ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/02 ޤަޟިއްޔާގެ ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 02/HC
-
DM/2008
• ދަޢުވާކުރި ފަރާތް: ސޯޝަލް ލިބަރަލް ޕާޓީ
ރަޖިސްޓްރީ ނަންބަރ:2007/08
ދާއިމީ
އެޑްރެސް: މިއ.
ބޯގަންވިލާ ކ. މާލެ
މިހާރުގެ އެޑްރެސް: ހ. ފެންޓަނޯއީ! ކ. މާލެ
*
404
• ދަޢުވާލިބުނު ފަރާތް: ދިވެހި ދައުލަތް
ހުށަހެޅުނު ތާރީޚް: 21 ރަމަޟާން 1429
21 ސެޕްޓެމްބަރ 2008
* ނިމުނު ތާރީޚް: 02 ޝައްވާލު 1429
02 އޮކްޓޯބަރ 2008
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L
ފިހުރިސްތު
ޞަފްޙާ ނަންބަރ
1
01- މައްސަލާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
13-01 :
15-13:
04- މަޙްޝަރު ބަޔާންތައް:
މލމ 4
ދަޢުވާކުރި ފަރާތުގެ ވާހަކަ:
(މަޙްޝަރު ނަންބަރު: 13-01 :HC
-
DM
/
02 Mpg/2008)
(މަޙްޝަރު ނަންބަރު: 12-03 :HC
-
DM
/
02 Mpg/2008)
ދަޢުވާލިބުނު ފަރާތުގެ ވާހަކަ: (މަޙްޝަރު ނަންބަރު: 01-02 :HC
-
DM/
02 Mpg/2008)
(މަޙްޝަރު ނަންބަރު: 05-03 :HC
-
DM
/
02 Mpg/2008)
{.
f
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-DM/02
ދަޢުވާގެ ޚުލާޞާ
މިއީ، މީލާދީ ސަނަތުން ދެހާސް އަށް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު
ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވުނު ޤާނޫނު ނަންބަރު 12/2008 ( ރިޔާސީ އިންތިޚާބުގެ ޤާނޫނު)
ގެ 22 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފްވާ މާއްދާއެއް
މަށްބުނެ އެމާއްދާ ބާޠިލު ކޮށްދެއްވުން އެދި ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓްގައި ދަޢުވާ ކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.
ދަޢުވާކުރި ފަރާތުގެ ވާހަކަ:
ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ކައުންސިލް މެންބަރު
އަލްފާޟިލް އިބްރާހީމް އިސްމާޢީލް، މއ. ބޯގަންވިލާ
(މަޙްޝަރު ނަންބަރު: 13-01 :HC
-
DM/
02Mpg/2008)
(މަޙްޝަރު ނަންބަރު: 12-03 :HC
-
DM
/
02Mpg/2008
ދަޢުވާލިބުނު ފަރާތުގެ ވާހަކަ:
ދިވެހި ދައުލަތުގެ ފަރާތުން
އަލްއުސްތާޛު އާތިފު ޙިލްމީ
އަލްއުސްތާޛު މޫސާ ޢާލިމް
މަޙްޝަރު ނަންބަރު: 01-02 :HC
-
DM
/
02Mpg/2008)
(މަޙްޝަރު ނަންބަރު: 05-03 :HC
-
DM
/
02Mpg/2008)
04473
އޗެކެ
1- މިއީ، މީލާދީ ސަނަތުން ދެހާސް އަށް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ
ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވުނު ޤާނޫނު ނަންބަރު 12/2008 ( ރިޔާސީ އިންތިޚާބުގެ
ޤާނޫނު) ގެ 22 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފްވާ މާއްދާއެއް
2
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-DM/02
ކަމަށްބުނެ އެމާއްދާ ބާޠިލު ކޮށްދެއްވުން އެދި ސޯޝަލްލިބަރަލް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓްގައި
ދަޢުވާ ކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.
2- ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބުނެވުނު ދަޢުވާ ބިނާކުރާ
ސަބަބުތައް ކަމަށް ބުނެ އެޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ވާހަކަ
ދެއްކި ބޯގަންވިލާ، އަލްފާޟިލް އިބްރާހީމް އިސްމާޢީލް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް
ބަލާއިރު، ފަސް ސަބަބެއް ހުށަހަޅާ އެކަންކަމާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިސްގައި ވާހަކަ ދައްކާފައިވެއެވެ.
8އ•
(ހ) ފުރަތަމަ ސަބަބަކީ، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ އެކި އަކުރު
ތަކުގައި ކަނޑައަޅާފައިވާ މުއްދަތު ތަކަކީ އެއާ އެއްގޮތަށް ޢަމަލު ކުރުން މުސްތަޙީލު މުއްދަތުތަކެއް ކަމަށް
ދެކޭ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
[
(ށ) ދެވަނަ ސަބަބަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާއިން ޤާނޫނު
އަސާސީގެ 26 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި،
61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ
ޙައްޤުތައް، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ޚިލާފަށް ހިފަހަށްޓާފައިވާ ކަމަށާއި، އަދި މީގެ ތެރެއިން
ބައެއް އެހެނިހެން ޙައްޤުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ ހުށަހެޅުއްވި ސަބަބެވެ.
(ނ) ތިންވަނަ ސަބަބަކީ، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާއަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 100 ވަނަ މާއްދާއާ
ހުރަސްއުޅޭ މާއްދާއެއް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
04=ހ9
مکمي
ހހ47999
04ކޚަށް
(ރ) ހަތަރުވަނަ ސަބަބަކީ، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާއަކީ ޤާނޫނު
އަސާސީގެ 301 ވަނަ މާއްދާއާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި ލިޔެވިފައިވާ މާއްދާއެއްކަން އެމާއްދާއިން
އެނގެން އޮންނަ ހިނދު، އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރިޔަސް ޤާނޫނު އަސާސީގެ 301
ވަނަ މާއްދާއާ ޚިލާފުވާ ކަމަށް ބުނެ އެފަރާތުން ހުށަހެޅި ސަބަބެވެ.
3
2008/HC-DM/02
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ބ) ފަސްވަނަ ސަބަބަކީ ޖުމްލަ ގޮތެއްގައި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ
މާއްދާއަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ގިނަ ޙައްޤުތަކެއް އެކަށީގެންނުވާ
މިންވަރަށް ހިފަހަށްޓާފައިވާ މާއްދާއަކަށްވެފައި، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއަޅާ
މާއްދާއެއް ކަމަށް ދެކޭ ކަމަށް ބުނެ ހުށަހެޅިސަބަބެވެ.
3- މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު
ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވުނު ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު)ގެ
22 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޚިލާފު މާއްދާއެއް ކަމަށްބުނެ
ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން އެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަ ތަކުގެ މައްޗަށް ބަލާއިރު، ޤާނޫނު
އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބު 2008 ވަނަ އަހަރުގެ
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބާއްވައި ނިންމުމަށްޓަކައި، ޤާނޫނު ނަންބަރު 12/2008
(ރިޔާސީ އިންތިޚާބުގެ ޤާނޫނު)ގައްޔާއި، އަދި ޤާނޫނު ނަންބަރު 11/2008 ( އިންތިޚާބު ތަކާބެހޭ އާއްމު
ޤާނޫނު)ގެ މައްދާތަކުގެ ތެރެއިން، ރިޔާސީ އިންތިޚާބުގައި ބޭނުން ކުރަންވާނީ ޤާނޫނު ނަންބަރު 12/2008
(ރިޔާސީ އިންތިޚާބުގެ ޤާނޫނު)ގެ 22 މާއްދާގެ ހ، ށ، ނ،
ތ، ގައި ބުނެފައިވާ މުއްދަތުތައް ކަމަށް އެމާއްދާގައި ބުނެފައިވާ ކަމަށާއި، ޤާނޫނު ނަންބަރު 11/2008
( އިންތިޚާބު ތަކާބެހޭ ޢާއްމު ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ 45 ދުވަސް
10 ދުވަހަށް ބަދަލުކޮށްފައިވާއިރު، އިންތިޚާބާއި ބެހޭ ޢާއްމު ޤާނޫނުގެ 9 ވަނަ މާއްދާއަކީ އިންތިޚާބެއް
ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އެންމެ
ފަހުގެ މަޢުލޫމާތާއިއެކު ފުރިހަމަ ކުރުމަށްފަހު ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީގައިވާ
މީހުންގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެސް އެނގޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ
ގެޒެޓްގައި ޝާއިޢު ކުރަންވާނެ ކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވެސް
އެމަޢުލޫމާތު ޝާއިޢު ކުރަންވާނެ ކަމަށް ބުނެފައިވާ މާއްދާއެއް ކަމަށާއި، ޤާނޫނު ނަންބަރު 11/2008 ގެ
10 ވަނަ މާއްދާއަކީ އެޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ޢާންމު ކުރެވޭ، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ
(
02/
497
4
2.2
.c.3x
80
2008/HC-DM/02
کی نعم
މީހުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ ނުވަތަ ހިމެނިފައިނުވާ މަޢުލޫމާތުތަކާ ގުޅޭ ގޮތުން ނުވަތަ
އެރަޖިސްޓްރީ ޞައްޙަ ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލަކާއި ނުވަތަ އުނިއިތުރަކާއި ގުޅޭގޮތުން ޝަކުވާ
އުފުލުމުގެ އިޚްތިޔާރު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށާއި، ސިޔާސީ ޕާޓީ ތަކަށް
ލިބިދޭ މާއްދާ ކަމަށާއި، އަދި އެމާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުން އެމާއްދާގެ (ހ) ގައި ބުނެފައިވާ
ފަދަ ޝަކުވާއެއް އުފުލަން ބޭނުންވާނަމަ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ
ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާ ދުވަހުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައި ލިޔުމުން
އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވަނިކޮށް ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ
22 ވަނަ މާއްދާގެ (ށ)ގައި އެމުއްދަތު ފަސް ދުވަހަށް ބަދަލުކުރައްވާފައިވާ ކަމަށާއި، ޤާނޫނު ނަންބަރު
11/2008 ގެ 10 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅި ބަޔާންވެފައިވަނީ އެމާއްދާގެ ދަށުން
ހުށަހަޅަންޖެހޭ ޝަކުވާއާމެދު 5 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ގޮތެއް ކަނޑައަޅަންޖެހޭ
ކަމަށް ވާއިރު، ރިޔާސީ އިންތިޚާބު ގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި އެމުއްދަތު 1 ދުވަހަށް
ބަދަލުކޮށްފައިވާ ކަމަށާއި، ޤާނޫނު ނަންބަރު 11/2008 ގެ 10ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅި
ބަޔާންވެފައިވަނީ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ޝަކުވާއާއި މެދު
އެކޮމިޝަނުން ގޮތެއް ކަނޑައަޅާ އެފަރާތްތަކަށް އަންގާ އެތާރީޚުން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް
އެމައްސަލަ ހުށަހެޅުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ މުއްދަތަށް ބަލާއިރު ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ
22 ވަނަ މާއްދާގެ (ރ) ގައި އެމުއްދަތު 2 ދުވަހަށް ބަދަލު ކުރައްވާފައިވާ ކަމަށާއި، ޤާނޫނު ނަންބަރު
11/2008 ގެ 10 ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅި ބަޔާންވެފައިވަނީ އިންތިޚާބަކާ ބެހޭ ޝަކުވާ
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެޝަކުވާއަކާއި މެދު ހައިކޯޓުން ނިންމަންޖެހޭ ނިންމުން
ނިންމަންޖެހޭ މުއްދަތު ކަމަށް ވާއިރު ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ބ) ގައި
އެމުއްދަތު ދެދުވަހަށް ބަދަލުކޮށްފައިވާ ކަމަށާއި ޤާނޫނު ނަންބަރު : 2008ގެ 4ވަނަ މާއްދާއަކީ
އިންތިޚާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައި
އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތަފްޞީލް އެންގެވުމަށްޓަކައި، އެމާއްދާގައި ކަނޑައެޅި
ބަޔާންވެފައިވާ ތަފްޞީލުތަކާއިއެކު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިޢުލާނު ކުރުމާއި ކޮންމެ
އިންތިޚާބީ ދާއިރާއެއްގައިވެސް ދާއިރާއަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ ބެހޭ ގޮތުން ކޮށްފައިވާ
(
5
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ
2008/HC-DM/02
کم
އިޢުލާނު އެއިންތިޚާބީ ދާއިރާއެއްގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސޭހައިން މީހުންނަށް
ބެލޭނެގޮތަށް ބަހައްޓަން ވާނެކަމަށް ބުނާ މާއްދާއަކަށް ވާއިރ،2) އެމާއްދާގައި އެކަމަށް ދެވިފައިވާ މުއްދަތު
ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި 7 ދުވަހަށް ބަދަލުކުރެވިފައިވާކަމަށާއި، ޤާނޫނު
ނަންބަރު: 11/2008 ގެ 21 ވަނަ މާއްދާގެ (ށ)ގައި ކަނޑައެޅި ބަޔާންވެފައިވަނީ އިންތިޚާބަށް
ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާނަމަ، ކަމާއި ބެހޭ
ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތަށްވާއިރު، އެމާއްދާގައި ބުނެފައިވާ މުއްދަތު ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ
22 ވަނަ މާއްދާގެ (ށ) ގައި ތިން ދުވަހަށް ބަދަލުކުރައްވާފައިވާ ކަމަށާއި އަދި އެމާއްދާގެ (ޅ) ގައި
ބަޔާންކޮށްފައިވާ 7 ދުވަސް 2 ދުވަހަށް ބަދަލުކޮށްފައިވާ ކަމަށާއި، އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 5
ވަނަ މާއްދާއަކީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުރި މީހެއްގެ ރިޔާސަތުގެ ދައުރު ހަމަވާން
އޮންނަ އެންމެ ފަހު 120 ދުވަހަށް ފެށުމާއިއެކު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހުންނަށް
އެފުރުޞަތު ހުޅުވިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އަންގައި އިޢުލާންކުރަންޖެހޭ
މުއްދަތު ކަނޑައަޅާ މާއްދާއަށްވާއިރު، އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ އެމާއްދާގެ (ހ) ނުވަތަ
(ށ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކުރާ އިޢުލާނުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ
މީހުންނަށް އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތު
ދޭންވާނެ ކަމަށް ކަމުގައިވާއި، އެމާއްދާގައި ބުނެފައިވާ މުއްދަތު ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22
ވަނަ މާއްދާގެ (ޅ) ގައި 05 ދުވަހަށް ބަދަލު ކޮށްފައިވާކަމަށާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 6 ވަނަ
މާއްދާގައި އިލެކްޝަނަށް ކުރިމަތިލާމީހުންގެ ނަންތައް އިޢުލާން ކުރާ ތާރީޚާއި އިލެކްޝަން ބާއްވާ ތާރީޚާއި
ދެމެދު މަދުވެގެން 30 ދުވަހުގެ މުއްދަތު އޮންނަންޖެހޭނެ ކަމަށް ބުނެފައިވާއިރު، އެ 30 ދުވަސް 10
ދުވަހަށް ބަދަލުކުރައްވާފައިވި ކަމަށާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ރިޔާސީ
އިންތިޚާބަށް ކުރިމަތިލާން ދީފައިމާމުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 4ދުވަހުގެ ތެރޭގައި
ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް ހުންނަން، އެމީހަކު ހުށަހަޅާމީހާގެ ފުރިހަމަ ނަމާއި އެޑްރެސް
ޢާންމުކޮށް އަންގައި އިޢުލާންކޮށް އިލެކްޝަންސް ކޮމިޝަނުގެ އޮފީހުގަޔާއި މީހުންދިރިއުޅޭ ކޮންމެ
ރަށެއްގައި ފަސޭހައިން މީހުންނަށް ބެލޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ބަހައްޓަންވާނެ ކަމަށް
ބުނެފައިވާއިރު، އެމާއްދާގައި ބުނެފައިވާ މުއްދަތު ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ
6
.ޖެ ¢ ¢ޑ
تعلم ام تعرض تعرف اني لام ما هر
84
2008/HC-DMI/02
تيميد
(ހ)ގައި ގިނަވެގެން 7 ދުވަހަށް ބަދަލު ކުރައްވާފައިވާ ކަމަށާއި ރިޔާސީއިންތިޚާބުގެ ޤާނޫނުގެ 15 ވަނަ
މާއްދާގައި ރިޔާސީ އިންތިޚާބުގެ ވޯޓްލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ
އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާނުކޮށް ސަރުކާރުގެ ގެޒެޓްގައި
ޝާއިޢުކުރަންވާނެ ކަމަށް ބުނެފައިވާއިރު، އެމާއްދާގައި ބުނެފައިވާ މުއްދަތުގައި ރިޔާސީ އިންތިޚާބުގެ
ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ)ގައި 5 ދުވަހަށް ބަދަލު ކުރައްވާފައިވާ ކަމަށާއި އިންތިޚާބުތަކާ
ޢާންމު ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ)ގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ތެރެއިން
އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބްގައި ވޯޓް ދިންމީހުންގެ ތެރެއިން ޞައްޙަ ވޯޓްގެ 50
އިންސައްތަ އަށްވުރެ ގިނަ ވޯޓް ނުލިބިއްޖެނަމަ އެ އިންތިޚާބު ބޭއްވުނުތާ ގިނަވެގެން 21 ދުވަހުގެ
ތެރޭގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންވާނެ ކަމަށް ބުނެފައިވާއިރު، އެމާއްދާގައި ބުނެފައިވާ
މުއްދަތު ރިޔާސީ އިންތިޙާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ގިނަވެގެން 10 ދުވަހަށް
ބަދަލުކުރައްވާފައިވާ ކަމަށާއި، މިގޮތުގެ މަތިން އިންތިޙާބުތަކާއި ބެހޭ ޢާންމު ޤާނޫނުގައި އެކިއެކި ކަންކަމަށް
ކަނޑައެޅި ބަޔާންވެފައިވާ މުއްދަތުތައް ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން
ކުރުކުރެވިފައިވަނީ އެކަންކަމާއިމެދު ރިޢާޔަތްކޮށް ބަލަން ޖެހޭ ކަންކަމުގެ މައްޗަށް ރަގަޅަށް ބެލެވިގެން
ކަމަށް ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ނުދެކޭ ކަމަށާއި އެކަމަކީ، ޤާނޫނު އަސާސީގެ 301 ވަނަ
މާއްދާގެ (ހ) ގެ ދަށުން ބާއްވަންޖެހޭ ރިޔާސީ އިންތިޙާބު 2008 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10
ގެކުރިން ބާއްވާ ނިންމުމުގެ ބޭނުމުގައި ކުރައްވާފައިވާ ކަމެއް ކަމުގައި ވިޔަސް، އެއީ ޤާނޫނު އަސާސީގެ
16 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ އިތުރުން 62 ވަނަ މާއްދާއާއި ފުށުއަރާ ކަމެއްކަމަށް ސޯޝަލް
ލިބަރަލް ޕާޓީގެ ފަރާތުން ދެކޭތީ އެޕާޓީގެ ފަރާތުން އެދެނީ ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ
މާއްދާ އަކީ ބާޠިލް މާއްދާއެއް ކަމަށް ޝަރީޢަތުގެ ފަރާތުން ކަނޑައަޅާ ދިނުންކަމަށް ސޯޝަލް ލިބަރަލް
ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖްލިސްގައި ބުނެފައިވާކަން ފާހަގަކުރެވިފައިވެއެވެ .
443
UCO
4- ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ގޮތުން،
ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ، ޙަޤީޤަތާ
އެއްގޮތް ނޫން ދަޢުވާއެއް ކަމަށާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާއަށް އެބަގަ
އެބަދަލުތައް
1
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ
2008/HC-DM/02
4 23 824
seދ8
ގެން ބޮއެވެ9ގ
ގެނެވިފައިވަނީ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ ދަށުން 2008 އޮކްޓޯބަރ 10 ވަނަ
ދުވަހުގެ ކުރިން ބާއްވާ ނިންމަންޖެހޭ، ރިޔާސީ އިންތިޚާބު އެ މާއްދާގައި ބުނެފައިވާ
މަޤްޞަދުގައި ކަމަށްވާތީ، އެމާއްދާއަކީ ޤާނޫނު އަސާސީއާ ފުށުއަރާ މާއްދާއެއް ކަމަށް ދައުލަތުގެ ފަރާތުން
ނުދެކޭ ކަމަށެވެ.
5- މިމައްސަލައާއި ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖްލިހުގައި ދައްކާފައިވާ ވާހަކަ
ތަކަށާއި، ޝަރީޢަތުގެ މަޖްލިހަށް ހުށަހެޅިފައިވާ ލިޔުން ތަކަށާއި، ޤާނޫނު ނަންބަރު 11/2008
(އިންތިޚާބްތަކާއި ބެހޭ ޢާންމު ޤާނޫނު)ގައި އެކި އެކި ކަންކަމަށް ކަނޑައެޅިފައިވާ މުއްދަތު ތަކަށް ޤާނޫނު
ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު)ގެ 22 ވަނަ މާއްދާއިން ހިފެހެއްޓިފައިވަނީ ޤާނޫނު
އަސާސީގެ 26 ވަނަ މާއްދާއާއި 42 ވަނަ މާއްދާއާއި 61 ވަނަ މާއްދާއާއި 16 ވަނަ މާއްދާއާއި 170
ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ، ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ
މައްޗަށް ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(
ހ. ފުރަތަމަ ކަމަކީ:- ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
ޤާނޫނު އަސާސީ ތަޞްދީޤު ކުރެވި ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވަނީ މީލާދީ ސަނަތުން
ދެހާސް އަށްވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވީ ބުރާސްފަތި ދުވަހުގައި ކަމާއި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި މިޤާނޫނު އަސާސީގެ ދަށުން ބާއްވާ
ފުރަތަމަ ރިޔާސީ އިންތިޚާބު މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ
ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ ކަމަށް ސާފު ބަހުން ބުނެފައި އޮންނައިރު، ޤާނޫނު އަސާސީގެ 08
ވަނަ މާއްދާގައި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަން މިޤާނޫނު އަސާސީގައިވާ ގޮތުގެ
މަތިން ކަމަށް ކަނޑައަޅާ ބަޔާން ކޮށްފައި އޮންނަ އޮތުމުގެ އިތުރުން، ވެރިކަން ހިންގާފަރާތުންނާއި
ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި މުސްތަޤިއްލު
ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމް ތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި
ދައުލަތުގެ މަޤާމް ތަކާއި ޙަވާލުވެ ތިބި މީހުންނާއި އެންމެހައި ރައްޔިތުން މިޤާނޫނު އަސާސީގައިވާ
8
2008/HC-DM/02
4
2
ގދތކގ
އައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ
ކަންތައްތަކަށް ފުރިހަމަޔަށް ކިޔަމަންވެ ޢަމަލުކުރަންވާނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 298 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާކަންވެސް ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
(ށ) ދެވަނަކަމަކީ:- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ޢަމަލުކުރަން
ފަށާފައިވާ މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 08 ވަނަ ދުވަހުން ފެށިގެން
ދެމަހާއި ތިންދުވަސް ހަމަވާ ތާރީޚުގެ ކުރިން މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީގެ ދަށުން ބާއްވާ
ފުރަތަމަ ރިޔާސީ އިންތިޚާބު ބާއްވާ ނިންމަންވާނެ ކަމަށް ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ)
ގައި ސާފުބަހުން ބުނެފައިވާތީ، މިޤާނޫނު އަސާސީގެ ދަށުން ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިޚާބާއި ގުޅިގެން
ދައުލަތުގެ އެކި އެކި މުވައްސަސާތަކުންނާއި، މުސްތަޤިއްލު ކޮމިޝަންތަކުން ކުރަންޖެހޭ ކަންތައްތައް
އެމާއްދާއާއި ފުށުނާރާނޭ ގޮތެއްގެ މަތިން ތަންޒީމުކޮށް ހަމަޖެއްސުން ދިވެހި ދައުލަތުގެ އެންމެހާ
މުއައްސަސާތަކަށް މިޤާނޫނު އަސާސީ ލާޒިމް ކުރާކަން ޤާނޫނު އަސާސީގެ 298 ވަނަ މާއްދާއިން އެނގެން
އޮންނާތީ، މިޤާނޫނު އަސާސީ އިން ލާޒިމްކޮށްފައިވާ ކަމެއް މިޤާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް
ނުކޮށް ދޫކޮށްލުމުގެ ޙައްޤު މިޤާނޫނު އަސާސީގެ ބާރު ހިނގާ އެއްވެސް ފަރާތަކަށް މިޤާނޫނު އަސާސީއާއި
ޚިލާފަށް ލިބިދެވޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް ނެތްކަން ރަގަޅަށް އެނގެން އޮންނަ
އޮތުމެވެ.
oxo
(ނ) ތިންވަނަ ކަމަކީ:- ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބު ތަކާއިބެހޭ ޢާންމު
ޤާނޫނު) އަކީ ދިވެހި ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ އެންމެހައި އިންތިޚާބުތަކަކީ، ދީމިޤްރާތީ އުޞޫލުތަކުގެ މައްޗަށް
ބިނާވެފައިވާ ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން އިންޞާފުވެރި ހާމަކަން ބޮޑު އަދި
ރައްޔިތުންގެ އިތުބާރު ލިބޭނެ ގޮތެއްގެ މަތިން ބޭއްވޭ އިންތިޙާބު ތަކަކަށް ހެދުމަށްޓަކައި ބޭނުންވާ ޢާންމު
އުޞޫލުތައް ކަނޑައަޅާ ބަޔާންކޮށްފައިވާ ޤާނޫނަކަށް ވާއިރު، އެޤާނޫނަކީ މިހާރު ޢަމަލު ކުރަމުންދާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު މީލާދީ
ސަނަތުން 2008 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ ކަމަށް
ބުނެފައިވާ ޤާނޫނު އަސާސީއަށް ދިވެހިރާއްޖޭގައި ޢަމަލު ކުރަން ފެށިތާ އެއްމަހާއި، ނުވަދުވަސް ފަހުން
ޖީ ޓް
އިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-DM/02
¢ ¢9 9
މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ތަޞްދީޤު ކުރެވިފައިވާ
ޤާނޫނަކަށް ވުމުން، އެޤާނޫނު ތަޞްދީޤުކުރެއްވި ތާރީޚާއި މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވަން ޖެހޭ ރިޔާސީ އިންތިޚާބު
ބާއްވާ ނިންމަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ)
ގައި ބުނެފައިވާ ތާރީޚާއި ދެމެދު އެ އިންތިޚާބާއި ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ތަންޒީމު
ކުރަންޖެހޭ ކަންތައްތައް ތަންޒީމު ކުރުމަށް ލިބިފައިވަނީ އެންމެ 24 ދުވަހުގެ މުއްދަތުކަންވެސް
ފާހަގަކުރެވިފައިއޮންނަ އޮތުމެވެ.
(ނ) ހަތަރުވަނަ ކަމަކީ: ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ ދަށުން
ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު އެމާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ތާރީޚުގެ ކުރިން ބާއްވާ
ނިންމުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ތަންޒީމު ކުރަންޖެހޭ ކަންތައްތައް ތަންޒީމު ކުރުމަށް
ދެވިފައިވާ މުއްދަތަކީ، 24 ދުވަސް ކަން ރަގަޅަށް އެނގެން އޮތުމާއިއެކު، އެޤާނޫނުގެ 09 ވަނަ މާއްދާގެ
.(ހ) ގައި ބަޔާންކޮށްފައިވާ 45 ދުވަސް 10 ދުވަހަށް، އަދި އެޤާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި
ދެވިފައިވާ 10 ދުވަސް 5 ދުވަހަށް، އަދި އެޤާނޫނުގެ 10 ވަނަ މާއްދާގެ 09 ގައި ދެވިފައިވާ 5
ދުވަސް އެއްދުވަހަށް، އެޤާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ 5 ދުވަސް 2 ދުވަހަށް،
އެޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ 15 ދުވަސް ގިނަވެގެން 2 ދުވަހަށް،
އެޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެވިފައިވާ 14 ދުވަސް 07 ދުވަހަށް އެޤާނޫނުގެ 21
ވަނަ މާއްދާގެ (ޅ) ގެ ދަށުން ދީފައިވާ 5 ދުވަސް 3 ދުވަހަށް، އެޤާނޫނުގެ 21 ވަނަ މާއްދާގެ (ޅ)
ގައި ދެވިފައިވާ 7 ދުވަސް 2 ދުވަހަށް، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ދެވިފައިވާ
10 ދުވަސް 5 ދުވަހަށް، އަދި އެޤާނޫނުގެ 6 ވަނަ މާއްދާގައިވާ 30 ދުވަސް 10 ދުވަހަށް، އަދި
އެޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ދީފައިވާ 7 ދުވަސް ގިނަވެގެން 5 ދުވަހަށް، އަދި އެޤާނޫނުގެ 19
ވަނަ މާއްދާގެ (ހ) ގެ ދަށުން ދެވިފައިވާ 21 ދުވަސް ގިނަވެގެން 10 ދުވަހަށް، ޤާނޫނު ނަންބަރު
12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ކަނޑައަޅުއްވާ ކުރީގައި ދެވިފައިވާ
5
10
2008/HC-DM/02
މުއްދަތުތަކަށް ބަދަލުގެނެސް އަލުން ތަރުތީބު ކުރެއްވި ކުރެއްވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީއާއި ފުށުއެރުމެއް އޮތް މައްސަލައެއް ނޫންކަން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
އދ39 އއ އދ
(ބ) ފަސްވަނަކަމަކީ:- ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ އެކި އެކި
އަކުރުތަކުގައި ކަނޑައެޅި ބަޔާންވެފައިވާ މުއްދަތުތަކަކީ އެއާއި އެއްގޮތަށް ޢަމަލު ކުރުން މުސްތަޙީލު
މާއްދާތަކެއް ކަމަށާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22 ވަނަ މާއްދާއިން، ޤާނޫނު އަސާސީގެ 26 ވަނަ
މާއްދާއާއި، 42 ވަނަ މާއްދާއާއި، 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަސާސީ ޙައްޤުތައް ޤާނޫނު
އަސާސީގެ 16 ވަނަ މާއްދާއާއި ޚިލާފަށް ހިފަހައްޓާފައިވާ ކަމަށާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22
ވަނަ މާއްދާއަކީ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާ
ޢަމަލުކުރުމަށްޓަކައި
އެކުލަވާލެވިފައިވާ މާއްދާއަކަށްވިއަސް އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލު ކުރިއަސް ޤާނޫނު
އަސާސީގެ 301 ވަނަ މާއްދާއާއި ޚިލާފުވާނެ ކަމަށް ދެކޭ ކަމަށާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 22
ވަނަ މާއްދާއަކީ، ޤާނޫނު އަސާސީގެ 171 ވަނަ މާއްދާއާއި އެއްގޮތަށް ޢަމަލު ކުރުމަށް ހުރަސް އެޅޭ
މާއްދާއަކަށްވާ ކަމަށް ބުނެ ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖްލިސްގައި ކޮށްފައިވާ ވަކާލާތަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ
މާއްދާއަކީ އެޤާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އުމުރުން 18 އަހަރުން
މަތީގެ ކޮންމެ ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ވޯޓުދިނުމުގެ
ޙައްޤާއި އިންތިޚާބު ތަކުގައި އެކި އެކި މަޤާމްތަކަށް ކުރިމަތި ލުމުގެ ޙައްޤާއި، އެމީހަކު އަމިއްލައަށް
ނުވަތަ އެމީހަކު މިނިވަންކަމާއިއެކު، އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް
ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދޭ މާއްދާއެއްކަމާއި، އަދި ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއަކީ،
ޖިނާއީ ކުށުގެ ދަޢުވާ އުފުލުމުގަޔާއި މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި އެކަށީގެންވާ
މުއްދަތެއްގެ ތެރޭގައި ޢަދުލުވެރި ކަމާއި ހަމަހަމަކަމާއިއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤު ދިވެހި ކޮންމެ
ރައްޔިތަކަށް ލިބިދޭ މާއްދާއެއް ކަމާއި، އަދި ޤާނޫނު އަސާސީގެ 61 ވަނަ މާއްދާއަކީ ޤާނޫނު ތަކާއި
ރައްޔިތުން އެމައްޗަށް ޢަމަލުކުރަން ސަރުކާރުން އަންގާ އެންގުން
ންގުންތަކަކީ ޢާންމުންނަށް
ގޮތެއްގެ މަތިން އިންތިޒާމުކޮށް ޝާއިޢު ކުރަންވާނެ ކަމަށާއި، ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރު
(
ލިބެން ހުންނާނެ
11
2008/HC-DM/02
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
OXO
20 8
ލިބިގެން ހަދާފައިވާ ޤަވާޢިދަކުން ވިއަސް މީހަކަށް އަދަބެއް ކަނޑައަޅާނަމަ އެޤަވާޢިދަކީ، ޢާންމުކޮށް
އިޢުލާނު ކުރެވި ޝާއިޢުވެފައިވާ ޤަވާޢިދަކަށް ވާން ޖެހޭނެ ކަމަށާއި، އަދި އެޤާނޫނަކާ ނުވަތަ ޤަވާޢިދަކާ
ޚިލާފުވާ މީހަކަށް ދެވޭނެ އަދަބެއް އޭގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަން ވާނެ ކަމަށާއި،
ސަރުކާރުންކުރާ ކަންތައްތަކާއި ނިންމާ ނިންމުންތަކާއި ބެހޭ މަޢުލޫމާތު ޢާންމުކޮށް ލިބެން ހުންނަންވާނެ
ކަމަށާއި، އަދި އެފަދަ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤު ދިވެހިކޮންމެ ރައްޔިތަކަށް ލިބިދޭ މާއްދާއެއް
ކަމާއި، އަދި ޤާނޫނު އަސާސީގެ 100 ވަނަ މާއްދާއަކީ އިލެކްޝަންސް ކޮމިޝަންގެ މައްސޫލިއްޔަތާއި
ވާޖިބުތައް ބަޔާންކޮށްފައިވާ މާއްދާއަކަށް ވާއިރު، އެއިންތިޚާބު ބާއްވާ ނިންމުމަށް ޤާނޫނުއަސާސީގެ 301
ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ތާރީޚާއި ދެމެދުގައި އޮތް މުއްދަތަކީ، 24 ދުވަސް
ކަމަށް ވިޔަސް މިކަމަކީ، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންމިދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުމަށް ޤާނޫނު އަސާސީގެ 8 ވަނަ
މާއްދާއާއި، ޤާނޫނު އަސާސީގެ 298 ވަނަ މާއްދާއިން ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް
އެއިން ރެކި ނުގަނެވޭ ފަދަ ގޮތަކަށް ލާޒިމުކޮށްފައިވާ ކަމަކަށްވެފައި، މީލާދީ ސަނަތުން 2008 ވަނަ
އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ އިންތިޚާބު
އެމާއްދާގައި ބުނެފައިވާ ގޮތަށް ބާއްވާ ނިންމުމުގައި ރިޢާޔަތް ކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ
ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 11/2008 އަށް ޢަމަލުކުރަން ފެށުނު ތާރީޚުގައި ޤާނޫނު އަސާސީގެ
301 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު އިޢްލާންކޮށް، އެ އިންތިޚާބުގައި
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެމަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު
އެތާރީޚުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި، އަދި އެމަޤާމަށް ކުރިމަތި ލާމީހުންގައި ހުރުން ޤާނޫނު
އަސާސީޕެ9ވަނަ މާއްދާ ލާޒިމްކޮށްފައިވާ ޝަރުތުތަކާއިބެހޭ މަޢުލޫމާތު ދިވެހިރާއްޖޭގައި ޢާންމުކޮ
އިޢުލާނު ކޮށްފައިވާކަން އެނގެން އޮންނާތީއާއި، އެއިޢުލާނަށް އިޖާބަ ދިނުމުގެ ގޮތުން ރިޔާސީ ކެންޑިޑޭޓް
އިބްރާހީމް އިސްމާޢީލުވެސް ހިމެނޭ ގޮތައް އިލެކްޝަންސް ކޮމިޝަނަށް އެކަމާއި ގުޅިގެން ހުށަހަޅަންޖެހޭ
ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ތަކާއިއެކު އެފަރާތްތަކުގެ ނަންތައް ހުށަހަޅާފައިވާކަން
މިމައްސަލައާއި ގުޅިގެން ދެފަރާތުންމެ ޝަރީޢަތުގެ މަޖްލިސްގައި ދައްކާފައިވާ ވާހަކަތަކުންނާއި
#
ތަކއްdއ
12
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/lIC-DM/02
ޝަރީޢަތުގެ މަޖްލިސްއަށް ހުށަހެޅިފައިވާ ލިޔުންތަކުން ރަގަޅަށް އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނެފައިވާ ރިޔާސީ އިންތިޚާބު އެމާއްދާގައި
ބުނެފައިވާ ތާރީޚުގައި ބޭއްވުމަށްޓަކައި ޢާންމުކޮށް ކުރަންޖެހޭ އިޢުލާނު މީޑިއާގެ އެކި އެކި ވަޞީލަތްތައް
ބޭނުންކޮށްގެން ޢާންމުކޮށް އިޢްލާން ކުރެވި ޝާއިޢު ކުރެވިފައިވާކަން ރަގަޅަށް އެނގެން އޮންނާތީ، އެ
އިޢުލާނުގައި ބުނެފައިވާ ތާރީޚުގައި އެ އިންތިޚާބު ބާއްވާ ނިންމުމަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ އެއްވެސް މާއްދާއަކާ ފުށުއަރާ ކަމެއް ކަމަށް، ޤާނޫނީ ގޮތުން ބަލަންޖެހޭފަދަ ޝަރުޢީ
އަދި ޤާނޫނީ ވިޔަސް ހަމައެއް އޮތް ކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
(ޅ) ހަވަނަ ކަމަކީ: ޤާނޫނު ނަންބަރު 11/2008 (އިންތިޚާބާބެހޭ ޢާންމު ޤާނޫނު) ގައި
ރިޔާސީ އިންތިޚާބާ ބެހޭ އެކިއެކި ކަންކަމަށް ދެވިފައިވާ މުއްދަތު ތަކަށް ޤާނޫނު ނަންބަރު 12/2008
(ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން ގެނެވިފައިވާ ބަދަލުތަކަކީވެސް
ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ
މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލު ކުރުމަށްޓަކައި ގެނެވިފައިވާ ބަދަލުތަކެއްކަމަށް މި ޤަޟިއްޔާގައި
ދަޢުވާކުރާ ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ބިނާކުރާ ސަބަބުތައް ކަމަށް ބުނެ
އެފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރެއިން 04 ވަނަ ސަބަބުގައި ސާފުބަހުން ބުނެފައިވާތީ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ޤާނުން ނަންބަރު 11/2008 ގައި ރިޔާސީ އިންތިޚާބާ
އެކިއެކި ކަންކަން ތަންޒީމުކޮށް ހިންގުމަށްޓަކައި ދެވިފައިވާ މުއްދަތުތަކަށް ޤާނޫނު ނަންބަރު
12/2008 ގެ 22 ވަނަ މާއްދާއިން ގެނެވިފައިވާ ބަދަލުތަކަކީވެސް ޤާނޫނު އަސާސީ އާއި ޚިލާފަށް
ގެނެވިފައިވާ ބަދަލުތަކެއް ނޫންކަން ދަޢުވާ ކުރާ ސޯޝަލް ލިބަރަލް ޕާޓީ އަށް ވެސް ޤަބޫލު ކުރެވޭކަން
ދޭހަވާ ކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއާއި 4 ވަނަ
61 ވަނަ މާއްދާއާއި 120 ވަނަ މާއްދާއާއި، އަދި 16 ވަނަ މާއްދާގެ ދަށުން ދިވެހި
ރައްޔިތުންނަށް ލިބިދެވޭ ޢާންމު ޙައްޤުތަކާބެހޭ ގޮތުން ޢާންމު ގޮތެއްގައި ސޯޝަލް ލިބަރަލް ޕާޓީގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަކީ ވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ
މާއްދާގެ (ހ) ގެ ދަށުން ބާއްވަންޖެހޭ އިންތިޚާބު، އެމާއްދާގައި ބުނެފައިވާ ތާރީޚުގެ ކުރިން ބާއްވާ
44
{.
މެއެއ
13
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/IIC-DM02
ނިންމުމަށްޓަކައި ޤާނޫނު ނަންބަރު 11/2008 ގައި ރިޔާސީ އިންތިޚާބާބެހޭ އެކިއެކި ކަންކަން
ތަންޒީމުކޮށް ހިންގުމަށްޓަކައި ދެވިފައިވާ މުއްދަތުތަކަށް ޤާނޫނު ނަންބަރު 12/2008 (ރިޔާސީ
އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން ގެނެވިފައިވާ ބަދަލުތަކަކީވެސް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެއްވެސް މާއްދާއަކާ ފުށުއަރާ ބަދަލުތަކެއް ކަމަށް ޝަރުޢީ އަދި ޤާނޫނީ
ގޮތުން ބެލެވެންޖެހޭ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވާތީ، ޤާނޫނު ނަންބަރު 12/2008 ގެ 22 ވަނަ މާއްދާ އަކީ ބާޠިލު މާއްދާއެއް ކަމަށް
ޤާނޫނީގޮތުން ބަލަންޖެހޭ ފަދަ ޝަރުއީ އަދި ޤާނޫނީ ވިޔަސް ހަމައެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
{.
މީލާދީ ސަނަތުން ދެހާސް އަށްވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ސޯޅަ ވަނަދުވަހު ސަރުކާރުގެ
ގެޒެޓުގައި ޝާއިޢުކުރެވުނު ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ
މާއްދާއަކީ، މިހާރު ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފު
މާއްދާއެއްކަމަށް ބުނެ، އެ މާއްދާ ބާޠިލުކޮށް ދިނުން އެދި ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ
މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިހާރު
ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ބާއްވާ އެންމެ
ފުރަތަމަ ރިޔާސީ އިންތިޚާބު މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުގެ ކުރިން
ބާއްވާ ނިންމަންވާނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި
ސާފުބަހުން ކަނޑައެޅި ބަޔާންވެފައިވާއިރު، ދައުލަތުގެ އެންމެހައި މުއައްސަސާތަކުންނާއި މުސްތަޤިއްލު
ކޮމިޝަންތަކުގެ މައްޗަށް އެމާއްދާގައިވާ ގޮތަށް ޢަމަލު ކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
299 ވަނަ މާއްދާއިން ލާޒިމްވެފައިވާތީ އާއި، މިހާރު ޢަމަލު ކުރަމުން މިދާ ޤާނޫނު އަސާސީއަށް ޢަމަލު ކުރަން
ފެށުނު ތާރީޚު އާއި އެޤާނޫނު އަސާސީގެ ދަށުން ބާއްވަންޖެހޭ ފުރަތަމަ ރިޔާސީ އިންތިޚާބު ބާއްވަންޖެހޭ
އެންމެފަހުގެ ތާރީޚާ ދެމެދުގައި އޮތީ ގިނަވެގެން 02 މަހާއި 03 ދުވަސްކަމަށްވެފައި، އެ އިންތިޚާބުވެސް
ހިމެނޭގޮތަށް ދިވެހިރާއްޖޭގައި ބޭއްވޭ އެންމެހައި އިންތިޚާބު ތަކުގައި ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލުތައް
ބަޔާންކޮށްފައިވާ ޤާނޫނު ނަންބަރު 11/2008 އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ޢަމަލުކުރަން ފެށުނު ތާރީޚާއި،
¢¢ ¢ ¢
14
208/IIC-DM/2
ދިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ
ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ރިޔާސީ އިންތިޚާބު އެ މާއްދާގެ (ހ) ގައި
ބުނެފައިވާގޮތަށް ބާއްވާ ނިންމަންވާނެކަމާއި، އެމާއްދާގައި ބުނެފައިވާ ތާރީޚާ ދެމެދުގައި ވަނީ 24 ދުވަހުގެ
މުއްދަތުކަން ރަނގަޅަށް އެނގެން އޮންނައިރު، ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ ދަށުން
ބާއްވަންޖެހޭ އެންމެފުރަތަމަ ރިޔާސީ އިންތިޚާބާ ގުޅިގެން ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ޤާނޫނީގޮތުން
ކުރަންޖެހޭ ކަންތައްތައް ކުރުމަށް ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ ދަށުން
އެކިއެކި ކަންކަމަށް ދެވިފައިވާ މުއްދަތު ތަކަށް ޤާނޫނު ންބަރު 12/2008 ގެ 22 ވަނަ މާއްދާއިން ބަދަލު
ގެނެވި އެ މުއްދަތުތައް ކުރު ކުރެވިފައިވަނީ، އިސްވެ އިޝާރާތް ކުރެވުނު ރިޔާސީ އިންތިޚާބު ބާއްވާ ނިންމަން
ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) އިން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި މުސްތަޤިއްލު
ކޮމިޝަންތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ލާޒިމްކޮށްފައިވާ މުއްދަތުގެ
ކުރުކަމާއެކުވެސް ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާއްވަންޖެހޭ ރިޔާސީ އިންތިޚާބު
އެމާއްދާގައި ބުނެފައިވާގޮތަށް ބާއްވާ ނިންމުމުގެ މަޤްޞަދުގައިކަން މިޤަޟިއްޔާގައި ދަޢުވާކުރާ ސޯޝަލް ލިބަރަލް
ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ އިތުރަށް، މިކަން
ހިނގާފައިވާ ގޮތުގެ މައްޗަށް ނަޒަރުކޮށް ބެލިބެލުމުންވެސް ރަނގަޅަށް އެނގެން އޮންނާތީ އާއި، ޤާނޫނު ނަންބަރު
12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި އެ އިންތިޚާބާބެހޭ އެކިއެކި ކަންކަމާ ގުޅިގެން
ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ދެވިފައިވާ
މުއްދަތުތަކަކީ ކުރު މުއްދަތުތަކަކަށް ވިޔަސް، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު މިފަދަ ޚާއްޞަ
ޙާލަތްތަކަށް ކަނޑައެޅޭ ޙުކުމްތަކަކީ އެޙާލަތަކަށް ފެތޭ ޚާއްޞަ ޙުކުމްތަކަކަށް ވެފައި، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 22 ވަނަ މާއްދާގެ ދަށުން ގެނެވިފައިވާ ބަދަލުތައް
ގެންނަންޖެހިފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ
ރިޔާސީ އިންތިޚާބު އެމާއްދާގައި ކަނޑައެޅި ބަޔާންވެފައިވާގޮތަށް އެމާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ތާރީޚުގައި
ބޭއްވުމަށްޓަކައި އެގޮތަށް ޢަމަލު ކުރަން ޖެހިގެންކަން ދެފަރާތުގެ ބަހުންވެސް ޝަރީޢަތަށް ސާބިތުވެފައިވާތީއާއި،
ޤާނޫނު އަސާސީގައި އިސްވެ އިޝާރާތް ކުރެވުނު މާއްދާގައި އެ އިންތިޚާބު ބާއްވާ ނިންމަންޖެހޭނެކަމަށް ބުނެފައިވާ
ތާރީޚު އާއި ނުވަތަ އެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚާއި ޤާނޫނު
ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ތާރީޚު
ތަކާދެމެދު އެއްވެސް މިންވަރެއްގެ ފުށުއެރުމެއް ނެތަތީ އާއި، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ރައްޔިތުންނަށް ލިބިދޭ ޢާންމު އައްޤުތައް ކަނޑައެޅި
{
4. 2x
a (
3 "
مرد کی مرمتی کام کی
2008/HC-DM02
ށ(E
15 ދިވެހިރާއްޖޭގެ 2
ބަޔާންވެފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި، 26 ވަނަ މާއްދާއާއި، 42
ވަނަ މާއްދާއާއި، 61 ވަނަ މާއްދާއާއި، 170 ވަނަ މާއްދާއާއި، މިއިން އެއްވެސް މާއްދާއަކާ ނުވަތަ އެއިން
މާއްދާއެއްގައި ބުނެފައިވާ މަފްހޫމަކާވެސް ކަނޑައެޅިގެން ފުށުއަރާކަން ޝަރީޢަތަށް ސާބިތުވެފައި ނުވާތީ، ސޯޝަލް
ލިބަރަލް ޕާޓީގެ ފަރާތުން އެދިފައިވާ ގޮތުގެމަތިން ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ
22 ވަނަ މާއްދާއަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބާޠިލު މާއްދާއެއްކަމަށް ކަނޑައަޅަންޖެހޭ ފަދަ
ޝަރުއީ އަދި ޤާނޫނީ ވިޔަސް ހަމައެއް ނެތްކަމަށް ޙުކުމްކޮށްފީމެވެ.
ނޯޓް: މި ޤަޟިއްޔާ މިގޮތަށް ނިމުމުން ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ
22 ވަނަ މާއްދާއަކީ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި، 61 ވަނަ މާއްދާއާއި، 16
ވަނަ މާއްދާއާއި، 170 ވަނަ މާއްދާއާއި، ޚިލާފު މާއްދާއެއް ކަމަށް ބުނެ، އެމާއްދާ ބާތިލު ކޮށްދިނުމަށް އެދި
ޢަދާލަތު ޕާޓީގެ ފަރާތުން ހުށަހެޅި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 03/HC
-
DM/2008 ޤަޟިއްޔާއާއި،
މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް
ކޮންގްރެސްގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HIC/2008
04/DM ޤަޟިއްޔާއާއި ޖުމްހޫރީޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2008
08/DM ޤަޟިއްޔާއާމެދު ހައިކޯޓުން ގޮތެއް ކަނޑައެޅިފައިވާތީ އެތިން ޤަޟިއްޔާ އިތުރަށް ކުރިޔަށް ގެންދާނެ
ތަނެއް ނެތްކަމަށް ކަނޑައަޅާފީމެވެ.
02 ޝައްވާލު 1429
02 އޮކްޓޯބަރ 2008
"
(
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީގެ
Sund
a
ޢަލީ ޙަމީދު މުޙައްމަދު،
އާދަމް މުޙައްމަދު އަބްދު
ޢަބްދުލްޣަނީ މުޙައްމަދު
Noli
)
ޙަމީދު
އަޙްމަދު ޝަރީފު ޢަލީ