ވެފައިވާކަމަށް ބުނާ އެ އިޢުތިރާފަކީ އެމައްސަލަ ސާބިތުކުރުމަށް އޮތް ފުރިހަމަ ހެއްކެއް ކަމުގައި ބެލެވޭނެ
އިޢުތިރާފެއް ނޫންކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009}HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެހެންކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ތަޙްޤީޤުގައި ޝަޒިއްޔާ
އިބްރާހީމް ވެފައިވާކަމަށް ބުނާ އިޢުތިކާފަށް ފުރިހަމަ ހެއްކެއްގެ ދަރަޖަ ދީފައިނުވުމަކީ ހަމައެކަނި
އެކަމުގެ ސަބަބުން އެޙުކުމުގެ ސައްޙަކަން ގެއްލިގެންދާނޭ ސަބަބެއް ނޫންކަމެވެ.
(ށ) ދެވަނަ ކަމަކީ، ޝަޒިއްޔާ އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރި
ވައްކަންކުރުމުގެ ދަޢުވާގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލަށް ޝަޒިއްޔާ އިބްރާހީމް
ޝަރީޢަތުގައި އިންކާރުކުރުމުން، އެމައްސަލައާ ގުޅޭ އިތުރު ހެކިން ޝަރީޢަތަށް ޙާޟިރުކުރުމަކާއިނުލާ
މައްސަލަ ނިންމަވާފައިވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 23/SC
-
A/2011 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އިސްވެދެންނެވިފައިވާ އުސޫލު އެގޮތަށް އޮތްނަމަވެސް، ތަޙްޤީޤް މަރުޙަލާއެއްގައި
މުއްތަހަމު މީހާ މަޖުބޫރުކަމެއް ނެތި ދޭ ބަޔާނެއްގައި، ކުށަކާމެދު ވާ އިޢުތިރާފަށް ބާރު ލިއްބައިދޭ
ގުޅިފައިވާ ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަރީނާތަކެއް ހުރެއްޖެނަމަ، ތަޙްޤީޤް މަރުޙަލާގައި ކުށްކުރި
ކަމުގެ މައްޗަށް ވެވޭ އެއިޢުތިރާފަކީ މައްސަލަ ސާބިތުކުރުމަށް ފުދޭ ހަރުދަނާ ޤަރީނާ އެއްގެ ގޮތުގައި
ބަލައިގަނެވިދާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 18/SC
-
A/2009 ޤަޟިއްޔާއިން
ނިންމަވާފައިވާ ނިންމެވުމަށް ބެލުމުން އެނގޭކަމާއި،
އަދި، ތަޙްޤީޤް މަރުޙަލާގައި ކުށަށް އިޢުތިރާފުވުމަށްފަހު ޝަރީޢަތުގައި އެކުށުގެ
ޢަމަލަށް އިންކާރުކުރާ ޙާލަތުތަކުގައި، އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ އެހެނިހެން ހެކިތަކާ ޤަރީނާތަކުގެ
މައްޗަށް ބަލައި، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައިވާ މިންގަނޑުތަކުން، އެމީހެއްގެ މައްޗަށް ސާބިތުވާފަދަ އަދި އެމީހަކު ތަޙްޤީޤަށް ދީފައިވާ
ބަޔާނުގެ މައްޗަށް ބާރުލިއްބައިދޭފަދަ ހަރުދަނާ ހެކި އަދި ޤަރީނާ ލިބިފައިވާނަމަ، އެ ހެކިތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2009/HC-A/274
ޤަޟިއްޔާ ނިމުނު ގޮތު
ގޮތުގެ
OX
ޤަރީނާތަކުގެ މައްޗަށް ބިނާކޮށް އެމީހެއްގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތުކުރެވިދާނެކަމާއި، އަދި
ޝަރީޢަތުގެ މަޖިލީހުން ބޭރުގައި މުއްތަރު މީހާ ކުށަށް އިޢުތިރާފުވުމަށް ފަހު ޝަރީޢަތުގެ މަޖިލީހުގައި
އެއިޢުތިރާފުން ރުޖޫޢަވެއްޖެނަމަ، އިޢުތިރާފުން ރުޖޫޢަވުމާއި އެރުޖޫޢަވުން ބިނާކުރި ސަބަބުތައް ވަޒަންކޮށް
ތަޤްރީމުކުރުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމާއި، މިއުޞޫލުތަކަކީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 94/HC
-
A/2011 އަދި 14/HC
-
A/2012 ޤަޟިއްޔާގައި ހިމެނޭ މައްސަލަތައް
ނިންމެވުމުގައިވެސް ތަޠުބީޤުކުރެވިފައިވާ އުޞޫލުތަކެއްކަމާއި،
އެހެންކަމުން، އިޢުތިރާފުގެ މައްޗަށް ބިނާކޮށް، ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް ހުށަހެޅޭ
ޖިނާއީ މައްސަލަތަކުގައި، ތަޙްޤީޤުގައިވާ އިޢުތިރާފުން ޝަރީޢަތުގައި ރުޖޫޢަ ވާ ޙާލަތްތަކުގައި، އެމީހަކު
ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފުގެ އިތުރުން އެމީހަކާ އިދިކޮޅަށް ހުރި ހެކިތަކާއި ޤަރީނާތަކީ ކޮބައިތޯ ބަލާ
އެކަންކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި އެފަދަ މައްސަލަތަކުގައި، ޝަރީޢަތަށް
މައްސަލަ ފުރަތަމަ ހުށަހަޅާ ހުށަހެޅުމުގައި އެމީހަކުވެފައިވާ އިޢުތިރާފުގެ އިތުރުން އެހެން ހެއްކެއް
ހުށަހަޅާފައިނުވި ކަމުގައިވީނަމަވެސް، ޝަރީޢަތުގެ މަރުޙަލާގައި ދަޢުވާލިބޭ ފަރާތުން އިޢުތިރާފުން
ރުޖޫޢަވެއްޖެނަމަ، އެމައްސަލައެއް ސާބިތުކުރުމަށް އިތުރު ހެއްކާއި ޤަރީނާ ހުށަހެޅުމުގެ ފުރުޞަތު
ދައުލަތަށް ލިބިދޭންޖެހޭނެކަމާއި، އަދި އެމައްސަލައެއް ނިންމުމުގައި، މިގޮތުގެމަތިން ހުށަހެޅޭ ހެއްކާއި
ޤަރީނާއަށް ޝަރީޢަތުން ރިޢާޔަތްކޮށް އެ ހެކިތަކާއި ޤަރީނާތައް ވަޒަންކުރެވެންޖެހޭނެކަމާއި،
މިގޮތުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ދަށުކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އެމައްސަލައާ ގުޅިގެން ދާންދޫ ކޯޓުން
ނަންގަވާފައިވަނީ ޖުމްލަ ދެ ބަޔާންކަމާއި، އެއީ 21 ފެބްރުއަރީ 2009 ގައި ދައުލަތުގެ ފަރާތުން ކޯޓަށް
މައްސަލަ ހުށަހެޅި މުޙައްމަދު ނިޒާމް (ދައުލަތުގެ ވަކީލު) އެ މައްސަލަ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި
ބަޔާނާއި، ހަމައެދުވަހު، ދަޢުވާއަށް ޖަވާބުދިނުމުގެ ގޮތުން ދަޢުވާ ރައްދުވި ޝަޒިއްޔާ އިބްރާހީމް ދީފައިވާ
ބަޔާންކަމާއި، މިބުނެވުނު ޝަޒިއްޔާ އިބްރާހީމްގެ ބަޔާނުގައި މައްސަލައިގެ އަސްލަށް އިންކާރުކޮށް، އޭނާ
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
2009/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ތަޙްޤީޤުގައިވެފައިވާ އިޢުތިރާފުން ރުޖޫއަވުމާ ގުޅިގެން، މައްސަލަ ސާބިތުކުރުމަށް އިތުރު ހެކި ހުށަހެޅުމުގެ
ފުރުޞަތު ގއ. ދާންދޫ ކޯޓުގެ ފަރާތުން ދައުލަތަށް ދީފައިވާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން އެނގެންނެތްކަމާއި، އަދި އެފަދަ އިތުރު އެއްވެސް ފުރުޞަތެއް ދައުލަތަށް ލިބިފައި
ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަމާއި،
އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި
ދާންދޫ ކޯޓުން
ޢަމަލުކުރައްވާފައިވަނީ، އިސްވެދެންނެވިފައިވާ އުސޫލާ އެއްގޮތަށް ނޫންކަން އެނގޭކަމެވެ.
<< O
ވީމާ، މިމައްސަލަ ބެލުމުގައި ބައިވެރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
އިސްތިއުނާފުކުރެވިފައިމިވާ ދާންދޫ ކޯޓުގެ ނަންބަރު 2008/P5C/56 ޤަޟިއްޔާގައި ހިމެނޭ
މައްސަލައަކީ، ތަޙްޤީޤު މަރުޙަލާގައި ވެފައިވާ އިޢުތިރާފެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ
މައްސަލައަކަށްވެފައި، މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި މައްސަލަ ރައްދުވާ ޝަޒިއްޔާ އިބްރާހީމް
އެ އިޢުތިރާފުން ރުޖޫޢަވެފައިވުމާއެކު، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް ސާބިތުކުރުމަށްޓަކައި
އިތުރު ހެކި ނުވަތަ ޤަރީނާ ހުށަހެޅުމުގެ ފުރުޞަތު ދައުލަތަށް ލިބިދީ، އަދި އެގޮތުގެމަތިން ހުށަހެޅޭ
ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އިސްވެދެންނެވިފައިވާ ޤާނޫނީ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން
ދަށުކޯޓުން އަލުން ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއްކަމުގައެވެ.
• ޙުކުމް
ދެންފަހެ، ގއ. ދާންދޫ ކޯޓުގެ ނަންބަރު 2008/P5C/56 ޤަޟިއްޔާގައި ހިމެނޭ
މައްސަލައަކީ، އެމައްސަލައިގައި ދަޢުވާ ރައްދުވާ ޝަޒިއްޔާ އިބްރާހީމް، ނޫވިލާ !ގއ. ދާންދޫ، ތަޙްޤީޤު
މަރުޙަލާގައި ވެފައިވާ އިޢުތިރާފެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައަކަށްވެފައި، އެ
ދިވެހިރާއްޖޭގެ
މައިކްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2009/HC-A/274
ޤަޟިއްޔާ ނިމުނު ގޮތު
މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި، ޝަޒިއްޔާ އިބްރާހީމް، އެ އިޢުތިރާފުން ރުޖޫޢަވެފައިވުމާއެކު،
އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް ސާބިތުކުރުމަށްޓަކައި އިތުރު ހެކި ނުވަތަ ޤަރީނާ ހުށަހެޅުމުގެ
ފުރުޞަތު ދައުލަތަށް ލިބިދީ، އަދި އެގޮތުގެމަތިން ހުށަހެޅޭ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް،
އިސްވެދެންނެވިފައިވާ ޤާނޫނީ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން އަލުން ބަލައި ނިންމެވުމަށް، ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓަށް
ތަޙުލީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv