ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/283 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 283/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ސަޢުދުﷲ އަޙްމަދު
އައިޑީ ކާޑު ނަންބަރ: A071438
* ދާއިމީ އެޑްރެސް: ވ. ބެލްވިލް
މިހާރުގެ
ބެލްވިލް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ބާސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: 10093 ބީޗް ފްރަންޓް ހުޅުމާލެ
މިހާރުގެ އެޑްރެސް: 10093 ބީޗް ފްރަންޓް ހުޅުމާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ރަމަޟާން 1430
15 ސެޕްޓެމްބަރ 2009
* ނިމުނު ތާރީޚް: 18 ރަބީޢުލްއައްވަލް 1431
04 މާރޗް
2010
: ނިންމެވިކޯޓް: މަދަނީކޯޓް
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/2149
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން.
ހުށަހެޅުނުތާރީޚް: 2008-12-14
ނިމުނު ތާރީޚް: 2009-06-28
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2009/HC-A/283
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/2149 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށް ދިނުންއެދި ތ. ވިލިގިލީ ބެލްވިލް
ސިޢުދުﷲ އަޙްމަދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ބާސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެވެ.
OXO
* ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖްލިސްގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ
މަޖްލިސްއަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި މަދަނީ ކޯޓުގެ ނަންބަރު 2008/MC/2149 ޤަޟިއްޔާ
ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ ސަޢުދުﷲ އަޙްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.
(ހ) ފުރަތަމަކަމަކީ ބާސް އެންޓަރ ޕްރައިސަސްއާއި، ސަޢުދުﷲ އަޙްމަދާ ދެމެދު 2007
ވަނަ އަހަރު މެއިމަހުގެ 28 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ބާސް އެންޓަރ ޕްރައިސަސް
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރެވިފައިވާ މަސައްކަތަކީ ހުޅުމާލޭ ނަންބަރު 10135 ގޯތީގައި ޢިމާރާތް
ކުރުމަށްޓަކައި ދެވިފައިވާ އެސްޓިމޭޓާއި އެއްގޮތްވާ ގޮތުގެމަތިން ކޮންކްރީޓް ސްޓްރަކްޗަރ ފުރިހަމަ ކުރުމާއި،
ގްރައުންޑް ފްލޯރއާއި، ފަސްޓްފްލޯރގެ ފިނިޝިންގގެ މަސައްކަތްކޮށް ނިންމުންކަން މިދެފަރާތް
ދެމެދުކުރެވިފައިވާ އެގްރިމެންޓްގެ ވަނަ މާއްދާއިން އެނގެން އޮންނައިރު، އެމަސައްކަތުގެ އަގެއްގެ ގޮތުގައި
ދެފަރާތް ދެމެދު އެއްބަސްވެވިފައިވަނީ 11,78,085
/
25 (އެގާރަލައްކަ ހަތްދިހަ އަށްހާސް އަށްޑިހަ ފަސްރުފިޔާ
ފަންސަވީސްލާރި) ކަން ބުނެވިދިޔަ އެގްރިމެންޓްގެ 02 ވަނަ މާއްދާއިން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
(ނ) ދެވަނަކަމަކީ ބުނެވިދިޔަ ދެފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ސަޢުދު
އަޙްމަދު، ބަސް އެންޓަރ ޕްރައިސަސްއާއި ޙަވާލުކުރި މަސައްކަތުގެ އަގުގެގޮތުގައި އެއްބަސްވެވިފައިވާ
11,78,085
/
25ރ. (އެގާރަލައްކަ ހަތްދިހަ އަށްހާސް އަށްޑިހަ ފަސްރުފިޔާ ފަންސަވީސްލާރި) ގެތެރެއިން
ދައްކަންޖެހި ނުދެއްކިވާ 91,228
/
60ރ. (ނުވަދިހަ އެއްހާސް ދުއިސައްތަ އަށާވީސް ރުފިޔާ
ފަސްދޮޅަސްލާރި) އަދާކުރު އެގޮތުން ބާސް އެންޓަރ ޕްރައިސަސް އަށް ސަޢުދުﷲ އަޙްމަދުގެ ނަމުގައި ބޭންކް
އޮފް މޯލްޑިވްސްގައި ހުޅުވިފައިވާ ނަންބަރު 005-259186-7704 އެކައުންޓުން -912291 ގެ ޗެކެއް
ސަޢުދުﷲ އަޙްމަދު، ބާސް އެންޓަރ ޕްރައިސަސްއާ ޙަވާލުކޮށްފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮތުމުން،
ދި 2
2
22
2x
ترا تر کر کر میر
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2009/HC-A/283
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސަޢުދުﷲ އަޙްމަދު ބާސްއެންޓަރ ޕްރައިސަސްއާއި ޙަވާލުކޮށްފައިވާ މަސައްކަތް ނިމުމަކަށް އައިސްފައިވާކަމާއި،
އަދި އެމަސައްކަތުގެ އަގުގެ އެންމެފަހު އިންސްޓޯލްމަންޓް ސަޢުދުﷲ އަޙްމަދު، ބަސް އެންޓަރ ޕްރައިސަސްއާއި
ޙަވާލުކޮށްފައިވަނީ އެމަސައްކަތް ނިމުމަކަށް އައިސްފައިވާކަމަށް ސަޢުދުﷲ އަޙްމަދަށްވެސް ޤަބޫލުކުރެވިގެންކަމަށް
މެނުވީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބެލެވޭނެ ތަނެއްނެތުމެވެ.
(ނ) ތިންވަނަކަމަކީ ދެފަރާތްދެމެދު ކުރެވިފައިވާ އެގްރިމެންޓްގެދަށުން ބާސް އެންޓަރ
ޕްރައިސަސްއާ ޙަވާލުކުރެވިފައިވާ މަސައްކަތް އެފަރާތުން ފުރިހަމަކޮށްފައި ނުވާނަމަ އެމަސައްކަތް ފުރިހަމަނުކޮށް
އޮންނަ ނިސްބަތަކުން މަސައްކަތުގެ ޖުމްލަ އަގުގެ ބައިކުޅަބައެއް މަސައްކަތުގެ ވެރި ފަރާތުން ހުށަހަޅައިފިނަމަ
އެމަސައްކަތުގެ ޖުމްލަ އަގުގެތެރެއިން އުނިކުރެވޭނެކަމީ ދެބަސްވެވެންނެތް ޙަޤީޤަތަކަށްވިޔަސް، އަދި
އެމަސައްކަތުގެ އަގުގެ
ގެތެރެއިން ނުދެއްކިވާ މިންވަރު އަދާކުރުމުގެގޮތުން ސަޢުދުﷲ އަޙްމަދު، ބާސް އެންޓަރ
ޕްރައިސަސްއާއި ޙަވާލުކުރި ޗެކް ބައުންސްވެފައިވިޔަސް، އެޗެކް ބާސް އެންޓަރ ޕްރައިސަސް އާއި ޙަވާލުކުރި
ކުރުމަކީ ސަޢުދުﷲ އަޙްމަދު އެމަސައްކަތް ބަލައިގަތްކަމުގެ ދަލީލަކަށް މެނުވީ ޤާނޫނީގޮތުން ބެލެވޭނެ ތަނެއް
ނެތުމާއެކު، އެޗެކް ބައުންސްވުމާއި ގުޅިގެން ބާސް އެންޓަރ ޕްރައިސަސްގެ ފަރާތުން އެޗެކްގައިވާ ޢަދަދަށް
ފައިސާ ލިބިގަތުމުގެ ދަޢުވާ ކުރަމުން، ބާސް އެންޓަރ ޕްރައިސަސްގެ ފަރާތުން އެފަރާތާއި ޙަވާލުވެފައިވާ
މަސައްކަތް ފުރިހަމަކޮށްފައި ނުވާކަމަށާއި، އަދި އެމަސައްކަތް ކޮށްފައިވަނީ ދެފަރާތް ދެމެދު އެއްބަސްވެވިފައިވާ
ގޮތާއި ޚިލާފަށްކަމަށް ސަޢުދުﷲ އަޙްމަދުގެ ފަރާތުން ބުނާ ވާހަކައަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން
ހަމަޖެހޭ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ކަމަކަށް މިމައްސަލަ ބެލުމުގައި ބައިވެރިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުމެވެ. އަދި އެއިމާރާތް ކުރުމުގައި ބޭނުންކޮށްފައިވާ
ދަގަނޑަކީވެސް އެއްބަސްވެފައިވާ މިންވަރަށްވުރެ މާ ހިމަ ދަގަނޑުތަކެއްކަމަށް ސަޢުދުﷲ އަޙްމަދުގެ ފަރާތުން
ބުނެފައިވާއިރު، ދެފަރާތް ދެމެދު ކުރެވިފައިވާ އެގްރިމެންޓްގައި އެޢިމާރާތް ހެދުމުގައި ބޭނުންކުރަންޖެހޭ
ދަގަނޑުގެ ފަލަމިނެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ.
މިކަންކަން މިހެންހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/2149 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާ ކަމަށްބުނެ ސަޢުދުﷲ އަޙްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކަކީ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ހަމަޖެހޭ އަސާސެއްގެ މައްޗަށް
ބިނާވެފައިވާ ސަބަބުތަކަކަށް ނުވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް
އޮތް ކަމަކަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
444
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2009/HC-A/283
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ހުޅުމާލޭ ނަންބަރު 10135 ގޯތީގައި ހަދާ ޢިމާރާތެއްގައި ކުރަންޖެހޭ މަސައްކަތް ކުރުމާއި ބެހޭގޮތުން
ތ. ވިލިނގިލީ | ބެލްވިލް ސަޢުދުﷲ އަޙްމަދާއި، ބާސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
2007 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެގްރިމެންޓްގެ ދަށުން ބާސް އެންޓަރ
ޕްރައިސަސް އިން ކުރަންޖެހޭ މަސައްކަތުގެ އަގުގެތެރެއިން ނުދެއްކިވާ ފައިސާ ދެއްކުމުގެގޮތުން ސަޢުދު
އަޙްމަދު ބާސް އެންޓަރ ޕްރައިސަސްއަސް ދީފައިވާ ބޭންކް އޮފް މޯލްޑިވްސްގެނަންބަރު 000349 ޗެކް
ބައުންސްވެފައިވިޔަސް، ސަޢުދުﷲ އަޙްމަދު، ބަސް އެންޓަރ ޕްރައިސަސްއަށް ޗެކް ދިންދިނުމަކީ، އެމަސައްކަތް
ސަޢުދުﷲ އަޙްމަދުގެ ފަރާތުން ބަލައިގެންފައިވާކަމުގެ ދަލީލެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖެގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީއާއި، އެމަސައްކަތުގެ އަގުގެ ތެރެއިން ނުދެއްކިވާ 91,228
/
60ރ.
(ނުވަދިހަ އެއްހާސް ދުއިސައްތަ އަށާވީސް ރުފިޔާ / ފަސްދޮޅަސްލާރި) 28 ޖޫން 2009 އިން ފެށިގެން 03
މަސްދުވަހުގެތެރޭގައި ބާސް އެންޓަރ ޕްރައިސަސްއަށް ދެއްކުމަށް ސަޢުދުﷲ އަޙްމަދަށް އަންގަވައި،
މަދަނީކޯޓުގެ ނަންބަރު 2008/MC/2149 ޤަޟިއްޔާގައި ޙުކުމްކުރެއްވިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ގޮތްވާކަމަށް މިމައްސަލަ ބެލި ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤް ވެވުނުހިނދު،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
2ތ 0x
2 ހ ކމ
އެއްގޮތްވާކަމަ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cud
ޢަލީ ޙަމީދު މުޙައްރަކީ
،ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv