ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/278 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/278
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
A117531
ޤަޟިއްޔާ ނަންބަރ: 278/HC-A/2010
އިސްތިއުނާފް ކުރިފަރާތް:
ނަން: ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: މ.ރަންކުރިކ.މާލެ
* ރަޖިސްޓްރީ ނަންބަރ : 114
/
2000-C މިހާރުގެ އެޑްރެސް: މ.ރަންކުރި ކ.މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު މުޖްތަބާ
ދާއިމީ އެޑްރެސް: މިލާން ގއ.ވިލިނގިލި
އައިސް
މިހާރުގެ އެޑްރެސް: މިލާން ގއ.ވިލިނގިލި
* ބަދަލުގައި: އގ.ޢަލީ ޝާހު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޝައްވާލް 1432 *ނިމުނު ތާރީޚް:08 ޝަޢުބާން 1434
29 ޑިސެމްބަރ 2010
17 ޖޫން
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC/157
• ނިންމިކޯޓް: މަދަނީކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުންހެޅުނު ތާރީޚް: 29 ޖެނުއަރީ 2010 ، ނިމުނު ތާރީޚް: 02 އޯގަސްޓް 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
2013
ޑެއިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
2010/HC-A/278
• ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/157 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ރާރާ އިންވެސްޓްމަ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ގއ.ވިލިނގިލި/ މިލާން މުޙައްމަދު މުޖްތަބާއެވެ.
ފާހަގަކުރެވުނު ނުކުތާތައް
lމަދަނީ
157/MC/2010
00 0 0
ނަންބަރު
ޤަޟިއްޔާ އަކީ،
ގއ.ވިލިނގިލި/މިލާން މުޙައްމަދު މުޖްތަބާ (ދ.ރ.ކާޑު ނަންބަރު A117531) މަނަދޫ ބޯޓު
ދުއްވިއިރު، ދެފަހަރެއްގެ މަތިން ރާރާ އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
114
/
2000-C) އިން ތެޔޮ އަޅުވާފައި، ތެލުގެ އަގުގެގޮތުގައި ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑަށް ލިބެންޖެހޭ ފައިސާގެތެރެއިން ނުދައްކާ އޮތް -/
82,640ރ. (އަށްޑިހަދެހާސް ހަސަތޭކަ ސާޅީސް
ރުފިޔާ) އާއި، މިފައިސާ ނުދެއްކުމުގެ ސަބަބުން ވިޔަފާރީގެ އުޞޫލުން ލިބުނު ގެއްލުމަށް 15 (ފަނަރަ)
މަސްދުވަހަށް ނުދައްކާހުރި ފައިސާގެ އަދަދުން %15 (ފަނަރަ އިންސައްތަ) ގެ ރޭޓުން ދައްކަންޖެހޭ
-/
185,940ރ. (އެއްލައްކަ އަށްޑިހަފަސްހާސް ނުވަސަތޭކަ ސާޅީސްރުފިޔާ) އާއި، މިމައްސަލަ ޝަރީޢަތަށް
ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ޢައްޔަންކުރި ވަކީލުގެ އުޖޫރައަށްވާ -/16,528ރ. (ސޯޅަހާސް
ފަސްސަތޭކަ އަށާވީސް ރުފިޔާ) އާއެކު ޖުމްލަ -/285.108 ރ. (އެއްލައްކަ އަށްޑިހަ ފަސްހާސް އެއްސަތޭކަ
އަށްރުފިޔާ) ރާރާ އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިނުވާ ކަމަށް ބުނެ ރާރާ
އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
20,
އެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
2010/HC-A/278
I
އެމައްސަލަ ނިންމަވާފައިވަނީ ދެންފަހެ، ގއ.ވިލިގިނލި މިލާން މުޙައްމަދު
މުޖުތަބާ (ދ.ރ. ކާޑު ނަންބަރު A117531) މަނަދޫ ބޯޓު ދުއްވިއިރު، ދެފަހަރެއްގެމަތިން ރާރާ
އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 114
/
2000- ) އިން ތެޔޮ
އަޅުވާފައި، ތެލުގެ އަގުގެގޮތުގައި ރާރާ އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ
ފައިސާގެތެރެއިން ނުދައްކާ އޮތް -/82,640ރ. (އަށްޑިހަދެހާސް ހަސަތޭކަ ސާޅީސްރުފިޔާ) އާއި،
މިފައިސާ ނުދެއްކުމުގެ ސަބަބުން ވިޔަފާރީގެ އުޞޫލުން ލިބުނު ގެއްލުމުގެ 15 (ފަނަރަ)
މަސްދުވަހަށް ނުދައްކާހުރި ފައިސާގެ ޢަދަދުން %15 (ފަނަރަ އިންސައްތަ) ގެ ރޭޓުން ދައްކަންޖެހޭ
-/
185,940ރ. (އެއްލައްކަ އަށްޑިހަ ފަސްހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ) އާއި، މިމައްސަލަ
ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ޢައްޔަންކުރި ވަކީލުގެ އުޖޫރައަށްވާ
-16,5281ރ.
(ސޯޅަހާސް ފަސްސަތޭކަ އަށާވީސްރުފިޔާ) އާއެކު ޖުމްލަ -/
285,108ރ. (ދެއްލައްކަ
އަށްޑިހަފަސްހާސް އެއްސަތޭކަ އަށްރުފިޔާ ) ރާރާ އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑަށް
ދައްކާފައިނުވާތީކަމުގައި ބުނެ، ރާރާ އިންވެސްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙައްމަދު
މުޖްތަބާގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލައި ނަޒަރުކުރާއިރު،
މުޙައްމަދު މުޖްތަބާގެ ފަރާތުން ދައުވާއަށް އިންކާރުކޮށް، މުޙައްމަދު މުޖުތަބާ އެއްވެސް
އިރެއްގައި މަނަދޫ ބޯޓު ދުއްވާފައި ނުވާނެކަމުގައާއި، މުޙައްމަދު މުޖުތަބާ ބުނެގެން މަނަދޫ ބޯޓަށް
ތެޔޮއަޅާފައި ނުވާނެކަމުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
މަނަދޫ ބޯޓަކީ ނ.މަނަދޫ ރައިމާގެ އަމްޖަދު އަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
އެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
2013/HC-A/278
ބޯޓެއްކަމާއި، 12 އޯގަސްޓް 2007 ދުވަހުން ފެށިގެން މަނަދޫ ބޯޓުގެ ރަޖިސްޓްރީ އެހެން ފަރާތެއްގެ ނަމަށް
ބަދަލުކޮށްފައިނުވާކަމާއި، "މަނަދޫ ބޯޓު ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން" އިން ނ.މަނަދޫ ރައިމާގެ
އަމްޖަދު ޢަލީގެ ފަރާތުން ގއ.ވިލިގިނލި ކޯޒީވިލާ، މުސްޠަފާ ޢަލީއަށް 10 އޭޕްރީލް 2008 ދުވަހުން
ފެށިގެން 12 (ބާރަ) މަސްދުވަހަށް މަނަދޫ ބޯޓު ކުއްޔަށް ދީފައިވާކަން އެނގެން އޮތަތީ،
އަދި މަނަދޫ ބޯޓާއި ދަޢުވާލިބޭ ފަރާތާއި ހުރި ޤާނޫނީ ގުޅުމަކީ ކޮބައިކަން އެނގެންނެތް
ޙާލު، މަނަދޫ ބޯޓަށް އަޅާފައިވާ ތެލަށްވާ ފައިސާ ދަޢުވާލިބޭ ފަރާތުގެ ކިބައިން ނަގައިދޭނެ ޤާނޫނީ ހަމައެއް
ނެތްކަމުގައި ކަނޑައަޅައި، ޙުކުމްކޮށް ފީމެވެ." މި ފަދައިންނެވެ.
02- މަދަނީ ކޯޓުގެ ނަންބަރު 2010/MC/157 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ، ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 06
ޖަހައެއް) ނުކުތާ ހުށައަޅައި އެނުކުތާތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ރާރާ އިންވެސްޓްމެންޓްގެ ފަރާތުން ވިލިގިލި! މިލާން
މުޙައްމަދު މުޖްތަބާގެ މައްޗަށް މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު 2010/MC/157
ޤަޟިއްޔާއިން ބައްލަވާ ނިންމެވިއިރު އެކުންފުނީގެ ޙައްޤުތަކަށް ފާޅުކަން ބޮޑު ގޮތަކަށް ރިޢާޔަތް
ކުރުމެއްނެތި މަދަނީ ކޯޓުން މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި
ދެވަނަ ނުކުތާއަކީ، ގއ ވިލިގިލި(މިލާން މުޙައްމަދު މުޖްތަ
އިންވެސްޓްމެންޓް
ޑިމެންޓް ޕްރައިވެޓް ލިމިޓެޑުން ތެޔޮގަތުމަށްފަހު ތެލުގެ އަގު އަދާކުރުމަށް އެކުންފުންޏަށް
އަމިއްލަ އެކައުންޓުން ޗެކުތައް ދޫކޮށްފައިވާކަން ޝަރީޢަތަށް އެގޭ ހިނދު އެޗެކްތަކަކީ އޭގެ ޒާތުން ފައިސާ
ދައްކަން ޖެހިފައިވާ ޗެކުތައް ނޫންކަމަށް ފާހަގަކޮށް އަދި ޗެކު ހުށަހަޅާފައިވާއިރު ޗެކާއި ބެހޭ ގޮތުން
ދަޢުވާލިބޭ ފަރާތާއި، ސުވާލު ކޮށްފައި ނުވުމަކީ ޤަސްތުގައި ކުންފުނީގެ ޙައްޤު ނިގުޅައިގަތުމަށް ކޮށްފައިވާ
އަމަލެއްކަން ފާހަގަ ކުރާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ މިޤަޟިއްޔާގައި ކުންފުނީގެ ފަރާތުން
މުޙައްމަދު މުޖްތަބާ ތެޔޮގަނެ އަދި ތެލާއި ޙަވާލުވެފައިވާ ކަމުގެ ލިޔުންތައް ހުށަހަޅާފައި ވީހިނދުވެސް
13
ތަsވެ.
ހ4
مع مره
4
ވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
5
2010/HC-A/278
އެލިޔުންތަކަށް ނުބައްލަވާ މިފަދަ މުދަލެއް ޙަވާލުވާ ފަރާތަކީ އެމުދަލެއް ހޯދުމަށް އެދުނު ފަރާތް ކަމުގައި
އަދި އެމުދަލަށް ފައިސާ ދައްކަންޖެހޭ ފަރާތް ކަމުގައި ލާޒިމްނޫން ކަމަށް ފާހަގަ ކޮށް ގަސްތުގައި ކުންފުނީގެ
ޙައްޤު ގެއްލުވާލާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ކުންފުނިން މަދަނީ ކޯޓަށް ހުށަހެޅި މިމައްސަލައިގައި
ދަޢުވާ ހުށަހެޅުނު މުޙައްމަދު މުޖްތަބާ އެދުވަހު ދަޢުވާއަށް ޖަވާބުދީ ފައިސާ ދައްކަން ހުރި ކަމަށް ބުނެ
ދެއްކި ވާހަކަތައް މަޙްޝަރު ނުކޮށް އޭނައަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުޞަތު ދީ ލިޔުމުން ޖަވާބު
ހުށަހެޅުމަށް އެންގުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، މައްސަލައިގެ ދަޢުވާލިބޭ މުޙައްމަދު މުޖްތަބާގެ ފަރާތުން
ޙާޟިރުވާ ވަކީލު ދަޢުވާއަށް އިންކާރުކޮށް ހުށަހެޅި ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން ކުންފުނީގެ ފަރާތުން
ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކިން ޙާޟިރު ނުކޮށް މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި
: 223
0
2 493
ނޗ eއ.
0
ހަވަނަ ނުކުތާއަކީ، ބުނެވެދިޔަ ސަބަބުތައް މިގޮތަށް ހުރުމާއިއެކު މިމައްސަލަ
ނިންމެވުމުގައި ހުށަހެޅިފައިވާ ދައުވާއަށް ހުށަހެޅިފައިވާ ލިޔުންތަކާއި ދެފަރާތުން ދެއްކި ވާހަކަތަކަށް
އިންސާފުވެރި މީޒާނުން، ނުބައްލަވާ މަދަނީ ކޯޓުން މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
ޤާނޫނީ ހަމަތަކާއެއީ
03- މަދަނީ ކޯޓުގެ ނަންބަރު 2010/MC/157 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ކާއެއްގޮތް ނުވާކަމަށްބުނެ ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މަދަނީ ކޯޓުގެ ނަންބަރު 2010/MC/157 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު އެމައްސަލައަކީ ގއ.ވިލިގިނލި މިލާން މުޙައްމަދު މުޖްތަބާ ރާރާ އިންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑްއިން ދެފަހަރެއްގެ މަތީން މަނަދޫ ބޯޓަށް ތެޔޮ އަޅުވާފައިވާ ކަމަށްބުނެ މުޙައްމަދު
ޑެއިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް
ވެބް ސައިޓް www.highcourt.gov.mv
[email protected]
ދިވެހިރާއްޖެ
6
2010/HC-A/278
މުޖުތަބާ މަނަދޫ ބޯޓަށް އަޅުވާފައިވާ ތެލުގެ އަގުގެ ގޮތުގައި ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް
ލިބެންޖެހޭ ފައިސާގެ ތެރެއިން ނުދައްކާއޮތް -/82640 ރ . (އައްޑިހަ ދެހާސް ހަސަތޭކަ ސާޅީސް ރުފިޔާ)
އާއި މިފައިސާ ނުދެއްކުމުގެ ސަބަބުން ވިޔަފާރީގެ އުޞޫލުން ލިބުނު ގެއްލުމަށް 15 (ފަނަރަ)
މަސްދުވަހަށް ނުދައްކާހުރި ފައިސާގެ ޢަދަދުން %15 (އިންސައްތަ) ގެރޭޓުން ދައްކަންޖެހޭ -/185940ރ
(އެއްލައްކަ އައްޑިހަ ފަސްހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ) އާއި އަދި މައްސަލަ ޝަރީޢަތަށް
ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އައްޔަން ކުރި ވަކީލުގެ އުޖޫރައަށްވާ -/16528ރ (ސޯޅަހާސް
ފަސްސަތޭކަ އަށާވީސް ރުފިޔާ) އާއެކުޖުމްލަ-/285108ރ (ދެލައްކަ އަށްޑިހަ ފަސްހާސް އެއްސަތޭކަ
އަށްރުފިޔާ) ރާރާ އިންވެސްޓްމަންޓަށް ދައްކާފައިނުވާ ކަމަށް ބުނެ އެފައިސާ ހޯދުމަށްޓަކައި މުޙައްމަދު
މުޖްތަބާގެ މައްޗަށް ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅާފައިވާ
މައްސަލައެއްކަން އެނގެއެވެ.
އަދި ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙައްމަދު މުޖްތަބާގެ މައްޗަށް
ހުށަހަޅާފައިވާ ދައުވާއަށް އިންކާރުކޮށް އޭނާ އެއްވެސް އިރެއްގައި ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން ތެޔޮގަނެފައިނުވާނެ ކަމަށާއި އަދި މަނަދޫ ބޯޓަކީ މުޙައްމަދު މުޖްތަބާގެ ބޯޓެއް ނޫން ކަމަށާއި
އަދި އެއީ އޭނާ ކުއްޔަށްވެސް ހިފާފައިވާ ބޯޓެއް ނޫން ކަމަށްވެސް މުޙައްމަދު މުޖްތަބާ ބުނެފައިވާކަން
އެނގެއެވެ.
(ނ) މުޙައްމަދު މުޖްތަބާ، ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގައި މަނަދޫ ބޯޓަށް
ތެޔޮއަޅާދިނުމަށް އެއްވެސް އިރެއްގައި އެދިފައި ނުވާނޭ ކަމަށާއި އަދި މުޙައްމަދު މުޖްތަބާއަކީ މަނަދޫ ބޯޓާ
ޤާނޫނީ ގުޅުމެއް އޮތް ފަރާތެއް ނޫން ކަމަށާއި އަދި އޭނާ އެއްވެސް އިރެއްގައި ރާރާ
އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތެޔޮ ގަނެފައި ނުވާނެ ކަމަށް ބުނެ ރާރާ އިންވެސްޓްމަންޓް
8 2
ކ"
އެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
7
2010/HC-A/278
ޕްރައިވެޓް ލިމިޓެޑްގެ ދަޢުވާއަށް އިންކާރުކޮށްފައި ވާކަމާއި
މުޙައްމަދު މުޖްތަބާ އާއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ތެލުގެ
ކުރުމާމެދު ލިޔެ ކިޔުމުން ނުވަތަ އަނގަބަހުންވެސް އެއްބަސްވުމެއް ވެވިފައިވާކަން
22 ހއ 2
2
282/eއ
އެނގެންނެތްކަމާއި
ރާރާ އިންވެސްޓްމަންޓްގެ ފަރާތުން އެފަރާތުގެ ދަޢުވާ ސާބިތުކުރުމަށް ޑެލިވަރީ ނޯޓާއި
ޑެންންކް އޮފް މޯލްޑިވްސް ފ.މ.ކ ގައި މުޙައްމަދު މުޖްތަބާގެ ނަމުގައި ހުޅުވާފައި އޮތް ނަންބަރު
7712441408101 އެކައުންޓުން 10/08/2008 ގައި ފައިސާ ލިބޭ ގޮތަށް އޮތް ޗެކާއި 30/8/2008
ގައި ފައިސާ ލިބޭގޮތަށް އޮތް ޗެކެއް ދަށުކޯޓަށް ހުށަހަޅާފައިވާކަމާއި
އަދި ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ފައިސާ ނުލިބިވާ ތެޔޮތައް އަޅާފައިވަނީ
މިދުވަހުއާއި 02/8/2008 މިދުވަހުގައި ކަމަށް އެކުންފުނިން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާއިރު އެތާރިޚު ތަކުގައި އެކުންފުނިން މަނަދޫ ބޯޓަށް ތެޔޮ އެޅި ޑެލިވަރީ ނޯޓެއްގައި
މުޙައްމަދު މުޖްތަބާ ސޮއިކޮށްފައި ނެތްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެގެއެވެ. އަދި މިފަދަ
މުޢާމަލާތެއްގައި މުދާ ބަލައިގަންނަ ފަރާތަކީ އެމުދަލެއް ހޯދުމަށް އެދުނު ފަރާތް ކަމުގައި އަދި އެމުދަލަކަށް
ފައިސާ ދައްކަންޖެހޭ ފަރާތް ކަމުގައި ވުން ލާޒިމުނުވާކަންވެސް ފާހަގަ ކުރެވެއެވެ.
05}}}2008
(ނ) ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ދެ ޗެކަކީ
މުޙައްމަދު މުޖްތަބާ ސީދާ ރާރާ އިންވެސްޓްމަންޓަށް ދީފައިވާ ޗެކްތަކެއްނޫން ކަމަށާއި އެޗެކްތަކަކީ
މުޙައްމަދު މުޖްތަބާގެ ކޮއްކޮ މުސްތަފާ ޢަލީ މަނާ ބޯޓް ދުއްވިއިރު މުޙައްމަދު މުޖްތަބާ އެބޯޓުން ކުރި
ދަތުރެއްގައި ކޮއްކޮ ބުނި ބުނުމަކަށް މުޙައްމަދު މުޖްތަބާ ސޮއިކުރުމަށް ފަހު ބްލޭންކްކޮށް، ކޮއްކޮއަށް
އެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
2010/HC-A/278
ދޫކޮށްފައިވާ ޗެކްތަކެއް ކަމަށް މުޙައްމަދު މުޖްތަބާ ބުނެފައިވާކަމާއި
ދިވެހިރާއްޖޭގެ
އްޖޭގެ ހައިކޯޓުގެ 107/HC
-
A/2011 ޤަޟިއްޔާއާއި 178/HC
-
A/2011
ޤަޟިއްޔާތަކުގައި ބަޔާން ކުރެވިފައިވާ އުޞޫލަށް ބަލާއިރު ޗެކަކީ އޭގެ ޒާތުގައި ޙާދިސާ ސާބިތުކޮށްދޭ
ހެއްކަކަށް ނުވާ ކަމަށާއި އަދި ހާދިސާ ސާބިތު ވާންނެތް ޙާލަތުގައި ޗެކެއް އޮތް އޮތުމަކީ އޭގެ އަޞްލުން
މަދަނީ ޙައްޤެއް އުފެދޭނެ ކަމެއް ނޫންކަން އެގޭ ކަމާއި، ޗެކެއް ވަކިފަރާތަކަށް ދޫކުރުމުގައި އެތައް
ސަބަބުތަކެއް މެދުވެރިވެދާނެކަން ޤަބޫލު ކުރެވޭ ކަމާއި، އެއްފަރާތަކުން އަނެއް ފަރާތަކަށް ދޫކުރާ ޗެކެއް
ކޮންމެހެން ދަރަންޏަކަށްވުން ލާޒިމު ނުވާކަމާއި އެހެންކަމުން އެއްފަރާތުން އަނެއްފަރާތަށް ދޭންޖެހޭ
ފައިސާއަކީ ދޫކުރެވިފައިވާ ޗެކެއްގެ މައްޗަށް ބިނާކޮށް ދަރަންޏެއް އަދާ ކުރުމުގެ ޤާނޫނީ އިލްތިޒާމްތަކެއް
އުފެދިގެން އަންނާނެ ކަމެއް ކަމުގައި ބެލެވެންއޮތް ކަމެއް ނޫންކަންވެސް އެގެއެވެ.
(ރ) މައްސަލާގެ ދަޢުވާލިބޭ މުޙައްމަދު މުޖްތަބާގެ ފަރާތުން ޙާޟިރުވި ވަކީލް ދަޢުވާއަށް
އިންކާރުކޮށް ހުށަހެޅި ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން ކުންފުނީގެ ފަރާތުން ދަޢުވާ ސާބިތު ކުރުމަށް
ހުށަހެޅި ހެކިން ޙާޟިރު ނުކޮށް މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި
ނުކުތާއަށް ބަލާއިރު އެހެކިންގެ ކިބައިން ޝަރީޢަތަށް ސާބިތުކުރަން ބޭނުންވަނީ ކޮންކަމެއްކަން ސާފުކޮށް
ބަޔާން ކުރެވިފައި ނުވާކަމާއި އަދި މިމައްސަލާގައި ބަޔާން ކުރެވިފައިވާ ތެލުގެ ވިޔަފާރީގެ މުޢާމަލާތުގައި
ޒިންމާވާންޖެހޭ ފަރާތަކީ މުޙައްމަދު މުޖްތަބާކަން އެގޭނޭ ކަމަށް ބުނެ ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ދެމީހުންނަކީ އެކުންފުނީގައި މަސައްކަތް ކުރާ ދެމީހުން ކަމަށްވެސް
އެފަރާތުން ބުނެފައިވާއިރު އެފަ)
އެފަރާތްތަކުން ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ
ދޭހެކިބަހަކީ އެފަރާތްތަކުގެ މަސްލަހަތުވެސް ހިމެނޭ ކަމެއްގައި ދެވޭ ހެކިބަހެއްކަމަށް ވާއިރު މަދަނީ ކޯޓުން
28=ހ2
ވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
9
2010/HC-A/278
އެފަރާތްތައް ޙާޟިރުނުކޮށް މައްސަލަ ނިންމެވުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފު ނިންމެވުމެއް
ނޫންކަން އެގެއެވެ.
9
އ
(ބރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މަނަދޫ ބޯޓާއި ދެމެދުގައި މިމައްސަލާގައި
ބަޔާންކުރެވޭ ތެލުގެ މުޢާމަލާތް ހިނގިއިރު އެބޯޓުގެ ވެރިފަރާތަކީ ނ.މަނަދޫ ރައިމާގެ އަމްޖަދު ޢަލީ ކަމާއި
އެބޯޓަކީ މިމައްސަލާގައި ހިމެނޭ މުޙައްމަދު މުޖްތަބާގެ ކޮއްކޮ ގއ.ވިލިގިނލި ކޯޒީވިލާ މުސްޠަފާ
ޢަލީ ކުއްޔަށް ހިފާފައިވާ އުޅަދެއްކަންވެސް ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ބަޔާންތަކުން އެގޭއިރު
މަނަދޫ ބޯޓާއި މުޙައްމަދު މުޖްތަބާއާއި ދެމެދު ޤާނޫނީ ގުޅުމެއް ނެތްކަންވެސް އެގޭއިރު
މަދަނީ ސޫމަތް ތަކުގައި ހުށަހެޅޭ ދަޢުވާ އަކަށް ދަޢުވާ ރައްދުވާ ފަރާތުން
އިންކާރުކޮށް ފިނަމަ ޢާއްމު އުޞޫލެއްގެ ގޮތުގައި އެދަޢުވާއެއް ސާބިތު ކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާ
ކުރާފަރާތުގެ މަސްއޫލިއްޔަތެއް ކަމަށްވާއިރު، ރާރާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު
މުޖްތަބާއާއި ދެމެދުގައި ތެލުގެ ވިޔަފާރީގެ މުޢާމަލާތެއް ހިގާފައިވާކަމަށް ޝަރީޢަތަށް ސާބިތު ކުރެވޭ ވަރުގެ
ހުއްޖަތެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން އެގެއެވެ.
އެހެން ކަމުން އިސްވެ ބަޔާންކުރެވިދިޔަ ކަންކަން ބަޔާން ކުރެވިދިޔަ ގޮތަށް ހުރުމާއެކު
މަދަނީ ކޯޓުގެ ނަންބަރު 2010/MC/157 ޤަޟިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ
ނުވަތަ ޤާނޫނީ ވިއަސް ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަށް ވަނީ ޤަބޫލު ކުރެވިފައިއެވެ.
ދެންފަހެ އިސްވެބަޔާންކުރެވުނު ސަބަބުތައް ބަޔާންކުރެވިދިޔަގޮތަށް ހުރުމާއެކު މަދަނީ ކޯޓުގެ
ނަންބަރު 2010/MC/157 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް މައްސަލަ ނިންމީއެވެ.
ކީހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް
ވެބް ސައިޓް www.highcourt.gov.mv
[email protected]
ދިވެހިރާއްޖެ