ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/205 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/25
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 205/HC-A/2009
އިސްތިއުނާފުކުރި ފަރާތް:
ނަން: މުޙައްމަދު ލައްސާން
އައިޑީ ކާޑު ނަންބަރު: A040249
ދާއިމީ އެޑްރެސް: މ.ޕީސްހެވަން މާލެ
މިހާރުގެ އެޑްރެސް: މ.ޕީސްހެވަން/މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: މ.އަލިވެލިމާލެ
* ރަޖިސްޓަރީ ނަންބަރު: 349
/
2003-C
މިހާރުގެ އެޑްރެސް: މ.އަލިވެލި/މާލެ
0
1430
• ރަޖިސްޓްރީ ތާރީޚް: 26 ރަޖަބު
19 ޖުލައި 2009
ނިމުނު ތާރީޚް: 03 ރަޖަބު 1433
24 މެއި 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު 2009/MC/395
ނިންމެވި ފަރާތް: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 11.02.2009
މުނު ތާރީޚް: 04.05.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
އިސްފަނޑިޔާރު އަޙްމަދު ޝަރީފު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2009HC-A/25
ދަޢުވާގެ ޚުލާޞާގެ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/395 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މ.ޕީސްހެވަން މާލެ، މުޙައްމަދު ލައްސާންގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑްއެވެ.
ccc
5.1
0
އޮވެގެކެތްފެން ދެކެލެއްގެ
(1
395//MC/2009
އިސްތިއުނާފު ކުރެވޭ މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި "ހަނދު" އެވެކިޔާ ސަފާރީ ދޯނީގެ "އެކްސްކްލޫސިވް ބެޑް ރައިޓްސް" ނުވަތަ ދޯނީގެ އެނދުތައް
01 ނޮވެމްބަރު 2008 އިން ފެށިގެން 31 ޖެނުއަރީ 2009 ގެ ނިޔަލަށް، 03 (ތިނެއް) މަސްދުވަހުގެ
މުއްދަތަށް ވިއްކުމާއިއެކު އެމުއްދަތުގައި ދޯނި ޗާޓަރުކުރުމަށްޓަކައި ދޯނި އޮޕަރޭޓްކުރާ ރޭޑިއަންޓްހީޓް ޓްރެވަލްސް
ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު 349
/
2003-C) އާއި، މ.ޕީސްހެވަން މާލެ މުޙައްމަދު
ލައްސާން (ދރ.ކާޑު ނަންބަރު A040249) އާއި ދެމެދު 07 ޖޫން 2008 ދުވަހު ވެފައިވާ އެއްބަސްވުމުގެ
ދަށުން ދޯނި ޗާޓަރުކުރި ފަރާތް ކަމުގައިވާ މުޙައްމަދު ލައްސާންގެ ފަރާތުން ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑް އަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އެއްބަސްވުމާއި ޚިލާފުވެފައިވުމުގެ ސަބަބުން 22 ޖެނުއަރީ 2009
ދުވަހު އެއްބަސްވުން ނިމުމަކަށް ގެނެވިފައިވާހިނދު، އެއްބަސްވުން ނިމުމަކަށް ގެނެވުނު 22 ޖެނުއަރީ 2009
ދުވަހުގެ ނިޔަލަށް މުޙައްމަދު ލައްސާންގެ ފަރާތުން ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްއަށް
ދައްކަންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙައްމަދު
ލައްސާންގެ މައްޗަށް ދަޢުވާކުރުމުން މަދަނީ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "...07 ޖޫން 2008 ދުވަހު ރޭޑިއަންޓްހީޓް
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު 349
/
2003-C) އާއި، މ.ޕީސްހެވަން މުޙައްމަދު
ލައްސާން (ދ.ރ ކާޑު ނަންބަރު A040249) އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން "ހަނދު" އެވެކިޔާ
ސަފާރީ ދޯނީގެ "އެކްސްކްލޫސިވް ބެޑް ރައިޓްސް 01 ނޮވެމްބަރ 2008 އިން ފެށިގެން 31 ޖެނުއަރީ 2009
ދިވެހިރާއްa
ގެ ހައި9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/25
ގެ
ނިޔަލަށް 03 (ތިނެއް) މަސްދުވަހުގެ މުއްދަތަށް 46,500.00$US (ސާޅީސް ހަހާސް ފަސްސަތޭކަ
ޔޫ.އެސް.ޑޮލަރ) އަށް މުޙައްމަދު ލައްސާނަށް، ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ވިއްކާފައިވާކަމާއި، މުޙައްމަދު ލައްސާނުގެ ފަރާތުން ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާ ނުދައްކާ، އެއްބަސްވުމާއި ޚިލާފުވެފައިވުމުގެ ސަބަބުން 22 ޖެނުއަރީ 2009 ދުވަހު
ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމާއި، 22
ޖެނުއަރީ 2009 ދުވަހު އެއްބަސްވުން ނިމުމަކަށް ގެނައިއިރު ދުވާލަކަށް 505.43478$US (ފަސްސަތޭކަ
ފަހެއް ޕޮއިންޓް ހަތަރެއް ތިނެއް ހަތަރެއް ހަތެއް އަށެއް ޔޫ.އެސް.ޑޮލަރ) ގެ ރޭޓުން 83 (އަށްޑިހަ ތިނެއް)
ދުވަހަށް 41,951.08$US (ސާޅީސް އެއްހާސް ނުވަސަތޭކަ ފަންސާސް އެކެއް ޕޮއިންޓް ސުމެއް އަށެއް
ޔޫ.އެސް.ޑޮލަރ) މުޙައްމަދު ލައްސާނުގެ ފަރާތުން ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑާއި
ޙަވާލުކުރަންޖެހޭކަމާ މިޢަދަދުން މުޙައްމަދު ލައްސާނުގެ ފަރާތުން ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް
ލިމިޓެޑާއި ޙަވާލުކޮށްފައިވާ 12,750.00$US (ބާރަހާސް ހަތްސަތޭކަ ފަންސާސް ޔޫ.އެސް.ޑޮލަރ) އުނިކުރުމުން
ބާކީވާ 29,201.08$US (ނަވާވީސްހާސް ދުއިސައްތަ އެކެއް ޕޮއިންޓް ސުމެއް އަށެއް ޔޫ.އެސް.ޑޮލަރ)
ރޭޑިއަންޓްހީޓް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު ލައްސާނުގެ ފަރާތުން ޙަވާލުކުރަންޖެހޭ
ފައިސާކަމުގައި ކަނޑައަޅާ، މިފައިސާ އަދާކުރުމުގެ ގޮތުން 04 މެއި 2009 ދުވަހުން ފެށިގެން 06 (ހައެއް)
މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ އެބަހަކަށްޖެހޭ އެންމެ މަދުމިންވަރު ރޭޑިއަންޓްހީޓް ޓްރެވަލްސް
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށްޓަކައި މަދަނީ ކޯޓަށް ދައްކާ ޚަލާސްކުރުމަށް މ.ޕީސްހެވަން މުޙައްމަދު
ލައްސާނަށް އަންގައި” ޙުކުމްކުރައްވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
އޮވެއެވެ.
،
4
ccx
(2
މަދަނީ ކޯޓުގެ ނަންބަރު 2009/MC/395 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މ.ޕީސްހެވަން މާލެ މުޙައްމަދު ލައްސާންގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 05 (ފަހެއް) ނުކުތާއެއް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފާހަގަކޮށް،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2009/HC-A25
0
2
8 ދ ( 02
އެއްބަސްވެއެ
ފުރަތަމަ ނުކުތާއަކީ، މައްސަލައެއް ޖެހުނު ހިނދު، ދެފަރާތުގެ މެދުގައި
ހެދިފައިވޭތޯ ޝަރީޢަތުން ބެއްލެވިފަދައިން، އަދި އެއްބަސްވުމުގެ ދަށުން އެފަރާތުން
ހޯދުމަށް އެދުނު ފައިސާއަކީ އެފަރާތަށް ލިބިދޭންޖެހޭ ފައިސާކަމަށް ކަނޑައެޅުމަށް ބެއްލެވި ފަދައިން، އެ
އެއްބަސްވުމުގެ ދަށުން މުޙައްމަދު ލައްސާންގެ ޙައްޤު ލިބުމަށްޓަކައި، ނުވަތަ ދޭން ނުޖެހޭ ފައިސާކަން
ކަނޑައެޅުމަށްޓަކައި، އެކުންފުނީގެ ފަރާތުން ކުރުން ލާޒިމްވާކަމެއް އޮވެ، އެކަމަށް ހުރަސްއެޅިފައިވޭތޯއާއި،
އުޅަނދަކީ މުޙައްމަދު ލައްސާންގެ ޙައްޤުތައް ލިބިގަތުމަށްޓަކައި ބޭނުންކުރަން އޮތް އުޅަނދުކަމަށްވެފައި އެ
އުޅަނދު މުޙައްމަދު ލައްސާންއަށް ބޭނުންކުރުމުގެ ކުރިން އެއްބަސްވުމަކަށް އާދެވި ސޮއިކުރުމުގެ ކުރިން
ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތަކަކީ ނުވަތަ ފުރިހަމަކުރަންޖެހޭ ނުވަތަ ފުރިހަމަވެފައިހުރި
ކަންތައްތަކެއް ހުރިތޯވެސް ނުވަތަ ނޫންތޯވެސް ބެއްލެވިފައިނުވާކަމާއި، ފުރިހަމަކުރެވިފައިނުވާނަމަ އުޅަނދު
މުޙައްމަދު ލައްސާންގެ ބޭނުމަށް ބޭނުންކުރެވޭނެތޯވެސް ބެއްލެވުމެއް
ބޭނުންކުރެވޭނެތޯވެސް ބެއްލެވުމެއްނެތި އެކަމަށް އެއްވެސް މިންވަރަކަށް
ފާހަގަކުރެއްވުމެއްނެތި ދޭންނުޖެހޭ ފައިސާތަކެއް މުޙައްމަދު ލައްސާންގެ އަތުން އެކުންފުންޏަށް ދިނުމަށް
އަންގަވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
ދެވަނަ ނުކުތާއަކީ، އެހެން ފަރާތަކަށް ސަފާރީގެ އެކްސްކްލޫސިވް ޑްރައިޓްސް
ވިއްކާލިކަމަށް އެއްބަސްވުމެއް ހެދިފައިވާކަމަށް ބުނެފައިވާއިރު އެފަދަ އުޅަނދަކީ ޓޫރިސްޓް
ވިޔަފާރިއާއިވެސް ގުޅިފައިވާ ސަފާރީއަކަށް ވީހިނދު، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމާބެހޭ ޤާނޫނު) ގެ 22، 23 ވަނަ މާއްދާގައިވާ ކަންތައްތަކާއި، އަދި އެޤާނޫނުގެ މިފަދަ
އުޅަނދާބެހޭ މާއްދާތަކުގައިވާ ކަންތައްތަކާއި، އެޤާނޫނުގެ ދަށުން ޓޫރިޒަމް މިނިސްޓްރީއިން ހަދާފައިވާ
"ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާއިބެހޭ ޤަވާޢިދު" ގެ 2، 3 އަދި އެހެނިހެން މާއްދާތަކުގައިވާ
ކަންތައްތަކާމެދު ކޯޓުން ނުބައްލަވާ އަދި އެއްބަސްވުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެފަދަ ހުއްދަ
އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯވެސް އަދި މިކަމުގައި އެފަދަ އުޅަނދެއް އޮޕަރޭޓް ކުރުމުގެ (ހިންގުމުގެ)
ހުއްދަ އޮތް އުޅަނދެއްތޯ، ހުއްދަ ތްނަމަ އެހުއްދައަކީ ކޮބައިތޯއާއި ސަރުކާރުގެ ކަމާބެހޭ އެއްވެސް
ލިޔުމެއް މުޙައްމަދު ލައްސާންއަށް ދައްކާފައިނުވާކަން ޝަރީޢަތުގައި ދެންނެވިފައިވާއިރު، އެކަންކަމާމެދު
ބައްލަވާ ދެއްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްa
ގެ ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2009/HC-A/25
0
ތިންވަނަ ނުކުތާއަކީ، އެއްބަސްވުމުން ލިބިފައިވާ ޙައްޤުތަކާއި މަންފާތަކުގެ ބޭނުން
ހިފުމަކީ އެފަދަ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކުން އެއްބަސްވުމުގެ ބައިވެރިން
ބަރީޢަވާކަމެއް ނޫންކަމާއި، އެފަދަ ޙާލަތުގައިވެސް ކުރެވިފައިވާ އެއްބަސްވުން ދެމިއޮންނާނެކަމަށް
ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާއިރު، އެއްބަސްވުމުގެ ދަށުން ޙައްޤު
ހޯދުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުޅަނދު، މުޙައްމަދު ލައްސާންއަށް ލިބިފައިނުވަނީ
ކީއްވެގެންކަމާއި، އެއީ އެއްބަސްވުމުގެ ދަށުން މުޙައްމަދު ލައްސާންއަށް ލިބިގެންވާ ޙައްޤުން
ރީޢަވެގެންވީކަމެއްކަމުގައި ބެލެވޭހިނދު، މުޙައްމަދު ލައްސާންގެ ޙައްޤާއި އެޙައްޤު
މަގުފަހިވާން އޮތް މަގު ފަހިކޮށްދީފައިވޭތޯ ނުވަތަ ނުވޭތޯވެސް ޝަރީޢަތުން ބެއްލެވިފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ތަ
4
5
4
3
2 ދވ
ބޭނުންކުރުމަށް
0
ހަތަރުވަނަ ނުކުތާއަކީ، އެއްބަސްވުމުގެ އަޞްލު ޝަރީޢަތަށް ގެންނެވިކަމަށް
ވިދާޅުވެ، އެ އެއްބަސްވުން ޞައްޙަކަމަށް ވިދާޅުވެފައިވާއިރު، ޞައްޙަ އެއްބަސްވުމެއްތޯ ބެއްލެވުމަށް
އޮންނަ މިންގަނޑުތަކަށް ބެއްލެވިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 .
0
ފަސްވަނަ ނުކުތާއަކީ، ބައްލަވަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރެ، އެ
ކަންތައްތަކަށް ޝަރީޢަތުން ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
ޚި
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2009/MC/395 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
cc
(ހ) ފުރަތަމަ ކަމަކީ، 7 ޖޫން 2008 ގައި ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް
ލިމިޓެޑާއި މުޙައްމަދު ލައްސާންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގޭކަމާއި، އަދި އެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A25
އެއްބަސްވުމުގެ ދަށުން "ހަނދު" ކިޔާ ސަފާރީ އުޅަނދެއްގެ "އެކްސްކްލޫސިވް ބެޑްރައިޓްސް"
ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑް އިން މުޙައްމަދު ލައްސާންއަށް 01 ނޮވެމްބަރ 2008 އިން
ފެށިގެން 31 ޖެނުއަރީ 2009 ގެ ނިޔަލަށް ދީފައިވާކަން އެނގެން އޮންނަކަމާއި، އަދި އެ އެއްބަސްވުމުގެ
2 ވަނަ މާއްދާގައި، ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑް އާއި މުޙައްމަދު ލައްސާންގެ
އިލްތިޒާމްތައް ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، "ހަނދު" ކިޔާ އުޅަނދު މެނޭޖްކޮށް، ހިންގާ (ނުވަތަ
އޮޕަރޭޓް" ކޮށް) އަދި ބަލަހައްޓައި މަރާމާތުކުރާނީ ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްއިން
ކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި އެ އުޅަނދުގެ ހުރިހާ ޑައިވިންގ ހަރަކާތްތަކާއި އެހެނިހެން
ޚިދުމަތްތައް މާކެޓްކޮށް، ވިއްކާ، ބަލަހައްޓާނީ މުޙައްމަދު ލައްސާންކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި އެ
އުޅަނދާއި އެ އުޅަނދުންދޭ ޚިދުމަތްތަކަށް ބޭނުންވާ ތަކެތި ހޯދާ ބެލެހެއްޓުމަކީ ރޭޑިއަންޓްހީޓް ޓްރެވެލްސް
ޕްރައިވެޓް ލިމިޓެޑްގެ އިލްތިޒާމެއްކަން އެ އެއްބަސްވުމުގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 8 ވަނަ
މާއްދާއިން އެނގެން އޮންނަކަމާއި، އެ އުޅަނދުގެ ފަޅުވެރިން ހޯދައި މުސާރަދީ، އަދި އެ އުޅަނދުގެ ބެޑް
ޓެކްސް ފިޔަވައި ސަރުކާރަށް ދައްކަންޖެހޭ އެހެނިހެން ފީތައް ދެއްކުމަކީވެސް ރޭޑިއަންޓްހީޓް ޓްރެވެލްސް
ޕްރައިވެޓް ލިމިޓެޑްގެ މަސްއޫލިއްޔަތުކަން އެ އެއްބަސްވުމުގެ 5 ވަނަ މާއްދާއާއި 10 ވަނަ މާއްދާއިން
އެނގެން އޮންނަކަމާއި، އަދި އެ އުޅަނދުގެ ތެލުގެ ޚަރަދުތަކާއި ބެޑް ޓެކްސް ދައްކަންވާނީ މުޙައްމަދު
ލައްސާންކަން އެ އެއްބަސްވުމުގެ 7 ވަނަ މާއްދާއިންނާއި 10 ވަނަ މާއްދާއިން އެނގެން އޮންނަކަން
ފާހަގަކުރެވޭކަމެވެ.
198
ދެވަނަ ކަމަކީ، ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރުން
ލާޒިމްވާކަމެއް އޮވެ، އެކަމަށް ހުރަސްއެޅިފައިވޭތޯއާއި، "ހަނދު" ނަމަކަށް ކިޔާ އުޅަނދަކީ މުޙައްމަދު
ލައްސާންގެ ޙައްޤުތައް ލިބިގަތުމަށްޓަކައި ބޭނުންކުރަން އޮތް އުޅަނދުކަމަށްވެފައި އެ އުޅަނދު މުޙައްމަދު
ލައްސާން ބޭނުންކުރުމުގެ ކުރިން އެއްބަސްވުމަކަށް އާދެވި ސޮއިކުރުމުގެ ކުރިން ޤާނޫނީ ގޮތުން ކުރަންޖެހޭ
ގެންތައްތަކަކީ ނުވަތަ ފުރިހަމަކުރަންޖެހޭ ނުވަތަ ފުރިހަމަވެފައިހުރި ކަންތައްތަކެއް ހުރިތޯވެސް ނުވަތަ
ނޫންތޯވެސް މަދަނީ ކޯޓުން ބައްލަވާފައިނުވާކަމަށާއި، ފުރިހަމަކުރެވިފައިނުވާނަމަ އެއުޅަނދު މުޙައްމަދު
ލައްސާންގެ ބޭނުމަށް
ނެތޯވެސް ބެއްލެވުމެއްނެތި މަދަނީ ކޯޓުން އެ މައްސަލަ
UCO
30
4 ޓް8ޑ
ތންނެވެ
ދިވެހިރާޖޭa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2009/HC-A25
ނިންމަވާފައިވާކަމަށް މުޙައްމަދު ލައްސާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ބުނެފައިވާކަމާއި،
އަދި ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 22
ވަނަ މާއްދާއާއި 23 ވަނަ މާއްދާގައި ބުނާ ޓޫރިސްޓު އުޅަނދު ދުއްވުމާބެހޭ ހުއްދައާ ބެހޭގޮތުންނާއި، އަދި
ބުނެވުނު ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހިރާއްޖޭގައި ޓޫރިސްޓު އުޅަނދު ހިންގުމާ ބެހޭ ގަވާއިދުގެ 2
ވަނަ މާއްދާއާއި 3 ވަނަ މާއްދާއާއި އަދި އެ ގަވާއިދުގައިވާ އެހެނިހެން މާއްދާތަކަށް މަދަނީ ކޯޓުން
ނުބައްލަވާ، ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްއާއި މުޙައްމަދު ލައްސާންއާ ދެމެދު ވެވުނު
އެއްބަސްވުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެފަދަ އެއްބަސްވުމެއްކަމަށް ނުބައްލަވާ މައްސަލަ
ނިންމަވާފައިވާކަމަށް މުޙައްމަދު ލައްސާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ބުނެފައިވީނަމަވެސް،
މަދަނީ ކޯޓުގެ ނަންބަރު
2009/MC/395 ޤަޟިއްޔާގައި ރިޢާޔަތް
ކުރައްވާފައިވަނީ 7 ޖޫން 2008 ގައި ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު
ލައްސާންއާ ދެމެދު ވެވުނު އެއްބަސްވުމަށްކަން މަކަމާއި، އަދި ބުނެވުނު ޤަޟިއްޔާގައި
ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާކޮށްފައިވަނީ ބުނެވުނު އެއްބަސްވުމުގެ ދަށުން އެ
އެއްބަސްވުން ނިމުމަކަށް ގެނައި ތާރީޚުކަމުގައިވާ 22 ޖެނުއަރީ 2009 ގެ ނިޔަލަށް މުޙައްމަދު ލައްސާން
ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްކަން އެނގޭކަމާއި، އަދި
އެ އެއްބަސްވުމަކީ މުޙައްމަދު ލައްސާން ސޮއިކޮށްފައިވާ ސައްޙަ އެއްބަސްވުމެއްކަން އެނގެންއޮންނަކަމާއި،
ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ލައްސާންއާ ދެމެދު
ވެވުނު އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން، "ހަނދު” ކިޔާ ސަފާރީ އުޅަނދުގެ ޓެކްނިކަލް ޑޭޓާ
މުޙައްމަދު ލައްސާންއަށް ލިބެންޖެހޭނެކަމަށާއި، އުޅަނދުގެ ރަޖިސްޓްރޭޝަންގެ ކޮޕީއާއި އޮޕެރޭޓްކުރުމުގެ
ހުއްދައިގެ ކޮޕީއާއި ސަރުކާރުގެ ކަމާއިބެހޭ ލިޔުންތަކުގެ ކޮޕީ ބެލުމުގެ ފުރުޞަތު މުޙައްމަދު ލައްސާންއަށް
ލިބިފައިނުވާކަމަށް މުޙައްމަދު ލައްސާން ބުނެފައިވާކަމާއި އަދި މިތަކެތި ފެނުމުގެ ކުރިން އިސްވެ ބުނެވުނު
ސަފާރީ އުޅަނދަށް ފައިސާ ޚަރަދުކުރުމަކީ ރައްކާތެރިގޮތެއް ނޫންކަމަށް މުޙައްމަދު ލައްސާން
އެނގެނޭއަންނަކަމެ
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2009/HC-A25
,
UCO
ސަބަބެއް
ބުނެފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 2009/MC/395 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮންނަކަ
އިސްވެ ބަޔާންކުރެވުނު ކަންކަމާއި އަދި ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާއާއި 23 ވަނަ މާއްދާގެ ދަށުން ކުރަންޖެހޭ ކަންކަން 7 ޖޫން
2008 ގައި ރޭޑިއަންޓްހީޓް ޓްރެވެލް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ލައްސާންއާ ދެމެދު ވެވުނު
އެއްބަސްވުމުގެ ދަށުން، މުޙައްމަދު ލައްސާންގެ އިލްތިޒާމްތައް ފުރިހަމަ ކުރުމަށްޓަކައި ހުރަސްއެޅެންވީ
މުޙައްމަދު ލައްސާންއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި
ދެއްކިފައިނުވާކަމާއި، އެހެނީ، އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން، "ހަނދު" ކިޔާ ސަފާރީ
އުޅަނދު އޮޕަރޭޓްކުރާ ފަރާތަކީ ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްކަން އެ އެއްބަސްވުމުގެ 2
ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަމާއި، މުޙައްމަދު ލައްސާން ތުހުމަތުކުރާ ފަދައިން، "ހަނދު" ކިޔާ
އުޅަނދަށް ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާނޫނު ނަންބަރު 2/99
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު ލާޒިމްކުރާ ޓޫރިސްޓު
އުޅަނދު ދުއްވުމުގެ ހުއްދައާއި އަދި ޓޫރިސްޓު އުޅަނދު ހިންގުމުގެ، ނުވަތަ އޮޕަރޭޓްކުރުމުގެ ހުއްދަ
ނަގާފައިނުވާނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްކަމަށްވާނީ ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް
ލިމިޓެޑްކަން ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި، "ހަނދު" އެވެ ކިޔާ އުޅަނދާބެހޭ ހުރިހާ ލިޔެކިޔުންތައް ދެ
ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމަށް ޢަމަލުކުރުމުގެ ކުރިން ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން މުޙައްމަދު ލައްސާންއަށް ދެއްކުން ލާޒިމުކުރާ މާއްދާއެއް އެ އެއްބަސްވުމުގައި
ނުވާކަން ފާހަގަކުރެވޭކަމާއި، އަދި އިސްވެ އިޝާރާތްކުރެވުނު ލިޔެކިޔުންތައް ރޭޑިއަންޓްހީޓް ޓްރެވެލްސް
ޕްރައިވެޓް ލިމިޓެޑްއިން މުޙައްމަދު ލައްސާންއަށް ނުދެއްކުމަކީ މިދެފަރާތުގެ ދެމެދުގައި 7 ޖޫން 2008
ގައި ސޮއިކުރެވުނު އެއްބަސްވުން ހުއްޓުމަކަށް އަންނާނެކަމެއް ކަމަކަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމާއި،
މުޙައްމަދު ލައްސާންގެ ފަރާތުން މުޙައްމަދު ލައްސާން ބަލަން ބޭނުންވާ ލިޔެކިޔުންތައް ދެއްކުމަށް
ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އެއްވެސް އިރެއްގައި އެދިފައިވާކަން
ޝަރީޢަތަށް ސާބިތުނުވާކަމާއި، އަދި އެލިޔެކިޔުންތައް މުޙައްމަދު ލައްސާންއަށް ނުދެއްކުމުގެ ސަބަބުން،
ދެ ފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އެ އެއްބަސްވުމުގައިވާ ފަދައިން، މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
25 މ
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/25
ލައްސާންއަށް އެ އުޅަނދުގައިވާ އެނދުތަކާއި ޚިދުމަތްތައް އެކި ފަރާތްތަކަށް ނުވިއްކަންވީ ސަބަބުތަކެއް
މުޙައްމަދު ލައްސާންއަށް ދެއްކިފައިނުވާކަމާއި، މި އުޅަނދުގައިވާ އެނދުތަކާއި ޚިދުމަތްތައް ދެ ފަރާތު
ދެމެދު ވެވުނު އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކަށް ވިއްކައިގެން އެ ފަރާތަށް
ގެއްލުމެއް ލިބިފައިވާކަންވެސް މުޙައްމަދު ލައްސާންއަށް ދެއްކިފައިނުވާކަމާއި،
އަދި މުޙައްމަދު ލައްސާން އެ އެއްބަސްވުމުގައި ސޮއިކުރީ 7 ޖޫން 2008
ގައިކަމުގައި ވީހިނދު، އަދި "ހަނދު" ކިޔާ އުޅަނދު ޗާޓަރުކުރީ 01 ނޮވެމްބަރ 2008 އިން 31
ޖެނުއަރީ 2009 އަށްކަމަށް ވީ ހިނދު، 7 ޖޫން 2008 އާއި 01 ނޮވެމްބަރ 2008 ދެމެދު އޮތް
މުއްދަތުގެ ތެރޭގައިވެސް، ގެއްލުން ކުޑަކުރުމުގެ ގޮތުން، ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް
ލިމިޓެޑްއާއެކު ވެވުނު އެއްބަސްވުން ނިމުމަކަށް ގެނައުމަށް މަސައްކަތްކޮށްފައިވާކަންވެސް އެނގެން
ނޯންނަކަން ފާހަގަކުރެވޭކަމެވެ
Au>
395/MC2009
ތިންވަނަ ކަމަކީ، 7 ޖޫން 2008 ގައި ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް
ލިމިޓެޑާއި މުޙައްމަދު ލައްސާންއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، މުޙައްމަދު ލައްސާންގެ ޙައްޤާއި
އެޙައްޤު ބޭނުންކުރުމަށް މަގުފަހިވާން އޮތް މަގު ފަހިކޮށްދީފައިވޭތޯ ނުވަތަ ނުވޭތޯވެސް ޝަރީޢަތުން
ބައްލަވާފައިނުވާކަމަށް މުޙައްމަދު ލައްސާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ބުނެފައިވީނަމަވެސް،
މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި އަދި މުޙައްމަދު ލައްސާންގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށް ބަލާއިރު،
ބުނެވުނު ޤަޟިއްޔާގެ ޝަރީއަތުގެ މަޖިލިހުގައި މުޙައްމަދު ލައްސާންއާއި ރޭޑިއަންޓްހީޓް ޓްރެވެލްސް
ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއް ވެފައިނުވާނެކަމަށް މުޙައްމަދު ލައްސާން ތަކުރާރުކޮށް
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަވާލާދޭ
އެއްބަސްވުމަކީ ހަމައެކަނި ދެލި ކޮޕީއެއްކަމަށާއި، އަދި އެ އެއްބަސްވުމަށް އިސްލާޙުތަކެއް
ބޭނުންވިކަމަށާއި އެހެންނަމަވެސް ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްއިން އެ އިސްލާޙުތައް
ގެނެސްފައިނުވާކަމަށް މުޙައްމަދު ލައްސާންގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2009/HC-A/25
O OCCO
8
8
ރެވެލެ-
އިސްވެ އިޝާރާތް ކުރެވުނު ޤަޟިއްޔާގައި، ދެފަރާތު ދެމެދު ވެވިފައިވާ
އެއްބަސްވުމުގެ އަޞްލު ގެނައުމަށް ޝަރީޢަތުން އެންގެވުމުން، އެ އެއްބަސްވުމުގެ އަޞްލު ރޭޑިއަންޓްހީޓް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ދެއްކުމަށްފަހު އެ އެއްބަސްވުން އަނބުރާ
ގެންދިޔަކަން އެނގެންއޮންނަކަމާއި، ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގެނައި
އެއްބަސްވުމުގައި މުޙައްމަދު ލައްސާން ސޮއިކޮށްފައިވާކަން އެނގެންއޮންނަކަމާއި، އަދި މުޙައްމަދު
ލައްސާންގެ ފަރާތުން ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްއަށް 12,750.00$US (ބާރަހާސް
ހަތްސަތޭކަ ފަންސާސް ޔޫ.އެސް ޑޮލަރު) ޙަވާލުކޮށްފައިވާކަން އެނގެންއޮންނަކަމާއި، އަދި އެ ފައިސާއަކީ
ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މުޙައްމަދު ލައްސާންގެ ފަރާތުން ދީފައިވާ ފައިސާއެއްކަމަށް
ދަށު ކޯޓުގައި މުޙައްމަދު ލައްސާން އިންކާރުކޮށްފައިވާކަން އެނގޭކަމާއި، އަދި އެއިރު ބުނެފައިވަނީ އެ
ފައިސާއަކީ އަނބުރާދޭ ގޮތަށް މުޙައްމަދު ލައްސާން ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްއަށް
ދީފައިވާ ފައިސާއެއްކަމަށާއި، އެހެންނަމަވެސް، މިކަންވެސް މުޙައްމަދު ލައްސާންއަށް
ސާބިތުކޮށްދެވިފައިނުވާކަން ފާހަގަވާތީ،
މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން
މުޙައްމަދު ލައްސާންގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 2009/MC/395 ޤަޟިއްޔާގައި ކަންކަން
ބައްލަވަންވީ ވަރަށް ނުބައްލަވާކަމަށް ބުނެފައިވީ ނަމަވެސް، އެއިރު މުޙައްމަދު ލައްސާންގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށް މަދަނީ ކޯޓުން ރިޢާޔަތް ކުރައްވާފައިވާކަން އިސްވެ ބުނެވުނު ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮންނަކަމާއި، 7 ޖޫން 2008 ގައި ރޭޑިއަންޓްހީޓް ޓްރެވެލްސް
ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ލައްސާންއާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުގެ މަތިން މުޙައްމަދު
ލައްސާން ޢަމަލުކޮށްފައިނުވަނީ ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްއިން "ހަނދު" ކިޔާ
އުޅަނދާބެހޭ
ބިހޭ ލިޔެކިޔުންތައް މުޙައްމަދު ލައްސާންއަށް ދައްކާފައިނުވާތީ ކަމަށް މުޙައްމަދު ލައްސާންގެ
ފަރާތުން ބުނާ ބުނުމަކީ އެ އެއްބަސްވުމަށް ޢަމަލު ނުކުރުމަށް ދެއްކޭ ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތެއް
ނޫންކަމަށް މި މައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި، އެހެނީ، އެ އުޅަނދުއޮތީ ރޭޑިއަންޓްހީޓް
ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްގެ ހިޔާޒަތުގައިކަމާއި، އަދި އެ އުޅަނދު އޮޕަރޭޓް ކުރުމުގެ
މަސްޢޫލިއްޔަތުވެސް 7 ޖޫން 2008 ގައި ވެވުނު އެއްބަސްވުމުގެ ދަށުން އޮންނަނީ ރޭޑިއަންޓްގެޓް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2009/HC-A/205
ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް އަށްކަމާއި، އަދި އެ އުޅަނދަކީ އެ އެއްބަސްވުމުގެ ދަށުން އެއްވެސް
ޙާލެއްގައި މުޙައްމަދު ލައްސާންގެ ބެލުމުގެ ދަށަށް ނުވަތަ ހިޔާޒަތަށް އަންނަންއޮތް އުޅަނދެއްކަމަށްވެސް
ބެލެވެން ނެތަތީ،
7 ޖޫން 2008 ގައި ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްއާއި
މުޙައްމަދު ލައްސާންއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މުޙައްމަދު ލައްސާންގެ ޙައްޤު
ބޭނުންކުރުމަށް ރޭޑިއަންޓްހީޓް ޓްރެވެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުރަސްއަޅާފައިވާކަން މުޙައްމަދު
ލައްސާންއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ސާބިތުކޮށްދެވިފައިނުވާކަމާއި، އަދި އިސްވެ އިޝާރާތްކުރެވުނު
އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމާއި އަދި ޢަމަލު ނުކުރެވޭނެފަދަ އެއްބަސްވުމެއް
މަދަނީ ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެތަނެއް ނެތް
ކަމަށް މި މައްސަ
މައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
8 0 4 6 8
22
4 އދ8
ނޫންކަމަށް،
632
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ
ނަންބަރު 2009/MC/395 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މ.ޕީސްހެވަން/މާލެ، މުޙައްމަދު ލައްސާންގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
ނެތްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ
ޤަޟިއްޔާގައި މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv