ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/275 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/275
1/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 275/HC-A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ވަކީލުގެ ޑެޕިއުޓީ ސްޓޭޓް އެޓަރނީ އގ، މޫސާ ނަޞީރު
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙަސަން ނިއުޝާދު
ދާއިމީ އެޑްރެސް: ފުންގިރި ކ. މާފުށި
* އައި.ޑީ.ކާޑު ނަންބަރު: A142718 މިހާރުގެ އެޑްރެސް: ސިލްވަރމޫން| ކ. މާފުށި
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 މުޙައްރަމް 1433
ނިމުނު ތާރީޚް: 18 ރަބީޢުލްއާޚިރު 1433
30 ނޮވެމްބަރ 2011
11
2012
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/H-12-MC/19
ނިންމެވި ކޯޓު: މާލެއަތޮޅު މާފުށި މެޖިސްޓްރޭޓްކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރަކަށް އެދި
• ހުށަހެޅުނު ތާރީޚް: 12 މާރޗް 2011
ނިމުނު ތާރީޚް: 12 މާރޗް 2011
ވީނިއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/275
ދަޢުވާގެ ޚުލާޞާ
މިއީ، މާލެއަތޮޅު މާފުށި މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2011/H
-
12
-
MC/19 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
މަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުމަށްއެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ.
އެއެގްބޮންވާކަމަށް
.1
هވ
ކނގ3
.2
ފާހަގަކުރެވުނު ނުކުތާތައް:
މާލެއަތޮޅު މާފުށި މެޖިސްޓްރޭޓްކޯ
ޑިރޭޓްކޯޓުގެ ނަންބަރު 2011/H
-
12
-
MC/19 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ށްދިނުމަށްއެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ
މާލެއަތޮޅު މާފުށި މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2011/H-12-MC/19 ޤަޟިއްޔާ
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ކ. މާފުށި ޖަލުއޮފީހުގައި ވަޒީފާއަދާކުރާ
ސިވިލްސަރވިސްގެ މުވައްޒަފުން (ޖަލުބަލަހައްޓާ ޕްރިޒަން އޮފިސަރުން) ގެ ތުނބުޅި ބާލަން
ޑީ.ޕީ.އާރ.އެސް އިން އެންގުމުން އެވަޒީފާގައި އުޅޭ މުސްލިމުންގެ އެތައްބަޔަކު ނުރުހިގެން އެކަމަށްޓަކައި
ކޯޓު އަމުރެއް ނެރެދިނުންއެދި އެ އެންމެންގެ ތެރެއިން 8 މީހަކު ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެއްކަން އެނގެން އޮވެއެވެ.
މިމައްސަލައާ ގުޅިގެން މާލެއަތޮޅު މާފުށި މެޖިސްޓްރޭޓްކޯޓުގެ ނަންބަރު
2011/H-12-MC/19 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެމައްސަލާގައި ޙުކުމް
ކުރައްވާފައިވަނީ މިފަދައިންނެވެ. "ކ. މާފުށި ޖަލުއޮފީހުގައި ވަޒީފާ އަދާކުރާ ސިވިލް ސަރވިސްގެ
މުއައްޒަފުން (ޖަލުބަލަހައްޓާ ޕްރިޒަން އޮފިސަރުން) ގެ ތުނބުޅި ބާލަން ޑީ.ޕީ.އާރ.އެސް އިން އެންގުމުން
އެވަޒީފާގައި އުޅޭ އިސްލާމްދީނަށް ލޯބިކުރާ އެތައްބަޔަކު އެކަންކުރަން ނުރުހިގެން އެކަމަށްޓަކައި ކޯޓުން
އަމުރެއް ނެރެދިނުމަށް މިކޯޓަށް މައްސަލަ ހުށަހެޅުމުން މިކޯޓުން މިކަން ބެލިއިރު މިއެންމެންގެ ބަހުންނާއި
މިވަގުތު މާފުށީ ޖަލުބަލަހައްޓަން ހުންނެވި ވެރިޔާ މުޙައްމަދު ޝާހީންގެ ބަހުންނާއި ހުށަހަޅާފައިވާ
ޑީ.ޕީ.އާރ.އެސްގެ ޖަލުތައް ބަލަހައްޓާ ޔުނީފޯމް ހުރިހާ ފިރިހެން މުވައްޒަފުންނަށް
ތުނބުޅި ބޭލުމަށް އަންގާ، އަދި އެ އެންގުމާއި ޚިލާފް ވެއްޖެނަމަ ޤަވާޢިދުން ފިޔަވަޅު އެޅޭނެކަމަށް
އަންގަވާފައިވާކަން ޝަރީޢަތަށް ސާބިތުވާތީ،
.3
<ޑ 8
8 ދ.2
ޑޮކިއުމެންޓްތަކުން،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/275
OCCO
COCOC
0 s 8 s
ދިވެހިރާއްޖެއަކީ %100 މުސްލިމް ޤައުމަކަށްވެފައި އިސްލާމްދީނާއި ޚިލާފްވާ އެއްވެސް ޤާނޫނެއް
ނުހެދޭނެކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާ ހިނދު ކޮންމެ ޤަވާޢިދެއްވެސް ހަދަންވާނީ އިސްލާމް ދީނާއި
ޚިލާފްނުވާ ގޮތަށްކަމަށާއި، ސިވިލްސަރވިސް ޤާނޫނުގައިވެސް އެމުއައްސަސާގެ ފިރިހެން މުއައްޒަފުން ތުނބުޅި
ބޭލުމަށް އަންގަވާފައި ނެތުމާއެކު ކަނޑައެޅިގެން ފިރިހެނުން އަންހެނުންގެ ސިފަޖައްސަން ތުނބުޅި ބޭލުމަށް
ނޭންގޭނެކަމަށާއި، އާދަމްގެފާނުން ފެށިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ހަމައަށް ހުރިހާ
ރަސޫލު ބޭފުޅުންނާއި، ކީރިތި ރަސޫލާގެ އަޞްޙާބުންނާއި ޚަލީފާވެރިން ތުނބުޅި ބެހެއްޓެވިކަމަށް އެނގެން
އޮތުމާއެކު ތުނބުޅި ބެހެއްޓުމަކީ ސުންނަތަކަށްވުރެ މަތީ ވާޖިބަކާއި ގާތްކުރާ ކަމަކަށްވާއިރު، އަދި
ޢިލްމުވެރިން، ތުނބުޅި ބެހެއްޓުމަކީ ވާޖިބެއްކަމަށް ވިދާޅުވާއިރު، މާތްވެގެންވާ އިސްލާމްދީނުގައި މިހާމަތީ
ދެއްވާފައިވާ ކަމެއް ނުކުރުމަށް (އެބަހީ ތުނބުޅި ނުބެހެއްޓުމަށް) ތުނބުޅި ބޭލުމަށް %100
އިސްލާމް ޤަޢުމެއްގައި ވަޒީފާއަދާކުރާ މުސްލިމުންނަށް ނޭންގޭނެކަމަށްވާތީ އަދި މިހާތަނާ ޖެހެންދެންވެސް
ޑީ.ޕީ.އާރ.އެސްގައި ވަޒީފާ އަދާކުރާ ފިރިހެން މުއައްޒަފުން ވަޒީފާ އަދާކުރަމުން އައީ ތުނބުޅި
ބަހައްޓައިގެންކަން މި އެންމެންގެ ބަހުން ސާބިތު ވާތީ ޑީ.ޕީ.އާރ.އެސްގައި ވަޒީފާ އަދާކުރާ މުސްލިމް ފިރިހެން
މުއައްޒަފަކަށް ތުނބުޅި ބޭލުމަށް އަންގައިގެން ނުވާނެކަމަށް ޑީ.ޕީ.އާރ.އެސްގެ މައްޗަށް ޝަރީޢަތުގެ
ފަރާތުން އަންގައި އަމުރުކޮށް މިޤަޟިއްޔާ ނިންމީއެވެ." މިހެންނެވެ.
މާލެއަތޮޅު މާފުށި މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2011/H-12-MC/19 ޤަޟިއްޔާ
ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން 1 (އެކެއް) ނުކުތާ ހުށައަޅައި އެނުކުތާއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) އެ ނުކުތާއަކީ: އެމައްސަލާގައި ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ދަޢުވާއަކީ،
ހިންނަވަރު ހުޅަނގުމަތީގޭ މުޙައްމަދު ޝާހީން ޢަލީގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއެއް ކަމަށްވާއިރު،
މާލެއަތޮޅު މާފުށި މެޖިސްޓްރޭޓްކޯޓުން މައްސަލައިގެ ޙަޞްމެއްކަމުގައިނުވާ ޑީ.ޕީ.އާރ.އެސްގެ މައްޗަށް ޙުކުމް
ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
މިމައްސަލައާއި ގުޅިގެން މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/H
-
12
-
MC/19 ޤަޟިއްޔާ ނިމިފައިވާ ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ
އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅޭގޮތުން މިމައްސަލާގައި
ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
.4
4346
ccc
.5
ކުއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2011/HC-A/275
3. ޢަ
ހ 8 9ވ
ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރެވިފައި މިވާ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011/H
-
12
-
MC/19 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެމައްސަލަ
ހުށަހެޅި ފަރާތް ކަމުގައި އެރިޕޯޓުގައި ބަޔާންކޮށްފައިވަނީ؟
1. ޙަސަން ނިއުޝާދު ފުންގިރި ކ. މާފުށި
2. އިބްރާހީމް މުޙައްމަދު ރޯޒްމީޑް (ހއ. ބާރަށް
ޢަލީ ނިޔާޒް ސުވާސާގެ| ކ. މާފުށި
4. ޢަބްދުއްސަލާމް އިޚްރާމްގެ/ . ށ. މިލަންދޫ
5. މުޙައްމަދު ނަސީމް ލިލީމާގެ/ ހދ. ކުރިނބި
6. އަޙްމަދު ފިރާޤް ގާދޫ ދަރަވަންދޫ
7. އަޙްމަދު އަޝްރަފް ކިނާރާގެ/ ދ. ހުޅުދެލި
8. އިބްރާހީމް ޞަބާޙު ކަރަންކާގެ/ ހއ. މޮޅަދޫ،
08 (އަށެއް) ފަރާތްކަމާއި، ދަޢުވާލިބޭ ފަރާތުގެ ގޮތުގައި އެރިޕޯޓުގައި ބަޔާންކޮށްފައިވަނީ، މުޙައްމަދު
ޝާހީން ޢަލީ (ޑީ.ޕީ.އާރު.އެސް މާފުށި ޖަލު އޮފީހުގެ ޗީފް ސްޕްރިންޓެންޑެންޓް) ކަން އެނގެން
އޮންނަކަމާއި،
ނަމަވެސް މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މިމައްސަލައިގެ ދަޢުވާ ފޯމަށް ބެލިއިރު،
ދަޢުވާ ހުށަހެޅި ފަރާތެއްގެ ގޮތުގައި އެފޯމުގައި ބަޔާންކޮށްފައިވަނީ، ޙަސަން ނިއުޝާދު ފުންގިރި
ސިލްވަރމޫން، ކ. މާފުށި ކަމާއި، ދަޢުވާލިބޭ ފަރާތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް
ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާރވިސަސް ކަން އެނގެން އޮތްކަމެވެ.
(ށ) ދެވަނަ ކަމަކީ، ކޯޓަށް ހުށަހެޅުނު މިމައްސަލައިގެ ދަޢުވާ ފޯމުގައި، ދަޢުވާ ހުށަހެޅި ފަރާތެއްގެ
ގޮތުގައި ބަޔާންކޮށްފައިވަނީ، ޙަސަން ނިއުޝާދު ފުންގިރި| ސިލްވަރމޫން، . މާފުށި ކަމާއި، ޙަސަން
ނިއުޝާދު ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް
ކޯޓަށް މިމައްސަލަ ހުށަހެޅީ އޭނާ ކަމަށް ޙަސަން ނިއުޝާދު ބުނެ
ޝާދު ބުނެފައިވާކަމާއި،
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، ދަޢުވާކުރާ ފަރާތްތަކުގެ ގޮތުގައި ޙަސަން ނިއުޝާދު ފިޔަވައި
އިތުރަށް ބަޔާންކޮށްފައިވާ ފަރާތްތަކަކީ، ދަޢުވާކުރި ފަރާތްތަކެއްނޫންކަމާއި އެދުވަހު ޙަސަން ނިއުޝާދު އާއެކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2011/HC-A/275
ބަޔާންކޮށްފައިވާ
އެކޯޓަށް ދިއުމުން އެމައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް އެކޯޓުގެ ފަރާތުން އެމީހުން ވައްދައި އެޝަރީޢަތް
ހިންގަވާފައިވަނީކަން އެފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްކަމާއި،
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، ދަޢުވާލިބޭ ފަރާތުގެ
ގޮތުގައި ބަޔާންކޮށްފައިވާ މުޙައްމަދު ޝާހީން ޢަލީ ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުކޮށް މުޙައްމަދު ޝާހީން
އަލީއާ ކުރެވުނު ސުވާލުތަކާ ގުޅިގެން މުޙައްމަދު ޝާހީން ޢަލީ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
އެމައްސަލާގައި މުޙައްމަދު ޝާހީން ޢަލީ ޙާޟިރު ކުރެވުނުކަމަށާއި ޙާޟިރު ކުރެވުނީ މާފުށީ ޖަލު އެވަގުތު
ހިންގުމާ ޙަވާލުވެހުރި މީހެއްގެ ގޮތުންކަމަށް މުޙައްމަދު ޝާހީން ޢަލީ ބުނެފައިވީނަމަވެސް މުޙައްމަދު
ޝާހީން ޢަލީ އަކީ އެމައްސަލާގައި ދަޢުވާލިބޭ ފަރާތްކަން މުޙައްމަދު ޝާހީން ޢަލީ އަށް އެއްވެސް
ހިސާބަކުން އެނގިފައި ނުވާކަމަށް މުޙައްމަދު ޝާހީން ޢަލީ ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގައި، ދަޢުވާކުރާ ފަރާތްތަކުގެ ގޮތުގައި ޙަސަން ނިއުޝާދު ފިޔަވައި އިތުރަށް
ފަރާތްތަކަކީ، ދަޢުވާކުރި ފަރާތްތަކެއްނޫންކަމަށް އެފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވުމުންނާއި،
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މިމައްސަލައިގެ ދަޢުވާ ފޯމުގައި، ދަޢުވާ ހުށަހެޅި ފަރާތެއްގެ
ގޮތުގައި ބަޔާންކޮށްފައިވަނީ، ޙަސަން ނިއުޝާދު ފުންގިރި) ސިލްވަރމޫން، މާފުށި ކަމާއި، ޙަސަން
ނިއުޝާދު ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް
ކޯޓަށް މިމައްސަލަ ހުށަހެޅީ އޭނާ ކަމަށް ޙަސަން ނިއުޝާދު ބުނެފައިވުމުން، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް
ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، ދަޢުވާކުރާ ފަރާތްތަކުގެ ގޮތުގައި ޙަސަން ނިއުޝާދު ފިޔަވައި
އިތުރަށް ބަޔާންކޮށްފައިވާ ފަރާތްތަކަކީ، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކެއްގެ ގޮތުގައި
ނުހިމެނުމަށް، ހައިކޯޓުގެ ޤަވާއިދުގެ 36 ވަނަ މާއްދާގެ (ނ) ން ލިބިފައިވާ އިޚްތިޔާރުގެ ދަށުން، މިމައްސަލަ
ބެލި ފަނޑިޔާރުންގެ މަޖިލީހުން 4 ޖެނުއަރީ 2012 ވަނަ ދުވަހު އޮތް ޝަރީޢަތުގެ މަޖިލީހުގައި
ކަނޑައަޅާފައިވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައި މިވާ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011/H-12-MC/19 ޤަޟިއްޔާ ނިމިފައިވަނީ ޝަރުއީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް
ބުނެ، އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއަކީ، މިދަޢުވާ ހުށަހެޅިފައިވަނީ ހިންނަވަރު
ހުޅަނގުމަތީގޭ މުޙައްމަދު ޝާހީން ޢަލީގެ މައްޗަށް ކަމަށްވާއިރު، މައްސަލައިގެ ޚަޞްމެއްކަމުގައި ނުވާ
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީ.ޕީ.އާރު.އެސް)
14
އައިކޯޑް
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/275
133
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރައްވާފައިވުން ކަމަށް ބުނެފައިވާއިރު، މިނުކުތާއަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު،
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H
-
12
-
MC/19 ޤަޟިއްޔާ ގެ ޝަރީއަތް
ނިމުނުގޮތުގެ ރިޕޯޓުގައި ދަޢުވާލިބޭ ފަރާތުގެ ގޮތުގައި ބަޔާންކޮށްފައިވަނީ މުޙައްމަދު ޝާހީން ޢަލީ ކަން
އެނގެން އޮތްނަމަވެސް، އެމައްސަލާގައި ކުރައްވާފައިވާ ޙުކުމް ނުވަތަ ނެރުއްވާފައިވާ އަމުރު ރައްދުވާ
ފަރާތެއްގެ ގޮތުގައި މުޙައްމަދު ޝާހީން ޢަލީ ނުވާކަން އެނގޭކަމާއި، އެމައްސަލާގައި އަމުރު ނެރުއްވާފައިވަނީ
ޑީ.ޕީ.އާރު.އެސް ގެ މައްޗަށް ކަން އެނގެން އޮތްކަމެވެ.
(ބފަސްވަނަ ކަމަކީ، ޤަޟިއްޔާއެއްގައި އެއްވެސް ފަރާތެއްގެ މައްޗަށް ޙުކުމެއްކުރައްވާނަމަ،
އެފަދަ ޙުކުމެއް
ކުރައްވަންވާނީ، އެފަރާތަކަށް އެމައްސަލާގައި ޖަވާބުދާރީވުމަށް، ކަނޑައެޅި ޢަމަލުކުރެވެމުންދާ
ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ފުރުޞަތު ދިނުމަށްފަހުގައިކަމަށްވާއިރު،
އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ވަނަ މާއްދާގެ
".މިޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން
ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ
މީހެކެވެ." މިފަދައިން ބަޔާންވެފައިވާއިރު،
މައްޗަށް މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ނަންބަރު
2011/H-12-MC/19 ޤަޟިއްޔާގައި އަމުރެއް ނެރުއްވައި، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން
މިމައްސަލަ ނިންމަވާފައިވަނީ، ޑީ.ޕީ.އާރު.އެސް އަށް ދަޢުވާލިބޭ މައްސަލައެއް އޮތްކަން ޑީ.ޕީ.އާރު.އެސް އަށް
އަދި ދައުލަތަށް ދަޢުވާލިބޭ މިފަދަ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރަންޖެހޭ، ބަންޑާރަ ނައިބު އަދި
ބަންޑާރަ ނައިބުގެ އޮފީހަށްވެސް އެނގުމެއް ނެތި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި އަދި
ދައުލަތަށް ދަޢުވާލިބޭ މިފަދަ މައްސަލަތަކުގައި ޝަރީޢަތް ހިންގައި އަޑުއެހުން ބޭއްވުމަށް ކަނޑައެޅިފައިވާ ގޮތާ
ޚިލާފަށްކަން، ސާފުކޮށް އެނގެންއޮތްކަމެވެ.
އެހެންކަމުން، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/H-12-MC/19 ޤަޟިއްޔާ
އެކޯޓުން
ޖުން ހިންގަވައި ނިންމަވާފައިވަނީ، މިފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގެވުމަށާއި އަޑުއެހުން ބޭއްވުމަށް
ކަނޑައެޅިފައިވާ ގޮތާއި، އިޖްރާއަތްތަކާ ޚިލާފަށްކަމަށް މިމައްސަލަބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސް ވެވިފައިވެއެވެ.
I.
ޑީ.ޕީ.އާރު.އެސް
ގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/275
057
0
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2011/H-12-MC/19 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމުގައި މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
cc
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ؟
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ދިވެހިޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv