ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/185 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 185/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: ޒަރީނާ ޢަލީ
ދާއިމީ އެޑްރެސް: ލ. ކަފިޔާވިލު ކ. މާލެ
އައި.ޑީ. ކާޑު ނަންބަރު: A111632 * މިހާރުގެ އެޑްރެސް: ލ. ކަފިޔާވިލު ކ. މާލެ
.
0
ޑ 8
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ނަޒާކީ ސާރވިސަސް ޕްރައިވެޓް
ރަޖިސްޓްރީ ނަންބަރ: 33
/
85-C
ދާއިމީ އެޑްރެސް: މ. އަހުމަދުއާބާދު ކ. މާލެ
މިހާރުގެ އެޑްރެސް: މ. އަހުމަދުއާބާދު/ ކ. މާލެ
ހުށަހެޅުނު ތާރީޚް: 06 ޖުލައި 2016
ނިމުނު ތާރީޚް: 23 އޮގަސްޓް 2016
1
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/MC
/
2010
)
545
/
Cv
-
C/1229)
ނިންމެވިކޯޓް: ސިވިލް ކޯޓު
ޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 03 މެއި 2010 * ނިމުނު ތާރީޚް: 13 ފެބްރުއަރީ 2014
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
އެހިރާއްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
ދަޢުވާގެ ޚުލާޞާގެ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ކަފިޔާވިލު މާލެ ޒަރީނާ ޢަލީގެ ފަރާތުން އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.
ހ(4
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާއަކީ، 27 ޖެނުއަރީ 2007 ގައި
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި މ. ކަފިޔާވިލު މާލެ ޒަރީނާ ޢަލީ (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު:A111632) އާދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ ޢިމާރާތް
ހެދުމާބެހޭ މުޢާމަލާތު ނިމުމަކަށް އައިސްފައިވަނީ ދެފަރާތުންކުރެ ކޮންމެ ފަރާތެއްގެ ސަބަބަކާހުރެކަމުގައި ވިއަސް
މިމުޢާމަލާތު ނިމުމަކަށް އުމާހަމައަށް ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދަކީ
ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްނުވެވޭނަމަ ޝަރީޢަތް މެދުވެރިވެ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ބަލައި ވަޒަންކުރުމަށްފަހު، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފި ހިނދެއްގައި
ދަށުކޯޓުން ބަލައި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން މިމައްސަލައާމެދު ފައިޞަލާކުރަނިވި ނިޔާއެއް
ކަނޑައަޅަންޖެހޭނެ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 197/HC-A/2008 ޤަޟިއްޔާގެ
ރިޕޯޓުގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ހަތްވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ
ފައިވާތީއާއި، އެޤަޟިއްޔާގެ ޙުކުމުގެ ދަށުގައި ލިޔުއްވާފައިވާ ނޯޓުގައި ނަޒާކީ ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުން ކޮށްފައިވާ ޚަރަދާބެހޭ މައްސަލަ އެޤަޟިއްޔާގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ
ތެރެއިން ހަތްވަނަ ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ބެލުމަށް އެޙުކުމް
ހުރަސްނާވާކަމަށް ފާހަގަކުރައްވާފައިވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އިސްވެ ޙަވާލާދެވުނު އެއްބަސްވުން
0
CU O
z
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
ނިމުމަކަށް އައިއިރު، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ޚަރަދުވެފައިވާ 659,829
/
75ރ. (ހަލައްކަ
ފަންސާސްނުވަހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ ހަތްދިހަފަސް ލާރި) ޒަރީނާ ޢަލީގެ ކިބައިން ހޯދުމަށް އެދި،
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި،
މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، 27 ޖެނުއަރީ 2007 ގައި
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި މ. ކަފިޔާވިލު ކ.މާލެ ޒަރީނާ ޢަލީ (ދިވެހި ރައްޔިތެއްކަން
އަންގައިދޭ
މިދޭ ކާޑު ނަންބަރު:A111632} އާދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ ޢިމާރާތް
ހެދުމާބެހޭ މުޢާމަލާތު ނިމުމަކަށް އައިސްފައިވަނީ ދެފަރާތުންކުރެ ކޮންމެ ފަރާތެއްގެ ސަބަބަކާހުރެކަމުގައި
ވިއަސް މިމުޢާމަލާތު ނިމުމަކަށް އައުމާހަމައަށް ނަޒްކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދަކީ
ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްނުވެވޭނަމަ ޝަރީޢަތް މެދުވެރިވެ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ބަލައި ވަޒަންކުރުމަށްފަހު، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފި ހިނދެއްގައި
ދަށުކޯޓުން ބަލައި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން މިމައްސަލައާމެދު ފައިޞަލާކުރަނިވި ނިޔާއެއް
ކަނޑައަޅަންޖެހޭނެ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 197/HC-A/2008 ޤަޟިއްޔާގެ
ރިޕޯޓުގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ހަތްވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ
ފައިވާތީއާއި، އަދި އެޤަޟިއްޔާގެ ޙުކުމުގެ ދަށުގައި ލިޔުއްވާފައިވާ ނޯޓުގައި ނަޒާކީ ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުން ކޮށްފައިވާ ޚަރަދާބެހޭ މައްސަލަ އެޤަޟިއްޔާގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ
ތެރެއިން ހަތްވަނަ ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ބެލުމަށް އެޙުކުމް
ހުރަސްނާޅާކަމަށް ފާހަގަކުރައްވާފައިވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އިސްވެ ޙަވާލާދެވުނު އެއްބަސްވުން
ނިމުމަކަށް އައިއިރު، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން 659,829
/
75ރ. (ހަލައްކަ
އްޖޭގެ
ކައި
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
ފަންސާސްނުވަހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ / ހަތްދިހަފަސް ލާރި) ޒަރީނާ ޢަލީގެ ކިބައިން ހޯދުމަށް އެދި
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި، ޒަރީނާ ޢަލީ އާދެމެދު 27 ޖެނުއަރީ 2007 ގައި
ވެފައިވާ އެއްބަސްވުމުގައި ޒަރީނާ ޢަލީ ޚިލާފުވެފައިވާކަމަށްބުނެ، އެއެއްބަސްވުމުގެ ދަށުން ނަޒާކީ ސަރވިސަސް
ޕްރައިވެޓް ލިމިޓެޑުން ކުރި ޚަރަދުތައް ޒަރީނާ ޢަލީގެ ކިބައިން ހޯދުމަށްއެދި ނަޒާކީ ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުން ޒަރީނާ ޢަލީގެ މައްޗަށް މަދަނީ ކޯޓުގައި ދަޢުވާކުރުމުން ބެލުނު، އެ ކޯޓުގެ ނަންބަރު:
2007/MC/1480 ޤަޟިއްޔާގެ ޙުކުމުގައި ޒަރީނާ ޢަލީ އެއެއްބަސްވުމާ ޚިލާފުވެފައިވާކަން ޝަރީޢަތަށް
ސާބިތުނުވާކަމަށް ކަނޑައަޅައިފައިވާކަމާއި، އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން
އެކޯޓުގެ ނަންބަރު: 197/HC-A/2008 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ނަންބަރު: 2007/MC/1480
ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފައިވާކަމާއި، އަދި ޙަވާލާދެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި
ފަނޑިޔާރުންނަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރެއިން ހަތްވަނަ ކަމެއްގެ ގޮތުގައި، ދެފަރާތުގެ ދެމެދުގައި
ވެފައިވާ އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ ޢިމާރާތް ހެދުމާއިބެހޭ މުޢާމަލާތް ވަކިހިސާބަކުން ނިމުމަކަށް
އައިސްފައިވަނީ އެދެފަރާތުންކު
ފަރާތުންކުރެ ކޮންމެ ފަރާތެއްގެ ސަބަބަކާހުރެގެންކަމަށް
ގެންކަމަށްވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ އެމުޢާމަލާތް ނިމުމަކަށް އައުމާހަމައަށް ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން
ކޮށްފައިވާ ޚަރަދާބެހޭގޮތުން ދެފަރާތް ވަކިގޮތަކަށް އެއްބަސްވާނަމަ އެގޮތުގެމަތިން އަދި ދެފަރާތްދެމެދު
ވަކިގޮތަކަށް އެއްބަސްނުވެވޭނަމަ ޝަރީޢަތް މެދުވެރިވެ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަން ބަލައި
ވަޒަންކުރުމަށްފަހު އެޚަރަދާބެހޭ މައްސަލައަކީ، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފި
ހިނދެއްގައި ދަށުކޯޓުން ބަލައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެމައްސަލައާމެދު ފައިޞަލާކުރަނިވި
ނިޔާއެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށާއި،
CU O
3
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/185
.އeކޮށް
މިގޮތުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ދެމެހެއްޓު އެއެއްބަސްވުމުގެ ބައިވެރިން
ބޭނުންނުވާހިނދު، އެއެއްބަސްވުމަކީ މިހާރު ނިމުމަކަށް އައިސްފައިވާ އެއްބަސްވުމެއްކަން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު: 188/HC-A/2008 ޤަޟިއްޔާއިން އެނގެން އޮތުމާއި، އެމައްސަލައިގައި ޒަރީނާ ޢަލީ
14 މެއި 2009 ގައި ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ކޮންމެ މަހަކު -/5,000ރ. (ފަސްހާސް
ރުފިޔާ) ގެ މަގުން ފައިސާ ދައްކަމުންގޮސް އެކުޖުމްލަ -/450,000ރ. (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ)
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދުގެ ބަދަލުގެ ގޮތުގައި ދިނުމަށް ޒަރީނާ ޢަލީ
އެއްބަސްވެފައިވާހިނދު، ޒަރީނާ ޢަލީ އެހުށަހެޅި ގޮތް ނަޒްކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން
ޤަބޫލުކޮށްފައިވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ނަޒާކީ ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުން ކޮށްފައިވާ ޚަރަދުގެ ގޮތުގައި ޒަރީނާ ޢަލީ ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ -/
450,000ރ.
(ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) ކަމަށް ކަނޑައަޅައި،
މިފައިސާ ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިއަދު 13 ފެބްރުއަރީ
2014 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން -/5,000ރ. (ފަސްހާސް ރުފިޔާ) މިކޯޓަށް ދައްކަމުންގޮސް،
މިފައިސާ މިގޮތުން ދައްކައި ޚަލާޞްކުރުމަށް ޒަރީނާ ޢަލީއަށް އަންގައި ޙުކުމްކޮށްފީމެވެ.“
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
02- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޒަރީނާ ޢަލީގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 01 (އެކެއް) ނުކުތާ ފާހަގަކޮށް އެނުކުތާއާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއީ:-
ޑ 0 =
އާއެކެވެ
ޑިން އޮވެއެވެ.
CCCO
• އެ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2007/MC/1480 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރެވިގެން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 197/HC
-
A/2008 ޤަޟިއްޔާގައި
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
4 •
މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރެއިން 5 ވަނަ ނަންބަރުގެ ހަތްވަނަ
ނުކުތާގައި ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ހަދަންޖެހޭ ޢިމާރާތް ހެދުމާބެހޭ މުޢާމަލާތް
ވަކި ހިސާބަކުން ނިމުމަކަށް އައިސްފައިވަނީ އެދެފަރާތުންކުރެ ކޮންމެ ފަރާތެއްގެ ސަބަބަކާ ހުރެގެން
ކަމަށްވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އެ މުޢާމަލާތް ނިންމުމަކަށް އައުމާހަމައަށް
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ޚަރަދާބެހޭ ގޮތުން ދެފަރާތް ވަކިގޮތަކަށް
އެއްބަސްވާނަމަ އެގޮތުގެ މަތީން އަދި އެދެފަރާތް ދެމެދު ވަކިގޮތަކަށް އެއްބަސްނުވެވޭނަމަ ޝަރީޢަތް މެދުވެރިވެ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތީން އެކަން ބަލާ ވަޒަންކުރުމަށްފަހު އެ ޚަރަދާ ބެހޭގޮތުން ނަޒާކީ
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކޮށްފި ހިނދެއްގައި ދަށުކޯޓުން ބަލާ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތީން އެ މައްސަލައާމެދު ފައިސަލާކުރަނިވި ނިޔާއެއް ކަނޑައަޅަންޖެހޭނެ މައްސަލައެއްކަމަށް
ބަޔާންކޮށްފައިވާއިރު، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޒަރީނާ ޢަލީގެ މައްޗަށް ސިވިލް
ކޯޓުގައި 03 މެއި 2010 ގައި ފައިސާ ހޯދުމުގެ ދަޢުވާއެއް ކުރި ހިނދު އެދަޢުވާގެ ޙުކުމަށް ވާސިލުވުމުގައި
މަތީގައިވާ ދެންނެވުނު ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކުރެއްވި ނުކުތާގެ މަފްހޫމާ ޚިލާފަށް ސިވިލް ކޯޓުން
މައްސަލަ ނިންމަވައި، ޒަރީނާ ޢަލީއަށް މުޢާމަލާތާ ގުޅިގެން ލިބިފައިވާ ބޮޑު ގެއްލުމުގެ ބަދަލު
ހޯދުމަށްޓަކައި ހުށަހެޅުނު ”ކައުންޓާ ކްލެއިމް، ސަބަބެއް ވިދާޅުނުވެ ބައްލަވައި ދެއްވާފައި ނުވާކަމަށް
ހުށަހެޅި ނުކުތާއެވެ.
58 ހދ
co
ބުނެ
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި،
އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޒަރީނާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
*2
(ހ) ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާއަކީ، 27 ޖެނުއަރީ 2007 ގައި
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ކަފިޔާވިލު! މާލެ ޒަރީނާ ޢަލީ (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު:A111632} އާދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ ޢިމާރާތް
ހެދުމާބެހޭ މުޢާމަލާތު ނިމުމަކަށް އައިސްފައިވަނީ ދެފަރާތުންކުރެ ކޮންމެ ފަރާތެއްގެ ސަބަބަކާހުރެކަމުގައި ވިއަސް
މިމުޢާމަލާތު ނިމުމަކަށް އައުމާހަމައަށް ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދަކީ
ދެފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްނުވެވޭނަމަ ޝަރީޢަތް މެދުވެރިވެ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ބަލައި ވަޒަންކުރުމަށްފަހު، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފި ހިނދެއްގައި
ދަށުކޯޓުން ބަލައި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން މިމައްސަލައާމެދު ފައިޞަލާކުރަނިވި ނިޔާއެއް
ކަނޑައަޅަންޖެހޭނެ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 197/HC
-
A/2008 ޤަޟިއްޔާގެ
ރިޕޯޓުގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ހަތްވަނަ
ކަމެއްގެ ގޮތުގައި
ފާހަގަކުރައްވާފައިވާތީއާއިޑް
އެޤަޟިއްޔާގެ ޙުކުމުގެ ދަށުގައި ލިޔުއްވާފައިވާ ނޯޓުގައި ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން
ކޮށްފައިވާ ޚަރަދާބެހޭ މައްސަލަ އެޤަޟިއްޔާގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ތެރެއިން
ހަތްވަނަ ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ބެލުމަށް އެޙުކުމް
ހުރަސްނާޅާކަމަށް
ސްނާވާކަމަށް ފާހަގަކުރައްވާފައިވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އިސްވެ ޙަވާލާދެވުނު އެއްބަސްވުން
ނިމުމަކަށް އައިއިރު، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ޚަރަދުކޮށްފައިވާ 659,829
/
75ރ. (ހަލައްކަ
ފަންސާސްނުވަހާސް އަށްސަތޭކަ ނަވާވީސްރުފިޔާ ހަތްދިހަ ފަސްލާރި) ޒަރީނާ ޢަލީގެ ކިބައިން ހޯދުމަށް އެދި
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި؛
ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް
ބައިވެރިން
ބޭނުންނުވާހިނދު، އެއެއްބަސްވުމަކީ މިހާރު ނިމުމަކަށް އައިސްފައިވާ އެއްބަސްވުމެއްކަން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 188/HC-A/2008 ޤަޟިއްޔާއިން އެނގެން އޮތުމާއި، އެމައްސަލައިގައި ޒަރީނާ ޢަލީ
14 މެއި 2009 ގައި ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ކޮންމެ މަހަކު -/5,000ރ. (ފަސްހާސް
ރުފިޔާ) ގެ މަގުން ފައިސާ ދައްކަމުންގޮސް އެކުޖުމްލަ -/450,000ރ. (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ)
ންކުބާވެr
އެއެއްބަސްވުމުޖެ
އެހިރާއްޖޭގެ
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދުގެ ބަދަލުގެ ގޮތުގައި ދިނުމަށް ޒަރީނާ ޢަލީ
އެއްބަސްވެފައިވާހިނދު، ޒަރީނާ ޢަލީ އެހުށަހެޅި ގޮތް ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން
ޤަބޫލުކޮށްފައިވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ނަޒާކީ ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުން ކޮށްފައިވާ ޚަރަދުގެ ގޮތުގައި ޒަރީނާ ޢަލީ ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ -/450,000ރ.
(ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) ކަމަށް ކަނޑައަޅައި، އެފައިސާ ނަޒާކީ ސަރވިސަސް ޕްރައިވެޓް
ލިމިޓެޑަށް ލިބިދިނުމަށްޓަކައި، 13 ފެބްރުއަރީ 2014 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން -/5,000ރ.
ފަސްހާސްރުފިޔާ) ސިވިލް ދައްކަމުންގޮސް، އެފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ޒަރީނާ
ޢަލީއަށް އަންގައި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން
6
CCCXOC
އިންޤީށއފއވާ
uc
ކޮންމެ
ފ ދ ތ 8 ·
(ނ) ސިވިލް ކޯޓުގެ ނަންބަރު 2007/MC/1480 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރެވިގެން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 197/HC
-
A/2008 ޤަޟިއްޔާގައި
މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރެއިން 5 ވަނަ ނަންބަރުގެ ހަތްވަނަ
ނުކުތާގައި ދެފަރާތް ދެމެދު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ހަދަންޖެހޭ ޢިމާރާތް ހެދުމާބެހޭ މުޢާމަލާތް
ވަކި ހިސާބަކުން ނިމުމަކަށް އައިސްފައިވަނީ އެދެފަރާތުންކުރެ
ސަބަބަކާ ހުރެގެން
ކަމަށްވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އެ މުޢާމަލާތް ނިމުމަކަށް އައުމާ ހަމައަށް ނަޒާކީ
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ޚަރަދާބެހޭ ގޮތުން ދެފަރާތް ވަކިގޮތަކަށް
އެއްބަސްވާނަމަ އެގޮތުގެ މަތީން އަދި އެދެފަރާތްދެމެދު ވަކިގޮތަކަށް އެއްބަސްނުވެވޭނަމަ ޝަރީޢަތް މެދުވެރިވެ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތީން އެކަން ބަލާ ވަޒަންކުރުމަށްފަހު އެ ޚަރަދާ ބެހޭގޮތުން ނަޒާކީ
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކޮށްފި ހިނދެއްގައި ދަށުކޯޓުން ބަލާ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތީން އެ މައްސަލައާމެދު ފައިސަލާކުރަނިވި ނިޔާއެއް ކަނޑައަޅަންޖެހޭނެ މައްސަލައެއްކަމަށް
ބަޔާންކޮށްފައިވާއިރު؟
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޒަރީނާ ޢަލީގެ މައްޗަށް ސިވިލް ކޯޓުގައި 03
މެއި 2010 ގައި ފައިސާ ހޯދުމުގެ ދަޢުވާއެއް ކުރި ހިނދު އެދަޢުވާގެ ޙުކުމަށް ވާސިލުވުމުގައި މަތީގައި
ބަޔާންކުރެވުނު ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކުރެއްވި ނުކުތާގެ މަފްހޫމާ ޚިލާފަށް ސިވިލް ކޯޓުން މައްސަލަ
ނިންމަވައި، ޒަރީނާ ޢަލީއަށް މި މުޢާމަލާތާ ގުޅިގެން ލިބިފައިވާ ބޮޑު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި
ހުށަހެޅުނު ”ކައުންޓާ ކްލެއިމް“ ސަބަބެއް ވިދާޅުނުވެ ބައްލަވައި ދެއްވާފައި ނުވާކަމަށް ބުނެ ސިވިލް ކޯޓުގެ
ނަންބަރު 2010/Cv-C/545 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޒަރީނާ ޢަލީގެ ފަރާތުން، ދިވެހިރާއްޖޭގެ
ހައިކޯޓުގައި ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު؛
އިސްތިއުނާފްކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.4 ވަނަ ނުކުތާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
197/HC
-
A/2008 ޤަޟިއްޔާގެ 4 ވަނަ ނަންބަރުގެ (ހ) އިން އެނގެން އޮންނަ ގޮތުގައި، ޝަރީޢަތުން
ފައިޞަލާކުރަންވާނީ، ހުށަހެޅިފައިވާ މައްސަލައިގެ ދަޢުވާގައި އެދިފައިވާ ކަންކަމުގެ މައްޗަށްކަމުން ޒަރީނާ ޢަލީ
އެދިފައިވާ ކަންކަމަކީ އިސްތިއުނާފްކުރެވިފައިމިވާ މައްސަލައިގެ ދަޢުވާގައި ހިމެނިފައިވާ ކަންކަންކަމުގައި ނުވާތީ
ޒަރީނާ ޢަލީ އެދިފައިވާ ކަންކަން ބަލައިދެވެންނެތްކަމަށް ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަމާއި،
މައްސަލައެއް ކުރިއަށްދާއިރުގައި ދެފަރާތުން ހުށަހަޅާ ހުށަހެޅުންތަކާމެދު ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން
ބެލުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތްއިރު، މައްސަލައިގެ ފައިސަލާކުރަނިވި ޙުކުމަކަށް ވާޞިލުވުމުގައި
ދެފަރާތުން ހުށަހަޅާ ކަންތައްތައް ވަޒަންކޮށް ބެލެވޭނެކަމާއި،
އެހެން ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާގެ ޝަރީޢަތުގެ
މަރުޙަލާގައި، 27 ޖެނުއަރީ 2007 ގައި ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި
ކަފިޔާވިލު މާލެ
ޒަރީނާ ޢަލީ އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ ޢިމާރާތް ހެދުމާބެހޭ މުޢާމަލާތް
ނިމުމަކަށް އައުމާ ގުޅިގެން، ޒަރީނާ ޢަލީއަށް އެ މުޢާމަލާތާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު
ހޯދުމަށްޓަކައި ހުށަހެޅުނު ”ކައުންޓާ ކްލެއިމް، އާމެދު ގޮތެއް ކަނޑައެޅުމަކާއި ނުލައި، އިސްތިއުނާފު މިކުރެވޭ
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެންއޮވެއެވެ.
.
OCX
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
4 e
އައެމާހަމައިން
(ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 197/HC-A/2008 ޤަޟިއްޔާގައި، ފަނޑިޔާރުންނަށް
ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ހަތްވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ، 27 ޖެނުއަރީ 2007 ގައި
ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޒަރީނާ ޢަލީއާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން
ހަދަންޖެހޭ ޢިމާރާތް ހެދުމާބެހޭ މުޢާމަލާތް ވަކި ހިސާބަކުން ނިމުމަކަށް އައިސްފައިވަނީ އެދެފަރާތުންކުރެ ކޮންމެ
ފަރާތެއްގެ ސަބަބަކާ ހުރެގެންކަމަށްވިޔަސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އެމުޢާމަލާތް
ނިމުމަކަށް މައަށް ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދާބެހޭގޮތުން ދެފަރާތް
ވަކިގޮތަކަށް އެއްބަސްވާނަމަ އެގޮތުގެމަތިން އަދި ދެފަރާތްދެމެދު ވަކިގޮތަކަށް އެއްބަސްނުވެވޭނަމަ ޝަރީޢަތް
މެދުވެރިވެ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަން ބަލައި ވަޒަންކުރުމަށްފަހު އެޚަރަދާބެހޭ
މައްސަލައަކީ، ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފި ހިނދެއްގައި ދަށުކޯޓުން ބަލައި
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެމައްސަލައާމެދު ފައިޞަލާކުރަނިވި ނިޔާއެއް ކަނޑައަޅަންޖެހޭ
މައްސަލައެއްކަމަށް ބަޔާންކުރެވިފައި އޮތުމަކީ، އެމުޢާމަލާތާ ގުޅިގެން ޒަރީނާ ޢަލީއަށް ލިބިފައިވާ ގެއްލުމުގެ
ބަދަލު ދެނެގަނެ މިންކުރުމަށް ހުރަހެއް އޮތްކަމެއްކަމަށް ނުބެލެވޭކަމާއި؛
އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ދަށުން ޒަރީނާ ޢަލީއަށް ލިބިފައިވާ ގެއްލުމާމެދު
ވަކި ގޮތެއް ކަނޑައެޅިފައިނުވި ނަމަވެސް އެކަމާމެދު ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިގެން ގޮތެއް
ކަނޑައެޅުމުގެ ޙައްޤު ގެއްލިގެން ނުދާނެ ކަމާއި، ހަމައެހެންމެ ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހެޅި އިސްތިއުނާފުމިކުރެވޭ ސިވިލް ކޯޓުގެ މައްސަލައިގައި ޒަރީނާ ޢަލީއަށް ލިބިފައިވާ ގެއްލުމާމެދު
ވަކި ގޮތެއް ކަނޑައެޅުއްވު ނުލައި މައްސަލަ ނިންމެވުމަކީ، ޒަރީނާ ޢަލީއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު
ހޯދުމަށް މައްސަލަ އަލުން ހުށަހަޅައިގެން ބެލުމުގެ ޙައްޤު ގެއްލިގެންދާނެކަމެއް ކަމަށް ބެލެވެން ނެތްކަމާއި؛
27 ޖެނުއަރީ 2007 ގައި ނަޒާކީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޒަރީނާ ޢަލީ އާދެމެދު
ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ ޢިމާރާތް ހެދުމާބެހޭ މުޢާމަލާތާ ގުޅިގެން ނަޒާކީ ސަރވިސަސް
ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އެފަރާތަށް ލިބިގެންވާފަދައިން އެ
މުޢާމަލާތާ ގުޅިގެން ޒަރީނާ ޢަލީއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ޒަރީނާ
ޢަލީއަށްވެސް ލިބިގެންވާކަން އެނގެއެވެ.
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/185
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/545 ޤަޟިއްޔާ ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/545 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
ޒަރީނާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.