ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/355 ޤަޟިއްޔާގެ ޙުކުމް
1
2{015/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
2
/އްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 355/HC
-
A/2015
*
ސާމަރާ| މާލެ
އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
އައި.ޑީ.ކާޑު ނަންބަރު: A048136
* ވަކީލް: އދ. ޙުސައިން ޝަމީމް ހ. ހިޔާކަން، މާލެ
ދާއިމީ އެޑްރެސް: ހ.
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވާ ފަރާތް:
ނަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު: * މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: ވ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢާއިޝަތު ފަޒްނާ އަޙްމަދު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 މުޙައްރަމް 1437
ނިމުނު ތާރީޚް: 20 މުޙައްރަމް 1437
02 ނޮވެމްބަރ 2015
01 ނޮވެމްބަރ 2015
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2015
/
7156/J
/
MD-145
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުއްވި ތާރީޚް: 25 އޮކްޓޯބަރ 2015
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުﷲދީދީ ފަނޑިޔާރުގެ ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2015/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ
ނަންބަރު
2015
/
156/J
/
MD-145 ކޯޓު އަމުރު އެކޯޓުން
<
ހ. ސާމަރާ މާލެ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާ
"145-J/MD/2015/1156
1. ކްރިމިނަލް ކޯޓުގެ ނަންބަރު
ކޯޓު އަމުރު
އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި،
މ. ސާމަރާ/ މާލެ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7156/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ ކޯޓު
އަމުރަކީ، ހ. ސާމަރާ| މާލެ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތާއި
ގުޅިގެން، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި 25 އޮކްޓޯބަރ 2015 ވަނަ ދުވަހުގެ 11:35 އިން
ފެށިގެން 09 ނޮވެމްބަރ 2015 ވަނަ ދުވަހުގެ 11:34 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަޙްމަދު
އަދީބު ޢަބްދުލްޣަފޫރު މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް
އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮވެއެވެ.
އެއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2015/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7156/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ހ. ސާމަރާ މާލެ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހަޅާފައިވާ؟
ފުރަތަމަ ނުކުތާއަކީ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
ކްރިމިނަލް ކޯޓުން ބޭއްވި މަޖިލީހަކީ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ
މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ އުޞޫލުގެ ގޮތުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހުން އެކުލަވާލާފައިވާ އުޞޫލުގެ ދަށުން އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުރިއަށް ގެންދެވުނު
މަޖިލީހަކަށްވާއިރު، އެމަޖިލީސް ކުރިއަށް ގޮސްފައިވަނީ އެއުލާއި އަދި ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) ގައި ބަޔާންކުރާ ޙައްޤު ގެއްލިގެންދާނެ
ހުށަހެޅި ނުކުތާއެވެ.
xތތ ހދ 2
2
ގ.ށްސމުށިeނ
• ދެވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7156/J
/
MD-145 ކޯޓު އަމުރުން
އަޙްމަދު އަދީބު ޢަބްދުލްޣަފޫރަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާތެރިކަން ހުރި މީހެއްކަމަށް
ކަނޑައަޅުއްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހުށަހެޅި ކަންތައްތަކަށް ބަލާއިރު، ވާޤިޢީ
އަސާސެއްނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7156/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
.. ސާމަރާ މާލެ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{015/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ހ) ފުރަތަމަ ކަމަކީ، މީ މައްސަލައިގެ ޝަރީޢަތުގެ މަޖްލިސް އޯޑިއޯ ވީޑިއޯ ކޮންފަރެންސް
މެދުވެރިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްގެންދިއުމަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކާބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓުގެ ޤަވާއިދާ ޚިލާފުކަމެއްކަމަށްބުނެ
މިޤަޟިއްޔާގެ ޝަރީޢަތް އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް
ބުނެ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރި އިޖްރާއީ ނުކުތާއަށް
2 2
42/2
ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަތަކާ ގުޅިގެން އެމައްސަލައެއްގެ ބާވަތަށާއި،
އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބެލުމަށްފަހު، އެމައްސަލައެއްގެ ޝަރީޢަތް ހިންގާނެ ގޮތް
ކަނޑައެޅުމުގެ އިޚްތިޔާރާއި ބާރު ހައިކޯޓަށް ލިބިގެންވާކަން ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނާއި ހައިކޯޓުގެ
ޤަވާޢިދަށް ބެލުމުން އެނގޭކަމާއި، މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތްތައް
އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަކީ ޝަރީޢަތްތައް ހިންގުމުގައި ދިވެހިރާއްޖޭގެ
ހައިކޯޓުން ޢަމަލުކުރަމުން އަންނަ އުޞޫލެއް ކަމާއި، އެގޮތުން މި މައްސަލައިގެ ޝަރީޢަތް ދޫނިދޫގައި
ޤާއިމްކުރެވިފައިވާ އޯޑިއޯ ވީޑިއޯ ލިންކް މެދުވެރިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ޝަރީޢަތް ހިންގާފައިވަނީ މި
މައްސަލަ އިސްތިއުނާފުކުރާ ފަރާތަށް ލިބިދިނުމަށް ޤާނޫނުއަސާސީއާއި ޤާނޫނާއި ޤަވާޢިދުތަކުގައި
ކަނޑައަޅާފައިވާ ޙައްޤުތަކާއި ފުރުސަތުތައް ފުރިހަމައަށް ލިބިދެވޭކަން ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކުރުމަށް
ފަހުގައިކަން އެނގެން އޮންނަކަމެވެ
.
(ށ) ދެވަނަކަމަކީ، ހ. ސާމަރާ! މާލެ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހައްޔަރުކުރެވިފައިވަނީ،
2015 ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ 08:00 ހާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ
އަނބިކަނބަލުން ފާތިމަތު އިބްރާހީމްއާއި ދައުލަތުގެ އިސްބޭކަލުން ހުޅުލެއިން މާލެއަށް ވަޑައިގެންނެވި ލޯންޗް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2{15/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބައިވެރިވުމެއް
ފިނިފެންމާ މާލޭގެ ރަސްމީ ފާލަމާ ގާތްކުރި ވަގުތު އެލޯންޗްގައި ބާރުގަދަ ގޮވުމެއް ގޮއްވާލައި ލޯންޗުން
ދަތުރުކުރި ބައެއް ބޭފުޅުންނަށް އެކިވަރުގެ އަނިޔާވެފައިވާ މައްސަލާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
ވިމެއް ވާކަމަށް ތުހުމަތުކުރެވިގެން ކްރިމިނަލް ކޯޓުގެ ނަންބަރު J
/
HA2015
/
749-145 އަމުރުގެ
ދަށުން 24 އޮކްޓޯބަރ 2015 ދުވަހުގެ 11:52 ހާއިރުކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 201517156/J
/
MD-145 ކޯޓު އަމުރަކީ،
އިސްވެދެންނެވުނު ކޯޓު އަމުރުގެ ދަށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ހައްޔަރުކުރުމަށްފަހު، 25 އޮކްޓޯބަރ
2015 ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބަންދުކޮށްފައި
ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު TD084306 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވެމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމު"ން ހުށަހެޅުމުން، މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި، 25 އޮކްޓޯބަރ 2015 ވަނަ ދުވަހުގެ 11:35 އިން ފެށިގެން 09 ނޮވެމްބަރ 2015 ވަނަ
ދުވަހުގެ 11:34 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މިނިސްޓްރީ އޮފް
ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއް
10.
04 ދ ތ
ރޮއެކަލޭ
އެނގެންއޮންނަކަމެވެ
(ނ) ތިންވަނަ ކަމަކީ، މައްސަލައިގެ ބާވަތަށާއި ހާލަތަށާއި، މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް
ރިޢާޔަތްކޮށް ބެލުމަށްފަހު، އޯޑިއޯ ވީޑިއޯ ލިންކް މެދުވެރިކޮށް ޝަރީޢަތް ހިންގުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން
ޢަމަލުކުރަމުން އައިސްފައިވާ އުޞޫލެއްކަމާއި، އަދި މިއީ ކުރިއަރާފައިވާ ދިމިޤްރާތީ މުޖްތަމަޢުތަކުގައިވެސް
ބަންދުގެ މުއްދަތުގެ މަޖްލިސްތައް ހިންގަމުން ގެންދާ ގޮތެއްކަން އެނގޭކަމާއި، އަދި މިގޮތަށް ހިންގާ
ޝަރީޢަތުގެ ނުވަތަ މުއްދަތުގެ މަޖްލިސްތަކަކީ އެމަޖްލިސް ހިނގާ ކޯޓުގައި ހިންގޭ މަޖިލީހެއްކަމުގައި
ބެލެވޭނެކަމާއި، މިގޮތުން ބަލާއިރު، މިމައްސަލާގައި އަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ ބަންދުގެ މަޖްލިސް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{15/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އެކޯޓާއި އަޙްމަދު އަދީބް ޢަބްދުލްޣަފޫރު ބަންދުކުރެވިފައިހުރި
ދޫނިދޫގައި ޤާއިމްކުރެވިފައިވާ އޯޑިއޯ ވީޑިއޯ ކޮންފަރެންސް ލިންކް މެދުވެރިކޮށްކަން އެނގޭކަމާއި،
އަދި މިގޮތަށް މުއްދަތުގެ މަޖްލިސް ގެންދިއުމަކީ ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ "އޯޑިއޯ ނުވަތަ
އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާއި މެދުގައި ގޮތެއް ނިންމުމާއި،
ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 12 ވަނަ މާއްދާގެ ދަށުން
ވެސް ހުއްދަކޮށްފައިވާ ކަމެއްކަން އެނގޭއިރު، މި މައްސަލާގައި ބަންދުގެ މުއްދަތުގެ މަޖްލިސް ކުރިއަށް
ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ފަރާތުން ހަމަޖެއްސިތަނަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ޙާޟިރުކޮށް،
އަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ އެމައްސަލަ ބެއްލެވި ޤާޟީ
ކްރިމިނަލް ކޯޓުގައި އިންނަވައި، އޯޑިއޯ ވީޑިއޯގެ ޒަރީއާއިން ކަމަށްވާއިރު، ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) ގައި ބަންދުގެ މުއްދަތު އިތުރުކުރުމުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާ ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކުރަންވާނެކަމަށް އޮތް އޮތުމަކީ، އެމީހާ ފަނޑިޔާރު ކުރި މައްޗަށް ފިޒިކަލީ ޙާޟިރުކުރުން
ކަމުގައި ހަމައެކަނި މާނަ ނުކުރެވޭކަމާއި، އަދި އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފަނޑިޔާރަށް
ފެނުމާއި އިވުމުގެ ތެރޭގައި ބޭއްވޭ މަޖްލީހަކަށް އެމީހާ ޙާޟިރުކުރެވުމަކީ އެމާއްދާގެ ރޫޙާއި މަޤްޞަދަށް
ބަލާއިރު، މިހާލަތުގައި ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކުރުން ކަމުގައި މާނަކުރެވޭއިރު،
އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާއި
މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް
ބަލާއިރު، އެއުޞޫލުގެ 12 ވަނަ މާއްދާގައި އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ބަންދުގެ މުއްދަތު މަޖްލިސް ކުރިއަށް
ގެންދެވިދާނެ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ 6 ވަނަ ކަމެއްގެ ގޮތުގައި، މައްސަލަ ހިންގާނެ
ކޯޓަށް ނިންމިދާނެކަން އެނގެން އޮންނަކަމެވެ.
04x
02>x
کر رہی
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2{15/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ރ) ހަތަރުވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނީ
ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް އެމީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ
ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރުމުން، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު"ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަމާއި،
މިކަންކަން ދިވެހިރާއް
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭންހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކަމަށް ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
404
,ތ ކތ ex / 2
ކަތެކޮށްފާނެ
އޮންނައިރު،
އިސްތިއުނާފުކުރެވިފައިމިވާ ކޯޓު އަމުރުގެ ދަށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މިނިސްޓްރީ އޮފް
ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ހުއްދަދެއްވާފައިވަނީ
މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2{15/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ފަސްވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7156/J
/
MD-145 ކޯޓު އަމުރުގައި
އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވަނީ މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައިކަން އެއަމުރުން އެނގެންއޮތްއިރު، އެއަމުރުގައި އެފަދައިން ކަނޑައަޅުއްވާފައިވަނީ މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ހުށަހެޅި ކަންތައްތަކަށް ބަލާއިރު ވާޤިޢީ އަސާސެއްނެތިކަމަށް ބުނެ އަޙްމަދު އަދީބު
ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ
ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކި ޤަރީނާނޫންކަމާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި
ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ އެކި ޤަރީނާކަމާއި، ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ
ހެކިތަކެއް ނެތްކަމުގައިވިއަސް ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް
ބަލާއިރު ތުހުމަތުކުރެވޭވަރުގެ އެކަށީގެންވާ ކަންތައްތަކެއް ހުރިނަމަ ތުހުމަތުކުރެވޭ މީހާ ބަންދުގައި
ބެހެއްޓިދާނެކަމާއި، މިކަންކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC
-
A/2012
ޤަޟިއްޔާއާއި ނަންބަރު 265!HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު މަޖިލީހަށް، އަޙްމަދު އަދީބު
ޢަބްދުލްޣަފޫރު އާމެދު ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ޤަރީނާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD084306 "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރި މައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމު" އަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/355
ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7156/J
/
MD-145 ކޯޓު އަމުރުގައި އަޙްމަދު އަދީބު
ޢަބްދުލްޣަފޫރު ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވަނީ ބުނެވިދިޔަ ގޮތުގެމަތިން ހުށަހެޅި ހެކި ޤަރީނާތަކަށް
ނުބައްލަވައިކަމަށް ޝަރީޢަތުން ކަނޑައެޅޭފަދަ އެކަށީގެންވާ ސަބަބެއް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމެވެ.
އެހެންކަމުން، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7156/J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމުގައެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި
އިސްތިއުނާފުކުރެވިފައި މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
7156/J
/
MD-145 ކޯޓު އަމުރަކީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;