ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/05 ޤަޟިއްޔާގެ ޙުކުމް
2009/HC-A/05
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓު
• ޤަޟިއްޔާ ނަންބަރ: 05/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުލްޙަމީދު ޔޫސުފް
އައިޑީ ކާޑު ނަންބަރު: 037876-A
ދާއިމީ އެޑްރެސް: މ.މުލައްމާގެ
މިހާރުގެ އެޑްރެސް: މ. މުލައްމާގެ
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްޢަޒީޒް ޔޫސުފް
ދާއިމީ އެޑްރެސް: ބޯށިމާގެ{ ބ.އޭދަފުށި
ކާޑުނަންބަރު: 043355-A
* މިހާރުގެ އެޑްރެސް: ބޯށިމާގެ/ ބ.އޭދަފުށި
0
• ރަޖިސްޓްރީ ތާރީޚް: 02 މުޙައްރަމް 1438
07 ޖެނުއަރީ 2009
* ނިމުނު ތާރީޚް: 20 ޛުލްޙިއްޖާ 1432
2i ނޮވެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: މަދަނީކޯޓުގެ ނަންބަރު: 2007/MC/716
ނިންމެވި ފަރާތް: މަދަނީކޯޓް
މައްސަލައިގެ ބާވަތް: ދޯނި ރަޖިސްޓްރީ ބަދަލުކުރުން
• ހުށަހެޅި ތާރީޚް: 08.05.2007
، ނިމުނު ތާރީޚް: 17.11.2008
• މައްސަލަ ބެއްލެވި ފަނޑިޔާރުންi
ފަނޑިޔާރު އަޒްމިރާލްދާ ޒާހިދު
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
ހައިކޯޓް
މައިޒާ
ދިވެހިރާއްޖެ
2
2009/HC-A605
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ
ޢުޞޫލަކާ ޚިލާފަށްކަމަށް ބުނެ މ.މުލައްމާގެ މާލެ ޢަބްދުލްޙަމީދު ޔޫސުފްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުމަށްއެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި
އިސްތިއުނާފް ރައްދުވީ ބ.އޭދަފުށި(ބޯށީމާގެ ޢަބްދުލްޢަޒީޒު ޔޫސުފްއަށެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1) އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާގައި
މ.މުލައްމާގެ/މާލެ ޢަބްދުލްޙަމީދު ޔޫސުފް ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް ކަނޑުގައި ދުއްވާ އުޅަނދެއް
އުފެއްދުމަށް ޤަސްދުކޮށް ފައިސާއާއި ތަކެތި ދިނުމުން މިއުޅަނދު ބަނދެދިނުމުގެ މަސައްކަތާއި ޙަވާލުވެ،
މަސައްކަތް ހިންގައި ދިނުމަށް ޢަބްދުލްޙަމީދު ޔޫސުފްގެ ބޭބެ، ބ.އޭދަފުށި ބޯށިމާގެ ޢަބްދުލްޢަޒީޒު ޔޫސުފްއާއި
ވާހަކަ ދައްކައި ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި އޮޑީ ނަންބަރު ނަގައިގެން، ޢަބްދުލްޙަމީދު ޔޫސުޕްގެ
ތަކެއްޗާއި، ފައިސާ ދީގެން ދޯނި ބަނދެ، މިދޯނީގެ ރަޖިސްޓަރީ ޢަބްދުލްޙަމީދު ޔޫސުފް ބޭނުންވާ ކޮންމެ
ހިނދެއްގައި ޢަބްދުލްޙަމީދު ޔޫސުފްގެ ނަމަށް ބަދަލުކުރާ ގޮތަށް ވަގުތީ ގޮތުން ޢަބްދުލްޙަމީދު ޔޫސުފްގެ ބޭބެ
ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ (ރަޖިސްޓަރީ ނަންބަރު F-06-602.0-10) (މިހާރު
ރަޖިސްޓަރީ ނަންބަރު P
-
1768A
-
04-10
-
F) "ހަދިޔާ" ދޯންޏަކީ ޢަބްދުލްޢަޒީޒު ޔޫސުފްގެ ފައިސާއާއި
ތަކެތީގައި އުފައްދާފައިވާ ދޯންޏެއްކަމަށް ޢަބްދުލްޢަޒީޒު ޔޫސުފް ބުން، މި ދޯނީގެ ރަޖިސްޓަރީ ޢަބްދުލްޙަމީދު
ޔޫސުފްގެ ނަމަށް ބަދަލު ކުރުމަށް ޢަބްދުލްޢަޒީޒު ޔޫސުފް މިހާރު އިންކާރުކުރާތީ، މި އުޅަނދުގެ ރަޖިސްޓަރީ
ޢަބްދުލްޙަމީދު ޔޫސުފްގެ ނަމަށް ބަދަލުކުރުމަށްއެދި، ޢަބްދުލްޢަޒީޒު ޔޫސުފްގެ މައްޗަށް ޢަބްދުލްޙަމީދު ޔޫސުފް
ހުށަހެޅުމުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "... ބ.އޭދަފުށި އަޒުމް (ބ.އޭދަފުށި ބޯށިމާގެ)
ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ރަޖިސްޓަރީ ނަންބަރު P
-
1768A
-
04-10
-
F
"ހަދިޔާ" ދޯންޏަކީ މ.މުލައްމާގެ މާލެ ޢަބްދުލް ޙަމީދު ޔޫސުފް ފައިސާއާއި، ތަކެތި ދީގެން ބަނދެ، އިންޖީނު
އެޅުމަށްފަހު، ޢަބްދުލްޙަމީދު ޔޫސުފް އެދުމުން ޢަބްދުލްޙަމީދު ޔޫސުފްގެ ނަމަށް ރަޖިސްޓަރީ ބަދަލުކުރާޖޭq
ދިވެހިރާއްޖޭގެހައިކޯޓް، އްބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުވެސް ރިޕޯޓް
2009/HC-A/05
ބަދަލުކުރުމަށް
ވަގުތީ ގޮތުން ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި އޮޑީ ނަންބަރު ނަގައި، އޭނާގެ އަމިއްލަ މަސައްކަތުން
ފައިސާއާއި، ތަކެތި ހޯދައިގެން ބަނދެ އުފައްދާ، އޭނާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ދޯންޏެއްކަމަށްބުނެ،
ޢަބްދުލްޙަމީދު ޔޫސުފް ހުށަހަޅާފައިވާ ދަޢުވާގެ އަސްލަށް ޢަބްދުލްޢަޒީޒު އިންކާރުކޮށްފައިވާތީ، ޢަބްދުލްޙަމީދު
ޔޫސުފްގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންވެސް މި ދަޢުވާ ޝަރީޢަތަށް
ސާބިތުނުވާތީ، ޢަބްދުލްޙަމީދު ޔޫސުފް ހުށަހަޅާފައިވާ ގޮތަށް، ބ.އޭދަފުށި އަޒުމް (ބ.އޭދަފުށި ބޯށިމާގެ)
ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ރަޖިސްޓަރީ ނަންބަރު P
-
1768A
-
04-10
-
F
"ހަދިޔާ" ދޯނީގެ ރަޖިސްޓަރީ ޝަރުޢީ ހަމަތަކުގެ މަތިން ޢަބްދުލްޙަމީދު ޔޫސުފްގެ ނަމަށް
ކަނޑައެޅޭނެތަނެއް ނެތްކަމަށް މ.މުލައްމާގެ/މާލެ ޢަބްދުލްޙަމީދު ޔޫސުފަށް އަންގައި.." މިގޮތުގެމަތިންކަން އެ
ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.
2) މަދަނީކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މ.މުލައްމާގެ/މާލެ ޢަބްދުލް ޙަމީދު ޔޫސުފްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 4 (ހަތަރު) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ރަޖިސްޓަރީ ނަންބަރު P
-
1768A
-
04-10
-
F "ހަދިޔާ"
ހިންޏަކީ ޢަބްދުލްޙަމީދު ޔޫސުފްގެ ފައިސާއިން އުފައްދާފައިވާ ޢަބްދުލްޙަމީދުގެ މުދަލެއްކަން
ބިތުވާއިރުވެސް އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
ދެވަނަ ނުކުތާއަކީ، ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި ދޯނި ރަޖިސްޓަރީ
ކުރެވިފައިވަނީ އަމާނާތެއްގެ ގޮތުން ކަމަށް ސާބިތުވާން އޮތްއިރުވެސް އެކަމަށް ރިޢާޔަތް ނުކުރައްވާ
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، އިސްލާމީ ޝަރީޢަތުގައިވެސް މިލްކުވެރިކަމުގެ ހައްޤުގެ
ދެބާވަތް ކަމުގައިވާ ލީގަލް އޯނަރޝިޕް އަދި އެކުއިޓަބަލް އޯނަރޝިޕްއަކީ ޤަބޫލުކުރެވޭ އަދި
ތަންފީޒުކޮށްދެވޭ
ދެބާވަތުގެ މިލްކުވެރިކަން ކަމުގައިވާއިރު އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2[09HC-A/5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
• ހަތަރުވަނަ ނުކުތާއަކީ، މިމައްސަލައާއި ގުޅިގެން ނަގާފައިވާ ހެކިބަސްތަކަށް ރިޢާޔަތް
ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި، މިމައްސަލައާއި ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާއި ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) "ހަދިޔާ" ދޯނި ބަނުމަށްޓަކައި ނަގަން ޖެހޭ އޮޑީ ނަންބަރު ނަގާފައިވަނީ ޢަބްދުލްޢަޒީޒު
ޔޫސުފްގެ ނަމުގައިކަމާއި، އަދި ފުރަތަމަ "ހަދިޔާ" ދޯނި ރިޔާ އުޅަނދެއްގެ ގޮތުގައި
ރަޖިސްޓަރީކޮށްފައިވަނީ ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައިކަމާއި، އޭރުގެ ރަޖިސްޓަރީ
ނަންބަރަކީ (S
-
5407
(
10
-
F ކަމާއި، އަދި އިސްވެބަޔާންކުރެވުނު ދޯނި އިންޖީނުލީ
އުޅަނދަކަށް ބަދަލުވުމުން، އިސްވެބަޔާންކުރެވުނު ރަޖިސްޓަރީ ބާޠިލުކުރައްވާފައި، އެ
އުޅަނދަށް ނަންބަރު (F-10) 03-6020 ރަޖިސްޓަރީ 21 ޖުލައި 1998 ގައި މިނިސްޓްރީ
އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި ހައްދަވާ
ދެއްވާފައިވާކަމާއި، އަދި "ހަދިޔާ" ދޯނިން ކުރާ ބޭނުން ބަދަލުވުމާއި ގުޅިގެން މިރަޖިސްޓަރީ
ފަހުން ބާޠިލުކުރައްވާފައި 14 ޖޫން 1999 ގައި ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި ނަންބަރު
(F-10) 06-6020 ރަޖިސްޓަރީ ދޫކުރައްވާފައިވާކަމާއި، ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި
މި ދޯނި ރަޖިސްޓަރީ ކުރެވިފައިވަނިކޮށް 25 އޯގަސްޓް 2002 ގައި ޢަބްދުލްޙަމީދު ޔޫސުފްގެ
ނަމަށް "ހަދިޔާ" ދޯނީގެ ރަޖިސްޓަރީ ބަދަލުކުރެވިފައިވާކަމާއި، އަދި ޢަބްދުލްޙަމީދު ޔޫސުފްގެ
ނަމުގައި ހަދާފައިވަނީ ނަންބަރު (1768A
-
02
(
10
-
T ރަޖިސްޓަރީކަމާއި، މި
ރަޖިސްޓަރީވެސް ބާޠިލުކުރައްވާފައި 4 އޮކްޓޯބަރ 2006 ގައި "ހަދިޔާ" ދޯނީގެ ފަސްވަނައަށް
ހެދުނު ރަޖިސްޓަރީ ހައްދަވާދެއްވާފައިވަނީ އަނެއްކާވެސް ޢަބްދުލްޢަޒީޒު ޔޫސުފްގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
2009/HC-A/05
ނަމުގައިކަމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަނުން ޢަބްދުލްޢަޒީޒު
ޔޫސުފްއަށް ދޫކުރައްވާފައިވަނީ ނަންބަރު (Pl768A
-
04
(
10
-
T ރަޖިސްޓަރީކަން އެނގެއެވެ
(ނ) "ހަދިޔާ" ދޯންޏަކީ ޢަބްދުލްޙަމީދު ޔޫސުފް ފައިސާއާއި ތަކެތި ދިނުމުން ޢަބްދުލްޢަޒީޒު
ޔޫސުފް މި އުޅަނދު ބަނދެ ދިނުމުގެ މަސައްކަތާއި ޙަވާލުވެ އެ މަސައްކަތް ހިންގައިދިން
ފަރާތް ކަމުގައި ޢަބްދުލްޙަމީދު ޔޫސުފް ބުނެފައިވާއިރު ޢަބްދުލްޙަމީދު ޔޫސުފްއާއި ޢަބްދުލްޢަޒީޒު
ޔޫސުފްގެ މަންމަ ބ.އޭދަފުށިބޯށިމާ އާމިނަތު އިސްމާޢީލް ކޯޓަށް ދީފައިވާ ހެކިބަސް މަދަނީ
ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ 5 ވަނަ
ނުކުތާގައި ފާހަގަކުރައްވާފައިވާ ކަމާއި، "ހަދިޔާ" ދޯނި ބަނދެފައިވަނީ ޢަބްދުލްޙަމީދު ޔޫސުފް
ފައިސާއާއި ތަކެތި ފޮނުވުމުން ޢަބްދުލްޢަޒީޒު ޔޫސުފްކަމަށާއި، އެހެންނަމަވެސް ޢަބްދުލްޙަމީދު
ޔޫސުފް ފައިސާ ފޮނުވާކަން އެނގެނީ އާމިނަތު އިސްމާޢީލްގެ އަންހެން ދަރިފުޅު މަރްޔަމް
ކައިރީގައި ޢަބްދުލްޢަޒީޒު ޔޫސުފް އެވާހަކަ ބުންޓޭ ކިޔާފައި މަރްޔަމް، އާމިނަތު އިސްމާޢީލް
ކައިރީ ބުނުމުންކަމާއި، މިއިން އެއްވެސް ކަމެއް އާމިނަތު އިސްމާޢީލްގެ ހާޟިރުގައި
ހިނގާފައިނުވާކަން މަދަނީ ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން
އެނގެއެވެ.
(ނ) މަދަނީ ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގެ 6 ވަނަ ނުކުތާގައި ޢަބްދުލްޢަޒީޒު ޔޫސުފްއާއި ޢަބްދުލްޙަމީދު ޔޫސުފްގެ އެއްބަނޑު
އެއްބަފާ ބ.އޭދަފުށި/އަންނާރުމާގެ ޙަސީން ޔޫސުފް ދީފައިވާ ހެކިބަހަށް ރިޢާޔަތް
ކުރައްވާފައިވާކަމާއި، "ހަދިޔާ" ދޯންޏަކީ ޢަބްދުލްޙަމީދު ޔޫސުފް ފައިސާއާއި ތަކެތި
ފޮނުވައިގެން ޢަބްދުލްޢަޒީޒު ޔޫސުފް ބަނދެފައިވާ ދޯންޏެއްކަމަށް ޙަސީނާ ޔޫސުފް
ބުނެފައިވީނަމަވެސް، ޙަސީނާ ޔޫސުފްއަށް އެކަން އެނގޭ ގޮތަކީ ޢަބްދުލްޙަމީދު ޔޫސުފް
ބ.އޭދަފުއްޓަށް ދިޔަ ފަހަރެއްގައި ޙަސީނާ ޔޫސުފްގެ ގެއަށްގޮސް ޢަބްދުލްޙަމީދު ޔޫސުފް
ދޯންޏެއް ބަންނަން އުޅޭ ވާހަކަ ދައްކާފައިވާކަމާއި، އަދި މިކަމުގައި ޙަސީނާ ޔޫސުތްވޭސް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤައްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2009/HC-A/05
ބައެއް ކަންތައްތައް ކޮށްދޭންވާނެއޭ ބުނެފައިވާކަމާއި އެހެންނަމަވެސް
މި
ވާހަކަ ދެއްކިއިރު
އިތުރު ބަޔަކު އެތަނުގައި ނެތްކަމަށް ފާހަގަކުރައްވާފައިވާކަމާއި، އަދި މީގެ އިތުރުން ޙަސީނާ
ޔޫސުފްގެ މަންމައާއި ދައްތަމެން އެކަހަލަ ވާހަކަ ދައްކާ އަޑުއިވުން ފިޔަވައި އެހެން ކަމެއް
ނޭނގޭކަމަށް ބުނެފައިވާކަން މަދަނީ ކޯޓުން ފާހަގަކުރައްވާފައިވާކަން އެނގެއެވެ.
4 22
1u
(ރ) މަދަނީ ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގެ 7 ވަނަ ނުކުތާގައި ޢަބްދުލްޢަޒީޒު ޔޫސުފްއާއި ޢަބްދުލްޙަމީދު ޔޫސުފްގެ އެއްބަނޑު
އެއްބަފާ ބ.އޭދަފުށީ ބޯށިމާގޭ މަރްޔަމް ޔޫސުފް ދީފައިވާ ހެކިބަހަށް ރިޢާޔަތްކުރައްވާފައިވާކަމާއި،
އެގޮތުން، "ހަދިޔާ" ދޯންޏަކީ ޢަބްދުލްޙަމީދު ޔޫސުފް ފައިސާއާއި ތަކެތި ފޮނުވައިގެން
ޢަބްދުލްޢަޒީޒު ޔޫސުފް ބަނދެފައިވާ ދޯންޏެއްކަމަށް މަރްޔަމް ޔޫސުފް ބުނެފައިވާކަމާއި އަދި
މަރްޔަމް ޔޫސުފްއަށް މިކަން އެނގޭ ގޮތަކީ މިދޯނި ބަނުމަށް ފައިސާއާއި ތަކެތި ފޮނުވަނީ
އަބްދުލްޙަމީދު ޔޫސުފްކަމަށް ޢަބްދުލްޙަމީދު ޔޫސުފް އާއި ޢަބްދުލްޢަޒީޒު ޔޫސުފް ބުނުމުން
ކަމަށާއި އަދި ލޯނު ފައިސާ ދައްކާނީވެސް ޢަބްދުލްޙަމީދު ޔޫސުފްކަމަށް ޢަބްދުލްޙަމީދު ޔޫސުފް
މަރްޔަމް ޔޫސުފް ކައިރީގައި ބުނެފައިވާކަމާއި އަދި ލޯނު ފައިސާ ދައްކާ ނިމުމުން އެވާހަކަ
ޢަބްދުލްޙަމީދު ޔޫސުފް މަރްޔަމް ޔޫސުފް ކައިރީގައި ބުނިކަމަށާއި، އަދި ބ. އޭދަފުށީ
ބޯށިމާގޭގައި ޢަބްދުލްޙަމީދު ޔޫސުފްއާއި ޢަބްދުލްޢަޒީޒު ޔޫސުފް އާއި މަރްޔަމް ޔޫސުފްއާ
ތިންމީހުންގެ ޙާޟިރުގައި ދޯންޏެއް ބަންނަ ވާހަކަ ދެއްކިކަމަށް މަރްޔަމް ޔޫސުފް ބުނިބުނުން
މަދަނީ ކޯޓުން ފާހަގަކުރައްވާފައިވާކަން އެނގެއެވެ.
(.) މަދަނީ ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގެ 8 ވަނަ ނުކުތާގައި ޢަބްދުލްއަޒީޒު ޔޫސުފްއާއި ޢަބްދުލްޙަމީދު ޔޫސުފްގެ އެއްބަނޑު
އެއްބަފާ ބ. އޭދަފުށީ ފުއްޓަރު މުޙައްމަދު ވަދީޢު ދީފައިވާ ހެކިބަހަށް ރިޢާޔަތް ކުރައްވާފައިވާ
ކަމާއި، އެގޮތުން ޢަބްދުލްޙަމީދު ޔޫސުފް ފައިސާ ފޮނުވާފައިވަނީ ދޯންޏެއް ބަނުމުގެ
ނިޔަތުގައިކަން ބުނެފައިވާކަމާއި، އެހެންނަމަވެސް ހަދިޔާ ދޯނީގެ ރަޖިސްޓަރީ ޢަބްދުލްޢަޒީޒުއި
ދިވެހިރާއްޖޭގެހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުވެސް ރިޕޯޓް
2009}HC-A/05
ޔޫސުފްގެ ނަމުގައި ރަޖިސްޓަރީ ކުރާ ގޮތަށް ހަމަޖައްސާފައިވަނީ މުޙައްމަދު ވަދީޢުއަށް
ހީވާގޮތުން ޢަބްދުލްޙަމީދު ޔޫސުފްގެ ރަޖިސްޓަރީ އޮންނަނީ މާލެ ދަފްތަރުގައިކަމަށް ވެފައި،
ޢަބްދުލްޢަޒީޒު ޔޫސުފަކީ ބ. އޭދަފުށީ މީހެއްކަމުން އޮފް މޯލްޑިވްސް ގެ ޅ. ނައިފަރު
ބްރާންޗުން ލޯނު ނަގަން ފަސޭހަ ވާނެތީކަމަށް ބުނެފައިވާ ބުނުމަށް ރިޢާޔަތް ކުރައްވާފައިވާކަން
އެނގެއެވެ.
844
ބޭންކު
(ށ) މަދަނީ ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގެ 9 ވަނަ ނުކުތާގައި މ. އެންޑްލަސް މާލެ އަޙްމަދު ޒާހިރުގެ ހެކިބަހަށް ރިޢާޔަތް
ކުރައްވާފައިވާ ކަމާއި، އަދި މައިގަނޑު ގޮތެއްގައި ޢަހްމަދު ޒާހިރު ބުނެފައިވަނީ ޢަބްދުލްޙަމީދު
ޔޫސުފް ފައިސާ ނަގައިގެންގޮސް ދޯނީ ބަނުމަށް ބޭނުންވާ ތަކެތި ގަންނަން އުޅޭއިރު
ޢަބްދުލްޙަމީދު ޔޫސުފާއި އެކުގައި ދާކަމަށާއި އަދި ވަޑިންނަށް މުސާރަ ދިނުމަށް ޢަބްދުލްޙަމީދު
ޔޫސުފްގެ ރައްޓެއްސެއްގެ އަތަށް ފައިސާ ދިންކަން އެނގޭކަމާއި، ނަމަވެސް އެމީހާއަކީ
ކުކަން ނޭނގޭކަން ބުނެފައިވާކަމާއި، އަދި "ހަދިޔާ" ދޯނި ބަނުމަށް ލޯނު ނެގީ ކާކުގެ
ނަމުގައިކަން ނޭނގޭކަން ބުނެފައިވާ ބުނުމަށް މަދަނީ ކޯޓުން ރިޢާޔަތް ކުރައްވާފައިވާކަން
އެނގެއެވެ.
t
(ކ) "ހަދިޔާ" ދޯނީގެ އެންމެ ރަޖިސްޓަރީއެއް ފިޔަވައި އެހެން ހުރިހާ ރަޖިސްޓަރީއެއް
ހެދިފައިވަނީ ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައިކަމާއި، ޢަބްދުލްޙަމީދު ޔޫސުފްގެ ނަމުގައި ހެދުނު
ނަންބަރު (1768A
-
02
(
10
-
T/ ރަޖިސްޓަރީ ބާޠިލުކޮށް ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމަށް
"ހަދިޔާ" ދޯނީގެ ރަޖިސްޓަރީ ބަދަލުކުރުމަށް އަންގަވައި މަދަނީ ކޯޓުގެ ނަންބަރު
2006/MC/609 ޤަޟިއްޔާއިން ޙުކުމްކުރައްވާފައިވާކަމާއި އެ ޙުކުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 164/HC
-
A/2006 ޤަޟިއްޔާއިން ތާޢީދު ކޮށްފައިވާކަމާއި، މަދަނީ
ކޯޓުގެ ނަންބަރު 2006/MC/609 ޤަޟިއްޔާއިން ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމަށް "ހަދިޔާ"
ދޯނީގެ ރަޖިސްޓަރީ އަނބުރާ ބަދަލު ކުރުމަށް ޙުކުމް ކުރައްވާފައިވާ ސަބަބަކީ ޢަބް
ޢަބްދުލްޙަމީދު
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް ރިޕޯޓް
2009/HC-A/05
3
އއ ވ xއ
ޔޫސުފްގެ ނަމަށް "ހަދިޔާ" ދޯނީގެ ރަޖިސްޓަރީ ބަދަލު ކުރުމަށްޓަކައި މިނިސްޓްރީ އޮފް
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހުށަހަޅާފައިވާ "ކަނޑުގެ އުޅަނދުގެ
ރަޖިސްޓަރީއަށް އެދޭ ފޯމު" ގައި ރަޖިސްޓަރީ ބަދަލުކުރުމާމެދު އިޢުތިރާސެއް ނެތްކަމަށް ބުނާ
ކޮލަމުގައި ކޮށްފައިވާ ސޮޔަކީ ޢަބްދުލްޢަޒީޒު ޔޫސުފްގެ އައި.ޑީ ކާޑުގައި ކޮށްފައިވާ ސޮޔާއި
އެއްގޮތަށް
ކޮށްފައިވާ ސޮޔެއްކަމަށް ނުވާތީއާއި އެފޯމުގައި ޢަބްދުލްޢަޒީޒު ޔޫސުފް
ސޮއިކޮށްދީފައިވާކަން ޝަރީޢަތަށް ސާބިތުނުވާތީވެކަން އެނގެން އޮވެފައި، ޤާނޫނު ނަންބަރު
24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވާގޮތުން، ޝަރީޢަތުން ނުވަތަ ޤާނޫނުން
ލިޔުމެއް އޮތުން ލާޒިމު ކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެލިޔުމެއް ކަމުގައި
ޔާންކޮށްފައި އޮވެފައި، ޤާނޫނު ނަންބަރު 69/78 (ކަނޑުގައި ދުއްވާ އުޅަނދުތައް
ދުއްވުމާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ ކަނޑުގައި ދުއްވާ
އުޅަނދުތައް ދިވެހިރާއްޖޭގެ ސިޔާސީ ސަރަޙައްދު ތެރޭގައި ދުއްވަންވާނީ ކަމާއިބެހޭ ވުޒާރާގައި
އެއުޅަނދު ރަޖިސްޓަރީ ކޮށްގެންކަމަށް ބަޔާންކޮށްފައިވީހިނދު، ހަދިޔާ ދޯނި އެންމެ ފުރަތަމަ
އުފެއްދި ތާރީޚުން ފެށިގެން ރަޖިސްޓަރީ ކޮށްފައިވަނީ އަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި ކަމާއި
މިދޯނި އަބްދުލްޙަމީދު ޔޫސުފްގެ ނަމުގައި ރަޖިސްޓަރީކޮށްފައިނުވާ ސަބަބުތައް
ސާބިތުކޮށްދިނުމަށްޓަކައި އަބްދުލްޙަމީދު ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ
ދެކިބަހަށް ރިޢާޔަތް ކުރާއިރު، ޢަބްދުލްޙަމީދު ޔޫސުފް ދޯންޏެއް ބަންނަން ޤަސްދުކުރިކަމާއި އަދި
"ހަދިޔާ" ދޯނި ބަންނަން ފެށުމުން ފައިސާއާއި ތަކެތި ދީފައިވާކަމަށް ބުނާ ބުނުން ފިޔަވާ
މިކަމާބެހޭގޮތުން އިތުރު ތަފްޞީލެއް އެއްވެސް ރެކިދިން މީހަކަށް ދެވިފައިނުވާކަމާއި، އަދި
މިގޮތުން ހެކިންގެ ހެކިބަހުން ޢަބްދުލްޙަމީދު ޔޫސުފް "ހަދިޔާ" ދޯނި އުފެއްދުމަށްޓަކައި
ޚަރަދުކޮށްފައިވާކަން ބުނާކަމާއި، އެހެންނަމަވެސް ޚަރަދުކުރި އަދަދާއި، އަދި ޚަރަދުކުރިއިރު
ޢަބްދުލްޢަޒީޒު ޔޫސުފްގެ މައްޗަށް ދޯނި އަނބުރާ ޢަބްދުލްޙަމީދު ޔޫސުފްގެ ނަމުގައި ރަޖިސްޓަރީ
ކުރުމަށް ލާޒިމު ކުރިކަން ނުވަތަ ޝަރުތުކުރިކަން އެނގޭ
ހުށަހެޅިފައިނުވާކަމާއި، ޢަބްދުލްޙަމީދު ކުޔޫސުފް މަދަނީ ކޯޓަށް ހުށަހަޅާފައިވާ ބޭންކް އޮފް
މޯލްޑިވްސްގެ ސްލިޕްތަކުގެ ކޮޕީއިން، ލޯނަށް ފައިސާ ދައްކާފައިވަނީ ޢަބްދުލްޙަމީދު ޔޫސުފްކަން
04 04
884
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2009/HC-A/05
.
އެނގެން ނެތްކަމާއި، ޢަބްދުލްޙަމީދު ޔޫސުފާއި ޢަބްދުލްޢަޒީޒު ޔޫސުފާއި ދެމީހުން ހިމެނޭ މަދަނީ
ކޯޓުގެ ނަންބަރު 2004/MC/1679 ޤަޟިއްޔާއާއި އެ ޤަޟިއްޔާއަށް ތާޢީދުކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 06/HC
-
A/2006 ޤަޟިއްޔާގެ "އިނާމް" ދޯނީގެ
މިލްކުވެރިކަމުގެ މައްސަލައިގައި، މި ޤަޟިއްޔާގައިވާ "ހަދިޔާ" ދޯނީގެ މައްސަލައާ ޚިލާފަށް،
"އިނާމް" ދޯނި ޢަބްދުލްޢަޒީޒު ޔޫސުފްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، އެ
މައްސަލައިގައި ހުށަހެޅުނު ޝަފަހީ ހެކީގެ އިތުރުން "F-06-6850-10 "އިނާމް" (4
ސިލިންޑަރގެ "ޔަންމާ" އިންޖީނުލީ) ސަތަރި ދޯންޏާ ބެހޭ (މަޢުލޫމާތު އަންގައިދޭ) ލިޔުން"
އާއި، ޢަބްދުލްޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް
ޓްރާންސްފަރ ސްލިޕްތަކުން ޢަބްދުލްޙަމީދު ޔޫސުފް ޢަބްދުލްޢަޒީޒު ޔޫސުފަށް ފައިސާ
ދައްކާފައިވާކަން އެނގެން އޮވެފައި، އެ މައްސަލައިގައި ޢަބްދުލްޙަމީދު ޔޫސުފްގެ ދަޢުވާއަށް
ބާރުލިބޭ ގޮތަށް ޢަބްދުލްޢަޒީޒުގެ ބަހުންވެސް އެއް ޤަރީނާއަށްވުރެ ގިނަ ޤަރީނާ ޝަރީޢަތަށް
ލިބިފައިވުމުން، އެ މައްސަލައިގައި ޢަބްދުލްޙަމީދު ޔޫސުފްގެ ދަޢުވާ ސާބިތުވީކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާކަން ފާހަގަކުރެވޭކަމާއި، "އިނާމް" ދޯނީގެ މައްސަލައާއި
ޚިލާފަށް "ހަދިޔާ" ދޯންޏަކީ ޢަބްދުލްޢަޒީޒުގެ މިލްކެއްކަމަށް ނަފީކުރެވޭވަރުގެ ހެއްކާއި ޤަރީނާ
ޢަބްދުލްޙަމީދު ޔޫސުފްއަށް ހުށަހެޅިފައިނުވާކަމެވެ.
43
ވީމާ މަދަނީ ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާގައި ޢަބްދުލްޙަމީދު ޔޫސުފްގެ ފަރާތުން
ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާއި އަދި މިނޫންވެސް އެހެނިހެން ލިޔެކިއުންތަކަށް އެކޯޓުން ރިޢާޔަތް
ކުރައްވާފައިވާކަމާއި، ޤާނޫނީ ނުވަތަ ޝަރުޢީ އުސޫލަކާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމުގެ އެއްވެސް
ހުއްޖަތެއް ޢަބްދުލްޙަމީދު ޔޫސުފަށް ދެއްކިފައިނުވާކަން މި މައްސަލަ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލިހަށް
· 44 43
.އި"
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާވެ، ދިވެހިރާއްޖެ، ފޯން3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
ޤައްޔާ ނިމުނުމީ ގޮތުގެ ޚުލާސް ރިޕޯޓް
2009/HC-A/05
ދެންފަހެ އިސްވެ ބަޔާންކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން ހުރުމާއިއެކު،
މަދަނީ ކޯޓުގެ ނަންބަރު 2007/MC/716 ޤަޟިއްޔާގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ.މުލައްމާގެ/މާލެ ޢަބްދުލް ޙަމީދު ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަކީ
ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްނުވެވޭތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ވޯ
ހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
www.highcourt.gov.my en [email protected]