ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/256 ޤަޟިއްޔާގެ ޙުކުމް
.
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/256
A/k
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ލައްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 256/HC
-
A/2015
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މުޙައްމަދު ވާފިރު އަޙްމަދު
* ދާއިމީ އެޑްރެސް: ހުދުފިނިފެންމާގެ ވ. ފުލިދޫ މިހާރުގެ އެޑްރެސް: މ. މިދިލިމާގެ / މާލެ
އައިޑީކާޑު ނަންބަރު: 113017
A
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
އެޑްރެސް: 04-01 އާގެ
* ރަޖިސްޓްރީ
މިހާރުގެ އެޑްރެސް: 04-01 އާގެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 ރަމަޝާން 1436 ނިމުނު ތާރީޚް: 19 ޞަފަރު 1439
05 ޖުލައި 2015
29 އޮކްޓޯބަރ 2017
ނަންބަރު:
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/234
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 19 ޖަނަވަރީ 2011
• ޤަޟިއްޔާ ނިމުނު ތާރީޚް: 30 އެޕްރީލް 2015
ބައިކް
ވާދީ،
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު އިސްފަނޑިޔާރު ޢަބްދު
( ރިޔާސަތު)
9
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2015/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/234 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ވ. ފުލިދޫ
ހުދުފިނިފެންމާގެ، މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
l
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/234 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ރަޖިސްޓްރީ ނަންބަރު C9417A
-
02 10
-
T "ޕާރލް 2" ނަމަކަށްކިޔާ
އުޅަނދު ފައިނޭންސް ލީސިންގ އުޞޫލުން ދޫކުރުމާއި ބެހޭގޮތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާއި، ވ. ފުލިދޫ ! ހުދުފިނިފެންމާގެ މުޙައްމަދު ވާފިރު އަޙްމަދު (މެސީ) އާ ދެމެދު 25
ޑިސެމްބަރ 2007 ގައި ސޮއިކޮށްފައިވާ ފައިނޭންސް ލީސް އެގްރީމެންޓް ނަންބަރު 07120606 ގެ ދަށުން
މުޙައްމަދު ވާފިރު އަޙްމަދު އެމް.އެފް.އެލްސީ އަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީ، 12 ޖެނުއަރީ
2011 ގެ ނިޔަލަށް މުޙައްމަދު ވާފިރު އަޙްމަދު ނުދައްކައިވާ އެންމެހާ ލީސް ޕޭމަންޓާއި، ޤަވާޢިދުން ފައިސާ
ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާއާއި، މުޙައްމަދު ވާފިރު އަޙްމަދު އެގްރިމެންޓާންމިރޭގެ
ސަބަބުން ދައްކަންއެތި
ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޭޖާރސްއާއި، ޤާނޫނީ ވަކީލުގެ ފީއާއި، ކޯޓު ފީއާއި(
/ވފަ23
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2{015/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެގްރީމެންޓްގެ ދަށުން އެމް.އެފް.އެލް.ސީ އަށް ލިބެންޖެހޭ ޖުމްލަ 1,083,556
/
74ރ. (އެއްމިލިއަން އަށްޑިހަ
ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ | ހަތްދިހަ ހަތަރުލާރި) ދެއްކުމަށް މުޙައްމަދު ވާފިރު އަޙްމަދަށާއި،
މިމުޢާމަލާތުގައި ގެރެންޓީދީފައިވާ ވ. ފުލިދޫ ! ފިނިފެންމާގެ، އަލީ ވާފިރުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މައްސަލައެއްކަން
އެނގެންއޮންނަކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި،
ހުށަހެޅިފައިވާ ބަޔާންތަކާއި، ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ރަޖިސްޓްރީ ނަންބަރު
C9417A
-
02 10
-
T "ޕާރލް 2" ނަމަކަށްކިޔާ އުޅަނދު ފައިނޭންސް ލީސިންގ އުޞޫލުން ދޫކުރުމާއި
ބެހޭގޮތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ވ. ފުލިދޫ ! ހުދުފިނިފެންމާގެ
މުޙައްމަދު ވާފިރު އަޙްމަދު (މެސީ) އާ ދެމެދު 25 ޑިސެމްބަރ 2007 ގައި އެގްރީމެންޓެއްގައި
ސޮއިކުރެވިފައިވާކަމާއި، ބަޔާންވެދިޔަ ފައިނޭންސް ލީސިންގ އެގްރީމެންޓްގެ ދަށުންކުރެވިފައިވާ މުޢާމަލާތަށް
. ފުލިދޫ ! ހުދުފިނިފެންމާގެ ޢަލީ ވާފިރު ގެރެންޓީދީފައިވާކަމާއި، ބަޔާންވެދިޔަ ފައިނޭންސް ލީސް
އެގްރިމެންޓް ނަންބަރު 07120606 ގެ ދަށުން މުޙައްމަދު ވާފިރު އަޙްމަދު އެމް.އެފް.އެން.ސީ އަށް
ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ބަޔާންވެގެންވާ ގޮތުގެމަތިން ދެއްކިފައިނުވާކަން ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ބަޔާންވެދިޔަ ފައިނޭންސް ލީސް އެގްރިމެންޓްގެ ޝެޑިއުލް އައިޓަމްގެ
8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 48 މަސްދުވަހުގެ ތެރޭގައި
ލީސްޕޭމަންޓްގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ ޖުމްލަ
-1,527,7531ރ. (އެއްމިލިޔަން ފަސްސަތޭކަ
ހަތާވީސްހާސް ހަތްސަތޭކަ ފަންސާސް ތިންރުފިޔާ) އިން ދަޢުވާލިބޭ ފަރާތުން ދައްކާފައިވާ 651,204
/
23ރ.
(ހަލައްކަ ފަންސާސް އެއްހާސް ދުއިސައްތަ ހަތަރު ރުފިޔާ ތޭވީސްލާރި) އުނިކުރުމުން ބާކީވާ
876,548
/
77ރ. (އަށްލައްކަ ހަތްދިހަ ހަހާސް ފަސްސަތޭކަ ސާޅީސް އަށްރުފިޔާ | ހަތްދިހަ ހަތްލާރި) ޢާއިޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2015/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
o ec
04c
ފައިނޭންސް ލީސް އެގްރިމެންޓްގެ ޝެޑިއުލްގެ 10 ގައި ތަފްޞީލް ދެވިފައިވާ ގޮތަށް ލީސް ޕޭމަންޓް
ދައްކަންއޮތް ތާރީޚަށް ބަރާބަރަށް ނުދެއްކުމުގެ ސަބަބުން ލީޒް ބާޠިލްކުރިކަން އެންގިއިރު 25 އޮކްޓޯބަރ
2009 އާއި ހަމައަށް ޖޫރިމަނާގެ ގޮތުގައި ފައިނޭންސް ލީސް އެގްރިމެންޓްގެ ޝެޑިއުލް އައިޓަމްގެ 14 ވަނަ
ނަންބަރުގައި ބަޔާންވެގެންވާ ގޮތުގެމަތިން ދައްކަންޖެހޭ 5,731
/
27ރ. (ފަސްހާސް ހަތްސަތޭކަ ތެއްތިރީސް
ރުފިޔާ { ހަތާވީސްލާރި) އާއި، ދަޢުވާލިބޭ ފަރާތުން ފައިނޭންސް ލީސް އެގްރިމެންޓްއާއި، ޚިލާފްވުމުގެ
ސަބަބުން ލީޒް އެގްރީމެންޓްގެ ދަށުންކުރެވުނު ލީސް ބާޠިލް ކުރެވުނު ދުވަސްކަމުގައިވާ 25 އޮކްޓޯބަރ 2009
އިން ފެށިގެން 12 ޖެނުއަރީ 2011 ވަނަ ދުވަހާއި ހަމައަށް ލިކުއިޑޭޓެޓް ޑެމޭޖާރސްގެ ގޮތުގައި އަރާފައިވާ
175,25170ރ. (އެއްލައްކަ ހަތްދިހަ ފަސްހާސް ދުއިސައްތަ ފަންސާސް އެއްރުފިޔާ ! ހަތްދިހަލާރި) އާއި،
ފައިނޭންސް ލީސް އެގްރިމެންޓާއި، ލެސީ ޚިލާފްވެފައިވާތީ އެމް.އެފް.އެލްސީއަށް ލިބެންވާ ފައިސާ
ހޯދުމަށްޓަކައި މިމައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ކޯޓުފީގެ ގޮތުގައި ދެއްކި -!25ރ. އާއި، ޤާނޫނީ
ވަކީލުންގެ ފީ އަށްދެއްވި -/
26,000ރ. (ސައްބީސްހާސް ރުފިޔާ) އާއި އެކު ޖުމްލަ 1,083,556174ރ.
(އެއްމިލިޔަން އަށްޑިހަ ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ | ހަތްދިހަ ހަތަރުލާރި) ގެ ތެރެއިން
މިމުޢާމަލާތުގައި ހިމެނޭ އުޅަނދު ވިއްކާލައިގެން ލިބިފައިވާ -/
300,000ރ. (ތިންލައްކަ ރުފިޔާ) އުނިކުރުމުން
ބާކީވާ 783,556,74ރ. (ހަތްލައްކަ އަށްޑިހަ ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ ހަތްދިހަ
ހަތަރުލާރި) އަކީ ދަޢުވާލިބޭ ވ. ފުލިދޫ ! ހުދުފިނިފެންމާގެ މުޙައްމަދު ވާފިރު އަޙްމަދު (މެސީ) އާއި، ޢަލީ
ވާފިރުގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް
ކަމުގައި ކަނޑައަޅާ މިފައިސާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ
ގޮތުން 30 އޭޕްރީލް 2015 މިދުވަހުން ފެށިގެން މަދުވެގެން އެމަހަކަށްޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް
ފައިސާ ދައްކަމުންގޮސް މީލާދީ 08 މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ދަރަނި ޚަލާޞްކުރުމަށް
ދަޢުވާލިބޭ ވ. ފުލިދޫ ! ހުދުފިނިފެންމާގެ މުޙައްމަދު ވާފިރު އަޙްމަދު (އައިޑީކާޑު ނަންބަރު A113017) އާއި
ޢަލީ ވާފިރު (އައި.ޑީ. ކާޑު ނަންބަރު A082792) އަށް އަންގައި މުޙައްމަދު ވާފިރު އަޙްމަދާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2015/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޣައިރު ޙާޟިރުގައި ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލުމުން އެނގެން
22 2x 22
.2
ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/234 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ވ. ފުލިދޫ، ހުދުފިނިފެންމާގެ މުޙައްމަދު ވާފިރު އަޙްމަދުގެ
ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
. ފުރަތަމަ ނުކުތާއަކީ، ރަޖިސްޓްރީ ނަންބަރު C9417A
-
02 10
-
T އުޅަނދަކީ މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މިލްކު އުޅަނދެއް ކަމުގައިވެފައި އެއުޅަނދަށް ދިމާވި
އެކްސިޑެންޓާ ގުޅިގެން އެއުޅަނދުގެ ދެ އިންޖީނަށް ލިބުނު ގެއްލުމަށް ބަދަލު ދިނުމުގެ ގޮތުން އެލައިޑު
އިންޝުއަރެންސް ކޮމްޕެނީއިން ދެ އިންޖީނު ގަތުމަށް ފައިސާ ދިނުމުން އެފައިސާއަށް އިންޖީނު ގަނެދީފައި
ނުވުމަކީ އެއުޅަނދުން ބައެއް އުނިވެފައިވުމުންކަމުގައި ޝަރީޢަތުގައި ދެންނެވުމުން އެކަމަށް ރިޢާޔަތް
ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، އެކްސިޑެންޓާ ގުޅިގެން އެ އުޅަނދުގެ ދެ އިންޖީނަށް ލިބުނު ގެއްލުމަށް
ބަދަލު ދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އިން އެ އުޅަނދުގެ ދެ އިންޖީނު ގަތުމަށް
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރި ފައިސާ މުޙައްމަދު ވާފިރު
އަޙްމަދަށް ހަމައަށް ނުދިނުމުން އެ އުޅަނދުގެ ދެ އިންޖީނު ނުގަނެވި އުޅަނދުގެ ބޭނުން ނުކުރެވިފައިވާ
ކަމުގައި ޝަރީޢަތުގެ ދެންނެވުމުން އެކަމަށް ނުބައްލަވައި މައްސަލަ ނިންމެވުމުން ފޫނުބެއްދޭވަރުގެ
ދަރަންޏެއް މުޙައްމަދު ވާފިރު އަޙްމަދުގެ ބޮލުގައި އެޅިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3x
ފަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{015/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.3
ނިމިފައިވާ ގޮތް
މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/234 ޤަޟިއްޔާ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/234
ޤަޟިއްޔާގައި ވ. ފުލިދޫ ގެ ހުދުފިނިފެންމާގެ، މުޙައްމަދު ވާފިރު އަޙްމަދުގެ މައްޗަށް މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ވާފިރު އަހްމަދުއާ ދެމެދު ވެފައިވާ ނަންބަރު 07120606 ލީޒް
އެގްރިމަންޓްގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، 12 ޖެނުއަރީ 2011 ގެ ނިޔަލަށް މުޙައްމަދު
ވާފިރު އަޙްމަދު ނުދައްކާވާ ލީޒް ޕޭމަންޓާއި، ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ
ފައިސާއާއި، އެގްރިމެންޓާއި ޚިލާފްވުމުގެ ސަބަބުން ލިބިފައިވާ އެހެނިހެން ގެއްލުމުގެ ބަދަލު ދެއްކުމަށް
މުޙައްމަދު ވާފިރު އަޙްމަދަށާއި، މިމުޢާމަލާތުގައި ގެރެންޓީދީފައިވާ ވ. ފުލިދޫ ! ފިނިފެންމާގެ، އަލީ ވާފިރުގެ
މައްޗަށް އަމުރުކޮށްދިނުމަށް އެދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑގެ ފަރާތުން
ހުށަހެޅުމުން، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައި
މަތިން މުޙައްމަދު ވާފިރު
އަޙްމަދު ފައިސާ ދައްކާފައިނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާތީ، ލީޒް ރެންޓާއި، ޖޫރިމަނާއާއި،
ލިކުއިޑޭޓެޑް ޑެމޭޖަސްއާއި ކޯޓް ފީ އާއި ވަކީލުފީ އާއެކު ޖުމްލަ 74;
1,083,556ރ. (އެއްމިލިޔަން އަށްޑިހަ
ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ ހަތްދިހަ ހަތަރުލާރި) ގެ ތެރެއިން މި މުޢާމަލާތުގައި ހިމެނޭ
"ޕާރލް" އެވެ ކިޔާ އުޅަނދު ވިއްކާލައިގެން ލިބިފައިވާ ;
300,000ރ. (ތިންލައްކަ ރުފިޔާ) އުނިކުރުމުން
ބާކީވާ 783,556,174ރ. (ހަތްލައްކަ އަށްޑިހަ ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ
4 22
2
8
4
2 ބ
و پروکرم کرم کر
ޖެހިއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2015/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލާރި) އަކީ މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި ޙުކުމްކުރައްވައިކަން އެނގެންއޮންނަކަމެވެ.
02
(ނ) ދެވަނަ ކަމަކީ، މި މައްސަލަ އިސްތިއުނާފުކުރަމުން މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން
މައިގަނޑުގޮތެއްގައި އިސްތިއުނާފު ބިނާކޮށްފައިވަނީ ރަޖިސްޓްރީ ނަންބަރު C9417A
-
02 10
-
T "ޕާރލް
2" ނަމަކަށް ކިޔާ އުޅަނދު އެކްސިޑެންޓްވުމާ ގުޅިގެން އެ އުޅަނދުގެ ދެ އިންޖީނަށް ލިބުނު ގެއްލުމަށް ބަދަލު
ދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އިން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރި ފައިސާ މުޙައްމަދު ވާފިރު އަޙްމަދަށް ނުދީ ހިފަހައްޓާފައިވާކަމުގެ
މައްޗަށްކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު ވާފިރު އަޙްމަދުއާ ދެމެދު ރަޖިސްޓްރީ ނަންބަރު
C9417A
-
02 10
-
T "ޕާރލް 2" ނަމަކަށް ކިޔާ ސްޕީޑް ލޯންޗް ފައިނޭންސް ލީސް އުސޫލުން ލީސް
އެއްބަސްވެފައިވާކަން ނަންބަރު 07120606 ލީޒް އެގްރިމަންޓަށް ބެލުމުން އެނގޭކަމާއި،
ބުނެވުނު އެއްބަސްވުމުގެ 1 ވަނަ މާއްދާގައި އެއްބަސްވުމުގެ ޝެޑިއުލް އައިޓަމް (4) ގައި
ސިފަކޮށްފައިވާ ލަސްކުރެވޭ މުދައު، އެއްބަސްވުމުގެ ކަނޑައަޅާފައިވާ މުއްދަތުގައި ލެސޯރ ލެސީއަށް
ލީސްކޮށްދިނުމަށް އެއްބަސްވެ، އަދި ލެސީ ލެސޯރގެ އަތުން ފައިނޭންސް ލީސް އުސޫލުން ނެގުމަށް
އެއްބަސްވެ، އެއްބަސްވުމުގައިވާ ޝެޑިއުލާއި ޝަރުޠާއި އެއްގޮތްވާގޮތުގެ މަތިން، އެ އެއްބަސްވުމުގައި
ކަނޑައަޅާފައިވާ ލީސްޕޭމަންޓް، ލީސްޕޭމަންޓް ކަނޑައަޅާ މުއްދަތުގެ ތެރޭގައި ގަވާއިދުން ދެއްކުމަށާއި އެ
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ޝަރުޠުތަކަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާއިރު، ބުނެވުނު
އެއްބަސްވުމުގެ ޝެޑިއުލް އައިޓަމް 10 ގައި ލީޒް ޕޭމަންޓް
ދައްކާނެގޮތް
އެހެންނަމަވެސް މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން
މުގައިވާ ގޮތަށް ލީޒް
ކުރުމަށް
OXO
ގއ ތ x ގ 2 ހ2
ބަޔާންކޮށްފައިވާކަމާއި
4 20 0.
04
2
0
92 ހ
އެއްބަސްވުމާ ގ.އަވާ
#
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2015/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މައްސަލާގައި ހުށަހެޅުނު ލިޔުންތަކަށާއި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން
ދައްކާފައިނުވާކަން މި
އެނގެންއޮންނަކަމާއި،
#
މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުން
ގޮސްފައިނުވާކަމާއި، އަދި ކަން އެގޮތުގައި އޮއްވާ ދެފަރާތު ދެމެދު ވެވުނު އިޝާރާތްކުރެވޭ އެއްބަސްވުމުގެ
ދަށުން ލީޒް ކުރެވުނު ރަޖިސްޓްރީ ނަންބަރު C9417A
-
02 10
-
T "ޕާރލް 2" ސްޕީޑް ލޯންޗަށް
އެކްސިޑެންޓެއް ދިމާވެފައިވާކަމާއި، ބުނެވުނު އެކްސިޑެންޓުގައި އެ ލޯންޗަށް ލިބުނު ގެއްލުމާއި ގުޅިގެން
އިންޝުއަރެންސް ކްލެއިމް ކުރުމުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީން މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދިނުމުން، އެ ފައިސާއިން އެހާތަނަށް މުޙައްމަދު ވާފިރު އަޙްމަދުގެ
ފަރާތުން ނުދައްކާވާ ފައިސާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
އުނިކޮށްފައިވާކަމާއި، އަދި އެފަދައިން ފައިސާ އުނިކުރެވުމަކީ ކުރެވޭނެކަމެއްނޫން ކަމުގައި މުޙައްމަދު ވާފިރު
އަޙްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު ވާފިރު
އަޙްމަދު އާ ދެމެދު ރަޖިސްޓްރީ ނަންބަރު C9417A
-
02 10
-
T "ޕާރލް 2" ސްޕީޑް ލޯންޗު ލީޒްކުރުމަށް
ވެފައިވާ އެއްބަސްވުމުގެ 13.3 ވަނަ މާއްދާއަށް ބެލުމުން އެއްވެސް ސަބަބަކާ ހުރެ ލީޒްކުރެވޭ މުދައު
ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެ ޙާލަތެއްގައި (މީގެ ތެރޭގައި ތަޞައްވަރުނުކުރެވޭ
މިލްކުވެރިކަމަށް ލިބޭ އުނިކަން ހިމެނޭގޮތުން) 17.2 މާއްދާގެ (ހ) ގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވާ
އެންމެހާ އަގެއް ލެސީ ލެސޯރއަށް ވަގުތުން އަދާކުރަންވާނެކަމާއި، އެހެންނަމަވެސް، ލީޒްކުރެވޭ މުދަލުގެ އަގުގެ
ބާކީއާއި ޖުމްލަ ލީޒްޕޭމަންޓްގެ ބާކީ ލެސޯރއަށް އެއްކޮށް ދައްކާ ޚަލާޞްކޮށްފައިވާނަމަ، އިންޝުއަރެންސް
ކޮށްފައިވާ ފަރާތުން އިންޝުއަރެންސްގެ ދަށުން ހޯދައި، ލިބޭ އެންމެހާ ފައިސާއެއް ލެސީއަށް ލެސޯރ
24 22
29 22
* 2
ދޭންވާނެކަމަށް
ކތ ދވ
ދޭންވާނެކަމަށް ބަޔާންކޮށް
ށްފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2{015/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގަވާއިދުން ދައްކަމުން އައިސްފައިނުވާކަން އެނގެންއޮންނައިރު،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުނިކޮށްފައިވަނީ މުޙައްމަދު ވާފިރު
އަޙްމަދުގެ ފަރާތުން އެހާތަނަށް ނުދައްކާވާ ފައިސާކަން އެނގެންއޮންނަކަމާއި، އަދި އެ ފައިސާ އުނިކުރުމުން
އެކަމަށް މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި
ކަމާއި، އެ ގޮތުން، 25 ނޮވެމްބަރު 2009
ގައި މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ފޮނުވި ސިޓީގައި މަހުން މަހަށް ދައްކަންޖެހޭ ޕޭމަންޓްތައް ނުދެއްކިގެން މައްސަލަ ލަސްވަމުންދަނީ އެ ވަގުތު
ދިމާވެފައިވާ ދަތިކަމެއްގެ ސަބަބުންކަމަށާއި، ވީ އެންމެ އަވަހަށް ފައިސާ ދެއްކުމަށްޓަކައި މަސައްކަތްކުރާ ވާހަކަ
ބުނެފައިވާއިރު، 16 ޑިސެމްބަރު 2009 ގައި ފޮނުވި ސިޓީގައި މި ލީގް ފެސިލިޓީއާމެދު އަދި އޭގެ
މިލްކުވެރިކަމާމެދު އެއްވެސް ދައުވާއެއް ނެތްކަމަށް ބުނެފައިވާކަމާއި،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އިންޝުއަރެންސް ކްލެއިމް
ކުރުމުން ލިބުނު ފައިސާ މުޙައްމަދު ވާފިރު އަޙްމަދުއާ ޙަވާލުކުރުން ލާޒިމްވަނީ ލީޒްކުރެވޭ މުދަލުގެ އަގުގެ
ބާކީއާއި ޖުމްލަ ލީޒްޕޭމަންޓްގެ ބާކީ މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން ދައްކާފައިވާނަމަ ކަމާއި،
އެހެންނަމަވެސް، ހުށަހެޅިފައިމިވާ މައްސަލާގައި އިންޝުއަރެންސް ކްލެއިމް ކުރުމުން ލިބުނު ފައިސާ
އުނިކޮށްފައިވަނީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި
ވާ މުއްދަތުގައި މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން ގަވާއިދުން ދައްކަމުން އައިސްފައިނުވާތީ
އެހާތަނަށް ނުދައްކާވާ ފައިސާކަން އެނގެންއޮތުމުން، އިންޝުއަރެންސް ކްލެއިމުން ލިބުނު ފައިސާ މުޙައްމަދު
ވާފިރު އަޙްމަދުއަށް ނުދީ ހިފެހެއްޓުމަށްފަހު، އެ ފައިސާއިން އެހާތަނަށް މުޙައްމަދު ވާފިރު އަޙްމަދު މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ އުނިކޮށްފައިވާ އުނިކުރުން ދެފަރާތު
ދެމެދުވެފައިވާ ލީޒް އެގްރިމަންޓާއި ޚިލާފްވެފައިވަނީ ކިހިނަކުންކަން މުޙައްމަދު ވާފިރު އަޙްމަދުއަށް
ބުނެދެވިފައިނުވާކަމެވެ.
22 ތ 8
29 އ
ހ 0
0x ހ
ންކޮށްފައިވާ
ދިލޯމީޓެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2015/HC-A/256
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/234 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ވ. ފުލިދޫ ! ހުދުފިނިފެންމާގެ، މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށް ބަލައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ސަބަބެއް ފެންނަން ނެތްކަމުގައެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/234 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ބައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;