ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/347 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/347
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
| ޤަޟިއްޔާ ނަންބަރ: 347/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޢަލީ މަނިކު
އައިޑީ ކާޑު ނަންބަރު: A051391
* ދާއިމީ އެޑްރެސް: ސޯސަންވިލާ ބ.ކުޑަރިކިލު
*މިހާރުގެ އެޑްރެސް: ސޯސަންވިލާ ބ.ކުޑަރިކިލު
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
ތަދައްޚުލުކުރުވި ފަރާތް:
*
* ނަން: ޤަމީރާ އާދަމް
ކާޑު ނަންބަރު: A002821
ދާއިމީ އެޑްރެސް: ދޫރެސް/ އއ.ތޮއްޑޫ
*މިހާރުގެ އެޑްރެސް: ދޫރެސް/ އއ.ތޮއްޑޫ
އައިޑީ
0
1434
• ރަޖިސްޓްރީކުރެވުނު ތާރީޚް: 07 ޞަފަރު
20 ޑިސެމްބަރ 2012
ނިމުނު ތާރީޚް: 17 ޝަޢުބާން 1436
04 ޖޫން
2015
ox
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2012/Cv
-
C/312
• ނިންމެވި ކޯޓް: ސިވިލް ކޯޓު
•މައްސަލައިގެ ބާވަތް: ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ އިން ނިންމި ނިންމުން ބާތިލްކުރުމަށް
.މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/347
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/312 ޤާޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި ބ.ކުޑަރިކިލު
ސޯސަންވިލާ މުޙައްމަދު ޢަލީމަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ. އަދި މިމައްސަލައަށް އެޑޫ ދޫރެސް ޤަމީރާ އާދަމް ވަނީ ތަދައްޚުލްވެފައެވެ.
ޝިޤާޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އެޓާރނީ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކު
01- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/312 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މުޙައްމަދު ޢަލީމަނިކަށް 01 ޖުލައި 1967 ގައި
ވުޒާރަތުލްމާލިއްޔާއިން ވަރުވާއަށް ލިޔެދެއްވާފައިވާ ބ.އަންހެނުންންފެށި އެވެކިޔާ ފަޅުރަށުގައި
ދަނޑުވެރިކަން ކުރުމަށްޓަކައި އއ.ތޮއްޑޫ ދޫރެސް ޤަމީރާ އާދަމަށް އެރަށް ދިގު މުއްދަތަކަށް ދިނުމަށް
ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ އިން ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުމަށް އެދި
ބ.ކުޑަރިކިލުގެ ސޯސަންވިލާ (ހ.ފިނިފެންމާގެ 2 ވަނަ ފްލޯރ) މުޙައްމަދު ޢަލީމަނިކު
A051391) ގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި ޑިޕާރޓްމަންޓް އޮފް
ނޭޝަނަލް ޕްލޭނިންގ އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް
ދައުވާކޮށް ހުށަހެޅުމުން ބެލުނު
މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިޔުމާއި، ދެފަރާތުން ދައްކާފައިވާ ވާހަކައާއި، ހުށަހެޅިފައިވާ ހެއްކާއި، މައްސަލައިގައި ކަން
ހިނގާފައިވާ ގޮތުގެ
މައްޗަށް ބަލައި، މުޙައްމަދު ޢަލީމަނިކަށް 01 ޖުލައި 1967 ގައި
ވުޒާރަތުލްމާލިއްޔާއިން ވަރުވާއަށް ލިޔެދެއްވާފައިވާ ބ.އަންހެނުންފެށި އެވެކިޔާ ފަޅުރަށުގައި ދަނޑުވެރިކަން
ކުރުމަށްޓަކައި އއ.ތޮއްޑޫގެ ދޫރެސް ޤަމީރާ އާދަމަށް އެރަށް ދިގުމުއްދަތަކަށް ދިނުމަށް ޑިޕާޓްމަންޓް އޮފް
ޕްލޭނިންގ އިން ނިންމާފައިވާ ނިންމުން ބާޠިލްކޮށްދިނުމަށް އެދި ބ.ކުޑަރިކިލުގެ ސޯސަންވިލާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
#
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/347
(ހ.ފިނިފެންމާގެ 2 ވަނަ ފްލޯރ) މުޙައްމަދު ޢަލީމަނިކު (ދ.ރ.ކާޑް: A051391) ގެ ފަރާތުން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ އަށް
ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށްކުޅަ މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
OX
ދަޢުވާކުރާ ފަރާތުގެ މިދަޢުވާ ބިނާކޮށްފައިވަނީ ބ.އަންހެނުންފުށީގައި ދަނޑުވެރިކަން ކުރުމަށްޓަކައި
އެރަށް ދިގު މުއްދަތަކަށް ޤަމީރާ އާދަމަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ އެރަށުގައި ދަނޑުވެރިކަން
ކުރުމުން އަންނަ ފަރާތަކީ ޤާމީރާ އާދަމް ކަމަށް ބަލައިގެންކަމަށާއި، ނަމަވެސް މިކަމަކީ
ޙަޤީޤަތެއްނޫންކަމުން، އެކަމުގެ މައްޗަށް ބަލައިގެން ނިންމި ނިންމުން ބާޠިލްވާނެކަމަށްބުނެ ހުށަހެޅި
ނުކުތާއާއި، އިޢުލާންކޮށްގެން އަދި ޕޮއިންޓް ދޭނެ އުސޫލެއް ކަނޑައެޅިގެން ނޫންގޮތެއްގައި
ބ.އަންހެނުން ފުށީގައި ދަނޑުވެރިކަން ކުރުމަށްޓަކައި އެރަށް ދިގު މުއްދަތަކަށް ޤަމީރާ އާދަމަށް ދިނުމަށް
ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ
(ބ) އާއި ޚިލާފު ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއާއި، އިޢުލާންކޮށްގެން އަދި ޕޮއިންޓް ދޭނެ
އުޞޫލެއް ކަނޑައެޅިގެން ނޫންގޮތެއްގައި ބ.އަންހެނުންފުށީގައި ދަނޑުވެރިކަންކުރުމަށްޓަކައި އެރަށްދިގު
މުއްދަތަކަށް ޤާމީރާ އާދަމަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ޤާނޫނު ނަންބަރު: 2006!3
(ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި ޚިލާފަށް ކޮށްފައިވާކަމެއްކަމަށްބުނެ ހުށަހެޅި ނުކުތާއާއެކު، މި
ނުކުތާގެ
ކަމާއި، މިގޮތުން މިކަންކަމުގެ މައްޗަށް ބެލުމުން،
#
03
ހތދތ ވ2
ނމނގ އއނކުމެM
ޤަމީރާ އާދަމަކީ 2007 ވަނަ އަހަރުން ފެށިގެން ބ.އަތޮޅު އަންހެނުންފެށި އެވެކިޔާ ފަޅުރަށުގައި
ދަނޑުވެރިކަން ކުރަމުންއައި ފަރާތްކަން ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން އެނގެން އޮތަތީއާއި،
'ބ.އަންހެނުންފުށި ބެލެހެއްޓުން ޙަވާލުކުރުމާބެހޭ އެއްބަސްވުން' ގެ ނަމުގައި ދަޢުވާކުރާ މުޙައްމަދު
ޢަލިމަނިކާއި އއ.ތޮއްޑޫ ޗޭނުގެ ޢަލީ ވަޙީދާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްވާކަމާއި، ޤަމީރާ
އާދަމަކީ މިބުނެވުނު ޢަލީ ވަޙީދު ކައިވެނީގެ ގޮތުން ގުޅިގެންހުރި ފަރާތްކަމާއި، ދަޢުވާކުރާ ފަރާތާއި ޢަލީ
ވަޙީދާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ބ.އަންހެނުންފުށީގައި ޤާމީރާ އާދަމް ދަޑުވެރިކަމުގެ
މަސައްކަތްކުރަމުންދާކަމާއި، އަދި މިކަމަކީ ދަޢުވާކުރާ ފަރާތުގެ އެނގުމާއި ފެނުމުގެ ތެރެއިން ހިނގާފައިވާ
ކަންތައްތަކެއްކަން ޚުދު ދަޢުވާކުރާ ފަރާތުން އަމިއްލަ ބަހުން އެނގެން އޮތަތީ، ޤަމީރާ އާދަމް
ބ.އަންހެނުންފުށުގައި ދަނޑުވެރިކަން ކުރަމުންއައިސްފައިވާކަމީ އެކަމުގައި އޮޅުމެއްނެތްގޮތެއްގައި އެނގެން
18
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/347
2 20
އޮތްކަމެއްކަމުގައި ފެންނަން އޮތްހިނދު، އެކަމުގެ މައްޗަށް ބަލައި ބ.އަންހެނުންފުށީގައި
ދަނޑުވެރިކަންކުރުމަށް އެރަށް ދިގު މުއްދަތަކަށް ޤަމީރާ އާދަމަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ
ނިންމުމަކީ ބާޠިލްކަމެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއްކަމުގައި ބެލޭނެ ހަމައެއްނެތްކަމާއި،
ހުށަހެޅުމެއް
ހިދީ c2
ކަމާބެހޭ
ބ.އަންހެނުންފެށި އެވެކިޔާ ފަޅުރަށް ޤަމީރާ އާދަމަށް ކުއްޔަށްދީފައިވަނީ ބ.އަންހެނުންފުށީގައި
ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް އެރަށް ކުއްޔަށް ލިބުމަށް އެދިގެން ޤަމީރާ އާދަމްގެ ފަރާތުން
ހުށަހެޅުމުން، އެހުށަހެޅުމުގެ މައްޗަށް ބެލުމަށްފަހުގައިކަން ހުށަހެޅިފައިވާ
ލިޔެކިޔުމަށް ބެލުމުން އެނގެން އޮތްހިނދު، ރަށުގައި ކުރަންބޭނުންވާ ތަފްޞީލް ރިޕޯޓަކާއެކު
އެރަށަކަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އެރަށެއް
ކުއްޔަށްދެވިދާނެކަން ޤާނޫނު ނަންބަރު: 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ
މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮތުމުން، ފަޅުރަށެއްގައި ކުރަންބޭނުންވާ ކަމަކާބެހޭ ހުށަހެޅުމަކާއެކު
އެރަށަކަށް އެދި ހުށަހެޅުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމާއި، އެގޮތުން ދަޢުވާކުރާ
ފަރާތަކީވެސް އެފުރުޞަތުއޮތް ފަރާތެއްމެ، އެފުރުޞަތުގެ ބޭނުން ޤަމީރާ އާދަމް ހިފައި، ޤަމީރާ އާދަމްގެ
ހުށަހެޅުމަށް ބަލައި، އެކަމަށް ކަނޑައެޅިފައިވާ އުޞޫލަކުން އެރަށް ޤަމީރާ އާދަމަށް ކުއްޔަށްދިނުމަށް
ނިންމި ނިންމުމަކީ ޤާނޫނު ނަންބަރު: 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ
މާއްދާގެ (ނ) ދަށުން އެކަން ކުރެވިދާނެގޮތެއްކަން އެނގެންއޮ އެގޮތުން އެކަންކުރުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ބ) އާއި ޚިލާފުވުމެއްކަމުގައި
ބެލެވެންނެތްކަމާއި،
02 2x 0
ނﷲނއތމނ،
0
<< O
<
މާއްދާގެ (ނ) ގެ ދަށުން ޢަމަލުކުރުމަކީ ޤާނޫނު ނަންބަރު: 25/2010 (ޤާނޫނު ނަންބަރު: 3/2006
(ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައިބުނާ
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން ޢަމަލުކުރުންކަމުގައިވާނޭކަމުން، އެކަމަކީ ޤާނޫނު
ނަންބަރު: 25/2010 (ޤާނޫނު ނަންބަރު: 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ
އިޞްލާޙް ގެނައުމުގެ ޤާނޫނު) އާއި ޚިލާފުވުމެއްކަމުގައި
0422
44 ވ 02
eކމަ،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: !331647)
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/347
އިސްވެ ބަޔާންވެދިޔަ ކަންކަން އެހެނ ހުރުމުން، ބ.އަންހެނުންފެށި އެވެކިޔާ ފަޅުރަށުގައި
ދަނޑުވެރިކަން ކުރުމަށްޓަކައި އއ.ތޮއްޑޫ ދޫރެސް ޤަމީރާ އާދަމަށް އެރަށް ދިގު މުއްދަތަކަށް ދިނުމަށް
ޑިޕާޓްމަންޓް އޮފް ޕްލޭނިންގ އިން ނިންމާފައިވާ ނިންމުން ބާޠިލްކުރާނެތަނެއް ނެތްކަމަސް ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
ecc
02
ޤާނޫނީ ހަމަތަކާ
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/312 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ބ.ކުޑަރިކިލު
ސޯސަންވިލާ މުޙައްމަދު ޢަލީމަނިކުގެ ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ.
2 މ 24
0
ހށްހޅު2ނ
0x 0
ޤާހއަޤްވާ
• ފުރަތަމަ ނުކުތާއަކީ، ރަށެއްގައި "ކުރަންބޭނުންވާ ކަމަކާބެހޭ ރިޕޯޓަކާއެކު އެކަމަކަށް އެދި
ފެމުން ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން (އެރަށެއް) ދެވިދާނެކަމަށް" (މިހާރު ޢަމަލުކުރަމުން
މިގެންދާ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމުގެ މާކުރީޒަމާނެއްގައި ފާސްކޮށްފައިވާ ޤާނޫނު
އެއްކަމަށްވާ) ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ
(ށ) ގައި ބުނެފައި ވިޔަސް "ޤާނޫނަކުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ
.ގެވެސް ޙައްޤެއްކަމަށް" ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާތީއާއި،
"ދިވެހިރާއްޖޭގެ ތަބީޢީ މުއްސަނދިކަން ހަމަހަމަކަމާއެކު ބޭނުން ކުރުމުގެ ފުރުޞަތު ލިބުމަކީ ހަމަ ކޮންމެ
މީހެއްގެވެސް އަސާސީ ޙައްޤެއްކަމަށް" ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ބ) އިން ބަޔާންކޮށްފައިވާތީ،
ބ.އަތޮޅު އަންހެނުންފެށިއެވެ ކިޔާ ފަޅުރަށް ބޭނުންވާ އެހެން ރައްޔިތުންތަކަށް އެ ފުރުޞަތު ނުލިބޭ
ގޮތެއްގައި (އެބަހީ އެރަށަކީ ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ދޫކުރާ ރަށެއްކަން އަދި އެ ރަށް ދޫކުރާ
އުޞޫލެއްވެސް ޢާންމުކޮށް އަންގައި އިޢުލާންކުރުމެއްނެތި) އއ.ތޮއްޑޫ ދޫރެސް ޤަމީރާ އާދަމްއަށް
ސަރުކާރުން އެރަށް ދެއްވާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ 23 ވަނަ މާއްދާގެ (ބ) ގައި
ބުނެފައިވާ އަސާސީ ޙައްޤުތަކުގެ މަފްހޫމަށް ރިޢާޔަތް ނުކުރައްވައި ކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، އއ.ތޮއްޑޫ ދޫރެސް ޤަމީރާ އާދަމްއަށް ބ.އަންހެނުންފެށިއެވެ، ކިޔާ ފަޅުރަށް
ދަނޑުވެރިކަންކުރުމަށް ދިގުމުއްދަތަކަށް ދެއްވާގޮތަށް ނިންމަވަން ޖެހުނު ސަބަބަކީ އެރަށުގައި ޤަމީރާ އާދަމް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3395477
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/347
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދ 2x
.އަe
20 8 2
ދަނޑުވެރިކަން ކުރާތީކަމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަންބަރު
2011
/
920/E
/
DIV-30 (25 އޮކްޓޯބަރު 2011) ސިޓީން، އެރަށް އެގްރިކަލްޗަރ އިން ވަރުވާއަށް
ލިޔެގެން އުޅުނު ފަރާތްކަމަށްވާ މުޙައްމަދު ޢަލީމަނިކަށް އަންގާފައިވާ ވީނަމަވެސް،
އަންހެނުން ފުށީގައި ޤަމީރާ އާދަމް ދަނޑުވެރިކަން ކުރާކަން ޤާނޫނީ ނަޒަރަކުން ސަރުކާރުން ބެލިގެންވާ
އެއްވެސް ޤާނޫނު ޙައިސިއްޔަތެއް ނެތްކަމާއި، ބ.އަތޮޅު އަންހެނުންފުށްޓަކީ ބ.ކުޑަރިކިލުގެ ސޯސަންވިލާ
މުޙައްމަދު ޢަލީމަނިކަށް ސަރުކާރުން ވަރުވާއަށް ލިޔެ ދެއްވާފައިވާ ރަށެއްކަމާއި، ޤާނޫނީގޮތުން ކަމެއް
ނިންމުމުގައި ސަރުކާރުން އަދި ޝަރުޢީ ފަރާތުންވެސް ބައްލަވަންޖެހޭނީ ޤާނޫނީ މިޙަޤީޤަތް ކަމަށްވާތީ
ޤަމީރާ އާދަމަށް ބ.އަތޮޅު އަންހެނުންފެށިއެވެ ކިޔާ ފަޅުރަށް ދެއްވަންނިންމި ނިންމުމަކީ ބާޠިލް އުޞޫލެއް"
ގެ މައްޗަށް ނިންމާފައިވާ ބާޠިލް ނިންމެވުމެއް ކަން އެނގެން އޮންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
2ތ4
02c
• ތިންވަނަ ނުކުތާއަކީ، ފަޅުރަށެއްގައި ކުރަން ބޭނުންވާ ކަމަކާބެހޭ ހުށަހެޅުމަކާއެކު އެރަށަކަށް އެދި
ށަހެޅުމުގެ ޙައްޤު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވާކަމަށާއި، މިގޮތުން މުޙައްމަދު ޢަލީމަނިކު
(އިސްތިއުނާފުކުރާ ފަރާތް) އަކީވެސް އެފުރުޞަތު އޮތް ފަރާތެއްކަމަށާއި، އެފުރުޞަތުގެ ބޭނުންނުހިފުމަކީ
އެފުރުޞަތު ތަނަވަސްވެފައިނެތުން ކަމަށް ބެލެވެންނެތް ކަމުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރު
(ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 7.4 ގެ (ހ) ގެ 4 ވަނަ ނަންބަރުގައި) ވިދާޅުވެފައިވާއިރު، ބ.އަތޮޅު
އަންހެނުންފުށީގައި ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ދިގުމުއްދަތަކަށް ކުއްޔަށްދެއްވާތޯ ބެލުމަށް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ ކަމުގައި އޭރު ހުންނެވި
ޑރ.މުޙައްމަދު ޢަލީގެ އަރިހުގައި ރަސްމީ އެޕޮއިންޓްމަންޓެއްގައި ދެންނެވި ހިނދު "ސަރުކާރުން މިހާރު
ފަޅުރަށްރަށް ކުއްޔަށްދެއްވަނީ އިޢުލާންކުރައްވައިގެން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅި ފަރާތަކަށް
ކަމަށާއި، ޤަވާޢިދަށް ފަޅުރަށްރަށް ކުއްޔަށްދެއްވަނީ އިއުލާންކުރައްވައިގެން އެންމެ ރަނގަޅު ޕްރޮޕޯސަލެއް
ހުށަހެޅި ފަރާތަކަށް ކަމަށާއި، ޤަވާޢިދަށް ގެންނަމުންދާ އިޞްލާޙްތައް ނިމުމުން، އެރަށް ބީލަމަށް ލައްވާނެ
ކަމަށާއި، ބީލަމަށްލުމުން ޕްރޮޕޯސަލް ހުށަހެޅުމަށް" ވިދާޅުވިކަމުގައި މުޙައްމަދު ޢަލީމަނިކުގެ ފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި ދެންނެވުމުންވެސް މިނުކުތާއަށް އެއްވެސް ވަރަކަށް ފަނޑިޔާރު
ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
-ރާއްޖޭގެ މަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 4516471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
2012/HC-A/347
OXO <
ދިވެހިރާއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ
• ހަތަރުވަނަ ނުކުތާއަކީ، މުޙައްމަދު ޢަލީމަނިކު ވަރުވާއަށް ލިއުއްވައިގެން އުޅުއްވާ ބ.އަތޮޅު
އަންހެނުންފެށި އެވެ ކިޔާ ފަޅުރަށް އެހެން މީހަކަށް (އއ.ތޮއްޑޫ ދޫރެސް ޤަމީރާ އާދަމަށް) ސަރުކާރުން
ދިގުމުއްދަތަކަށް ކުއްޔަށްދެއްވާފައިވާ ދެއްވުމަކީ ބާޠިލް ދެއްވުމެއްކަމަށް ކަނޑައަޅައިދެއްވުމަކީ މުޙައްމަދު
ޢަލީމަނިކުގެ ދަޢުވާގައި އެވާ، އެދިފައިވާގޮތް ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވީ ހިނދު އަދި ޤަމީރާ
އާދަމަށް ބ.އަތޮޅު އަންހެނުންފެށި ސަރުކާރުން ކުއްޔަށްދީފައިވާ ދިނުން ޞައްހަނުވެއްޖެނަމަ ކުރިންއޮތް
ޙާލަތަށް އެރަށުގެ މައްސަލަ ބަދަލުވާނެކަން (އެބަހީ މުޙައްމަދު ޢަލީމަނިކަށް އެރަށް ލިބޭނެކަން
އެނގެންއޮތްއިރު) މުޙައްމަދު ޢަލީމަނިކުގެ ކިބައިން އެރަށް ވަކިކުރި ވަކިކުރުން ޞައްޙަކަމުގެ މައްޗަށް
ގޮތެއް ކަނޑައަޅައިދިނުމަށް މުޙައްމަދު ޢަލިމަނިކު ދަޢުވާކޮށްފައިނުވާކަމުން އެކަމުގެ މައްޗަށް
މިމައްސަލައިގައި ބަލައިދީފައިނުވާކަމަށް، "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތައް
މިޞުރުޙީގެ 7.1 ގެ ދަށުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވެފައިވާތީ މިމައްސަލައިގައި މުޙައްމަދު
ޢަލީމަނިކަށް އިންސާފު ލިބިފައި ނުވާކަން އެނގެން އޮންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ފަސްވަނަ ނުކުތާއަކީ، މުޙައްމަދު ޢަލީމަނިކު ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި ފަޅުރަށެއް
ކަމުގައިވާ "ބ.އަތޮޅު އަންހެނުންފުށި ކިޔާ ފަޅުރަށް އއ.ތޮއްޑޫ! ދޫރެސް ޤާމީރާ އާދަމަށް ސަރުކާރުން
ދެއްވާފައި ވަނީ މުޙައްމަދު ޢަލީމަނިކު ކިބައިން އެރަށް ވަކި ކުރެއްވުމަށް
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ "ފާހަގަކުރެވުނު ނުކުތާތައް" މިޞުރުޙީގެ 7.1 ގެ މައްސަލަ ބެއްލެވި
ފަނޑިޔާރު ވިދާޅުވެފައިވީނަމަވެސް މުޙައްމަދު ޢަލިމަނިކުގެ ކިބައިން އެރަށް ވަކިކުރައްވައިފިކަން މުޙައްމަދު
ޢަލީމަނިކަށް އެނގުނުއިރު، ޤާމީރާ އާދަމަށް އެރަށް ކުއްޔަށް ދެއްވާފައި ވާކަން ލިޔުންތަކުން ވަރަށް
ސާފުކޮށް އެނގެން އޮންނަކަމާއި، ނަމަވެސް އެކަމަށްވެސް ރިޢާޔަތް ނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
• ހަވަނަ ނުކުތާއަކީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާ މުޢާމަލާތެއް ޞައްޙަނުވާނެކަމާއި،
ޤަމީރާ އާދަމަށް ބ.އަތޮޅު އަންހެނުންފުށި ދިގުމުއްދަތަކަށް ކުއްޔަށްދީފައިވަނީ، ޤާނޫނު ނަންބަރު 2/2002
،ކޮރަޕްޝަން ހުއްޓުވުމާއި މާނަކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނާފަދަ ކޮރަޕްޝަނަށް
މަގުފަހިވާގޮތަށްކަން އެނގެންއޮންނަކަމަށް ބުނެ ހުށަހެޅި ނުކުތާ.
.
ކުއްޔަށް
ފަހުގައި "ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 8316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/347
<
-
C/312 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބ.ކުޑަރިކިލު ސޯސަންވިލާ މުޙައްމަދު ޢަލީމަނިކުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ފާހަގަކުރެވެއެވެ.
ހ ށ ކތ ހ
مل سردی کی مکمل کرو ہو
0
<
ބ.ކުޑަރިކިލު؛ ސޯސަންވިލާ މުޙައްމަދު ޢަލީމަނިކަށް ވަރުވާއަށް ލިޔެދީފައި އޮތް ރަށެއްކަމާއި، މިރަށް
މުޙައްމަދު ޢަލީ މަނިކުގެ ކިބައިން ސަރުކާރުން ވަކިކޮށްފައިވާކަމާއި، މުޙައްމަދު ޢަލީ މަނިކުގެ ކިބައިން
މިރަށް ވަކިކޮށް މިރަށް އއ.ތޮއްޑޫ ދޫރެސް ޤަމީރާ އާދަމަށް ދިގު މުއްދަތަކަށް ދެވުނުކަން އިސްތިއުނާފު
މިކުރެވޭ މައްސަލައާއި ގުޅިގެން ދަށު ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން
އެނގެން އޮތް އިރު، މުޙައްމަދު ޢަލިމަނިކުގެ ފަރާތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
އާއި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ ގެ މައްޗަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި އުފުލާފައިވާ
ދަޢުވާގެ ސީޕޯއަށް ބެލުމުން އެދަޢުވާއަކީ މިރަށް މުޙައްމަދު ޢަލީ މަނިކުގެ ކިބައިން ވަކިކުރި ކުރުމުގެ
ސައްޙަކަމުގެ މައްޗަށް އުފުލި ދަޢުވާއެއް ނޫންކަން މުޙައްމަދު ޢަލީމަނިކުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި
މައްސަލައިގެ ދަޢުވާގެ ސީޣާއަށް ބެލުމުން އެނގެން އޮންނަކަމެވެ.
3 ) ތ
رو رو کر فر
(ނ) ދެވަނަކަމަކީ، މުޙައްމަދު ޢަލީމަނިކުގެ ފަރާތުން ދައުލަތުގެ މައްޗަށް
އުފުލާފައިވާ ދަޢުވާއަކީ، ބ.އަންހެނުންފެށިއެވެ ކިޔާ ފަޅުރަށުގައި ދަނޑުވެރިކަން ކުރުމަށްޓަކައި އެރަށް
ދިގުމުއްދަތަކަށް އއ.ތޮއްޑޫ/ ދޫރެސް ޤަމީރާ އާދަމަށް ދިނުމަށް ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގ
އިން ނިންމާފައިވާ ނިންމުން ބާތިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގެން އޮތް އިރު،
ސަރުކާރުގެ އެނިންމުން ބާތިލުކުރަން އެދޭ ސަބަބެއްގެ ގޮތުގައި މުޙައްމަދު ޢަލިމަނިކުގެ ފަރާތުން ހުށަހެޅި
ސަބަބަކީ، ޤާމީރާ އާލަމަށް ބ.އަންހެނުން ފުށީގައި ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށްޓަކައި
ދޫކުރަން ނިންމީ ޤާމީރާ އާދަމަކީ މިހާރުވެސް ބ.އަންހެނުންފުށީގައި ދަނޑުވެރިކަން ކުރަމުންދާ
ފަރާތަކަށްވާތީކަމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން މުޙައްމަދު ޢަލި މަނިކަށް
ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައި ވީނަމަވެސް، ޤަމީރާ އާދަމަކީ އެރަށުގައި ދަނޑުވެރިކަން އެއްވެސް
އެހިރާއްޖޭގެ
ހައިކޯޓް
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/347
އިރެއްގައި ކޮށްފައިވާ މީހެއް ނޫންކަމަށާއި އަދި އެރަށުގައި ދަނޑުވެރިކަން ކުރުމަށް ޤަމީރާ އާދަމަށް
އެއްވެސް އިރެއްގައި މުޙައްމަދު ޢަލިމަނިކުގެ ފަރާތުން ދީފައިނުވާއިރު، ޤަމީރާ އާދަމަށް އެރަށް ދިނުމަށް
ސަރުކާރުން ނިންމި ނިންމުމުގެ އަސާސަކީ ބާޠިލް އަޞްލެއްގެ މައްޗަށް ނިންމާފައިވާ
ނިންމުމެއްކަމުގައިވާތީ، އެނިންމުމަކީ ބާޠިލު ނިންމުމެއްކަމުގައި ކަނޑައަޅައި ދިނުމަށް އެދި އެކަމުގެ
މައްޗަށް ހުށަހެޅި ދަޢުވާއެއްކަން
މިކަން އެނގެން އޮންނަކަމާއި، މުޙައްމަދު ޢަލީމަނިކުގެ ފަރާތުން ހުށަހެޅި
މިދަޢުވާގައި އޭނާ ތުހުމަތުކުރާކަންކަން ޝަރީޢަތުގެ ފަރާތުން ބައްލަވައި އެކަންކަމާއިމެދު ޝަރީޢަތުގެ
ފަރާތުން ދެކޭގޮތް ބަޔާންކޮށްފައިވާކަމާއި މިގޮތުން މިމައްސަލަ ސިވިލް ކޯޓުން ނިންމެވުމުގައި ފާހަގަކުރެއްވި
ނުކުތާތަކުގެ 7.3 ގައި، ބ.އަންހެނުންފުށި ބެލެހެއްޓުން ޙަވާލުކުރުމާބެހޭ އެއްބަސްވުން މިނަމުގައި،
މުޙައްމަދު ޢަލީމަނިކާއި އއ.ތޮއްޑޫ! ޗޭނުގެ ޢަލީ ވަޙީދާއި ދެމެދު އެއްބަސްވުމެއްވެވިފައި ވާކަމަށާއި،
ޤާމީރާ އާދަމަކީ ޢަލީ ވަޙީދު ކައިވެނީގެ ގޮތުން ގުޅިގެންހުރި ފަރާތްކަމަށާއި، އިޝާރާތްކުރެވުނު
އެއްބަސްވުމުގެދަށުން ބ.އަންހެނުންފުށީގައި ޤަމީރާ އާދަމް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާކަމަށާއި،
މިއީ
އެކަމުގެ މަޢުލޫމާތު ޢަލީ އާދަމް މަނިކަށް ރަނގަޅަށް އެނގިފައިވާ ކަމެއްކަން މުޙައްމަދު ޢަލިމަނިކަށް
އެނގިފައިވާ މުޙައްމަދު ޢަލިމަނިކުގެ ބަހުން އެނގެން އޮންނަކަމަށާއި، ޤާމީރާ އާދަމަކީ ދަނޑުވެރިކަމުގެ
ދާއިރާއިން، ދަނޑުވެރިކަން ކުރިއެރުވުމުގެ ރޮގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 11 ނޮވެމްބަރ 2009
ގައި ލިބިފައިވާ ފަރާތެއްކަން އެކަމާބެހޭ ލިޔުންތަކުން އެނގޭކަމަށާއި، މިގޮތުން ޤައުމީ އިނާމާބެހޭ ކޮމެޓީގެ
ލިޔުމަށް ބަލާއިރު، 2007 ވަނަ އަހަރުންފެށިގެން ޤަމީރާ އާދަމް ދަނޑުވެރިކަން ކުރަމުން ގޮސްފައިވަނީ
ބ.އަތޮޅު އަންހެނުންފެށިއެވެ ކިޔާ ފަޅުރަށުގައި ކަމަށް ބަޔާންކޮށްފައި އޮންނަކަމަށާއި، މިހެންކަމުން ޤަމީރާ
އާދަމް ބ.އަންހެނުންފުށީގައި ދަނޑުވެރިކަން ކުރަމުން އައިސްފައިވާކަމީ އެކަމުގައި އޮޅުމެއް ނެތްގޮތެއް
އެނގެންއޮތްކަމެއްކަމުގައި ފެންނަކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ
ޝަރީޢަތުގެ ފަރާތުން މިފާހަގަކުރިކަންކަން ހުރީ އެގޮތުގައި ނޫންކަން އަދި ޤަމީރާ އާދަމަކީ އެއްވެސް
އިރެއްގައި ބ.އަންހެނުންފުށީގައި ދަނޑުވެރިކަން ކުރަމުން ދިޔަ ފަރާތެއް ނޫންކަމަށް މުޙައްމަދު ޢަލީމަނިކު
ބުނާ ބުނުން ފިޔަވައި އިތުރުއެއްވެސް ޙުއްޖަތެއް ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމެވެ.
(ނ) ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކުރާ
އެންމެހައި ޙައްޤުތަކަކީ އެއްވެސް ޤައިދެއްނެތި މުތުލަޤަށް ހުޅުވާލެވިފައިވާ ޙައްޤުތަކެއް ނޫންކަމާއި،
ޤާނޫނުއަސާސީގެ ގެ 2 ވަނަ ބާބުގައި
ބަޔާންކުރާ ޙައްޤުތަކުގެ ތެރެއިން ބައެއް ޙައްޤުތައް ޤާނޫނުއަސާސީގައި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 316471 *
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/347
د پرشر ما فکر می کر
ޤާނޫނުއަ
އއ 22
9 ގތ
އަމުކުރުމަށް
އެހެނިހެން ކަންތައްތަކާބެހޭ
2x 2
މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓިދާނެކަން
މީގެ 16 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން ދިވެހިރާއްޖޭގެ
ފަޅުރަށްރަށާއި ގުޅޭ ގޮތުން
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކީ
ޤާނޫނުނަންބަރު 20/08 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ކަން އެނގެން އޮންނައިރު، އެޤާނޫނަކީ،
ދިވެހިރާއްޖޭގެ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، ވަކިކުރުމާއި، ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި
އެހެންކަންކަމަށް ކުއްޔަށްދޫކުރުމާއި، ފަޅުރަށްރަށުގައި ރުށްގަސް އިންދުމާއި، ކެނޑުމާއި، ފަޅުރަށްރަށާގުޅޭ
ތައްތަކާބެހޭ ޤާނޫނުކަން އެނގޭކަމާއި، އެގޮތުން އެޤާނޫނުގެ 11 ވަނަ މާއްދާގައި
ޓޫރިސްޓްރިޒޯޓް ހެދުން ފިޔަވައި އެހެންކަންކަމަށް ފަޅުރަށްރަށްކުއްޔަށް ދެވޭނެ ގޮތްތަކެއް ބަޔާން
ކޮށްފައިވާއިރު، އެމާއްދާގެ (ހ)ގައި އެއީ ކަމާބެހޭ މިނިސްޓްރީން ޢާއްމުކޮށް އިޢުލާނުކޮށްގެން،
ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ
ފަރާތަކަށް ދިނުންކަމަށް އޮންނައިރު، އެމާއްދާގެ (ނ) ގައި، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ
ތަފްޞީލް ރިޕޯޓަކާއެކު، އެރަށަކަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ
އުޞޫލެއްގެ މަތިން އެރަށެއް ދިނުންކަމަށް ބަޔާންވެގެން އޮންނަކަމާއި، އިޝާރާތްކުރެވުނު ޤާނޫނުގެ 11
ވަނަ މާއްދާއަކީ ޤާނޫނުއަސާސީއާއި ޚިލާފުވުމުގެ ސަބަބުން ބާޠިލު މާއްދާއެއްކަމަށް
ދާއެއްކަމަށް މިހާތަނަށް އެއްވެސް
ކޯޓަކުން ކަނޑައަޅާފައިވާ މާއްދާއެއް ނޫންކަން އެނގޭއިރު، ބއަތޮޅު އަންހެނުންފެށި ޤަމީރާ އާދަމަށް
ކުއްޔަށްދީފައިވަނީ ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅު ރަށްރަށާއިބެހޭ ޤާނޫނު) ގެ (ށ) އަށް
ރިޢާޔަތްކޮށް އެމާއްދާގެ ދަށުންކަމަށް ދައުލަތުގެ ފަރާތުން ބުނާކަމާއި،
3x,
ސިވިލް ކޯޓުން މިމައްސަލަ ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއި 23 ވަނަ
މާއްދާއަށް ރިޢާޔަތްކުރެއްވުމެއް ނެތިކަމަށް މިމައްސަލަ އިސްތިއުނާފުކުރަމުން މުޙައްމަދު ޢަލިމަނިކުގެ
ފަރާތުން ފާހަގަކޮށްފައި ވީނަމަވެސް ސިވިލް ކޯޓުން މިމައްސަލަ ނިންމެވުމުގައި ޤާނޫނުއަސާސީގެ
އެދެމާއްދާގައި ބަޔާންކުރާކަންކަމަށްވެސް ރިޢާޔަތްކުރައްވާފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން
މިމައްސަލަ ނިންމެވުމުގައި ޝަރީޢަތުން ފާހަގަކުރި ނުކުތާތަކުގެ ތެރެއިން 3.4 ގެ (ހ) ގައި،
ފަޅުރަށެއްގައި ކުރަން ބޭނުންވާކަމަކާބެހޭ ހުށަހެޅުމާއެކު އެރަށަކަށް އެދި ހުށަހެޅުމުގެ ޙައްޤު ދިވެހިކޮންމެ
ރައްޔިތަކަށް ލިބިގެންވާކަމަށާއި، އެގޮތުން މުޙައްމަދު ޢަލީމަނިކަކީވެސް، އެފުރުޞަތު ތަނަވަސްވެފައިވާ
ފަރާތެއްކަން އެނގެން އޮތްއިރު، އެފުރުޞަތުގެ ބޭނުން ޤަމީރާ އާދަމް ހިފައި، ޤަމީރާ އާދަމްގެ ހުށަހެޅި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/347
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
/
<< O
ހުށަހެޅުމަށް ބަލައި، އެކަމަށް ކަނޑައެޅިފައިވާ އުޞޫލުން އެރަށް ޤަމީރާ އާދަމަށް ކުއްޔަށްދޭން ނިންމުމަކީ
ޤާނޫނުނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގައި އެކަން ކުރެވެން އޮތް
އުޞޫލެއްކަމަށް ކަނޑައެޅިފައިވާތީ އެގޮތަށް ނިންމި ނިންމުން ޤާނޫނުއަސާސީއާވެސް އަދި ޤާނޫނު ނަންބަރު
20198 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އާއިވެސް ޚިލާފުވެއްޖެކަމުގައި ނުބެލެވޭނެކަމަށްބުނެ
އެކަން ފާހަގަކުރައްވާފައި އޮންނަކަމާއި، އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި ބަލާއިރު، ސިވިލް
ކޯޓުން މިމައްސަލަ ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި، 23 ވަނަ މާއްދާއަށް
ރިޢާޔަތްކުރުމެއްނެތިކަމުގައި ބެލެވެންނެތްކަމެވެ.
4 22
(ރ) ހަތަރުވަނަކަމަކީ، ބ.އަންހެނުންފުއްޓަކީ 01 ޖުލައި 1967 ގައި ވުޒާރަތުލް މާލިއްޔާއިން
ބ.ކުޑަރިކިލު؛ ސޯސަންވިލާ މުޙައްމަދު ޢަލީމަނިކަށް ވަރުވާއަށް ލިޔެދީފައިވާ ރަށެއްނަމަވެސް އެރަށް 24
ޖެނުއަރީ 2012 އިން ފެށިގެން މުޙައްމަދު ޢަލީމަނިކުގެ ކިބައިން ވަކިކުރެވިފައިވާކަން މިނިސްޓްރީ އޮފް
ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަންބަރު 2012
/
25/E
/
INDIV-30 ސިޓީއަށް ބެލުމުން އެނގެން
އޮންނައިރު، ކުރިންވެސް އިޝާރާތްކުރެވުނު ފަދައިން މިރަށް މުޙައްމަދު ޢަލީމަނިކުގެ ކިބައިން
ވަކިކުރިކުރުމުގެ ސައްޙަކަމުގެ މައްޗަށް މުޙައްމަދު ޢަލީމަނިކުގެ ފަރާތުން ދަޢުވާގައި އެއްވެސް ޝަކުވާއެއް
ހުށަހަޅާފައިނެތްކަމާއި، މުޙައްމަދު ޢަލީމަނިކުގެ ކިބައިން މިރަށް ސަރުކާރުން ވަކިކުރެއްވުމަށްފަހު އަލުން
އަނބުރާ މުޙައްމަދު ޢަލީ މަނިކަށް ސަރުކާރުން މިރަށް ދޭން ނުނިންމާހާ ހިނދަކު، ޤަމީރާ އާދަމަށް
ބ.އަތޮޅު އަންހެނުންފުނި ސަރުކާރުން ކުއްޔަށް ދީފައިވާ ދިނުން ސައްޙަ ނުވީކަމުގައި ވިޔަސް، ކުރިން އޮތް
ޙާލަތަށް މިރަށަކީ މުޙައްމަދު ޢަލީމަނިކުގެ ބެލުމުގެ ދަށުގައިވާ ރަށަކަށް ބަދަލުނުވާނޭކަމާއި، މިހެންކަމުން
މުޙައްމަދު ޢަލީ މަނިކުގެ ފަރާތުން އެކަމެއް ބަލައިދިނުމަށް އެދިފައި ނެތްކަމެއްގައި ސިވިލްކޯޓުން ޙުކުމެއް
ނުކުރުމަކީ މުޙައްމަދު ޢަލީމަނިކަށް އިންސާފު ގެއްލުންކަމުގައި ބެލެވެންނެތްކަމެވެ.
24 04
(ބ) ފަސްވަނަކަމަކީ، ޤަމީރާ އާދަމަށް ބ.އަންހެނުންފުށި ދިގު މުއްދަތަށް ކުއްޔަށް ދިނުމަކީ
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ ޢަމަލަކަށްވާތީ، އެމުޢާމަލާތް ސައްޙަނުވާނޭކަމަށް މުޙައްމަދު
ޢަލީމަނިކުގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ބަލާއިރު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނާއި
ޚިލާފަށް މީހަކު ކަމެއް ކޮށްފައިވާނަމަ، އެކަމެއް ބަލައި ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމަށް މިނިވަން
މުއައްސަސާއެއް ޤާއިމުކުރެވިފައިވާއިރު، މުޙައްމަދު ޢަލީ މަނިކުގެ ފަރާތުން އެފަދަ މައްސަލައެއް
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316171
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/347
ހުށަހެޅިކަން ބަޔާންކޮށްފައިނުވާކަމާއި، މީގެ އިތުރުން އިޝާރާތްކުރެވުނު ފަދައިން ޤަމީރާ އާދަމަށް
ބ.އަންހެނުންފުށި ދިގުމުއްދަތަށް ދެވިފައިވަނީ ޤާނޫނުނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ
ޤާނޫނު) ގެ ދަށުން އެޤާނޫނުގައި ބުނާގޮތެއްގެ މަތީންކަން އެނގެން އޮތުމުގެ އިތުރަށް ޤާނޫނުގައިވާ ގޮތަށް
ޢަމަލުކުރުމުގައި ސަރުކާރުގެ ފަރާތުން ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަން ސާބިތުވާވަރުގެ ކާފީ
އެއްވެސް ޙުއްޖަތެއް ނުވަތަ ޤަރީނާއެއްވެސް މުޙައްމަދު ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިނުވާކަމާއި،
މިހެންކަމުން ސަރުކާރުގެ ފަރާތުން ޤަމީރާ އާދަމަށް ބ.އަންހެނުންފުށި ދިގު މުއްދަތަކަށް ކުއްޔަށް
ދިނުމުގައި ހިންގާފައިވާ މުޢާމަލާތަކީ ކޮރަޕްޝަން ޢަމަލުހިމެނޭގޮތަށް އޮތް ސައްޙަ ނޫން މުޢާމަލާތެއްކަން
ޙައްމަދު ޢަލީމަނިކުގެ ފަރާތުން ހުށަހެޅި ހެކީގެ ނިސްބަތަށް ބެލުމުން އެނގެން ނެތްކަމެވެ.
މ 04 ތ7
04 0 0
4 22
(ޅ) ހަވަނަކަމަކީ، އިޝާރާތްކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން ބ.އަތޮޅު އަންހެނުންފުށި
ސަރުކާރުގެ ފަރާތުން ޤަމީރާ އާދަމަށް ދިގުމުއްދަތަކަށް ކުއްޔަށް ދިން ދިނުން ބާޠިލުކުރަންޖެހޭފަދަ
އެކަށީގެންވާ ހެކިތަކެއް މުޙައްމަދު ޢަލީމަނިކަށް ދެއްކިފައިނުވާކަން އެނގޭކަމާއި އަދި މިމައްސަލަ
ސިވިލްކޯޓުން ނިންމެވި ނިންމެވުމުގައި އެކޯޓުން ޚިލާފުވެފައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލެއް
އޮތްކަމުގައި ބެލެވެންނެތްކަންވެސް މިމައްސަލަ ބެލުމުގައި ބައިވެރިވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށްވެސް އެއްބަސްވެވޭކަމާއި، އެހެންނަމަވެސް، މިމައްސަލައާއި ގުޅިގެން ދެފަރާތުންމެ
ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބެލުމުން، އަދި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ
ޤާނޫނުއަސާސީގެ، 20 ވަނަ މާއްދާއާއި، 23 ވަނަ މާއްދާގެ (ބ) އަށާއި،43 ވަނަ މާއްދާގެ (ހ)
ރިޢާޔަތްކުރުމުން، ޤާނޫނުނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ
މާއްދާގެ (ށ) ގެ ދަށުންވެސް ފަޅުރަށްރަށް ދިގުމުއްދަތަށް މީހަކަށް ނުވަތަ ބަޔަކަށް ކުއްޔަށް ދިނުމުގައި
ޢަމަލުކުރުން އެންމެ އިންސާފުވެރި އަދި ހާމަކަން ބޮޑުގޮތަކީ، އެމާއްދާގެ ދަށުން ރަށްރަށް ކުއްޔަށް ދިނުމުގެ
ކުރިންވެސް އެކަން ޢާއްމުކޮށް އިޢުލާނުކުރުމަށްފަހު ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފްޞީލް
ރިޕޯޓަކާއެކު، އެރަށަކަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން އެރަށެއް ކުއްޔަށް ދިނުންކަމާއި، އަދި
އެމާއްދާގައި ބަޔާންކުރާ "ކަނޑައެޅިފައިވާ އުޞޫލު" ޢާއްމު ކުރެވި ޝާއިޢުކުރެވިފައިވުންކަމުގައި
ޤަބޫލުކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/347
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv
-
C/312 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
އެދި ބ.ކުޑަރިކިލު/ ސޯސަންވިލާ މުޙައްމަދު ޢަލީމަނިކުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބަލައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ވިޔަސް ސަބަބެއް ފެންނަންނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއް
ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/312 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ
ހިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv