ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/311 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/311
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 311/HC-A/2016
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޝަމްއޫން ޖަލީލު
އައިޑީ ކާޑު ނަންބަރު: A149327
ދާއިމީ އެޑްރެސް: ގ. އަރިސް މާލެ
މިހާރުގެ އެޑްރެސް: މއ. ކުރެދިވަރުގެ އާގެ| މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 08 އޮގަސްޓް 2016
ނިމުނު ތާރީޚް: 23 އޮގަސްޓް 2016
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2016
/
5403/J
/
MD-145
• އަމުރު ނެރުނު ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދު އަމުރު
• އަމުރު ނެރުނު ތާރީޚް: 30 ޖުލައި 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/311
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް އެދި، ގ. އަރިސް
މާލެ ޝަމްއޫން ޖަލީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145 ކޯޓު އަމުރަކީ، ޤައުމުގެ ދިފާއީ
ބާރުތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސްކަތްކުރުމުގެ ތުހުމަތުކުރެވޭ މައްސަލައަކާ
ގުޅިގެން، މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި، 2016 ޖުލައި 30 ވަނަ ދުވަހުގެ 15:05 އިން
ފެށިގެން 2016 އޮގަސްޓް 14 ވަނަ ދުވަހުގެ 15:04 ގެ ނިޔަލަށް ޝަމްއޫން ޖަލީލު، މިނިސްޓްރީ އޮފް
ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ނެރުއްވާފައިވާ
އަމުރެއްކަން އެނގެން އޮވެއެވެ.
CCCX
4
39
8 ހދ8 9
ގޮތުގެ މަތީންނޫންކަމަށް
حرم می
ccc
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145 ކޯޓު އަމުރު ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ
ޝަމްއޫން ޖަލީލުގެ
ފަރާތުން އެއަމުރު އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 45 ވަނަ
މާއްދާގައި ”މިޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން
ފާސްކޮށްފައިވާ ޤާނޫނަކާ
ގޮތުގެ މަތީން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި ހިފައި
ހައްޔަރުކޮށް އަދި ބަންދުކޮށްގެންނުވާނެކަމަށް“ އޮންނައިރު ޝަމްއޫން ޖަލީލު ހިންގާފައިވާ ޢަމަލެއް
0
4 88 8 e
އެއެޤީeވެ
އެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/311
4
UC OU OX)
ޚިލާފްވަނީކޮން ޤާނޫނަކާ ނުވަތަ ކޮން ޤާނޫނެއްގެ ކޮން މާއްދާއަކާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ބުނެދެވިފައިނުވާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145 އަމުރުގައި މިއިން
އެއްވެސް ކަމަކަށް ރިޢާޔަތްކުރައްވާފައިނުވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 372/SC-A/2013
ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ށ)
ގައި، ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަންކަމަށް ނަޒަރުކުރާއިރު، މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް
އެދި ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުށަހަޅާ ސަބަބުތައް
އެގޮތުގައި ވުޖޫދުގައި ވާކަމާއި އަދި އެ ސަބަބުތައް ވުޖޫދުގައިވުމަށް މެދުވެރިވި ގޮތެއްވެސް މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ސާފުކޮށްދޭންޖެހޭ ކަން އެނގެން އޮންނައިރު، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ހުށަހެޅިފައިމިވާ މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޝަމްއޫން ޖަލީލު މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުކުރަންޖެހޭ އެއްވެސް ސަބަބެއް ސާފުކޮށްދީފައިނުވާހާލު ކްރިމިނަލް
ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145 އަމުރުން ޝަމްއޫން ޖަލީލު 15 ދުވަހުގެ މުއްދަތަށް
މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެ
ބެހެއްޓުމަށް އަންގާފައިވަނީ ބުނެވިދިޔަ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 372/SC-A/2013 ޤަޟިއްޔާގެ ނިންމެވުމާ ޚިލާފަށްކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އެންމެ ނުރައްކާތެރި އެންމެ ނޭއްގާނީ ގޮތުގައި ނަގާލެވޭ
އިންސާނީ ޙައްޤަކީ ޝަރީޢަތުން ޙުކުމެއްކުރުމުގެ ކުރީގައި ކުރެވޭ ބަންދުކަމާއި، އަދި ޝަރީޢަތުން ފައިޞަލާ
ކުރަނިވި ޙުކުމެއްކުރުމުގެ ކުރިން އެއްވެސް މީހަކު ބަންދުގައި ބަހައްޓަންވާނީ އެކަމަށް ސާފު ކަނޑައެޅިގެން
އޮވެގެންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި
އިސްތިޤުރާރުވެފައި އޮންނައިރު، މިފަދަ
ކްރިމިނަލް ކޯޓުގެ ނަންބަރު
ޝަރޫރަތެއް
ޝަރޫރަތެއް
box
R
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/311
ޑ 2
4
2 ހއ
0
2016
/
5403/J
/
MD-145 އަމުރުން ޝަމްއޫން ޖަލީލު 15 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ނިންމެވުމުގައި ރިޢާޔަތްކުރައްވާފައިނުވާ ކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: ޝަމްއޫން ޖަލީލުގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ”ދިފާޢީ
ބާރުތަކާމެދު ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާ، އަދި މީޑިއާތަކުގައި ވާހަކަދައްކާ މުޖުތަމަޢުގެ
ހަމަނުޖެހުން އުފައްދަން އުޅޭކަމަށް] ބުނެފައިވާއިރު، ބުނެވިދިޔަ އެއްވެސް މީޑިއާއެއްގައި ދިފާޢީ ބާރުތަކާމެދު
ނަފްރަތު އުފެދޭ ގޮތަށް ޝަމްއޫން ޖަލީލު ދައްކާފައިވަނީ ކޮންވާހަކައެއްކަން ބުނެދެވިފައިނުވާކަމާއި، ދިފާޢީ
ބާރުތަކާމެދު ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާ، އަދި މީޑިއާތަކުގައި ވާހަކަދެއްކުން، މިޢަމަލު
ޢާއްމުގޮތެއްގައި މާނަކޮށްފިނަމަ ދިފާޢީ ބާރުތަކުގެ ބައެއް ޢަމަލުތަކަށް ފާޑުކިޔާ އެތައް ޕޯސްޓެއް ހަމައެކަނި
ޓްވިޓަރގައި ދައުރުވަމުންދާއިރު، ހަމައެކަނި ޝަމްއޫން ޖަލީލު ހައްޔަރުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 220 ވަނަ މާއްދާ އާއި 42 ވަނަ މާއްދާއާއި 45 ވަނަ މާއްދާއާ ޚިލާފް ޢަމަލެއްކަމަށްވާއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145 އަމުރުގައި މިއިން އެއްވެސް
ރިޢާޔަތްކޮށްފައި ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރި ފަރާތުންނާއި ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ޝަމްއޫން ޖަލީލު އާއި އިތުރު ބަޔަކު ބައިވެރިވެގެން ދިވެހިރާއްޖޭގެ ދިފާޢީ ބާރުތަކާމެދުގައި
ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި، އަދި މީޑިއާތަކުގައި ވާހަކަދައްކާ
މުޖުތަމަޢުގެ ހަމަނުޖެހުން އުފައްދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ހެކި ނައްތާލަން
ކަމަކަށް
ޝާއި*
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/311
މަސައްކަތްކޮށްފާނެކަމަށް
9 މވ ހޑ 8
ބެލެވޭތީއާއި، ފިލާފާނެކަމަށް ބެލެވޭތީއާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް
ފޯރައިދާނެކަމަށް ބެލެވޭތީ، ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
748/J
/
HA-145 އަމުރުގެ ދަށުން، 2016 ޖުލައި 29 ވަނަ ދުވަހުގެ 22:28 ގައި ޝަމްޢޫން
ޖަލީލު ހައްޔަރުކުރެވިފައިވާކަން އެނގެން އޮންނައިރު؟
ޝަމްއޫން ޖަލީލު ހައްޔަރުކުރެވިފައިވާ މައްސަލައާއި ގުޅިގެން، 2016 ޖުލައި 29 ވަނަ ދުވަހުން
ފެށިގެން 15 ދުވަހުގެ މުއްދަތަށް ޝަމްއޫން ޖަލީލު ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ
މުއްދަތު އިތުރުކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: TD093260 ”ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް“ އިން ހުށަހެޅުމުން، 2016 ޖުލައި 30 ވަނަ ދުވަހުގެ 15:05 އިން
ފެށިގެން 2016 އޮގަސްޓް 14 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ޝަމްއޫން ޖަލީލު، މިނިސްޓްރީ އޮފް
ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
5403/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވާކަން އެނގެން އޮންނަކަމާއި، އެގޮތުގެ މަތީން
ޝަމްޢޫން
ޖަލީލު ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ ”މުޖުތަމަޢުގެ ހަމަޖެހުމާއި
ރައްކާތެރިކަމަށްޓަކައި، ކަން އެ އަމުރުން އެނގެން އޮންނަކަމާއި،
އޮންނަކަމާއި، އަދި އެސަބަބަކީ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ޝަމްއޫން ޖަލީލު ބަންދުކުރި ސަބަބުތަކުގެ ތެރެއިން ސަބަބެއްކަން އެނގެން
އޮންނައިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހެކި
ހުށަހަޅަންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކި ޤަރީނާ ނޫންކަމާއި، އެފަދަ މައްސަލަތަކުގައި ހެކީގެ
ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ އެކި ޤަރީނާކަމާއި،
ޝަމްއޫން ޖަލީލުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ މައްސަލައަކީ މިހާރު މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ތަޙްޤީޤުކުރަމުންދާ މައްސަލައެއްކަން ދައުލަތުގެ ފަރާތުންނާއި ޝަމްއޫން ޖަލީލުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއިގެ
ކުށެއްގެ ތުހުމަތުކުރެވިގެން ތަޙްޤީޤު ކުރެވެމުންދާ މީހަކީ ކުށެއް ކުރިކަމުގެ ތުހުމަތުގެ މަޙައްލުގައިވާ
މީހެއް ކަމާއި، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
COC
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/311
ބައްލަވަން ޖެހޭނީ، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާގެ ފަރުދީ މަޞްލަޙަތަށް އެކަނި ނޫންކަމާއި، މުޖުތަމަޢުގެ
މަސްލަޙަތު ޙިމާޔަތްކުރުމާއިއެކު ކުށުގެ ތުހުމަތުގައިވާ މީހެއްގެ ފަރުދީ މަސްލަޙަތަށްވެސް ބެލި، މުޖްތަމަޢުގެ
ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް މި ދެ މަސްލަޙަތު ބެލެންސް
ceed
ޏ އ ސ
ކުރެވެންވާނެކަމާއި
ޝަމްޢޫން
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ
ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިއަސް ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، ވަށައިގެންވާ
އެންމެހައި ކަންކަމަށް ބަލާއިރު ތުހުމަތުކުރެވޭވަރުގެ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ ތުހުމަތުކުރެވޭ
ބަންދުގައި ބެހެއްޓިދާނެކަމާއި، މިކަންކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC-A/2012
ޤަޟިއްޔާއާއި ނަންބަރު 265/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، ޖަލީލު
ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވަނީ ”މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި، ކަން
އިސްތިއުނާފުމިކުރެވޭ އަމުރަށް ބެލުމުން އެނގެން އޮންނަކަމާއި، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއްކަން އެނގެއެވެ.
(ށ) ޝަމްއޫން ޖަލީލުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ބާވަތަކީ ޤައުމުގެ ދިފާއީ ބާރު
ބާރުތަކާމެދު
ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރުމުގެ ތުހުމަތުކަން އެނގެން އޮންނައިރު،
ޝަމްއޫން ޖަލީލުގެ މައްޗަށް ތުހުމަތުކުރެވުނު މިކުށުގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރުގެ އެކަށީގެންވާ ހެކި
ފުލުހުންގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި، ޝަމްއޫން ޖަލީލުގެ މައްޗަށް
ތުހުމަތުކުރެވުނު މައްސަލައިގެ ބާވަތަށާއި، ތަބީޢަތަށާއި ކަންހިނގާފައިވާ ގޮތަށާއި، ކުޑަބޮޑު މިނުގެ މައްޗަށް
ބަލާއިރު، ޝަމްއޫން ޖަލީލު ބަންދުގައި ބެހެއްޓުމުގެ ޝަރޫރަތެއް މައުޖޫޖުވެފައި ނެތްކަމަށް ބެލެވެންނެތްކަމާއި،
މިހެންކަމުން، އިސްތިއުނާފުމިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145 ކޯޓު އަމުރު
.ގައި ކްރިމިނަލް ކޯޓުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި
ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބެލެވެންނެތްކަން އެނގެއެވެ.
2 33 29
ނއއ0 13
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ހދކަން
އި
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/311
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ
މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
cu.
އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2016
/
5403/J
/
MD-145ކޯޓު އަމުރަށް ބަދަލު ގެންނަށްޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް
ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ce O
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ