ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/131 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/131
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 131/HC-A/2015
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
1.4.6
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާމިނަތު ޢަރޫޝާ
އައިޑެންޓިޓީ ކާޑް ނަންބަރު: A150907
ދާއިމީ އެޑްރެސް:
މިލަދޫ ފަތިހު އަލި
މިހާރުގެ އެޑްރެސް: ނ. މިލަދޫ ފަތިހުގެއަލި
*
0
ހުށަހެޅުނު ތާރީޚް: 05 އެޕްރީލް 2015
ނިމުނު ތާރީޚް: 09 އޯގަސްޓް
20
0
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2014/VTR/101
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާ އަނބުރާ ހޯދުން
ހުށަހެޅުނުތާރީޚް: 24 ޖުލައި 2014
، ނިމުނު ތާރީޚް: 18 ފެބުރުއަރީ 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސް ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ދިވެހިރާއްޖެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/131
8 :
CUOC
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/101 މައްސަލަ އެ ޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުޝާފީދަޢުވާ ރައްދުވަނީ ހއ. މިލަދޫ ފަތިހު އަލީ އާމިނަތު ޢަރޫޝް އަށެވެ.
CC
41...
0
ރޯވާ އެވެ6
Ocuc >
01 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/101 މައްސަލައަކީ، އާމިނަތު އަރޫޝާ
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާގެ ދަށުން ހިނގަމުންދާ ޕްރީސްކޫލްގެ ވަޒީފާ 11
އެޕްރީލް 2012 އިން ފެށިގެން އަދާކުރަމުން ދަނިކޮށް 14 އޯގަސްޓް 2014 ގައި ވަޒީފާއިން ވަކިކުރެވޭނެކަން
އަންގާފައިވާތީ، އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ހޯދުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާ ތާރީޚުން ފެށިގެން
މައްސަލަ ނިމޭ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އެދި މިލަދުންމަޑުލު
ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާއަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން
ބައްލަވާފައިވާ މައްސަލައެއްކަން އެނގޭކަމާއިގެ
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ މައްސަލަ ހުށަހެޅިފަރާތާއި މައްސަލަ ރައްދުވި ފަރާތުން
ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މައްސަލަ ހުށަހެޅި ނ.މިލަދޫ،
ފަތިހު އަލި އާމިނަތު ޢަރޫޝާ މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާގެ ދަށުން ހިނގަމުންދާ
މިލަދޫ ޕްރީސްކޫލްގެ ޓީޗަރގެ ވަޒީފާއިން 11 އެޕްރީލް 2012 ން ފެށިގެން އަދާކުރަމުން ދަނިކޮށް 14
އޯގަސްޓް 2014 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ
މައްސަލަ ރައްދުވާ ފަރާތުގެ ޒިންމާއަކަށްވީ ހިނދު، އެކަން މައްސަލަ ރައްދުވި މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ
ކައުންސިލްގެ އިދާރާއަށް ސާބިތުކޮށްދެވިފައިނުވާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27
ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ
ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008
z
، ހައިވަނީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/131
(ވަޒީފާއާބެހޭ ޤާނޫނު) 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް އާމިނަތު އަރޫޝާ،
ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި
މައްސަލަ ރައްދުވި އިދާރާގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި
ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާ ހަމައަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އާމިނަތު ޢަރޫޝާއަށް
ލިބެންޖެހޭ ފައިސާ، މިއަދު 18 ފެބުރުއަރީ 2015 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކީ
އެއްފަހަރާ މައްސަލަ ހުށަހެޅި އާމިނަތު ޢަރޫޝާއަށް ދިނުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާއަށް
އަންގައި އަމުރުކުރަމެވެ.“ މިފަދައިންކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮމު ރިޕޯޓުން އެނގެން އޮވެއެވެ.
<%2ޑ
COCCO
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/101 މައްސަލައިގައި ނިންމަވާފައިވާ
ނިންމެވުން ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފުވާ ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް 05 (ފަހެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެތެރެއިން:
ފުރަތަމަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/101 މައްސަލަ
ނިންމެވުމުގައި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ލިޔުންތަކަށް
ބެއްލެވުމެއްނެތި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި އާމިނަތު އަރޫޝާއަކީ ދާއިމީ
ވަޒީފާއެއް އަދާކުރަމުންދިޔަ މީހެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައިވާއިރު އާމިނަތު އަރޫޝާއަށް
ދާއިމީ ވަޒީފާ ހަމަޖައްސާފައިވާކަމަށް ހުށަހަޅާފައިވާ ޗިޓަކީ މިލަދޫ ކައުންސިލްގެ އިދާރާގައިވެސް އަދި މިލަދޫ
ޕްރީސްކޫލުގެ ލިޔެކިޔުންތަކުގައިވެސް ފެންނަންނެތް ލިޔުމެއްކަމަށް މައްސަލަ ރައްދުވިފަރާތުން
ބުނެފައިވާއިރުވެސް އާމިނަތު އަރޫޝާއަކީ ވަޒީފާ ދާއިމީކޮށްފައިވާ މުވައްޒަފެއްކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ބައްލަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކު
0
ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/131
4
ތިންވަނަ ނުކުތާއަކީ: މިލަދޫ ކައުންސިލުން ހިންގާ ޕްރީސްކޫލަށް ވަގުތީ ޓީޗަރުން ހޯދުމަށް ނ.މިލަދޫ
ކައުންސިލުން އިޢުލާނުކޮށްފައިވަނީ 17 މާރިޗް 2012 ވަނަ ދުވަހު ކަމާއި، އަދި މި މަޤާމަށް ކުރިމަތިލާ
މީހުންގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރަކީ ޕްރީސްކޫލް ޓީޗިން އެޑްވާންސް ސެޓްފިކެޓް ލެވެލް 04
ޙާޞިލުކޮށްފައިވުންކަމާއި، އަދި މިމަޤާމަކީ ވަގުތީ ގޮތުން ދެވޭ މަޤާމެއްކަން މިދެންނެވި އިޢުލާނުން އެނގޭ
އިރު އަދި މައްސަލަ ހުށަހެޅި ފަރާތަށް ވަޒީފާ ދިން ލިޔުމަށް ބެލުމުންވެސް އެ މަޤާމަކީ ވަގުތީ މަޤާމެއްކަން
އެނގޭއިރު މިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2014/VTR/101 މައްސަލަ
ނިންމެވި އިރު ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ނ) (ރ) (ބ)
(ޅ) (ކ) (އ) (ވ) މި މާއްދާތަކަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: މިލަދޫ ކައުންސިލުން ހިންގާ ޕްރީސްކޫލަށް ވަގުތީ ޓީޗަރުން ހޯދުމަށް
ނ.މިލަދޫ ކައުންސިލުން އިޢުލާންކޮށްފައިވަނީ 17 މާރިޗް 2012 ދުވަހު ކަމާއި، މި އިޢުލާނުގައި
ބަޔާންކޮށްފައިވާ ޝަރުތަކީ ޕްރީސްކޫލް ޓީޗިން ލެވެލް 04 (އެޑްވާންސްޑް ސެޓްފިކެޓުކަމާއި، އަދި އިޢުލާނުގައި
ކަނޑައަޅާފައިވާ މުސާރައަކީ ޝަރުތުހަމަވާ ފަރާތަކަށް ކަނޑައެޅިފައިވާ މުސާރައެއްކަމާއި، މައްސަލަ ހުށަހެޅި
އާމިނަތު ޢަރޫޝާއަކީ ޝަރުޠު ފުރިހަމަ ނުވާ ފަރާތެއް ކަމާއި، އަދި އެފަރާތަށް ވަޒީފާ ހަމަޖައްސާފައިވަނީ
ކޮންގޮތަކުންކަމާއި، އަދި އިޢުލާނުގައި ބުނާ މުސާރަ އާމިނަތު އަރޫޝާއަށް ދެމުންދަނީ ކަނޑައެޅިފައިވާ
އުޞޫލުތަކާ ޚިލާފަށްކަން އެނގޭއިރު މިކަންކަމުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައި ނުވާ
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
"101/VTR/2014
03- މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
މައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/131
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) އާމިނަތު ޢަރޫޝާ ނ. މިލަދޫ ކައުންސިލްގެ އިދާރާގެ ދަށުން ހިނގަމުންދާ މިލަދޫ ޕްރީސްކޫލްގެ
ޓީޗަރގެ ވަޒީފާ 11 އެޕްރީލް 2012 ން ފެށިގެން އަދާކުރަމުން ދަނިކޮށް 14 އޯގަސްޓް 2014 ގައި
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ނ.މިލަދޫ ކައުންސިލްގެ އިދާރާއަށް
ސާބިތުކޮށްދެވިފައިނުވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް މައްސަލަ ބެލި
މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، އާމިނަތު ޢަރޫޝާ، ވަޒީފާއިން ވަކިކުރުމުގެ ކުރިން
އަދާކުރަމުން ދިޔަ ވަޒީފާގައި ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވި އިދާރާގެ
ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މިމައްސަލަ
ނިމުނު ދުވަހާ ހަމައަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އާމިނަތު ޢަރޫޝާއަށް ލިބެންޖެހޭ ފައިސާ، 18
ފެބުރުއަރީ 2015 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އާމިނަތު ޢަރޫޝާއަށް
ދިނުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ނ.
މިލަދޫ ކައުންސިލްގެ އިދާރާއަށް އަންގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2014/VTR/101 މައްސަލަ ނިންމަވާފައިވާކަން އެނގެންއޮވެއެވެ.
4 22 22 92
އ(ބފއވާ
.
މިލަދޫ ޕްރީސްކޫލަށް ވަގުތީ މުވައްޒަފުން ބޭނުން ވެގެން މިލަދުންމަޑުލު ދެނުކުބުރި މިލަދޫ
ކައުންސިލުގެ އިދާރާގެ ފަރާތުން އެކައުންސިލުގެ ނަންބަރު 292/2012/002(I) (17 މާރޗް 2012)
އިޢްލާނުން ޢާންމުކޮށް އިޢުލާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، ވަގުތީ މުވައްޒަފުން ހޯދުމަށް ބޭނުންވާ
މަޤާމަކީ ޕްރީސްކޫލް ޓީޗަރ ކަމާއި ފެންވަރު ނުވަތަ ޝަރުޠަކީ ޕްރީސްކޫލް ޓީޗިން އެޑްވާންސް ސެޓްފިކެޓެއް
ޙާޞިލުކޮށްފައިވުން ކަމާއި، އެވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
އާއި އައިޑީ ކާޑުގެ ކޮޕީއާއެކު 2012 މާރޗް 21 ވި ބުދަ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދު
ސިޓީއަކުން ހުށަހަޅަންޖެހޭ ކަން އިޝާރާތްކުރެވުނު އިޢުލާނަށް ބެލުމުން އެނގެން އޮވެއެވެ.
CCCX
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/131
04
(ނ) ވަގުތީ މުދައްރިސުން ހޯދުމަށް ކުރެވުނު އިޢުލާނާގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން
ނ.މިލަދޫ ފަތިހު އަލީ އާމިނަތު ޢަރޫޝާއަށް ނ. މިލަދޫ ކައުންސިލްގެ ފަރާތުން ނ.މިލަދޫ ޕްރީސްކޫލުގެ ވަގުތީ
މުދައްރިސްގެ ވަޒީފާ 2012 އޭޕްރީލް 11 ވަނަ ދުވަހު ދީފައިވާކަން އެނގެން އޮންނަކަމާއި،
އިޝާރާތްކުރެވުނު އިޢުލާނާ ގުޅިގެން އެމަޤާމަށް އެދި އާމިނަތު ޢަރޫޝާ ހުށަހެޅި ލިޔުން ތަކުގެ
ތެރޭގައި ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓް ހުށަހަޅާފައިނުވާކަމާއި އެސެޓްފިކެޓްގެ ކޮޕީ ހުށަހެޅީ އާމިނަތު
ޢަރޫޝާއަށް އެވަޒީފާ ހަމަޖެހުމަށްފަހުގައިކަން އާމިނަތު އަރޫޝާ މިލަދުންމަޑުލު ދެނުކުބުރި މިލަދޫ ކައުންސިލުގެ
އިދާރާއަށް 2014 ޖޫން 30 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނައިރު؟
”އެޑްވާންސް ސެޓްފިކެޓް އިން އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން، ކޯސް އާމިނަތު ޢަރޫޝާ
ފުރިހަމަކޮށް ސަނަދު ޙާޞިލްކޮށްފައިވަނީ 2012 ޖޫން 05 ގައިކަން މިލަދުންމަޑުލު ދެނުކުބުރި މިލަދޫ
ކައުންސިލުގެ އިދާރާއަށް ފޮނުވާފައިވާ މައި ކޮލެޖްގެ ނަންބަރު 2014
/
136/MIC
/
103
/
MISC (24 ޖޫން
2014) ސިޓީން އެނގެން އޮވެއެވެ.
COCX
CCCX
198
.
(ރ) ނ.މިލަދޫ ޕްރީސްކޫލުގެ ވަޒީފާއަށް މީހުން ބޭނުން ވެގެން މިލަދުންމަޑުލު ދެނުކުބުރި މިލަދޫ
ކައުންސިލުގެ އިދާރާގެ ފަރާތުން ކުރި އެކައުންސިލުގެ ނަންބަރު 1292/2012/002) (17 މާރޗް 2012)
އިޢުލާނާއި، އާމިނަތު އަރޫޝާގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާނުންވެސް އާމިނަތު ޢަރޫޝާއަށް މިލަދޫ
ކައުންސިލްގެ ފަރާތުން 2012 އޭޕްރީލް 11 ވަނަ ދުވަހު ދީފައިވަނީ ވަގުތީ ވަޒީފާއެއްކަން އެނގެން
އޮންނަކަމާއި، އެއީ ނ.މިލަދޫ ޕްރީސްކޫލުގެ ވަގުތީ މުދައްރިސްގެ ވަޒީފާކަން އެނގެން އޮންނައިރު، އާމިނަތު
އަރޫޝާގެ ވަޒީފާ 2012 ޖުލައި 15 ގައި ދާއިމީ ކޮށްފައިވާކަން އެނގޭނެ ޗިޓެއް އާމިނަތު ޢަރޫޝާގެ
ފަރާތުން ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި، އެޗިޓަކީ މިލަދޫ ކައުންސިލްގެ އިދާރާގައިވެސް އަދި މިލަދޫ
ޕްރީސްކޫލުގެ ލިޔެކިޔުންތަކުގައިވެސް ފެންނަންނެތް ލިޔުމެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގެން
އޮންނަކަމާއި، އެހެންކަމުން އާމިނަތު އަރޫޝާގެ ވަޒީފާ ދާއިމީ ކޮށްފައިވަނީ އެމަޤާމަށް މީހުން ހޯދުމަށް ކުރި
އިޢުލާނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ހަމަތަކާއި ޝަރުޠުތަކާ އެއްގޮތަށް ކަމަށް ބެލެވެން ނެތްކަން
އެނގެން އޮވެއެވެ.
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/131
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު: 2014/VTR/101 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/101 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް
ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/101 މައްސަލައިގައި
ނިންމަވާފައިވާ ނިންމެވުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ބާޠިލްކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ