ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/66 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/66
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 66/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މޫސާ ޢަލީ ކަލޭފާނު
* އައި.ޑީ.ކާޑް ނަންބަރ: A027074
ދާއިމީ އެޑްރެސް: ރ.ކަނދޮޅުދޫ ހުސްނުހީނާގެ
މިހާރުގެ އެޑްރެސް: މ.ޖަވާހިރުވިލާ
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ނަންބަރ:
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް: -
، ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ރަބީއުލްއާޚިރު 1434
19 ފެބްރުއަރީ 2013
-ނިމުނު ތާރީޚް: 11 ރަބީއުލްއާޚިރު 1434
21 ފެބުރުއަރީ 2013
0
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013/1134(J(MD-145
ނިންމިކޯޓް: ކްރިމިނަލް ކޯޓު
އަމުރުގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް:
11 ފެބްރުއަރީ 2013
0
0
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/66
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1134(J(MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި ރ.ކަނދޮޅުދޫ/ހުސްނުހީނާގެ މޫސާ ޢަލީކަލޭފާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
1134/J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫންކަމަށް ބުނެ އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ރ.ކަނދޮޅުދޫ ހުސްނުހީނާގެ މޫސާ ޢަލީކަލޭފާންގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރ 2013
/
1134/J
(
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 11 ފެބްރުއަރީ 2013 ވަނަ ދުވަހުގެ 19:59 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް
ރ.ކަނދޮޅުދޫ/ހުސްނުހީނާގެ މޫސާ ޢަލީކަލޭފާން ފުލުހުންގެ ބެލުމުގެ ދަށުގައި މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް މޫސާ ޢަލީކަލޭފާން
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކަކީ މޫސާ ޢަލީކަލޭފާންގެ މައްޗަށް ތުހުމަތު ކުރެވުނު
މައްސަލާގައި ފުލުހުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިވަގުތު މީނާ ދޫކޮށްލައިފިނަމަ، ހެކިފޮރުވަން
މަސައްކަތްކޮށްފާނެކަމަށް
ފެންނާތީއާއި، މީނާގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި
ރައްކާތެރިކަމަށްޓަކައިކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރ 2013/1134(J(MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ރ.ކަނދޮޅުދޫ/ހުސްނުހީނާގެ މޫސާ ޢަލީކަލޭފާންގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
213/HC-A/66
ފަރާތުން ދެ ނުކުތާއެއް
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1134(J
(
MD-145 ކޯޓު
އަމުރުގައި މޫސާ ޢަލީކަލޭފާން 15 ދުވަހުގެ މުއްދަތަށް (11 ފެބްރުއަރީ 2013 އިން 26 ފެބްރުއަރީ 2013)
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި މީހަކު ބަންދުކޮށް ބެހެއްޓުމަށް ބޭނުންވާ
ޝަރުތުތަކެއް
ކަނޑައެޅިފައިވަނިކޮށް އެ ޝަރުތުތައް ފުރިހަމަ ނުވަނީސް އެ ޝަރުތުތަކާއި ޚިލާފަށްކަމަށް ބުނެ
ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ވަކި ޙާލަތެއްގައި މެނުވީ އެއްވެސް މީހަކާއި މެދު ޝަރީއަތުން ޙުކުމެއް
ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49
ވަނަ މާއްދާގައި ޞަރީޙަ ނައް ޞިއް ބަޔާންކޮށްފައިވީހިނދު މިނައްޞާ ޚިލާފަށް މޫސާ ޢަލީކަލޭފާން
ބަންދުކޮށްފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
4. މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1134(J(MD-145 ކޯޓު
އަމުރު އިސްތިއުނާފު ކުރުމަށް މޫސާ ޢަލީކަލޭފާންގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެ
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު"ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ
ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ
ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ އެއްވެސް މީހަކާއި މެދު ޝަރީއަތުން އޮޑިޓްގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/66
ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެންނުވާނެކަމަށް އޮންނަކަމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު
2013
/
1134/J
(
MD-145 ކޯޓު އަމުރަށް ބަލާއިރު، މޫސާ ޢަލީކަލޭފާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި
ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައިވަނީ މޫސާ ޢަލީކަލޭފާންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
މައްސަލައެއްގައި ފުލުހުން ހުށަހަޅާފައިވާ އެކި ޤަރީނާއަށް ބަލާއިރު، މިވަގުތު މީން ދޫކޮށްލައިފިނަމަ، ހެކި
ފޮރުވަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި މީނާގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގެއްލި މުޖްތަމަޢުގެ
ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި، ދޫކޮށްފައި ބެހެއްޓުމަށް ނުފެންނާތީކަމަށް ބަޔާންކޮށް ކަން ކް
ކްރިމިނަލް
ކޯޓުގެ އެއަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.
6
8
4
2 ހއ
Oxo
(ށ) ދެވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1134(J(MD-145 ކޯޓު
އަމުރުގައި މޫސާ ޢަލީކަލޭފާން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި އެއް ސަބަބަކީ މޫސާ ޢަލީކަލޭފާންގެ
ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައިކަން އެނގޭއިރު، މިމައްސަލައިގެ
ބާވަތަށާއި، ކަން ހިނގިގޮތް ކަމަށް ބަޔާންކުރާ ގޮތުގެ މައްޗަށާއި މުޅި މައްސަލައިގެ ވަށައިގެންވާ އެހެނިހެން
މައްޗަށް ބެލުމުން މޫސާ ޢަލީކަލޭފާންގެ ފުށުން އެފަދަ އެއްވެސް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް އަދި އެފަދަ ކަމެއް މީގެ ކުރިން ހިނގިކަމަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ ޙުއްޖަތްތަކެއް
ހުށަހެޅިފައި ނެތުމުން މިހާދިސާ ހިނގާފައިވާކަމަށް ބުނާ ވަގުތާއި ޒަމާނާއި ހާލަތަށް ބަލާއިރު، މިހާރު މޫސާ
ޢަލީކަލޭފާންގެ ފަރާތުން އެފަދަ ނުރައްކަލެއް މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެދާނެކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
ޚަ8/8އކުވެ
ނeއe
(ނ) ތިންވަނަ ކަމަކީ: އިސްވެ އިޝާރާތް ކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު
2013/1134(J(MD-145 ކޯޓު އަމުރަށް ބަލާއިރު، މޫސާ ޢަލީކަލޭފާން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ސަބަބުތަކުގެ ތެރޭގައި މޫސާ ޢަލީކަލޭފާން ދޫކޮށްލައިފިނަމަ،
ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަ
އެކަތްކޮށްފާނެކަމަށް ފެންނަކަމަށް އެއަމުރުގައި ބަޔާންކޮށްފައި އޮތްއޮތުމަށް ބަލާއިރު
މޫސާ ޢަލީކަލޭފާންގެ މައްޗަށް ތުހުމަތެއް ކުރެވިގެން ތަޙްޤީޤު ކުރެވެމުންދާ މައްސަލައަކީ
2005ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާކަމަށް ބުނާ މައްސަލައެއްކަން އެނގެން އޮންނަކަމާއި، 2006 ވަނަ
އަހަރުގެ ފަހުކޮޅު މޫސާ ޢަލީކަލޭފާން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގައި ވަގުތީ މުވައްޒަފެއްގެ
OO ouc
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
.ޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/66
0 81 84
ގޮތުގައި މަސައްކަތްކޮށްފައިވާކަމާއި މިގޮތުން 2007ވަނަ އަހަރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް
ސެންޓަރގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެހިގެން ދިޔަކަމާއި، 2010 މެއި 11 އާއި ހަމައަށް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ ވަޒީފާގައި ހުރިކަން މޫސާ ޢަލީކަލޭފާން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައިން އެނގޭކަމާއި، މިމައްސަލައިގެ ފުލުހުންގެ ތަޙްޤީޤަށް މޫސާ
ޢަލިކަލޭފާން ފުރަތަމަ ބަޔާން ދިނުމަށްފަހު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރއަށް ގޮސް
އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކާއި ބައްދަލުކޮށް މިތަޙްޤީޤުކުރެވޭ ކަންކަމާއިގުޅިގެން ވާހަކަ
ދައްކާފައިވާކަން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މޫސާ ޢަލީކަލޭފާންގެ ފަރާތުން ވެފައިވާ އިޢުތިރާފުން
އެނގެން އޮންނަކަމާއި، ދެވަނަ ފަހަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް މޫސާ އަލީ ކަލޭފާން
ބަޔާން ދިން އިރު ކުރީގެ ބަޔާން އާއި ތަފާތުކޮށް ބަޔާން ދީފައިވާކަން އެނގެން އޮތުމުން ހެކިބަސް ދޭން ތިބި
ބަޔަކަށް ނުފޫޒު ފޯރުވޭގޮތަށް މޫސާ ޢަލީ ކަލޭފާންގެ އަމަލުތައް ހުރިކަމާއި އަދި ވަޒީފާއިން ވަކިވުމަށްފަހުވެސް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ މުވައްޒަފަކާއި މޫސާ ޢަލީކަލޭފާން ބައްދަލުކޮށްފައިވަނީ
މިމައްސަލައިގެ ތަހްޤީޤުކުރެވެމުން ދިޔަ ދުވަސްވަރެއްގައިކަމުން، މިކަމަކީ މޫސާ ޢަލީކަލޭފާންގެ ފުށުން ހެކި
މަސައްކަތްކޮށްފާނެކަމަށް
ނެކަމަށް ބެލެވޭ މަޤުބޫލު ސަބަބެއްކަމާއި އަދި އެކަމުގެ މައްޗަށް އޮތް ހަރުދަނާ
ޙުއްޖަތެއްކަން އެނގެން އޮތުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1134(J
(
MD-145 ކޯޓު އަމުރު
ބިނާކުރި ސަބަ
ސަބަބުތަކުގެތެރެއިން ސަބަބެއް އޮތްކަން ފާހަގަކުރެވެއެވެ
.
5
· ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތަކުގެ މައްޗަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަންދުގައި މީހަކު ބެހެއްޓޭނެކަމަށް ބަޔާންކޮށްފައިވާ
ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައިވާ، "ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް" ބަޔާންކޮށްފައިވާ ސަބަބު އޮތްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމަށްޓަކައި
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1134(J
(
MD-145 ކޯޓު އަމުރުން މޫސާ ޢަލީކަލޭފާން 15 ދުވަހުގެ
މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލް ކުރަންޖެހޭ ތަނެއް ނެތްކަމަށް މިޤަޟިއްޔާ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv