ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/129 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/129
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/k
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ލައްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 129/HC
-
A/2015
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 0462
/
2012-C
*މިހާރުގެ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ| މާލެ
އެޑްރެސް: ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޙްމަދު ފަހީމް
* އައި.ޑީ ކާޑު ނަންބަރު: A000346
ދާއިމީ އެޑްރެސް: ތުނޑި. ފޮތިވެލި| ލ.ގަން
މިހާރުގެ އެޑްރެސް: ތުނޑި. ފޮތިވެލި ލ.ގަން
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 ޖުމާދަލްއާޚިރާ 1436
އެޕްރީލް 2015
= ނިމުނު ތާރީޚް: 19 ޞަފަރު 1439
29 އޮކްޓޯބަރ 2017
02
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/85
މައްސަލަ
• ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލާގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 17 ޖޫން 2014
• ނިމުނު ތާރީޚް: 21 ޑިސެމްބަރ 2014
ދިވެހިރާއްޖޭގެ
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު އިސްފަނޑިޔާރު ޢަބްދު
( ރިޔާސަތު)
AS
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2015/HC-A/129
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/85 މައްސަލަ ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ލ.ގަން | ތުނޑި. ފޮތިވެލި، އަޙްމަދު
ފަހީމްއެވެ.
ފާހަގަކުރެވުނު ނުކުތާ
.1
އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/85
މައްސަލައަކީ، ލ. ގަން ތުނޑި، ފޮތިވެލި، އަޙްމަދު ފަހީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A000346) ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ރީޖަނަލް އޮފީހުގެ މެނޭޖަރގެ މަޤާމުގައި 20 އޯގަސްޓް
2013 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް، އެއްވެސް ނަސޭޙަތެއް އަދި އިންޒާރެއްވެސް ދިނުމެއްނެތި
18 މާރޗް 2014 ގައި ވަޒީފާ ދަށްކޮށް އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާއަށް ބަދަލުކޮށްފައިވާތީ، ކުރިން
ހުރި ވަޒީފާ އިޢާދަކުރުމަށާއި އަދި މުސާރައާއި ޢިނާޔަތްތައް ކުޑަކޮށްފައިވާތީ މުސާރަ ކުރިން ހުރި މިންވަރަށް
ރުޖޫޢަކޮށްދިނުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ރައްދުވާގޮތަށް ހުށަހެޅި މައްސަލައެއްކަމާއި،
2 22 22
އެ މައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މި މައްސަލައާ ގުޅިގެން މައްސަލަ ނިނަގަތް
ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2015/HC-A/129
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OXO
ދައްކާފައިވަ ވާހަކަތަކަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި އަޙްމަދު ފަހީމް، ފެނަކަ ކޯޕަރޭޝަން
ލިމިޓެޑްގެ ރ. ރީޖަނަލް އޮފީހުގެ މެނޭޖަރ ގެ މަޤާމުގައި 20 އޯގަސްޓް 2013 އިން ފެށިގެން ވަޒީފާ
އަދާކުރަމުންދަނިކޮށް، އެއްވެސް ނަސޭޙަތެއް އަދި އިންޒާރެއް ދިނުމެއް ނެތި 18 މާރޗް 2014 ގައި ވަޒީފާ
ދަށްކޮށް އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާއަށް ބަދަލުކޮށްފައިވާތީ، ކުރިން ހުރި ވަޒީފާއަށް އިޢާދަކުރުމަށާއި،
އަދި މުސާރައާއި ޢިނާޔަތްތައް ކުޑަކޮށްފައިވާތީ މުސާރަ ކުރިން ހުރި މިންވަރަށް ރުޖޫޢަކޮށްދިނުމަށް އެދި
ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތުގެ މަޤާމު ދަށްކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ފެނަކަ
ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސް ޕޮލިސީއާ އެއްގޮތްވާގޮތުގެ މަތިންކަމަށް މައްސަލަ ރައްދުވި ފަރާތުން
ބުނާއިރު، އަޙްމަދު ފަހީމްއާމެދު އަޅާފައިވާ އިޞްލާޙީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަޅެއްކަން ފެނަކަ ކޯޕަރޭޝަން
ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތުގެ މަޤާމު ދަށްކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި
ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، އަޙްމަދު ޝަހީމް ކުރިން
އަދާކުރަމުން ދިޔަ ރީޖަނަލް މެނޭޖަރގެ މަޤާމަށް ރުޖޫޢަކޮށްއެ މަޤާމުގައި އޭނާއަށް ލިބެމުންދިޔަ މުސާރައާއި
ޢިނާޔަތްތައް ލިބިދިނުމަށާއި، އޭނާގެ މަޤާމު ދަށްކުރި ދުވަހުން ފެށިގެން މަޤާމު އިޢާދަކުރާ ދުވަހާ ހަމައަށް،
ރީޖަނަލް މެނޭޖަރގެ މުސާރައާ ޢިނާޔަތްތަކުން، އޭނާއަށް އެސިސްޓެންޓް މެނޭޖަރގެ މުސާރައާ ޢިނާޔަތްތަކަށް
ދެވުނު ފައިސާ އުނިކުރުމަށްފަހު، ޖެހޭ މިންވަރު މިއަދު (21 ޑިސެމްބަރު 2014) އިން ފެށިގެން، 10
(ދިހައެއް) ދުވަހުގެ ތެރޭގައި ދިނުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގާ" މައްސަލަ ނިންމަވާފައިވާކަން
އެ މައްސަލާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
.2
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/85 މައްސަލަ ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
އަޙްމަދު ފަހީމްއާ ދޭތެރޭ އިޞްލާހީ ފިޔަވަޅު އަޅާފައިވަނީ އޭނާގެ ބެލުމުގެ ދަށުން ހިނގަމުން ދިޔަ
އެހިރާއްޖޭގެ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{15/HC-A/129
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސްޓޭޝަންތަކަށް ނިސްބަތްވާ ބައެއް ގޭގޭގެ ކަރަންޓް ބިލުތަކަށް ފައިސާ ނުދައްކާތާ އެތަކެއް މަސްތަކެއް
ވެގެންދިޔައިރުވެސް އެކަން ހެޑް އޮފީހަށް އަންގާފައިނުވާއިރު، އަދި އެކަން ރަނގަޅުކުރުމަށް ލ. ރީޖަންގެ
އެންމެ އިސް މުވައްޒަފުގެ ޙައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިނުވާކަމަށް އިޢުތިރާފްވެ އަޙްމަދު
ފަހީމް ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް ކަމަށްވާއިރު، އަޙްމަދު ފަހީމްގެ ޒިންމާ އޭނާއަށް
އަދާނުކުރެވޭކަމަށް އޭނާ ދީފައިވާ ބަޔާނުން ސާފުކޮށް އެނގެންއޮތްއިރު، އެނާއާ ދޭތެރޭ އަޅާފައިވަނީ
އެކަށީގެންވާ އިޞްލާހީ ފިޔަވަޅެއްކަން ސާބިތުކޮށްދެވިފައިނުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ އެ
ނުކުތާތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
4 22
.3
22
ހު
މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/85 މައްސަލަ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ލ.ގަން ތުނޑިފޮތިވެލި، އަޙްމަދު ފަހީމްއަށް ވަގުތީގޮތުން ރީޖަނަލް
މެނޭޖަރކަމުގެ މަޤާމް ދީފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު 1330/FNK
/
A
/
EMP (19
އޯގަސްޓް 2013) "ވަޒީފާގެ ޕްރޮބޭޝަންގައި ގެންގުޅެން ފެށިކަން އަންގާ ލިޔުން" އަށް ބެލުމުން
އެނގޭކަމާއި،
ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އަޙްމަދު ފަހީމްއާ ދެމެދު ވަޒީފާގެ އެއްބަސްވުމެއްގައި
ސޮއިކޮށްފައިނުވާކަން މި މައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނައިރު، 18 މާރޗް
2014 ގައި އަޙްމަދު ފަހީމް ރީޖަނަލް މެނޭޖަރކަމުގެ މަޤާމުން އެސިސްޓެންޓް މެނޭޖަރކަމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2{15/HC-A/129
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
202
ބަދަލުކޮށްފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު 2014
/
94/FNK
/
A
/
EMP "ވަޒީފާ|
ޑިޕާޓްމަންޓް ސެކްޝަން ބަދަލުވިކަމުގެ ލިޔުން" އަށް ބެލުމުން އެނގޭކަމާއި،
އަޙްމަދު ފަހީމް ވަޒީފާއިން ބަދަލުކޮށްފައިވަނީ ލ. އަތޮޅުގެ އެކި ސްޓޭޝަންތަކަށް
ނިސްބަތްވާ ގޭގޭގެ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކާތާ 5 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެގެން ގޮސް
އެފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާފައިނުވާތީއާއި، ކަރަންޓް ބިލް ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު
އަޅާފައިނުވާ ސްޓޭޝަންތަކުގެ މެނޭޖަރުން ޒިންމާކުރުވަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީއާއި، އެފަދަ
ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެސްފައިނުވާތީ، މައްސަލަ ކުންފުނިން ތަޙުޤީޤު ކުރުމަށްފަހު އެ މަޤާމުގެ
ޒިންމާ އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރަމުންދާކަމަށް ނުފެންނާތީވެ، އިޞްލާހީ ފިޔަވަޅެއްގޮތުން ޤާނޫނު
ނަންބަރު 2/2008 ވަޒީފާއާބެހޭ ޤާނޫނު) އާއި ކުންފުނީގެ ހިއުމަން ރިސޯސް ޕޮލިސީއާ
މަތިން ކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަމެވެ.
2 2x 2 2x 22
رہ کر فرو کرم کی
2 /
ﷲތ ކތ ހވ
سرمری می
2c4
4 ދ ތތ
.މެނޭނެކަމަށް
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ
މާއްދާގެ (ހ) ގައި މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ، އެ
މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ މުވައްޒަފަކާމެދު އަޅަން ފެންނަ އެކަށީގެންވާ އިސްލާޙީ
ފިޔަވަޅު އެޅުމުގެ ބާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ ބޭނުމަށްޓަކައި
"އިޞްލާޙީ ފިޔަވަޅު" ގެ މާނައިގައި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ
ބަޔާންކޮށްފައިވާއިރު، އެ ކަންތައްތަކުގެ ގޮތުގައި؛
(1) ނަސޭހަތްދިނުން:
(2) ލިޔުމުން އިންޒާރު ދިނުން؛
(3) ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުން؛
(4) ހުރި މަގާމަށްވުރެ ދަށް މަގާމަކަށް ބަދަލު ކުރުން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{15/HC-A/129
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހިމެނިފައިވާއިރު،
ވަޒީފާދޭ ފަރާތުން ވަކި މުވައްޒަފަކާމެދު އަޅާފައިވާ އަޚްލާޤީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްތޯ
ބެލުމަށްޓަކައި، މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް އެމުވައްޒަފަކު ތަބާނުވި މިންވަރާއި، އެ މުވައްޒަފެއްގެ
ވާޖިބުތަކާއި، ވަޒީފާދޭ ފަރާތުން އެޅި ފިޔަވަޅާއި، އެ ފިޔަވަޅު އެޅުމުގައި ޢަމަލުކުރި ގޮތާއި، އެ މުވައްޒަފަކު
އަޚްލާޤީ މިންގަނޑާ ޚިލާފުވުމުން ލިބުނު ގެއްލުމާއި، އެމުވައްޒަފަކު މަސައްކަތުގެ އަޚްލާޤު ކުރިން ބަހައްޓަމުން
އައިސްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކުރަންވާނެކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަން
އެނގެންއޮންނަކަމާއި،
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސް ޕޮލިސީގެ 37 ވަނަ (ބ) ގައި ކުށުގެ
ޑުމިނަށާއި، ކުށުގެ ބާވަތަށާއި، އެ ކުށްކޮށްފައިވާ ގޮތަށާއި، އެ މުވައްޒަފެއްގެ ރެކޯޑަށް ބެލުމަށްފަހު، އެ
މައްސަލަތައް ހުރި ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ އިސްލާޙީ
ފިޔަވަޅުތަކުގެ ތެރެއިން އެ ފަހަރަކަށް އެކަށީގެންވާ ކަމަށް އޮފީހުގެ ކަމާބެހޭ ވެރިޔަކަށް ފެނުނު ފިޔަވަޅެއް
އެޅިދާނެކަމަށް ބަޔާންކޮށްފައިވާއިރު، އިޞްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި ހުރި މަގާމަށްވުރެ ދަށް މަގާމަކަށް
ބަދަލު ކުރުން ހިމަނާފައިވާކަން އެ މާއްދާގެ (ނ) އަށް ބެލުމުން އެނގެންއޮންނަކަ .
2 ހx
ކުޑަބޮ ޑުމެނަށް
3 މކ ތ 02
4
روم کی کہ
ފަހީމް ދީފައިވާ ބަޔާނުގައި ދ. އަތޮޅުގެ ސްޓޭ. ޝަންތަކުން އެ ސްޓޭޝަނަކަށް ނިސްބަތްވާ ގޭގޭގެ ކަރަންޓް
ބިލްތަކަށް ފައިސާ ނުދައްކާތާ ފަސްހަމަސް ވެފައިވާއިރު އަޅަންވާ ފިޔަވަޅުތައް ނޭޅިވާކަމަށާއި، ރީޖަނަލް
މެނޭޖަރެއްގެ ހައިސިއްޔަތުން ސްޓޭޝަން މެނޭޖަރުންނާއި ޙަވާލުކޮށްފައިވާ މަސައްކަތްތައް
ސްޓޭޝަންތަކުގައި ނުކުރާނަމަ އެކަންކަން ބަލާ ހެޑް އޮފީހަށް އެންގުމަކީ އަޙްމަދު ފަހީމް ކުރަންޖެހޭކަމެއްކަމަށް
ޔާންދީފައިވާކަން އެނގެންއޮތުމުން، ދެ ފަރާތު ދެމެދު ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަޙްމަދީ
އެ
ބުނެ ބަޔާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{15/HC-A/129
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަހީމް އަދާކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތަކީ ކޮބައިކަން އޭނާއަށް އެނގޭކަމާއި، އަދި އެ ވަޒީފާގެ
މަސްއޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވެފައިވާކަން އަޙްމަދު ފަޒީމްގެ ބަހުން އެނގެންއޮންނައިރު،
އަޙްމަދު ޝަހީމް އަދާކުރަމުން އައި މަޤާމުގެ ގޮތުން އޭނާއަކީ ރީޖަންގެ ސްޓޭޝަންތައް ހިންގުމާ
ޙަވާލުވެ ހުރި ފަރާތްކަން އެނގޭއިރު، އަޙްމަދު ފަހީމްގެ ބެލުމުގެ ދަށުން މުޅި އަތޮޅުގެ މަސައްކަތްތައް
ބަލަހައްޓަމުން ގޮސްފައިވާއިރު، ލ. އަތޮޅުގެ އެކި ސްޓޭޝަންތަކުން ފަސްހަމަސް ވެފައިވާ ބިލްތަކަށް ފައިސާ
ދައްކާފައިނުވާއިރު، އެކަން ޙައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާކަން މި މައްސަލައާ ގުޅިގެން ދެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނަކަމާއި، އަދި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި
ނޭޅުމަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންދާނެ ސީދާ ގެއްލުމެއްކަން އެނގެންއޮތުމުން، އަޙްމަދު
ފަހީމްއަށް މަތިކުރެވިފައިވާ ޒިންމާތަކަށާއި، އެ ޒިންމާތަކަށް އޭނާގެ ފަރާތުން ޚިލާފުވެފައިވާގޮތަށް ބަލައި
އަޙްމަދު ޝަހީމް އަދާކުރަމުން އައި މަޤާމުން ދަށް މަޤާމަކަށް ބަދަލުކޮށްފައިވާއިރު، އެ ގޮތަށް ބަދަލުކުރުމަށް
ނިންމާފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) އާއި
ކުންފުނީގެ ހިއުމަން ރިސޯސް ޕޮލިސީގެ 37 ވަނަ (ބ) ގެ ދަށުން ކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ
ދަށުންކަން އެނގެންއޮންނަކަމާއި، އަދި އެ އިޚްތިޔާރު ބޭނުންކުރުމުގައި ޤާނޫނާ ޚިލާފްވެފައިވަނީ ކިހިނަކުންކަން
އަޙްމަދު ފަހީމްއަށް ބުނެދެވިފައިނުވާކަމެވެ.
Ox?
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/85
މައްސަލަ އިސްތިއުނާފުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހެ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމުގައެވެ.
އެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2{15/HC-A/129
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2014/VTR;85 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި
ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;