ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-DM/07 ޤަޟިއްޔާގެ ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 07/HC-DM/2008
• ދަޢުވާކުރި ފަރާތް: ޖުމްހޫރީ ޕާޓީ
ރަޖިސްޓްރީ ނަންބަރ:
ދާއިމީ އެޑްރެސް: މ. ޗަބޭލީގެ، 3 ވަނަ ބުރި (ދެކުނު)1 ކ. މާލެ
މިހާރުގެ އެޑްރެސް:މ. ޗަބޭލީގެ،3 ވަނަ ބުރި ދެކުނު)/ ކ. މާވެ
ދަޢުވާލިބުނު ފަރާތް: ދިވެހި ދައުލަތް
• ހުށަހެޅުނު ތާރީޚް: 24 ރަމަޟާން 1429
24 ސެޕްޓެމްބަރ 2008
* ނިމުނު ތާރީޚް: 02 ޝައްވާލު 1429
02 އޮކްޓޯބަރ 2008
ދިވެހިރާއްޖޭގެ ހައިކޯޓު، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޞަފްޙާ ނަންބަރ 1
01- މައްސަލާގެ ޚުލާޞާ:
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
08-01:
I
"10-08 :
04- މަޙްޝަރު ބަޔާންތައް:
ދަޢުވާކުރި ފަރާތުގެ ވާހަކަ:
(މަޙްޝަރު ނަންބަރު: 15-01 :HC-DM/07Mpg/2008)
ދަޢުވާލިބުނު ފަރާތުގެ
ފަރާތުގެ ވާހަކަ: (މަޙްޝަރު ނަންބަރު: 26-16 :HC-DM/07Mpg/2008)
1
2008/HC-DM/07
ހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދައުވާގެ ޚުލާޞާ
Coc
މިއީ، މީލާދީ ސަނަތުން ދެހާސް އަށް ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަދުވަހު
ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވުނު ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ} ފަސްވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފު މާއްދާއެއްކަމަށް ބުނެ އެ މާއްދާއަކީ ބާޠިލު ދާއެއްކަމުގައި
ކަނޑައަޅާދިނުންއެދި ޖުމްހޫރީޕާރޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަޢުވާ ކުރުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތެވެ.
4
2
2
4
2 ހ3ދ
(އދ
ދަޢުވާކުރި ފަރާތުގެ ވާހަކަ:
ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ފަރާތުން
ވަކީލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު
(މަޙްޝަރު ނަންބަރު: 15-01 :HC-DM/07Mpg/2008)
ދަޢުވާލިބުނު ފަރާތުގެ ވާހަކަ:
ދިވެހި ދައުލަތުގެ ފަރާތުން
އަލްއުސްތާޛު ޙާތިފު ޙިލްމީ
އަލްއުސްތާޛު މޫސާ ޢާލިމް
(މަޙްޝަރު ނަންބަރު: 26-16 :HC
-
DM
/
07Mpg/2008)
044).
ބައެ:
1- މިއީ، މީލާދީ ސަނަތުން ދެހާސް އަށް ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަދުވަހު
ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވުނު ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ) ފަސްވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފު މާއްދާއެއްކަމަށް ބުނެ އެ މާއްދާއަކީ ބާޠިލު މާއްދާއެއްކަމުގައި
ކަނޑައަޅާދިނުންއެދި ޖުމްހޫރީޕާރޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދަޢުވާ ކުރުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތެވެ.
2
2008/HC-DM/07
ހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2- ޖުމްހޫރީޕާޓީގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބުނެވުނު ދަޢުވާ ބިނާކުރާ ސަބަބުތައް
ކަމަށް ބުނެ އެޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތު ކުރި
އަލްފާޟިލާ ފާޠިމަތު ދިޔާނާ ސަޢީދު ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް
ބަލާއިރު، ދެ ސަބަބެއް ހުށަހަޅާ އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ccc
(ހ) ފުރަތަމަ ސަބަބަކީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އިން
ޤާނޫނުގެ އަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޙައްޤެއް ކަމަށްވާ ވޯޓް ދިނުމުގެ ޙައްޤު
ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި ޚިލާފަށް ހިފަހައްޓާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
(ނ) ދެވަނަ ސަބަބަކީ އިސްވެ ބުނެވުނު ސަބަބަށްޓަކާ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 5
ވަނަ މާއްދާގެ (ށ) އަކީ އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއަޅާ މާއްދާއެއް
ކަމަށް ބުނެ
އެފަރާތުން ހުށަހެޅި ސަބަބެވެ.
3- ޖުމްހޫރީޕާރޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ދަޢުވާ އިތުރަށް
ތަފްޞީލުކޮށް ދިނުމުގެ ގޮތުން އެޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ވިސްނާ ބަލާއިރު، އެފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ޅ) ގައި "މި ޤާނޫނު އަސާސީގައި އެހެންގޮތަކަށް
ބަޔާންކޮށްފައި ނުވާހާ ހިނދަކު ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށްމެ އިންތިޚާބު
ތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓްތަކުގައި ވޯޓް ދިނުމުގެ ޙައްޤު ލިބިގެންވާ ކަމަށް“
ބުނެފައިވާއިރު، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 5 މާއްދާގެ (ށ)
ގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 5 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމްކޮށް
އެޙުކުމް ތަންފީޛް ކުރެވެމުންދާ މީހުން އިންތިޚާބުތަކުގައި ވޯޓުދިނުމުން އިސްތިސްނާ ވާނެކަމަށް ބުނެފައި
އޮތުމުން، ޤާނޫނު އަސާސީން ޢާންމުކޮށް ކޮންމެ ދިވެހިރައްޔިތަކަށް ދީފައިވާ އަސާސީ ޙައްޤަކުން ދިވެހި
ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުން މަޙްރޫމް ވާކަމަށާއި، ޤާނޫނު އަސާސީގައި ދެވިފައިވާ އެފަދަ
ޙައްޤެއް ހިފެހެއްޓޭނީ، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ އުޞޫލާ
ގޮތުގެ
3t
(8
ދިވެހިރާއްޖޭގެ
2008/HC-DM/07
ރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މަތިން ކަމަށާއި، އަދި އިސްވެ ބުނެވުނު ޙައްޤު ހިފެހެއްޓިފައިވާކަން ސާބިތުވެ އެނގެން އޮތުމާއެކު
އެޙައްޤު ހިފަހައްޓާފައިވަނީ އެފަދަ ޙައްޤެއް ހިފަހައްޓަން ޖެހިގެން ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ
މަތިންކަން ސާބިތުކޮށްދިނުމަކީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ރ) ގައިވާގޮތުން ދައުލަތުގެ
ޒިންމާއެއްކަމަށެވެ.
4 ޑ ވ ފ ދ ތ
4- ޖުމްހޫރީޕާރޓީގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ގޮތުން ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ދިވެހި ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ
ރައްޔިތަކަށްމެ ލިބިދީފައިވާ ވޯޓް ދިނުމުގެ ޙައްޤު، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ
ޢާންމު ޤާނޫނު)ގެ ދަށުން ހިފެހެއްޓިފައިވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ
ގޮތުގެމަތިން، މިނިވަން ދިމިޤްރާތީ މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ހިފަހައްޓަންޖެހޭ މިންވަރަށް ކަމަށާއި،
އެކަން އެގޮތަށް ހިފެހެއްޓިފައިވާ މިނިވަން ދިމިޤްރާތީ މުޖްތަމަޢުތައް އެބަހުރިކަމަށާއި، އޭގެ ތެރޭގައި
އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ބައެއް އެހެނިހެން ޤައުމުތައްވެސް ހިމެނޭ ކަމަށެވެ.
-5
މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ދިވެހިރައްޔިތުންނަށް ޢާންމުކޮށް ލިބިފައިވާ އަސާސީ ޙައްޤަކުން
ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 5
ވަނަ މާއްދާއިން ހިފެހެއްޓިފައިވާކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް
ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
Occ
(ހ) ފުރަތަމަ ކަމަކީ:- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ
މާއްދާއަށް ބަލާއިރު އެމާއްދާގެ (ހ) ގެ ދަށުން ދިވެހިރައްޔިތުންގެ ތެރެއިން ޢުމުރުން 18 އަހަރު
ފުރިފައިވާ ކޮންމެ ރައްޔިތަކަށްމެ އިންތިޚާބު ތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓް
ތަކުގައި ވޯޓް ދިނުމުގެ ޙައްޤު އެއްވެސް ޤައިދަކާ ނުލައި ލިބިފައިވާކަން ރަނގަޅަށް އެނގެން އޮންނައިރު،
4
2008/HC-DM/07
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤާނޫނު އަސާސީގައި ބުނެފައިވާ އަސާސީ ޙައްޤުތަކާއި، މިނިވަންކަމުގެ ތެރޭގައި ހިމެނޭ މިފަދަ އަސާސީ
ޙައްޤުތަކަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނެގޮތުގެ މަތިން ކޮންމެ ދިވެހި
ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤުތަކެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ކަށަވަރު
ކޮށްދީފައިވާކަން ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) އިން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ:- ޤާނޫނު އަސާސީ އިން ދިވެހި ރައްޔިތުންނަށް ލިބިގެންވާކަން ކަށަވަރު
ކޮށްދީފައިވާ އަސާސީ ޙައްޤުތަކަކީ، ނުވަތަ އެފަދަ ޙައްޤުތަކުގެ ތެރެއިން ޙައްޤެއްގެ އެއްވެސް މިންވަރަކީ،
ވަކި ހަމަތަކެއްގެ މަތިން އަދި ކަނޑައެޅި ބަޔާންވެފައިވާ ޝަރުޠު ތަކެއް ފުރިހަމަވެގެން މެނުވީ،
ހިފެހެއްޓުން ޤާނޫނު އަސާސީ ހުރަސްއަޅާ ކަމަކަށްވާއިރު، އެފަދަ ޙައްޤެއް ނުވަތަ ޙައްޤަކުން ބައެއްވިޔަސް
ހިފެހެއްޓުން ޤާނޫނީގޮތުން ހުއްދަވާ ޙާލަތްތަކަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިނިވަން
ދިމިޤްރާތީ މުޖްތަމައެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށް ހިފަހައްޓަންޖެހޭ
ހިފެހެއްޓުމުގެ އިތުރަށް އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ޤާނޫނު
އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެފަދަ
އަސާސީ ޙައްޤެއް ހިފަހައްޓަންޖެހޭ ޙާލަތްކަމަށް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި
އެމާއްދާގެ (ށ) ގައި ސާފުބަހުން ބުނެފައިވާކަން ފާހަގަ ކުރެވިފައިވާއިރު، އެފަދަ އަސާސީ ޙައްޤެއް ނުވަތަ
އަސާސީ ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެ މަތިންތޯ ބަލަންޖެހޭ
ހިނދު، އެޙައްޤެއްގެ ނުވަތަ އެމިނިވަން ކަމެއްގެ ޒާތާ ބާވަތަށާއި، އެފަދަ ޙައްޤެއް ހިފެހެއްޓުމުގެ ބޭނުމާއި
މުހިއްމު ކަމަށާއި، އެޙައްޤެއް ނުވަތަ އެ މިނިވަން ކަމެއް ހިފަހައްޓާފައިވާގޮތާއި މިންވަރަށާއި އެޙައްޤެއް
ނުވަތަ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާއި، އެޙައްޤެއް ނުވަތަ އެމިނިވަން ކަމެއްގެ ހުރި މުހިއްމުކަމާ
ހުރި ގުޅުމުގެ މައްޗަށާއި، އެޙައްޤެއް ނުވަތަ މިނިވަން ކަމެއް ހިފަހައްޓާފައިވާ މިންވަރަށް ވުރެ ކުޑަކޮށް
ހިފަހައްޓައިގެން ބޭނުންވާ މަޤްޞަދު ޙާޞިލުކުރެވިދާނެތޯ އާއި، އަދި އެފަދަ ޙައްޤެއް ހިފަހައްޓާފައިވަނީ
ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްލާމްދީނުގެ އަޞްލުތަކުގެ ތެރެއިން އަޞްލެއް
ރައްކާތެރި ކުރުމަށް ކަމުގައިވާނަމަ އެޙައްޤެއް ނުވަތަ މިނިވަން ކަމަކީ ކޮންމެހެން ހިފަހައްޓަންޖެހޭ
oco
5
ދިވެހިރާއްޖޭގެ
2008/HC-DM/07
ރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކަމެއްތޯ ބަލައި، އިސްވެ އިޝާރާތް ކުރެވުނު ކަންކަމުގެ މައްޗަށް ޝަރީޢަތުގެ ފަރާތުން ފުރިހަމައަށް
ރިޢާޔަތް ކުރަންވާނެ ކަމަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި
ސާފުބަހުން ބުނެފައިވާކަން ފާހަގަ ކުރެވިފައި އޮންނަ އޮތުމެވެ.
cu O
OCZOCC
(ނ) ތިންވަނަ ކަމަކީ:- އިންތިޚާބު ތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު
ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ، ދިވެހި ރައްޔިތުންގެ ތެރެއިން ޤާނޫނު އަސާސީގައި ބުނެފައިވާ ޝަރުޠު
ހަމަވާ ކޮންމެ ރައްޔިތަކަށްމެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން އެއްވެސް
ހިފެހެއްޓުމެއް ނެތި މުޠުލަޤު ގޮތެއްގައި ލިބިދެވިފައިވާ އަސާސީ ޙައްޤަކަށް ވާއިރު، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު
ބެހޭ ޢާންމު ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައި ޖިނާއީ ކުށެއް ކުރިކަން
ސާބިތުވުމާއި ގުޅިގެން 5 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ޙުކުމްކޮށް، އެޙުކުމް ތަންފީޛް
ކުރެވެމުންދާ މީހުން، ވޯޓް ދިނުމުން އިސްތިސްނާ ވާނެކަމަށް ބުނެފައި އޮތުމުން، ދިވެހިރައްޔިތުންގެ
ތެރެއިން ޝަރުޠު ހަމަވާ، ހަމަ ކޮންމެ މީހަކަށް އެއްވެސް ހިފެހެއްޓުމެއްނެތި މުޠުލަޤު ގޮތެއްގައި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ލިބިދީ، އަދި ޤާނޫނު
މީގެ 16 ވަނަ މާއްދާގެ ދަށުން ކަށަވަރު ކޮށްދީފައިވާ ވޯޓްދިނުމުގެ ޙައްޤު އެވަނީ ޤާނޫނު ނަންބަރު
11/2008 ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިފެހެއްޓިފައިކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން
އޮތްހިނދު، އެޙައްޤު ހިފެހެއްޓިފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަށީގެންވާ
މިންވަރަކަށް ކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ދިވެހި ދައުލަތް ނުވަތަ
އެޙައްޤެއް ހިފެހެއްޓި ފަރާތް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
16 ވަނަ މާއްދާގެ
(ރ) ގައި ސާފުބަހުން ކަނޑައެޅި ބަޔާންވެފައިވާކަން ފާހަގަ ކުރެވިފައި އޮންނަ އޮތުމެވެ.
އަސާސީގެ
(ރ) ހަތަރުވަނަ ކަމަކީ:- ކޯޓެއްގެ ޙުކުމަކާ ގުޅިގެން ނުވަތަ ޤާނޫނުގައިވާ ގޮތުގެ މަތިން
މިދުކުރެވިފައިވާ މީހުންނާއި އިޖްތިމާޢީ އެކިއެކި ސަބަބު ތަކަށްޓަކައި، ދައުލަތުން ބަލަހައްޓަމުން ގެންދާ
މީހުން، ޤާނޫނު އަސާސީގައި އަސާސީ ޙައްޤުތައް ކަނޑައެޅިފައިވާ ބާބުގައި ބުނެފައިވާ އެއްވެސް
ޙައްޤަކުން ނުވަތަ މިނިވަންކަމަކުން މަޙްރޫމް ކުރެވޭނީ އެކަމަކަށް ކޮންމެހެން ބޭނުންވާ
މިންވަރަކަށް ކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 57 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާއިރު، ޤާނޫނު
6
2008/HC-DM/07
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އަސާސީގެ 26 ވަނަ މާއްދާއިން ދިވެހިރައްޔިތުންގެ ތެރެއިން ޤާނޫނު އަސާސީގައިވާ ޝަރުޠުތައް
ފުރިހަމަވާ ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ވޯޓް ދިނުމުގެ ޙައްޤު، ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާ، ދިވެހިރައްޔިތުންގެ
ތެރެއިން ބައެއް ރައްޔިތުން އެޙައްޤުން މަޙްރޫމް ކޮށްފައިވަނީ ރައްޔިތުންގެ މައްޗަށް ވެރިކަންކުރާނެ ބަޔަކު
ނުވަތަ ރައްޔިތުންގެ މައްޗަށް ޤާނޫނު ހަދާނޭ ބަޔަކު އިންތިޚާބު ކުރާއިރު، އެމީހުންނަކީ ކުށްވެރިންގެ
ނުފޫޒުގެ ދަށުގައި ތިބޭ ބަޔަކަށް ނުވަތަ އެބައިމީހުންނަކީ މުޖްރިމުންނާއި ގޭންގްސްޓަރގެ ނުފޫޒުގެ ދަށުގައި
ތިބޭ ބަޔަކަށް ވެއްޖެނަމަ އެފަދަ ބަޔަކު ރައްޔިތުންގެ މެދުގައި އިންޞާފުން ކަންތައް ކުރަމުންދާނެ ކަމާމެދު
ޝައްކު އުފެދޭތީއާއި، އެފަދަ ޙާލަތެއްގައި އިންތިޚާބު ކުރެވޭ ފަރާތް ތަކުގެ ވިސްނުން އޮންނާނީ
ކުށްވެރިންނަށް ރަނގަޅު ގޮތް ހޯދައިދިނުމުގެ މައްޗަށް ކަމަށް ދެކޭ ކަމަށާއި، ޖަލުގައި ބަންދުކުރެވިފައިވާ
މީހުންނަކީ އެމީހުންގެ ޢަމަލުތަކުގެ ސަބަބުން މުޖްތަމަޢުގެ ނުރުހުން ލިބެމުންދާ އަދި މުޖްތަމަޢުން އެކަހެރި
ކުރެވިފައިވާ ބަޔަކަށްވާތީ، އެފަދަ ބައެއްގެ ވިސްނުން ހުންނާނީ ޤައުމުގެ މަޞްލަޙަތަށްވުރެ ބޮޑަށް އަމިއްލަ
މަޞްލަޙަތު އިސްކުރުމުގެ މައްޗަށް ކަމަށްވެފައި، ކުށްވެރިން ވޯޓްދީގެން ހޮވޭ ފަރާތްތަކަކީ ޤައުމުގެ
ވެރިކަން ހިންގުމާ ޙަވާލުވާ ފަރާތްކަމަށް ވެއްޖެނަމަ ނުވަތަ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް
ވެއްޖެނަމަ، އެފަރާތްތައް މެދުވެރިވެ ކުށްވެރިންގެ މަޞްލަޙަތާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް
ބައްޓަންކުރުމަށް މަގުފަހިވެގެން ހިނގައިދާނެތީ އާއި، އެމީހުންނަކީ ޒިންމާދާރު ގޮތެއްގައި ވޯޓްދިނުމުގެ
ޙައްޤު ބޭނުންކޮށްފާނެ ބައެއްކަމަށް
ކަމަށް ދައުލަތުގެ ފަރާތުން ނުދެކޭތީ، އެޙައްޤު ހިފަހައްޓަން ޖެހުނީ ކަމަށާއި،
މިނިވަން ދިމިޤްރާތީ މުޖްތަމަޢުތަކުގައި މިޙައްޤު މިގޮތަށް ހިފެހެއްޓިފައިވާ ކަމަށާއި، އަދި އެގޮތަށް އެޙައްޤު
ނުވަތަ އެޙައްޤުން ބައެއް ހިފެހެއްޓިފައިވާ މުޖްތަމަޢު ތަކުގެ ތެރޭގައި ބަލްގޭރިޔާ، ޗެކް ރިޕަބްލިކް،
ހަންގޭރީ، ލަކްސަންބަރގް، ރުމޭނިޔާގެ އިތުރަށް އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާގައިވެސް އެޙައްޤު
އެގޮތަށް ހިފެހެއްޓިފައިވާތީ، ޤާނޫނު ނަންބަރު 11/2008 ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ވޯޓް
ދިނުމުގެ ޙައްޤުން އެމާއްދާގައި ބުނާ ކުށްވެރިން މަޙްރޫމް ކޮށްފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފަށްކަމަށް
ނުދެކޭ ކަމަށްބުނެ، އެޙައްޤު ހިފަހައްޓާފައިވަނީ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިންކަން
ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ޤާނޫނު އަސާސީގެ
7
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-DM/07
32 22
U COX
26 ވަނަ މާއްދާއިން ލިބިދީފައިވާ ވޯޓްދިނުމުގެ ޙައްޤުން ޤާނޫނު ނަންބަރު 11/2008 ގެ 5 ވަނަ
މާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތައް މަޙްރޫމް ކުރަންޖެހޭފަދަ ސަބަބެއްކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާ މައިގަނޑު ދެސަބަބަކީވެސް ޤާނޫނު ނަންބަރު 11/2008 ގެ 5 ވަނަ މާއްދާގެ (ށ) ގައި
ބުނެފައިވާ ކުށްވެރިން ތިބި ކުށުގެ ޙާލަތުގެ މައްޗަށް ރިޢާޔަތް ކޮށް އިސްޠައްބާތުކޮށްފައިވާ ދެސަބަބެއް
ކަމާއި، އެއީ ޙަޤީޤަތުގައިވެސް އެކަން ކަނޑައެޅިގެންވާނެ ގޮތްކަން ޝަރީޢަތަކަށް ސާބިތުކޮށްދެވޭ ފަދަ
ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާތީއާއި، ޖަލަށް ޙުކުމް ކުރެވޭ އެންމެންނަކީ މުޖްތަމަޢުގެ
މަޞްލަޙަތަށް އެއްވެސް މިންވަރަކަށް އިސްކަން ދިނުމެއް ނެތި ހަމައެކަނި އަމިއްލަ މަޞްލަޙަތަށް
ކަނޑައެޅިގެން އިސްކަންދޭނޭ ބައެއްކަމަށް ހުރިހާ ޙާލަތެއްގައި ބެލެވޭ ގޮތްވުމަކީ އިންޞާފުވެރިގޮތަކަށް
ނުވާނެތީއާއި ޖަލަށް ޙުކުމް ކުރެވޭ މީހުންގެ ތެރެއިން އެބައިމީހުންގެ ޙާލު އިޞްލާޙުކޮށް މުޖްތަމަޢުގެ
ޙައްޤުތަކަށް ރައްކާތެރިވާ ޒިންމާދާރު މީހުން ތިބުން ނަފީ ކުރާ ހެއްކާއި ދަލީލު ޝަރީޢަތަށް ހުށަހެޅިފައި
ނުވާތީއާއި، ޖަލަށް ޙުކުމް ކޮށްފައިވާ މީހުންގެ ތެރެއިން ޤާނޫނު ނަންބަރު 11/2008 ގެ 5 ވަނަ
މާއްދާގެ (ށ) ގައި ބުނެފައިވާ ކުށްވެރިންނަކީ، ޒިންމާދާރު ވޯޓަރުންނަށް ނުވާނެ ކަމަށް ބުނެފައިވާ
ވާހަކައަށް ތާއީދުލިބޭފަދަ ހެއްކާއި ދަލީލު ޝަރީޢަތަށް ހުށަހެޅިފައި ނުވާތީއާއި، ޤައުމުގެ ވެރިކަމަށް
އިންތިޚާބު ކުރެވޭ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބު ކުރެވޭ ފަރާތްތަކުން
އެމަޤާމް ކާމިޔާބު ކުރަނީއަކީ ހަމައެކަނި ޤާނޫނު ނަންބަރު 11/2008 ގެ 5 ވަނަ މާއްދާގެ (ށ) ގައި
ބުނެފައިވާ ކުށްވެރިންގެ ތާއީދުންކަމަށް ބެލެވޭނެ ހަމައެއް ނެތަތީ އާއި، އެޤާނޫނުގެ 5 ވަނަ މާއްދާގެ (ށ)
ގައި ބުނެފައިވާ މީހުންނަކީ މުޅި މުޖްތަޢުގެ އަފްރާދުންގެ ނިސްބަތުން މަދު ބަޔަކަށްވެފައި، އެމަޤާމް ތަކަށް
އިންތިޚާބު ކުރެވޭ ފަރާތްތަކުން ގޮނޑި ކާމިޔާބު ކުރަނީ ޖުމްލަ ގޮތެއްގައި މުޅި މުޖްތަމަޢުގެ ހުރިހާ
ފަންތިއެއްގެވެސް ތާއީދާއި އެއްބާރުލުން ލިބިގެންކަމަށް ވާތީއާއި، އެފަދަ މަޤާމްތަކަށް އިންތިޚާބު ކުރެވޭ
ހުރިހާ ފަރާތްތަކަކީ ޤައުމުގެ ހުރިހާ ރައްޔިތުންގެ މަޞްލަޙަތަށްވުރެ ބޮޑަށް ކުށްވެރިންގެ މަޞްލަޙަތަށް
އިސްކަންދޭ އެމީހުންގެ އަވާގައި ޖެހިދާނެ ބައެއްކަމަށް ކަނޑައެޅިގެން ބަލަންޖެހޭފަދަ ހަރުދަނާ
ސަބަބެއްވެސް ނެތަތީ، ޤާނޫނު ނަންބަރު 11/2008 ގެ 5 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ
ކުށްވެރިންގެ ނުފޫޒު، ވެރިކަން ހިންގާފަރާތުގެ މައްޗަށާއި ޤާނޫނު ހަދާ މަޖިލީހުގެ މައްޗަށް އޮވެދާނެކަމަށް
ބައްލަވާ ޤާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ދިވެހި ރައްޔިތުންގެ ތެރެއިން ޤާނޫނު
6
8
ދިވެހިރާއްޖޭގެ
ރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-DM/07
އަސާސީގައިވާ ޝަރުޠު ހަމަވާ ކޮންމެ ފަރުދަކަށް ލިބިދީފައިވާ ވޯޓްދިނުމުގެ ޙައްޤުން އިސްވެ ބުނެވުނު
ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތައް މަޙްރޫމް ކުރެއްވި ގޮތް ޤާނޫނު އަސާސީގެ
16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާކަން ޝަރީޢަތަށް ސާބިތުވެފައި ނުވާތީއާއި،
ވޯޓް ދިނުމުގެ ޙައްޤުން އެޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތައް ޤާނޫނު އަސާސީގެ
57 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން، ކޮންމެހެން މަޙްރޫމްކުރަން ޖެހިގެން އެފަރާތްތައް
އެޙައްޤުން މަޙްރޫމް ކޮށްފައިވަނީ ކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ކުރެވޭ
މިންވަރަށް ހެކި ހުށަހެޅިފައި ނުވާކަން ފާހަގަ ކުރެވިފައި އޮންނަ އޮތުމެވެ.
cu o
މިކަންކަން މިހެންހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުނަށް އިއްތިފާޤު ވެވުނީ
ޤާނޫނު ނަންބަރު 11/2008 ގެ 5 ވަނަ މާއްދާގެ (ށ) ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 24 ވަނަ
މާއްދާއާއި ފުށުއަރާ ކަމަށާއި، ޤާނޫނު ނަންބަރު 11/2008 ގެ 5 ވަނަ މާއްދާގެ "ފ" ގައި ބުނެފައިވާ
ފަރާތްތައްވެސް ޝާމިލްވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 24 ވަނަ މާއްދާއިން އެފަރާތްތަކަށް
ލިބިދީފައިވާ ވޯޓްދިނުމުގެ ހައްޤުން އެފަރާތްތައް މަޙްރޫމް ކުރެވިފައިވަނީ އެފަދަ ޙައްޤެއް ހިފަހައްޓަން
ކޮންމެހެން ޖެހޭފަދަ ސަބަބެއް ނެތީސް، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ އުޞޫލާ
އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށެވެ.
އެންމެ
މީލާދީ ސަނަތުން 2008 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަދުވަހު ސަރުކާރުގެ
ގެޒެޓްގައި ޝާއިޢުކުރެވުނު ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 05
ވަނަ މާއްދާގެ (ށ) އަކީ ޤާނޫނު އަސާސީއާއި ޚިލާފު މާއްދާއެއް ކަމަށް ބުނެ އެމާއްދާ ބާޠިލުކޮށްދެއްވުން
އެދި ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓްތަކުގައި ވޯޓްދިނުމުގެ ޙައްޤަކީ
ޤާނޫނު އަސާސީގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށްމެ ޤާނޫނު އަސާސީގެ 16
ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤަކަށްވެފައި، އެފަދަ ޙައްޤެއް ނުވަތަ ޙައްޤަކުން ބައެއްވިޔަސް
ހިފެހެއްޓޭނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ
ut Occ
9
ދިވެހިރާއްޖޭގެ ހައިކޯޓް، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-DM/07
ހ8 329
މުޙަންމަ
ގޮތުގެ މަތިން ކަމަށްވާތީ އާއި، ބަންދު ކުރެވިފައިވާ މީހުންނާއި އިޖްތިމާޢީ އެކިއެކި ސަބަބުތަކަށްޓަކައި
ދައުލަތުން ބަލަހައްޓަމުން ގެންދާ މީހުން ޤާނޫނު އަސާސީގައި ބުނެފައިވާ އެއްވެސް އަސާސީ ޙައްޤަކުން
ނުވަތަ މިނިވަންކަމަކުން
ކުރެވޭނީ އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށް ޤާނޫނު
އަސާސީގެ 57 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާއިރު، ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއިން
ލިބިދީފައިވާ އިސްވެ ބުނެވުނު އަސާސީ ޙައްޤުން ޤާނޫނު ނަންބަރު 11/2008 ގެ 05 ވަނަ މާއްދާގެ
(ށ) ގައި ބުނެފައިވާ ފަރާތްތައް އެމާއްދާގެ ދަށުން މަޙްރޫމް ކޮށްފައިވަނީ އެބައިމީހުން އެޙައްޤުން
ކޮންމެހެން މަޙްރޫމް ކުރަންޖެހިގެން، މަޙްރޫމް ކުރަންޖެހޭ މިންވަރަށް ކަން ޝަރީޢަތަށް ކަމެއް
ސާބިތުކުރުމަށް ބޭނުންވާ ހަމައިގެ މަތީން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ އާއި، އިސްވެ ބުނެވުނު
އަސާސީ ޙައްޤުން އެފަރާތްތައް މަޙްރޫމް ކޮށްފައިވަނީ ބައެއް ދިމިޤްރާތީ މުޖްތަމަޢުތަކުގައިވެސް އެޙައްޤު
އެގޮތަށް ހިފެހެއްޓިފައިވާތީ، އެފަދަ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގައިވެސް ޤާނޫނު ނަންބަރު 11/2008
ގެ 05 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތައް އެޙައްޤުން މަޙްރޫމް ކުރަން ޖެހިގެން ކަމަށް
ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، ބައެއް ދިމިޤްރާތީ މުޖްތަމަޢުތަކުގައި ހަމައެކަނި އެޙައްޤު އެގޮތަށް
ހިފެހެއްޓިފައި އޮތުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ޙުއްޖަތަކަށް ނުވާނެތީ އާއި ދިވެހިރާއްޖޭގަ
އެފަދަ ޙައްޤަކުން މަޙްރޫމް ކުރާނަމަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ
(ހ)، (ނ)، އަދި (ނ) ގެ 1، 2، 3، 4، 5، 6 އަދި އެމާއްދާގެ (ރ) ގައި ބުނެފައިވާ
އުޞޫލުތަކަށް ފުރިހަމައަށް ރިޢާޔަތް ކުރެވެންޖެހޭނެތީ އާއި، އަދި އެއްވެސް އަސާސީ ޙައްޤެއް ނުވަތަ
އެފަދަ ޙައްޤަކުން ބައެއްވިޔަސް ހިފެހެއްޓެންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 57
ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތަށް އެފަދަ ޙައްޤެއް ނުވަތަ ޙައްޤަކުން ބައެއް ވިޔަސް
ކޮންމެހެން ހިފަހައްޓަންޖެހިގެން އެމިންވަރަށް ކަމަށްވާތީ، ޤާނޫނު އަސާސީގެ 26 ވަނަ މާއްދާއިން ދިވެހި
ރައްޔިތުންގެ ތެރެއިން ޤާނޫނު އަސާސީގައި ބުނެފައިވާ ހުރިހާ ފަރާތްތަކަށް މުޠުލަޤު ގޮތެއްގައި ދީފައިވާ
ވޯޓްދިނުމުގެ ޙައްޤު ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު) ގެ ދަށުން
ހިފަހައްޓާ އެފަރާތްތައް އެ ޙައްޤުން މަރްޙޫމްކޮށްފައިވަނީ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި، 57
ވަނަ މާއްދާގައި ބުނެފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު
10
2008HC-DI;07
އްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤާނުނު) ގެ 05 ވަނަ މާއްދާގެ (ނ) އަކީ ޤާނޫނީ ގޮތުން ޢަމަލުކުރެވެން ނެތް ބާޠިލު މާއްދާއެއް ކަމަށް
ކަނޑައަޅައި، ޤާނޫނު އަސާސީގެ 144 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނު އަސާސީގެ 301 ވަނަ
މާއްދާގެ (ހ) ގައި ބުނެފައިވާ ރިޔާސީ އިންތިޚާބު އެ މާއްދާގައި ކަނޑައެޅިފައިވާ ގޮތަށް، މީލާދީ
ސަނަތުން 2008 ވަނައަހަރުގެ އޮކްޓޯބަރ މަހުގެ 10 ވަނަދުވަހުގެ ކުރިން ބާއްވާ ނިންމުމަށްޓަކައި،
ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުންނާއި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ އިންތިޒާމުތައް
ކުރުމަށް އަމުރުކޮށްފީމެވެ.
05e9
ޤަޟިއްޔާ މިގޮތަށް ނިމުމުން އިންތިޚާބާބެހޭ ޢާންމު ޤާނޫނުގެ 05 ވަނަ މާއްދާގެ
(ށ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފު މާއްދާއެއްކަމަށް ބުނެ އަދާލަތު
ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 10/HC
-
DM/2008 ޤަޟިއްޔާ އާއި
މޯލްޑިވިއަން ނެޝަނަލް ކޮންގްރެސްގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
06/HC
-
DM/2008 ޤަޟިއްޔާ އާއި މެދުވެސް ހައިކޯޓުން ގޮތެއް ކަނޑައެޅިފައިވާތީ، އެދެ ޤަޟިއްޔާ
އިތުރަށް ކުރިޔަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފީމެވެ.
02 ޝައްވާލު 1429
02) އޮކްޓޯބަރ 2008
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ:
Pend
ޢަލީ ޙަމީދު
(
އާދަމް މުޙައްމަދު ޢަބްދު
ޢަބްދުލްޣަނ
→ ހދ ވ3
(އެން 2222
Ah
(1
ގައިފައި އަދި
އަޙްމަދު ޝަރީފު ޢަލީ