ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/150 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 150/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް:
* ނަން: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)
އެޑްރެސް: ބްލޮޓް ނަންބަރު 389، ހިލާލީމަގު)މާލެ
މިހާރުގެ އެޑްރެސް: ބްލޮޓް ނަންބަރު 389، ހިލާލީމަގު)މާލެ
ރެޖިސްޓްރީ ނަންބަރ: 173193-C
* ވަކީލުއޒީ. ޢަލީ ޝަރީފް، ގ. ވެލެންސިޔާ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޙަސަން މުޙައްމަދު
އައިޑީ
ކާޑު ނަންބަރ: A020144
* ބަދަލުގައި: އިބްރާހީމް މަންޞޫރު،
ދާއިމީ އެޑްރެސް:.
މިހާރުގެ އެޑްރެސް:
ހިތަދޫ ކާކީގެ
ހިތަދޫ ކާކީގެ
މ
.8
ރަސްގެތީމު| ދުންފިނިގެ
• ހުށަހެޅުނު ތާރީޚް: 20 މެއި 2008
ނިމުނު ތާރީޚް: 05 ސެޕްޓެމްބަރު 2011
، މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2007/MC/2045 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ( މިފްކޯ) ގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ހިތަދޫ ކާކީގެ ޙަސަން
މުޙައްމަދެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީކޯޓު ނަންބަރު 2007/MC/2045 ޤަޟިއްޔާއަކީ، ސ. ހިތަދޫ ކާކީގެ ޙަސަން
މުޙައްމަދަށް މިފްކޯގެ [203-STO
/
FPID، އިންޖީނުއެޅި މަސްދޯނި ދޫކުރުމަށް ކޮށްފައިވާ އެގްރީމެންޓްގެ 06
ވަނަ މާއްދާގެ ދަށުން 31 އޮކްޓޯބަރ 2007 ގެ ނިޔަލަށް ޙަސަން މުޙައްމަދު މިފްކޯއަށް ދައްކަންޖެހޭ
ފައިސާގެ ތެރެއިން -/
105,000ރ. (އެއްލައްކަ ފަސްހާސް ރުފިޔާ) ނުދައްކާ އޮންނާތީ، ޙަސަން މުޙައްމަދުގެ
އަތުން މިފައިސާ ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ހުށަހެޅުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަ ކުރެވުނު
ނުކުތާތަކަށް ބަލާއިރު،
ހިތަދޫ ކާކީގެ ޙަސަން މުޙައްމަދަށް މިފްކޯގެ [203-STO
/
FPID، އިންޖީނުއެޅި
މަސްދޯނި ދޫކުރުމަށް ކޮށްފައިވާ އެގްރީމެންޓްގެ 06 ވަނަ މާއްދާގެ ދަށުން 31 އޮކްޓޯބަރ 2007 ގެ ނިޔަލަށް
ޙަސަން މުޙައްމަދު މިފްކޯއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން -/105,000ރ. (އެއްލައްކަ ފަސްހާސް ރުފިޔާ)
ނުދައްކާ އޮންނާތީ، ޙަސަން މުޙައްމަދުގެ އަތުން މިފައިސާ ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް
ކޮމްޕެނީ ލިމިޓެޑުން މިކުޅަ ދަޢުވާއަށް ދަޢުވާލިބޭ ފަރާތުން އިންކާރުކޮށްފައިވުމާއި، މިފްކޯގެ ނަންބަރު
[203-STO
/
FPID، އިންޖީނުއެޅި ދޯނި ޙަސަން މުޙައްމަދު އަތުން އަތުލައި އެގްރީމެންޓްގެ 15 ވަނަ
މާއްދާގެ ދަށުން ދޯނި ނީލަންކިޔައި ވިއްކާފައިވާތީ، އެމާއްދާގެ 03 ވަނަ ނަންބަރުގެ (ހ) އަށް ރިޢާޔަތް
ކުރާއިރު މިފްކޯއިން ޙަސަން މުޙައްމަދުގެ މައްޗަށް ދަޢުވާކުރާ -/
105,000ރ. (އެއްލައްކަ ފަސްހާސް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުކުތާއެއް
2045/MC/2007
ރުފިޔާ) ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްފީމެވެ.] މިފަދައިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީކޯޓު ނަންބަރު 2007/MC/2045 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، މިފްކޯގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، ހަތަރު
ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
03- މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ މިފްކޯގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދައްކާފައިވާ ވާހަކަ ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) މިފްކޯގެ [203-STO
/
FPID، އިންޖީނުއެޅި މަސްދޯނި
ހިތަދޫ ކާކީގެ ޙަސަން
މުޙައްމަދަށް ވިއްކުމަށްޓަކައި މިފްކޯ އާއި ޙަސަން މުޙައްމަދު އާއި ދެމެދު 1994 އޮކްޓޯބަރު 08 ގައި
ނަންބަރު 06/MIF
-
94
/
AG އެގްރީމެންޓުގައި ސޮއިކުރެވިފައިވާކަން އެނގެން އޮވެއެވެ.
(ނ) މިފްކޯ އާއި ޙަސަން މުޙައްމަދު އާއި ދެމެދު ވެވިފައިވާ އެގްރީމެންޓަށް ބަލާއިރު، ދޯނީގެ
އަގަކީ -/
235,000ރ. (ދެލައްކަ ތިރީސް ފަސްހާސް ރުފިޔާ) ކަމާއި، އެފައިސާ މީލާދީ ދިހަ އަހަރު ދުވަހުގެ
ތެރޭގައި ގަންނަފަރާތުން ދައްކާ ނިންމަންވާނެ ކަމާއި، އެގޮތުގެ މަތީން ދޯނީގެ އަގު އަދާ ކުރުމަށްޓަކައި،
ފުރަތަމަ އިންސްޓޯލްމަންޓްގެ ގޮތުގައި ދައްކާނީ -/3,958ރ. (ތިންހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ)
ކަމާއި، ދެވަނަ އިންސްޓޯލްމަންޓުން ފެށިގެން ދޯނީގެ އަގު އަދާކޮށް ނިމެންދެން ކޮންމެ މީލާދީ ދެމަހުން
އެއްމަހު ދައްކާނީ -/3,916ރ. (ތިންހާސް ނުވަސަތޭކަ ސޯޅަރުފިޔާ) ކަމާއި، ގަންނަ ފަރާތުން އެފައިސާ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ދެއްކުމަށް އެއްބަސްވާ ކަމާއި، އެފައިސާ ދައްކަން ފަށާ
ތާރީޚަކީ ދޯންޏާއި ޙަވާލުވެ އެގްރީމެންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން ދެމަސް ހަމަވާ ދުވަހުކަން
އެގްރީމެންޓްގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2004
(ނ) ދެފަރާތުގެ މެދުގައި ވެވިފައިވާ އެގްރީމެންޓާއި ޚިލާފުވެއްޖެނަމަ ޢަމަލު ކުރާނެ ގޮތަކީ
ކޮބައިތޯ ބަލާއިރު، އެގްރީމެންޓްގައިވާ ގޮތަށް ގަންނަ ފަރާތުން ޢަމަލު ނުކޮށް ފިނަމަ 03 (ތިނެއް) ގޮތަކުން
ކުރެ ގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ގަންނަ ފަރާތަށް ލިބިގެންވާ ކަމަށް އެގްރީމެންޓްގެ 15 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ކަމާއި، އެގޮތް ތަކަކީ 1000.00 (އެއްހާސް) ރުފިޔާއާއި 25000.00 (ފަންސަވީސްހާސް)
ރުފިޔާ އާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމާއި، ދޯނި އަތުލުމާއި، އަދި ޖޫރިމަނާ ކުރުމާއެކު ދޯނި
އަތުލުންކަން އެގްރީމެންޓްގެ 15 ވަނަ މާއްދާގެ 1، 2 އަދި 3 ވަނަ ނަންބަރުން އެނގެން އޮވެފައި؟
އެގްރީމެންޓުގެ ދަށުން ދެމީހުން އެއްމަހު ދައްކަންޖެހޭ ފައިސާ، އެގްރީމެންޓާއި އެއްގޮތްވާ ގޮތުގެ މަތީން
ޙަސަން މުޙައްމަދު ދައްކަމުން ނުދާތީ، ޙަސަން މުޙައްމަދާއި ޙަވާލު ކުރެވިފައިވާ ދޯނި، 2004 ސެޕްޓެމްބަރު
15 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި
ޙަވާލުކުރުމަށް ޙަސަން މުޙައްމަދަށް 2004 ސެޕްޓެމްބަރު 15 ގައި އަންގާފައިވާކަން، މިފްކޯގެ ރެފަރެންސް
ނަންބަރު 716 (15 ސެޕްޓެމްބަރު 2004) ގެ މެސެޖުން އެނގެން އޮންނައިރު، އެދޯންޏާއި
ސެޕްޓެމްބަރު 19 ވަނަ ދުވަހު މިފްކޯގެ ފަރާތުން ޙަވާލުވެފައިވާކަން މިފްކޯގެ ދަށުން ހިނގަމުންދާ ކޫއްޑޫ
ފިޝަރީޒް ކޮމްޕްލެކްސްގެ ނަންބަރު 204
/
506/KFC
/
OP (26 ސެޕްޓެމްބަރު 2004) ގެ ފެކްސް
މެސެޖުން އެނގެން އޮންނަކަމާއި، އެހެން ކަމުން ދޯނި ގަންނަ ފަރާތް ކަމުގައިވާ ޙަސަން މުޙައްމަދު
އެގްރީމެންޓާއި ޚިލާފުވުމުގެ ސަބަބުން އެގްރީމެންޓްގެ 15 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގެ ދަށުން މިފްކޯއަށް
ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުންކޮށް ޙަސަން މުޙައްމަދުގެ އަތުން ދޯނި އަތުލާފައިވާކަން ޝަރީޢަތަށް
ސާބިތުވެއެވެ.
() ދޯނި ގަންނަ ފަރާތުން އެގްރީމެންޓާއި ޚިލާފުވެގެން ދޯނި އަތުލެވޭ ޙާލަތުގައި
އެގްރީމެންޓްގެ މުއްދަތުގެ 1/2 (ދެބައިކުޅަ އެއްބައި) ފާއިތުވެފައިވާނަމަ ދެ ގޮތަކަށް ޢަމަލު ކުރެވިދާނެ ކަމާއި،
އެއީ ދޯނި ނީލަމުގައި ވިއްކާލުމާއި، ދޯނި ކުއްޔަށް ދިނުމާއި މިދެގޮތް ކަން އެގްރީމެންޓުގެ 15 ވަނަ މާއްދާއިން
އެނގެން އޮތްއިރު، ޙަސަން މުޙައްމަދުގެ އަތުން ދޯނި އަތުލާ 01 (އެކެއް) އަހަރަށް ވުރެ ގިނަ ދުވަހު
މިފްކޯގެ ބެލުމުގެ ދަށުގައި އެދޯނި ބޭއްވުމަށްފަހު، ދޯނި ނީލަމުގައި ވިއްކާލާފައިވާކަން މިފްކޯގެ ބަހުންނާއި
ހުށަހެޅިފައިވާ ލިޔެކިޔުމުން ޝަރީޢަތަށް ސާބިތުވެފައި، ދޯނި ނީލަމުގައި ވިއްކާލާ ޙާލަތުގައި ވިއްކައިގެން ލިބޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2008/HC-A/170
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަގު ގަންނަ ފަރާތުން ދޯނީގެ އަގަށް ބާކީ ދައްކަން އޮންނަ ޢަދަދަށްވުރެ ބޮޑުވެއްޖެ ނަމަ އެ ބޮޑުވި ބައި ވިއްކާ
ފަރާތުން ގަންނަ ފަރާތަށް ދޭންވާނެ ކަމާއި، އަދި އެހިސާބުން އެގްރީމެންޓް ބާތިލްވީކަން އެގްރީމެންޓްގެ 15
ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (ހ) އިން އެނގެން އޮންނަކަމާއި، ޙަސަން މުޙައްމަދާއި މިފްކޯ އާއި ދެމެދު
ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނު މިމުޢާމަލާތުގައި މި މާއްދާގައި ބުނެފައިވާ ފަދަ ޙާލަތެއް
މެދުވެރިވެފައިނުވާކަމާއިޑް
އެހެން ނަމަވެސް ޙަސަން މުޙައްމަދުގެ އަތުން ދޯނި އަތުލުމަށް ފަހު 1 (އެކެއް) އަހަރަށް ވުރެ
ގިނަ ދުވަހު މިފްކޯގެ ބެލުމުގެ ދަށުގައި އެދޯނި ބާއްވާ ދޯނި ނީލަމުގައި ވިއްކައިގެން ލިބުނު ފައިސާ،
ދެފަރާތުގެ މެދުގައި ވެވުނު އެގްރީމެންޓްގެ ދަށުން ދޯނީގެ އަގުގެ ގޮތުގައި ޙަސަން މުޙައްމަދު ދައްކަންޖެހިފައިވާ
ޢަދަދަށްވުރެ މަދުވާކަން އެނގެން އޮތްއިރު، މިފަދަ ޙާލަތެއްގައި ޢަމަލު ކުރާނެ ގޮތަކާ
އެގްރީމެންޓްގެ އެއްވެސް މާއްދާއެއްގައި އިޝާރާތް ކޮށްފައި ނުވާއިރު، އެގްރީމެންޓްގެ ދަށުން ދެފަރާތުގެ
ޒިންމާތަކާއި އިލްތިޒާމުތައް ކަނޑައެޅި ބަޔާންވެފައިވުމާއެކު، އެގްރީމެންޓުގައި ސާފު ޢިބާރާތުން
ބަޔާންކުރެވިފައިނުވާ ކަމަކާއިމެދު އެގްރީމެންޓްގެ ބައިވެރިއަކު އެއެގްރީމެންޓުގެ ދަށުން ޒިންމާ ކުރުވޭނެ ޝަރުޢީ
އަދި ޤާނޫނީ ހަމައެއް ނެތުމުގެ އިތުރުން، ޙަސަން މުޙައްމަދާއި ޙަވާލު ކުރެވިފައިވާ ދޯނި އަތުލެވިފައިވާ ޙާލު
ދޯނީގެ ހަމަ އަގު ދޯނި ވިއްކި ފަރާތަށް ލިބިދެވޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތްކަން އެނގެއެވެ.
ވީމާ، މަދަނީކޯޓުގެ ނަންބަރު 2007/MC/2045 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް
ގެނެވެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
ބެހޭގޮތުން
0 0
<< O
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމާއިއެކު، މަދަނީކޯޓުގެ ނަންބަރު 2007/MC/2045 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv