ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/223 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
se
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 223/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތްތައް:
ނަން: އިސްމާޢީލް ނާފިޢު
ކާޑު ނަންބަރ: A090995
ދާއިމީ އެޑްރެސް: ރޯޒްލީން / ދ.ކުޑަހުވަދޫ
މިހާރުގެ އެޑްރެސް: ހުޅުމާލެފްލެޓް 04-1-56
cox
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑ.
ރަޖިސްޓްރީ ނަންބަރ: ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު 2000/25
ކުންފުނީގެ ވަކީލު: އގ. މަޒްލާން ރަޝީދު ގ.ރަތްވިލާގެ
*
• ރަޖިސްޓްރީކުރެވުނު ތާރީޚް:
16 ޛުލްޤައިދާ 1431
24 އޮކްޓޯބަރ 2010
ނިމުނު ތާރީޚް: 08ޛުލްޤައިދާ 1433
24 ސެޕްޓެމްބަރ2012
24
އިސްތި
ސްތިއުނާފުކުރެވުނުޤާޟީއްޔާނަންބަރ: 2009/VTR/89
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާ
• ނިންމެވިކޯޓް: ވަޒީފާއާއިބެހޭ ޓްރައިބިއުނަލް
ހުށަހެޅުނު ތާރީޚު: 12 އޯގަސްޓް 2009 ނިމުނު ތާރީޚް: 22 އޭޕްރީލް2010
02
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/223
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
89/VTR/2009
ދަޢުވާގެ ޚުލާޞާ
މިއީ ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުލަނުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކިގެން އެމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ދ. ކުޑަހުވަދޫ ރޯޒްލީން އިސްމާޢިލް ނާފިޢު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A090995) ގެ ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
OX
މި ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ރެވުނު ނުކު
1- ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/89 މައްސަލަ އަކީ ދ. ކުޑަހުވަދޫ ރޯޒްލީން
އިސްމާޢިލް ނާފިޢު، ވަކިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންގެ
މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން އެކަމާ އިހްތިޖާޖް ކުރުމުގެ ގޮތުން 732
މުވައްޒަފުން ސޮއިކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގައި އިސްކޮށް ޙަރަކާތްތެރިވުމުން
2 މަސްދުވަސް ވަންދެން މަސައްކަތެއް ޙަވާލުނުކޮށް ބެހެއްޓުމަށްފަހު އެއްވެސް އިސްލާޙީ ފިޔަވަޅެއް
އެޅުމެއްނެތި ކުއްލިގޮތަކަށް ކަމުން، އެމައްސަލަ ބަލައިދީ ކުރިން ހުރި ވަޒީފާއަށް ރުޖޫޢަވާން
ބޭނުންވާކަމަށް އެދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް ދ. ކުޑަހުވަދޫ ރޯޒްލީން
އިސްމާޢިލް ނާފިޢުގެ ފަރާތުން ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައިވާ މައްސަލައެއް
ކަމާއި،
I
އެމައްސަލާގެ ނިންމާފައިވާ ނިންމުމުގައިވަނީ ދެންފަހެ މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވާ ފަރާތުން ހުށަހެޅި އެންމެހާ ލިޔެކިޔުންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
ރިޢާޔަތް ކުރާއިރު، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ނަޞޭޙަތެއް، އިންޒާރެއް އަދި
ޖޫރިމަނާ ކުރުމެއް ނެތި ކުއްލިގޮތަކަށް ކަމަށް ބުނެފައިވީ ނަމަވެސް، ޤާނޫނު ނަންބަރު 02/2008 (
ވަޒީފާއާބެހޭ ޤާނޫނު ) ގެ 19 ވަނަ މާއްދާގައި ބުނާފަދައިން 15 ޖުލައި 2009 ގައި މައްސަލަ ހުށަހަޅާ
ފަރާތާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއާއެކު ބޭއްވުނު ބައްދަލުވުގައި އިސްމާޢީލް ނާފިޢުއަށް
ނަޞޭޙަތެއް ދެވިފައިވާކަން ސާބިތުވާތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނު
ނަންބަރު 02/2008 ( ވަޒީފާއާބެހޭ ޤާނޫނު ) ގެ 25 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން
ނޯޓިސްއަށްވާ ފައިސާ ދިނުމަށްފަހު ޤާނޫނު ނަންބަރު 02/2008 ( ވަޒީފާއާބެހޭ ޤާނޫނު ) ގެ 21 ވަނަ
މާއްދާއާ ޚިލާފު ނުވާ ގޮތަށްކަމަށް މައްސަލަ ބެލި މަޖިލީހުގެ އަޣްލަބިއްޔަތުން ކަނޑައަޅައި މައްސަލަ
ހުށަހެޅި ފަރާތް ކަމުގައިވާ އިސްމާޢީލް ނާފިއު އެދިފައިވާ ގޮތަށް ކުރިންހުރި ވަޒީފާ އަނބުރާ ހަމަޖައްސައި
ދިނުމަށް މައްސަލަ ރައްދުވާ ފަރާތް ކަމަށްވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އަންގާނެ
ތަނެއް ނެތްކަމަށް ކަނޑައަޅައި މިމައްސަލަ ނިންމައިފީމެވެ." މިފަދައިންކަން މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓުން އެނގެއެވެ.
ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެމައްސަލަ
އިސްތިއުނާފު ކުރި ފަރާތުން ހަތް ނުކުތާ ފާހަގަކޮށް ޝަރީޢަތުގެ މަޖިލީހުގައި ތަފްޞީލުކޮށް ވާހަކަ
ދައްކާފައިވެއެވެ.
-2
89/VTR/2009
OX >
1-ފުރަތަމަނުކުތާއަކީ، އިސްމާޢީލް ނާފިޢުއަކީ މޯލްޑިވްސް އެއަރ ޕޯޓްސް ކޮމްޕެނީ
ލިމިޓެޑުގައި ޤަވާއިދުން ވަޒީފާ އަދާ ކުރަމުން އަންނަނިކޮށް ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް
ވަޒީފާއިން ވަކިކޮށްފައިވާ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުގެ މުވައްޒިފެއްކަމަށާއި
މޯލްޑިވްސް އެއަރ ޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާއިން ވަކިކުރިކަން އަންގާ ސްލިޕްގައި
އެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބަޔާންކޮށްފައިވަނީ " ޙަވާލުކުރާ މަސައްކަތް
ބަރާބަރަށް ނިންމަމުން ނުދާތީއާއި، ޙަވާލުކުރާ މަސައްކަތަކާއި ބެހޭގޮތުން ރިޕޯރޓް ކުރަންޖެހޭ
ފަރާތްތަކަށް ރިޕޯރޓް ކުރަމުން ނުދާތީއާއި، ކުންފުނީގައި މަސައްކަތްކުރާ ބައެއް އެހެން
މުއައްޒިފުންނާއި، ކުންފުނީގެ މެނޭޖުމަންޓާ ޖެހޭގޮތަށް މުއައްޒިފުންގެ މެދުގައި ހަޤީޤަތާއި ޚިލާފު
ވާހަކަ ދައްކަމުންދާތީއެވެ." މިހެން ވަކިކުރަން އެންގި ސްލިޕްގައި ބަޔާން ކޮށްފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
2-ދެވަނަ ނުކުތާއަކީ،
ޤާނޫނު ނަންބަރު 2/2008 ވަޒީފާއާއި ބެހޭ ޤާނޫނުގެ 27 ވަނަ
މާއްދާގައި ބަޔާން ވެގެންވަނީ މުވައްޒިފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އެމުވައްޒިފަކު ހުށަހަޅާ
ދަޢުވާއެއްގައި އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމަށް ސާބިތުކޮށްދިނުމަކީ
ވަޒީފާ ދޭފަރާތުގެ ޒިންމާއެއްކަމަށާއި، އަދި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ
އެކަށީގެންވާފަދަ ސަބަބެއްކަން ވަޒީފާދޭ ފަރާތަށް ސާބިތުކޮށްނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން
ވަކިކުރީ އެކަށީގެންވާފަދަ ސަބަބެއް ނެތިކަމުގައި ބެލެވޭނެކަމުގައެވެ. އެހެންކަމުން އިސްމާޢީލް
ނާފިޢު ވަޒީފާއިން ވަކިކޮށްފައިވާކަމާއި މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން ބުނާ
ސަބަބުތަކަކީ ޙަވާލުކުރާ މަސައްކަތް ބަރާބަރަށް އަދާކުރަމުން ނުދިޔުމާއި، ޙަވާލުކުރާ މަސައްކަ
ބެހޭގޮތުން ރިޕޯރޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓްކުރަމުން ނުދިޔުމާއި، ކުންފުނީގެ މަސައްކަތްކުރާ
ބައެއް އެހެން މުވައްޒިފުންނާ ކުންފުނީގެ މެނޭޖްމަންޓާ ޖެހޭގޮތަށް މުއައްޒިފުންގެ މެދުގައި ޙަޤީޤަތާ
ޚިލާފު ވާހަކަ ދައްކަމުންދާކަމާއި، އެއީ އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާފަދަ
ސަބަބުތަކެއްކަން ނުވަތަ އެސަބަބުތަކަކީ ތެދު ނުވަތަ ޞައްޙަ ސަބަބުތަކެއްކަން ސާބިތުކޮށްދިނުމަކީ
އޭނާއަށް ވަޒީފާ ދިން ފަރާތްކަމުގައިވާ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ
رورل مرمر
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2010/HC-A/223
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.ހދ9ދ ހދ
ބަބުކަމަށް
ޒިއްމާއެއްކަމަށްވާއިރު، މިސަބަބުތައް ސާބިތުކޮށްދީފައިނުވާއިރު، މައްސަލަ ބެއްލެވުމުގައި އެކަމަށް
ރިޢާޔަތްކުރައްވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރެވުނު ތިން
މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ބަޔާންކުރާ ސަބަބުތައް
އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރި ލިޔުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު،
އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޤަވާޢިދާ ޚިލާފަށްކަމަށްބުނެ މިމައްސަލަ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްމާޢީލް ނާފިޢު ހުށަހެޅުމާގުޅިގެން މޯލްޑިވްސް އެއަރޕޯރޓްސް
ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރެވިފައިވާ ސަބަބުތައްކަމަށް
ބަޔާންކޮށް ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުގައި ބަޔާންވެފައި ނެތް ސަބަބުތަކެއް ޝަރީޢަތުން
ބައްލަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، އިސްމާޢީލް ނާފިއު ވަޒީފާއިން ވަކިކޮށްފައިވާކަން
މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނާ
ސަބަބުތަކުގެތެރޭގައި އިސްމާޢީލް ނާފިޢުއަށް ނަސޭޙަތްދިނުމަށްފަހު ރަނގަޅު ނުވުމުން ވަޒީފާއިން
ވަކިކުރިކަމުގައި ބުނެފައިވާއިރު އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކޮށްފައިވަނީ ނަސޭޙަތްދީގެން
ރަނގަޅުނުވުމުގެ ސަބަބުންކަމަށް ވަޒީފާއިން ވަކިކުރި ލިޔުމުގައި ހިމެނޭ ސަބަބުތަކުގައި
ނުހިމެނޭއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/89 މައްސަލަ ނިމުނުގޮތުގެ
ރިޕޯރޓްގެ 2.13 އަދި 3.2 އަދި 3.3 ގައި އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކޮށްފައިވަނީ
ނަސޭޙަތް ދިނުމަށްފަހު ރަނގަޅު ނުވުމުންކަމަށް ދޭހަވާގޮތަށް ފާހަގަކޮށްފައިވުމުން، ވަޒީފާއާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
.49 03/20
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
ޓްރައިބިއުނަލުން މިމައްސަލައިގައި ރިޢާޔަތްކޮށްގެން ނުވާނޭ ކަންތައްތަކަށް ރިޢާޔަތްކުރައްވާފައިވާ
ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
مشورور و
• ފަސްވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR;89 މައްސަލަ ނިމުނުގޮތުގެ ރިޕޯރޓްގެ 2.4 ގައި އިސްމާޢީލް ނާފިޢު ވަޒީފާއިން
ވަކިކުރެވިފައިވަނީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގައި ވަޒީފާއަދާކުރަމުންދިޔައިރު،
މަށް މައްސަލައިގައި ދަޢުވާލިބޭ މޯލްޑިވްސް
އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފައިވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/89 މައްސަލަ ނިމުގޮތުގެ ރިޕޯޓުގެ 2.8 އަދި 2.9 އަދި 2.10 އަދި 2.11 އަދި
2.12 އަދި 3.5 ގައި ޕެޓިޝަން ގައިވާ ކަންތައްތައް ފާހަގަކުރައްވާ އިސްމާޢީލު ނާފިޢު
ވަޒީފާއިން ވަކިކޮށްފައިވަނީ ޕެޓިޝަނާ ގުޅުންހުރި މަސައްކަތެއް ކޮށްގެންކަމަށް ދޭހަވާ ގޮތަށް
ފާހަގަކުރައްވާފައިވާ ކަންތައްތަކަކީ އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރުމުގެ ސަބަބު ތަކުގެ
ތެރޭގައި ހިމެނޭ ސަބަކަށްނުވާއިރު، މިސަބަބަކީ ވަޒީފާއިން ވަކިކުރި ފަރާތުން ވަޒީފާއިން
ވަކިކުރުމުގެ ސަބަބެއް ނޫންކަމަށް ބުނެފައިވާއިރު މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި މިދެންނެވި
ނުކުތާތަކަށް ރިޢާޔަތްކޮށް ޤާނޫނީ ހަމަތަކާ ޚިލާފަށް މިމައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ، އިސްމާޢީލު ނާފިޢު ވަޒީފާއިން ވަކިކުރި ސަބަބުކަމަށް
މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް ގެ ވަޒީފާއިން ވަކިކުރި ސްލިޕްގައި ބުނެފައިވާ
ކަންތައްތަކަށް ބަލާއިރު، އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރި ފުރަތަމަ ސަބަބެއްކަލަން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
0 00
ހ ވ މށ ހތ
مرمر مرمر
ބަޔާންކޮށްފައިވަނީ ޙަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމަމުން ނުދިއުމުންކަމަށްވާއިރު،
އިސްމާޢީލު ނާފިޢު ވަނީ އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާގެ ހައިސިއްޔަތުން ވަޒީފާ
އަދާކުރުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ޙަވާލުކުރި އެންމެހައި
ކަންތައްތައް ޤަވާޢިދުން އަދާ ކޮށްފައިކަމަށާއި އިސްމާޢީލް ނާފިޢު ގެ ވަޒީފާގެ ޙައިޞިއްޔަތުން
އަދާކުރަންޖެހޭ
ކަމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން
ބަޔާންކޮށްފައިވަނީ ކުންފުނީގެ ކަންތައްތަކާމެދު ހިންހަމަ ނުޖެހިގެން އިސްމާޢީލު ނާފިޢު އިސްވެ
ހުންނަވާ ހަދަމުން ގެންދިޔަ ޕެޓިޝަނަކާ ބެހޭ މަޢުލޫމާތު ކޮންމެ ތިންދުވަހަކުން އެއްދުވަހު
ކުންފުނީގެ ވެރިންނަށް އެންގުމަށް ބުނުމުން، އެގޮތުގެމަތިން ޕެޓިޝަނާބެހޭ މަޢުލޫމާތު އަންގަވާފައި
ނުވާކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ މުވައްޒަފުން ހަދަމުންދިޔަ ޕެޓިޝަނަކީ
އެކުންފުނިން އިސްމާޢީލު ނާފިޢު އާ ޙަވާލުކޮށްގެން އިސްމާޢީލް ނާފިޢު ހަދަމުންދިޔަ
ޕެޓިޝަނެއްނޫންކަމުން ޕެޓިޝަނާބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ދިނުމަށް އިސްމާޢީލް ނާފިޢުއަށް
އެންގުމުގެ ބާރެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ލިބިގެން ނުވާއިރު، އެކަމަށް
ނުބައްލަވާ މައްސަލަ ނިންމަވާފައިވުން ކަމަށާއި އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރި ދެވަނަ
ސަބަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ޙަވާލުކުރާ މަސައްކަތްތަކާބެހޭގޮތުން ރިޕޯޓު ކުރަންޖެހޭ
ފަރާތްތަކަށް ރިޕޯޓު ކުރަމުން ނުދިއުން ކަމާއި، ޙަވާލުކޮށްފައިވާ މަސައްކަތްކަމަށް މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނަނީ ޕެޓިޝަނާ ބެހޭގޮތުން ކުންފުނީގެ އިސްވެރިންނަށް
މަޢުލޫމާތު ދިނުންކަމަށާއި ނަމަވެސް ޕެޓިޝަން ހަދާ ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ
ޤާނޫނުއަސާސީން ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ކޮންމެމީހަކަށް ލިބިދީފައިވާ ޙައްޤެއްކަމަށާއި
މިޙައްޤު ހަނި ކުރެވެނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ ފަދަ ޤާނޫނަކުން ކަމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
ވީހިނދު، މިފަދަ ޤާނޫނެއްނެތީސް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެކޮޅަށް
ހަޅުތާލުކުރުމުގެގޮތުން ހަދަމުންދިޔަ ޕެޓިޝަނާބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ހޯދުމަށް އެންގުމުގެ
ބާރު، މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ލިބިގެންނުވާއިރު އެކަމަށް ނުބައްލަވައި
މައްސަލަ ނިންމަވާފައިވާކަމަށާއި،
ވާހަކަދައްކައި ހިޔާލު ފާޅުކުރުމަކީ ޤާނޫނު އަސާސީން ދިވެހިކޮންމެ ރައްޔިތަކަށް
ލިބިދީފައިވާ ޙައްޤަކަށްވާހިނދު، ވާހަކަދައްކާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހާލަތުގައި
ހަނިކުރެވުނީކޮންޤާނޫނެއްގެ ދަށުންކަން ސާބިތުކޮށްދިނުމަކީ އިސްމާޢީލް ނާފިޢުއަށް ވަޒީފާދިން
ފަރާތުގެ ޒިންމާއެއްކަމަށާއި މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑާއި، އެކުންފުނީގެ
މުވައްޒަފުންނާ ޖެހޭގޮތަކަށް މުވައްޒަފުންގެ މެދުގައި އިސްމާޢީލް ނާފިއު ދައްކަވާފައިހުރި ޙަޤީގަތާ
ޚިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ބަޔާންކޮށްފައި،
އެވަނީ ޕެޓިޝަންގައި ހުރިވާހަކަތަށްކަމަށްވީއިރު ޕެޓިޝަންގައި ހުރި ވާހަކަތަކަށް އެއްބަސްވެ
ޕެޓިޝަންގައި އިސްމާޢީލްނާފިޢުގެ އިތުރުން 732 މީހުން ސޮއިކޮށްފައިވާއިރު، އެކަމުގެ ސަބަބުން
ހަމައެކަނި އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރުމަކީ ޤާނޫނު އަސާސީގެ 17 ވަނަމާއްދާއާއި
ޚިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމަށްވާއިރު، އެކަމަށް
ވާއިރު، އެކަމަށް ބައްލަވާފައިނުވާ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ، އިސްވެ ދެންނެވުނު ވާހަކަތަކަށް ބަލާއިރު، މޯލްޑިވްސް
އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާއިން އިސްމާޢީލް ނާފިޢު ވަކިކޮށްފައިވަނީ އޭނާ
އިސްވެހުރެ ހަދަމުންދިޔަ ޕެޓިޝަންގެ ސަބަބުންކަން ކަނޑައެޅިގެން އިނގޭކަމާއި، އަދި ވަޒީފާއިން
ވަކިކުރި ސަބަބުތައްކަމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ
ކަމަށްބުޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
ސަބަބުތައް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީއާއި، ޤާނޫނު
އަސާސީގެ 31 ވަނަމާއްދާގެ ދަށުން އިސްމާޢީލް ނާފިޢުއަށް ލިބިފައިވާ ޙައްޤެއް ލިބިގަތުމުގެ
ސަބަބުން އިސްމާޢީލް ނާފިޢު މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި އަދާކުރަމުންދިޔަ،
އެސިސްޓެންޓް އޮފިސަރ ހިޔުމަންރިސޯސަސްގެ މަޤާމުން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް
ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްވާތީ އޭން އަދާ ކުރަމުންދިޔަ ވަޒީފާ ޤާނޫނާ ޤަވާޢިދާ ޚިލާފަށް ވަޒީފާއިން
ވަކިކޮށްފައިވާތީ ވަޒީފާގައި ހުރިނަމަ މިހާތަނަށް ލިބޭނެ މުސާރައާއި، އިނާޔަތްތައް ލިބިދެއްވާ
މައްސަލަ ނިންމަވާ ދެއްވުން އެދި ފާހަގަކޮށްފައިވާ ނުކުތާއެވެ.
3- ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/89 މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓަށާއި މިމައްސަލާގެ ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ
ބަޔާންތަކަށާއި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
އެއްބަސްވުމެއް
ދ. ކުޑަހުވަދޫ ރޯޒްލީން، އިސްމާޢީލް ނާފިޢުއާއި މޯލްޑިވްސް އެއަރޕޯޓްސް
ކޮމްޕެނީ ލިމިޓެޑާއި ދެމެދު 20 މާރޗް 2006 ގައި ސޮއިކުރެވިފައިވާ ވަޒީފާގެ
އޮންނަކަމާއި ޙަވާލުކުރާ މަސައްކަތް ބަރާބަރަށް ނިންމަމުން ނުދާތީއާއި، ޙަވާލުކުރާ މަސައްކަތަކާއި
ބެހޭގޮތުން ރިޕޯރޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓު ކުރަމުން ނުދާތީއާއި، ކުންފުނީގައި
މަސައްކަތްކުރާ ބައެއް އެހެން މުވައްޒިފުންނާއި، ކުންފުނީގެ މެނޭޖުމަންޓާ ޖެހޭގޮތަށް މުވައްޒިފުންގެ
މެދުގައި ހަޤީޤަތާއި ޚިލާފު ވާހަކަ ދައްކަމުންދާތީ، 16 އޮގަސްޓް 2009ގައި ވަޒީފާއިން ވަކިކުރުމަށް
ނޯޓިސް ސިޓީ ފޮނުވައި 2 މަސް ދުވަހުގެ މުސާރައާއި އެހެން އެލަވަންސް ލިބޭނެކަން އަންގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
11 އޮގަސްޓް 2009 ގައި އިސްމާޢީލް ނާފިޢު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ވަޒީފާއިން
ވަކިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މުވައްޒަފުންގެ މުސާރައިގެ
އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން އެކަމާ އިހްތިޖާޖް ކުރުމުގެ ގޮތުން 732 މުވައްޒަފުން
ސޮއިކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގައި އިސްކޮށް ޙަރަކާތްތެރިވުމުން 2
މަސްދުވަސް ވަންދެން މަސައްކަތެއް ޙަވާލުނުކޮށް ބެހެއްޓުމަށްފަހު އެއްވެސް އިސްލާޙީ ފިޔަވަޅެއް
އެޅުމެއްނެތި ކުއްލިގޮތަކަށް ކަމަށްވާތީ ކުރިން ހުރި ވަޒީފާއަށް ރުޖޫޢަވާން ބޭނުންވާކަމަށް ބުނެ
އިސްމާޢިލް ނާފިޢުގެ ފަރާތުން އެމައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަން އެގެއެވެ.
(ށ) ވަޒީފާއިން ވަކިކުރިއިރު އިސްމާޢީލް ނާފިޢު ހުރީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑުގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަންގެ އެޕްލޯއިމަންޓް ރިލޭޝަންސް ޔުނިޓުގެ
" އެސިސްޓެންޓް އޮފިސަރ، ހިއުމަން ރިސޯސަސް" ގެ މަޤާމުގައި ކަމާއި،
އިސްމާޢިލް ނާފިޢު އެންމެފަހުން ސޮއިކޮށްފައިވާ ވަޒީފާގެ ބަޔާނަކީ 04 ޖުލައި 2007
ގައި ސޮއިކޮށްފައި އޮންނަ ވަޒީފާގެ ބަޔާނެއްކަމާއި އެވަޒީފާގެ ބަޔާނުގައި މަޤާމުގެ ގޮތުގައި ވަނީ
އެސިސްޓެންޓް ވެލްފެއަރ އޮފިސަރ ގްރޭޑް 1 ކަމާއި އެމަޤާމުގެ މައިގަނޑު މަސައްކަތަކީ
ކުންފުނީގެ މުވައްޒަފުން ބޭސްފަރުވާ ކުރުމަށް ހަމަޖައްސާފައިވާ ނިޒާމްގެ ތެރެއިން
ބޭސްފަރުވާކުރުމުގައި މުވައްޒަފުންނަށް ހަމަޖައްސައިދޭންޖެހޭ ކަންކަންކުރުމާއި މެޑިކަލް
އިންޝުއަރަންސް އާއި ގުޅުން ހުރި ކަންކަންމާއި މީގެ އިތުރުން މުވައްޒަފުންނާ ގުޅުންހުރި އަދި
މުވައްޒަފުންނަށް ދިމާވާ މައްސަލަތައް އިސްފަރާތްތަކަށް ރިޕޯޓުކުރުން ކަން މިޤަޟިއްޔާއާއި
ހ 0 ހ2 0
0
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
(ނ) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް
ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށާއި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި
ސަބަބަކީ އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެއްވިއްޖެނަމަ އޭނާ
ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތިކަމުގައި ބެލެވޭނެކަމަށް ވަޒީފާއާއިބެހޭ ޤާނޫނުގެ 27
ވަނަ މާއްދާގައި ބަޔާންވެގެން އޮންނަ ކަމާއި، އިސްމާޢީލު ނާފިޢު މޯލްޑިވްސް އެއަރ ޕޯޓްސް
ކޮމްޕެނީ ލިމިޓެޑުގެ ވަޒީފާއިން ވަކިކުރި ސަބަބު ގޮތުގައި މޯލްޑިވްސް އެއަރ ޕޯޓްސް ކޮމްޕެނީ
ލިމިޓެޑްގެ ނަންބަރު NC
-
10A10
/
2009
/
04 (10 އޮގަސްޓް 2009 ) ސިޓީ އަދި 11 އޮގަސްޓް
2009 ގެ ޓާމިނޭޝަން ސްލިޕްގައި ބަޔާންކޮށްފައިވަނީ ޙަވާލުކުރާ މަސައްކަތް ބަރާބަރަށް
ނިންމަމުން ނުދާތީއާއި، ޙަވާލުކުރާ މަސައްކަތަކާއި ބެހޭގޮތުން ރިޕޯރޓު ކުރަންޖެހޭ ފަރާތްތަކަށް
ރިޕޯރޓް ކުރަމުން ނުދާތީއާއި، ކުންފުނީގައި މަސައްކަތްކުރާ ބައެއް އެހެން މުއައްޒިފުންނާއި،
ކުންފުނީގެ މެނޭޖުމަންޓާ ޖެހޭގޮތަށް މުއައްޒިފުންގެ މެދުގައި ހަޤީޤަތާއި ޚިލާފު ވާހަކަ
ދައްކަމުންދާތީއެވެ." މިފަދައިން ކަމާއި އިސްމާޢީލް ނާފިއު ވަޒީފާއިން ވަކިކުރި ސަބަބާ ބެހޭ ގޮތުން
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ " އިސްމާޢީލު ނާފިޢު 11 އޯގަސްޓް 2009 ގައި
އެކުންފުނީގެ ވަޒީފާއިން ވަކިކުރެވިފައިވާކަމަށާއި، އަދި ވަޒީފާއިން ވަކިކުރުމުގެ ކުރިން އެކި
ފަހަރުމަތިން އަނގަބުން ނަސޭހަތްތެރިވެ އަދި އިންޒާރު ދެވިފައިކަމަށާއި، އެގޮތުން އިސްމާޢީލު
ނާފިޢު އާއި އެކު ނަސޭހަތްތެރިވުމުގެ ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި އަދި އިސްލާޙީ
ފިޔަވަލެއްގެ ގޮތުން ނަސޭޙަތްތެރިވުމުންވެސް، އޭނާގެ އަޚްލާޤީ މިންގަޑު ރަނގަޅުކޮށްފައި ނުވުމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ވަޒީފާއިން
ވަކިކުރެވިފައިވާ ކަމަށާއި އަދި ވަޒީފާއިން ވަކިކުރެވުނު ސަބަބުތަކުގެ ތެރޭގައި އޭނާއާ ޙަވާލުކުރެވޭ
މަސައްކަތް ބަރާބަރަށް ނިންމަމުން ނުދާތީއާއި، ހަވާލުކުރެވޭ މަސައްކަތަކާއި ބެހޭގޮތުން ރިޕޯރޓް
ކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓް ކުރަމުން ނުދާތީއާއި، ކުންފުނީގެ މެނޭޖުމަންޓާ މައްސަލަ
ޖެހޭގޮތަށް މުވައްޒިފުންގެ މެދުގައި ހަޤީޤަތާއި ޚިލާފު ވާހަކަ ދައްކަމުންދާތީ ކަމަށާއި އެހެންކަމުން
އިސްމާޢީލު ނާފިއު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނޭ
ކަމެއްކަމަށް ނުފެންނާތީ، އޭނާ ވަޒީފާގައި ބެހެއްޓުމަކީ ކުންފުންޏަށް ގެއްލުންތަކެއް ލިބޭނޭ
ކަމަކަށްވާތީ، އޭނާ ވަޒީފާއިން ވަކިކުރީ ކަމަށާއި އެގޮތުން ވަކިކުރިއިރު ދޭންޖެހޭ ނޯޓިސް ދިނުމުގެ
ބަދަލުގައި، ނޯޓިސްގެ މުއްދަތަށްވާ 2 (ދޭއް) މަސްދުވަހުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތައް
އިސްމާޢީލު ނާފިޢުއަށް ދެވިފައިވާނެ" ކަމަށެވެ.
(ރ) ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާއިބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއަށް
ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޙްލާޤީ މިންގަޑު ރަނގަޅު ކުރުމަށް
ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޙްލާޤާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާތަން
ރަގަނޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާ ކަމުގެ އެކަށީގެންވާ ސަބަބަކާއި
ލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެ
ކަމަށާއި، އެޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތްތަކުގައި މެނުވީ ވަކި މުއްދަތެއް
ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭފަރާތަށް ބާޠިލު ކުރެވޭނީ އެންމެ މަދުވެގެން
ނޯޓިސް ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ނޯޓިސް ދިނުމަށް ފަހުގައިކަމަށާއި، ނޯޓިހެއް ދިނުމަކާއި
ނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޙްލާޤު
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
އެކަށީގެންނުވުމާއި އެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތްތަކުގައި ކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ
ގޮތުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، އެނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން
އެނޯޓިސްގެ މުއްދަތު ނިމޭ ދުވަހާއި ހަމައަށް، އެމުވައްޒަކަށް ލިބިދޭންޖެހޭ މުސާރައާ ޢިނާޔަތްތައް،
ހަމަޔަށް އެނާއަށް ދިނުމަށްފަހު، ވަޒީފާދޭ ފަރާތަށް، އޭނާ ވަޒީފާއިން ވަކިކުރެވިދާނެކަމަށް ވަޒީފާއާއި
ucou
4 3 22
| 2 ހ 02
ބެހޭ ޤާނޫނުގެ
21،23،22،25 މިމާއްދާތަކުން އެނގެން އޮވެއެވެ.
ވަޒީފާއާބެހޭ
23
(ބ) ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދިނުމަށްފަހު މުވައްޒަފަކު ވަޒީފާއިން ވަކިކުރާ
ވަކިކުރުމަކީ ނޯޓިސް ދިނުމަކާއިނުލާ، ވަޒީފާއިން ވަކިކުރާކުރުމެއް ކަމުގައި ބަލަން ޖެހޭކަމުން، މި
ޙާލަތުގައި
ޤާނޫނުގެ ވަނަ މާއްދާގައިވާ ކަންކަމުގެ މައްޗަށް
ރިޢާޔަތްކުރަންޖެހޭކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުން ނޯޓިހެއް ދިނުމަކާއި
ނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތު އަޚުލާޤު
އެކަށީގެންނުވުމާއިއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު،
ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައިކަމާއި، ވަޒީފާއަދާކުރާ ފަރާތުގެ
މަސައްކަތުގެ އަޚުލާޤު އެކަށީގެން ނުވާކަމަށް ބެލެވޭނީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން
ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން ނުވަތަ
ޚިޔާނަތެއްވެފައިވުން މި ދެޙާލަތު ކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 01 އަދި
02 ކަށް ބެލުމުން އެނގެއެވެ.
[
(ޅ) މިމައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އިސްމާޢީލު ނާފިޢު
ވަޒީފާއިން ވަކިކުރި ސަބަބުކަމަށް 11 އޮގަސްޓް ގެ ޓާމިނޭޝަން ސްލިޕްގައިވާ
2009
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
Oo ooc
ooco
ބަޔާންކޮށްފައިވަނީ ޙަވާލުކުރާ މަސައްކަތް ބަރާބަރަށް ނިންމަމުން ނުދާތީއާއި، ޙަވާލުކުރާ
މަސައްކަތަކާއި ބެހޭގޮތުން ރިޕޯރޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓް ކުރަމުން ނުދާތީއާއި،
ކުންފުނީގައި މަސައްކަތްކުރާ ބައެއް އެހެން މުވައްޒިފުންނާއި، ކުންފުނީގެ މެނޭޖުމަންޓާ ޖެހޭގޮތަށް
މުވައްޒިފުންގެ މެދުގައި ހަޤީޤަތާއި ޚިލާފު ވާހަކަ ދައްކަމުންދާތީކަމަށް ވާއިރު، އިސްމާޢީލް ނާފިޢު
ވަޒީފާއިން ވަކިކުރިއިރު ހުރީ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަންގެ އެމްޕްލޯއިމަންޓް
ރިލޭޝަންސް ޔުނިޓުގެ "އެސިސްޓެންޓް އޮފިސަރ، ހިއުމަން ރިސޯސްގެ މަޤާމުގައި ކަމާއި އަދި
ވަޒީފާއިން ވަކިކުރިއިރު އިސްމާޢީލް ނާފިޢު އެންމެ ފަހުން ސޮއިކޮށްފައިވާ ވަޒީފާގެ ބަޔާނަކީ 4
ޖުލައި 2007 ގައި އިސްމާޢީލު ނާފިޢު ސޮއިކޮށްފައިވާ ވަޒީފާގެ ބަޔާނެއްކަމާއި އެވަޒީފާގެ
ބަޔާނުގައި މަޤާމުގެ ގޮތުގައި ވަނީ އެސިސްޓެންޓް ވެލްފެއަރ އޮފިސަރ ގްރޭޑް 1 ކަމާއި އެމަޤާމުގެ
މައިގަނޑު މަސައްކަތަކީ ކުންފުނީގެ މުވައްޒަފުން ބޭސްފަރުވާ ކުރުމަށް ހަމަޖައްސާފައިވާ ނިޒާމުގެ
ތެރެއިން ބޭސްފަރުވާކުރުމުގައި މުވައްޒަފުންނަށް ހަމަޖައްސައިދޭންޖެހޭ ކަންކަންކުރުމާއި މެޑިކަލް
އިންޝުއަރަންސް އާއި ގުޅުން ހުރި ކަންކަންމާއި މީގެ އިތުރުން މުވައްޒަފުންނާ ގުޅުންހުރި އަދި
މުވައްޒަފުންނަށް ދިމާވާ މައްސަލަތައް އިސްފަރާތްތަކަށް ރިޕޯޓުކުރުން ކަން އެބަޔާނުން އެގެން
އޮންނައިރު، އިސްމާޢީލު ނާފިޢު މޯލްޑިވްސް އެއަރޕޯރޓުސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާއަށް ވަނީ
ސުރެ އެކުންފުނީގައި ކުރަމުންދިޔަ މަސައްކަތަކީ މުވައްޒަފުންގެ އިންޝުއަރެންސްއާއި ގުޅުންހުރި
މަސައްކަތްކަމަށް އިސްމާޢީލް ނާފިއު ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާ ބުނުމަށް މައްސަލަ
ރައްދުވާ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އިންކާރުކޮށްފައިނުވާކަން
ހ ހ2 44ހ4
ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
OOooc
Pooc
28 މެއި 2009 ގައި ކުންފުނީގެ ޗެއާމަންއާއި އިސްމާޢީލު ނާފިޢުއާއި އެކު
ބޭއްވުނު ބައްދަލުވުމަށް ބަލާއިރު، އެ ބައްދަލު ވުމަކީ އިސްމާޢީލު ނާފިޢު އެދިގެން ބޭއްވުނު
ބައްދަލުވުމެއް ކަމާއި އެބައްދަވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ އިސްމާޢީލު
ނާފިޢު ހަދަމުންދިޔަ ޕެޓިޝަންއާއި ގުޅުންހުރި ވާހަކަތައްކަމާއި، މިގޮތުން އެމްޕްލޯއިމަންޓް ރިލޭޝަން
ޔުނިޓުގައި ހުރެ އެފަދަ މަސައްކަތް ކުރުމަކީ އެޔުނިޓުގެ މަޤުސަދުތަކާއި ޚިލާފުކަމެއްކަމަށް ޗެއާމަން
ދެކޭކަމަށާއި މިހާރު ސޮއިހޯދުމަށް އިސްމާޢީ ނާފިޢު މަސައްކަތްކުރާ ގޮތުން އެހެން މުވައްޒަފުންނަށް
މަސައްކަތައް ދަތިވާނެކަމުން އެނޫންގޮތަކަށް މަސައްކަތްކުރުމަށް އެންގުނުކަމާއި ޕެޓިޝަން ހެދުމުގެ
މަސައްކަތަކީ އެމްޕްލޯއިމަންޓް ރިލޭޝަންސް ޔުނިޓުގެ މަސައްކަތާއި ފުށުއަރާ ކަމެއް ކަމުން
އިސްމާޢީލު ނާފިއު ކުރަމުން ދިޔަ އެންމެހާ މަސައްކަތް ނަގާ ހަމައެކަނި ޕެޓިޝަން މަސައްކަތް
ކުރުމަށް ބެހެއްޓުމަށް ހިއުމަން ރިސޯސްއަށް އެންގުމާއި 3 ދުވަހުން އެއްދުވަހު ޕެޓިޝަންއާއި ބެހޭ
ޚުލާސާއެއް ޗެއަރމަންއަށް އެންގުމަށް އިސްމާޢީލް ނާފިޢުއަށް އަންގާފައިވާކަން އެބައްދަލުވުމުގެ
ޔައުމިއްޔާއިން އެނގެން އޮންނަ ކަމާއި އަދި އެބައްދަލުވުމަށް ފަހު އިސްމާޢީލު ނާފިޢު އޮފީހުގައި
ކުރަމުން އައި މަސައްކަތް އިސްމާޢީލު ނާފިއުގެ އަތުންނަގައި އެއްވެސް މަސައްކަތެއް ޙަވާލު ނުކޮށް
އިސްމާޢީލު ނާފިޢު ބަހައްޓާފައިވާކަމަށް އިސްމާޢީލު ނާފިއު ބުނެފައިވާކަމާއި، 28 މެއި 2009 ގައި
އިންޝުއަރެންސް ޕޮލިސީއާއި މަޢުލޫމާތު ހޯދުމަށް ގުޅާނެފަރާތްތަކުގެ
ކުންފުނީގެ ހުރިހާފަރާތްތަކަށް އަންގާފައިވާ އީމެއިލްގައި ގުޅަންޖެހޭ ފަރާތެއްގެ ގޮތުގައި އިސްމާޢީލު
ނާފިޢު ނުހިމެނޭކަމުން، މަސައްކަތެއް ޙަވާލުނުކޮށް ބެހެއްޓިކަމަށް އިސްމާޢީލް ނާފިޢު ބުނާބުނުމަށް
ބާރުލިބޭއިރު ކުންފުނިން އިސްމާޢީލު ނާފިޢުއާއި ހަވާލުކޮށްފައިވަނީ އޭރު އިސްމާޢީލު ނާފިޢު
03444
سرمر
ހ (2(2 (
މަޢުލީމތ
0
ހަދަމުންދިޔަ ޕެޓިޝަންގެ މަސައްކަތްކަން ބުނެވިދިޔަ ޔައުމިއްޔާއިން އެގޭކަމާއި، އަދި އެބައްދަލު
މައިކްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
ވުމުގައި އަގަބަހުން އިސްމާޢީލް ނާފިޢު އާއި ޙަވާލުކުރެވުނު މަސައްކަތަކީ ޕެޓިޝަންއާއި ގުޅިގެން 3
ދުވަހުން އެއްދުވަހު ކުންފުނީގެ ޗެއާމަންއަށް ރިޕޯޓުކުރުންކަމާއި އެހެންކަމުން ބުނެވުނު
މަސައްކަތަކީ އިސްމާޢީލު ނާފިޢުގެ ވަޒީފާގެ ބަޔާނުގައި ނުވާ އަދި އޮފީހުގައި ރަސްމީކޮށް
އިސްމާޢީލު ނާފިޢު ކުރަމުންދިޔަ މަސައްކަތް ނޫން ކަން ފާހަގަކުރެވެއެވެ.
އިސްމާޢީލު ނާފިޢު ރީތި އަޚްލާޤީ މިންގަޑުން ބޭރުން ޢަމަލު ކޮށްފައިވާ
ކަމަށްބުނެ އިސްމާޢީލު ނާފިޢު މަސައްކަތްކުރާ ޔުނިޓުގެ އެންމެ އިސްވެރިޔާ ރަޙްމަތުﷲ އަޝްރަފް
އެމްޕްލޯއީ ރިލޭޝަންސް ޔުނިޓުގެ ނަންބަރު 2009
/
1102/103A
-
Im މެމޯ ހިއުމަން ރިސޯސަސް
ޑިވެލޮޕްމަންޓަށް އެކަމުގެ ޝަކުވާ ހުށަހަޅާފައިވަ ކަމާއި އިސްމާޢީލު ނާފިއުގެ މައްޗަށް ހުށަހެޅުނު
އެ ޝަކުވާއާއި ގުޅިގެން 15 ޖުލައި 2009 ގައި ކުންފުނީގައި ބޭއްވުނު ބައްދަލުވުމުގެ
ކަންހިގާދިޔަގޮތްކަމަށް އެބައްދަލުވުމުގެ ޔައުމިއްޔާގައިވަނީ މައިގަނޑު ގޮތެއްގައި އެބައްދަލު ވުމުގައި
ވާހަކަ ދެކެވިފައިވަނީ ކުންފުނީގެ މެނޭޖްމަންޓްއިން ނިންމާނިންމުންތަކާމެދު މަވައްޒަފުންގެ މެދުގައި
ނަފްރަތުވާ ފަދަގޮތަކަށް ކަމުގެ ޙަޤީގަތް ނުބަލާ ވާހަކަ ދެއްކުމާއި އަދި މުވައްޒަފުންނާ މުޢާމަލާތް
ކުރުމުގައި ބަސްމޮށުން
ތެރިކަން ހުންނަ
ންނަގޮތުން،
މުވައްޒަފުންގެ ޝަކުވާ ލިބެމުންދާކަމާއި އަދި
ކުންފުނީގެ ސީނިއަރ ފެންވަރުގެ މުވައްޒަފުންނާ މުޚާތަބު ކުރުމުގައި މާޙައުލަތް ނުބަލާ އެބޭފުޅުންގެ
އަގުވެއްޓޭގޮތަށް އަޑުހަރުކޮށް އިސްމާޢީލު ނާފިޢު މުޢާމަލާތް ކުރަމުންދާކަމަށް ފެންނާތީ އެފަދަ
ކަންކަން ކުރިއަތްއޮތްތަނުގައި ދިމާނުވާގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިސްމާޢީލު ނާފިޢުއަށް
ނަސޭހަތްތެރި ވެވުނު ކަމަށާއި އަދި އެބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަކީ އަނގަބަހުން ދެވުނު
ނަސޭޙަތެއް ކަމަށް ޢިސްމާޢީލު ނާފިއުގެ ގާތުބުނެފައިވާ ކަމަށް އެބައްދަލުވުމުގެ ޔައުމިއްޔާގައި
ބަޔާން ކޮށްފައިވާ ކަމާއި މިޔައުމިއްޔާގައި ދެފަރާތަކުން ސޮއިކޮށްފައިވާއިރު، ނަސޭހަތްދިން ކަމަށް
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17
2010/HC-A/223
ޤަޟިއްޔާ .
4ހ 0ހ 0 ޑ 4
0
04
ممرموم مرمی امر مرمرمرم
ކަމާއި
ހިރާއްޖޭގެ ޚަޠީ
ވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މޯލްޑިވްސް އެއަރ ޕޯރޓްސް ކޮމްޕެނީގެ ފަރާތުން ބުނާ ބުނުމަށް އިސްމާޢީލު ނާފިއު އިންކާރުކޮށް
އެއީ އެއްވެސް އިރެއްގައި ކުންފުނިން ނަސޭޙައްދޭ އުސޫލެއް ނޫން ކަމުގައި ބުނެފައިވާކަމާއި އަދި
ދެންނެވުނު އެޔައުމިއްޔާގައި އިސްމާޢިލް ނާފިއު ސޮއިކޮށްފައި ނުވާއިރު ސޮއިކުރުމަށް އެފަރާތަށް
ހުށަހެޅިފައިވާކަންވެސް ލިޔުންތަކުން އެނގެން ނެތްކަމާއި، ބަޔާންވެދިޔަ ޔައުމިއްޔާއަށް ބަލާއިރު
އެއީ މުވައްޒަފުގެ އަޚްލާޤު ދައްވުމުގެ ސަބަބުން އޭނާއަށް
ދެވިފައިވާ
މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންގެ އަތްމަތީ ފޮތުގެ 19
ވަނަ މާއްދާގައި "އިސްލާހީ ފިޔަވަޅު" މިސުރުޚީގެ ދަށުން މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު
އެޅުމުގައި އަމަލުކުރާނެ ގޮތް ބަޔާންވެގެންވާ ކަމާއި މިގޮތުން ކުންފުނީގެ ޤަވާއިދުތަކާއި ޚިލާފުވާ
މުވައްޒަފުންނާއިމެދު އިސްލާހީ ފިޔަވަޅު އެޅޭނެކަމަށް ބަޔާންކޮށް ފުރަތަމަ ނަސޭޙަތްދިނުމަށްފަހު
އިސްލާހީ ނުވެއްޖެނަމަ ޖުރުމާނާ ކުރެވޭނެކަމަށާއި އެގޮތުން އިސްލާޙުނުވެއްޖެނަމަ ވަކިކުރެވޭނެކަމަށް
އިންޒާރުދިނުމަށްފަހު ވަޒީފާއިން ވަކިކުރެވޭނެކަމަށާއި އަދި ކުރާކުށެއްގެ ބޮޑު ކުޑަމިނަށް ބަލައި
އިންޒާރު ނުދާ ވަކިކުރެވޭނެ ކަމަށް ބަޔާންވެގެން އޮންނައިރު، އިސްމާޢިލް ނާފިޢު އާއި މެދު
ހުށަހެޅުނު ޝަކުވާއާއި ގުޅިގެން 15 ޖުލައި 2009 ގައި ބޭއްވުނު ބައްދަލުވުމުގައި
ނަސޭޙަތްދެވިފައިވާކަމަށް ބުނެފައިވީނަމަވެސް އެބައްދަލުވުމުގެ ޔައުމިއްޔާއިން އެކަން އިސްމާޢީލު
ނާފިޢުއަށް އަންގާފައިވާކަން އެގެން ނެތްކަމުން އެއީ އިސްލާޙުކުރުމުގެ ގޮތުން އެޅުނު ފިޔަވަޅެއް
ކަމަށް ނުބެލެގެ
ނުބެލެވޭކަމާއި ހުށަހެޅުނު ޝަކުވާއާއި ގުޅިގެން ބޭއްވުނު ބައްދަލުވުން ފިޔަވައި އިތުރަށް
އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އެގެންނެތް ކަމާއި އަދި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން
އިތުރު ޝަކުވާތަކެއް ހުށަހެޅިފައިވާކަންވެސް އެނގެން ނެތްކަމާއި އިސްމާޢީލު ނާފިޢު ވަޒީފާއިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/223
ވަކިކުރުމަށް ބޭއްވުނު ބޯޑު ބައްދަލުވުމާއި ދެމެދު އިސްލާޙީ ފިޔަވަޅު އެޅުމުގެ ގޮތުން އެޅުނު
ފިޔަވަޅުތައް އެގެންނެތްއިރު އިތުރަށް ކުންފުނީގެ ޤަވާއިދާއި ޚިލާފުވުމުގެ ގޮތުން އިސްމާޢީލު ނާފިއު
ކުޑަ އަމަލެއް އެގެން ނެތްކަން ފާހަގަކުރެވޭ ކަމާއި
ވަޒީފާއާއި ބެހޭ ޤާނޫނުގައި މުވައްޒަފު ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަޑަށް
ތަބާނުވާނަމަ އެކަށީގެންވާ އިސްލާހީ ފިޔަވަޅު އެޅުމުގެ ބާރު ވަޒީފާ ދޭފަރާތަށް ލިބިގެންވާ ކަމަށް
އެޤާނޫނުގެ 19 ވަނަ މާއްދާ ބަޔާންކޮށް އެގޮތުން އެޅިދާނެ އިސްލާހީ ފިޔަވަޅުގެ މާނައިގައި
ނަސޭހަތް ދިނުމާއި، ލިޔުމުން އިންޒާރު ދިނުން އަދި 14 ދުވަހަށްވުރެ ގިނަ ނޫން މުއްދަތަކަށް
ވަޒީފާއަށް ނުކުތުން ހުއްޓުވުން
ނުވަތަ ހުރިމަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުކުރުން ހިމެނޭ އިރު އިސްމާޢީލް ނާފީޢު ވަޒީފާއިން
ވަކިކުރުމުގައި މިފަދަ ފިޔަވަޅެއް އަޅާފައިނުވާކަން ލިޔުންތަކުން އެގެން އޮންނައިރު އިސްމާޢީލު
ނާފިޢު ވަޒީފާއިން ވަކިކުރެވުނު ތިން ސަބަބުކަމަށް ވަޒީފާއިން ވަކިކުރި ލިޔުމުގައި ބަޔާންކޮށްފައިވާ
ސަބަބުތައް ސާބިތު ކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއަކަށް ވާއިރު އިސްމާއީލު ނާފިޢު
ވަޒީފާއިން ވަކިކުރި ސަބަބުތައް ކަމަށް ވަޒީފާއިން ވަކިކުރި ލިޔުމުގައި ފާހަގަކޮށްފައިވާ ސަބަބުތައް
ޝަރީޢަތަށް ސާބިތު ކުރެވޭ ވަރުގެ ހުއްޖަތެއް ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައިނެތް
COX
އެހެންކަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާއިން އިސްމާޢީލު
ނާފިޢު ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި ޚިލާފަށްކަމާއި އަދި މުވައްޒަފު
ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މަޢުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޤާއިމުކޮށްފައިނުވާކަން ވެސް އެގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2[10/HC-A/223
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.:4
22 22 3
2//
0 0
<< O
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/89 މައްސަލާގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިދު ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/89 މައްސަލާގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
ބާޠިލުކޮށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި، އިސްމާޢީލް ނާފިޢު އަދާކުރަމުންދިޔަ ފެންވަރުގެ
ވަޒީފާއެއް މިއަދު (24 ސެޕްޓެމްބަރު 2012) އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްމާޢީލު
ނާފިޢުއަށް ދިނުމަށާއި އިސްމާޢީލް ނާފިޢު އަކީ އެއްވެސް ޙާލަތެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި 2009 އޮގަސްޓް 11 ވަނަ ދުވަހުން ފެށިގެން
އިސްމާޢީލު ނާފިޢުއަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާ ދިނުމާ ހަމައަށް އެމުއްދަތުގައި
އިސްމާޢީލު ނާފިޢުއަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް މިއަދު (24 ސެޕްޓެމްބަރު 2012) އިން
ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްމާޢީލު ނާފިޢުއަށް ލިބިދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް
ކޮމްޕެނީ ލިމިޓެޑްއަށް އަންގައި މިމައްސަލަ ބެލުމުގައި ބައިވެރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv