ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/274 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/274
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ:274/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް
* ނަން: މުޙައްމަދު ޢަޒީން
0
* ދާއިމީ އެޑްރެސް: ލ.ކަނޑޫދޫ އަނޯނާގެ
ކާޑް ނަންބަރު: A250759
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ތާރީޚް: 08 ޛުލްޙިއްޖާ 1435
02 އޮކްޓޯބަރު 2014
ނިމުނު ތާރީޚް: 14 ރަބީޢުލްއާޚިރު 1436
04 ފެބްރުއަރީ 2015
0
އައިކޯޓް
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cr-C/850
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޢަލީ ސަމީރު، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު:ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/274
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/850 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ށ.ކަނޑޫދޫ އަނޯނާގެ މުޙައްމަދު އަޒީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
.
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
L01 ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/850 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މުޙައްމަދު ޢަޒީން 13 އޭޕްރީލް 2013 ދުވަހު 20:01 އެހައިކަންހާއިރު،
ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނަކާ ގުޅިގެން ދިލްބަހާރުމަގުގައި ފުލުހުން ތިއްބައި، އެމަގުގައި ހުންނަ
މއ.ބިންމާވިލާ ގޭގެ ކައިރިއަށް މީނާ ސައިކަލެއްގައި ގޮސް މަޑުކުރިއިރު، މީނާގެ ޢަމަލުތައް ހުރިގޮތުން، މީން
މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ތުހުމަތުކުރެވިގެން، ފުލުހުން މީނާ ހިފެހެއްޓުމުން މީނާ
ބިންމައްޗަށް ވައްޓާލި 02 (ދޭއް) ރަބަރުޕެކެޓުގައި 1.4533 ގްރާމް ޑައިމޯފިން ހުރިކަމަށާއި، ފުލުހުން މީނާގެ
ހަށިގަނޑު ބަލައި ފާސްކުރިއިރު، މީނާ ލައިގެން ހުރި ޖިންސުގެ ވާތްފަރާތް ކުރިމަތީ ޖީބުން ފެނުނު މަލްބަރޯ
ސިނގިރޭޓް ހުސްކުރި ފޮއްޓެއްގެ ތެރެއިން ފެނުނު 10 (ދިހައެއް) ރަބަރު ޕެކެޓުގައި 7.6770
ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން
މުޙައްމަދު ޢަޒީންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން
އެނގޭކަމާއި،
ދ ޏ 28ގެ
ޓެރޭޓް
0
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދައުލަތުން ތ.ކަނޑޫދޫ އަނޯނާގެ، މުޙައްމަދު ޢަޒީންގެ
މައްޗަށް ކުޅަ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މުޙައްމަދު ޢަޒީން 13
އެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
2014/HC-A/274
އޭޕްރީލް 2013 ދުވަހު 20:01 އެހައިކަންހާއިރު، ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނަކާ ގުޅިގެން
ދިލްބަހާރުމަގުގައި ފުލުހުން ތިއްބައި، އެމަގުގައި ހުންނަ މއ.ބިންމާވިލާ ގޭގެ ކައިރިއަށް މުޙައްމަދު ޢަޒީން
ސައިކަލެއްގައި ގޮސް މަޑުކުރިއިރު، މުޙައްމަދު ޢަޒީންގެ ޢަމަލުތައް ހުރިގޮތުން، މުޙައްމަދު ޢަޒީން
މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ތުހުމަތުކުރެވިގެން، ފުލުހުން މުޙައްމަދު ޢަޒީން ހިފެހެއްޓުމުން
މުޙައްމަދު ޢަޒީން ބިންމައްޗަށް 02 (ދޭއް) ރަބަރު ޕެކެޓްލާފައިވާކަމާއި، ފުލުހުން މުޙައްމަދު ޢަޒީންގެ
ހަށިގަނޑު ބަލައި ފާސްކުރިއިރު، މުޙައްމަދު ޢަޒީން ލައިގެން ހުރި ޖިންސުގެ ވާތްފަރާތު ކުރިމަތީ ޖީބުން
ފެނުނު މަލްބަރޯ ބްރޭންޑްގެ
ސިނގިރޭޓް ހުސްކުރި ފޮއްޓެއްގެ ތެރެއިން 10 (ދިހައެއް) ރަބަރު
ޕެކެޓުފެނިފައިވާކަން ހެކިންގެ ހެކިބަހުން އެނގެން އޮންނާތީއާއި، ބުނެވިދިޔަ ތަކެތި ތަޙްލީލުކުރިއިރު އެތަކެތީގެ
9.1303 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙްލީލް ރިޕޯޓުން އެނގެން އޮންނާތީ، ހެކިންގެ
ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދައިގެ (ހ) އާއި ޙަވާލާދީ ޑައިމޯފިން ޓްރެފިކްކުރުމުގެ
ކުށުން މުޙައްމަދު ޢަޒީން ކުއްވެރި ވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ
މާއްދައިގެ (ނ) ގެ ދަށުން މުޙައްމަދު ޢަޒީން ޢުމުރަށް ޖަލަށްލުމާއެކު
(އެއްލައްކަ)
ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި މިކޯޓަށް
(ކްރިމިނަލް ކޯޓަށް) ދެއްކުމަށް މުޙައްމަދު ޢަޒީންއަށް އަންގައި މިގޮތުގެމަތިން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ." މިފަދައިންނެވެ.
17}2011
« 100,000/-
#
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/850 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ތ.ކަނޑޫދޫ އަނޯނާގެ
މުޙައްމަދު އަޒީންގެ ފަރާތުން 07 (ހަތެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 17/2011 މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނުގެ 139
ވަނަ މާއްދާއާއި ޚިލާފަށް ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ
މާއްދާގެ ފެށުމުގަ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 212/HC
-
A/2009 ޤަޟިއްޔާގައި ހިޔާޒަތު ނުވަތަ
އަތުން ފެނުންކަމަށް ބަޔާންކޮށްފައިވާ ހަމަ އާ ޚިލާފަށް ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/274
(ނ) ތިންވަނަ ނުކުތާއަކީ، 3 ވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 142، 17
18 މި މާއްދާތަކަށް ބަލާއިރު ޓެރެފިކްކުރިކަމަށް ބަލަން އޮންނަ ހަމަތަކާއި
މިންގަނޑުން ކުށްސާބިތު ނުކޮށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ހަތަރުވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 16
ވަނަ މާއްދާ އާއި ޖިނާއީ އިޖުރާޢަތުގެ 8 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު "ހަނުހުރުމުގެ ޙައްޤު" ހަނިކުރެވެން
ނެތް ޙާލަތެއްގައި ހަނުހުރުމުގެ ޙައްޤު ބޭނުންކޮށްފައިވީނަމަވެސް، އެއީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ކަމެއް
ނޫންކަމުގައި ކަނޑައެޅުމަށްފަހު ނިޔާ އިއްވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ، ދަޢުވާކުރާފަރާތުން ދަށު ކޯޓުގައިވި އިޢުތިރާފަށާއި ހުށަހެޅި ހެކިންގެ
ހެކިބަހަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރުމެއްނެތި ހަމައެކަނި ދަޢުވާލިބޭފަރާތުން ހުށަހެޅި ހެއްކާއި ޤަރީނާގެ
މައްޗަށް ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ޅ) ހަވަނަ ނުކުތާއަކީ، މަސްތުވާތަކެތީގެ ބަރުދަނާއި އެތަކެތި އެކުލެވޭ މިންވަރާއި އެކުލެވިގެންވާ
ގޮތާއިބެހޭ ގޮތުން އިޖުރާޢީ އަދި ޤާނޫނީ ބޮޑެތި ސުވާލުތަކަކާއި ފުށުއެރުން ތަކެއް ހުރިއިރު އެފަރާތް ޝަރީޢަތަށް
ޙާޟިރު ނުކުރައްވާ އެތަކެތި ތަޙްލީލު ރިޕޯޓު ޤަރީނާއެއްގެ ގޮތުގައި ބައްލަވައި އެއަށް ބުރަދަށް ދެއްވާ
ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
•} ހަތްވަނަ ނުކުތާއަކީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތުން ހެކި ދެއްކިފައި ނުވުން،
އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް މައުޖޫދުވެ ފެންނަން ހުއްޓާ އެކަންކަމަށް ރިޢާޔަތް ނުކުރައްވާ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/850 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ މުޙައްމަދު ޢަޒީންގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/274
(ހ) ފުރަތަމަކަމަކީ، ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާ ދިޔަގޮތަށް ބެލިއިރު، ތ.ކަނޑޫދޫ
އަނޯނާގެ މުޙައްމަދު ޢަޒީން 13 އެޕްރީލް 2013 ދުވަހު 20:01 އެހައިކަންހާއިރު، ފުލުހުން ހިންގި ޚާއްސަ
އޮޕަރޭޝަނަކާއި ގުޅިގެން ދިލްބަހާރުމަގުގައި ފުލުހުން ތިއްބައި، އެމަގުގައި ހުންނަ މއ.ބިންމާވިލާ ގޭގެ
ކައިރިއަށް މީނާ ސައިކަލެއްގައި ގޮސް މަޑުކުރިއިރު، މީނާގެ ޢަމަލުތައް ހުރި ގޮތުން، މީނާ މަސްތުވާތަކެތި
ގެންގުޅޭކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން، ފުލުހުން މީނާ ހިފެހެއްޓުމުން މީނާ ބިންމައްޗަށް ވައްޓާލި
02 (ދޭއް) ރަބަރު ޕެކެޓްގައި 1.4533 ގްރާމް ޑައިމޯފިންހުރިކަމަށާއި، ފުލުހުން މީނާގެ ހަށިގަނޑު ބަލައި
ފާސްކުރިއިރު، މީނާ ލައިގެން ހުރި ޖިންސުގެ ވާތްފަރާތު ކުރިމަތީ ޖީބުން ފެނުނު މަލްބަރޯ ބްރޭންޑްގެ
ސިނގިރޭޓް ހުސްކުރި ފޮއްޓެއްގެ ތެރެއިން ފެނުނު 10 (ދިހައެއް) ރަބަރު ޕެކެޓްގައި 7.6770 ގްރާމް
ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގެން އޮންނަކަމަށްބުނެ، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ޢަޒީންގެ މައްޗަށް
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާކުރުމުން، ކްރިމިނަލް ކޯޓުގެ 2015/Cr-C/850 ޤަޟިއްޔާގައި މުޙައްމަދު
ޢަޒީންގެ މައްޗަށް އެކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވާފައިވާކަމެވެ.
(ނ) ދެވަނަކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/850 ޤަޟިއްޔާގައި މުޙައްމަދު
ޢަޒީންގެ މައްޗަށް ކުޅު ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާއާއި ގުޅިގެން މުޙައްމަދު ޢަޒީންގެ ފަރާތުން
ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި އޭނާ ބުނެފައިވަނީ، ދައުލަތުގެ ފަރާތުން ހުށަހެޅި ދަޢުވާގައި ބުނާ
ފަދައިން މުޙައްމަދު ޢަޒީން އެދުވަހު 2 ރަބަރު ޕެކެޓް ބިން މައްޗަށް ވައްޓާލިކަމަށް އިޢުތިރާފުވާކަމަށާއި،
އެހެންނަމަވެސް މުޙައްމަދު ޢަޒީން އެދުވަހު ލައިގެންހުރި ޖިންސުން ފެނިފައިވާ ތަކެއްޗަށް މުޙައްމަދު ޢަޒީން
އިންކާރު ކުރާކަމަށާއި، އެދުވަހު މުޙައްމަދު ޢަޒީން ލައިގެން ހުރީ މުޙައްމަދު ޢަޒީންގެ ޖިންސެއް ނޫންކަމަށާއި،
އެޖިންސަކީ މިއ.ފޯޗޫން މުޙައްމަދު ޢަލީ ރަޝީދުގެ ޖިންސެއްކަމަށެވެ. މީގެ އިތުރުން މިމައްސަލައިގައި
މުޙައްމަދު ޢަޠީންގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުން ކަމުގައިވާއިރު، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 139 ވަނަ މާއްދާގައި، ދަޢުވާކުރަން ވާނީ އެމީހެއްގެ އަތުން
ފެންނަ މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނަ ޢަދަދެއް އެކުލެވޭ އެއްޗެއްގެ މައްޗަށް ކަމަށް
ބަޔާންކޮށްފައިވާކަމަށާއި، މިމައްސަލައިގައި މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓަށް ބަލާއިރު، ޑައިމޯފިންއަކީ އެންމެ
މަދުން އެކުލެވިގެންވާ ބާވަތްކަން އެނގެން އޮންނަކަމަށާއި، މިހެންކަމުން މިދަޢުވާއަކީ ކުރިއަށް ގެންދެވިދާނެ
ދަޢުވާއެއް ނޫންކަމަށްބުނެ މިކަން މުޙައްމަދު ޢަޒީންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވާކަމާއި،
އެހެންނަމަވެސް މުޙައްމަދު ޢަޒީންގެ ފަރާތުން ހުށަހެޅި އިޖްރާއީ ނުކުތާއަކީ ރަނގަޅު ނުކުތާއެއް ނޫންކަމަށާއިކްޖޭގެ
ހައިކޯ2
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
2014/HC-A/274
ދަޢުވާއަކީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާކަން އެނގެން
އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ޖަދުވަލު 1
ގައި ބަޔާންކޮށްފައިވަނީ، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކަކީ ކޮބައިކަންކަމާއި އަދި އެޤާނޫނުގެ
ޖަދުވަލު 2 ގައި ބަޔާންކޮށްފައިވަނީ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ބާވަތްތަކަކީ ކޮބައިކަން
އެނގެން އޮންނައިރު، އެޤާނޫނުގެ 103 ވަނަ މާއްދާގެ (ހ) ގައި ޑައިމޯފިން ޓްރެފިކްކުރުމަކީ ކުށެއްކަމަށް
ބަޔާންވެފައި އޮންނަކަމާއި، އަދި އެޤާނޫނުގެ 134 ވަނަ މާއްދާގެ (ބ) ގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ
މީހެއްގެ އަތުގައި، 4 (ހަތަރެއް) ގްރާމަށްވުރެ ގިނަ ޢަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެއެއްޗެއް އޭނާގެ
އަތުގައި އެހުރީ، އެއެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެކަމަށް އޮންނަކަމާއި، މީގެ އިތުރުން އެޤާނޫނުގެ
139 ވަނަ މާއްދާގެ (ނ) ގައި، މީހެއްގެ އަތުގައި ހުރީ، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗަކާއި ޖަދުވަލު 2
ގައިވާ މަސްތުވާއެއްޗެއް އެއްކޮށްފައި ކަމުގައިވާނަމަ، އެ އެއްޗެއްގައި ގިނައިން ފާހަގަވާން ހުރީ ޖަދުވަލު 1
ގައިވާ މަސްތުވާތަކެތި ކަމުގައިވާނަމަ، އޭނާގެ އަތުގައި އެހުރީ، ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ކަމުގައި
އެމާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ބެލެވޭނެކަމަށް އޮންނަކަމާއި، އެމާއްދާގެ (ށ) ގައި، މީހެއްގެ އަތުގައި ހުރި
ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ހުރީ، އެހެން އެއްވެސް އެއްޗަކާ އެއްކޮށްފައި ކަމުގައިވާނަމަ، އެމަސްތުވާ
އެއްޗެއްގެ ބަރުދަނަކީ، އެހުރިހާ އެއްޗެއްގެ ޖުމްލަ ބަރުދަންކަމުގައި ބަޔާންވެގެން އޮންނަކަމާއި،
44
އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ފެންނަން ހުރި ލިޔުންތަކުގެ މައްޗަށް ބަލާއިރު، މުޙައްމަދު
ޢަޒީންގެ އަތުން ފެނިފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ޓެސްޓް ކުރުމުން، އޭނާގެ އަތުން
ފެނިފައިވާ ރަބަރު ޕެކެޓްގައި، ޑައިމޯފިން އާއި، އެސިޓައިލް މޯފިންއާއި އެސިޓައިލް ކޯޑެއިންއާއި ޑައިޒެޕާމް
ހުރިކަމަށް ދެއްކިނަމަވެސް، އިޝާރާތްކުރެވުނު މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 139 ވަނަ މާއްދާގެ (ށ) އަށް
ބެލުމުން، މުޙައްމަދު ޢަޒީންގެ އަތުން ފެނުނު ކަމަށް ބުނާތަކެތީގެ ބަރުދަން ބެލުމުގައި ޢަމަލުކުރަން ޖެހޭނީ
އެމާއްދާގައި ބަޔާންކުރާ ފަދައިން އެހުރިހާ އެއްޗެއްގެ ބަރުދަންކަން އެނގޭކަމާއި، އަދި މިއީ މަސްތުވާތަކެތީގެ
ބަރުދަންބެލުމުގައި ޢަމަލުކުރަންޖެހޭނެކަމަށް މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިކޯޓުގެ
322/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުކަމާއި، މިގޮތުން ބަލާއިރު
މުޙައްމަދު ޢަޒީންގެ އަތުން ފެނުނުކަމަށް ބުނާ ތަކެތީގައި އެހެން ބާވަތްތައް އެކުވެފައި ހުރިނަމަވެސް މިތަކެތީގެ
މުޅިޖުމްލަ ބަރުދަނަށް ބެލުމުން އެތަކެތީގައި 7.6770 ގްރާމް ހުރިކަން އެނގެން އޮތުމުން، ޑައިމޯފިލްޖޭގެ
سرسره
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/274
ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއަކީ މުޙައްމަދު ޢަޠީންގެ މައްޗަށް އުފުލިދާނެ ދަޢުވާއެއްކަން އެނގޭކަމާއި،
މިހެންކަމުން މިދަޢުވާ މުޙައްމަދު ޢަޠީންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރުމުގައި އަދި
މިދަޢުވާއަކީ ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ކަނޑައެޅުމުގައި ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 139 ވަނަ މާއްދާއާއި ޚިލާފުވުމެއް ވެފައިވާކަމުގައި
cc ecc >
ނުބޮވޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ދަށުން
މަސްތުވާތަކެތި އަތުގައި ހުރުން، ނުވަތަ މަސްތުވާތަކެތި އަތުގައި ހުރިކަމަށް ބެލެވޭ ޙާލަތްތަކާއި، ޑައިމޯފިން
ޓްރެފިކް ކުރުމާއި މިއީ ތަފާތު ކުށްތަކެއްކަން އެނގޭކަމަށާއި، އެޤާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ
ކުށް ސާބިތުވުމަށް ކޮންމެހެން މަސްތުވާތަކެތި އަތުގައި ހުރުމުގެ ކުށްސާބިތުވުން ލާޒިމްނުވާކަން އެނގޭކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 221/HC
-
A/2013 މިޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
COX cucu
$.
މިގޮތުން ބަލާއިރު، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ
މާއްދާގައި، މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއް ކަމުގައި ބެލެވޭނެގޮތްތަކެއް ބަޔާންކޮށްފައިވާކަމާއި، މިގޮތުން
އެމާއްދާގެ (ށ) ގައި ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރު ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް
މަސްތުވާތަކެތި މީހެއްގެ އަތުގައި ހުރުމަކީ، އެމީހަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމުގައި ބެލެވޭނެ
ސަބަބެއްކަމަށް ބަޔާންވެގެން އޮންނައިރު، އެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ބ) އާއި، 135 ވަނަ މާއްދާގެ
(ބ) އަށް ބަލާއިރު މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަމުގައި ވިޔަސް އަދި މަސްތުވާ ތަކެއްޗަށް
ދެވިހިފާފައިނުވާ މީހެއް ކަމުގައިވިޔަސް އެމީހެއްގެ އަތުގައި 4 ގްރާމަށްވުރެ ގިނަޢަދަދަށް ޑައިމޯފިން
ހުރެއްޖެނަމަ އެއެއްޗެއް އެމީހެއްގެ އަތުގައި އެހުރީ ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައި
ނަކަމާއި، މިހެންކަމުން މުޙައްމަދު ޢަޒީންގެ ކުޑަކަމުދާ އެއްޗެހިން މަސްތުވާތަކެއްޗަށް އޭނާ
ޕޮޒިޓިވްވެފައިވާކަމަށް ދެއްކި ނަމަވެސް، މުޙައްމަދު ޢަޒީންގެ އަތުން ފެނިފައިވާ މަސްތުވާތަކެތި ޓްރެފިކިންގެ
މިންވަރަށް ތަޙްލީލު ރިޕޯޓުން ދައްކާތީ އިސްވެބަޔާން ކުރެވުނު 134 ވަނަ މާއްދާގެ (ބ) އާއި 135 ވަނަ
މާއްދާގެ (ބ) އަށް ބެލުމުން މުޙައްމަދު ޢަޒީންގެ އަތުގައި މަސްތުވާތަކެތި ހުރީ ޓްރެފިކް ކުރުމަށް ކަމުގައި
ޤާނޫނީ ގޮތުން ބެލެވެންޖެހޭކަން އެނގެން އޮންނަކަމެވެ.
ޑިހިރާއްޖޭގެ
ހައިކޯޓް
ދިވެހިންގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2014/HC-A/274
"ދިވެހިން&38 ހައި29
ބ) ފަސްވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/850
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން، އެރިޕޯޓުގެ
17 ވަނަ ނުކުތާގައި، މުޙައްމަދު ޢަޒީން
ތަޙްޤީޤުގައި ހަނުހުރުމުގެ ޙައްޤު ބޭނުންކުރި ކުރުމަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް
ކަނޑައަޅައިފައިނުވާކަމާއި، އެނުކުތާގައި ޝަރީޢަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ، މުޙައްމަދު ޢަޒީން ލައިގެން
ހުރި ޖިންސާއި ގުޅޭ ގޮތުން މުޙައްމަދު ޢަޒީން ދެއްކި ވާހަކައިގައި، މުޙައްމަދު ޢަޒީން ލައިގެން ހުރި ޖިންސަކީ
އެހެން މީހެއްގެ ޖިންސެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެ އެޖިންސާ ޙަވާލުވާނެ ފަރާތެއް ޝަރީޢަތަށް
ޙާޟިރުކޮށްދިނުމަށް އެދުނު ކަމުގައިވިޔަސް، މިޙާދިސާ ހިނގި ވަގުތާއި، ތަޙްޤީޤު މަރުޙަލާގައި މިފަދަ
އެއްވެސް ވާހަކައެއް ދައްކާފައިނުވާކަން ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހުން އެނގެން އޮނާތީއާއި،
މުޙައްމަދު ޢަޒީންގެ ދިފާޢު ބިނާކޮށް ވާހަކަދެއްކޭނެ ނުކުތާތަކެއްހުރެ ތަޙްޤީޤު މަރުޙަލާގައި ހަނުހުރުމަކީ ޢާއްމު
ވިސްނުމަކުން ބަލާއިރު ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ބަޔާންކޮށް މިފަދައިންކަން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަކަމަކީ، މިމައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނާއި އެތަކެތި އެކުލެވޭ މިންވަރާއި
އެކުލެވިގެންވާ ގޮތާއިބެހޭ ގޮތުން އިޖުރާއީ އަދި ޤާނޫނީ ބޮޑެތި ސުވާލުތަކަކާއި ފުށުއެރުން ތަކެއް ހުރިއިރު
މިމަސްތުވާތަކެތި ތަޙްލީލު ކުރިފަރާތް ޝަރީޢަތަށް ޙާޟިރު ނުކުރައްވާ އެތަކެތި ތަޙްލީލު ރިޕޯޓު ޤަރީނާއެއްގެ
ގޮތުގައި ބައްލަވައި އެއަށް ބުރަދަށް ދެއްވާ ނިންމަވާފައިކަމަށް ބުނެ މުޙައްމަދު ޢަޒީންގެ ފަރާތުން ހުށަހެޅި
އިސްތިއުނާފް ނުކުތާގެ މައްޗަށް ބެލިއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 31/SC
-
A/2011 ޤަޟިއްޔާ ނިންމެވުމުގައި އެކޯޓުން
ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ބެލުމުން، ޖިނާޢީ ދަޢުވާއަކާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ އެކްސްޕާރޓް
އޮޕީނިއަންގެ މައްޗަށް ޝަރީޢަތުން ކަމެއް ނިންމުމުގައި އިންސާފުވެރިކަމާއި އެކު ހާމަކަމާއި އެކު ޝަރީޢަތް
ކުރެވެމުންދާކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ މައްސަލަތައް ބަލާކޯޓުތަކުން ޤަބީރެއްގެ ރައުޔަށް ބުރަވުމުގެ
ކުރިން ފުރިހަމަ ކުރަންޖެހޭ އުޞޫލީ އެވާކަމަށާއި، އޭގެ ތެރޭގައި އެޚަބީރަކު ރައުޔުދީފައިވާ
މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ޝަރީޢަތުގެ މަޖިލީހުގައި އޭނައާ ސުވާލުކޮށް
މުނާޤަކުރުމުގެ ފުރުޞަތު ކޯޓުން ތަނަވަސްކޮށްދިނުން ހިމެނިގެންވާކަމަށް ބަޔާންވެގެން އޮންނަކަމާއި،
މިހެންކަމުން ޖިނާޢީ މައްސަލަތަކާއި ގުޅިގެން ތައްޔާރުކުރެވޭ އެކިއެކި ރިޕޯޓުތަކާއި ގުޅިގެން އެފަދަ ރިޕޯޓެއްގައި
ޝައްކުއުފެދޭ ފަދަ ސަބަބެއް އޮތްކަމަށް ޚަސްމުންގެ ފަރާތުން ފާހަގަކޮށްފިނަމަ، އެރިޕޯޓު ތައްޔާރުކުރިފަރާތް
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރުމަކީ ޢާއްމު އުޞޫލުން އެކަންކުރަންޖެހޭގޮތްކަން އެނގޭކަމާއި،
ހއ ހދ ދ، ތ ދދވ
ކެނެބޮއެބަވެއެވެ
8 ހިޗެމިه9
8
ކުންeކ $$43ނ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/274
ބީރެއްގެ ގޮތުގައި މަސްތުވާތަކެތި ތަޙްލީލުކުރި ފަރާތް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށްދިނުމަށް
ދަށުކޯޓުގައި އެދުމުގެ އިޚްތިޔާރު މުޙައްމަދު ޢަޒީނަށް ލިބިގެންވާކަން އެނގެން އޮތްއިރު، އަދި އެކަމަށް އެދުމުގެ
ފުރުޞަތުވެސް ދަށު ކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ޢަޒީނަށް ހުޅުވިފައި އޮތްކަން އެނގިއޮތްއިރު،
މިމައްސަލައާއި ގުޅިގެން މުޙައްމަދު ޢަޒީނަށް ދަށުކޯޓުގައި ވާހަކަދެއްކުމުގެ ތަފާތު އެކި ފުރުޞަތު ލިބިމެ،
ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި އެކަން އެގޮތަށް ކުރުމަށް އޭނާގެ ފަރާތުން އެކޯޓުގައި އެދިފައި ނުވާކަން
އެނގޭކަމާއި، މީގެ އިތުރުން މަސްތުވާތަކެތި ތަޙްލީލުކުރި ފަރާތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކުރެވިއްޖެނަމަ އެތަޙްލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުން ސާފުކުރުމަށް ބޭނުންވަނީ
ކޮންކަމެއްތޯ ބަޔާންކުރުމަށް މުޙައްމަދު ޢަޒީންގެ ގާތުގައި އެދުމުން އެފަރާތުން ސުވާލުކުރަން ބޭނުންވަނީ
މަސްތުވާތަކެތީގެ ޖަދުވަލް 1 އާއި 2 އާއި އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 139 ވަނަ މާއްދާއާއި
ޙަވާލާދީ އޭގައި ގިނައީ ބޭސްކަން ނުވަތަ މަނާކުރެވިފައިވާ ތަކެތިތޯ ކަށަވަރުކުރުމާއި ޑޯޒް ހަމަވޭތޯ
ކަށަވަރުކުރުންކަމަށް ބުނެފައިވާއިރު، އެކަންކަމަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ވަކި ގޮތްތަ
ކަނޑައެޅިފައިވާ ޤާނޫނީ ސުވާލުތަކެއް ކަމަށްވެފައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 139 ވަނަ މާއްދާއާއި ގުޅޭ
ގޮތުން މުޙައްމަދު ޢަޒީންގެ ފަރާތުން ކުރިމަތިކުރާ ސުވާލުތަކަށް ޤާނޫނީގޮތުން ކްރިމިނަލް ކޯޓުން ވަނީ ޖަވާބު
ދެއްވާފައިކަން އެނގެން އޮތުމުން، މުޙައްމަދު ޢަޒީންގެ ފަރާތުން އެދެނުކުތާ ސާފުކުރުމަށްޓަކައި މަސްތުވާތަކެތި
ތަޙްލީލުކުރިފަރާތް އިތުރަށް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރުމުގެ އަހައްމިއްޔަތެއް އޮތްކަމުގައި
ނުބެލެވޭކަމާއި، މިހެންކަމުން ޚަބީރެއްގެ ގޮތުގައި މަސްތުވާތަކެތި ތަޙްލީލުކުރި ފަރާތް ޝަރީޢަތުގެ މަޖިލީހަށް
ޙާޟިރުނުކުރެވި އޮތް އޮތުމަކީ ހަމައެކަނި އެސަބަބަށްޓަކައި މިމައްސަލައިގައި ކްރިމިނަލް ކޯޓުން ކުރައްވާފައިވާ
ޙުކުމް ބާޠިލުކުރަންޖެހޭ ފަދަ ސަބަބެއްކަމުގައި
ކަ
xވ ހޑ 8
003ކއި
COCOCCO
4
ފަނނކމެވެ.
ޝަ (ދި 4
ގެ
(ކ) އަށްވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ
އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް އޮންނަކަމަށާއި،
މިމާއްދާގައި ބުނާ މިންވަރަށް ދައުލަތަށް މިމައްސަލައިގައި ހެކި ދެއްކިފައިނުވާކަމަށާއި، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަ
ތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާގެ ފެށުމުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 212/HC-A/2009 ޤަޟިއްޔާގައި ހިޔާޒަތު ނުވަތަ އަތުން ފެނުންކަމަށް ބަޔާންކޮށްފައިވާ ހަމަ އާ
ޚިލާފަށް މިމައްސަލަ ނިންމާފައިވާކަމަށް ބުނެ މުޙައްމަދު އަޒީންގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ބެލިއިރު،
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/274
މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކާއި، ހެކި ޤަރީނާތަކަށާއި، މިމައްސަލައިގެ
ޙުކުމަށް ވާޞިލްވުމަށް ކްރިމިނަލް ކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރު ފާހަގަކުރި ސަބަބުތަކުގެ މައްޗަށް
ބެލުމުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ މުޙައްމަދު ޢަޒީންގެ މައްޗަށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވަނީ، މުޙައްމަދު ޢަޒީންގެ ޢަމަލުތައް ހުރިގޮތުން، މުޙައްމަދު ޢަޒީން މަސްތުވާތަކެތި ގެންގުޅޭ
ކަމަށް ފުލުހުންނަށް ތުޙުމަތު ކުރެވިގެން، ފުލުހުން މުޙައްމަދު ޢަޒީން ހިފެހެއްޓުމުން، މުޙައްމަދު ޢަޒީން
ބިންމައްޗަށް ވައްޓާލި 2 ރަބަރު ޕެކެޓުންނާއި، މުޙައްމަދު ޢަޒީންގެ ހަށިގަނޑު ބަލައި ފާސްކުރިއިރު،
މުޙައްމަދު ޢަޒީން ލައިގެން ހުރި ޖިންސްގެ ޖީބުން ފެނުނު މަލްބަރޯ ބްރޭންޑްގެ ސިނގިރޭޓް ހުސްކުރި
ފޮއްޓެއްގެ ތެރެއިން 10 ރަބަރު ޕެކެޓް ފެނިފައިވާކަން ހެކިންގެ ހެކިބަހުން އެނގެން އޮތްއިރު، މިތަކެތި
ތަޙްލީލުކުރުމުން އެތަކެތީގެ ބަރުދަނުގައި 9.1303 ގްރާމް ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙްލީލު ރިޕޯޓުން
އެނގެން އޮންނާތީ، ހެކިންގެ ހެކިބަހާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމުގައި
އެމައްސަލައިގެ ޙުކުމްގައި ފާހަގަކުރައްވާ ގޮތުގެ މަތީންކަން އެނގޭކަމާއި،
މިމައްސަލައިގައި ހުށަހެޅުނު ކަންކަމާއި، ޝަރީޢަތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބެލުމުން،
މިމައްސަލައިގައި ޖަވާބުދާރީވަމުން މުޙައްމަދު ޢަޒީން ދައްކާފައިވާ ވާހަކަތަކުގައި، މިޙާދިސާ ހިނގި ދުވަހު
މުޙައްމަދު ޢަޒީން ބިންމައްޗަށް 2 ރަބަރު ޕެކެޓް ވައްޓާލިކަމަށް އޭނާ އިޢުތިރާފުވެފައިވާކަން އެނގޭކަމާއި، އަދި
މިދުވަހު މުޙައްމަދު ޢަޒީން ބަލައި ފާސްކުރިކުރުމުން މުޙައްމަދު ޢަޒީން ލައިގެން ހުރި ޖިންސްގެ ޖީބުގައި އޮތް
މަލްބަރޯ ފޮއްޓެއްގެ ތެރެއިން 10 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ހެކިން ބުނާ ބުނުމާއި މެދު މުޙައްމަދު ޢަޒީން
އިންކާރުނުކުރާކަން އެނގޭކަމާއި، މުޙައްމަދު ޢަޒީން ވައްޓާލިކަމަށް އިޢުތިރާފުވެފައިވާ މި 2 ރަބަރު
ޕެކެޓުންނާއި މުޙައްމަދު ޢަޒީން އެވަގުތު ލައިގެން ހުރި ޖިންސްގެ ޖީބުން ފެނުނު ތަކެތި ތަޙްލީލުކުރުމުން
އެތަކެތީގައި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ޑައިމޯފިން ހުރިކަން އެތަކެތީގެ ތަޙްލީލު
ރިޕޯޓުން އެނގެން އޮންނަކަމާއި،
ޑައިމޯފިން ޓްރެފިކްކުރުމުގެ މިދަޢުވާގައި މުޙައްމަދު ޢަޒީންގެ ފަރާތުން ހަމައެކަނި އިންކާރު ކުރަނީ
މިޙާދިސާ ހިނގި ދުވަހު މުޙައްމަދު ޢަޒީން ލައިގެން ހުރި ޖިންސަކީ އޭނާގެ ޖިންސެއް ނޫންކަމަށާއި،
އެޖިންސަކީ އެހެން މީހެއްގެ ޖިންސެއްކަމަށްވާތީ އެޖިންސުގައި ހުރި ތަކެއްޗަށް މުޙައްމަދު ޢަޒީން ޒިންމާވާން
ނުޖެހޭކަމަށް ބުނެކަން އެނގޭއިރު، މުޙައްމަދު ޢަޒީން ބިންމައްޗަށް ވައްޓާލިކަމަށް އިޢުތިރާފުވި ރަބަރު
ޕެކެޓުގައި ހުރި މަސްތުވާތަކެތީގެ ބާވަތްތަކާއި، މުޙައްމަދު ޢަޒީން ލައިގެން ހުރި ޖިންސް ޖީބުން ފެނުންޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2014/HC-A/274
: 0
މަސްތުވާތަކެތީގައިހުރި ބާވާތްތަކަކީ އެއްބާވަތް
ވަތްތަކެއްކަން މިތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގޭކަމާއި، މުޙައްމަދު
ޢަޒީން ހައްޔަރު ކުރެވުނުއިރުވެސް އަދި މިމައްސަލައިގައި ތަޙްޤީޤު ހިނގާ ދިޔައިރުވެސް އެޖިންސަކީ އެހެން
މީހެއްގެ ޖިންސެއް ކަމަށްބުނެ އެދިފާޢު ނަގާފައިނުވާކަން ހެކިންގެ ހެކިބަހުންނާއި މިމައްސަލައިގެ ތަޙްޤީޤު
ބަޔާންތަކުން އެނގޭއިރު، މިމައްސަލަ ނިންމެވުމުގައި ކްރިމިނަލް ކޯޓުންވެސް ފާހަގަކުރައްވާފައިވާ ފަދައިން
ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ޢަޒީން ލައިގެ ހުރި ޖިންސަކީ އެހެން މީހެއްގެ ޖިންސެއްކަމަށް ބުނެ
އެޒިންސާޙަވާލުވެ މަސްތުވާތަކެތީގެ ޒިންމާނަގާނެ ފަރާތެއް ޝަރީޢަތަށް ޙާޟިރުކޮށްދިންކަމުގައި ވިޔަސް،
މިހާދިސާގައި ކަން ހިނގާދިޔަ އިޝާރާތްކުރެވުނު ގޮތްތަކުގެ މައްޗަށް ބެލުމުން، މިޙާދިސާގައި މަސްތުވާތަކެތި
ފެނިފައިވާ ޖިންސުގެ ވެރިފަރާތްކަމަށް ބުނެ މުޙައްމަދު ޢަޒީން ޝަރީޢަތަށް ހުށަހެޅި ފަރާތަކީ މިކުށުން
ބަރީޢަވުމަށްޓަކައި ތައްޔާރުކޮށްގެން ހުށަހަޅާފައިވާ ފަރާތެއްކަމަށް ބެލެވިދާނެ ކަންތައްތަކެއް ހުރިކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވެން އޮންނަކަމާއި، މީގެ އިތުރުން
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާގެ (ޅ) ގައި އެކަކަށްވުރެ
ގިނަމީހުންނަށް އެނގިގެން އެމީހުންގެ ރުހުމާއެކު އޭގެތެރެއިން އެއްވެސް މީހެއްގެ އަތުގައި މަސްތުވާތަކެތި
ހުރެއްޖެނަމަ އެއިންކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެއަދަދަށްހުރީ ކަމުގައި
ބެލެވޭކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށާއި، އެޤާނޫނުގެ 141 ވަނަ މާއްދާގެ (ށ) ގައި މީހަކު ލައިގެން
ހުންނަ އަންނައުނެއްގައި ނުވަތަ އަންނައުނާގުޅޭ ސާމާނުގައި މަސްތުވާއެއްޗެއް ހުރުމަކީ އެމީހެއްގެ އަތުގައި
މަސްތުވާއެއްޗެއް ހުރީކަމުގައި ބެލެވެން އޮންނަ އޮތުމަށް ރިޢާޔަތްކުރުމުން އަދި އިޝާރާތްކުރެވުނު ފަދައިން
މުޙައްމަދު ޢަޒީންގެ ޙިޔާޒަތުގެ ދަށުން ފެނުނު މަސްތުވާއެއްޗަކާއި މެދު ޝައްކު އުފެދޭ ގޮތަށް މީހަކު ޒިންމާ
ނެގިނެގުމަކީ ހަމައެކަނި އެސަބަބަށްޓަކައި މުޙައްމަދު ޢަޒީން ކުޅަ ކުށުގެ ޒިންމާއިން ބަރީޢަވެގެންދާނެ
ސަބަބެއްކަމުގައި ޤަބޫލުކުރެވެން ނެތްކަމާއި، އަދި އެއީ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 141 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 212/HC-A/2009 ޤަޟިއްޔާގައި
ޙިޔާޒަތު ކަމަށް ބަޔާންކުރާ ހަމަޔާއި ޚިލާފު ނިންމުމެއްކަމުގައި ބެލެވެން ނެތްއިރު، މިދަޢުވާ ސާބިތުކުރުމަށް
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުންނާއި، މުޙައްމަދު ޢަޒީންގެ އިޢުތިރާފު ލިބިފައިވާ މިންވަރާއި، ގުޅިފައިވާ
ހަރުދަނާ ޤަރީނާތަކުގެ މައްޗަށް ބެލުމުން، ޤާނޫނުއަސާ ގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންގަނޑުން
މިދަޢުވާ ސާބިތުކުރުމަށް .ހެކި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާކަން އެނގޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ކްރިމިނަލްކޯޓުގެ ނަންބަރު 2013/Cr-C/850 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައި
2 4 2 4
(ށް ބނނ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
12
2014/HC-A/274
ޙުކުމް އިސްތިއުނާފު ކުރުމަށް މުޙައްމަދު އަޒީންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/Cr-C/850 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
މުޙައްމަދު ޢަޒީންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތްކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/Cr-C/850 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް
ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
*
ދިވެހިންގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv