ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/120 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ސީވުނު ގޮތުގެ ރިޕޯޓް
2009/HC-A/120
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 120/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
*ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
*ވަކީލު: އ.ޕަބްލިކް ޕްރޮސެކިއުޓަރ އޏ.ޖިހާދާ އަނީސް
އިސްތިއުނާފު ރައްދުވި ފަރާތް:
*ނަން: އަރުޝަދު ޢަލީ
* އައިޑީ ކާޑު ނަންބަރ: A338810
* ދާއިމީ އެޑްރެސް: މ.ފަޅުމަތީގެ/ މާލެ
*މިހާރުގެ އެޑްރެސް: ލ.ފަޅުމަތީގެ/ މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޖުމާދަލްއޫލާ 1430
ނިމުނު ތާރީޚް: 10
1432
04
2009
12
2011
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/56
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: އަމުރަށްނުކިޔަމަންތެރިވުން
ހުށަހެޅުނުތާރީޚް: 07 - 01 - 2009 * ނިމުނު ތާރީޚް: 01 - 02 - 2009
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އަމުދުޖް ހިނ މިވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ސައިޓް: www.highcourt.gov.mv
ވެ
2
320/HC
-
A/
ޤަ20
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީކޯޓުގެ ނަންބަރު 2009/JC/56 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި
މައްސަލަ ރައްދުވާ ފަރާތަކީ ، ފަޅުމަތީގެ އަރުޝަދު އަލީއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01- މިއީ، ޖިނާއީކޯޓުގެ ނަންބަރު 2009/JC/56 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި
މައްސަލަ ރައްދުވާ ފަރާތަކީ ފަޅުމަތީގެ އަރުޝަދު ޢަލީއެވެ.
02- ޖިނާއީކޯޓުގެ ނަންބަރު 2009/JC/56 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ ފ. ފަޅުމަތީގެ އަރުޝަދު ޢަލީ 24 ޖޫން 2008 ދުވަހުގެ 21:50 އެހާކަންހާއިރު
މާލޭ ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައިހުއްޖެ ޤަވާޢިދާ ޚިލާފަށް އެތަނުން ފިލާފައިވާކަމަށް ބުނެ،
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެދަށުން އަރުޝަދު ޢަލީގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ
ކުށުގެ ދަޢުވާ ކުރުމުން
ޖިނާއީ ކޯޓުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
03- ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/56 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، ހަތަރުސަބަބެއް ހުށަހަޅައި އެކަންކަމާބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރު
އީމެއިލް: g.gov.mvޒާiHait sig
.. ފޯން: 3325029، ފެކްސް: 331647
އިޓް
ތެތް
www.highcourt-gov.my ex
3
2009/HC-Al2g
ފަސިތިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ފުރަތަމަ ސަބަބަކީ: ވައްކަމުގެ ތުހުމަތެއްގައި މާލޭ ކަސްޓޯޑިއަލަށް ޙާޝިރުކުރެވިފައި ވަނިކޮށް
އެއްވެސް ފަރާތެއްގެ ހުއްދަނެތި އެތަނުން ނިކުމެގެން ދިޔަކަމަށް އަރުޝަދު ޢަލީ ޖިނާއީ ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި އިޢުތިރާފުވެފައި ވީނަމަވެސް، އަރުޝަދު ޢަލީގެ އިޢުތިރާފުގެ މައްޗަށް ނުބައްލަވައި މައްސަލަ
ނިންމަވާފައިވުން.
• ދެވަނަ ސަބަބަކީ މިމައްސަލަ ސާބިތުނުވާކަމަށް ޖިނާއީކޯޓުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ އައު ޤާނޫނުއަސާސީ ތަސްދީޤް ކުރެއްވުމުގެ ކުރިންކަމަށާއި، މާލޭ ކަސްޓޯޑިއަލްއަށް ގެންދެވޭ
މީހަކު އެއްވެސް ފަރާތެއްގެ ހުއްދަ ނެތި އެތަނުން ނިކުމެގެން ދިޔުމަކީ ކުށެއްކަމަށް ބަޔާންކުރާ ޤާނޫނީ
ޞަރީޙަ ޢަމުރަކީ ކޮބައިކަން ޝަރީޢަތަށް ސާބިތުވެފައި ނުވާކަމަށްބުނެ މައްސަލަ ނިންމަވާފައިވާއިރު، އަޢު
ޤާނޫނުއަސާސީ ތަސްދީޤް ކުރެވިފައިވަނީ 07 އޯގަސްޓް 2008 ދުވަހުކަމަށް ވާއިރު، މިހާދިސާ ހިގާފައިވަނީ
24 ޖޫން 2008 ދުވަހު ކަމަށްވުމުން، މިމައްސަލައިގެ މައްޗަށް ހިނގާނީ ކުރީގެ ޤާނޫނުއަސާސީގެ ދަށުން
އަމަލުކުރަމުން ގޮސްފައިވާ އުޞޫލުތައް ކަމަށްވެފައި، އެޤާނޫނު އަސާސީގެ 156ވަނަ މާއްދާގައި ޤާނޫނު
މާނަކޮށްފައިވާ ގޮތުން ޤާނޫނުގެ މާނައިގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރާ ޤަނޫނުތަކާއި، އޭގެ
ދަށުން ހެދޭ ޤަވާޢިދުތަކާއި، ސަރުކާރުން ޢަމަލުކުރަމުން ގެންދާ ޢުޞޫލުތައް ހިމެނިފައިވާއިރު، ކުރީގެ
ޤާނޫނުއަސާ ދަށުން މިފަދަ އެތައް މައްސަލަތަކެއް ޖީނާއީ ކޯޓުން ސާބިތުވެފައިވާހިނދު،
އްސަލަތަކުގައި އެނޫންގޮތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ސުޕްރީމް ކޯޓުންވެސް ގޮތެއް ނިންމަވާފައި
ޚިވުމާއެކު، މިމައްސަލާގައި މިކަންތައްތަކަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވުން.
ތިންވަނަ ސަބަބަކީ: ކުރީގެ ޤާނޫނު އަސާސީގެ ދަށުން ހެދިފައިވާ ޤާނޫނު ނަންބަރު 5178 (7
ދުވަހަށްވުރެ ދިގު މުއްދަތަކަށް މީހުން ބަންދުކުރުމުގައި ނުވަތަ ހައްޔަރު ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ
ޤާނޫނު)ގެ 04 ވަނަ މާއްދާގައި ހައްޔަރުކުރެވޭ
ދުކުރެވޭ މީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާވެދާނެކަމަށް
ފެންނަނަމަ، ނުވަތަ އެމީހަކު ފިލާފާނެކަމަށް ފެންނަނަމަ އެމީހަކު ހައްޔަރުކޮށްފައި ބެހެއްޓިދާނެކަމަށް
އޮންނައިރު، މިޤާނޫނުގައި މީހަކު ފިލައިގެން ދިއުމަކީ ކުށެއްކަމަށް ޞަރީޙަ ޢިބާރާތުން ނެތްނަމަވެސް
މިޤާނޫނުގެ މުރާދަކީ އެއީކަމަށް ބެލެވޭހިނދު، މިފަދަ މައްސަލައެއް ސާބިތުނުވާކަމަށް ނިންމެވުމަކީ މިފަދަ
މުޖުތަމަޢުގައި
ޢާއްމުވެދާނެކަމަކަށް ވީހިނދު،
އެކަންތައްތައް
ޒިންމާއަކަށްވެފައި، މިފަދަ މައްސަލައެއް ސާބިތުނުވާކަމަށް ނިންމެވުމަކީ ކުށްވެރިން ޖަލުތަކުން ފިލައިގެން
ދިއުމަށް ނުސީދާގޮތަށް ދެވޭ މެސެޖަކަށްވީއިރު، މިއީ މުޖްތަމަޢުގެ ރައްކާތެރިކަމާއި ސަލާމަތަށް މުހިންމު
ކަމަކަށް ވީނަމަވެސް، މިކަންތައްތަކަށް މައްސަލަ ނިންމަވާފައިވުން.
ތތައް
ހުއްޓުވުމަކީ ކޯޓުތަކުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުގެ
އެންނު
ދިވެހިރާއްޖެ، ޕޯން: 332529، ފެކްސް: 3316471
ސައިޓް: www.highcourt.gov.mv
އީމެއިދާ:
Baighcourt-v.my
4
(09/C-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ހަތަރުވަނަ ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމަވާފައިވުން.
04- މިމައްސަލައާ ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު 2009/JC/56 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ކ.މާލެ/ މ. ފަޅުމަތީގެ އަރުޝަދު ޢަލީގެ މައްޗަށް
ދަޢުލަތުން ދަޢުވާ ކުރައްވާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން،
މާލޭ ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުއްޓާ ޤަވާއިދާ ޚިލާފަށް އެތަނުން ފިލާމީހުންނާއިމެދު ޢަމަލުކުރަމަށް
ޝަރުޢީ އަދި ޤާނޫނީ ޝަރީޙަ އަމުރަކީ ކޮބައިކަން ދަޢުވާ ކުރާފަރާތަށް ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާތީ، އަރުޝަދު ޢަލީގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޝަރީޢަތަށް
ޘާބިތުނުވާކަމަށް ކަނޑަޅައި ޤަޟިޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
9
64
ON>
u 44
05- މިމައްސަލައާއިގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި އަދި ޖިނާއީކޯޓުގެ ނަންބަރު 2009/JC/56 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީހަމަތަކާ އެއްގޮތްނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ތަޙުޤީޤު ކުރާ ފަރާތަށް އެއްބާރުލުންދީ އެފަރާތުގެ ވާޖިބު އަދާކުރުމަށް
އެހީތެރިވެދިނުމާއި ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށް ނުވާ ކޮންމެ
ކަމެއްގައި، ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި އެހެންގޮތަކަށް ކަނޑައެޅިފައިނުވާނަމަ އަދާކުރަންޖެހޭ
ޒިންމާއެއްކަމާއި ޝަރުޢީގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް
ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި އަދަބު ދެވިފައިވާކަމާއި ޝަރުޢީ ނުވަތަ ޤާނޫނީ
ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން ކަޑައަޅަނީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާކަމާއި، އެމާއްދާގައި ކަނޑައެޅިފައިވާ މަފުހޫމަށް ބަދަލެއް އައިސްފައި ނުވާކަން އެނގެން އޮތުމުން
ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) އަށް އެކަނި ނަޒަރުކޮށް ޢަމަލުތައް ތަޖުރީމު ކުރުމުގެ
2A
ދިވެހިރާއްޖޭގެ ހައިކޯޓް އެއުރެން ދިވެހިރާއްޖެ، ފޯން: 3325d29، ފެކްސް: 331647
އީމެއިލް [email protected]
ވެބް ސައިޓް: www.highcourt.gov.mv
5
ޤަސިއޯޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/121
4 ޑ ވ މހއ
ޗެންގެތަކެވެ
ޤާއިދާއެއް އެކަށައެޅުމަކީ ޤާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އަރާނެކަމެއްކަމާއި ތަޖްރީމްކުރުމުގެ
މަޞްދަރުތައް އޮޅިގެން ހިނގައިދާނެކަމެއްކަން ފާހަގަކުރެވޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނަކުން ބާރުލިބިގެން، ޤާނޫނަކާ ނުވަތަ ޤަވާޢިދަކާވިޔަސް ޚިލާފުނުވާގޮތަށް
ކުރެވޭ ތަޙުޤީޤަކަށް ހުރަސްއެޅުމަކީ ކުށެއްކަމަށް ޖިނާއީ ޤާނޫނެއްގައި ނައްޞުން ކަނޑައެޅިފައި ނެތަސް،
އިސްލާމީ ޝަރީޢަތުގައި މަނާކަންތައްތަކެއް ކަމަށް ބެލެވެންޖެހޭ އެފަދަ އެންމެހާ ޢަމަލުތަކަކީ، ޤާނޫނެއް ނުވަތަ
ޤަވާއިދެއްގައި
ކަނޑައެޅިފައިނުވާނަމަ، ކުށުގެ ޢަމަލުތަކެއްކަމަށް ބެލުމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ
މާއްދާގެ ދަށުން ލާޒިމު ކުރާކަމަށާއި އަދި ޤާނޫނުގައި ނައްސުން ބަޔާންވެފައި ނުވާ އެފަދަ ކަންކަން
ޝަރީޢަތުގެ ފަރާތުން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއްގެ ޙުކުމް އޮންނަ ގޮތެއްގެ
ކޯޓުތަކުގެ ފަނޑިޔާރުން ރިޢާޔަތްކުރަން ޖެހޭނެކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ސާފުބަހުން
ބުނެފައިވާތީއާއި މިފަދަ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅި ނިމިފައިވާކަން އެނގެން އޮންނަކަމެވެ.
މައްޗަށް
އެހެންކަމުން، މިމައްސަލަ ބެލި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ޖިނާޢީ ކޯޓުގެ
ނަންބަރު 2009/JC/$
6 ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009
ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ދަށުކޯޓުން އަލުން ބައްލަވައި އެދަޢުވާގެ
މައުޟޫޢާމެދު ފައިޞަލާކުރަނިވި ޙުކުމެއް ކުރައްވަން ޖެހޭނެ މައްސަލައެއް ކަމަށެވެ.
ޓްގެ
ހައިކޯޓް
ދިވެހިރާއްޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢިބުރުޒު ކިނޤުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325020، ފްކެސާ: 331641
އީމެޢިވެ. [email protected] ވެބްސައިޓް: www.highcourt.gov.mv
6
2009/HC-A/126
ގަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޙުކުމް:
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ޖިނާއީކޯޓުގެ ނަންބަރު 2009/JC/56
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމުގައި ކަނޑައަޅައި، ޖިނާއީ ކޯޓުގެ ނަންބަރު
2009/JC/56 ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާއަކީ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅައިފިނަމަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލުތަކުގެ އަލީގައި ޖިނާއީ ކޯޓުން (ކްރިމިނަލް ކޯޓުން) އަލުން ބައްލަވައި އެދަޢުވާގެ މައުޟޫޢާމެދު
ފައިޞަލާކުރަނިވި ޙުކުމެއް ކުރައްވަންޖެހޭ ޤަޟިއްޔާއެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑުއަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv