ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/32 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/32
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 32/HC
-
A/2011
. އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޢަލީ ޢިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A059026
ދާއިމީ އެޑްރެސް: ހދ. ކުޅުދުއްފުށި ހީނާމާގެ
މިހާރުގެ އެޑްރެސް: ހދ. ކުޅުދުއްފުށި ހީނާމާގެ
0
ހުށަހެޅުނު ތާރީޚް: 01 ފެބުރުއަރީ 2011
* ނިމުނު ތާރީޚް: 16 ޖެނުއަރީ 2014
0
out Oo
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/B12C/94
ނިންމެވިކާޓް: ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓް
• ޤަޟިއްޔާގެ ބާވަތް: ފުލުހުންގެ ދައުރު އަދާކުރަންހުރި މީހަކަށް ޙަމަލާދިނުން
ހުށަހެޅުނުތާރީޚް: 18 މެއި 2010
ނިމުނު ތާރީޚް: 28 އޮކްޓޯބަރު 2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢައްބާސް ޝަރީފު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/32
ދަޢުވާގެ ޚުލާޞާ:
މިއީ، ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/94 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ހދ. ކުޅުދުއްފުށި ހީނާމާގެ ޢަލީ ޖިސްމާޢީލް
އެވެ.
cu.
CCCO
ފާހަގަކުރެވުނު ނުކުތާތައް:
01- ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/94 ޤަޟިއްޔާގައި ޢަލީ
އިސްމާޢީލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، ޢަލީ އިސްމާޢީލް 07 ޖޫން 2009 ދުވަހުގެ 9:45
އެހައިކަންހާއިރު، ޢަލީ އިސްމާޢީލްގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާ ތަކެތީގެ މައްސަލައަކާ ގުޅިގެން މާލެ
ކަސްޓޯޑިއަލަށް ޙާޟިރުކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޢަލީ ރަމީޒު، ޢަލީ ޢިސްމާޢީލްގެ
ހަށިގަނޑު ބަލާފާސްކުރުމަށްފަހު، ޢަލީ ޢިސްމާޢީލްގެ އަތުން ފެނުނު ފޯނާއި ގަޑި ބަހައްޓަންވީ އެރެސްޓް
ސްޓޭޝަންގައި ކަމަށް ޢަލީ އިސްމާޢީލަށް އެންގުމުން އެކަމާ ހިތްހަމަ ނުޖެހިގެން، ޢަލީ އިސްމާޢީލްގެ އަތުން
ކޮންސްޓަބަލް ޢަލީ ރަމީޒްގެ އަގަމަތީގައި ޖަހައި މާރާމާރީ ހިންގިކަމަށް ކޮންސްޓަބަލް ޢަލީ ރަމީޒު ބުނާތީ އާއި،
ޢަލީ އިސްމާޢީލް ކޮންސްޓަބަލް ޢަލީ ރަމީޒުގެ އަނގަމަތީގައި ޖަހައި މާރާމާރީ ހިންގިތަން ދުށްކަމަށް
ކޮންސްޓަބަލް ޙަރީސް މުޙައްމަދު ބުނާތީ، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 73 ވަނަ
މާއްދާއާއި ޙަވާލާދީ އެޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޢަލީ އިސްމާޢީލްގެ މައްޗަށް ފުލުހުންގެ ދައުރު
އަދާކުރުމަށް ހުރި މީހަކަށް ޙަމަލާ ދިނުމުގެ ކުށުގެ ދަޢުވާ ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ބަޔާންވެ ދިޔަ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
ހދ. ކުޅުދުއްފުށި ހީނާމާގެ ޢަލީ އިސްމާޢީލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ފުލުހުންގެ ދައުރު އަދާކުރަންހުރި
މީހަކަށް ޙަމަލާދިނުމުގެ ކުށް ޝަރީޢަތަށް ސާބިތު ނުވާކަމަށް ޙުކުމްކޮށްފީމެވެ.” މިފަދައިންކަން އެޤަޟިއްޔާ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
cccx
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{011/HC-A/32
1 2017
0
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/B12C/94 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، ތިން ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ، މައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުން ހެކިން ހުށަހަޅާފައިވާއިރު، ހެކިންގެ
ހެކިބަސް ޝަރީޢަތުން ނުނަންގަވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދައުލަތުން މިމައްސަލައިގައި ހުށަހަޅާފައިވާ ހެކީގެ މިންވަރުން މިބާވަތުގެ
މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުން ދަޢުވާ ސާބިތުވާކަމަށް ނިންމަވާފައިވާއިރު، އެފަދަ
ނިންމެވުންތަކަށް
ތަކަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށް
ބުނެ ފާހަގަ ކުރި ނުކުތާއެވެ.
03- ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/94 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް
ކަމަށްބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކާއި މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 73 ވަނަ މާއްދާއާއި ޙަވާލާދީ އެޤާނޫނުގެ
75 ވަނަ މާއްދާގެ ދަށުން ޢަލީ އިސްމާޢީލްގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ ފުލުހުންގެ ދައުރު
އަދާކުރުމަށް ހުރި މީހަކަށް ޙަމަލާ ދިނުމުގެ ކުށުގެ ދަޢުވާއަށް ޢަލީ އިސްމާޢީލް އިންކާރުކޮށްފައިވާއިރު، ޢަލީ
އިސްމާޢީލްގެ އަތުގެ އިގިލީގައި އޮތް އަނގޮޓި ބާރުކަމުން ނުބޭލިގެން އެ އަނގޮޓީ ފުލުސްމީހާ ބަލަން އުޅުމުގެ
ތެރޭގައި ޢަލީ އިސްމާޢީލަށް ތަދުވެގެން އަތް ފޮޅުވާލި ވަގުތު ފުލުސްމީހާގެ ތުންފަތުގައި ޖެހުނުކަމަށާއި،
ގަސްދުގައި ނުޖަހާ ކަމަށް މިއިސްތިއުނާފުކުރެވޭ މައްސަލައާއި ގުޅިގެން ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/32
ޝަރީޢަތުގެ މަޖިލީހަށް 2010 ޖޫން 28 ވަނަ ދުވަހު ޢަލީ އިސްމާޢީލް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން
އެނގެން އޮވެއެވެ.
4
(ނ) ޤާނޫނީ އިސްތިލާޙުގައި ހެކި ދިނުމަކީ މީހަކު އޭނާގެ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑު އެހި،
ނުވަތަ އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤްރާރުވުން ކަމުގައި ވީހިނދު،
ޖިނާއީ މައްސަލަތަކުގައި ހެކިދޭ ހެކިވެރިޔާގައި ހުންނަންޖެހޭ ޢާންމު ޝަރުތުތަކެއްވާކަމާއި، އޭގެ ތެރޭގައި
ހެކިވެރިޔާއަކީ ތަންދޮރުވަކިވާ މީހަކަށްވުމާއި، ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމާއި، އަމިއްލަ އިޚްތިޔާރު
ލިބިގެންވާ މީހަކަށްވުން ހިމެނޭކަމާއި،
އަދި ހަމަ އެފަދައިން ހެކިވެރިޔާގެ ހެކިބަސް ދިނުން ޤާނޫނީ ގޮތުން މަނާވެގެންވާ ޙާލަތްތަކެއް އެކިއެކި
ޖުރިސްޑިކްޝަންތަކުގެ އިޖުރާއާތުގެ ޤާނޫނުތަކުގައި ބަޔާންވެގެންވާކަމާއި، އޭގެ ތެރޭގައި ހެކިވެރިޔާއަކީ
މުއްތަހަމާ ވަކި ދަރަޖައަކަށް ތިމާގެ މީހަކަށް ވުމާއި، ހެކިވެރިޔާއާއި މުއްތަހަމާއި ދެމެދު މަޞްލަޙަތު
ތަޢާރުޟުވާފަދަ ގުޅުމެއް އޮތުމާއި، ހެކިވެރިޔާއަށް ޤާނޫނީ ގޮތުން ސިއްރު ހިފެހެއްޓުމަށް ލާޒިމްވެގެންވާކަމަކާ
ގުޅިގެން ހެކިބަސް ދިނުން މަނާވެގެންވާކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި ތަޠްބީޤްކުރެވޭ ޖިނާއީ އިޖުރާއާތުގެ
ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، މިކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
01/SC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (5) ގައި
އްވާފައިވާކަން އެނގެން އޮވެއެވެ.
30 ދވތ ހ
ނބއވާ
(ނ) ދައުލަތުގެ ފަރާތުން ޢަލީ އިސްމާޢީލްގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުކުރުމުގެ ގޮތުން ހެކިންގެ
ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޢަލީ ރަމީޒު އާއި، ކޮންސްޓަބަލް ޙަރީސް މުޙައްމަދު
ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި، މި ހެކިންނަކީ އިސްވެ ބަޔާންކުރެވުނު ޖިނާއީ މައްސަލަތަކުގައި
ހެކިދޭ ހެކިވެރިޔާގައި ހުންނަންޖެހޭ ޢާންމު ޝަރުތުތަކުން ކުރެ ޝަރުތެއް އުނިވެފައިވާ ބައެއްކަން އެނގެން
ނެތްކަމާއި، އެ ހެކިންނަކީ މިމައްސަލައިގާ ދަޢުވާކުރެވިފައިވާ މުއްތަހަމާ ތިމައިގެ ކަމުގެ ސަބަބުން ހެކިބަސް
ޤަބޫލު ނުކުރެވޭ ދަރަޖައިގެ ގާތް ތިމައިގެ ނުވަތަ މަޞްލަހަތެއް އޮތް ފަރާތްތަކެއްކަން އެނގެން ނެތްއިރު،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/32
cuo
މިމައްސަލައިގެ ހެކިންގެ ގޮތުގައި ހުށަހެޅިފައިވާ އިސްވެ އިޝާރާތްކުރެވުނު ދެ ހެކިންނަކީ އެމީހުންގެ މަޤާމުގެ
ވާޖިބު އަދާކުރުމުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ ގޮތުން ހެކިންގެ ގޮތުގައި ހުށަހެޅިފައިވާ ހެކިންކަމާއި،
މިމައްސަލައިގާ ކަން ހިނގާފައިވާ ގޮތް ކަމަށް ބުނެ ދައުލަތުގެ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދަޢުވާކުރެވޭ ހާދިސާ ހިނގިއިރު އެތަނުގައި ދަޢުވާލިބޭ ފަރާތުގެ އިތުރުން،
ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ފިޔަވައި އެހެން ބަޔަކު ނެތްކަން އެނގެން
އޮންނަކަމާއި، ފުލުހުން އެމީހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ހިނގާ އަދި ފެންނަ ކަންކަމުގައި އެމީހުންގެ
ހެކިބަސް ޤަބޫލު ނުކޮށް ރައްދު ކުރެވޭނަމަ، އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހެކި
ގަރީނާ ހޯދުމަކީ ނާދިރުކަމެއްކަމަށް ވުމާއެކު، މިމައްސަލައިގާ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކި
ބަހުގެ މައްޗަށް ބަލައި ޢަލީ އިސްމާޢީލުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާއިމެދު ގޮތެއް ކަނޑައަޅަންޖެހޭ
ކަން އެނގެއެވެ.
ވީމާ، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުން ދެކެނީ، ހދ.
ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/94 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާއާ ގުޅިގެން
ދައުލަތުގެ ފަރާތުން އެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަންޖެހޭނެ ކަމަށާއި،
އެ ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް އެ ދަޢުވާއާއި މެދު ގޮތެއް ކަނޑައަޅަންޖެހޭ ކަމާއި،
އެޤަޟިއްޔާގައި ދަޢުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ
ހެކިބަސް ދަށު ކޯޓުން ނަންގަވާފައިނުވާއިރު، އިސްތިއުނާފް އުޞޫލުތައް ނިޔާކުރާ ގޮތުން ދަށުކޯޓަށް އެއްވެސް
ގޮތަކަށް ހާޒިރުކުރައްވާފައިނުވާ ހެކިން ހައިކޯޓުން އިސްތިއުނާފުގެ މަރުޙަލާގައި ހާޒިރުކޮށް އެފަރާތްތަކުގެ ބަޔާން
ނެގުމަކީ، މައްސަލައިގެ ދެފަރާތުންކުރެ ފަރާތަކަށް ލިބިގެންވާ އިސްތިއުނާފުކުރުމުގެ އަސާސީ ޙައްޤަށް އުނިކަން
އަތުވެދާނެކަމަކަށް ވެފައި، އަދި އެއީ އިސްތިއުނާފް އުޞޫލުތަކާ އެއްގޮތްވާ ކަމަކަށް ނުވުމާއެކު، ހދ.
ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/94 ޤަޟިއްޔާގައި ހުށަހަޅާފައިވާ ދަޢުވާއާމެދު
ހައިކޯޓުގެ މިޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގޮތެއް ކަނޑައެޅުމަށް
އަނބުރާ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ތަޙުލީލު ކުރަންޖެހޭކަމަށެވެ.
OCX
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/32
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ހދ.
ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/94 ޤަޟިއްޔާގައި، ހދ. ކުޅުދުއްފުށި ހީނާމާގެ
ޢަލީ އިސްމާޢީލް މައްޗަށް ހުށަހެޅުނު ދަޢުވާ މިޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް
އަލުންބަލާ ނިންމުމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ
(ށ) ގެ ދަށުން ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ތަޙްލީލުކޮށް، އެކޯޓުގެ ނަންބަރު 2010/94
/
12C
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާތިލް ކޮށްފީމެވެ.
ކައިވެ
!
ފަހިވެވެ
ޕްވެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv