ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/217 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/217
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 217/HC
-
A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑް
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު: 0030
/
1989-C
، ދާއިމީ އެޑްރެސް: މ. އާޒަމާން| މާލެ
މިހާރުގެ އެޑްރެސް: މ. އާޒަމާން| މާލެ
. އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު:.
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
*
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ޝައްވާލު 1435
12 އޯގަސްޓް 2014
? ނިމުނު
08 ޞަފަރު 1438
08 ނޮވެމްބަރ 2016
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/1069
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 28 މެއި 2013
ޤަޟިއްޔާ ނިމުނު ތާރީޚް: 26 މާރޗް 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
އިސްފަނޑިޔާރު:ޢަބްދުﷲ ދީދީ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2014/HC-A/217
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1069 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ސަންފްރަންޓް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި
ދައުލަތް)އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1069 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ސަންފްރަންޓް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1069 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން ވިއްކުމަށް މާލޭ މުނިސިޕަލްޓީން
(މިހާރުގެ މާލޭ ސިޓީ ކައުންސިލުން) 01 އޮގަސްޓް 2010 ގައި ކުރި އިއުލާނާއި ގުޅިގެން އެ ސަރަހައްދުން
ވިއްކުމަށް ކަނޑައަޅާފައިވާ 11 ބިމުގެ ތެރެއިން 2000 އަކަފޫޓުގެ 2 ބިމަށް (ޕްލޮޓް ސީ5 އަދި ސީ6)
ބީލަމުގެ އުޞޫލުން އަގު ހުށަހެޅުމުން، އެދެޕްލޮޓުގެ ބީލަން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް ކާމިޔާބު
ކުރެވިއްޖެ ކަމަށާއި، އަދި އެ އެބިމުގެ މިލްކްވެރިކަން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށް
ރަޖިސްޓްރީކޮށްދޭނެކަމަށްބުނެ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑް އިން -/
26,989,880ރ. (ސައްބީސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/217
މިލިއަން ނުވަލައްކަ އަށްޑިހަ ނުވަހާސް އަށްސަތޭކަ އަށްޑިހަ ރުފިޔާ) ދިވެހި ސަރުކާރުން އަތުލާފައިވާތީއާއި،
އެއިން އެއްވެސް ބިމެއް އަދި ފައިސާވެސް ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް މިހާތަނަށް ދީފައިނުވާތީ،
ދިވެހި ސަރުކާރުން އެފައިސާ ހޯދުމަށާއި، އެފައިސާ އަނބުރާ ނުދީ ހުރުމުގެ ސަބަބުން ވިޔަފާރީގައި އެފައިސާ
ރޯލް ކޮށްގެން ނަފާ އިތުރު ކުރުމުގެ ފުރުސަތުން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑް މަޙްރޫމްވެފައިވާތީ،
ފައިސާ ދެއްކި ދުވަހުން ފެށިގެން 15 ފެބްރުއަރީ 2013 އާއި ހަމަޔަށް އެކަމުގެ ސަބަބުން ލިބިފައިވާ
ގެއްލުންކަމަށް އޮޑިޓަރުން ހަދާފައިވާ ރިޕޯޓުގައި އަންދާޒާކޮށްފައިވާ -/
30,499,275ރ. (ތިރީސް މިލިއަން
ހަތަރު ލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ) ހޯދުމަށާއި، އަދި މައްސަލަ ޝަރުޢީ
މަރުހަލާނިމި، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދޭންޖެހޭ ފައިސާ ހަމަޔަށް ލިބެންދެން އޮޑިޓަރުންގެ
ރިޕޯޓުގައި ބަޔާންކޮށްފައިވާ އުޞޫލުގެމަތީން ގެއްލުމުގެ ބަދަލު ހޯދުމަށް ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑް އިން
ދިވެހި ދައުލަތުގެ މައްޗަށް
އެކޯޓުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން
8 29 3
ދުޢާފުކުރުމުން
އެނގެންއޮވެއެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1069 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ބަޔާންވެދިޔަ
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން ވިއްކުމަކަށް
މާލޭ މުނިސިޕަލްޓީން (މިހާރުގެ މާލޭ ސިޓީ ކައުންސިލުން) 01 އޮގަސްޓް 2010 ގައި ކުރި އިޢުލާނާއި
ގުޅިގެން އެސަރައްޙައްދުން ވިއްކުމަށް ކަނޑައަޅާފައިވާ 11 ބިމުގެ ތެރެއިން 2000 އަކަފޫޓުގެ 2 ބިމަށް
(ޕްލޮޓް ސީ5 އަދި ސީ6) ބީލަމުގެ އުޞޫލުން އަގު ހުށަހެޅުމުން، އެދެޕްލޮޓުގެ ބީލަން ދަޢުވާކުރާ ފަރާތަށް
ކާމިޔާބުވެ، އެދެބިމުގެ އަގަށްވާ -/26,989,880 (ސައްބީސް މިލިއަން ނުވަލައްކަ އަށްޑިހަ ނުވަހާސް
އަށްސަތޭކަ އަށްޑިހަ ރުފިޔާ) ދަޢުވާކުރާ ފަރާތުން ދައުލަތަށް ދައްކާފައިވާކަން ދެފަރާތުގެ ބަހުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއި،
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/717
ދަޢުވާކުރާ ފަރާތުން ބިމުގެ އަގު ދިންކަމުގައިވިޔަސް، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތާއި ބިން
ޙަވާލުކޮށްފައިނުވުމާއި، އެކަން ނުކުރެވުނީ ބިންވިއްކުމުގެ މައްސަލަ ތިންވަނަ ފަރާތަކުން ކޯޓަށް ހުށަހަޅައިގެން
ބިން ނުވިއްކޭނެ ކަމަށް ކޯޓުން ކަނޑައެޅުމުން، އެއްބަސްވުމުގެ ދެފަރާތުންކުރެ ފަރާތެއްގެ އިހުމާލެއްނެތި،
އެއްބަސްވުމުގެ އިލްތިޒާމްތައް އުފުލުމަށް ނުކުޅެދޭ ޙާލަތެއް މެދުވެރިވެގެންކަން ކަންހިނގާފައިވާ ގޮތް ބަލައި
ދިރާސާކުރުމުން ޝަރީޢަތަށް ބުރަވެވޭކަމާއި، އެއްބަސްވުމުގެ އިލްތިޒާމްތައް އުފުލުމަށް ދެފަރާތުން ނުކުޅެދޭ
ޙާލަތެއް މެދުވެރިވުމުން އެއްބަސްވުން ނިމުމަކަށް އަންނާނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ
(ހ) އިން ދޭހަވުމާއި، މިޙާލަތުގައި ޢަދުލުވެރި ހަމަޔަކީ އެއްބަސްވުމުގެ ދެފަރާތުންވެސް އިހުތިބި ޙާލަތަށް
ރުޖޫޢަވުން ކަމަށްވުމާއި، އިހުތިބި ޙާލަތަށް ރުޖޫޢަވުން ކަމަށް ބެލެވޭނީ ބިމުގެ އަގުގެ ގޮތުގައި ދަޢުވާކުރާ
ފަރާތުން ދައުލަތަށް ދެއްކި ފައިސާއާއި، ދަޢުވާކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާކުރާ ފަރާތަށް
ލިބުމުން ކަމުގައިވާތީ،
ބިމުގެ އަގުގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ދައުލަތަށް ދެއްކި -/26,989,880 (ސައްބީސް
މިލިއަން ނުވަލައްކަ އަށްޑިހަ ނުވަހާސް އަށްސަތޭކަ އަށްޑިހަ ރުފިޔާ) އަކީ ދައުލަތުން ދަޢުވާކުރާ ފަރާތަށް
ދޭންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން 30
ދުވަހުގެ ތެރޭގައި މިބުނެވިދިޔަ ފައިސާ ސިވިލް ކޯޓަށް ޖަމާކުރުމަށް ދައުލަތަށް އަންގައި،
ބިމުގެ އަގުގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ދައުލަތަށް ދެއްކި ފައިސާ މިއަދާއި ހަމައަށްވެސް ހުރީ
ދައުލަތުގައި ކަމަށްވުމާއި، ބިމުގެ އަގު ދެއްކިފަހުން ފާއިތުވަމުން މިދާ މުއްދަތުގައި އޭގެ މުޤާބިލުގައި ދައުލަތުގެ
އެއްވެސް އެއްޗެއް ދަޢުވާކުރާ ފަރާތުގައި ނެތުމާއި، ދަޢުވާކުރާ ފަރާތުގެ ފައިސާ ދައުލަތުގައި ހުރުމުން
ދައުލަތަށް ނަފާވާނެކަމާއި، ދަޢުވާކުރާ ފަރާތަކީ ވިޔަފާރި ކުރަމުންދާ ފަރާތަކަށްވުމުން އެފައިސާ ދަޢުވާކުރާ
ފަރާތުގެ އަތުގައި ނެތުމުން، އެފައިސާ ވިޔަފާރީގައި ބޭނުން ނުކުރެވުމުން ދަޢުވާކުރާ ފަރާތަށް ގެއްލުން
ލިބޭނެކަމަކީ ދެބަސްވެވެސް
ވެވެންނެތް ޙަޤީޤަތެއްކަމަށް ވުމާއި، ވިޔަފާރީގެ މުޢާމަލާތް ކުރިއަށް ނުދިޔުމުން ދަޢުވާކުރާ
ފަރާތުން ބިމުގެ އަގުގެ ގޮތުގައި ދެއްކި ފައިސާ ދަޢުވާކުރާ ފަރާތަށް ލަސްނުކޮށް ލިބުމަކީ ދަޢުވާކުރާ ފަރާތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/217
ޙައްޤަކަށްވުމާއި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލަކީ ދަޢުވާކުރާ ފަރާތް އެޙައްޤުން މަޙްރޫމްވުމުން
ލިބުނު ގެއްލުމުގެ ބަދަލެއް ކަމަށްވުމުން،
އެއްބަސްވުމުގެ އިލްތިޒާމްތައް އުފުލުމަށް ދެފަރާތުން ނުކުޅެދޭ ޙާލަތެއް މެދުވެރިވެގެން އެއްބަސްވުން
ނިމުމަކަށް އައިކަން ކަށަވަރުވި ތާރީޚު ކަމުގައިވާ 29 ނޮވެމްބަރ 2012 އިން ފެށިގެން ދަޢުވާކުރާ ފަރާތުން
ބިމުގެ އަގުގެ ގޮތުގައި ދައުލަތަށް ދެއްކި ފައިސާ އެއްކޮށް ދަޢުވާކުރާ ފަރާތަށް ލިބުމާއި ހަމަޔަށް، ދަޢުވާކުރާ
ފަރާތުން ކުރަމުންދާ ވިޔަފާރީގައި އެފައިސާ ބޭނުންކުރުމުން އެމުއްދަތުގައި ލިބޭނެ މަންފާ ދަޢުވާކުރާ ފަރާތަށް
ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުން ޙައްޤުކަމަށާއި، އެބަދަލުގެ މިންވަރު ކަނޑައެޅުމަށް ވަކި ދަޢުވާއެއްގެ
ގޮތުގައި އެބައި ކޯޓަށް ހުށަހެޅުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ"
މިފަދައިންނެވެ.
0
22
4 އދ28 ޑ
ނޫންކަމަށްބުނެ،
4. ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1069 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް
ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 04 (ހަތަރެއް)
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
ހުށަހަޅައި އެނުކުތާތަކާ
8 4 ،
ކެނއއ
• ފުރަތަމަ ނުކުތާއަކީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޚައްދުން ސަންފްރަންޓް ޕްރައިވެޓް
ލިމިޓެޑަށް ސަރުކާރުން ވިއްކަން އުޅުނު ދެބިމާ ގުޅިގެން، ސަރުކާރުން އަންގައިގެން ސަންފްރަންޓް ޕްރައިވެޓް
ލިމިޓެޑް އިން ދެއްކި 26,989,880.00 ރުފިޔާ، ދައުލަތުން ސަން ފްރަންޓް ޕްރައިވެޓް ލިމިޓެޑަށް އަނބުރާ
ނުދީ ހިފެހެއްޓުމުގެ ސަބަބުން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނީ 29
ނޮވެމްބަރ 2012 އިން ފެށިގެންކަމަށް ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1069 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި،
ދިވެހިރާއް،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/217
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
sލިވެނިއު ހއ هން ހނގޅު ނުކުތާ
ގއރޒުވާ
0
OXO
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާއާ
ސަބަބުތަކެއްގެ މައްޗަށް ނިންމަވާފައިވާ ނިންމެވުމެއްކަމުގައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މާލޭގެ ހުޅަނގު ހާބަރު ސަރަހައްދުން ބިން ނުވިއްކޭނެކަމަށް ކަނޑައަޅައި
ނިންމެވި، ސިވިލް ކޯޓުގެ ނަންބަރު: 2011/Cv-C/334 ޤަޟިއްޔާ، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފްކުރިނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމަވަންދެން، އެ
ޤަޟިއްޔާގެ ޙުކުމަށް ޢަމަލު ނުކުރުމަށް އަދި ބިން ގަތުމަށް އެކުންފުނިން ސަރުކާރަށް ދެއްކި ފައިސާ އަނބުރާ
އެކުންފުންޏަށް ނުދިނުމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރެއް ނެރުއްވާފައިނުވާކަމަށާއި، އެފަދަ އަމުރަކަށް
ދައުލަތުގެ ފަރާތުން އެދިފައިވެސް ނުވާކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/334
ޤަޟިއްޔާގެ ޙުކުމަކީ ހުރިހާ ފަރާތަކުންވެސް ޢަމަލުކުރަންޖެހޭގޮތަށް ދެމިއޮތް ޙުކުމެއްކަން، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާއިން އެނގެންއޮތްހިނދު، ދައުލަތުގެ
ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމަކީ، ބިންގަތުމަށް އެކުންފުނިން ދެއްކި ފައިސާ އެކުންފުންޏަށް ނުދީ ހިފެހެއްޓުމަށްއޮތް
.ޖަތެއްކަމުގައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334
ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަކީ، ދައުލަތުގެ ހެޔޮނިޔަތް އޮވެގެން
ކުރިކަމެއްކަމުގައި، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1069 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
ކަނޑައެޅުއްވުމަކީ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ކަމެއްނޫންކަމަށާ
އްނޫންކަމަށާއި، އަދި ދައުލަތުން
ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ދައުލަތުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރި ކުރުމަކީ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑްގެ ފައިސާ ނުދީ
ގިނަދުމަ
ހަދުވަހަށްދެންމުމުގެގޮތުން ކޮންމެވެސް ސަބަބެއް
މެދުވެރިކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމުގައި
م م ع مره
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/217
• ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާއިން ބިން
ނުވިއްކޭނެކަމަށް 09 މާރޗް 2011 ގައި ޙުކުމްކުރެއްވުމުން، އެހިސާބުންފެށިގެން ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތު މެދުވެރިވެ އެއްބަސްވުން
ނިމުމަކަށް އައިސްފައިވާކަން ޤާނޫނީ ހަމަތަކުން ކަށަވަރުވެފައިވަނިކޮށް، އެ އެއްބަސްވުން ނިމުމަކަށް އައިކަން
ކަށަވަރުވީ ތާރީޚަކީ ހައިކޯޓުން އެ މައްސަލަ އިސްތިއުނާފުކޮށް ނިންމެވި ތާރީޚުކަމަށްވާ 29 ނޮވެމްބަރ 2012
އިން ފެށިގެންކަމަށް، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1069 ޤަޟިއްޔާގައި ސިވިލްކޯޓުން ނިންމެވި
ނިންމެވުމަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާ ޚިލާފް
ނިންމެވުމެއް ކަމުގައި ވާކަމަށްބުނެ ހުށަހެޅިނުކުތާއެވެ.
COCO
ޤާނޫނީ ހަމަތަކާ
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1069 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
އެއްގޮތްނުވާކަމަށްބުނެ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1069
ޤަޟިއްޔާއަކީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން ވިއްކުމަށް ސަރުކާރުން ކުރި އިޢުލާނާ
ގުޅިގެން އެސަރަޙައްދުން ދެބިމެއް ގަތުމަށް ބީލަމަށް ހުށަހަޅައި، ބީލަން ކާމިޔާބުކޮށް އެދެބިމުގެ އަގުގެ ގޮތުގައި
ސަންފްރޮންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ސަރުކާރަށް ދައްކާފައިވާ -/989,880 ,26ރ.
(ސައްބީސް މިލިއަން ނުވަލައްކަ އަށްޑިހަ ނުވަހާސް އަށްސަތޭކަ އަށްޑިހަ ރުފިޔާ) އަނބުރާ ހޯދުމަށާއި،
އެފައިސާ އަނބުރާ ނުދީ ހުރުމުގެ ސަބަބުން ވިޔަފާރީގައި އެފައިސާ ރޯލުކޮށްގެން ނަފާ އިތުރުކުރުމުގެ
ފުރުޞަތުން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑް މަޙްރޫމްވެފައިވާތީ، ފައިސާ ދެއްކި ދުވަހުން ފެށިގެން 15
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2014/HC-A/717
ފެބްރުއަރީ 2013 އާ ހަމައަށް ލިބިފައިވާ ގެއްލުންކަމަށް އޮޑިޓަރުން ހަދާފައިވާ ރިޕޯޓުގައި އަންދާޒާކޮށްފައިވާ
-/
30,499,275ރ. (ތިރީސް މިލިއަން ހަތަރު ލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ހަތްދިހަ ފަސް ރުފިޔާ)
ހޯދުމަށާއި، މައްސަލަ ޝަރުޢީ މަރުޙަލާއިން ނިމި ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ
ހަމައަށް ލިބެންދެން އޮޑިޓަރުންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ އުޞޫލުގެމަތީން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި
ދިވެހި ދައުލަތުގެ މައްޗަށް ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މައްސަލައެއްކަމާއި،
އެޤަޟިއްޔާ ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުން
ބިމުގެ އަގުގެ ގޮތުގައި ދައުލަތަށް ދެއްކި ފައިސާ ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭކަމަށް
ކަނޑައަޅުއްވައި، ދިވެހި ސަރުކާރާއި ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑާދެމެދު ވެފައިވާ އެއްބަސްވުން
ނިމުމަކަށް އައިކަން ކަށަވަރުވި ތާރީޚުކަމުގައިވާ 29 ނޮވެމްބަރ 2012 އިން ފެށިގެން ސަންފްރަންޓް
ޕްރައިވެޓް ލިމިޓެޑުން ބިމުގެ އަގުގެގޮތުގައި ދިވެހި ސަރުކާރަށް ދެއްކި ފައިސާ އެއްކޮށް އެފަރާތަށް ލިބުމާ
ހަމައަށް އެފަރާތުން ކުރަމުންދާ ވިޔަފާރީގައި އެފައިސާ ބޭނުންކުރުމުން ލިބޭނެ މަންފާ ސަންފްރަންޓް ޕްރައިވެޓް
ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބުން ޙައްޤުކަމަށް ކަނޑައަޅުއްވައި، އެބަދަލުގެ މިންވަރު
ވަކި ދަޢުވާއެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމުގެ ޙައްޤު ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް
ލިބިގެންވާކަމަށް ކަނޑައަޅުއްވައިކަން އެނގެންއޮންނަކަމެވެ.
ކަނޑައެޅު8
CC OX OC C
(ނ) ދެވަނަ ކަމަކީ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ދައުލަތާ ދެމެދު ކުރެވިފައިވާ
މިމައްސަލާގައި ބަޔާންކުރާ މުޢާމަލާތަށް ބަލާއިރު، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ދެބިމެއް
ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް ވިއްކައި، ގަތުމާ ގުޅޭގޮތުން އެދެފަރާތުގެ ދެމެދުގައި އެއްބަސްވެ،
އެދެބިމުގެ އަގު ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަދާކޮށްފައިވާއިރު އެބިންތައް ސަން ފްރަންޓް
ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކުރެވިފައިނުވަނީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން ވިއްކުމާ ގުޅޭ
މައްސަލަ ތިންވަނަ ފަރާތަކުން ކޯޓަށް ހުށަހަޅައި ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/334
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/217
ޤަޟިއްޔާއިން މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން ނުވިއްކޭނެކަމަށް ކަނޑައެޅުއްވުމާ ގުޅިގެން
ދިވެހި ސަރުކާރާއި ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑާދެމެދު ވެވިފައިވާ އެއްބަސްވުން ކުރިއަށްގެންދެވެން
ނެތިގެން ކަމާއި، އިސްވެދެންނެވުނު ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާ ދިވެހި
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާއިން
އިސްތިއުނާފުކޮށްފައިވާކަމާއި، އެޤަޟިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ތާއީދުކުރައްވާފައިވާކަމެވެ.
2011/HC-A/78
(ނ) ތިންވަނަ ކަމަކީ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައުލަތަށް ދެއްކި ފައިސާ
ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ނުލިބިހުރުމުގެ ސަބަބުން އެފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު
ހޯދުމަށް ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1069 ޤަޟިއްޔާގައި އެދުމުން، ސަންފްރަންޓް ޕްރައިވެޓް
ލިމިޓެޑުން އެދުނު އެބަދަލު ނަގައިދެވޭނެ ތާރީޚަކީ ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑާއި ދައުލަތާ ދެމެދު
ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިކަން ކަށަވަރުވި ތާރީޚުކަމުގައިވާ 29 ނޮވެމްބަރ 2012 (ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 78/HC
-
A/2011 ޤަޟިއްޔާ ނިމުނު ތާރީޚް) އިން ފެށިގެންކަމަށް އެކޯޓުން
ކަނޑައަޅުއްވާފައިވާއިރު، އެކަނޑައެޅުއްވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ
މާއްދާއާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާއާ ތަޢާރުޒުވާ
ސަބަބުތަކެއްގެ މައްޗަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމެއްކަމަށްބުނެ ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
ޤާނޫނުއަސާސީގެ
ސީގެ 56 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ
38 ވަނަ މާއްދާއަކީ، ދަށުކޯޓުތަކުން ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުގެ ޙައްޤު އެމައްސަލައަކާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކުރާ
އްދާތައްކަމާއި، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލު ނަގައިދޭން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
1)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/717
ފަށަންޖެހޭ މުއްދަތު ކަނޑައަޅުއްވާފައިވަނީ އިސްވެދެންނެވުނު މާއްދާތަކުން ކަށަވަރުކޮށްދީފައިވާ
އިސްތިއުނާފުކުރުމުގެ
މަނާކުރުމުގެ ޙައްޤު ދައުލަތުން ބޭނުންކޮށް،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ފައިވާތީ، އެއީ ދައުލަތަށް ލިބިގެންވާ ޙައްޤެއްކަމަށް
އެކަމަށް ރިޢާޔަތްކުރައްވައިކަން އެޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން
ބަޔާންކުރައްވައި
އެނގެންއޮންނަކަމެވެ.
ޓ ޓ 2
3 ސބގ ތ
ހން ފނ03327ނ
(ށ) ހަތަރުވަނަ ކަމަކީ، ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334
ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަކީ ދައުލަތުގެ ހެޔޮނިޔަތް އޮވެގެން
ކުރިކަމެއްކަމުގައި، އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ ޤާނޫނީ
އަސާސެއްގެ މައްޗަށް ބިނާވެފައިވާ ކަމެއްނޫންކަމަށާއި އަދި ދައުލަތުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު
ދައުލަތުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/334 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފްކުރި ކުރުމަކީ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑްގެ ފައިސާ ނުދީ ގިނަދުވަހަށް މުމުގެގޮތު
ކޮންމެވެސް ސަބަބެއް މެދުވެރިކުރުމުގެ ނިޔަތުގައި ކުރައްވާފައިވާ ކަމެއްކަމުގައި ބެލެވެންއޮތްކަމަށް ބުނެ
ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މަސައްލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރުއްވާ ކޯޓު
އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީއިން
ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމާއި، އެހެންކަމުން އެޙައްޤު ލިބިގެންވާ ފަރާތްތަކުން ހުށަހަޅާ އިސްތިއުނާފް
ދަޢުވާތަކަކީ އެދަޢުވާއެއް ހުށަހެޅި ފަރާތުގެ ނިޔަތް އެހެންގޮތަކަށް ސާބިތުނުވާހާ ހިނދަކު ހެޔޮ ނިޔަތުގައި
ހުށަހެޅި ދަޢުވާއެއްކަމަށް ބަލަންޖެހޭކަމާއި، އަދި އެފަދައިން ހުށަހެޅިފައިވާ ދަޢުވާއަކީ ނުނިޔަތުގައި ހުށަހެޅި
ދަޢުވާއެއްކަމަށް ވަކި ފަރާތަކުން ބުނާނަމަ އެކަމެއް ސާބިތުކޮށްދިނުމަކީ އެބުނުމެއް ބުނި ފަރާތުގެ
ޒިންމާއެއްކަމާއި، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/334 ޤަޟިއްޔާއަކީ ދައުލަތަށް ދަޢުވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/217
OXOC COX
ރައްދުވާގޮތަށް، ދައުލަތުން ކުރަމުން އައިކަމެއް ނުކުރެވޭނެކަމަށް ބުނެ ތިންވަނަ ފަރާތަކުން ދައުލަތާ ދެކޮޅަށް
ހުށަހެޅި މައްސަލައެއްކަމާއި އަދި އެމައްސަލަ ނިމިފައިވަނީ ދައުލަތާ ދެކޮޅަށްކަމަށްވާއިރު، އެޤަޟިއްޔާ
އިސްތިއުނާފުކުރުމުގެ ޙައްޤަކީ ދައުލަތަށް ލިބިގެންވާ ޙައްޤެއްކަން ސާފުކޮށްއެނގެންއޮތްއިރު، އެޤަޟިއްޔާ
ދައުލަތުން އިސްތިއުނާފުކުރި ކުރުމަކީ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑްގެ ފައިސާ ނުދީ ގިނަދުވަހަށް
ދެންމުމުގެގޮތުން ކޮންމެވެސް ސަބަބެއް މެދުވެރިކުރުމުގެ ނިޔަތުގައި ކުރިކަމެއްކަމަށް ސަން ފްރަންޓް ޕްރައިވެޓް
ލިމިޓެޑުން ބުނާއިރު، އެކަން އެކަށީގެންވާ ހަމައަކުން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް
ސާބިތުކޮށްދެވިފައިނުވާކަމެވެ.
COX >
(ބ) ފަސްވަނަ ކަމަކީ، މާލޭ ހުޅަނގު ހާބަރު ސަރަޙައްދުން ބިން ނުވިއްކޭނެކަމަށް ކުރި ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކުރިނަމަވެސް ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުން
ދައުލަތަށް ދެއްކި ފައިސާ އަނބުރާ ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑަށް ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
އެޤަޟިއްޔާގައި އަމުރު ނެރުއްވާފައިނުވާކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334
ޤަޟިއްޔާގެ ޙުކުމަކީ ހުރިހާ ފަރާތަކުންވެސް އަމަލުކުރަންޖެހޭގޮތަށް ދެމިއޮތް ޙުކުމެއްކަމަށާއި، އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުމަކީ ބިން ގަތުމަށް ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުން ދެއްކި
ފައިސާ އެކުންފުންޏަށް ނުދީ ހިފެހެއްޓުމަށް އޮތް ހުއްޖަތެއްނޫންކަމަށް ބުނެ ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
މަދަނީ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅޭ ހިނދު އެމައްސަލައެއްގެ ޙުކުމް ތަންފީޛުކުރުން
ފަސްކުރެވިފައި އޮތުމަކީ އިސްތިއުނާފުކުރުމުގެ ޙައްޤު ފުރިހަމައަށް ލިބިދިނުމަށްޓަކައި މަދަނީ އިޖުރާއާތުގެ
ތެރޭގައި އޮންނަ އުޞޫލެއްކަމާއި، މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 04/SC-SJ/2011 ރިޓް
އޮފް ޕްރޮހިބިޝަންގައިވެސް ކަނޑައަޅުއްވާފައިވާކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯ
6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
.. 0
0
06 ހ2
12
2014/HC-A/217
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 78/HC-A/2011 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/334 ޤަޟިއްޔާ ދައުލަތާ ދެކޮޅަށް ނިމުމުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި
މުޢާމަލާތާ ގުޅުންހުރި މައްސަލައަކަށް ވީނަމަވެސް، އެޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫއަކީ ހާބަރު
ސަރަޙައްދުން ބިން ވިއްކޭނެކަން ނުވަތަ ނޫންކަން ކަނޑައެޅުން ކަމަށްވާއިރު، ދައުލަތުން ހާބަރު ސަރަޙައްދުން
ބިން ވިއްކާފައިވޭތޯއާއި ވިއްކާފައިވާނަމަ އެފަރާތްތަކަކީ ކޮބައިތޯ އެޤަޟިއްޔާގެ ތެރެއިން ބެލެވިފައިނުވާކަމާއި،
އެހެންކަމުން ހާބަރު ސަރަޙައްދުން ބިން ވިއްކުމާއި ގަތުމާގުޅޭގޮތުން ސަން ފްރަންޓް ޕްރައިވެޓް ލިމިޓެޑާއި
ދައުލަތާ ދެމެދު ހިނގާފައިވާ މުޢާމަލާތް ހުއްޓުވުމުގެ އަމުރެއް އެޤަޟިއްޔާގައި ނެރުއްވާފައި ނުވިނަމަވެސް
ދައުލަތުން ސިވިލް ކޯޓުގެ އެޤަޟިއްޔާ އިސްތިއުނާފުކޮށްފައިވަނީ ހާބަރު ސަރަޙައްދުން ބިން ވިއްކިދާނެކަމަށް
ދައުލަތަށް ޤަބޫލުކުރެވޭތީކަން ކަމުން، އިސްތިއުނާފުކުރުމުގެ އެޙައްޤު ދައުލަތަށް ފުރިހަމައަށް ލިބިދިނުމުގެ
ގޮތުން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދެއްކި ފައިސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެޤަޟިއްޔާ
ފިކުރާ ނުދީ ބެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭކަމެވެ.
ނިމެންދެން އަނބުރާ
2011
(ޅ) ހަވަނަ ކަމަކީ، 09 މާރޗް ވަނަ ދުވަހު ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/334 ޤަޟިއްޔާގެ ޙުކުމް ކުރެވުނު ހިސާބުން ފެށިގެން ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެ މަތީން އެއްބަސްވުން ނިމުމަކަށް
އައިސްފައިވާކަން ޤާނޫނީހަމަތަކުގެ މަތީން ކަށަވަރުވެފައިވަނިކޮށް، އެއެއްބަސްވުން ނިމުމަކަށް އައިކަން
ކަށަވަރުވި ތާރީޚަކީ ހައިކޯޓުން މައްސަލަ ނިންމެވި ތާރީޚުކަމުގައި އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގައި
ކަނޑައެޅުއްވި ކަނޑައެޅުއްވުމަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ
(ހ) އާ ޚިލާފު ނިންމެމު
ންމެވުމެއްކަމަށް ބުނެ ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި
2/499
ންކުeއށް
ދިވެހިރާއްޖޭގެ
s
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/217
ތިންވަނަ ފަރާތަކުން ބިންވިއްކުމުގެ މައްސަލަ ކޯޓަށް ހުށަހަޅައި، 09 މާރޗް 2011 ވަނަ ދުވަހު
ކުރި އެމައްސަލައިގެ ޙުކުމުގައި ބިން ނުވިއްކޭނެކަމަށް ކޯޓުން ކަނޑައެޅުއްވުމާ ގުޅިގެން، އެއްބަސްވުމުގެ
ދެފަރާތުންކުރެ ފަރާތެއްގެ އިޙުމާލެއްނެތި
އެބަސްވުމުގެ އިލްތިޒާމްތައް އުފުލުމަށް ދެފަރާތުން ނުކުޅެދުމާ
4 5 6
ގުޅިގެން ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ
ގޮތުގެމަތީން ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑާއި ދައުލަތާ ދެމެދު ވެފައިވާ ބިން ވިއްކުމުގެ އެއްބަސްވުން
ނިމުމަކަށް އައިސްފައިވާކަމަށް އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓުގައި
ބަޔާންކުރައްވާފައިވާކަމާއި، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދެއްކި ފައިސާ އެފަރާތަށް އަނބުރާ
ލިބެންދެން ލިބިފައިވާ އަދި ލިބެމުންދާނެކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރި
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި، އެދެފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުން ނިމުމަކަށް އައިކަން
ކަށަވަރުވި ތާރީޚަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 78/HC
-
A/2011 ޤަޟިއްޔާ ނިމުނު ތާރީޚު ކަމުގައި
އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެނިންމެވުމުން ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/334 ޤަޟިއްޔާގެ ނިންމެވުމަށް ބާރުލިބިފައިވާތީ، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް
ދަޢުވާކުރި ގެއްލުމުގެ ބަދަލު އެތާރީޚުން ފެށިގެން ނަގައިދޭންޖެހޭކަމަށް ފެންނާތީކަން އިސްތިއުނާފުކުރެވިފައިމިވާ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމެވެ.
3
އެހެންކުމެ
ވުމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1069 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލައި
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް
ފެންނަން ނެތްކަމުގައެވެ.
ދިވެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނގުން، މާލެ ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/217
079
0
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1069 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv