ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/256 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
213/HC-A/1256
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
*
T.
• ޤަޟިއްޔާ ނަންބަރު: 256/HC
-
A/2013
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް
* ދާއިމީ އެޑްރެސް: ޖެނެރަލް ސަންޓޮސް ސިޓީ/ ފިލިޕީންސް
މިހާރުގެ އެޑްރެސް: މ. ކޮރަލްގާޑަންސް މާލެ
ޕާސްޕޯޓް ނަންބަރު: WW0511799
ވަކީލް: އދ. އާމިނަތު ޝިޒުލީނާ، މަދޮށިމާވިލާ · ސ. ފޭދޫ
އިސްތިއުނާފު ކުރި ފަރާތް:
ނަންރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރޭޝަން ނަންބަރު: 276
/
2002-C
* ވަކީލް: އދ. ޢާއިޝަތު ހައިފާ،
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ޝައްވާލު 1434 ނިމުނު ތާރީޚް: 28 ރަބީޢުލްއައްވަލު 1436
15 އޯގަސްޓް 2013
19 ޖަނަވަރީ 2015
. އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2017/VTR/231
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 06 ޑިސެމްބަރ 2013
ނިމުނު ތާރީޚް: 16 ޖުލައި 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަލީ ސަމީރު
ރީތިފެހި މާލެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/256
ދަޢުވާގެ ޚުލާޞާ
އެއްގޮތްނުވާކަމަށްބުނެ،
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/231 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި
ޕިލިޕީންސްގެ ރައްޔިތެއްކަމުގައިވާ ޑޮނާ އެންޑްރިއާ އެޕަލްޑް ޓޮރިޒޯސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/231 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ޕިލިޕީންސްގެ
ރައްޔިތެއްކަމުގައިވާ ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
ccc
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/231 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިމޯސް، 17 ނޮވެމްބަރ 2008 އިން ފެށިގެން ވަން
އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ކްލިނިކުގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް،
އޭނާ އަދާކުރަމުން
ދިޔަ މަޤާމު ކްލިނިކްގައި އިތުރަށް ބޭނުންނުވާ ކަމަށްބުނެ، 5 ޑިސެމްބަރު 2012 އަކީ އޭނާ އެތަނުގައި ވަޒީފާ
އަދާކުރާނޭ އެންމެ ފަހު ތާރީޚް ކަމަށް ބަޔާންކޮށް 4 ޑިސެމްބަރ 2012 ގައި އަންގައި، ވަޒީފާއިން
ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިން ބޭރުން ކަމަށް ދެކިގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/256
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ލިބެންޖެހޭ އެންމެހާ
މުސާރައާއި ޢިނާޔަތްތަކާ
ތެތަކާއެކު އަލުން އަނބުރާ އެ ވަޒީފާއަށް ރުޖޫޢަކޮށްދިނުމަށާއި، ބަދަލުގެ ގޮތުގައި 1
(އެކެއް) މަސްދުވަހުގެ މުސާރަ ނަގައިދިނުމަށްއެދި ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ޑޮނާ
އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މައްސަލަ ހުށަހެޅި ޑޮނާ
އެންޑްރިއާ ރެޕަލްޑް ޓޮރިޖޮސް (ފިލިޕީންސް ޕާސްޕޯޓު
ޕާސްޕޯޓް ނަންބަރު WW0511799) އާއި މައްސަލަ ރައްދުވި
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު 276
/
2002-C) އިން ހިންގާ ވަން އެންޑް
އޮންލީ ރީތިރަށް ރިސޯޓު ކްލިނިކްގެ ނަރުހެއްގެ ވަޒީފާގައި 17 ނޮވެމްބަރ 2008 ވަނަ ދުވަހުން ފެށިގެން
މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ އަދާކުރަމުންދިޔަ މަޤާމު ކުންފުންޏަށް އިތުރަށް ބޭނުންނުވާކަމަށްބުނެ 5
ޑިސެމްބަރ 2012 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާއާއި މައްސަލަ ރައްދުވި ކުންފުންޏާއި ދެމެދު
ވެފައިވާ ވަޒީފާގެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައަޅާފައިނުވާ އެއްބަސްވުމެއްކަމަށްވުމުން ދާއިމީ
މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭނީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރާފަދަ އެކަށީގެންވާ ސަބަބަކާ
ލައިގެންކަމަށާއި، އެއްވެސް އުސޫލެއް ހަމައެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފުކަމެއްކަމަށްބުނެ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ދެކޭތީ، އެޤާނޫނުގެ 29 ވަނަ
މާއްދާގެ (ހ)ގެ ދަށުން މައްސަލަ ހުށަހެޅި ފަރާތަށް ބަދަލުގެ ގޮތުގައި 1(އެކެއް) މަސްދުވަހުގެ މުސާރައާއި
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ)ގެ ދަށުން އަލުން އަނބުރާ ވަޒީފާ ހޯދައިދިނުމަށާއި، އޭނާ
ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ އެންމެހާ ފައިސާ
ލިބިދިނުމަށްއެދި ހުށަހެޅި މި މައްސަލައިގައި، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ކުންފުނީގެ
ވަޒީފާއިން ދޫކޮށްލާފައިވަނީ މައްސަލަ ހުށަހެޅި ފަރާތް ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ވަން އެންޑް އޮންލީ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A256
32
2 ހދ8
ރީތިރަށް ރިސޯޓުގެ ކްލިނިކްގެ އޮޕަރޭޝަނަލް ރިވިއުއެއް ހެދުމަށްފަހު އޭނާ އަދާކުރަމުން ދިޔަ މަޤާމު
ރިޑަންޑަންޓް ކުރުމަށް ނިންމުމާ ގުޅިގެންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެ، އެކަން
ސާބިތުކޮށްދީފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބަކާ ލައިގެންކަމަށް
ބުރަވެވުނުނަމަވެސް، މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުންދިޔަ މަޤާމު އުވާލާ، އޭނާ ވަޒީފާއިން ދޫކޮށްލަން
އުޅޭކަން އޭނާއަށް ކުރިއާލާ އަންގާފައިނުވާތީ، އޭނާ ވަޒީފާއިން ދޫކޮށްލުމުގައި މައްސަލަ ރައްދުވި ފަރާތުން
އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާކަމަށް ބުރަވެވޭ ހިނދު، މިމައްސަލާގައި މައްސަލަ
ހުށަހެޅި ފަރާތް އެދިފައިވާފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އޭނާއަށް އަލުން
އަނބުރާ އެވަޒީފާ ދިނުމަށާއި ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާ ދިނުމަށް މައްސަލަ ރައްދުވި
ފަރާތަށް އަންގަން ބަލާއިރު، ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލުމުގައި މަޢުޟޫއީ
އަދުލުވެރިކަން ފުރިހަމަވެ، އިޖުރާޢީ އަދުލުވެރިކަން ފުރިހަމަނުވެ އޮތްއޮތުމަކީ ހަމައެކަނި އެ ސަބަބަށްޓަކައި އެ
މުވައްޒަފަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާދޭ ފަރާތަށް އެންގިދާނޭ ހުއްޖަތެއް
ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމަވާފައިވާ މިބާވަތުގެ މައްސަލަތަކުގައި ކަނޑައަޅުއްވާފައިވާތީ، މި
މައްސަލައިގައި އެފަދަ އަމުރެއް ނެރޭނޭ ޖާގައެއްނެތްކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން
ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި އެމުއްދަތަށްވާ ފައިސާއާއި، މައްސަލަ ރައްދުވި ކުންފުނީގެ
ރިސޯޓުގައި ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ދޫކޮށްލުމަށް ނިންމާ މުވައްޒަފުންނަށް ޢިނާޔަތް
ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާ "ރިޑަންޑަންސީ އޮފް ޖޮބް ޕްޒިޝަން ޕޮލިސީ އެންޑް ޕްރޮސީޖަރ" ގައި
ވާގޮތުގެމަތީން އޭނާއަށް ދޭންޖެހޭ "ރިޑަންޑަންސީ އެލަވަންސް" ދީފައިވާކަން އެނގެން އޮތް ނަމަވެސް، އޭނާ
ވަޒީފާއިން ދޫކޮށްލަން އުޅޭކަން އޭނާއަށް ކުރިއާލާ އަންގާފައިނުވާތީ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް
ޤާއިމުކޮށްފައިނުވާ މިފަދަ ޙާލަތު މެދުވެރިވާ މުވައްޒަފުންނަށް އިތުރު މާލީ ބަދަލެއް ނަގައިދެވިދާނޭކަމަށާއި، އެ
މާލީ ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމަވާފައިވާ
މިބާވަތުގެ މައްސަލަތަކުގައި ބަޔާންކުރައްވާފައިވާ ކަންކަމަށް ނަޒަރުކޮށް، މައްސަލަ ހުށަހެޅި ފަރާތަށް
Ucouc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A256
ބަދަލުގެ ގޮތުގައި 8,481.00 (އަށްހާސް ހަތަރުސަތޭކަ އަށްޑިހައެކެއް) ރުފިޔާ ނަގައިދިނުމަށް މައްސަލަ ބެލި
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅާ، އެފައިސާ، މިއަދު 16 ޖުލައި 2013 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ
ތެރޭގައި މައްސަލަ ހުށަހެޅި ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޮސްއަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން
ޓްރައިބިޔުނަލްއަށް ލިޔުމުން އެންގުމަށާއި، މުވައްޒަފުންގެ ވަޒީފާއާގުޅޭ އެންމެހާ ކަންކަމުގައި ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު)އާއި ޚިލާފު ނުވާނޭ ގޮތުގެމަތީން ޢަމަލުކުރަމުން ގެންދިއުމަށް މައްސަލަ
ރައްދުވި ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު: 276
/
2002-C) އަށް އަންގާ
އަމުރުކުރަމެވެ"
މިފަދައިންނެވެ.
3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/231 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސްގެ ފަރާތުން 04 (ހަތަރެއް)
ހުށަހަޅައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ނަށ ބއއ
އނކތކ
ޑ هللا3
و مرد جنسی
CCC MOV
ފުރަތަމަ ނުކުތާއަކީ: ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް އިސްތިއުނާފު ރައްދުވާ ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުން ހިންގާ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓް ކްލިނިކުގެ ނަރުހެއްގެ ވަޒީފާގައި 17
ނޮވެމްބަރު 2008 ވަނަ ދުވަހުން ފެށިގެން މަސައްކަތްކުރަމުންދަނިކޮށް، އޭނާ އަދާކުރަމުންދިޔަ ވަޒީފާ
ކުންފުންޏަށް އިތުރަށް ބޭނުންނުވާކަމަށްބުނެ 5 ޑިސެމްބަރ 2012 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
ރިޑަންޑަންސީ އުޞޫލުން ޤަބޫލުކުރެވޭކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/231 ނިންމެވުމުގައި ކަނޑައަޅުއްވާފައިވަނީ ރިޑަންޑަންސީ އުޞޫލަކީ މުޠުލަޤު ޙުއްޖަތެއް
ކަމަށް ބައްލަވައިގެންކަމަށާއި، މިއީ އެއްވެސް ޙާލަތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ކަމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/256
،2012/HC-A/182
،2012HC-A/183
2012/HC-A/184
ޤަޟިއްޔާގެ ނިންމެވުމުގައި
ރިޑަންޑަންސީ މާނަކޮށްފައިވާ ގޮތެއް ނޫންކަމަށްބުނެ
ފެބުނެ ހުށަހެޅި ނުކުތާއެ
ނެ ބައެވެ.
ދެވަނަ ނުކުތާއަކީ ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް އިސްތިއުނާފު ރައްދުވާ ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުން ހިންގާ ވަންއެންޑް އޮންލީ ރީތިރަށް ރިސޯޓް ކްލިނިކުގެ ނަރުހެއްގެ ވަޒީފާއިން ވަކިކުރި
ކުރުމުގެ ކުރިން އެކަމާގުޅޭ އެއްވެސް ނޯޓިސް އެއް ނުވަތަ އެންގުމެއް ޑޮނާ އެންޑް ރިއާ ރެޕަލްޑް ޓޮރިޖޯސް
އަށް އަންގާފައިނުވާކަމަށާއި އަދި ރިޑަންޑަންސީ އަކީ ވަކިކުރެވުނު ސަބަބު ކަމަށް އޭނާ އަށް އަންގާފައިވަނީ
ވަޒީފާއިން ވަކިކުރެވުނު ލިޔުމުން ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/231
ނިންމެވުމުގައި ފާހަގަކުރެއްވުމަށްފަހު، ރިޑަންޑަންސީ އަކީ ހެޔޮ ނިޔަތުގައި ކަނޑައަޅާފައިވާ ޞައްޙަ
ކަނޑައެޅުމެއްކަމަށް ނިންމެވުމަކީ ވަޒީފާއާބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފް ނިންމެވުމެއްކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ރިޑަންޑަންސީ ޙާލަތަކީ އެކަމުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި ވަރަށް
ހަރުކަށިކޮށް ޝަރުޢީ މަރުޙަލާގައި ބަލަންޖެހޭ ކަމެއްކަމާއި، އެކަން ކަށަވަރުކުރުމަށް މައުޟޫއީ އަދުލުވެރިކަމާއި
އިޖުރާއީ ޢަދުލުވެރިކަން އެއްވެސް އުނިކަމެއްނެތި ޤާއިމްކުރުމަކީ ޝަރޫރީ ކަމެއްކަން ދޭހަވާއިރު، މިފަދަ
ޙާލަތްތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޢަމަލުކުރަން ޖެހެނީ ޤާނޫނު ނަންބަރު 2/2008 ދިވެހިރާއްޖޭގެ
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކުންކުރެ އުޞޫލަކުންކަމާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/231 ނިންމެވުމުގައި ރިޑަންޑަންސީގެ ޙާލަތު ޙަޤީޤަތުގައިވެސް
އޮތްކަމަށް ބަލާ ހަމައެކަނި ލިއްބައިދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން
އެޓްރައިބިއުނަލަށް ލިބިދޭ ތަޤްދީރީ ބާރުގެ ދަރީއްޔާއިން ކަނޑައަޅުއްވާފައިވާ ބަދަލުގެ މިންވަރެއްކަމާއި މިއީ
ޤާނޫނީ ހަމަތަކުން އެންމެ އެކަށޭނެ ބަދަލެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއް2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2013/HC-A/256
ހަތަރުވަނަ ނުކުތާއަކީ: ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް އިސްތިއުނާފު ރައްދުވާ ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑުން ހިންގާ ވަންއެންޑް އޮންލީ ރީތިރަށް ރިސޯޓް ކްލިނިކުގެ ނަރުހެއްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާގެ ފަރާތުން އެއްވެސް ކުށެއް ނުވަތަ ގޯހެއް ފާޅުވެގެން ނޫންކަމަށް ޚުދު އިސްތިއުނާފު
ރައްދުވާފަރާތުން ޤަބޫލުކުރާއިރު ކުއްލިއަކަށް އޭނާގެ މަޤާމު އިތުރަށް ބޭނުންނުވާކަމަށް ބުނެ އޭނާ ވަޒީފާއިން
ވަކިކުރި ކުރުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭ ބުނުމެއް ކަމަށް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ މަސައްކަތްކުރުމުގެ ޙައްޤާއި ޤާނޫނު ނަންބަރު
2/2008 ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި ވަޒީފާއާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ޛަރީއްޔާއިން
ކަށަވަރުކޮށްދީފައިވާ ޢަދުލުގެ ނިޒާމް (due process) އިން ކަނޑައެޅިގެން އެކަހެރިވެ ޡުލްމުވެރިވުންކަމަށް
ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
CO
4. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/231 މައްސަލަ
އިސްތިއުނާފުކުރުމަށް ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅޭގޮތުން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅުންހުރި ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބަލާއިރު އަންނަނިވި
cccc
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިމޯސް، 17 ނޮވެމްބަރ 2008 އިން ފެށިގެން
ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ކްލިނިކުގައި ރިސޯޓް ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް،
އަދާކުރަމުން ދިޔަ މަޤާމު ކްލިނިކްގައި އިތުރަށް ބޭނުންނުވާ ކަމަށްބުނެ، 5 ޑިސެމްބަރު 2012 އަކީ އޭނާ
އެތަނުގައި ވަޒީފާ އަދާކުރާނޭ އެންމެ ފަހު ތާރީޚް ކަމަށް ބަޔާންކޮށް 4 ޑިސެމްބަރ 2012 ގައި އަންގައި،
ވަޒީފާއިން ވަކިކޮށްފައިވާކަމާއި،
ދިޖެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/256
l
ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ވަޒީފާއިން ވަކިކުރުމުން، އޭނާ ވަކިކޮށްފައިވަނީ އެކަށީގެންވާ
ސަބަބެއްނެތި ޣައިރުޤާނޫނީ ގޮތެއްގައިކަމަށް ބުނެ، އިސްތިއުނާފުކުރެވިފައި މިވާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/231 މައްސަލާގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ވަޒީފާއިން
ވަކިކުރި ތާރީޚުން ފެށިގެން ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތަކާއެކު އަލުން އަނބުރާ އެ ވަޒީފާއަށް
ރުޖޫޢަކޮށްދިނުމަށާއި، ބަދަލުގެ ގޮތުގައި 1 (އެކެއް) މަސްދުވަހުގެ މުސާރަ ނަގައިދިނުމަށްއެދި ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ދަޢުވާކޮށްފައިވާކަމާއި،
އެމައްސަލަ ބައްލަވައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ، ޑޮނާ އެންޑްރިއާ ރެޕަލްޑާ
ޓޮރިޖޯސް ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ޙާލަތެއްގައިކަމަށްވުމުން އެކަށީގެންވާ ސަބަބަކާ
ލައިގެންކަމަށްވާއިރު، ރިޑަންޑަންސީގެ ސަބަބުން މުވައްޒަފަކު ވަޒީފާއިން ދުކޮށްލުމުގައި މަޢުޟޫޢީ
ޢަދުލުވެރިކަން ފުރިހަމަވެފައިވާނަމަ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަނުވެ އޮތްނަމަވެސް ހަމައެކަނި އެ
ސަބަބަށްޓަކައި އެ މުވައްޒަފަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ވަޒީފާދޭ ފަރާތަށް ނޭންގޭނެކަމަށާއި،
ނަމަވެސް، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް އަދާކުރަމުންދިޔަ މަޤާމު އުވާލާ، އޭނާ ވަޒީފާއިން ދޫކޮށްލަން
އުޅޭކަން އޭނާއަށް ކުރިއާލާ އަންގާފައިނުވާތީ، އޭނާ ވަޒީފާއިން ދޫކޮށްލުމުގައި މައްސަލަ ރައްދުވި ފަރާތުން
އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާކަމަށް ބުރަވެވޭތީ، ޑޮނާ އެންޑްރިއާ ރެޕަލްޑާ
ޓޮރިޖޯސްއަށް ލިބިދީފައިވާ، ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި އެމުއްދަތަށްވާ
ފައިސާއާއި، ރިޑަންޑަންސީ އެލަވަންސްގެ އިތުރުން އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ
މާލީ ބަދަލުގެ ގޮތުގައި -/8,481ރ. (އަށްހާސް ހަތަރުސަތޭކަ އަށްޑިހައެއް ރުފިޔާ) ނަންގަވައިދެއްވައި
އެގޮތުގެމަތިންކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް އަދާކުރަމުންދިޔަ، ރީތިރަށް ރިސޯޓު
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހިންގާ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ކްލިނިކުގެ ރިސޯޓް ނަރުހެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/256
މަޤާމު ކްލިނިކްގައި އިތުރަށް ބޭނުންނުވާ ކަމަށްބުނެ، 5 ޑިސެމްބަރު 2012 އަކީ ޑޮނާ އެންޑްރިއާ ރެޕަލްޑާ
ޓޮރިޖޯސް އެތަނުގައި ވަޒީފާ އަދާކުރާނޭ އެންމެ ފަހު ތާރީޚް ކަމަށް ބަޔާންކޮށް 4 ޑިސެމްބަރ 2012 ގައި
އެކަން ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސްއަށް އަންގައި، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ވަޒީފާއިން
ވަކިކޮށްފައިވާކަމާއި،
ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ވަޒީފާއިން ވަކިކޮށްފައިވަނީ ރިސޯޓަށް އަންނަ ޓޫރިސްޓުންގެ
ޕޯޓް ފޯލިއޯއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ޚިދުމަތްދެވެންޖެހޭތީ،
ރިސޯޓުގެ ކްލިނިކުގެ އޮޕަރޭޝަނަލް ރިވިއުއެއް ހެދުމަށްފަހު، ރިސޯޓު ހިންގުމަށް ކްލިނިކުން ބޭނުންވާ
ކަންތައްތައް ބަދަލުވުމުން، ރިސޯޓުގެ ބަދަލުވެފައިވާ ބޭނުންތައް ފުއްދޭނެފަދަ ގޮތަކަށް ކްލިނިކުގެ ހިންގުން
ހަރުދަނާކުރުމަށް ކްލިނިކުގެ އޮނިގަނޑަށް ބަދަލުގެނެސް، ކްލިނިކުގެ ނަރުހުގެ މަޤާމު ރިޑަންޑަންޓުކުރުމަށް
ކުންފުނީގެ ބޯޑުން ނިންމުމާގުޅިގެން ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް އަދާކުރަމުންދިޔަ މަޤާމު
ރިޑަންޑަންޓުވެގެންކަން އެނގޭކަމެވެ.
4
c etc
(ނ) ތިންވަނަ ކަމަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި 23 ވަނަ މާއްދާގައި
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް ބަޔާންކުރެވިފައިވާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ
ޙާލަތެއްގެ ގޮތުގައި ރިޑަންޑަންސީގެ ޙާލަތު ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރެވިފައިނުވާކަމާއި، ނަމަވެސް
ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުންފުނިތަކާއި، އޮފީސްތައްފަދަ ވަޒީފާދޭ ތަންތަނުގެ އިދާރީ އޮނިގަނޑަށް
ބަދަލު ގެނައުމުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިވިންޖެހޭފަދަ ޙާލަތެއް
މެދުވެރިވެދާނެކަމާއި، މިފަދަ ޙާލަތުގައި އެފަދަ މުވައްޒަފަކު ނުވަތަ މުވައްޒަފުން ވަކިކޮށް އެމަޤާމު ނުވަތަ
މަޤާމުތައް މަދުކުރެވޭނެގޮތެއް ނޯންނަނަމަ އެކަމުގެ ސަބަބުން އެފަދަ ކުންފުނިތަކާއި އިދާރާތަކުގެ ހިންގުން
ހަރުދަނާކުރުމަށް ހުރަސްއެޅިގެންދާނެކަމަށް ޤަބޫލުކުރަންޖެހޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/256
އެހެންކަމުން
މިކަމުން އެފަދަ ކުންފުންޏެއްގެ ނުވަތަ އިދާރާއެއްގެ އޮނިގަނޑަށް ގެންނަ ބަދަލަކާ ގުޅިގެން
މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ދޫކޮށްލަންޖެހިއްޖެނަމަ އެފަދަ ޙާލަތުގައި އެމުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާ ކުރުމަކީ އެކަށީގެންވާ ސަބަބެއް އޮވެގެން ވަޒީފާއިން ވަކިކުރާ
ކުރުމެއްކަމުގައި ބެލެވިދާނެކަމާއި، ނަމަވެސް މިސަބަބުގެ މައްޗަށް ބިނާކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރާ
ޙާލަތުގައިވެސް، އެދަފަ އިދާރާއެއްގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަންޖެހޭފަދަ ހަގީގީ ޙާލަތެއް
މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން
ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ ގަސްދެއްނެތި ހެޔޮ ނިޔަތުގައިތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ
މުވައްޒަފު ނުވަތަ މުވައްޒަފުން ކަނޑައެޅުނުގޮތާއި، އެ މުވައްޒަފު ނުވަތަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބަލައި، އެކަންކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާ
ފ ދ ތ ލ ތ ލ ގއ ގދ ދވ
ކަނފަފާއޖހތކޮށް
ބަޔާންކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ޢާންމު އުޞޫލެއްގެ ގޮތުން، ރިޑަންޑަންސީގެ ޙާލަތެއް އޮވެގެން
މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، އެޙާލަތުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލުމުގައި
އެމުވައްޒަފު ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ، ހެޔޮ ނިޔަތުގައި، އެކަށީގެންވާ ސަބަބެއް ނުވަތަ
ސަބަބުތަކެއް އޮވެގެން ނިންމާފައިވާ ނިންމުމެއްކަމުގައި ވާންޖެހޭއިރު، ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހިންގާ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ކްލިނިކުގެ އޮނިގަނޑަށް ގެނެވުނު ބަދަލުގައި ޑޮނާ
އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް އަދާކުރަމުންދިޔަ ރިސޯޓް ނަރުހެއްގެ މަޤާމު ރިޑަންޑަންޓުވެ އެމަޤާމުން ޑޮނާ
އެންޑްރިއާ ރެޕަލްޑް ޓޮރިމޯސް ވަކިކުރުމުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރީތިރަށް ރިސޯޓު
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަޒީފާގެ އޮނިގަނޑަށް ބަދަލުގެނައީ ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް
ވަޒީފާއިން ވަކިކުރުމަށް ނުނިޔަތުގައިކަމަށް ބެލެވޭނެވަރުގެ ސަބަބެއް ފެންނަން ނެތުމުން ޑޮނާ އެންޑް ރިއާ
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ3،
11
2013/HC-A/256
އެޕަލްޑް ޓޮރިމޯސް ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބަލަންޖެހޭކަމާއި،
މިކަންކަން މިގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް ފާހަގަކުރައްވާފައިވާކަމާއި،
ނަމަވެސް ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބަލާއިރު، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް އަދާކުރަމުންދިޔަ މަޤާމު
އުވާލައި، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ވަޒީފާއިން ދޫކޮށްލަން އުޅޭކަން ނުވަތަ ދޫކޮށްލަން ޖެހިދާނެކަން
ފަދަ، މިފަދަ ޙާލަތުގައި މުވައްޒަފުންނަށް އަންގަންޖެހޭ ކަންކަން ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސްއަށް
ކުރިއާލާ އަންގާފައިނުވާތީ، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާކަމަށް ބުރަވެވޭކަމެވެ.
( 4
2 ހއ
އެފުލުމަށް
(ބ) ފަސްވަނަ ކަމަކީ: ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށިގެންވާ
ސަބަބެއްކަމާއި، ނަމަވެސް ރިޑަންޑަންސީގެ ޙާލަތުއޮތްކަމަށް ބެލުމުގައި، ތަނުގެ އޮނިގަނޑުން އެމަޤާމު އުވާލައި
އެމަޤާމު އުނިކުރުމަށް ނިންމި ނިންމުމެއް އޮތުމުން އެކަނި ނުފުދޭނެކަމާއި، އެހެނީ އޮނިގަނޑުން ވަކި މަޤާމެއް
ނިންމާފައިވަނީ ނުނިޔަތުގައި ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑާލުމުގެ
ބޭނުމުގައިކަމަށްވާނަމަ، ރިޑަންޑަންސީގެ ޙާލަތު އޮތްކަމަށް އަދި ރިޑަންޑަންސީގެ ޙާލަތުގައި މައުޟޫޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ނުބެލެވޭނެކަމާއި،
ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ
ނިންމެވުންތަކުގެ އަލީގައި ބަލާއިރު، ރިޑަންޑަންސީގެ ހަގީގީ ޙާލަތެއް އޮތްނަމަ، އަދި ރިޑަންޑަންޓްވެގެން
ވަޒީފާއިން ކަނޑާލެވުނު މުވައްޒަފު ކަނޑާލެވިފައިވަނީ ނުނިޔަތުގައި ވަކި މުވައްޒަފަކު ކަނޑާލުމުގެ ބޭނުމުގައި
ތަނުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލަކާގުޅިގެންކަމަށް ނުވާނަމަ، އެޙާލަތުގައި ވަޒީފާއިން ވަކިކުރި
މުވައްޒަފު ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކުރެވިފައި ނުވިނަމަވެސް
ރިޑަންޑަންޓްވެގެން ކަނޑާލެވުނު މުވައްޒަފަށް އަނބުރާ ވަޒީފާ ދިނުމަށް އަމުރުނުކުރެވޭނެކަމާއި،
ކަމާއި، މިކަންކަން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
213/HC-A/256
2012/HC-A/182
،2012/HC-A/183
މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
184/HC-A/2012 ޤަޟިއްޔާގައިވެސް ކަނޑައަޅުއްވައި، ބަޔާންކުރެވިފައިވާއިރު،
މިމައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށާއި މިމައްސަލާގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކުގެ މައްޗަށް ބަލާއިރު، ރިޑަންޑަންސީގެ ޙާލަތު އޮތްކަމާއި، ވަޒީފާގެ އޮނިގަނޑަށް ބަދަލުގެނައީ ޑޮނާ
އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ވަޒީފާއިން ވަކިކުރުމަށް ނުނިޔަތުގައިކަމަށް ބެލެވޭނެވަރުގެ ސަބަބެއް ފެންނަން
ނެތްކަމެވެ.
COOC
(ޅ) ހަވަނަ ކަމަކީ: ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ވަޒީފާއިން ވަކިކުރެވިފައިވަނީ، ޑޮނާ
އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް ވަޒީފާއަދާކުރަމުންދިޔަ ރިސޯޓުގެ ކްލިނިކުގެ އޮނިގަނޑަށް ބަދަލުގެންނަންޖެހިގެން
ގެނައި ބަދަލުގައި ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސް އަދާކުރަމުންދިޔަ މަޤާމު އުވިގެންދިއުމާގުޅިގެންކަމާއި،
މިފަދަ ރިޑަންޑަންސީގެ ޙާލަތުގައި ރިޑަންޑަންޓްވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވެނީ އެމުވައްޒަފުގެ
ކުށެއް އޮވެގެން ނޫންކަމާއި، އެމުވައްޒަފަކީ ގާބިލު އަދި ފަރުވާތެރި މުވައްޒަފަކުކަމުގައިވީނަމަވެސް
ރިޑަންޑަންސީގެ ޙާލަތުގައި އެފަދަ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރަންޖެހިދާނެކަމާއި،
ރިޑަންޑަންސީގެ ޙާލަތާއި އަދި އެނޫނަސް ވަޒީފާއިން ވަކިކުރުމަށް ހުއްދަ ސަބަބެއްގެ މައްޗަށް
ބިނާކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ
މަސައްކަތްކުރުމުގެ ޙައްޤާއި އަދި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ފުށުއަރާ ލްމުވެރި
ޢަމަލެއްކަމުގައި
OX
40
Ccc ecc)
3
4
ނއލިފާންކަމެވެ.
(ކ) ހަތްވަނަ ކަމަކީ: ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު،
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވިނަމަވެސް، އެމުވައްޒަފަކު ވަކިކުރެވުނު އިރު އަދާކުރަމުންދިޔަ ވަޒީފާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/256
4 2 2 4
etc.
އަނބުރާ އެމުވައްޒަފަށް ދިނުމަށް އެމުވައްޒަފު ވަޒީފާ އަދާކުރި ކުންފުންޏަށް ނުވަތަ އިދާރާއަށް މަޖުބޫރުކުރުމަކީ
ޢަދުލުވެރިގޮތް ނޫންކަމާއި، އެމުވައްޒަފަކަށް އެފަދަ ޙާލަތުގައި ލިބިދެވޭނެ ޤާނޫނީ ޙައްލަކީ އެމުވައްޒަފު
ވަކިކުރެވުނު ވަޒީފާ އެމުވައްޒަފަށް އަނބުރާ ދިނުމަށް އެންގުމުގެ ބަދަލުގައި އެމުވައްޒަފަށް އެކަށީގެންވާ މާލީ
ބަދަލެއް ނަގައިދިނުންކަމާއި،
މިބަދަލަކީ ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭއިރުވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ދެވޭ ފައިސާއާއި
އަދި ރިޑަންޑަންސީ ޕޭމަންޓުގެ ގޮތުގައި ދެވޭ ފައިސާގެ އިތުރުން، ރިޑަންޑަންސީގެ ޙާލަތުގައި ވަޒީފާއިން
ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ ވަޒީފާއިން
ވަކިކުރެވުމުގެ ސަބަބުން އެމުވައްޒަފަކަށް ލިބުނު ގެއްލުން ފޫބައްދައިދިނުމުގެގޮތުން ނަގައިދެވޭ ބަދަލެއްކަމާއި،
މިގޮތުން ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައެޅުމުގެ ބާރު ލިބިގެންވާ ފަރާތަކީ ވަޒީފާއާބެހޭ
ޓްރައިބިއުނަލްކަމަށާއި، އެބަދަލުގެ މިންވަރު ކަނޑައެޅުމުގައި، ބައްލަވަންވާނެކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 182/HC-A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވައި، ބަޔާންކުރައްވާފައިވާއިރު،
ވަޒީފާއިން ވަކިކުރުމުގެ ކުރިން ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސްއަށް ދޭންޖެހޭ ނޯޓިސްގެ
ބަދަލުގައި އެމުއްދަތަށްވާ ފައިސާއާއި، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ދޫކޮށްލުމަށް ނިންމާ
މުވައްޒަފުންނަށް ޢިނާޔަތް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާ "ރިޑަންޑަންސީ އޮފް ޖޮބް ޕްޒިޝަން ޕޮލިސީ
އެންޑް ޕްރޮސީޖަރ" ގައި ވާގޮތުގެމަތީން ދޭންޖެހޭ "ރިޑަންޑަންސީ އެލަވަންސް" ޑޮނާ އެންޑްރިއާ ރެޕަލްޑާ
ޓޮރިޖޯސްއަށް ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދީފައިވާކަމާއި، އަދި އޭގެ އިތުރުން ޑޮން
އެންޑްރިއާ ރެޕަލްޑް ޓޮރިޖޯސްއަށް ވަޒީފާއިން ދޫކޮށްލުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން
ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ، އެފަދަ ޙާލަތުގައި މާލީ ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަށް
ނަޒަރުކޮށް، ޑޮނާ އެންޑްރިއާ ރެޕަލްޑް ޓޮރިޒޯސްއަށް މާލީ ބަދަލުގެ ގޮތުގައި -/
8,481ރ. (އަށްހާސް
ހަތަރުސަތޭކަ އަށްޑިހައެއް ރުފިޔާ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަންގަވައިދެއްވާފައިވާކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/256
(އ) އަށްވަނަ ކަމަކީ: އިސްވެ ފާހަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެފަދައިން
ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، އިސްތިއުނާފުކުރެވިފައި މިވާ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/231 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުން
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފުކަމަށް ބަލާނެ ތަނެއް ނެތްކަމުގައެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައި މިވާ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/231 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަށް ދަލުގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv