ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/304 ޤަޟިއްޔާގެ ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯ"
1
2{{39/HC-A/304
ނިމުނު ގޮތު
ޤަޟިއްޔާ
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކަ
ޤިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 304/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: ސައިދު އަތަރު ޙުސައިން
. ޕާސްޕޯޓް ނަންބަރު: AA6893221
2 48
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލުޑް -
ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޝައްވާލު 1430
14 އޮކްޓޯބަރ 2009
ނިމުނު ތާރީޚް: 03 ރަބީޢުލްއައްވަލް 1433
26 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/385
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައިބެހެއްޓުން
• ނިންމެވި ކޯޓް: ޖިނާއީ ކޯޓު
* ހުށަހެޅުނު ތާރީޚް: 11 ފެބްރުއަރީ 2009 ނިމުނު ތާރީޚް: 12 އޯގަސްޓް 2009
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009}HC-A/334
ޤަޟިއްޔާ ނިމުނު
کی عمر
އުވާގެ ޚުލާޞާ:
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/385 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ސައިދު
އަތަރު ޙުސައިން، D/2
/
9-5 އޭރިޔާ، ނިއުކަރާތީ، ޕާކިސްތާން (ޕާސްޕޯޓް ނަންބަރު AA6893221)
ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
<< O
ފާހަގަކުރެވުނު ނުކުތާތައް
385/JC/2009
1. އިސްތިއުނާފުކުރެވިފައިމިވާ ޖިނާއީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ޓެންޒޭނިޔާގެ ރައްޔިތެއްކަމަށްވާ ޑްރެކް ހިއު ކެސެމްބެ 2008
އޭޕްރީލް 06 ވަނަ ދުވަހުގެ 11:00 އެހައިކަންހާއިރު އެމިރޭޓްސް ފްލައިޓުން ދިވެހިރާއްޖެއަށް އައިސް
2008 އޭޕްރީލް 07 ވަނަ ދުވަހުގެ 14:00 ހާއިރު، ސަޔިދު އަތަރު ޙުސައިންއަށް ފޯނުން ގުޅައި،
އޭނާއަކީ ސަޔިދު އަތަރު ޙުސައިންއާއި އިތުރު ތިން މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެތި
ޓެންޒޭނިޔާއަށް ގެންދިއުމަށްޓަކައި އެތަކެތި ބަލައި ދިވެހިރާއްޖެއަށް އައިމީހާކަމަށާއި، އެތަކެތި ހިފައިގެން
އޭނާއުޅޭ ހޮސްޓް ޕެލަސްގެ ރޫމް ނަންބަރު 413 އަށް ދިއުމަށްބުނުމުން، އެދުވަހު 14:40
އެހައިކަންހާއިރު، ސައިދު އަތަރު ޙުސައިން 189 ބުލެޓް (ބަރުދަނުގައި 1.6070 ކިލޯ އޯޕީއޭޓްސް
އެކުލެވޭ) ހިފައިގެން ހޮސްޓް ޕެލަސް ރޫމް ނަންބަރު 413 އަށް ގޮސްފައިވާތީއާއި، ޑްރެކް ހިއު ކެސެމްބެ
189 ބްލެޓް މަސްތުވާތަކެއްޗާއި ހަވާލުވެ މިތަކެތި ގެންގުޅެފައިވާތީ، ޤާނޫނު ނަންބަރު 1777
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑްރެކް ހިއު ކެސެމްބެއާއި ސައިދު
އަތަރު ޙުސައިންގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ
ކުށުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެ ކްރިމިނަލް ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި؛
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ޓެންޒޭނިޔާގެ ރައްޔިތެއްކަމުގައިވާ
ޑްރެކް ހިއު ކެސެމްބެއާއި، ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ ސަޔިދު އަތަރު ޙުސައިންގެ
ދައުލަތުން ކުރެއްވި މާނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ
ހަނހޅުމާން
ގއތކ
މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
83
3 ޤަޟިއްޔާ ނިމުނު "
2{{09/HC-A/34
ދެވެ
މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޑްރެކް ހިއު ކެސެމްބެ 2008 އޭޕްރީލް 06 ވަނަ ދުވަހުގެ 01:10
އެހައިކަންހާއިރު އެމިރޭޓްސް ފްލައިޓުން ދިވެހިރާއްޖެއަށް އައިސް 2008 އޭޕްރީލް 07 ވަނަ ދުވަހުގެ
14:00 އެހައިކަންހާއިރު، ސަޔިދު އަތަރު ޙުސައިންއަށް ފޯނުން ގުޅައި އޭނާއަކީ ސައިދު އަތަރު
ޙުސައިންއާ އިތުރު ތިން މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ޓެންޒޭނިޔާއަށް ގެންދިއުމަށްޓަކައި
އެތަކެތި ބަލައި ދިވެހިރާއްޖެއަށް އައިމީހާކަމަށާއި، އެތަކެތި ހިފައިގެން އޭނާއުޅޭ ހޮސްޓް ޕެލަސްގެ ރޫމް
ނަންބަރު 413 އަށް ދިއުމަށްބުނުމުން، އެދުވަހު 14:40 އެހައިކަންހާއިރު، ސަޔިދު އަތަރު ޙުސައިން
189 ބްލެޓް (ބަރުދަނުގައި 1.6070 ކިލޯ އޯޕީއޭޓްސް އެކުލެވޭ) ހިފައިގެން ހޮސްޓް ޕެލަސްގެ ރޫމް
ނަންބަރު 413 އަށްގޮސްފައިވާތީއާއި، ޑްރެކް ހިއު ކެސެމްބެ ހު
189 ބްލެޓް މަސްތުވާތަކެއްޗާ
ހަވާލުވެ މިތަކެތި ގެންގުޅެފައިވާކަން ހެކިންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާތީ، ޑްރެކް ހިއު
ކެސެމްބެއާއި ސަޔިދު އަތަރު ޙުސައިން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު
17/77 (މަސްތުވާ ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ
ދަށުން ޑްރެކް ހިއު ކެސެމްބެއާއި ސަޔިދު އަތަރު ޙުސައިން، ދެމީހުންކުރެ ކޮންމެ މީހަކު ޢުމުރަށް
އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
ہے
0
2 / ކޑވ 4
ވކއުބެހޭ
ތ ދތ
ޖިށް މިމަށް ޙުކުމްކޮށް"
4 * **
އަޅއފ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/385 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ސަޔިދު އަތަރު ޙުސައިންގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ދައުލަތުން ސަޔިދު އަތަރު ޙުސައިންގެ މައްޗަށް ދައުވާކުރާ
މައްސަލައަކީ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށްވާއިރު،
ދަޢުވާގައި ބުނާ މަސްތުވާތަކެއްޗަކީ ދިވެހިރާއްޖެއަށް އައި އެހެން ބަޔެއްގެ ބަނޑުން ނެގުނު
ތަކެތިކަމަށްވާއިރު، އަދި އެބައެއްގެ ބަނޑުން އެތަކެތި ނެގުނީއްސުރެ އެތަކެއްޗަކީ ފުލުހުންގެ ފުރިހަމަ
ބެލުމުގެ ދަށުގައި ބެހެއްޓިފައި ހުރި ތަކެތިކަމަށްވެފައި، ސަޔިދު އަތަރު ޙުސައިން މިނިވަންކަމާއި
ހައްޤުތަކުން މަހުރޫމްވެގެންވާ ޙާލު ގަދަކަމުން ފުލުހުން ހިންގި ޙާއްޞަ އޮޕަރޭޝަނެއްގައި ސަޔިދު އަތަރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 43
=32
2{{39/HC-A/34
4 ޤަޟިއްޔާ ނިމުނު 1
کی مرگی
އެ229
ممر ع ح کی
ޙުސައިންގެ އަތަށް ދަބަހެއް ދީގެން ސަޔިދު އަތަރު ޙުސައިން ހޮސްޓް ޕެލެސްއަށް ގެންދިއުމަށްފަހު،
ފުލުހުން ގަދަކަމުން ސަޔިދު އަތަރު ޙުސައިން އަތަށް އެއްޗެއް ދީ އަދި ސަޔިދު އަތަރު ޙުސައިންގެ
ޙައްޤުތަކާއި، މިނިވަންކަމުން މަހްރޫމްވެގެންވާ ޙާލު ހޮސްޓް ޕެލެސްއަށް ގެންދިޔަކަމަށްޓަކައި، ސަޔިދު
އަތަރު ޙުސައިންގެ މައްޗަށް ދައުލަތުން ދަޢުވާކުރި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔާފާރީގެ ބޭނުމަށް
އަތުގައި ކުށުގައި ދަޢުވާ ސަޔިދު އަތަރު ޙުސައިންގެ މައްޗަށް ސާބިތުވާކަމަށް ޖިނާއީ ކޯޓުން
ޙުކުމް ކުރައްވާފައިވާއިރު، ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ޘާބިތުވުމުގައި ދެރުކުނެއް ފުރިހަމަ
ވާންޖެހޭކަމާއި، އެއިން އެއްވެސް ރުކުނެއް ސަޔިދު އަތަރު ޙުސައިންގެ ފުށުން ޘާބިތު ނުވާއިރު، އެހެން
ބަޔެއްގެ ބަނޑުން ފުލުހުން ނެގި، އަދި ފުލުހުން ފުރިހަމަ ބާރުގެ ދަށުގައި ހުރިކަމަށް ބުނާ އެއްޗަކީ
ސައީދު އަތަރު ޙުސައިން ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓި އެއްޗެއްކަމަށް ކަނޑައަޅައި ޙުކުމް
ކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
4 22
0902ހހހ
• ދެވަނަ ނުކުތާއަކީ، ފުލުހުން އަޔިދު އަތަރު ޙުސައިން ހޮސްޓް ޕެލެސްއަށް
ގަދަކަމުން ގެންދިޔައިރު، ސަޔިދު އަތަރު ޙުސައިންގެ އަތަށް ދަބަހެއް ދިންނަމަވެސް، އޭގައިހުރީ
ކޮންއެއްޗެއްކަން އަދި އެބޭނުމެއްވެސް ބުނެދެވިފައި ނުވުމާއި، މައްސަލާގައި ހުށަހެޅިފައިވާ އެއްވެސް
ލިޔުމަކުން ސަޔިދު އަތަރު ޙުސައިންގެ އަތުން އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއް ފެނިފައިވާކަން
އެނގެން ނެތުމާއި، ކުށުގެވެށިން ގެނެވޭ ތަކެތީގެ މަޢުލޫމާތު ފޯމުގެ ތެރެއިން އެއްވެސް ފޯމެއްގައި
ސައިދު އަތަރު ޙުސައިންގެ އަތުން އެއްވެސް ބާވަތެއްގެ މަސްތުވާއެއްޗެއް އަދި މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ އެއްވެސް އެއްޗެއް ފެނިފައި ނުވާއިރު، އެކަންތައްތަކަށް ރިޢާޔަތްނުކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސިގެ 60 ވަނަ
މާއްދާގެ (ހ) ގައި ޖިނާއީ ކުށުގެ ދަޢުވާ މީހެއްގެ މައްޗަށް ޘާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ،
ދެވަނަ ފަހަރަށް ހަމަ އެކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ
މައްޗަށް
ނުއުފުލޭނެކަމަށް ބަޔާންކޮށްފައި އޮންނައޮތުމުގެ މައްޗަށް ބަލާއިރު، ޖިނާއީ ކޯޓުގެ
ނަންބަރު 2009/JC/384 ޤަޟިއްޔާގައި، މިއިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގައި ބުނެފައިވާ
މަސްތުވާތަކެއްޗާއި ގުޅިގެން ސާއިދު އަތަރު ޙުސައިންގެ މައްޗަށް ދަޢުވާ ކޮށްފައިވާކަމާއި، ނަމަވެސް
އެދަޢުވާ ސާއިދު އަތަރު ޙުސައިންގެ މައްޗަށް ޘާބިތުނުވާއިރު ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/384
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{39/HC-A/3634
5 ޤަޟިއްޔާ ނިމުނު
و مری
ޤަޟިއްޔާގައި ސަޔިދު އަތަރު ޙުސައިންގެ މައްޗަށް ދަޢުވާކުރި މަސްތުވާތަކެއްޗާ ގުޅިގެން އިތުރު
ދަޢުވާއެއް ކުރުމަކީ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އާއި ޙިލާފް ކަމަކަށްވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
. ހަތަރުވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގައި ވާގޮތުން ޖިނާއީ މީހެއްގެ
މައްޗަށް ޘާބިތުވާނީ އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ކަމަށްވާއިރު، ފުލުހުންގެ ބެލުމުގެ ދަށުގައި
ބެހެއްޓިފައި ހުންނަ މަނާކުރެވިފައިވާ މަސްތުވާތަކެއްޗަކީ ޢާންމު ފަރުދަކަށް އެނަގައިގެން ވިޔަފާރި
ކުރެވޭނެ ތަކެއްޗައް ނުވާއިރު، ސަޔިދު އަތަރު ޙުސައިން ފުލުހުންގެ ބެލުމުގެ ދަށުގައި (ބަންދުގައި)
ހުރެގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުމަކީ މުސްތަޙީލު ކަމަށްވާއިރު، މައްސަލައިގެ ވަށައިގެންވާ
ކަންތައްތަކަށް ނުބައްލަވައި މިހާ ބޮޑު މައްސަލެއްގައި، މައްސަލަ ބެއްލެވި ފަނޑިޔާރު ނޫން ފަނޑިޔާރަކު
ޙުކުމް ކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/385 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަނާއި، އެޤްޟިއްޔާ އިސްތިއުނާފު ކުރަމުން ސަޔިދު އަތަރު ޙުސައިންގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/385 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި ހިމެނޭ ސަޔިދު އަތަރު ޙުސައިންގެ މައްޗަށް
ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، މިޙާދިސާ ހިނގިއިރު ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދިޔަ ޤާނޫނު
ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާކަމާއި، މަސްތުވާތަކެއްޗާބެހޭ
ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި، މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ދިވެހިރާއްޖޭގައި
ހެއްދުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ވިއްކުމާއި،
ގަތުމާއި، ދިނުމާއި، ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމާއި، އަދި މިއިންކަމެއް ކުރަން ޑީޖޭގެ ހައިފަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު
=32
#
2{{39}HC-A34
کی مرکی
އުޅުމާއި، މިއިންކަމެއްކުރުމުގައި ބައިވެރިވުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި، އެމާއްދާގެ (ށ) ގައި
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އެއްގުރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ،
މަސްތުވާތަކެތީގެ ވިޔަފާރުކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް ބަޔާންކޮށްފައިވާކަމާއި،
ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ އިސްވެދެންނެވިފައިވާ
މާއްދާއަށް ބަލާއިރު، ވިޔަފާރީގެ ބޭނުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށް މީހެއްގެ މައްޗަށް
ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައެޅޭނީ، އެޤާނޫނުގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތުގެ
މަސްތުވާއެއްޗެއްގެ އެއްގުރާމަށްވުރެ ގިނައިން އެމީހެއްގެ އަތުގައި ނުވަތަ އެމީހެއްގެ ހިޔާޒަތުގެ ދަށުގައި
ހުރިކަން ޝަރީއަތަށް ސާބިތުވެގެންކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ
ގޮތަށް ބަލާއިރު، މިމައްސަލަ އިސްތިއުނާފުކޮށްފައިވާ ސައިދު އަތަރު ޙުސައިންގެ އަތުން ފެނުނުކަމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފައިވާ މަސްތުވާތަކެއްޗަކީ، 29 މާޗް 2008 ގައި އެމިރޭޓްސް
ފްލައިޓުން ރާއްޖެއާއި ޕާކިސްތާނުގެ ތިންމީހެއްގެ ހަށިގަނޑުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ
މަސްތުވާތަކެތިކަމާއި، އެތަކެތި ސަޔިދު އަތަރު ޙުސައިންގެ އަތަށް ލިބުނީ، މޯލްޑިވްސް ޕޮލިސް
ސަރިވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަމާބެހޭ މީހުންގެ ބެލުމުގެ ދަށުން،
އިސްވެދެންނެވުނު ޕާކިސްތާނުގެ ތިންމީހުންގެ ހަށިގަނޑުން އެތަކެތި ބޭރުކުރުމުން، މޯލްޑިވްސް ޕޮލިސް
ސަރވިސް އިން ހިންގި "ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން" އެއްގައި އެތަކެތި ފުލުހުން އޭނާގެ އަތަށް
ދިނުމުންކަން، އިސްތިއުނާފުކުރެވިފައިމިވާ ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/385 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު
އަޒްޙާންއާއި، ސީނިއަރ ސަރޖަންޓް އަޙްމަދު ވަޙީދުއާއި، ލާންސް ކޯޕްރަލް އާދަމް މާހިރު ދީފައިވާ
ބަޔާންތަކަށް ބެލުމުން އެނގޭކަމާއި،
އިސްވެދެންނެވިފައިވާ، ޕާކިސްތާނުގެ ތިންމީހުންގެ ހަށިގަނޑުން ފެނިފައިވާ
މަސްތުވާތަކެއްޗަކީ ސައިދު އަތަރު ޙުސައިންގެ ތަކެތިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ބަލާފައިވާ މައިގަނޑު ސަބަބުތަކަކީ، ސަޔިދު އަތަރު ޙުސައިން ދިވެހިރާއްޖެ އައިސްފައިވަނީ
އެތިންމީހުންނާ އެއްފްލައިޓެއްގައިކަމަށް ވުމުންނާއި، އެތިންމީހުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ތަޙްޤީޤަށް، 22 އެޕްރީލް 2008 ގެ ތާރީޚުގައި ދީފައިވާ ބަޔާންތަކުގައި، އެމީހުންގެ ހަށިގަނޑުގެ
ތެރޭގައި ހުރި ތަކެއްޗަކީ ސަޔިދު އަތަރު އުސައިންގެ ތަކެތިކަމަށް ބުނެފައިވާތީއާއި، މޯލްޑިވްސް ޕޮލިސިއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮ
239/HC-A/304
کی مری
ސަރވިސްގެ ތަޙްޤީޤަށް، 6 އެޕްރީލް 2008 ގެ ތާރީޙުގައި ސަޔިދު އަތަރު ޙުސައިން ދީފައިވާ
ބަޔާނުގައި، އެތިންމީހުންގެ ހަށިގަނޑުގެ ތެރެއިން ފެނުނުތަކެއްޗަކީ ސަޔިދު އަތަރު ޙުސައިން ބުނެގެން
އެމީހުން އެތެރެކުރި ތަކެތިކަމަށް ސާއިދު އަތަރު ޙުސައިން ބުނެފައިވާތީއާއި، އެތަކެއްޗާ ޙާވާލުވުމަށް
ޓެންޒޭނިއާއިން ދިވެހިރާއްޖެއައި ކަމަށްބުނާ މީހާއާ ސަޔިދު އަތަރު ޙުސައިން ފޯނުން ވާހަކަދެއްކުމަށްފަހު،
އެމީހާހުރި ގެސްޓް ހައުސްއަށް އެތަކެތި ހިފައިގެން ދިޔުންކަން، އިސްވެދެންނެވިފައިވާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަޒްހާންއާއި، ސީނިއަރ ސާރޖަންޓް
އަޙްމަދު ވަހީދުއާއި، ލާންސް ކޯޕްރަލް އާދަމް މާހިރު ޖިނާޢީ ކޯޓަށް ދީފައިވާ ބަޔާންތަކަށް ބެލުމުން
އެނގޭކަމާއި،
އެހެންނަމަވެސް، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގެ ކުރިން ޖިނާޢީ ކޯޓަށް
ހުށަހެޅި އެކޯޓުން ނިންމަވާފައިވާ އެކޯޓުގެ ނަންބަރު 2009/JC/384 ޤަޟިއްޔާގައި ހިމެނޭ
މައްސަލައަށް ބަލާއިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ހިމެނޭ މަސްތުވާތަކެތިކަމަށްވާ
1.6070 ކިލޯގެ އޯޕިއޭޓްސް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދަޢުވާ، އިސްވެދެންނެވިފައިވާ
ޕާކިސްތާނުގެ ތިންމީހުންނާއި، ސައިދު އަތަރު ޙުސައިންވެސް ހިމަނައިގެން ދައުލަތުގެ ފަރާތުން ޖިނާޢީ
ކޯޓުގައި ކޮށްފައިވާކަމާއި، އަދި އެމައްސަލައިގައިވެސް ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ
އިސްތިއުނާފުކުރެވިފައިމިވާ މައްސަލަގައިވެސް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ
ތަޙްޤީޤު ބަޔާންތަކަމާއި، އެހެންނަމަވެސް އެމައްސަލައިގައިވެސް ސަޔިދު އަތަރު ޢަލީ ދަޢުވާއަށް
އިންކާރުކޮށްފައިވާތީއާއި، އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިފައިނުވާތީއާއި، އޭނާ ދިވެހިރާއްޖެއަށް
މަސްތުވާތަކެތި އެތެރެކުރިކަމަށް ދައުލަތުގެ ދަޢުވާގައި ބުނިނަމަވެސް އޭނާ ދިވެހިރާއްޖެއަށް
މަސްތުވާތަކެތި އެތެރެކުރިން ސާބިތުވާވަރުގެ ކާފީ ހެކި ހުށަހެޅިފައިނުވުމުން، އޭނާގެ މައްޗަށް ދައުލަތުން
ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
.ޗެއް ދިވެހިރާއްޖެއަށް
ސާބިތުނުވާކަން އެނގެން އޮންނަކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ހިމެނޭ މަސްތުވާތަކެއްޗާ ޙަވާލުވުމަށް
ދިވެހިރާއްޖެ އައިކަމަށްބުނާ ޓެންޒޭނިއާގެ މީހާއާ ސަޔިދު އަތަރު ޙުސައިން ފޯނުން ގުޅައިގެން ވާހަކަތަކެއް
ދެއްކިކަމަށް، މިމައްސަލަ ތަޙްޤީޤުކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެދެންނެވިފައިވާ
ފަރާތްތަކުން ބުނެފައިވީނަމަވެސް، ސަޔިދު އަތަރު ޙުސައިން ކުރިކަމަށް ބުނާ ފޯނުކޯލުތަކާބެހޭގޮތުން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތްތަކުން ބުނާ ބުނުން ފިޔަވައި ތަފްސީލު އެއްވެސް މަޢުލޫމަތެއް
ޝަރީޢަތަށް ހުށަހެޅިފައިނުވާކަމާއި، އަދި އެފޯނުކޯލުތަށް ރެކޯޑުކުރެވުނުކަމަށް މޯލްޑިވްސް ޕޮލިސް
2 22 22 22
24/V/ޝާﷲ
ކުށް ޝަރީއަތަށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471(
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
2{{09/HC-A/34
8 ޤަޟިއްޔާ ނިމުނު ގޮތު
ދެވެ
ސަރވިސްގެ ސީނިއަރ ސަރޖަންޓް އަޙްމަދު ވަޙީދު 25 މެއި 2009 ގެ ތާރީޚުގައި ޖިނާޢީ ކޯޓަށް
ދީފައިވާ ބަޔާނުގައި ބަޔާންކޮށްފައިވީނަމަވެސް، އެފަދަ އެއްވެސް ރެކޯޑިންއެއްވެސް ޝަރީޢަތަށް
ހުށަހެޅިފައި ނުވާކަމާއި، އިސްވެދެންނެވުނު ޓެންޒޭނިޔާ މީހާއާ ފޯނުން ވާހަކަދައްކާ ހަދާފައިނުވާނެކަމަށް
ބުނެ އެކަމަށް ސައިދު އަތަރު ޙުސައިން އިންކާރުކޮށްފައިވާކަމާއި،
އެހެންކަމުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ހިމެނޭ މަސްތުވާތަކެއްޗަކީ
ސަޔިދު އަތަރު ޙުސައިންގެ އަތުގައި ހުރި ތަކެތިކަމަށް ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައި ހުރި އޭނާގެ
ތަކެތިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނިނަމަވެސް، އެތަކެއްޗަކީ ސަޔިދު އަތަރު ޙުސައިންގެ
އަތުގައި ނުވަތަ އޭނާގެ ހިޔާޒަތުގައި ހުރިތަކެތިކަމަށް ބެލެވެންނެ
* 2
0
44 ވ 42
ވަނަނތކެމެވެ"
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/385 ޤަޟިއްޔާގައި ސައިދު އަތަރު ޙުސައިންގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަޖެހޭ ކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
ޤާބިލުކުރެވެއެވެ"
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/385 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/385 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިސިއްޔާ ބަލާ ޙުކުމްކުރީ
ޢައްބާސް ޝަރީފް
،ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
(ފަނޑިޔާރު)
ޢަލީ ސަމީރު
،ފަނޑިޔާރު)
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv