ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/182 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2(613/HC-A/182
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
« et,
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރު: 12/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް؟
* ނަން: ސިވިލް ސަރވިސް ކޮމިޝަން
ރަޖިސްޓަރީ ނަންބަރު.
ދާއިމީ އެޑްރެސް: ވެލާނާގެ،12 ވަނަބުރި |ކ. މާލެ
މިހާރުގެ އެޑްރެސް:ވެލާނާގެ،12 ވަނަބުރި ކ. މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙަސަން ޒަރީރު އިބްރާހީމް
އައިޑީ ކާޑުނަންބަރު: A060104
އެޑްރެސް: ހުޅުމާލެ ފްލެޓް ސީl-1-އޭ /ކ. މާލެ
މިހާރުގެ އެޑްރެސް:ހުޅުމާލެ ފްލެޓް 14-1-އޭ /ކ. މާލެ
ރަޖިސްޓްރީ ތާރީޚް: 19 ރަޖަބު 1434
29 މެއި 2013
ނިމުނު ތާރީޚް: 19 މުޙައްރަމް 1436
12 ނޮވެމްބަރު 2014
• އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/53
މައްސަލަ
• ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 29.04.2012 * ނިމުނު ތާރީޚް: 01.11.2012
0
މައްސަލަ ބެލި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2013HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާސާ
4 22
53/VTR/2012
އެ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ،
ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ސިވިލް ސަރވިސް
ކޮމިޝަންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ. މާލެ | ހުޅުމާލެ ފްލެޓް
1-14-އޭ ޙަސަން ޒަރީރު އިބްރާހީމް އެވެ.
0
/
2893ކ46:
53/VTR/2012
1) އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައަކީ،
މާލެ / ހުޅުމާލެ ފްލެޓް 14-1-އޭ ޙަސަން ޒަރީރު އިބްރާހީމް (A060104)، 2010 ވަނަ
އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ތަޢުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒު
ހިންގުމާ ޙަވާލުވެ އެމަސައްކަތުގައި ދެމިހުއްޓާ، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު އެ
ސްކޫލް ހިންގުމުގެ މަސައްކަތް އެހެން ފަރާތަކާ ޙަވާލުކޮށް، އޭނާއަށް އެންގުމަކާ ނުލައި ގއ. ކޮނޑޭ ސްކޫލުގެ
ހިންގުން ވަގުތީ ގޮތުން އޭނާއާ ޙަވާލުކުރުމަށް ނިންމައި އޭނާ އެސްކޫލަށް ބަދަލުކުރުމަކީ ދިވެހި ސިވިލް
ސަރވިސްގެ ގަވާޢިދާ ޚިލާފަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮށްފައިވާ ކަމެއްކަމަށް ބުނެ އެ މައްސަލަ
ބަލައިދިނުމަށާއި، އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބޮންޑެއްގެ ދަށުން ޑިޕްލޮމާ އިން ސްކޫލް މެނޭޖްމަންޓް
ކޯސް ހަދައި ނިންމާފައިވަނިކޮށް، އެއްހަމައަކުން އެ މިނިސްޓްރީއާއެކު ބޮންޑް އެއްބަސްވުމުގެ ދަށުން
ކިޔަވައި ކޯސް ފުރިހަމަކުރި އެހެން ފަރާތްތަކަށް ކޯސް ނިމުމާއެކު އެކި ސްކޫލްތަކުގެ ޕްރިންސިޕަލްގެ މަޤާމު
ހަމަޖެހިފައިވާއިރު އޭނާއަށް މަޤާމު ހަމަޖައްސައިދީފައި ނުވާތީ، 01 ޖެނުއަރީ 2008
2010 ގެ ނިޔަލަށް 2 އަހަރާއި 7 މަހާއި 15 ދުވަހަށް އެފަރާތްތަކާ އެއްހަމައަކުން ޕްރިންސިޕަލް
ރއ*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2013/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
އިނާޔަތްތައް ހޯދައިދިނުމަށް އެދި، 8 އޭޕްރިލް 2012 ގައި ޙަސަން ޒަރީރު އިބްރާހީމް ހުށަހަޅާފައިވާ
މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި
ފަރާތުން ހުށަހަޅާފައިވާ އެންމެހާ ލިޔެކިއުންތަކަށާއި، ދެފަރާތުން ފާހަގަކުރި ކަންކަމުގެ މައްޗަށް ނަޒަރުކުރާއިރު،
ޙަސަން ޒަރީރު އިބްރާހީމް ވަކި ތަނެއްގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ވަޒީފާއަކަށް ދިއުމަށް މިނިސްޓްރީ
އޮފް ޑިއުކޭޝަންއާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވުމުން 30 މެއި 2012 ގެ ނިޔަލަށް ޙަސަން ޒަރީރު
އިބްރާހީމް ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މަޤާމަކަށް ހަމަޖެހިފައި ނުވާކަމަށް ސިވިލް ސަރވިސް
ކޮމިޝަނުން ފާހަގަކޮށް، 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ތަޢުލީމާއި،
މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ހިންގުމުގެ މަސްއޫލިއްޔަތު ޙަސަން ޒަރީރު އިބްރާހީމްއާ
ޙަވާލުކުރެވިފައިވަނީ ވަގުތީ ގޮތުންކަމުން، ޙަސަން ޒަރީރު އިބްރާހީމްގެ ވަޒީފާ އެހެން ތަނަކަށް ބަދަލުކުރުމުގައި،
ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މަޤާމެއްގައި ތިބި މުވައްޒަފުން އެއް މަޤާމުން އަނެއް މަޤާމަށް
ބަދަލުކުރުމުގައި ޢަމަލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 61 ވަނަ މާއްދާއާއި ދިވެހި ސިވިލް
ސަރވިސްގެ ގަވާއިދު 2010 ގެ 96 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް، ޙަސަން ޒަރީރު
އިބްރާހީމްއާމެދު ޢަމަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ލާޒިމުނުވާކަމަށް ސިވިލް ސަރވިސް
ކޮމިޝަނުން ބުނިނަމަވެސް، 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން، އާދައިގެ
މަތިން އަބަދު ކުރަންޖެހޭ މަސައްކަތެއް ދާއިމީ ގޮތުން ކުރާ އުޞޫލުން ތަޢުލީމާއި، މަސައްކަތް އުނގަންނައިދޭ
ކުޑަކުދިންގެ މަރުކަޒުގެ ހިންގުމުގެ މަސައްކަތް ޕްރިންސިޕަލްއެއްގެ ހައިސިއްޔަތުން ޙަސަން ޒަރީރު އިބްރާހީމް
އަދާކޮށްފައިވާކަން ސާބިތުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް، އޭނާއަކީ
ތަޢުލީމާއި، މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ޕްރިންސިޕަލްގެ ދާއިމީ ވަޒީފާއަށް 2010 ވަނަ
އަހަރުގެ ސެޕްޓެމްބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ހަމަޖެހިފައިވާ މީހެއްކަމަށް ބަ
ނުދެބޯގެހި
ޙަސަން ޒަރީރު އިބްރާހީމް ހުރި މަޤާމުން އެހެން މަޤާމަކަށް އޭނާގެ ރުހުން ލިޔުމުން
ބަދަލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2013/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޒަރީރު އިބްރާހީމް ހުރި މަޤާމުން އެހެން މަޤާމަކަށް އޭނާގެ ރުހުން ލިޔުމުން ނުހޯދައި ބަދަލުކުރުމަށް ސިވިލް
ސަރވިސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް، މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ
އިއްތިފާޤުން ކަނޑައަޅައި..." މައްސަލަ ނިންމަވާފައިވާކަން އެ މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން
4 2 43x
ނޭ .
2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/53 މައްސަލަ، އެ ޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ
ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނު ގެ 13 ވަނަ މާއްދާގެ (އ) މާނަކުރެއްވު
އުވުމުގައި
ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާ
ޚިލާފަށް މާނަކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
• ދެވަނަ ނުކުތާއަކީ، ޙަސަން ޒަރީރު އިބްރާހީމްއާ ތަޢުލީމާއި މަސައްކަތް އުގަންނައިދޭ
ކުޑަކުދިންގެ މަރުކަޒުގެ ހިންގުން ޙަވާލުކުރެވުނީ ވަގުތީ ގޮތުން ޙަވާލުކުރެވުނު މަސްއޫލިއްޔަތެއްގެ ގޮތުންކަމަށް
ސާބިތުކޮށްދިނުމުގެ ގޮތުން، ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާފައިވާ ލިޔުންތަކާއި ވާހަކަތަކަށް ރިޢާޔަތްނުކުރައްވައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 67 ވަނަ
މާއްދާ އާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 96 ވަނަ މާއްދާގެ (ނ) އާއި ވަގުތީ މުވައްޒަފުން
(ޗެޕްޓަރ 11) އަށް ރިޢާޔަތްކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ޙަސަން ޒަރީރު އިބްރާހީމްގެ ކިބައިގައި ޕްރިންސިޕަލެއްގެ
ފުރިހަމަނުވިނަމަވެސް، ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް މުވައްޒަފަކު ވަޒީފާގައި ގެންގުޅޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
2013/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސިވިލް ސަރވިސްގެ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ހުރި އުޞޫލުތަކާ ޚިލާފު
ލާފުވޭތޯ ނުވަތަ ނޫންތޯ
ބެލުމުގެ ފުރުޞަތު ނެތްކަމަށް ފާހަގަކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/53 މައްސަލާގެ މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ
"ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތަން"
ބެހޭ ސެކްޝަނުގެ ދަށުން އއ.
މަތިވެރި ސްކޫލްގައި ޙަސަން ޒަރީރު
އިބްރާހީމް ވަޒީފާ އަދާކުރަމުން ދަނިކޮށް، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ހިންގި 1 (އެކެއް)
އަހަރު ދުވަހުގެ ޑިޕްލޮމާ އިން ސްކޫލް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމަށްޓަކައި ޙަސަން ޒަރީރު އިބްރާހީމް
އިސްވެ ބުނެވުނު ވަޒީފާއިން ވަކިކުރީ 31 ޖެނުއަރީ 2007 ގައިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް
ސަރވިސް ޑިވިޜަންގެ "ވަޒީފާ ވަކިކުރެއްވި ޗިޓް" ނަންބަރު 2007/1197(2) އަށް ބެލުމުން
ފާހަގަކުރެވޭކަމާއި، އިސްވެ ބުނެވުނު ކޯސް ޙަސަން ޒަރީރު އިބްރާހީމް ފުރިހަމަ ކުރީ 31 ޑިސެމްބަރު 2007
ގައި ކަމާއި، ޙަސަން ޒަރީރު އިބްރާހީމް އެ ކޯސް ހަދަން ދިޔައީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ "ރާއްޖޭގައި
ތަމްރީންދޭ މަރުކަޒަކުން ހިންގޭ ކޯހެއްގައި ބައިވެރިވާ މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދާއިރާގެ މުވައްޒަފުންގެ
ތެރެއިން މުސާރައާއި
އެއްވަރުގެ ފައިސާގެ
އެހީ ލިބޭގޮތަށް އެދޭ ފަރާތްތަކުގެ އިޤްރާރު" ގައި
ސޮއިކުރުމަށްފަހުކަން ފާހަ
ފާހަގަކުރެވޭކަމާއި، އަދި އިސްވެ ބުނެވުނު ފައިސާގެ އެހީ ޙަސަން ޒަރީރު އިބްރާ
ލިބުމުގެ ސަބަބުން، ޙަސަން ޒަރީރު އިބްރާހިމް ސަރުކާރުގައި ޚިދުމަތްކުރުން ލާޒިމު މުއްދަތެއް، ނުވަގަކޮންއެއް
އޭނާއަށް އޮތްކަން ފާހަގަކުރެވޭކަމާއި،
0
2 ތ ދވ
84 /ހދއަށް
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2(613/HC-A/182
2x 22
44ކށް
ޙަސަން ޒަރީރު އިބްރާހިމްއާ އިސްވެ ބުނެވުނު ކޯސް ފުރިހަމަ ކުރި އެހެން ފަރާތްތަކަށް
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަޒީފާ ހަމަޖައްސައިދިންއިރު، 1 ޖެނުއަރީ 2008 އިން 20 އޮގަސްޓް
2010 އާ ހަމައަށް ޙަސަން ޒަރީރު އިބްރާހީމްއަށް އެއްވެސް ވަޒީފާއެއް ހަމަޖައްސައިނުދޭކަމަށް ޙަސަން ޒަރީރު
އިބްރާހީމް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔެކިއުންތަކަށް ބަލާއިރު، 18 އޮގަސްޓް 2010 ގައި
(މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު 2010
/
90/SA-22 ސިޓީގައި) ތަޢުލީމާއި މަސައްކަތް
އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ހިންގުން ޙަސަން ޒަރީރު އިބްރާހީމްއާ ޙަވާލުކޮށްފިކަމަށާއި، 7 ދުވަހުގެ
ތެރޭގައި ވަޒީފާއަށް ނިކުތުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޙަސަން ޒަރީރު އިބްރާހީމަށް އަންގާފައިވާކަން
ފާހަގަކުރެވޭކަމާއި،
25 އޮގަސްޓް 2010 އިން ފެށިގެން ތަޢުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ
މަރުކަޒުގެ ހިންގުން ޙަސަން ޒަރީރު އިބްރާހީމްއާ ޙަވާލުކޮށްފައިވާކަމަށާއި، އަދި ސްކޫލް ހިންގުމުގައި
ންތައްތަކެއް ފާހަގަކުރުމަށްފަހު، އެ ސްކޫލްގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދިފައިނެތްނަމަ،
ސްޓްރެޓެޖިކް ޕްލޭނެއް ތައްޔާރުކޮށް ޕްރޮވިންސް އޮފީހުގެ އެޑިޔުކޭޝަން ޔުނިޓަށް ހުށަހެޅުމަށް އެ ތާރީޚުގައި
ތ 22
0
2 &2
دوست سے
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު 2010
/
259/SA
/
INDIV-22 ސިޓީން ޙަސަން ޒަރީރު
އިބްރާހީމަށް އަންގާފައިވާކަމާއި،
ޙަސަން ޒަރީރު އިބްރާހީމްއާ ޙަވާލުކުރެވުނު މަޤާމުގެ ވަޒީފާގެ ބަޔާނުގައި 20 އޮކްޓޯބަރު
2010 ގައި ޙަސަން ޒަރީރު އިބްރާހީމްއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަން ޔުނިޓްގެ ފަރާތުން
ސޮއިކޮށްފައިވާކަމާއި، ބުނެވިދިޔަ ވަޒީފާގެ ބަޔާނުގައި ޙަސަން ޒަރީރު އިބްރާހީމްގެ މަޤާމަކީ "ސްކޫލް ހިންގުމާ
ޙަވާލުވެހުރި" ފަރާތްކަން ބަޔާންކުރެވިފައި އޮތްއިރު، ވަޒީފާގެ ބާވަތް ބަޔާންކުރާ ބައިގައި "ދާއިމީ"، "ވަގުތީ"
އަދި "މަސްއޫލިއްޔަތު އަދާކުރުމަށް" މި ތިން ބައި ބަޔާންކުރެވިފައިއޮތްއިރު، "ދާއިމީ" ,3އިޖޭގެ ދެ
ޖަހާފައިވާކަމާއި،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/182
16 މެއި 2012 ގައި ސިވިލް ސަރވިސް ކޮމިޝަނާއި ޙަސަން ޒަރީރު އިބްރާހީމްއާއެކު
ބޭއްވުނު "ޙަސަން ޒަރީރުގެ ވަޒީފާ ހަމަޖައްސާނެ ސްކޫލަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުން"
ގެ ޔައުމިއްޔާއަށް ބެލިއިރު، އިސްވެ ފާހަގަކުރެވުނު ވަޒީފާގެ ބަޔާނުގައި ވަޒީފާގެ ބާވަތް ބަޔާންކުރާ ބައިގައި
ޙަސަން ޒަރީރު އިބްރާހީމްގެ ވަޒީފާއަކީ "ދާއިމީ ވަޒީފާއެއްކަމަށް ފާހަގަޖެހިފައި އޮތީ ންކަމަށް
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސިވިލް ސަރވިސް ކޮމިޝަން ތަމްޞީލުކުރާ ފަރާތްތަކުގެ ޙާޟިރުގައި
ފާހަގަކުރިކަމާއި، އެހެންނަމަވެސް، އެ އޮޅުން ރަނގަޅު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް
އިރެއްގައި އެޅުނުކަން ލިޔެކިއުމުން އެނގެން ނެތްކަން ޝަރީޢަތަށް ފާހަގަކުރެވޭކަމާއި،
2x ހ2 0 ތ ދވ
އޮޅުމަކުންށ
އެއްވެސް
3
ޖެނުއަރީ
2012
ގައި
މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުން ފޮނުވި
(ނަންބަރު 2014
/
16/SA
/
INDIV-22) ސިޓީން ގއ. ކޮނޑޭ ސްކޫލް ހިންގުން ވަގުތީ ގޮތުން ޙަސަން
ޒަރީރު އިބްރާހީމްއާ ޙަވާލުކޮށްފައިވާކަމަށާއި، އަދި ޕްރިންސިޕަލްގެ މަޤާމަށް ޙަސަން ޒަރީރު އިބްރާހީމް
ހަމަޖެއްސޭނީ ގަވާއިދުން އިޢުލާނުކޮށްގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޙަސަން ޒަރީރު އިބްރާހީމް ހޮވޭނަމަ
ކަމަށް އެ ސިޓީގައި ބަޔާންކުރެވިފައިވާކަމާއި،
ސިވިލް ސަރވިސް ކޮމިޝަންގެ "ވަޒީފާ ދެއްވި ޗިޓް" ނަންބަރު 2012
/
514/CSC(1) ގައި،
ޙަސަން ޒަރީރު އިބްރާހީމް ގއ. ކޮނޑޭ ސްކޫލުގެ ގްރެޖުއޭޓް ލީޑިންގ ޓީޗަރ ގެ މަޤާމަށް 30 މެއި 2012
ގައި ހަމަޖައްސާފައިވާކަމަށް އެ ޗިޓުގައި ބަޔާންކޮށްފައިވާކަމާއި، އަދި އިސްވެ ބުނެވުނު ގޮތަށް ވަޒީފާ
ހަމަޖައްސާދިނީ "ޑިޕްލޮމާ އިން ސްކޫލް މެނޭޖްމަންޓް ކޯހުގެ ސެޓިފިކެޓް ޙަސަން ޒަރީރު އިބްރާހީމް ޙާސިލުކޮށް
އެކްރެޑިޓްކުރުމާ ގުޅިގެންކަމަށް އެ ޗިޓުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
4
(ށ) ދެވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ
(އ) މާނަކުރައްވާފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުzގެ
ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅި ނުކުތާއަށް
ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/2008 އާއި، ޤާނޫނު ނަންބަރު 2008
14 ޣައި
12/2010 މި ދެ ޤާނޫނުގެ ދަށުން ޤާނޫނު ނަންބަރު 2/2008 އަށް ގެނެވިފައިވާ އިޞްލާޙުތައް ހިމެނޭގޮތަށް)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2013HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެ 13
t
ވަނަ މާއްދާގެ (އ) ގައި ވަކި މުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މަސައްކަތަކަށް
ޚާއްޞަކޮށްފައިވާ، ވަޒީފާގެ އެއްބަސްވުމެއްގެ މަޤްޞަދަކީ، ނުވަތަ ނަތީޖާއަކީ ވަޒީފާ އަދާކުރާ ތަނުގައި އާދައިގެ
މަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން ކަމުގައިވާނަމަ އެ
އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސް
އެބަސްވުމެއް ކަމުގައި ބަލަންޖެހޭނެކަމަށް
ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 364/HC
-
A/2013 ޤަޟިއްޔާގައި ވަޒީފާއާބެހޭ ޤާނޫނުގެ
13 ވަނަ މާއްދާގެ (ބ) ގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތް ސާބިތުކޮށްދޭންޖެހޭ 2 (ދޭއް) ކަމެއްވާކަމަށް
ބަޔާންކޮށްފައިވާކަމާއި، އެގޮތުން ފުރަތަމަ ކަމަކީ، ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްގެ ދަށުން
ނުވަތަ ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތަކީ
އެތަނެއްގައި އާދައިގެމަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތަކަށް ވުންކަމާއި، އަދި ދެވަނަ ކަމަކީ، އެ
މުވައްޒަފަކާއެކު ހެދިފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ އެއްބަސްވުން، އޭގެ
އިންއާކުރުމުން، އަދި ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން، އެ މުވައްޒަފަކު އެތަނެއްގައި ކުރާ
މަސައްކަތަކީ އެ މުވައްޒަފަކު، އެ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރި
މަސައްކަތެއްކަމަށް ބެލެވުންކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި،
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 77 ވަނަ މާއްދާގައި
"ވަގުތީ މުވައްޒަފުން" ކަމުގައި ބުނެފައިވަނީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ނިކުންނަ ވަގުތީ
ބޭނުންތައް ފުއްދުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް ވަޒީފާދެވޭ
ފަރާތްތަކަށްކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، އަދި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 125 ވަނަ
މާއްދާގެ (ހ) ގައި ސިވިލް ސަރވިސްގެ ޤާނޫނުގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވަގުތީ މުކައްލަފުންނަށް
ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ނިކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް ނުވަތަ ވަގުތީ
ހިންގުމަށް ބޭނުންވެގެން ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމެވެ
މީހުންކަމުގައި ބަޔާންކުރެވިފައިވާއިރު، އެ ގަވާއިދުގެ 126 ވަނަ މާއްދާގެ (ނ) ގައި ވަގުތީ މުވައްޒަފަށް
އ ހ ޑއ ދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
މަސައްކަތެއް
9
2013HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަޅުޚަ8ތއް
ޙަވާލުކުރެވުނު މަސައްކަތް ނުވަތަ މަޝްރޫޢު ނިމުމުން، ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ
މުއްދަތު ހަމަވުމުން އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެކަމަށް ބަޔާންކުރެވިފައިވާކަމާއި،
މި މައްސަލައަކީ ވަޒީފާގެ އެއްބަސްވުމުގެ ދާއިމީކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކަ
ހުށަހެޅުނު މައްސަލައެއް ނޫންކަމަށާއި، ޙަސަން ޒަރީރު އިބްރާހީމްއާ ވަގުތީ ގޮތުން ޙަވާލުކުރެވުނު ވަޒީފާގެ
މަސްއޫލިއްޔަތެއްގެ މައްޗަށް ބިނާކޮށް އެ މަސްއޫލިއްޔަތެއްގެ މަޤާމުގައި އޭނާ ދާއިމީ ގޮތެއްގައި
ހުންނަންޖެހޭނެކަމުގައި ކަނޑައެޅިދާނެ އެއްވެސް ހަމައެއް ނެތްކަމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
މި މައްސަލައާ ގުޅޭ ގޮތުން ހުށަހެޅުނު ލިޔެކިއުންތަކުގައި، ޙަސަން ޒަރީރު އިބްރާހީމްއާއި
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ފެންނަން ނެތްނަމަވެސް، މި މައްސަލައާ ގުޅޭ
ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އެއްވެސް ލިއެކިއުމެއްގައި، ޙަސަން ޒަރީރު އިބްރާހީމް ތަޢުލީމާއި
މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ހިންގުމާ ޙަވާލުވީ ވަކި މުއްދަތަކަށް ނުވަތަ ވަކި ޚާއްޞަ
ވަޒީފާގެ ބަޔާނުގައި އެ މަޤާމަކީ ދާއިމީ މަޤާމެއްކަމަށް ފާހަގަޖަހައި، ޙަސަން ޒަރީރު އިބްރާހީމްއާއި މިނިސްޓްރީ
އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަން ޔުނިޓުން ސޮއިކޮށްފައިވާކަމާއި، އަދި މިހެން ފާހަގަޖެހިފައިވަނީ
އޮޅުމަކުންކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނާއިރު، އެ އޮޅުން ރަނގަޅު ކުރުމުގެ ގޮތުން
އެއްވެސް ފިޔަވަޅެއް އެއްވެސް އިރެއްގައި އެޅުނުކަން ލިޔެކިއުމުން އެނގެން ނެތްކަން ޝަރީޢަތަށް
ފާހަގަކުރެވޭކަމާއި،
ޙަސަން ޒަރީރު އިބްރާހީމް "ޑިޕްލޮމާ އިން ސްކޫލް މެނޭޖްމަންޓް" ކޯސް ފުރިހަމަކުރީ ޕެއިޑް
ލީފްއެއްގައި ސަރުކާރަށް ޚިދުމަތްކުރުމަށް ބޮންޑު ކުރެވިގެން ކަމުގައިވާއިރު، ޙަސަން ޒަރީރު އިބްރާހީމް ކޯސް
ފުރިހަމަ ކުރި ތާރީޚުގައި ސަރުކާރު މުވައްޒަފުންނާ ގުޅޭ ގޮތުން ޢަމަލު ކުރަމުން ދިޔަ "ސަރުކާ
ގަވާއިދު 2004" ގެ 11 ވަނަ ބައިގެ 25 ވަނަ މާއްދާއާއި 26 ވަނަ މާއްދާއަށް ބަލާއި(
ދުވަހުގެ ކޯހަކަށްވުރެ ދިގު މުއްދަތެއްގެ ކޯހެއް މުވައްޒަފަކު ހަދާނަމަ، އެފަދަ މުވައްޒަފަކު
2ތ 2
ދ
29
10
م مرگ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2013/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަކިކުރެވޭކަން އެނގެން އޮތްނަމަވެސް، އެ މުވައްޒަފަކު ކޯސް ފުރިހަމަކޮށް އަނބުރާ އައުމުން، އިސްވެ ބުނެވުނު
ގަވާއިދުގެ 3 ވަނަ ބައިގެ 25 ވަނަ މާއްދާއާއި 26 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެކަމަށް
ބަޔާންކޮށްފައިވާކަމާއި، އެގޮތުން "ސަރުކާރު މުވައްޒަފުންގެ ގަވާއިދު 2004" ގެ 3 ވަނަ ބައިގެ 25 ވަނަ
މާއްދާއާއި 26 ވަނަ މާއްދާގައިވާ ގޮތުން، ކޯހެއް ފުރިހަމަ ކޮށްގެން އަންނަ މުވައްޒަފަކު ވަކި މުއްދަތެއްގެ
ތެރޭގައި ވަޒީފާއަށް ނެރެންޖެހޭނެކަމާއި އަދި ވަޒީފާއަށް ނެރުމަށްފަހު އެ ވަޒީފާ ހަމަޖެއްސުމަށް ވަކި މުއްދަތެއްގެ
ތެރޭގައި އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅަންޖެހޭކަން އެނގެން
އޮތުމުން، އެފަދަ މުވައްޒަފުން ވަޒީފާއިން ވަކިކުރިކަމަށް ލިޔެކިއުމުގައި ބަޔާންކޮށްފައި އޮތްނަމަވެސް، ގަވާއިދުގައި
އެފަދަ މުވައްޒަފުންނާ މެދު ޢަމަލުކުރަންޖެހޭ ގޮތަށް ބަލާއިރު، އެފަދަ މުވައްޒަފުން ސަރުކާރަށް ޚިދުމަތްކުރުން
ލާޒިމު މުއްދަތެއް އޮތުމުން، އެ މުވައްޒަފުންނާމެދު ޢަމަލު ކުރަނީ އައު މުވައްޒަފުންނާ މެދު ޢަމަލުކުރާ ގޮތަށް
ނޫންކަން ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، ޕެންޝަންގެ ބޭނުމަށްޓަކައި، އެފަދަ މުވައްޒަފުންގެ ޚިދުމަތުގެ
މުއްދަތު ވަގުތީ ގޮތުން މެދުކެނޑެނީކަން އެނގޭކަމާއި، އެހެންކަމުން، އެފަދަ މުވައްޒަފުންނަކީ ޤާނޫނީ ގޮތުން
ދާއިމީ މުވައްޒަފުންކަމުގައި ބަލަންޖެހޭކަމާއި،
އިސްވެ ބަޔާންވެދިޔަ ގަވާއިދަށް ފަހު، ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކުރަމުން ދިޔަ
ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ ދަށުންވެސް، ސިވިލް ސަރވިސްގެ ބޮންޑު އޮތް މުވައްޒަފަކު ސިވިލް
ސަރވިސްގެ ބޮންޑު އަދާކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތުމުން، ޕެއިޑް ލީވްއެއްގައި ކޯހެއް ފުރިހަމަ
ކުރަންދާ މުވައްޒަފަކު އެ ކޯސް ފުރިހަމަކޮށް އަނބުރާ އައުމަށްފަހު، ސިވިލް ސަރވިސްގައި ޚިދުމަތްކުރުން
ލާޒިމްކުރެވިފައި އޮންނަ އޮތުމުން، އަދި އައު މުވައްޒަފުން ހޯދުމުގައާއި ވަގުތީ މުވައްޒަފުން ގެންގުޅުމުގައި
ޢަމަލުކުރާ ގޮތް، ބޮންޑު އޮންނަ މުވައްޒަފުންނާމެދު ޢަމަލުކުރާ ގޮތާއި ތަފާތުކަން ފާހަގަކުރެވެން އޮތުމުން، އެފަދަ
މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުންކަމުގައި ބަލަންޖެހޭކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/53 މައްސަލާގެ މައްސަލަ
ރިޕޯޓުގެ 4 ވަނަ ނަންބަރުގައި، ޙަސަން ޒަރީރު އިބްރާހީމް ތަޢުލީމު ޙާސިލުކުރުމަށް އޭނާކު،
މާކުރިން
ވަކިކޮށްފައިވަނީ ވަގުތީ ގޮތުންކަމުގައި އެ ޓްރައިބިއުނަލުން ފާހަގަކުރައްވާފައިވާއިރު، އޭންހަކީ، ދިމާވީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2013/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަކުރެއްކަމާއި،
.eހ
އަހރނ،
މުވައްޒަފެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) އަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކި
މަސައްކަތަކަށް ޚާއްޞަކޮށްފައިވާ އެއްބަސްވުންތައް ދާއިމީވާ ޙާލަތު ބަޔާންކުރާ އަކުރެއްކަ
ހުށަހެޅިފައިމިވާ މައްސަލާގައި، ޙަސަން ޒަރީރު އިބްރާހީމްއަކީ ދާއިމީ މުވައްޒަފެއްކަމުގައިވާއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) މި މައްސަލާގައިވާ ޙާލަތަށް ތަޠުބީޤު ކުރެވޭނެކަމަށް ބެލެވެން ނެތްކަމާއި،
ޕެއިޑް ލީވްއެއް ނެގުމަށްފަހު، ސަރުކާރުގައި ނުވަތަ ސިވިލް ސަރވިސްގައި ވަޒީފާއަދާކުރުމުގެ
ބޮންޑެއް އޮންނަ ގޮތުގެ މަތިން، ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި އަންނަ މުވައްޒަފަކު، ދެން ވަޒީފާއަށް
ނެރޭއިރު، އެ މުވައްޒަފަކީ ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފެއްކަމުގައި ވީނަމަވެސް، އެފަދަ މުވައްޒަފަކަށް
ވަގުތީ މަސައްކަތެއް
ކަތެއް ނުވަތަ މަސްއޫލިއްޔަތެއް ޙަވާލުކުރެވިދާނެކަމާއި، އެހެންނަމަވެސް، އެފަދަ މަސައްކަތެއް
ނުވަތަ މަސްއޫލިއްޔަތެއް ޙަވާލުކުރުމަކުން، އޭނާ އަކީ ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފެއް ނޫން ކަމުގައި
ނުވަތަ އޭނާހުރީ ވަގުތީ ވަޒީފާއެއްގައި ކަމުގައި ނުބެލެވޭނެކަމާއި،
ހުށަހެޅިފައިވާ މައްސަލާގައި ދެފަރާތުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ޙަސަން ޒަރީރު
އިބްރާހީމްގެ މަސްއޫލިއްޔަތަކީ ސްކޫލްތަކަށް ހޯދަން ބޭނުންވާ ޓީޗަރުން ނުވަތަ ޕްރިންސިޕަލުން ނުލިބުމާ
ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އެފަދަ ތަންތަނަށް އެފަދަ މަޤާމުތަކާ ވަގުތީ ގޮތުން ޙަވާލުވާން ދިޔުން
ކަމުގައި ނުވާއިރު، ޙަސަން ޒަރީރު އިބްރާހީމްގެ ތަޢުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ
ވަޒީފާގެ ބަޔާނަށް ބަލާއިރު، އޭނާ އެ މަޤާމަށް އައްޔަންކޮށްފައިވަނީ، އެ ބަޔާނުގައިވެސް ސަރީޙަކޮށް
ބަޔާންކޮށްފައިވާ ފަދައިން، ދާއިމީކޮށް ކަމަށް ބަލަން ޖެހޭކަމާއި،
އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (އ) މި
މައްސަލައަށް ތަޠުބީޤު ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމުގައި ވީނަމަވެސް، އިސްވެ ބުނެވުނު ކަންކަން
އެގޮތަށް ހުރުމުން، ޙަސަން ޒަރީރު އިބްރާހީމް ހުރީ ދާއިމީ ވަޒީފާއެއްގައިކަމަށް
ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި
ފަނޑިޔާރުންނަށްވެސް
/ މއ ތތ 2
2
02 ދ ތ 22 2ތ * 4
ނިށްވާ އަބވެވުނުކަމެވެ"
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
12
2013/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 02 0 0
4 22
(ނ) ތިންވަނަ ކަމަކީ، ތަޢުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ހިންގުން
ޙަސަން ޒަރީރު އިބްރާހީމްއާ ޙަވާލުކުރެވުނީ ވަގުތީ ގޮތުން ޙަވާލުކުރެވުނު މަސްއޫލިއްޔަތެއްގެ ގޮތުންކަމަށް
ސާބިތުކޮށްދިނުމުގެ ގޮތުން، ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާފައިވާ ލިޔުންތަކާއި ވާހަކަތަކަށް ރިޢާޔަތްނުކުރައްވައި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ގެ 67 ވަނަ މާއްދާ އާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 96 ވަނަ
މާއްދާގެ (ނ) އާއި އެ ގަވާއިދުގެ ޗެޕްޓަރ 11 (ވަގުތީ މުވައްޒަފުން) އަށް ރިޢާޔަތް ކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ރިޢާޔަތް ކުރިއިރު،
ޙަސަން ޒަރީރު އިބްރާހީމްއާ ޙަވާލުކުރެވުނީ ތަޢުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ
މަރުކަޒު ވަގުތީ ގޮތުން ހިންގުމުގެ މަސްއޫލިއްޔަތު ކަމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނާއިރު،
އެކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ އެ ކޮމިޝަނަށްކަމާއި، އެގޮތުން، ދެ ފަރާތު ދެމެދު
ސޮއިކޮށްފައިވާ ވަޒީފާގެ ބަޔާނުގައި ޙަސަން ޒަރީރު އިބްރާހީމްއަށް ޙަވާލުކޮށްފައިވާ މަސައްކަތަކީ ދާއިމީކޮށް
ޙަވާލުކޮށްފައިވާ މަސައްކަތެއްކަން އެ ބަޔާނަށް ބެލުމުން އެނގެން އޮންނައިރު، އަދި އިސްވެ ބުނެވުނު ބަޔާނުގައި
އެހެން އޮތީ އޮޅުމަކުން ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލާއި
ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރިނަމަވެސް، އިސްވެ ބުނެވުނު އޮޅުން، ރަނގަޅު ކުރުމުގެ ގޮތުން އެއް
އެއްވެސް
ފިޔަވަޅެއް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެޅިކަން ލިޔެކިއުމުން އެނގެން ނެތްކަމާއި، ވަގުތީ ގޮތުން،
ނުވަތަ މަސައްކަތުގެ މުއްދަތު ކަނޑައަޅާފައި ހުންނަ މަސައްކަތް ވަޒީފާއަދާ ކުރާ ފަރާތްތަކާ ޙަވާލުކުރެވޭ ގޮތްތައް
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގައި ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، އިސްތިއުނާފުކުރެވޭ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/53 މައްސަލާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 1.5
ގައި ފާހަގަކުރައްވާފައިވާ ފަދައިން، ޙަސަން ޒަރީރު އިބްރާހީމްއަކީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014
ގެ ޗެޕްޓަރ 11 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަސައްކަތެއް ވަގުތީ ގޮތުން ޙަވާލުކު
އެނގެން ނެތް ހިނދު، ބުނެވުނު ގަވާއިދުގެ ޗެޕްޓަރ 12 ގެ ދަށުން ކޮންޓްރެކްޓް އުޞޫންވަތް
މަސައްކަތް ޙަވާލުކުރެވިފައިވާ ފަރާތެއްކަންވެސް އެނގެން ނެތްކަމާއި، ޙަސަން ޒަރީރު އިބްރާހީއަ
201
hކން
ވ،
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
2013/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެހެން ތަނެއްގައި ވަޒީފާއަދާކުރާ ފަރާތަކަށްވެހުރެ، ތަޢުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒު
ހިންގުމާ ޙަވާލުވީ ވަގުތީ ގޮތުން އެތަނަށް ދާއިމީ އެހެން ފަރާތެއް ލިބެންދެންކަން ސިވިލް ސަރވިސް ކޮމިޝަނަށް
ދެއްކިފައިނުވާކަމާއި، ނުވަތަ ޙަސަން ޒަރީރު އިބްރާހީމްގެ ދާއިމީ މަސައްކަތަކީ އެކި ރަށްރަށުގެ ސްކޫލްތަކަށް
ހޯދަންޖެހޭ މުވައްޒަފުން ހަމަނުވުމުގެ ސަބަބުން އެތަންތަނަށް މީހުން ހަމަޖެހެންދެން، އެފަދަ ތަންތަން ހިންގުން
ކަމުގައި ސިވިލް ސަރވިސް ކޮމިޝަނަށް ދެއްކިފައިނުވާއިރު، ޙަސަން ޒަރީރު އިބްރާހީމްއާ ތަޢުލީމާއި މަސައްކަތް
އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ހިންގުން ޙަވާލުކޮށްފައިވަނީ ދާއިމީކޮށްކަން ބަލަންޖެހޭކަމާއި،
މީ މައްސަލާގައި ކަންހިނގާ ދިޔަ ގޮތަށް ބަލައި، ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފެއް،
ދާއިމީ ވަޒީފާއެއްގައި ހުރި ހައިސިއްޔަތުން، ޙަސަން ޒަރީރު އިބްރާހީމް ތަޢުލީމާއި މަސައްކަތް އުގަންނައިދޭ
ކުޑަކުދިންގެ މަރުކަޒުގައި ހުރި ވަޒީފާއިން ބަދަލުކުރާނަމަ، އޭނާ ބަދަލުކުރެވޭނީ ދިވެހި ސިވިލް ސަރވިސްގެ
ގަވާއިދު 2010 ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމާއި، އެހެންނަމަވެސް، ޙަސަން ޒަރީރު އިބްރާހީމްއާ
ގއ. ކޮނޑޭ ސްކޫލް ވަގުތީ ގޮތުން ހިންގުން ޙަވާލުކުރީ އިސްވެ ބުނެވުނު މާއްދާގައިވާ ގޮތަށްކަން ސިވިލް
ސަރވިސް ކޮމިޝަނަށް ދެއްކިފައިނުވާކަމާއި،
ޙަސަން ޒަރީރު އިބްރާހީމްގެ ކިބައިގައި ޕްރިންސިޕަލްގެ މަޤާމުގެ ޝަރުޠު ފުރިހަމަނުވިނަމަވެސް،
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް މުވައްޒަފަކު ވަޒީފާގައި ގެންގުޅޭ ޙާލަތެއްގައި، ދިވެހި ސިވިލް ސަރވިސްގެ
މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ހުރި އުޞޫލުތަކާ ޚިލާފުވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ފުރުޞަތު
ނެތްކަމަށް ފާހަގަކުރައްވައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމަވާފައިވަނީ ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނިނަމަވެސް،
ވަޒީފާދޭ ފަރާތުގެ ހައިސިއްޔަތުން، ސިވިލް ސަރވިސް ކޮމިޝަނުން ޙަސަން ޒަރީރު އިބްރާހީމް
ވަޒީފާއަށް ނެރެފައިވަނީ އޭނާގެ ތަޖްރިބާއާއި ތަޢުލީމީ ފެންވަރު އެނގިހުރެކަން ފާހަގަކުރެވޭކަމާއި، ސިވިލް
ސަރވިސް ކޮމިޝަނުން ތަޢުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒު ވަގުތީ ގޮތުން ސެޓްގަ
ޙަސަން ޒަރީރު އިބްރާހީމްއާ ޙަވާލުކުރަން ބޭނުންވިނަމަ، އެ މަސައްކަތް އެގޮތަށް ޙަވާލުކުމުން
ފާހަގަކުރެވުނު ފަދައިން، ޙަސަން ޒަރީރު އިބްރާހީމްއަކީ ސިވިލް ސަރވިސްގެ ދާއިމީމުއް ވައްކަމުގެ
24 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
2013/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވީނަމަވެސް، އެ ސްކޫލު ހިންގުމުގެ މަސްއޫލިއްޔަތު އޭނާއާ ޙަވާލުކުރެވެނީ ވަގުތީ ގޮތުންކަން ސާފުކޮށް އެނގޭނެ
އެއްބަސްވުމެއް އޮވެގެންކަމާއި، ޙަސަން ޒަރީރު އިބްރާހީމް ތަޢުލީމާއި މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ
މަރުކަޒު ހިންގުމާއި ޙަވާލުވެހުރިތާ 1 (އެކެއް) އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވީފަހުން، އޭނާގެ ކިބައިގައި
އެތަން ހިންގުމުގެ ޝަރުޠު ހަމަނުވާކަމަށް ބުނެ، ވަގުތީ ގޮތުން ތަނެއް ހިންގުން ޙަވާލުކުރުމުގައި އަޅަންޖެހޭ
އެކަށީގެންވާ ފިޔަވަޅުތައް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ނާޅައި، އޭނާ ހުރި މަޤާމަށްވުރެ ދަށް
މަޤާމަކަށް އޭނާ ބަދަލުކުރަން ނިންމާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުންވެސް އަދި ޤާނޫނު ނަންބަރު
5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހި ސިވިލް
ސަރވިސްގެ ގަވާއިދުގެ ދަށުންވެސް ދާއިމީ މުވައްޒަފަކަށް އޭނާގެ ވަޒީފާއާމެދު އޮންނަންޖެހޭނެ ޔަޤީންކަން
(stability) އަށް ބެލުމެއްނެތިކަން ފާހަގަކުރެވޭކަމާއި،
ދިވެހި ސިވިލް ސަރވިސްގެ މަޤާމުތަކަށް މުވައްޒަފުން ހަމަޖެއްސުމަށް ހުރި އުޞޫލުތަކާ
ޚިލާފުވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ފުރުޞަތު ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު)
ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭކަން ފާހަގަކުރެވެން އޮންނައިރު، ކޮންމެ މައްސަލައެއްގައިވެސް
ބަލަންޖެހޭނީ އެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށްކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި، ޙަސަން
ޒަރީރު އިބްރާހީމް ޑިޕްލޮމާ އިން ސްކޫލް މެނޭޖްމަންޓް ކޯސް ހަދަން ދިއުމުގެ ކުރިންވެސް ޙަސަން ޒަރީރު
އިބްރާހީމްއަކީ ސަރުކާރުގެ ދާއިމީ މުވައްޒަފެއް ކަމުގައިވާއިރު، އިސްވެ ބުނެވުނު ކޯސް ފުރިހަމަ ކުރަން ދިޔައީ
ސަރުކާރުގެ ބޮންޑެއް އޮވެގެންކަން އެނގޭކަމާއި، އަދި ބުނެވުނު ކޯސް ފުރިހަމަކުރުމަށްފަހު އެނބުރި އައުމުން،
ޙަސަން ޒަރީރު އިބްރާހީމްއަށް ވަޒީފާއެއް ހަމަޖައްސައިނުދީ 2 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް
ފާއިތުވެފައިވާއިރު، އޭނާ އަލުން ވަޒީފާއަށް ނެރުނުއިރު އޭނާ ނެރެފައިވަނީ ވަގުތީ ގޮތުން، ވަކި މުއްދަތަކަށް،
ވަކި މަސްއޫލިއްޔަތެއް އަދާކުރުމަށްކަން ލިޔެކިއުމުން އެނގެން ނެތްހިނދު، ޙަސަން ޒަރީރު އިބްރާކީގެ ވެއި އަފާ
އަދާކުރަމުން ދިޔަތާ 1 (އެކެއް) އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވަނީ، ސިވިލް
ނޭނގުމެއްގެ ތެރޭގައި، ނުވަތަ މަސްޢޫލު އޮފީހުން ސިވިލް ސަރވިސް ކޮމިޝަނަށް
އެނގޭނެފަދަ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާ ހިނދު، މި މައްސަލާގައި، ދެ ފަރާތުގެ ޢަމަލުތަކަށް ރިޢާޔަތް
*
5
2 ހދ
އަވާފަ4ންކަޏވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
15
2013/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22 2
ކުރައްވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/53 މައްސަލަ ނިންމެވުމުގައި އެ
ޓްރައިބިއުނަލުން ވާސިލުވެވުނު ނަތީޖާއަށް ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ
ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/53 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ޙަސަން ޒަރީރު އިބްރާހީމްއަކީ ތަޢުލީމާއި
މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ޕްރިންސިޕަލްގެ ދާއިމީ ވަޒީފާއަށް 2010 ވަނަ އަހަރުގެ
ސެޕްޓެމްބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ހަމަޖެހިފައިވާ މީހެއްކަމަށް ބަލަންޖެހޭކަމަށް ކަނޑައަޅުއްވައި،
ޙަސަން ޒަރީރު އިބްރާހީމް ހުރި މަޤާމުން އެހެން މަޤާމަކަށް އޭނާގެ ރުހުން ލިޔުމުން ލިބިގެން މެނުވީ އޭނާ
ބަދަލުކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ތަންނުދޭތީ، ޙަސަން
ޒަރީރު އިބްރާހީމް ހުރި މަޤާމުން އެހެން މަޤާމަކަށް އޭނާގެ ރުހުން ލިޔުމުން ނުހޯދައި ބަދަލުކުރުމަށް ސިވިލް
ސަރވިސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv