ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/117 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/117
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 117/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ވިޝާން ޢައްބާސް
އައިޑީ ކާޑުނަންބަރު: A153637
އެޑްރެސް: މ.އާއަލިމަސް މާލެ
މިހާރުގެ އެޑްރެސް: ހ.މޯނިންގ ގްލޯރީ/ މާލެ
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ތާރީޚް: 29 ޖުމާދަލްއާޚިރާ 1435
L
ނިމުނު ތާރީޚް: 16 ރަޖަބް 1435
15 މެއި 2014
29
2014
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/3534(J
(
MD-145
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓް
މައްސަލަބެވީ ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފް ޙުސައިން، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2014/HC-A/117
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/3534(J(MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އެދި
މ.އާއަލިމަސް ކ.މާލެ މުޙައްމަދު ވިޝާން ޢައްބާސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
CCC
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ހަގަކުރެވުނު ނުކުތާ
ކާކު..
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/3435(J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް މ.އާއަލިމަސް/ ކ.މާލެ މުޙައްމަދު ވިޝާން ޢައްބާސްގެ ފަރާތުން ހުށަހަޅާފައިވެއެވެ.
0
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
00497/J
(
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 19 އޭޕްރިލް 2014 ވަނަ ދުވަހުގެ 21:59 އިން ފެށިގެން 29 އޭޕްރީލް 2014 ވަނަ
ދުވަހުގެ 21:58 އަށް މ.އާއަލިމަސް ކ.މާލެ މުޙައްމަދު ވިޝާން ޢައްބާސް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްކަމާއި، މިގޮތަށް މުޙައްމަދު ވިޝާން ޢައްބާސް
ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ "މީނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަންކަމަށް ބަލައި
މިވަގުތު މީނާ ދޫކޮށްލައިފިނަމަ ހެކި ނައްތާލަފާނެތީއާއި މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައިކަން"
މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/3534(J
(
MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ މ.އާއަލިމަސް ކ.މާލެ މުޙައްމަދު ވިޝާން ޢައްބާސްގެ
ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން؟
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/117
ފުރަތަމަ ނުކުތާއަކީ، ފުލުހުން ތުހުމަތު ކުރާ މައްސަލައިގައި މުޙައްމަދު ވިޝާން ޢައްބާސް
ހައްޔަރު ކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ) ގައި އެމީހަކު
ހައްޔަރު ކުރެވުނު ސަބަބު ވަގުތުން އެމީހަކަށް އަންގަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ފުލުހުން ތުހުމަތު ކުރާ
މައްސަލައިގައި މުޙައްމަދު ވިޝާން ޢައްބާސް ހައްޔަރުކުރިއިރު ހައްޔަރު ކުރެވުނު ސަބަބު އަންގާފައި
ނުވާކަމާއި، މުޙައްމަދު ވިޝާން ޢައްބާސް ހައްޔަރު ކުރެވުނު ސަބަބު އަންގާފައިވަނީ ހައްޔަރު ކުރިތާ 14
ގަޑިއިރު ފަހުންކަމާއި، މިކަން މިމުއްދަތު މަޖިލީހުގައި ފާހަގަކުރުމުންވެސް އެކަމަށް ރިޢާޔަތް ނުކުރައްވައި
ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
• ދެވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގައި ހައްޔަރު ކުރެވޭ ހިނދު
ނުވަތަ ބަންދުކުރެވޭ ހިނދު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ބިގެންވާކަން އެމީހަކަށް
އަންގަންވާނެކަމާއި، އަދި ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، ދެމެހެއްޓުމުގެ ފުރުޞަތު
އެމީހަކަށް ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ހައްޔަރު ކުރި ފަރާތުން މިމައްދާއާއި ކަނޑައެޅިގެން
ޚިލާފުވެފައިވާކަން މުއްދަތު މަޖިލީހުގައި ފާހަގަކުރުމުންވެސް އެކަމަށް ރިޢާޔަތްނުކުރައްވައި ބަންދުގެ މުއްދަތު
އިތުރުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 2 ވަނަ ނަންބަރުގެ (ހ) ގައި ހައްޔަރު ކުރެވޭ ވަގުތު ތުހުމަތުގައިވާ
މީހާއަށް އަމިއްލަ ދިފާޢަށް ތައްޔާރުވެވޭ މިންވަރަށް އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާއި، އެކުށަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ސާފުކޮށް ބަޔާންކޮށްދޭންވާނެކަމަށް އަމުރުކޮށްފައިވާއިރު، މުޙައްމަދު ވިޝާން
ހައްޔަރު ކުރުމުގައި ފުލުހުން މިއިޖްރާޢަތު ފުރިހަމަ
މިހަމަކޮށްފައިނުވާކަމާއި، މިކަން މުއްދަތު މަޖިލީހުގައި
ފާހަގަ ކުރުމުންވެސް އެކަމަށް ރިޢާޔަތް ނުކުރައްވައި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ބުނެ ހުށަހެޅި
ހދ ދ ތ
* 9 82 4
• ހަތަރުވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުހަލާގެ
ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން
ކޮށްފައިވާއިރު، މުޙައްމަދު ވިޝާން ޢައްބާސް ބަންދު ކުރުމަށް ކޯޓުން އަމުރު ނެރެފައިވަނީ ދިވެހިރާއްޖޭގެ
ވާނެކަމަށް
ހ4 0
8
ތަކއްގެ
ހައިކޯa
*
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/117
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާއާއި އެކޯޓުގެ ނަންބަރު 20/SC-A/2010
ޤަޟިއޔާގައި މީހުން ހައްޔަރުކުރުމައި، ބަންދުކުރުމާއި ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް
ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
Ococ
• ފަސްވަނަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުންގެ ފަރާތުން އެއްވެސް ހެއްކެއް،
ޤަރީނާއެއް ކޯޓަށް ހުށަހަޅާފައި ނެތްއިރު، ހަމައެކަނި ފުލުހުން ބުނާ ބުނުމުގެ މައްޗަށް އިޢުތިމާދުވެ ބަންދުގެ
މުއްދަތު އިތުރުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
1 0 3 9
• ހަވަނަ ނުކުތާއަކީ، 200 ވަރަކަށް މީހުން ތިބި ތަނަކުން ވަކި ބަޔަކު ޔޫރިންވެސް ޓެސްޓުނުކޮށް
ދޫކޮށްލާފައިވާއިރު، ހައްޔަރުކުރުމުގައި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބުނާ ތަފާތު ނުކުރުމާއި
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަން ނަގާލައި ހައްޔަރުކޮށްފައިވާއިރު އަދި މިކަން މުއްދަތު
މަޖިލީހުގައި ފާހަގަކުރުމުންވެސް މިކަމަށް ރިޢާޔަތްނުކުރައްވައި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2014/3435(J(MD-145 ކޯޓު
އަމުރު އިސްތިއުނާފް ކުރުމަށް މ.އާއަލިމަސް/ ކ.މާލެ މުޙައްމަދު ވިޝާން އައްބާސްގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި
ކަންކަން ފާހަގަކުރެވެއެވެ.
9
8 އޗަ
ނޫނެވެ
(ހ) ފުރަތަމަކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
އެކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އޮތްތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް
ނިންމުމުގެބާރު ލިބިދީފައިވަނީއްޖޭގެ ޚައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
5
2014/HC-A/117
34
ކޯޓަށް ހުށައެޅޭ ހެކި ޤަރީނާ ތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަންދުގެ މައްސަލަ ބައްލަވާ ފަނޑިޔާރަށްކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން
އެނގެން އޮންނަކަމާއި، އިސްތިއުނާފު ކުރެވިފައިވާ ކްރިމިނަލްކޯޓުގެ ނަންބަރު 2014/3435(J(MD-145
ކޯޓު އަމުރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 065067/TD ފޯމުން މ.އާއަލިމަސް މުޙައްމަދު
ވިޝާން ޢައްބާސް ބަންދުގައި ބަހައްޓައިދިނުމަށް އެދި ހުށައެޅުމުން ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ
އަމުރެއްކަން އެނގޭކަމާއި، މުޙައްމަދު ވިޝާން ޢައްބާސްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތަކީ
މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުންކަމާއި މިއަމުރުގައި ކްރިމިނަލްކޯޓުން ކަނޑައަޅައިފައިވަނީ މުޙައްމަދު
ވިޝާން 19 އެޕްރީލް 2014 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށްކަމާއި، މުޙައްމަދު ވިޝާން ޢައްބާސް ބަންދުގައި
ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބެއްގެ ގޮތުގައި އެއަމުރުގައި ފާހަގަކޮށްފައިވަނީ
މީނާގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކަންކަމަށް ބަލައި މިވަގުތު މީނާ ދޫކޮށްލައިފިނަމަ ހެކި ނައްތާލަފާނެތީއާއި މުޖުތަމަޢުގެ
ހަމަޖެހުމާއި ސަލާމަތަށްޓަކައި" ކަން އެނގޭކަމާއި ކުށެއްގެ ތުހުމަތުގައިވާ މީހަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ނުވަތަ އެފަދަ މީހަކު ދޫކޮށްލައިފިނަމަ ހެކި ނައްތާލާފާނެކަމަށް ފަނޑިޔާރަށް
ފެނުމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމަށް ޖާއިޒު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބެލުމުން އެނގެން އޮންނަކަމެވެ.
COC>
ހދ 8
84
ސަބަބެއްކަން
OXO
(ށ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ހައްޔަރުކުރެވޭ
މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް ކަނޑައަޅައި ބަޔާންކޮށްފައި އޮންނަކަމާއި، މިގޮތުން އެމީހަކު
ހައްޔަރުކުރެވުނު ސަބަބު އެމީހަކަށް ވަގުތުން އެންގުމާއި، ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ހައްޔަރުކުރެވުނު
ސަބަބު ލިޔުމުން ދިނުމާއި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް
އެންގުމާއި
އެކު، ޤާނޫނީ ވަކީލަކު ދެމެހެއްޓުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ތިމާއަކީ ކާކުކަން
އަނގައިދިނުންފިޔަވާ ހަނުހުރުމުގެ ޙައްޤު ލިބިގަތުމުގެ ފުރުސަތު ދިނުމާއި، ކުށެއްގެ ތުހުމަތުގައި
މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް
ހައްޔަރުކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްދިނުމާއި
މިކަންކަން ހިމެނޭކަމާއި،
ބަންދުކޮށްފައި
،އެމީހަކު
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/117
އޭނަ
މުޙައްމަދު ވިޝާން ޢައްބާސްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން
ހައްޔަރުކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ) އަދި އެމާއްދާގެ
(ށ) އާއި އެއްގޮތަށް ޢަމަލުކޮށްފައިނުވާކަމަށާއި، މިގޮތުން ފުލުހުން ތުހުމަތު ކުރާ މައްސަލައިގައި މުޙައްމަދު
ވިޝާން ޢައްބާސް ހައްޔަރުކުރިއިރު ހައްޔަރު ކުރެވުނު ސަބަބު އަންގާފައި ނުވާކަމަށާއި، ޤާނޫނީ ވަކީލެއްގެ
އެހީތެރިކަން ހޯދުމުގެ ޙައްޤުދީ އެޙައްޤު ހޯދައި، ދެމެހެއްޓުމުގެ ފުރުޞަތު ފަހިކޮށްދީފައިނުވާކަމަށް ބުނެ
މުޙައްމަދު ވިޝާން ޢައްބާސްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާބަލާއިރު،
ޢައްބާސް ހައްދީ
އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައިވާ
ޙައްޤުތައް ކުށުގެ ތުހުމަތުގައިވާ މީހަކަށް ބުނެދީ އަދި އެޙައްޤުތައް ލިބިދީފައިވާކަން ކަށަވަރުވެފައިވާނަމަ އެއީ
ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މައްޗަށް ޤާނޫނުއަސާސީން ބުނާ މިންވަރަށް ޙައްޤުތައް ލިބިދެވުނީ
ކަމުގައި ބެލެވެން އޮންނަކަމާއި، މިގޮތުން ބަލާއިރު، މުޙައްމަދު ވިޝާން ޢައްބާސް ހައްޔަރު ކުރެވުނީ 2014
އެޕްރީލް 19 ވަނަ ދުވަހު ވ.އަތޮޅު އަންބާރާ ކިޔާ ފަޅު ރަށެއްގައި ބަޔަކު މީހުން މަސްތުވާތަކެތި ބޭނުންކޮށް
އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކަން އެނގެން އޮންނައިރު، ފުލުހުން މިރަށަށް އަރައި މިރަށުގައި ތިބި
މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމާއި، މިއަމުރުގައި މިރަށުގައިވާ ތަންތަނާއި ތަކެއްޗާއި
މީހުން ބަލާ ފާސްކުރުމަށާއި، ތުހުމަތުކުރެވޭ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށާއި، މައްސަލައާއި
ގުޅޭ ހެކި ޤަރީނާ ހޯދުމުގެ ހުއްދަ ފުލުހުންނަށް ލިބިދީފައިވާކަން އެނގެން އޮންނައިރު، މުޙައްމަދު ވިޝާން
ހައްޔަރުކުރެވުނީ ވ.އަތޮޅު އަންބާރާ ހުއްޓާ އެރަށުން މިޙާދިސާ ހިނގާދިޔަ ދުވަހުގައި ކަން އެނގެން
އޮންނަކަމާއި، އެރަށުން މިޙާދިސާ ހިނގާދިޔަ ވަގުތު ހައްޔަރުކުރެވުނު އެންމެހައި ފަރާތްތަކަކަށް އެފަރާތްތައް
ހައްޔަރުކުރަން ޖެހުނު ސަބަބު ޖަމާޢީ ގޮތެއްގައި އަންގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ބުނެފައިވާއިރު، މުޙައްމަދު ވިޝާން ޢައް
ޢައްބާސް ހައްޔަރުކުރެވުނު
ލިޔުމުން އަންގާފައިވާކަން
އެނގެން އޮންނަކަމާއި އަދި މިލިޔުމުގައި މުޙައްމަދު ވިޝާން ޢައްބާސްއަށް ޤާނޫނީވަކީލެއްގެ އެހީ ހޯދުމުގެ
ފުރުސަތު ލިބިގެންވާކަން އަދި ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން އަންގާދީފައިވާކަން އެނގެން އޮންނަ އިރު،
މުޙައްމަދު ވިޝާން ޢައްބާސް ވަނީ އޭނާ އަށް ޤާނޫނީ ވަކީލަކު ޢައްޔަން ކުރަން ދީފައިވާ ފުރުސަތުގެ
ބޭނުންކޮށް އެފަރާތް ތަމްސީލުކުރާ ވަކީލަކު ޢައްޔަންކޮށްފައިކަމާއި، މީގެ އިތުރން މުޙައްމަދު ވިޝާން ޢައްބާސް
ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް މުޙައްމަދު ވިޝާން ޢައްބާސް ހައްޔަރުކުރެވުނުތާ
24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށްދީފައިވާކަން އެނގޭއިރު، އެމަޖިލީހުގައިވެސް އޭގެ ހައި
#2 2
ހައްޔަރުކުރެވުނު ސަބަބު އޭނާއަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2014/HC-A/117
މުޙައްމަދު ވިޝާން އައްބާސް އަށް ވަކީލެއްގެ ޙައްޤު ދެމެހެއްޓުމުގެ ފުރުޞަތު ފުލުހުންގެ ފަރާތުން
އެކަށީގެންވާ ގޮތެއްގައި ފަހިކޮށްދީފައިވާކަމުގައި ބެލެވެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާއަށް ޤާނޫނުއަސާސީން ލިބިދީފައިވާ
އިޝާރާތް ކުރެވުނު ޙައްޤުތައް ލިބިދޭންޖެހޭ މިންވަރުގެ އިތުރު ޝަރަޙައެއް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު 19/SC-A/2010 ޤަޟިއްޔާ ނިންމެވުމުގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ
2 ވަނަ ނަންބަރުގެ (ހ) ގައި ހައްޔަރު ކުރެވޭ ވަގުތު ތުހުމަތުގައިވާ މީހާއަށް އަމިއްލަ ދިފާއަށް ތައްޔާރުވެވޭ
މިންވަރަށް އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު
ސާފުކޮށް ބަޔާންކޮށްދޭންވާނެކަމަށް އަމުރުކޮށްފައިވާއިރު، މުޙައްމަދު ވިޝާން ޢައްބާސް ހައްޔަރު ކުރުމުގައި
ފުލުހުން މިއިޖްރާޢަތު ފުރިހަމަކޮށްފައިނުވާކަމަށް ބުނެ މުޙައްމަދު ވިޝާން ޢައްބާސްގެ ފަރާތުން ހުށަހެޅި
ނުކުތާގެ މައްޗަށް ބަލާއިރު،
ހއ ހ 33 ޑ
ހއ9,ނކރ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ
2 ވަނަ ނުކުތާގެ (ށ) ގައި ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވޭ ވަގުތު އެމީހަކަށް ހައްޔަރުކުރެވުނު
ސަބަބު އެންގުމުގައި ޢަމަލުކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ
ކަންތައްތަކުގެ މައިގަނޑު އަސާސަކީ
ރެވޭ ވަގުތު ކޮންމެ މީހަކަށްވެސް އެމީހަކު ހައްޔަރުކުރެވުނީ ކީއްވެގެންކަން އެމީހަކަށް ސާފުވާބަހަކުން
އެމީހަކަށް ވިސްނޭގޮތަށް އޮޅުން ފިލުވައިދިނުންކަމާއި، އަދި މިސަބަބު ބަޔާންކުރުމުގައި ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ނަންބަރު 19 ޤަޟިއްޔާއިން ލާޒިމުކުރަނީ ހައްޔަރުކުރެވުނު ޤާނޫނީ ނުވަތަ މާއްދީ އަސާސް
ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ކުރިމަތީގައި ލަސްނުކޮށް ތަޢުނުކުރެވޭ ވަރަށް ސާފުކޮށް އޮޅުން ފިލާގޮތަށް އަދި
ހައްޔަރު ކުރެވިފައިވަނީ ޤާނޫނުގައި
ގޮތުގެ މަތިންކަމަށް ކަނޑައެޅޭ މިންވަރުގެ ތަފްސީލު
އޮތުންކަމާއި،
ހޗ އ ސ ޑ ވ
ބން 3ން
9 ވ ހ2
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD065067 ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމުގައި
މުޙައްމަދު ވިޝާން ޢައްބާސް ހައްޔަރު ކުރި ސަބަބު ބަޔާންކޮށްފައިވާއިރު، މުޙައްމަދު ވިޝާން ޢައްބާސްގެ
މައްޗަށް ތުހުމަތުކުރެވެނީ ކޮން ކުށެއްކަމާއި މުޙައްމަދު ވިޝާން ޢައްބާސް ހައްޔަރު
ޔަރުކުރުމުގެ ބާރު ފުލުހުންނަށް
ލިބިދެނީ ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުންކަމުގައިވެސް ބަޔާންކޮށްފައި އޮންނަކަމާއި،މުޙައްމަދު ވިޠާންޖޭގެ ހައިއި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2014/HC-A/117
ހައްޔަރުކު.
ޢައްބާސް ހައްޔަރުކުރަން ޖެހުނު ސަބަބުކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD065067
ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމުގައި ބަޔާންކޮށްދީފައިވާ މިމިންވަރަކީ މުޙައްމަދު ވިޝާން ޢައްބާސް
ކުރެވުނު އަސާސް ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ކުރިމަތީގައި ލަސްނުކޮށް ތަޢުނުކުރެވޭ ވަރަށް
ސާފުކޮށް އޮޅުން ފިލާފަދަ އަދި މުޙައްމަދު ވިޝާން އައްބާސް ހައްޔަރު ކުރެވިފައިވަނީ ޤާނޫނުގައި
ބަޔާންވެގެންވާ ގޮތުގެ މަތިންކަމަށް ކަނޑައެޅޭ މިންވަރުގެ ތަފްސީލު ދެވިފައިވާ ފަދަ ސަބަބެއް ކަމަށް
ޝަރީއަތަށް ޤަބޫލުކުރެވޭ ކަމާއި، މިހެންކަމުން މުޙައްމަދު ވިޝާން ޢައްބާސް ހައްޔަރުކުރުމަށްފަހު މުޙައްމަދު
ވިޝާން ޢައްބާސް ހައްޔަރުކުރި ސަބަބު ބަޔާން ކޮށްދިނުމުގައި މުޙައްމަދު ވިޝާން ޢައްބާސްގެ މައްޗަށް
ތުހުމަތުކުރެވޭ ކުށަށް ކަނޑައަޅާފައިވާ އަދަބެއް ބަޔާންކޮށްފައި ނެތް ނެތުމަކީ ހަމައެކަނި އެސަބަބަށްޓަކައި
މުޙައްމަދު ވިޝާން ޢައްބާސް ހައްޔަރުކުރިކުރުން ޣައިރު ޤާނޫނީވާންޖެހޭ ސަބަބެއް ނޫންކަން އެނގޭކަމެވެ.
ކުށެއްގެ
2
2x
2222
مهر و موم مي
(ރ) ހަތަރުވަނަކަމަކީ، ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ
ތުހުމަތުގައިވާ މީހާގެ ކިބާގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
ތުހުމަތުގައި
ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން
ކަނޑައެޅުމަކީ އެފަދަ މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް މީގެ ކުރިން
ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 93/HC
-
A/2012 ޤަޟިއްޔާފަދަ ޤަޟިއްޔާތަކުގައި
ކަނޑައަޅައިފައިވާކަން އެނގޭއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި
މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކި ނެތްކަމުގައިވިޔަސް، ތުހުމަތު
ކުރެވޭ ކުށުގެ ނުރައްކާތެރިކަން މިންވަރަށާއި، އަދި އެހާދިސާ ތަޙްޤީޤު ކުރުމުގައިހުރި ގޮންޖެހުންތަކަށާއި،
އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ޠަބީޢަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަށާއި، މިއެންމެހައި ކަންތައްތަކަށް
ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭކަމަށް
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، މުޙައްމަދު ވިޝާން ޢައްބާ
ޢައްބާސް ހައްޔަރުކުރެވިފައިވަނީ 2014
އެޕްރީލް 19 ވަނަ ދުވަހުގެ ރޭ މ.އަތޮޅު އަންބާރާ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ބަޔަކު މީހުން
މަސްތުވާތަކެތި ބޭނުންކޮ
ފުންކޮށް އެތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައިކަމަށްވާއިރު، އަދި މުޙައްމަދު ވިޝާން
ޢައްބާސް އިކުރެވިފައިވަނީ މިޙާދިސާ ހިނގާ ދިޔަކަމަށް ބުނާ ވަގުތު މުޙައްމަދު ވިޝާން ޢައްބާސް
އެރަށުގައި ހުއްޓާކަމުގައިވާއިރު، މުޙައްމަދު ވިޝާން ޢައްބާސްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުޕެއްޖޭގެ ހައި
0
96 ހއ
ހައްޔަރުކު.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2014/HC-A/117
ކުށެއްގެ
ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެހާދިސް ތަޙްޤީޤު ކުރުމުގައިހުރި ގޮންޖެހުންތަކަށާއި، އެކަމުގައި
ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ޠަބީޢަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަށާއި، މިއެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމުން މިމައްސަލައިގައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެސާރވިސްގެ ނަންބަރު TD065067
ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމު" ގައި މިމައްސަލައާއި ގުޅިގެން އެހާތަނަށް ލިބިފައި ހުރިކަމަށް
ބަޔާންކޮށްފައިވާ ހެކި ނުވަތަ ޤަރީނާ ތަކުގައި މުޙައްމަދު ވިޝާން ޢައްބާސްގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ
މައްޗަށް ތުހުމަތެއް އެހިނދަށް ކުރެވޭ މިންވަރުގެ ހެކި ޤަރީނާ ހުށަހެޅިފައިވާކަމުގައި ބެލެވެން އޮންނަކަމެވެ.
I
(ބ)ފަސްވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަށް ބަލާއިރު،
އެމާއްދާގައި ބަޔާންވެގެންވަނީ ހައްޔަރުކުރާ މީހާއަށް މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތު އުޅެނީ
ކުށެއްކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ
ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި ހައްޔަރުކޮށްގެން ނުވާނެކަމަށެވެ"
މިފަދައިންކަމާއި މިހެންކަމުން 200 ވަރަކަށް މީހުން ތިބި ތަނަކުން ވަކި ބަޔަކު ފުލުހުންގެ ފަރާތުން ހައްޔަރު
ނުކޮށް ދޫކޮށްލި ދޫކޮށްލުމަކީ، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބުނާ ތަފާތު ނުކުރުމާއި ޤާނޫނުއަސާސީގެ
20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަން ނަގާލުމަށް ފުލުހުންގެ ފަރާތުން ކޮށްފައިވާ ޢަމަލެއްކަމުގައި ބެލެވެން
ނެތްކަމާއި، މީގެ އިތުރުން މިމައްސަލައިގައި ޙަވާލާދޭ ޙާދިސާގައި ކުށްކުރިކަމަށް ބުނާ ތަނުން ވަކި ބަޔަކު
ހައްޔަރުކޮށް ވަކިބަޔަކު ހައްޔަރު ނުކޮށް ދޫކޮށްލި ދޫކޮށްލުމަކީ މިމައްސަލައާއި ގުޅިގެން މުޙައްމަދު ވިޝާން
ޢައްބާސް ހައްޔަރުކުރި ކުރުން ޣައިރު ޤާނޫނީ ކަމަށް ބެލެވެން އޮތް ޤާނޫނީ ޙުއްޖަތެއް ނޫންކަމެވެ.
cc
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2014/3534(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް މުޙައްމަދު ވިޝާން ޢައްބާސްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެއަމުރު
ބާތިލުކުރެވޭނެ ސަބަބެއް ފެންނަން ނެތްކަމަށެވެ.
ދ2.8
2
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/117
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/3534(J
(
MD-145 ކޯޓުއަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު
2014/3534(J(MD-145 ކޯޓު އަމުރަށް ބަދަލެއް
ނެތްކަމަށްކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ޑ ތ ލ ގ ހ ކ ވ
3ނeއ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv