ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/234 ޤަޟިއްޔާގެ ޙުކުމް
2011/HC-A/234
ޤަޟިއްޔާ ނިމު
ނިމުނު ގޮތު
کمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟީއްޔާ ނަންބަރު: 234/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ނާޝިމް
އައިޑީ ކާޑު ނަންބަރު: A046840
ދާއިމީ އެޑްރެސް: މ. ނިޔަދުރު
މިހާރުގެ އެޑްރެސް:
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ޢުމަރު މަނިކު
: އައިޑީ ކާޑު ނަންބަރު: A038252
1
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ސޯސަންޕްލާވަރ
ސޯސަންފްލާވަރ
0
1
0
"1433
ރަޖިސްޓްރީކުރެވުނު ތާރީޚް: 1 ޛުލްޤައިދާ 1432
29 ސެޕްޓެމްބަރު 2011
ނިމުނު ތާރީޚް: 9 ޛުލްޤަޢިދާ
25 ސެޕްޓެމްބަރ 2012
Ocos
40
• އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2010/MC
/
2010
)
1360
/
Cv
-
C/2391)
ޤަޟިއްޔާގެ ބާވަތް: ވިޔަފާރި
• ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 14 އޮކްޓޯބަރ 2010 ނިމުނު ތާރީޚް: 13 ޖުލައި 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން ، ފަނޑިޔާރު އަބުދުއްރައޫފު އިބްރާހީމް ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު،
ދިވެހިރާއްa
ހަޢީބް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*
2011/HC-A/234
/ޤަޟިއްޔާ ނިމުނު
کی مرگی
ދަޢުވާގެ ޚުލާޞާ:
މިއީ ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1360
/
Cv
-
C/2391)
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި، މ.ނިޔަދުރު އަޙްމަދު ނާޝިމް (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A046840) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ހ. ސޯސަން ފްލާވަރ
(ދަފްތަރު ނަންބަރު 2133) އިބްރާހީމް ޢުމަރު މަނިކު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A038252) އެވެ.
• ފާހަގަކުރެވު
1- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1360 (2010/MC/2391) ޤަޟިއްޔާއަކީ
ހ.ސޯސަންފްލާވަރގައި ހަދާފައިވާ ހަތްބުރި އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައިވާ ފިހާރައެއް 01
މެއި 2003 އިން ފެށިގެން ދިހަ އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް، ދަފްތަރު ނަންބަރު
2133 (ހ.ސޯސަންފްލާވަރ ) އިބްރާހީމް ޢުމަރު މަނިކު އާއި މ.ނިޔަދުރު އަޙްމަދު ނާޝިމް އާ
ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާޠިލުކޮށް، އެއްބަސްވުމުގެ
8 ވަނަ މާއްދާގެ (ށ) ގައި ވާ ފަދައިން ފައިސާ ހަވާލުވެ، އެއްބަސްވުމުގެ 9 ވަނަ މާއްދާގައި
ބަޔާން ވެގެންވާ ގޮތަށް ޢަމަލުކޮށް، އިބްރާހީމް ޢުމަރު މަނިކުއާއި ތަން ހަވާލު ކުރުމަށް އަޙްމަދު
ނާޘިމްއަށް އަންގައި ދިނުން އެދި އަޙްމަދު ނާޝިމްގެ މައްޗަށް އިބްރާހީމް ޢުމަރު މަނިކު
ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްޖޭގެ
ހަޢީބް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*
83
=32
2011/HC-A/234
fi
ޤަޟިއްޔާ ނިމުނު "
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ހ.ސޯސަންފްލާވަރގައި ހަދާފައިވާ
ހަތްބުރި އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައިވާ ފިހާރައެއް 01 މެއި 2003 އިން ފެށިގެން ދިހަ
އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް، ދަފްތަރު ނަންބަރު 2133 (ހ.ސޯސަންފްލާވަރ
ތިންވަނަ ފަންގިފިލާ) އިބްރާހީމް ޢުމަރު މަނިކު އާއި މ.ނިޔަދުރު، އަޙްމަދު ނާޝިމް އާ ދެމެދު ވެފައިވާ
އެއްބަސްވުމުގައިވާ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާޠިލުކޮށް، އެއްބަސްވުމުގެ 8 ވަނަ
މާއްދާގެ (ށ) ގައި ވާ ފަދައިން ފައިސާ ހަވާލުވެ، އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބަޔާން
ވެގެންވާ ގޮތަށް ޢަމަލުކޮށް، އިބްރާހީމް ޢުމަރު މަނިކުއާއި ތަން ހަވާލު ކުރުމަށް އަޙްމަދު ނާޝިމްއަށް
އަންގައި ދިނުން އެދި އަޙްމަދު ނާޝިމްގެ މައްޗަށް އިބްރާހީމް ޢުމަރު މަނިކު މިދަޢުވާ ޝަރީޢަތުން
ބެލިއިރު، އަޙްމަދު ނާޝިމް އެފިހާރަ ކުއްޔަށް ހިފުމަށް އެއްބަސް ވެފައިވަނީ 30 އެޕްރީލް 2013 ގައި
އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ފިހާރަ އަތުނުލާނެ ކަމުގެ ޔަޤީންކަން އިބްރާހީމް ޢުމަރު
މަނިކު ދީގެން ކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ފިހާރަ އަތުލުމަށް ކުއްޔަށް ދިން
ފަރާތުން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ހ) ގައި
ކަމަށާއި، މުއްދަތު ހަމަވުމުގެ ކުރިން ފިހާރަ އަތުލުމަށް އިބްރާހީމް ޢުމަރު މަނިކު
މަސައްކަތް އެކުރަނީ އެއްބަސްވުމުގެ ރޫޙާއި ޚިލާފަށް ކަމަށް އަޙްމަދު ނާޝިމްގެ ފަރާތުން ބުނި ކަމުގައި
ވިޔަސް، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ށ) ގައި
ބިމާއި
ބެހޭ ޤާނޫނުގެ ދަށުން ނުވަތަ
އެޤާނޫނުގެ ދަށުން ހަދާފައިވާ އަދި ކުރިމަގުގައި ހަދާ ޤަވާއިދެއްގެ ދަށުން ނުވަތަ އެނޫން ވެސް
އެއްވެސް ސަބަބަކާއި ހުރެ ކުއްޔަށް ދިން މުއްދަތު ހަމަވުމުގެ ކުރިން ތަން އަތުލާނަމަ އަތުލެވޭނީ
ތަން އަތުލަ ދުވަހުން ފެށިގެން އެގްރީމެންޓުގެ މުއްދަތު ހަމަވާ ދުވަހާއި ހަމައަށް ބާކީ އޮންނަ ކޮންމެ
އަހަރަކަށް -/100,000ރ ( އެއްލައްކަ ރުފިޔާ ) ގެ ރޭޓުން އެއްފަހަރާ ފައިސާ ދިނުމަށް ފަހުގައި
ބަޔާންވެގެން ވުމުން، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ވާހަކައަކީ
ޤައިދެއް ނެތި މުޠުލަޤުކޮށް ބުނެފައިވާ ވާހަކައެއް ނޫންކަން ދޭހަވާ ކަމާއި، އެއްބަސް ވުމުގެ 8 ވަނަ
ދި2 0
2
2
20
18ދންގން
f
i
ކަމަށް
ދިޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
*
2011/HC-A/234
ޤަޟިއްޔާ ނިމުނު
މިއްދާގެ (ހ) ގައި ބުނެފައިވާ ވާހަކަ އަކީ ޤައިދެއް ނެތި މުޠުލަޤުކޮށް ބުނެފައިވާ ވާހަކައެއް ނަމަ(ނ)
ގައި ބުނެފައިވާ އެގޮތަށް އޮތުމުގެ ބޭނުމެއް ނެތުމާއި، (ށ) ގައި އެވާހަކަ އެގޮތަށް ބުނެފައި އޮތުމުން
އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ހ) ގައި އެބުނާ ވާހަކަ މާނަކުރެވެނީ އެއްބަސްވުމުގެ މުއްދަތު
ހަމަވުމުގެ ކުރިން ފިހާރަ އަތުލުމަށް ކުއްޔަށްދިން ފަރާތުން އެއްވެސް ސަބަބެއްނެތި މަސައްކަތް
ކޮށްގެން ނުވާނެ ވާހަކަ ކަމާއި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ފިހާރަ އަތުލުމަށް
މަސައްކަތް ކުރަން ޖެހުނު ސަބަބު ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައި ވާކަމާއި، އެސަބަބަކީ އިމާރާތް
ހެދުމަށް ނަގާފައިވާ ލޯނު އެއްފަހަރާ ދައްކަންޖެހި ނުދެއްކި އޮވެގެން ބޭންކުން އިމާރާތް ވިއްކާލުމުގެ
ބިރުއޮތުމުން އެތަން މެދުވެރިކޮށް ލޯނު ދެއްކޭނެ ގޮތެއް އޮތުން ކަމަށް ދަޢުވާކުރާ ފަރާތުން
ބުނެފައިވުމުން، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ފަދައިން ތަން އަތުލާ
ދުވަހުން ފެށިގެން އެގްރީމެންޓުގެ މުއްދަތު ހަމަވާ ދުވަހާއި ހަމައަށް ބާކީ އޮންނަ ކޮންމެ
އަހަރަކަށް -/
100,000ރ ( އެއްލައްކަ ރުފިޔާ ) ގެ ރޭޓުން އެއްފަހަރާ ފައިސާ ދިނުމަށްފަހުގައި
ކުއްޔަށް ދިން މުއްދަތު ހަމަވުމުގެ ކުރިން ތަން އަތުލުމުގެ ޙައްޤު އިބްރާހީމް ޢުމަރު މަނިކުއަށް
އޮތްކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ (ށ) ގައި
ފަދައިން
ކުއްޔަށް ދިން މުއްދަތު ހަމަވުމުގެ ކުރިން ތަން އަތުލާނަމަ އަތުލެވޭނީ ތަން އަތުލާ ދުވަހުން ފެށިގެން
އެގްރީމެންޓުގެ
ންޓުގެ މުއްދަތު ހަމަވާ ދުވަހާއި ހަމައަށް ބާކީ އޮންނަ ކޮންމެ އަހަރަކަށް -/100,000ރ
( އެއްލައްކަ ރުފިޔާ ) ގެ ރޭޓުން އެއްފަހަރާ ފައިސާ ދިނުމަށްފަހުގައި ކަމަށްވާތީ، 01 އޮގަސްޓް
2011 ދުވަހުން ފެށިގެން 30 އެޕްރީލް 2013 ދުވަހާއި ހަމައަށް 01 (އެކެއް) އަހަރާއި 09
(ނުވައެއް) މަސް ދުވަހަށް ވާ ފައިސާ ކަމުގައިވާ -/175,000ރ. (އެއްލައްކަ ހަތްދިހަ ފަސްހާސް
ރުފިޔާ ) 31 ޖުލައި 2011 ދުވަހުގެ ކުރިން އެކީ އެއްފަހަރާ އަޙްމަދު ނާޖިމަށް ދިނުމަށް އިބްރާހީމް
ޢުމަރު މަނިކަށް އަންގައި 01 އޮގަސްޓް 2011 ދުވަހުގެ ކުރިން އެފިހާރަ ހުސްކޮށް އިބްރާހީމް
ޢުމަރު މަނިކުއާއި އެފިހާރަ ޙަވާލުކުރުމަށް އަޙްމަދު ނާޝިމްއަށް އަންގައި، އެއްބަސްވުމުގެ 8 ވަނަ
ހދ 0
2
2
40
ބަޔާންވެގެންވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
*
S
ޤަޟިއްޔާ ނިމުނު
44 235
=32
2011/HC-A/234
گمرکی
މާއްދާ ޝަރީޢަތުން މިމާނަ ކުރި ގޮތަށް ޢަމަލު ކުރުމަށް ދެފަރާތަށްވެސް އަންގައި، އެއްބަސްވުމުގެ 9
ވަނަ މާއްދާގައި ބަޔާންވެގެން ވާގޮތަށް ޢަމަލު ކުރުމަށް ޢަހްމަދު ނާޤިމަށް އަންގައި ދިނުމަށް ދަޢުވާގައި
އެދިފައިވީ ކަމުގައި ވިޔަސް، 9 ވަނަ މާއްދާގައިވާ ފަދައިން ޢަމަލު ކުރަންޖެހެނީ އެއްބަސްވުމުގެ
މުއްދަތު ހަމަވެގެން ކުއްޔަށް ހިފިފަރާތުން ކުއްޔަށް ދިން ފަރާތާއި ފިހާރަ ޙަވާލު ކުރާއިރު ކަމަށް
އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބަޔާންވެގެން ވާތީ، އެއްބަސްވުމުގެ 9 ވަނަ މާއްދާގައި
ބަޔާންވެގެން ވާގޮތަށް ޢަމަލު ކުރުމަށް އަޙްމަދު ނާޝިމްއަށް އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅައި
ޙުކުމް ކޮށްފީމެވެ ." މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން
.174
2- ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1360
/
Cv
-
C/2391) ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މ.ނިޔަދުރު
އަޙްމަދު ނާޖިމްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، 6( ހައެއް) ނުކުތާއެއް ފާހަގަކޮށް،
އެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ
4 22
މލ ހދ
ނުކުތާތަކަކީ"
1- ފުރަތަމަ ނުކުތާއަކީ، އެގްރިމެންޓުގެ މުއްދަތަކީ އެގްރީމެންޓް ކުރެވުނު ތާރީޚުން
ފެށިގެން 10 (ދިހައެއް) އަހަރު ކަމަށް އެގްރީމެންޓުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ބުނުމުގެ
އިތުރުން، އެގްރީމެންޓުގެ މުއްދަތު ހަމަވަންދެން ފިހާރަ ބޭނުން ކުރުމުގެ ފުރިހަމަ އިޚްތިޔާރު
ކުއްޔަށް ހިފި ފަރާތަށް ދީފައިވާކަން އެގްރީމެންޓްގެ 7 ވަނަ މާއްދާގެ (ހ) އިން އެނގެން
އޮތުމުގެ އިތުރުން އެގްރީމެންޓްގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ދިން ފިހާރަ އަތުނުލެވޭނެ
ކަމަށް އެގްރިމެންޓުގެ 8 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާތީ،
މިއެގްރިމެންޓަކީ އެގްރިމެންޓުގެ މުއްދަތަށް ދެމިއޮތުމަށް ޝަރުތުކޮށްފައިވާ އެގްރިމެންޓެއްކަން
ދިޖެހިރާއްޖޭގެ
ހައިކޯޖު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
*
38
2011/HC-A/234
ދެވެ
-2
6ޤަޟިއްޔާ ނިމުނު "
އެނގެން އޮތްއިރު، ކުއްޔަށް ހިފިފަރާތް އެގްރީމެންޓް ޚިލާފުވުމަކާއި ނުލައި އެގްރީމެންޓް ބާޠިލު
ކުރުމަށް ނިންމި ނިންމުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ހަމަޖެހޭ ނިންމެވުމެއް ނޫންކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ކުއްޔަށް ހިފާ ފަރާތުން އިންވެސްޓްކުރުވައިގެން
ފިހާރަ ހެދުމާއި، އަދި ފިހާރައިގެ 10 އަހަރުގެ ކުލި އެޑްވާންސްކޮށް ނަގާފައިވާތީ، އެ
ކަންކަމުގެ
މުޤާބިލުގައި ފިހާރަ 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީ، ކުލީގެ މުއްދަތު
ހަމަވުމުގެ ކުރިން ފިހާރަ އަތުލުމަށް އެއްވެސް މަސައްކަތެއް ނުކުރާނެކަމުގެ ޔަޤީންކަން
ދީފައިވާކަން އެނގެން އޮތްއިރު، އެކަންކަމުގެ މައްޗަށް ޝަރީޢަތުން އެއްވެސް މިންވަރަކަށް
ބެއްލެވުމެއްނެތި، އެގްރީމެންޓް ބާޠިލު ކުރައްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އެގްރީމެންޓް މާނަ ކުރުމުގައި ބަލަންޖެހޭނީ،
އެގްރީމެންޓުގެ މަޤްޞަދާއި ރޫޙަށާއި އަދި އެގްރީމެންޓުގެ މައުޞޫމް ފަރާތަށް ގެއްލުން
ކުޑަގޮތަށް ކަމަށްވާއިރު، އެގްރީމެންޓުގެ މަޤްޞަދާއި، ރޫޙާއި ނިޔަތާއި ޚިލާފަށް އެގްރީމެންޓްގެ
މައުޞޫމް ފަރާތަށް ގެއްލުންވާގޮތަށް އެގްރީމެންޓް މާނަކޮށް އެގްރީމެންޓް ބާޠިލު ކުރައްވާފައިވާ
ކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
4- ހަތަރުވަނަ ނުކުތާއަކީ، އެގްރީމެންޓުގެ 8 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ
ސަބަބަކީ، ޤާނޫނީ ސަބަބެއްކަމާއި، އެމާއްދާ ފެށުމުގައިވެސް ޤާނޫނާއި ޤަވާޢިދަށް އިޝާރާތް ކޮށްފައި
4 & . 3)
އެވަނީ އެހެންވެގެން ކަމާއި، އެހެންކަމުން ކޮންމެ ސަބަބެއް މެދުވެރިކޮށް އެގްރީމެންޓް ބާޠިލު
ނުކުރެވޭނެ ކަމާއި، އަދި އެ މާއްދާގެ މަޤްޞަދަކީ ޤާނޫނީ ސަބަބެއް މެވެރިވެގެން އަތުލާނަމަ ބަދަލު
ދީފައި ނޫނީ އަތުނުލެވޭނެ ކަމަށް ބުނެފައިވާ ބުނުމެއްކަމާއި، އެހެންކަމުން 8 ވަނަ މާއްދާގެ (ށ)
ދިވެހިރާއްa؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44 232 3 )
ޤަޟިއްޔާ ނިމުނު
2011/HC-A/234
گمرکی
ދެވެ
0
އަކީ ކުއްޔަށް ހިފި ފަރާތުގެ ޙައްޤުގައި އަދި އެފަރާތުގެ ފޭވާގައި ލިޔެފައިވާ މާއްދާއެއް ކަމާއި، އަދި
އެއީ ކުއްޔަށް ދިން ފަރާތް އަމިއްލައަށް އިސްވެ ބާޠިލު ކުރުމުގެ ބާރު ދީފައިވާ މާއްދާއެއް ނޫން
ކަމާއި، އެހެންކަމުން އެ މާއްދާގައި އެ ބުނާ ބުނުމަކީ މުޠުލަޤުކޮށް ބުނެފައިވާ ބުނުމެއް ނޫންކަން
އެނގެން އޮތްއިރު، އެގްރީމެންޓްގެ މުޅި މަޤްޞަދާއި ރޫޙާއި ޚިލާފަށް އެގްރީމެންޓުގެ މާއްދާތައް
މާނަކޮށް އެގްރީމެންޓް ބާޠިލު ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، އެގްރީމެންޓުގެ 8 ވަނަ މާއްދާގެ (ހ) ގައި
ބުނެފައިވާ ވާހަކައަކީ ޤައިދެއްނެތި މުޠުލަޤުކޮށް ބުނެފައިވާ ވާހަކައެއް ނަމަ، (ށ) ގައި ބުނެފައިވާ
ވާހަކަ އެގޮތަށް އޮތުމުގެ ބޭނުމެއް ނެތް ކަމަށާއި، (ށ) ގައި އެވާހަކަ އެގޮތަށް ބުނެފައި އޮތުމުން،
އެގްރީމެންޓުގެ 8 ވަނަ މާއްދާގެ (ހ) ގައި އެ ބުނާ ވާހަކަ މާނަ ކުރެވެނީ، އެގްރީމެންޓުގެ މުއްދަތު
-5
04
ހަމަވުމުގެ ކުރިން ފިހާރަ އަތުލުމަށް ކުއްޔަށް ދިން ފަރާތުން "އެއްވެސް ސަބަބެއްނެތި" މަސައްކަތް
ކޮށްގެން ނުވާނެ ކަމަށާއި، ސަބަބެއް އޮވެގެން ފިހާރަ އަތުލުމުގެ އިޚްތިޔާރު ތަނުގެ ވެރިފަރާތަށް އޮތް
ކަމަށް ވިދާޅުވެ އެ ނުކުތާއަށް ބަރޯސާވެ ނިންމެވި ނިންމެވުމަށް ބަލާއިރު، އެ ނިންމެވުމަކީ ޤާނޫނީ
އަދި ޝަރުއީ ގޮތުން ހަމަޖެހޭ ނިންމެވުމެއް ނޫން ކަމާއި، އަދި އެއީ ޝަރުޢީ އަދި ޤާނޫނީ
މިންގަޑުން ބައްލަވަންވާ މިންވަރަށް ނުބައްލަވާ ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި
· · 83)
مرمر مرمي و
-6
ހަވަނަ ނުކުތާއަކީ، ޢިމާރާތް ހެދުމަށް ނަގާފައިވާ ލޯނު ދައްކަންޖެހި ނުދެއްކީ
އޮވެގެން ބޭންކުން ޢިމާރާތް ވިއްކާލުމުގެ ބިރުއޮތުމުން ފިހާރަ މެދުވެރިކޮށް ލޯނު ދެއްކޭނެ ގޮތް
އެގްރީމެންޓުގެ 8 ވަނަ މާއްދާއަށް ޙަވާލާދީ، ފިހާރަ އަތުލަން ދަޢުވާކުރާ ފަރާތުން
ބޭނުންވަނީ ކަމަށް، ދަޢުވާކުރާ ފަރާތުން ބުނެފައިވުމުން، މިސަބަބަކީ އެގްރީމެންޓުގެ 8 ވަނަ
34 435
ދިވެހިރާއްa؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2011/HC-A/234
=32
4
می هرکی
Sޤަޟިއްޔާ ނިމުނު "
މާއްދާގައިވާ ގޮތުގެ މަތީން އެގްރީމެންޓުގެ މުއްދަތު ހަމަވުމުގެ ކުރިން ތަން އަތުލުމަށް އެކަށީގެންވާ
ސަބަބެއް ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ކަމަށް ވިދާޅުވެފައިވާއިރު، ގޭގެ ވެރިފަރާތުން ޢިމާރާތް
ހެދުމަށް ކަމަށް ބުނެ ނަގާފައިވާ ލޯނެއް ނުދެއްކި އޮވެގެން ޢިމާރާތުގެ ތިރީގައިވާ ފިހާރަ
މެދުވެރިކޮށް ލޯނު ދެއްކެން އޮތް ކަމަށް ބުނާ ސަބަބެއްގެ މައްޗަށް ބިނާކޮށް އެގްރީމެންޓް
ބާޠިލުކުރައްވާފައި އޮތުމަކީ ހަމަޖެހޭ ކަމެއްކަމަށް ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1360
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މިޤަޟިއްޔާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
-3
(2391/MC/2010)
(ހ) ފުރަތަމަކަމަކީ، ހ.ސޯސަންފްލާވަރ ގައި ކުރެވޭ 7 (ހަތެއް) ބުރި ޢިމާރާތުގެ
ގްރައުންޑް ފްލޯރ ފިހާރަ ކުއްޔަށް ދިނުމާ ގުޅޭގޮތުން ހ.ސޯސަންފްލާވަރ އިބްރާހީމް ޢުމަރު މަނިކާއި
މ.ނިޔަދުރު އަޙްމަދު ނާޖިމް އާއި ދެފަރާތުގެ މެދުގައި ކުރެވިފައިވާ އެގްރީމެންޓަށް ބަލާއިރު
އެގްރީމެންޓުގެ މުއްދަތަކީ އެގްރީމެންޓް ކުރި ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަސްކަން
އެގޭ ކަމާއި، އަދި އެގްރީމެންޓުގެ މުއްދަތު ހަމަވަންދެން ފިހާރަ ބޭނުންކުރުމުގެ ފުރިހަމަ އިޚުތިޔާރު
ކުއްޔަށްހިފި ފަރާތަށް އެގްރީމެންޓުގެ 7 ވަނަ މާއްދާގެ (ހ) އިން ލިބިދީފައި ވާކަމާއި އެގްރީމެންޓުގެ
މުއްދަތު 30 އެޕްރިލް 2013ގައި ހަމަވުމުގެ ކުރިން ފިހާރަ އަތުލުމަށް ކުއްޔަށްދިން ފަރާތުން
އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެކަމަށް އެގްރީމެންޓުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާން
ކޮށްފައިވާކަމާއި، އަދި ފިހާރަ ހަދާފައިވަނީ އެތަނާ ކުއްޔަށް ހިފިފަރާތުން އިންވެސްޓްކޮށްގެންކަންވެސް
އެގްރީމެންޓުން އެގޭކަމާއި އަދި ކުއްޔަށް ހިފިފަރާތުން ދައްކަންޖެހޭ 10 އަހަރަށް ވާ ކުލީގެ ފައިސާ
ދައްކާ ނިންމާފައިވާކަންވެސް ބަޔާންތަކުން އެގޭކަމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
*
ޤަޟިއްޔާ ނިމުނު ގޮތު
2011/HC-A/234
کی عمری
xތ
ކުރ
(ނ) ދެވަނަ ކަމަކީ، ކުއްޔަށްދިން ފިހާރަ އަތުލުމަށްޓަކައި ސިވިލް ކޯޓުގައި
ދަޢުވާކުރީ އެތަން ކުއްޔަށް ހިފާ ފަރާތުން އެގްރީމެންޓާއި ޚިލާފު ވެގެން ނޫންކަމަށް ކުއްޔަށް ދިން
ފަރާތްކަމަށްވާ އިބްރާހީމް ޢުމަރު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖުލިސްގައި ބުނެފައިވާ ކަމާއި އެގްރީމެންޓު ބާޠިލު ކުރަން ހުށަހެޅީ އިބްރާހީމް ޢުމަރު މަނިކު
ބޭންކުން ނަގާފައިވާ ލޯނެއް ނުދެއްކިގެން ގޯތި ވިއްކާލާ ހިސާބަށް ދާތީ އެގްރީމެންޓު ބާޠިލް
ފިހާރައަށް ކުއްޔަދިންތަން އަތުލުން ނޫން އެހެން ގޮތެއް ނެތިގެން އެގްރީމެންޓުގެ 8 ވަނަ މާއްދާގެ
(ށ) ގައިވާ ގޮތުގެ މަތީން ކަމަށާއި އެގްރީމެންޓުގެ 8 ވަނަ މާއްދާގެ (ށ) ގައި އެއްވެސް ސަބަބެއް
މެދުވެރިވެގެން އެގްރީމެންޓު ބާޠިލު ކުރާނަމަ ޢަމަލު ކުރާނެ ގޮތް ބަޔާންކޮށްފައިވާ ކަމަށާއި އަދި 8
ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރުމުން ކުއްޔަށް ދިންފަރާތުން އެގްރީމެންޓު ބާޠިލު ކުރަން ބޭނުން
ވެއްޖެ ހާލަތެއްގައި ބާތިލު ކުރެވިދާނެކަން އެނގޭކަމަށް ކުއްޔަށް ދިންފަރާތުން ބުނެފައިވާއިރު،
އިބްރާހީމް ޢުމަރު މަނިކު އާއި އަޙްމަދު ނާޒިމް އާއި ދެފަރާތުގެ މެދުގައި
ކުރެވިފައިވާ މުޅި އެގްރީމެންޓުގެ މާއްދާތަކަށް ބަލާއިރު އެގްރީމެންޓުގެ ރޫޙާއި މަޤްސަދަކީ އެގްރީމެންޓު
އޭގެ މުއްދަތަށް ދެމެހެއްޓުން ކަން އެނގޭހިނދު ކުއްޔަށް ދިންފަރާތް ކަމަށްވާ އިބްރާހީމް ޢުމަރު
މަނިކުގެ އަމިއްލަ ބާރާއި އިޚްތިޔާރުގެ މަތީން ހިންގާފައިވާ ކަމަކާ ގުޅިގެން އެފަރާތުން އެގްރިމެންޓް
ބޭނުންވުމުން އެގްރީމެންޓު ބާޠިލު ކުރެވޭ ގޮތަށް އެގްރީމެންޓުގެ 8 ވަނަ މާއްދާގެ (ށ)
މާނަކުރުމަކީ، މުޅި އެގްރިމެންޓުގެ ރޫޙާއި މަޤްސަދާ ޚިލާފު ކަމެއް ކަމާއި އަދި އެއީ އެގްރީމެންޓުގެ
މައުސޫމް ފަރާތްކަމަށްވާ ކުއްޔަށް ހިފިފަރާތުގެ ޙައްޤުތަކާމެދު ވެވޭ އިހުމާލެއްކަން ޤަބޫލު ކުރެވޭ
ބާޠިލު ކުރަން ބޭނުންވުމުޓް
ކަމެވެ.
(ނ) ތިންވަނަކަމަކީ، އިބްރާހީމް ޢުމަރު މަނިކުއާއި އަޙްމަދު ނާޝިމްއާއި މިދެފަރާތުގެ މެދުގައި
ކުރެވިފައިވާ އެގްރީމެންޓް 7 ވަނަ މާއްދާގެ (ހ) ގައި " މި އެގްރިމެންޓްގައި ސޮއި ކުރާ ތާރީޚް ގައި
، ހައިކޯޖު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
*
މީ =
و مری
2011/HC-A/234
ޤަޟިއްޔާ ނިމުނު
ދެވެ
ދ ތ
ތަން ކުއްޔަށް ފަރާތާ ހަވާލު ކުރަންވާނެއެވެ.
ހަފި
ންވާނެއެވެ. މި ތާރީޚުން ފެށިގެން މި
އެގްރިމެންޓްގެ މުއްދަތު 30 އެޕްރީލް 2013 ގައި ހަމަވަންދެން ފިހާރަ ބޭނުން ކުރުމުގެ ފުރިހަމަ
އިޚްތިޔާރު ކުއްޔަށް ހިފި ފަރާތަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށް އެގްރީމެންޓުގެ 8 ވަނަ
މާއްދާގެ (ހ) ގައި "މިއެގްރިމެންޓްގެ މުއްދަތު 30 އެޕްރީލް 2013 ގައި ހަމަވުމުގެ ކުރިން ފިހާރަ
އަތުލުމަށް ކުއްޔަށްދިން ފަރާތުން އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ." މިފަދައިން ޞަރީހަ
ކޮށް ބަޔާންކޮށްފައިވާއިރު އެގްރީމެންޓުގެ 8 ވަނަ މާއްދާގެ (ށ) ގައި " ބިމާއި ބެހޭ ޤާނޫނުގެ ދަށުން
ނުވަތަ އެޤާނޫނުގެ ދަށުން ހަދާފައިވާ އަދި ކުރިމަގުގައި ހަދާ ޤަވާއިދެއްގެ ދަށުން ނުވަތަ އެނޫންވެސް
އެއްވެސް ސަބަބަކާއި ހުރެ ކުއްޔަށް ދިން މުއްދަތު ހަމަވުމުގެ ކުރިން ތަން އަތުލާނަމަ އަތުލެވޭނީ ތަން
އަތުލާ ދުވަހުން ފެށިގެން އެގްރިމެންޓުގެ މުއްދަތު ހަމަވާ ދުވަހާއި ހަމައަށް ބާކީ އޮންނަ ކޮންމެ
އަހަރަކަށް -/100,000ރ ( އެއްލައްކަ ރުފިޔާ ) ގެ ރޭޓުން އެއްފަހަރާ ފައިސާ ދިނުމަށް ފަހުގައެވެ.
މިފައިސާ ކުއްޔަށް ހިފާ ފަރާތަށް ލިބިދޭން ޖެހޭނެއެވެ. މިފަދައިން ބަޔާންކޮށްފައި ވުމުން، މުޅި
އެގްރީމެންޓުގެ ރޫޙާއި މަޤްސަދަކީ އެގްރީމެންޓް އޭގެ މުއްދަތަށް ދެމެހެއްޓުން ކަން އެނގޭ ކަމާއި
އެހެންކަމުން
އެގްރީމެންޓުގެ 8 ވަނަ މާއްދާގެ (ށ) މާނަ ކުރަންޖެހޭނީ
މުޅިއެއްބަސް ވުމުގެ ރޫޙާއި މަޤްސަދު ގެއްލިގެން ނުދާ ގޮތަށް ކަމަށްވާއިރު، އެގްރީމެންޓުގެ 8 ވަނަ
މާއްދާގެ (ށ) މާނަ ކުރަންޖެހޭނީ އެގްރިމެންޓުގައި ހިމެނޭ ދެފަރާތުން ކުރަން ފަރާތެއްގެ ބާރު ނުފޯރާ
ޤުދުރަތީ ހާދިސާއެއް ނުވަތަ ޤާނޫނަކަށް އަންނަ ބަދަލެއްގެ ސަބަބުން އެގްރިމެންޓު ނިމުމަކަށް
ގެންނަންޖެހޭ ހާލަތަށް ކަން ޤަބޫލު ކުރެވޭ ކަމާއި
އިބްރާހީމް ޢުމަރު މަނިކު ބޭންކުން ނަގާފައިވާ ލޯނަކީ ބަޔާން ކުރެވިފައިވާ
އެގްރީމެންޓާ ގުޅުމެއްނެތް، ދެފަރާތުގެ ދެމެދު އެގްރީމެންޓު ކުރުމުގެ ފަހުން އިބްރާހީމް ޢުމަރު
މަނިކުގެ އަމިއްލަ އިޚްތިޔާރުގައި ކޮށްފައިވާ ކަމަކަށް ވާއިރު އެފަރާތުގެ އަމިއްލަ ބާރާއި އަމިއްލަ
އިޚްތިޔާރުގެ ދަށުން ކުރިކަމެއްގެ ސަބަބުން އެގްރީމެންޓުގެ އަނެއް ބައިވެރިޔާ އެގްރީމެންޓާ އެއްގޮތަށް
8 0 4
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
*
1: ޟިއްޔާ ނިމުނު "
4 *2
=32
کی مرکی
2011/HC-A/234
ކޮށްފައިވާ އިންވެސްޓްމަންޓް އެފަރާތުގެ ކިބައިން ނިގުޅިގެން ގޮސް އެފަރާތަށް ގެއްލުންތަކެއް ވާގޮތަށް
އެގްރީމެންޓު ނިމުމަކަށް ގެނެސްފައިވާ އިރު، ބަޔާން ކުރެވުނު އެގްރީމެންޓުގެ 8 ވަނަ މާއްދާގެ (ށ)
އަކީ ހަމައެކަނި ކުއްޔަށްދިންފަރާތަށް އެގްރީމެންޓު ބާޠިލް ކުރުމަށް ލިބިފައިވާ މުޠުލަޤު ޙައްގެއް ކަމަށް
ބަލައި އެޙައްޤު ހިމާޔަތް ކުރެވޭ ގޮތަށް އޮތް މާއްދާއެއްކަމަށް ދޭހަވާ ގޮތަށް މާނަކޮށްފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި
ފަނޑިޔާރުންދެކެއެވެ.
ºx 0 4
<< O
e310ށް
ނޫންކަމަށް
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2010
)
1360
/
Cv
-
C/2391) ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
0
<< O
• ޙުކުމް
އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
ދެވުނު ކަންކަން
ތ ﷲ 4
ހ2 2
243
2
ބަޔާނެކެރެވެނެ
4 22
ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1360
/
Cv
-
C/2391) ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ހަޢީބް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*