ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/336 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/336
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 336/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލީ އާޝިމް
އައިޑީ ކާޑު ނަންބަރު: A045185
* ދާއިމީ އެޑްރެސް: ފ.ނިއުކްއީން/ ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތްތައް:
*ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: -
ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ޛުލްޙިއްޖާ 1434
27 އޮކްޓޯބަރ 2013
ނިމުނު ތާރީޚް: 30 ޛުލްޙިއްޖާ 1434
04 ނޮވެމްބަރ 2013
• އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2013/9297(J
(
MD-145
ދިވެހިރާއްޖޭގެ
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2
2013/HC-A/336
ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9297(J(MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އެދި
ހ.ނިއުކްއީން ޢަލީ އާޘިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
.1
އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9297(J
(
MD-145 ކޯޓު
އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، 27 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ 10:05 އިން ފެށިގެން
11 ނޮވެމްބަރ 2013 ވަނަ ދުވަހުގެ 10:04 އަށް ފ.ނިއުކްއީން ޢަލީ ހާޝިމް، މިނިސްޓްރީ އޮފް ހޯމް
އެފެއާރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް ޢަލީ އާޝިމް
ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ "ޢަލީ އާޝިމް ގެ މައްޗަށް ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށް
ބަލާ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި" ކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
I
4 * * *
.2
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9297(J(MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ށ.ނިއުކްއީން ޢަލީ އާޘިމްގެ ފަރާތުން 04 (ހަތަރެއް)
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އޭގެތެރެއިންގެ
0
ފުރަތަމަ ނުކުތާއަކީ، ރައްޔިތުންގެ މަޖިލީހުގެ ގެއާއި، ގޯތި ތެރެއާއި، އެޢިމާރާތާ އިންވެގެންވާ
ގޯތި ތެރެއަކީވެސް ރައްޔިތުންގެ މަޖިލީސްގެ ރައީސްގެ ބެލެހެއްޓުމުގެ ދަށުގައިވާ ތަންތަން ކަމުގައި،
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރުއާއި، ދައުލަތުގެ ސަލާމަތީ
ބާރުތަކުން މަޖިލީހުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެ
މަތީންކަމުގައި އެމާއްދާގެ (ރ) ގައި ރޯކޮށްފައިވާއިރު، ޢަލީ އާޝިމް ހައްޔަރުކުރުމަށްޓަކައި ސިފައިން
4
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް
އިކޯއާރ
، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: inf
/
gl91..mvވެބްޝައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/336
cu o
އެހިރާއްޖޭގެ ހައިކޯ"
އެމަޖްލީހަށް ވަދެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެންގުމަކަށް ނޫންކަމުގައިވާތީ، އެއީ ޤާނޫނާ
ޚިލާފަށް ކުރެވުނު ހައްޔަރެއްކަމުގައިވާއިރު އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
• ދެވަނަ ނުކުތާއަކީ، ޢަލީ އާތިމް ހައްޔަރުކޮށްފައިވަނީ ސިފައިން ކަމުގައިވާއިރު، ޖިނާއީ
މައްސަލައެއްގައި މީހުން ހިފާ ހައްޔަރުކުރުމުގެ ބާރު ސިފައިންނަށް ލިބިދޭ ޤާނޫނީ ނައްސެއް ނެތްކަމާއި،
އެކަން ދަށު ކޯޓުގެ އަޑުއެހުމުގައި ފާހަގަކޮށްފައިވާއިރު އެކަމަށް ރިޢާޔަތް ކުރައްވާފައިނުވާ ކަމަށް ބުނެ ހުށަހެޅި
ނުކުތާ.
ތިންވަނަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާ ޚިލާފަށް ބަންދުގައި
ބަހައްޓާފައިވުމާއި، ޢަލީ އާތިމް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނޭފަދަ މީހެއްކަމުގައި ބައްލަވާފައިވަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 19/SC-A/2010 ވަނަ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަން
ކަނޑައެޅުމެއްނެތި ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9297(J(MD-145 ކޯޓު
އަމުރު އިސްތިއުނާފް ކުރުމަށް ހ.ނިއުކްއީން ޢަލީ އާޘިމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ހ) ފުރަތަމަކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9297(J(MD-145 ކޯޓު އަމުރަކީ،
2013 އޮކްޓޯބަރ 26 ވަނަ ދުވަހުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީސް އިދާރާގައި ޑިއުޓީއަށް ހުރި
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ޑިޔުޓީ އޮފިސަރަކަށް ޙަމަލާދީ މާރާމާރީ ހިންގިކަމަށް ތުހުމަތު
ކުރެވޭތީ، މީނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމަށް ބެލެވޭތީ، 26
އޮކްޓޯބަރ 2013 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަލީ އާޝިމް ބަންދުގައި
*
029)3325، ފެކްސް331647
l
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުގުންވީއެވެ؛
އީމެއިލް ohcourt.gov.mvވާބްސަ
www.highcourt.gov.my
4
2013/HC-A/336
C) ► Occ
@ހއި32
e
އަމުރެއް
ނެރެދެއްވުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD058352
# ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށައަޅާ ފޯމުން" ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޢަލީ އާޝިމްގެ މައްޗަށް ހުށައެޅިފައިވާ
ކަންކަމުގެ މައްޗަށްބަލާ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ޢަލީ އާތިމް 15 ދުވަހުގެ މުއްދަތަށް
މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅައިތަނެއްގައި ބަންދުކޮށްފައިބެހެއްޓުމަށް ނެރެފައިވާ އަމުރެއްކަން
4
އެނގޭކަމެވެ.
14
20
(ނ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ
ވަނަ މާއްދާގައި
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން
ވަކިކުރާންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާއި މެދު ޚިލާފެއް
އުފެދިއްޖެނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަމަށް ކަނޑައަޅައި
ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 34/SC
-
C/2012 ޤަޟިއްޔާއިން
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އެޤަޟިއްޔާގެ ޙުކުމްކުރާ ވަގުތުން ފެށިގެން ހ.ނިއުކްއީން ޢަލީ އާޝިމް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާކަމަށް އަދި އަލީ އާތިމްގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި
ހުސްވެފައިވާކަމަށް 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހު 18:30 ގައި ޙުކުމް
ކުރައްވާފައިވާކަމާއި، މިހެންކަމުން 24 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ 18:30 ފެށިގެން ޢަލީ ހާޝިމް އަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ނުބެލެވޭނެކަމާއި، ޢަލީ އާޝިމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ކުށަކީ ރައްޔިތުންގެ މަޖިލީސްކުރާ ގޭގެ ގޯތިތެރޭގައި އެމަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި އޮފިސަރެއްގެ
ގައިގާ މާރާމާރީ ހިންގުމުގެ ތުހުމަތުކަމާއި، މިޙާދިސާ ހިނގި ތާރީޚުގައި ޢަލީ އާތިމް ރައްޔިތުންގެ މަޖިލީސްކުރާ
ގޭގެ ގޯތިތެރެއަށް ވަދެފައިނުވާނެ ކަމަށްބުނެ އެކަމުގެ މައްޗަށް އިންކާރުކޮށްފައިނުވާއިރު، ޢަލީ އާޛިމް ކުރި
ކަމަށް ބުނާ ކުށުގެ ޢަމަލަށް ތުހުމަތެއް ކުރެވޭ މިންވަރުގެ އެކަށީގެންވާ ހެކި ކްރިމިނަލް ކޯޓަށް
ހުށަހެޅިފައިވާކަން މިމައްސަލައާއި އެކު ހުށަހެޅުނު ލިޔެކިޔުންތަކުން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ)
އަދި (ށ) ގައި ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ
އެންމެހާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށާއި އަދި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، ދެބުރުޒު
ވެދުވެހިރާއްޅޭ، ފޯން:3325029، ފެކްސް:3316471
އީމެއިލް: gle.gov.mvވެinfoވެބްސައިޓް:www.highcourt.gov.mv
9 8 228
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/336
އެކުތެކެރަންވާނެކަމަށް
ރައްޔިތުންގެ މަޖިލީހުގެ
ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ
ޚިދުމަތްތަކުން މަސައްކަތް
ބަޔާންކޮށްފައިވުމުން ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި މާރާމާރީ
ހިންގުންފަދަ ޢަމަލެއް ހިނގަމުންދާނަމަ އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ
ސަލާމަތާއި ރައްކާތެރިކަން ގެއްލިގެންދާފަދަ ޙާލަތެއް އޮތްކަމަށް ފެނިއްޖެނަމަ އެކަމެއް ހުއްޓުވުމަށްޓަކައި
އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަލާމަތީ ބާރުތަކާއި ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއެއްކަމުގައި
ބެލެވެން އޮތް ހިނދު 26 އޮކްޓޯބަރ 2013 ވަނަ ދުވަހު ޢަލީ ޢާޒިމް ރައްޔިތުންގެ މަޖިލީހުގެ ގޯތި ތެރެއަށް
ވަދެ އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އޮފިސަރުންނާއި މެދު މާރާމާރީ ހިންގަން މަސައްކަތްކުރި
ކަމަށްވާނަމަ އެކަން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ސަލާމަތީ ބާރުތަކުން އެޅުމަކީ ޤާނޫނާ
ޚިލާފުކަމެއްކަމުގައި ނުބެލެވޭނެކަމާއި، މިމައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD058352 ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމަށް ބަލާއިރު
ފުލުހުންގެ ފަރާތުން ޢަލީ ހާޝިމް ހައްޔަރުކޮށްފައިވަނީ ޢަލީ އާތިމްގެ މައްޗަށް ތުހުމަތު ކުރެވުނު، 2013
އޮކްޓޯބަރ 26 ވަނަ ދުވަހުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލިސް އިދާރާގައި ޑިޔުޓީއަށް ހުރި މޯލްޑިވްސް
ނެޝަނަލް ޑިފެންސް ފޯސްގެ ޑިޔުޓީ އޮފިސަރަކަށް ޙަމަލާދީ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ
މައްސަލައަކާއި ގުޅިގެންކަން އެނގެން އޮންނަކަމާއި، ޢަލީ އާތިމް ހައްޔަރުކުރެވިފައިވަނީ އޭނާގެ ޤާނޫނީ
ވަކީލުގެ ޙާޒިރުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުންކަމާއި، ޢަލީ އާދިމް ހައްޔަރު ކުރުމަށްފަހު
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ) (ށ) (ނ) ގައި ބަޔާންކުރާ ކަންކަން ފުލުހުންގެ ފަރާތުން
ފުރިހަމަކޮށްފައިވާކަން ހުށަހެޅުނު ލިޔުންތަކުން ފެންނަންއޮތް އިރު ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
އިޝާރާތްކުރެވުނު އަކުރުތަކުގައި ބަޔާންކުރާ ކަންކަން ފުލުހުންގެ ފަރާތުން ޢަލީ އާޝިމަށް އަންގާފައި ނުވާކަމަށް
ބުނެ އެކަމުގެ މައްޗަށް ޢަލީ އާޘިމްގެ ފަރާތުން އެއްވެސް އިންކާރެއްކޮށްފައިނުވާކަމާއި އަދި އެމާއްދާގެ (ރ)
ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޢަލީ އާތިމް ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން ތޯ
ކަނޑައެޅުމަށް
ހައްޔަރު ކުރެވުނުތާ ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކުރެވިފައިވާކަން އެނގެން އޮންނަކަމެވެ.
24
(ހ) ހަތަރުވަނަކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ
މުގައި ޕަޑީޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ﷲ
އައްޖާގެ ޚަ
ދިވެހިރާއްޖޭގެހައިކޯޓް، އެބުރުޒުހިނގުން، މާ ޖެ، ފޯން: 33232، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް WWW.highcourt.gov.mv
"ދިވެހިންޑްގެ
6
2013/HC-A/336
ބނީ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި
ޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ
ނޫންކަމާމެދު ގޮތެއް ނިންމުމުގެބާރު ލިބިދީފައިވަނީ، ކޯޓަށް ހުށައެޅޭ ހެކި ޤަރީނާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް
ބަންދުގެ މައްސަލަ ބައްލަވާ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، މިމައްސަލައިގައި ޙަވާލާދެވޭ
ކްރިމިނަލް ކޯޓު އަމުރަށް ބަލާއިރު، ޢަލީ އާތިމް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ސަބަބެއް ގޮތުގައި
ކްރިމިނަލް ކޯޓުން ފާހަގަކުރައްވާފައިވަނީ، ޢަލީ އާޝިމްގެ ސަބަބުން މުޖުތަމަޢުގެ
ނުރައްކާތެރިވުންކަން އެނގޭއިރު، ކުށެއްގެ ތުހުމަތުގައިވާ މީހަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ
މީހެއްކަމަށް ފަނޑިޔާރަށް ފެނުމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމަށް ޖާއިޒު
ސަބަބެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7
ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަކަމެވެ.
ސަލާމަތަށް
(ބ) ފަސްވަނަކަމަކީ، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ 9
ވަނަ ނުކުތާގައި މީހަކު ބަންދުގައި ބެހެއްޓުމުގައި ރިޢާޔަތްކުރަން ޖެހޭނެ އަދި ފަނޑިޔާރު ވަޒަންކުރަންވާނެ
ކަންތައްތަކެއް ބަޔާންކޮށްފައިވާއިރު އެމާއްދާގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ
ކަންކަން ވަޒަންކުރުމަކީ ބަންދާއި މެދު ގޮތެއް ނިންމުމުގެ މައްސަލައާއި އެކު ހުށަހެޅޭ އެންމެހާ ހެކި
ޤަރީނާތަކާއި ދައްކާވާހަކަތަކުގެ މައްޗަށް ބިނާކޮށް ބަންދާއި މެދު ގޮތެއް ނިންމުމުގެ މައްސަލަ ބައްލަވާ
ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން އެކަންކަން ވަޒަންކުރުމަށް ދޫކޮށްލެވިފައިވާ ކަންތައްތަކެއްކަން
އެނގޭކަމާއި މިމައްސަލައާއި އެކު ހުށަހެޅުނު ހެކިތަކާއި މައްސަލައިގެ ވަށައިގެން ހުރި އެންމެހާ ކަންކަމުގެ
މައްޗަށް ބަލާއިރު، ޢަލީ އާތިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން އަމުރު ނެރުއްވާފައިވަނީ
އިޝާރާތްކުރެވުނު ސްޕްރީމްކޯޓުގެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްނުކުރައްވާ
ކަމުގައި ނުބެލެވޭކަމާއި، މީގެ އިތުރުން އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު
19/SC-A/2010 ވަނަ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ އެރިޕޯޓުގެ 2
28ގެ ފައިން
ދިވެހިރާއްޖޭގެހައިކޯޓު، އާބުރުޒުހިނގުން މަލާ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް
2013/HC-A/336
އއ 03ޤީޤީ
އިޖްރާއާތުތަކާ
2
8 *ހ8
އއeyށ
.ހ33 2
2
4
2 ހދ8
ކަށަވަރުކުރަންވާނެކަމަ.
ވެހި 322 ހައިކޯ"
ވަނަ ނަންބަރުގެ (ހ) ގައި ކުށުގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކުރެވިއްޖެނަމަ ހަމަ ވަގުތުން
ލަސްނުކޮށް ކަމާ ބެހޭ ޝަރުޢީ ކޯޓަކަށް ނުވަތަ ހައްޔަރުކުރުމުގެ އަމުރު ދިނުމުގެ ބާރު ޤާނޫނުގެ ނައްސަކުން
އޮތް ކަމާބެހޭ ފަރާތަކަށް ޙާޒިރުކުރަން ވާނެކަމަށާއި އެގޮތަށް ޙާޒިރުކުރުމުން ލަސްނުކޮށް ހަމަ ވަގުތުން ހައްޔަރު
ކުރެވިފައިވަނީ ޤާނޫނާއި
މަތިންތޯއާއި ހައްޔަރުކުރުމުގައި ޤާނޫނު ކަނޑައަޅާ އެންމެހައި
ޢަމަލުކޮށްފައިވޭތޯއާއި ހައްޔަރުކުރެވިފައިވަނީ ޤާނޫނު ހުއްދަ ކުރާމަޤްސަދެއްގައިތޯ
ކަމަށް ބަޔާންކޮށްފައިވާކަން އެނގޭއިރު އިސްވެ އިޝާރާތްކުރެވުނު ކަންކަމާއި މިމައްސަލައާއި
ގުޅިގެން ހުށަހެޅުނު ލިޔެކިޔުންތަކަށް ބެލުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޢަލީ އާޝިމް
ހައްޔަރުކުރުމުގައި އަދި ޢަލީ ހާޝިމް ހައްޔަރުކުރުމަށްފަހު ފުލުހުންގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުގައި ޝަރުޢީ
އަދި ޤާނޫނީ އެއްވެސް އުސޫލަކާއި ޚިލާފުވުމެއްނުވާކަން އެނގޭކަމާއި މިހެންކަމުން ޢަލީ ހާޝިމް ބަންދުގައި
ބަހައްޓަން ކްރިމިނަލްކޯޓުން އަމުރު ނެރުއްވާފައިވަނީ ޢަލީ ހާޝިމް ހައްޔަރު ކުރި ކުރުން ޤާނޫނީ ގޮތުން
ސައްޙަވާތީ އެކަމުގެ މައްޗަށް ރިޢާޔަތްކުރެވިގެންކަމުގައި ބެލެވޭކަމާއި އަދި ޢަލީ އާތިމް ބަންދުގައި ބެހެއްޓުމަށް
ކްރިމިނަލްކޯޓުން އަމުރު ނެރުއްވާފައިވަނީ ޢަލީ ހާޝިމް ހައްޔަރު ކުރެވުނު ގޮތުގެ މައްޗަށް ކްރިމިނަލްކޯޓުން
ރިޢާޔަތް ނުކުރައްވާކަމުގައި ބެލެވެން، ކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9297(J(MD-145 ކޯޓު އަމުރު އިސްތިއުނާފް
ކުރުމަށް ޢަލީ އާތިމްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެއަމުރު ބާތިލުކުރެވޭނެ
ފެންނަން ނެތްކަމަށެވެ.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9297(J
(
MD-145 ކޯޓުއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު
201319297(J(MD-145 ކޯޓު އަމުރަށް ބަދަލެއް ގެންނާނެތަނެއް ނެތްކަމަށްކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ސަބަބެއް
،$
، ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv