ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/275 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
8/
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 275/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އާދަމް އިސްމާޢީލް
އައިޑީ ކާޑު ނަންބަރ: A011489
* ވަކީލު: އޒޫ. ޙަސަން ޝަފީޤާ މ. ވައިޓްގޭޓް
ދާއިމީ އެޑްރެސް: ހ. ޝާރކް
މިހާރުގެ އެޑްރެސް: މއ. ހަވާނާ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޙުސައިން
އެޑްރެސް: ލ. ގޮގްރެސްމާގެ
އައިޑީ
ކާޑު ނަންބަރ: A000320 * މިހާރުގެ އެޑްރެސް: މ.
ވަކީލު: އޖ. ޝަހީމް އަޙްމަދު ހ. ހެޕީނައިޓް
ގޮގްރެސްމާގެ
* ނިމުނު ތާރީޚް: 26 ޖުމާދަލްއޫލާ 1431
• ހުށަހެޅުނު ތާރީޚް: 24 ރަމްޟާން 1429
24 ސެޕްޓެމްބަރ 2008
11 މެއި
2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/MC/644
• ނިންމެވިކޯޓް: މަދަނީކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 06 އޭޕްރީލް 2008 ނިމުނު ތާރީޚް: 29 ޖޫން 2008
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ން 3325029، ފެކްސް: 3316471
ވެބް ސައިޓް: www.lhighcourt.gov.mv
[email protected]
2
2008/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/644 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ހ. ޝާރކް އާދަމް އިސްމާޢީލް ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
އާދަމް އިސްމާޢީލް ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ގޮގްރެސްމާގެ މުޙައްމަދު
ޙުސައިންއެވެ.
ދު 02
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީ ކޯޓުގެ ނަންބަރު 2008/MC/644 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އާދަމް އިސްމާޢީލްގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
0
<< O
2c22
(ހ) ޤާނޫނު ނަންބަރު 1/2003 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނަށް ފުރަތަމަ އިޞްލާޙް
ގެނައުމުގެ ޤާނޫނު)ގެ 18 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައިވާ ބުނެފައިވާ ގޮތުން ދިރިއުޅުމަށްޓަކައި
ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ވިއްކާލެވޭނީ އެގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން ދިވެހި ރާއްޖޭގެ ބިމާބެހޭ
ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެގޯއްޗެއްގެ ބިން ގަތުމަށްފަހު އެޤާނޫނުގެ ދަށުން
ހެދިފައިވާ، ގޯތި ގަނެ ވިއްކުމާބެހޭ ޤަވާޢިދު އާއި އެއްގޮތްވާ ގޮތުގެ މަތިން، އިޝާރާތް ކުރެވުނު
ޤާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތީން ކަން އެމާއްދާއިން އެނގެން އޮވެފައި،
ގޯތި ގަނެ ވިއްކުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި މީހެއްގެ ނަމުގައި
ރަޖިސްޓްރީ ކޮށްފައިވާ ބިމާއި އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކާއިރު،
ވިއްކުމުގެ އެމުޢާމަލާތް ކުރާންވާނީ ޝަރީޢަތް މެދުވެރިކޮށް ކަމަށް ބަޔާންކޮށްފައިވުމުން، ބިން ނުވަތަ ބިމާއި
ގުޅިފައިވާ ޢިމާރާތްތައް ވިއްކުމުގެ ޢަޤުދު ފުރިހަމަ ވާނީ ޝަރީޢަތް މެދުވެރިކޮށް ކުރުމުން ކަމާއި، އެނޫން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
3
2008/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގޮތެއްގައި ކޮށްފައިވާ އެފަދަ ޢަޤުދަކީ ޝަރުޢީ ޤާނޫނީ ގޮތުން ޞައްޙަ ޢަޤުދެއް ކަމަށް ނުބެލެވޭނެކަން
އެނގެއެވެ.
04 04
އެއްވެސް
(ނ) ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު، ގަނެ ވިއްކުމުގެ މުޢާމަލާތް ޞައްޙަ ވާނީ
އެމުޢާމަލާތުގައި ހިމެނޭ ދެފަރާތް ކަމުގައިވާ ގަންނަ މީހާ އާއި، ވިއްކާ މީހާގެ ރުހުމާއި އިޚްތިޔާރުގައި
ފަރާތެއްގެ މަޖުބޫރު ކަމެއް ނެތި އެ މުޢާމަލާތް ކުރެވިގެން ކަމާއި، މިމައްސަލައިގާ ހިމެނޭ
މުޢާމަލާތަށް
ލާތަށް ބަލާއިރު، އެމުޢާމަލާތުގެ އެއްފަރާތް ކަމަށްވާ މުޙައްމަދު ޙުސައިން މިހާރު އެ މުޢާމަލާތް
ޝަރުޢީ ހަމަތަކުގެ މަތިން ކޮށް ނިންމަން ބޭނުން ނުވާކަން އޭނަގެ ބަހުން އެނގެން އޮތުމުން،
ރުހުމާއި އިޚްތިޔާރާއި ނުލައި ކުރާ މިފަދަ މިމުޢާމަލާތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޞައްޙަ
ނުވާނެކަން އެނގެއެވެ.
4c ވ 2
0
<< O
(ނ) ޤާނޫނުން ވަކި ގޮތަކަށް ކޮންޓްރެކްޓެއް ކުރުމަށާއި ވަކި ގޮތަކަށް އެކޮންޓްރެކްޓް ނުވަތަ
ޢަޤުދު އޮތުން ލާޒިމުކޮށް ވަކިގޮތެއް ކަނޑައަޅާފައިވާ ބާވަތް ތަކުގެ ކޮންޓްރެކްޓު ޢަޤުދު ކުރުމުގައި ޢަމަލު
ކުރެވޭ ޢާންމު އުޞޫލު ތަކަށް ބަލާއިރު، ކޮންޓްރެކްޓެއް ކުރުމަށް އޭގައި ހިމެނޭ ބައިވެރިން
އެއްބަސްވެފައިވީ ނަމަވެސް އެއެއްބަސްވުން ޤާނޫނީ ޝަރުޢީ ގޮތުން ޢަޤުދު ނުކުރެވޭހާ ހިނދަކު،
އެއެއްބަސްވުމުގެ ކޮންމެ ބައިވެރިއަކަށްވެސް އެ ޢަޤުދު ނުކުރުމަށް ނިންމިދާނެ ކަމާއި، އެހެން ކަމުން
މިމައްސަލާގައި ހިމެނޭ ބިން ވިއްކުމުގެ މުޢާމަލާތަކީ އެމުޢާމަލާތް ޝަރުޢީ ޤާނޫނީ ގޮތުން ޞައްޙަ
މުޢާމަލާތެއް ކަމުގައި ކަނޑައެޅުމަށްޓަކައި، ޝަރީޢަތް މެދުވެރިކޮށް ކުރުން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު
ލާޒިމްކޮށްފައިވާ މުޢާމަލާތެއް ކަމަށްވެފައި، ބިން ވިއްކުމަށް އެއްބަސްވުމެއް ވެވުނު ކަމުގައިވީނަމަވެސް
އެއްބަސްވުން ކޮންޓްރެކްޓެއްގެ ނުވަތަ ޢަޤުދެއްގެ ގޮތުގައި ޤާނޫނީގޮތުން ބެލެވޭނީ، އެއެއްބަސްވުމުގައި
ބަޔާން ކުރެވިފައިވާ މުޢާމަލާތް ޝަރީޢަތް މެދުވެރިކޮށް ކުރުމުން ކަމަށްވުމާއިއެކު، އެމުޢާމަލާތާއިމެދު
ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން، އެމުޢާމަލާތް ކުރިޔަށް ނުގެންދިއުމަށް ނިންމުމަކީ
އެމުޢާމަލާތުގައި ހިމެނޭ ފަރާތް ތަކަށް ލިބިގެންވާ އިޚްތިޔާރެއް ކަމާއި، އެއިޚްތިޔާރުގެ ބޭނުން ކުރުމުގެ
ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ގެއްލުމެއްވާނަމަ ނުވަތަ ވެފައިވާނަމަ އެއީ ވަކި މައްސަލައެއް ކަމާއި،
އެގެއްލުމުގެ ބަދަލު ހޯދުމަށް އެދުމަކީ އެގެއްލުމެއް ލިބޭ ފަރާތެއްގެ ޙައްޤެއްކަން އެނގެއެވެ.
އެއާއެte
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
4
2008/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޗ
(ރ) އާދަމް އިސްމާޢީލްގެ އަތުން މުޙައްމަދު ޙުސައިން އަނބުރާ ދައްކާ ގޮތަށްނެގި -/102,500
(އެއްލައްކަ ދެހާސް ފަސްސަތޭކަ ރުފިޔާ) ނުދެއްކި ވަނިކޮށް، 19 ނޮވެމްބަރ 2003 ގައި ނެގި
އިތުރު -/
31,000ރ. (އެއްތިރީސްހާސް ރުފިޔާ) އާއި އެކު ޖުމްލަ -/
133,500ރ. (އެއްލައްކަ ތިރީސް
ތިންހާސް ފަސްސަތޭކަ ރުފިޔާ) ގެ ބަދަލުގައި، މ. ގޮގްރެސްމާގެއާގެއިން މުޙައްމަދު ޙުސައިނަށް ލިބިފައިވާ
306 އަކަފޫޓުގެ ބިމާއި އެބިމުގައިވާ އެންމެހައި ތަންތަނާއި ތަކެތި އާދަމް އިސްމާޢީލަށް ދީ މިދިން
ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނިކޮށް، ތަފާތު އެކި ތާރީޚުގައި އެކު ޖުމްލަ -/38,000ރ.
(ތިރީސް އަށްހާސް ރުފިޔާ) އާދަމް އިސްމާޢީލަށް ދައްކާފައިވާ ކަން ދެފަރާތުގެ ބަހުން އެނގެން އޮވެފައި،
މ. ގޮގްރެސްމާގެއާގެއިން އާދަމް އިސްމާޢީލަށް ދީފައިވާ ކަމަށް ބުނާ 306 އަކަފޫޓުގައި ހިމެނޭ
ޢިމާރާތް ތަކުގެ ކުއްޔަކީ -/2500ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ) ކަން އާދަމް އިސްމާޢީލްގެ ބަހުން
އެނގެން އޮތް އިރު، މުޙައްމަދު ޙުސައިން ދައްކާފައިވާ ފައިސާ އަކީ އެތަނުގެ ކުލި ކަމަށް އާދަމް
އިސްމާޢީލް ބުނެފައިވީނަމަވެސް ފައިސާ ދައްކާފައިވާ ޢަދަދަށް ބަލާއިރު އެފައިސާއަކީ ކުލީގެ ފައިސާކަމަށް
ބެލެވެން ނެތުމުގެ އިތުރުން، އެފައިސާއަކީ އާދަމް އިސްމާޢީލްގެ އަތުން މުޙައްމަދު ޙުސައިން އަނބުރާ
ދައްކާ ގޮތަށް ނަގާފައިވާ ފައިސާ ދެއްކުމުގެ ގޮތުން ދައްކަމުންދާ ފައިސާއެއްކަން މުޙައްމަދު ޙުސައިންގެ
ބަހުން އެނގެން އޮތުމުން އާދަމް އިސްމާޢީލްގެ އަތުން މުޙައްމަދު ޙުސައިން ނަގާފައިވާ ފައިސާއަކީ ބިމުގެ
މުޤާބިލުކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތް ކުރުމުން، މަދަނީކޯޓުގެ ނަންބަރު
2008/MC/644 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރި އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2008/HC-A/275
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެކް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު، މަދަނީކޯޓުގެ
ނަންބަރު 2008/MC/644 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އުޞޫލުތަކާއި އެއްގޮތަށް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ހުރިހާ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގައި މަދަނީކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދު
ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އަ
އާދަމް މުޙައްމަދު ޢަބްދު
ޢަބްދު ޙަމީދު
ފަނޑިޔާރު
އަޙްމަދު ޝަރީފް ޢަލީ
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ވާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes