ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/210 ޤަޟިއްޔާގެ ޙުކުމް
1
2{011/HC-A/21{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
28
68
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 210/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަންވަރު ޢަލީ
އައިޑީ ކާޑު ނަންބަރު: A000822
i
ދާއިމީ އެޑްރެސް: ޖަވާހިރުމާގެ / އއ.ހިމަންދޫ
އެޑްރެސް: ފ.އަބާނާ | ކި.މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް
* ނަން:
އައިޑީ ކާޑުނަންބަރު.
އެޑްރެސް:
• ރަޖިސްޓްރީ ތާރީޚް: 24 ރަމަޟާން 1432
24 އޮގަސްޓް 2011
ނިމުނު ތާރީޚް: 08 ޖުމާދަލްއާޚިރާ 1433
02
.
18
2013
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު: 2010/Cv-C/1182
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ޙައްޤު ހޯދުމަށްއެދި
ހުށަހެޅި ތާރީޚް: 22.09.2010
* ނިމުނު ތާރީޚް: 31.05.2011
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ން: 35029، ފެން %3
އީމެއިލް: [email protected] ވެބްސައިޓް: whigurt.gov.mv
2
2{11/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1182 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ހިމަންދޫ ޖަވާހިރުމާގެ،
ގެ، އަންވަރު ޢަލީގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
{
ފާހަގަކުރެވުނު ނުކުތާތައް
30
11
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1182 ޤަޟިއްޔާގައި
އއ.ހިމަންދޫ ! ޖަވާހިރުމާގެ އަންވަރު ޢަލީ، އއ.ހިމަންދޫ އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ވަޒީފާގައި ޤާނޫނާއި
ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރަމުން ދަނިކޮށް
ޙަޤީޤަތާއި ޚިލާފު ދޮގު ތުހުމަތުތަކެއް އަންވަރު ޢަލީގެ ބޮލުގައި އަޅުވައި އެކަންތައް ތަޙުޤީޤު ކުރުމުގެ ނަމުގައި
އަންވަރު ޢަލީ
ހިމަންދޫއިން ބޭރުކޮށް ބަންދުގައި 04 މަހާއި 09 ދުވަހު ބަހައްޓައި، ތުހުމަތުކުރި
މައްސަލާގައި ކުށްސާބިތުވެ އަދަބު ކަނޑައެޅިފައިނުވަނީސް އަންވަރު ޢަލީ ތަޙުޤީޤަށް ބަންދުކުރި ދުވަސް ކަމުގައިވާ
30 މެއި 2002 ވަނަ ދުވަހު އަންވަރު ޢަލީ ވަޒީފާއިން ވަކިކޮށްފައިވާތީއާއި، އަންވަރު ޢަލީ ވަޒީފާއިން ވަކިކޮށް
ދިނުމަށް އެދި ހިމަންދޫ އޮފީހުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައިވަނީ އޭރު ޢަމަލުކުރަމުންދިޔަ
މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ގަވާއިދު 03 ވަނަ ބައިގެ 41 ވަނަ މާއްދާގައި ބުނާފަދަ ކަމެއް އަންވަރު
ޢަލީގެ މައްޗަށް ސާބިތުވެގެން ނޫންކަމަށްވާތީ، 30 މެއި 2002 ގައި އަންވަރު ޢަލީ ވަޒީފާއިން ވަކިކުރިއިރު ހުރި
ވަޒީފާއަށް ނުވަތަ އަންވަރު ޢަލީ ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއާއި އެއްފެންވަރުގެ ވަޒީފާއަކަށް އަންވަރު
ޢަލީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މެދުނުކެނޑޭގޮތަށް ހަމަޖެއްސުމަށާއި، އަންވަރު ޢަލީ އަދާކުރަމުންދިޔަ
ހިމަންދޫ އޮފީހުގެ ވަޒީފާއިން ވަކިކުރިއިރު ޢާންމުގޮތެއްގައި އަންވަރު ޢަލީއަށް ދެމުންދިޔަ މުސާރައާއި
ޢިނާޔަތްތައް، އަދި އެހެނިހެން އެލަވަންސްތައް މުވައްޒަފުންގެ މުސާރައަށާއި އެހެނިހެން ޢިނާޔަތްތަކަށާއި
އެލަވަންސްތަކަށް އައިސްފައިވާ އެންމެހައި ބަދަލުތައް ހިމަނައިގެން އަންވަރު ޢަލީ ވަޒީފާއިން ވަކިކުރި ދުވަހުން
ފެށިގެން އަނބުރާ ވަޒީފާ ދޭދުވަހާއި ހަމައަށް، މިގޮތުން ލިބެންޖެހޭ އެންމެހައި ފައިސާއަކީ އއ. ހިމަންދޫ އޮފީހުގެ
ފަރާތުން އަންވަރު ޢަލީއަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅުއްވައި ދެއްވައި އެފައިސާ އެއްފަހަރާ ދިނުމަށް
އަމުރުކޮށްދެއްވުމަށާއި، އަދި އަންވަރު ޢަލީއަށް ގެއްލިފައިވާ އެންމެހައި ޙައްޤުތައް ހޯއްލުޅު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 367
އީމެއިލް [email protected] ވެބްސައިޓް:
www.highcourt.gov.mv/
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04އ
އެންމެހައި މަސައްކަތްކޮށްދިނުމަށް އެއްބަސްވެފައިވާ އުޖޫރައިގެ ގޮތުގައި -;65,000ރ. (ފަސްދޮޅަސް ފަސްހާސް
ރުފިޔާ) އާއި އަދި އއ. ހިމަންދޫ އޮފީހުން ގަވާއިދާ ޚިލާފަށް އަންވަރު ޢަލީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން
އަންވަރު ޢަލީގެ އަބުރު ގެއްލިފައިވާތީ އެކަމުގެ ބަދަލާއި، 30 މެއި 2002 އިން ފެށިގެން އަންވަރު ޢަލީ
ވަޒީފާއެއްނެތި ހުންނަންޖެހުމުގެ ސަބަބުން މާލީ ގޮތުން ދަތިވެ ދިރިއުޅުމަށް އެކަމުގެ ނުރަނގަޅު އަސަރުކޮށް
ވަރަށް ހިތްދަތި ދުވަސްތަކެއް އަންވަރު ޢަލީއަށް ހޭދަކުރަންޖެހިފައިވާތީ، މާލީ ގޮތުންނާއި ނަފްސާނީގޮތުން
ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި -/1,500,000ރ. (އެއްމިލިޔަން ފަސްލައްކަ ރުފިޔާ)
ހިމަންދޫ
އޮފީހުން އަންވަރު ޢަލީއަށް ދިނުމަށް އަމުރުކޮށްދެއްވުމަށާއި، އަދި މިނޫނަސް ގަވާއިދާ ޚިލާފަށް އަންވަރު ޢަލީ
ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އަންވަރު ޢަލީއަށް ގެއްލިފައިވާ އެންމެހައި ޙައްޤުތަކާއި، ޢިނާޔަތްތައް ހޯއްދަވައި
ދެއްވުން އެދި ހިމަންދޫ އޮފީހުގެ މައްޗަށް އއ. ހިމަންދޫ ! ޖަވާހިރުމާގެ އަންވަރު ޢަލީ ދަޢުވާކުރުމުން،
ސިވިލް ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "..އއ. ހިމަންދޫ : ޖަވާހިރުމާގެ އަންވަރު ޢަލީ އއ. ހިމަންދޫ
އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރެއްގެ ވަޒީފާގައި ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން އިޚްލާޞްތެރިކަމާއި
ވަފާތެރި ކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރަމުންދަނިކޮށް ޙަޤީޤަތާއި ޚިލާފު ދޮގު ތުހުމަތު ތަކެއް އަންވަރު
ޢަލީގެ ބޮލުގައި އަޅުވައި އެކަންތައް ތަޙްޤީޤު ކުރުމުގެ ނަމުގައި އަންވަރު ޢަލީ އއ. ހިމަންދޫއިން ބޭރުކޮށް
ބަންދުގައި 04 މަހާއި 09 ދުވަހު ބަހައްޓައި، ތުހުމަތު ކުރި މައްސަލައިގައި ކުށްސާބިތުވެ އަދަބު ކަނޑައެޅިފައި
ނުވަނީސް އަންވަރު ޢަލީ ތަޙްޤީޤަށް ބަންދުކުރި ދުވަސް ކަމުގައިވާ 30 މެއި 2002 ވަނަ ދުވަހު އަންވަރު ޢަލީ
ވަޒީފާއިން ވަކިކޮށްފައިވާތީއާއި، އަންވަރު ޢަލީ ވަޒީފާއިން ވަކިކޮށް ދިނުމަށް އެދި އއ. ހިމަންދޫ އޮފީހުން
ސަރުކާރުގެ ކަމާބެހޭ ފަރާތް ތަކުގައި އެދިފައިވަނީ އޭރު ޢަމަލު ކުރަމުންދިޔަ މުއައްޒަފުންގެ ކަންތައްތައް
ހިންގުމުގެ ޤަވާއިދުގެ 03 ވަނަ ބައިގެ 41 ވަނަ މާއްދާގައި ބުނާ ފަދަ ކަމެއް އަންވަރު ޢަލީގެ މައްޗަށް
ސާބިތުވެގެން ނޫންކަމަށް ވާތީ 30 މެއި 2002 ގައި އަންވަރު ޢަލީ ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް
ނުވަތަ އަންވަރު ޢަލީ ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއާއި އެއްފެންވަރުގެ ވަޒީފާއަކަށް އަންވަރު ޢަލީ
ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މެދު ނުކެނޑޭގޮތަށް ހަމަޖެއްސުމަށާއި، އަންވަރު ޢަލީ އަދާކުރަމުން ދިޔަ
ހިމަންދޫ އޮފީހުގެ ވަޒީފާއިން ވަކިކުރި އިރު ޢާއްމުގޮތެއްގައި އަންވަރު ޢަލީއަށް ވީދެން ދިޔަ މުސާރައާއި
ޢިނާޔަތްތައް، އަދި އެހެނިހެން އެލަވަންސްތައް މުވައްޒަފުންގެ މުސާރައަށާއި
ތަކަށާއި
##D81
2{11/HC-A/210
3x
2224
04
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 136471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2/11/HC-A/21
އއ
އެލަވަންސްތަކަށް އައިސްފައިވާ އެންމެހައި ބަދަލުތައް ހިމަނައިގެން އަންވަރު ޢަލީ ވަޒީފާއިން ވަކިކުރި ދުވަހުން
ފެށިގެން އަނބުރާ ވަޒީފާ ދޭދުވަހާއި ހަމައަށް މިގޮތުން ލިބެންޖެހޭ އެންމެހައި ފައިސާއަކީ އއ. ހިމަންދޫ އޮފީހުގެ
ފަރާތުން އަންވަރު ޢަލީއަށް ދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅުއްވައި ދެއްވައި އެފައިސާ އެއްފަހަރާދިނުމަށް
އަމުރުކޮށް ދިނުމަށާއި، އަދި އަންވަރު ޢަލީއަށް ގެއްލިފައިވާ އެންމެހައި ޙައްޤުތައް ހޯއްދަވައި ދެއްވުމަށް ޤާނޫނީ
އެންމެހައި މަސައްކަތްކޮށްދިނުމަށް އެއްބަސްވެފައިވާ އުޖޫރައިގެ ގޮތުގައި -/65,000ރ. (ފަސްދޮޅަސް ފަސްހާސް
ރުފިޔާ) އާއި އަދި އއ. ހިމަންދޫ އޮފީހުން ޤަވާއިދާ ޚިލާފަށް އަންވަރު ޢަލީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން
އަންވަރު ޢަލީގެ އަބުރު ގެއްލިފައިވާތީ އެކަމުގެ ބަދަލާއި، 30 މެއި 2002 ކުން ފެށިގެން އަންވަރު ޢަލީ
ވަޒީފާއެއްނެތި ހުންނަން ޖެހުމުގެ ސަބަބުން މާލީ ގޮތުން ދަތިވެ ދިރި އުޅުމަށް އެކަމުގެ ނުރަނގަޅު އަސަރުކޮށް
ވަރަށް ހިތްދަތި ދުވަސްތަކެއް އަންވަރު ޢަލީއަށް ހޭދަކުރަން ޖެހިފައިވާތީ، މާލީ ގޮތުންނާއި ނަފުސާނީގޮތުން
ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި -/1,500,000ރ. (އެއްމިލިޔަން ފަސްލައްކަ ރުފިޔާ) ހިމަންދޫ
އޮފީހުން އަންވަރު ޢަލީއަށް ދިނުމަށް އަމުރު ކޮށްދިނުމަށާއި، އަދި މިނޫނަސް ޤަވާޢިދާ ޚިލާފަށް އަންވަރު ޢަލީ
ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އަންވަރު ޢަލީއަށް ގެއްލިފައިވާ އެންމެހާ ޙައްޤުތަކާއި، ޢިނާޔަތްތައް ހޯއްދަވައި
ދެއްވުން އެދި ހިމަންދޫ އޮފީހުގެ މައްޗަށް އއ. ހިމަންދޫ ޖަވާހިރުމާގެ ޢަންވަރު ޢަލީ ދަޢުވާކުޅަ މިޤަޟިއްޔާ
ހިނގަމުން ދަނިކޮށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 21 އޮކްޓޯބަރ
2010 ގައި ޢަމަލު ކުރަން ފެށިފައިވާއިރު އެޤާނޫނުގައި ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ބަޔާންކޮށްފައި
މާއްދާ (69 ވަނަ މާއްދާ) ގެ ހ. އާއި ނ. އަށް ރިޢާޔަތް ކުރާއިރު އެމާއްދާގެ (ހ) ގައި "އެކޯޓަކީ ދަޢުވާލިބޭ
ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން" އަދި، އެމާއްދާގެ (ނ) ގައި "ދައުލަތުގެ އިދާރާއަކަށް
ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ އެ އިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާއެއްގެ
ކޯޓަކަށްވުން" މިފަދައިން ބަޔާންވެގެންވާއިރު މިމައްސަލައަކީ ހިމަންދޫ އޮފީހުގެ މައްޗަށް ދަޢުވާކޮށްފައިވާ
މައްސަލައަކަށް ވެފައި ސިވިލްކޯޓަކީ ހިމަންދޫ އޮފީސް ހިމެނޭ ދާއިރާގެ ކޯޓަކަށް ނުވާތީ، މިމައްސަލައަކީ
މިހާރު ސިވިލްކޯޓުގެ އިޚްތިޞާޞުން ބޭރުވެފައިވާ މައްސަލައެއްކަން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު)ގެ 69 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އެނގެން އޮތުމުން މިހާރު މިމައްސަލަ
ސިވިލްކޯޓުން ބަލައި ކުރިއަށް ގެންދެވެން ނެތްކަމަށް..." ކަނޑައަޅުއްވައި ޙުކުމްކުރައްވާފައިވާ އިންޝިޢްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ
14
14
0eވ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2{011/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2) ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1182 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އއ. ހިމަންދޫ | ޖަވާހިރުމާގެ، އަންވަރު ޢަލީގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
. ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ
69 ވަނަ މާއްދާގެ (ހ) އާއި (ނ) އަށް ރިޢާޔަތްކުރައްވައި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1182
(2010/MC/2210) ޤަޟިއްޔާ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ޙުކުމް ކުރައްވާފައިވަނީ، ސުޕްރީމް
ކޯޓުގެ ނަންބަރު 02/SC
-
C/2008 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމާއި، ޤާނޫނު ނަންބަރު 4/2011
(މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާއި، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
. ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަދަނީ
ކޯޓުން ބަލައިގަނެ މިހާރުގެ ސިވިލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަތަކުގެ ތެރެއިން ދަޢުވާކުރާ ފަރާތާއި
ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް އެހެން ދާއިރާއެއްގައި ހުންނަ ބައެއް މައްސަލަތައް މިހާރުވެސް ސިވިލް
ކޯޓުގައި ކުރިއަށް ގެންދާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1182 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް މިމައްސަލަ
ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، މިމައްސަލަ ނިންމަން ފެންނަ ގޮތާމެދު
ފަނޑިޔާރުންގެ މެދުގައި ދެ ރަޢުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. މިގޮތުންޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{011/HC-A/21{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތަފާތުވި ރަޢުޔު (ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ރަޢުޔު) އާއި އެރަޢުޔު ބިނާކުރި އަސާސްތައް:
#fi
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69
ވަނަ މާއްދާގައި ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 22/2010 ގައި ކޯޓުތަކަށް ކަނޑައަޅާފައިވާ
އިޚްތިޞާޞްތަކުގެ އިތުރުން، އެމާއްދާގައި ބަޔާންކުރެވިފައިވާ ޙާލަތްތަކުގައި އެކަންކަމާގުޅޭ ނިސްބަތަށް
ސަރަޙައްދީ އިޚްތިޞާޞްވެސް އެކޯޓުތަކަށް ލިބިގެންވާކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި އެމާއްދާގެ (ހ) ގައި
"އެ ކޯޓަކީ ދަޢުވާ ލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން، ދަޢުވާލިބެނީ އެކަކަށްވުރެ ގިނަ
މީހުންނަށް ކަމަށްވާނަމަ، އޭގެ ތެރެއިން އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް އެ ކޯޓުވުން" މިހެން
އޮންނަކަން ފާހަގަކުރެވޭކަމާއި،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ (ނ)
ގައި "ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ، އެއިދާރާއެއް ނުވަތަ
މުއައްސަސާއެއް ހުރި ދާއިރާގެ ކޯޓަށްވުން" މިހެން ބަޔާންކުރެވިފައިވާކަމާއި، އަދި ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/1182 ޤަޟިއްޔާ އެކޯޓުން ނިންމެވިއިރު ރިޢާޔަތް ކުރައްވާފައިވަނީ އިސްވެ ފާހަގަކުރެވުނު
ދެއަކުރަށްކަމާއި،
އިސްވެ ބަޔާންކު
ބަޔާންކުރެވުނު ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ
69 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި އެހެން އޮތްނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
02/SC-C/2008 ޤަޟިއްޔާގައި އަލަށް ފާސްވާ ޤާނޫނަކީ އަލަށް އެކުލަވާލެވުނު ޤާނޫނަކަށްވިޔަސް ނުވަތަ
އިސްލާޙު ކުރެވުނު ޤާނޫނަކަށްވިޔަސް، އެޤާނޫނުގެ ޙުކުމެއް ނުވަތަ އުޞޫލެއްވިޔަސް ވޭތުވެދިޔަ ޒަމާނުގެ
ނުވަތަ ވޭތުވެދިޔަ ޙާދިސާއެއްގެ މައްޗަކަށް ނުހިންގުމަކީ އެއާމެދު ޚިލާފެއްނެތް ޤާނޫނީ
އުޞޫލެއްކަމަށާއި އިސްތިސްނާ ގޮތެއްގައިވެސް ވޭތުވެދިޔަ ކަމަކަށް ނުވަތަ ވޭތުވެދިޔަ ޒަމާނުގެ ތެރެއަށް އަލަށް
ހިންގަންފެށި ޤާނޫނެއްގެ ޙުކުމް ނުވަތަ އުޞޫލެއްވިޔަސް ހިންގޭނީ އަލަށް ފާސްވި ޤާނޫނުގައި އެގޮތަށް ކަނޑައެޅި
ބަޔާންކޮށްފައިވާނަމަ، ނުވަތަ އެހެން ޤާނޫނަކުން ވިޔަސް އެފަދަ އިސްތިސްނާއަކަށް
ކަނޑައަޅުއްވާފައިވާކަމަށް އަންވަރު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފާހަގަކޮށްފައިވާކަމާއި،
ހޓހ2
ވާއަކަށް
ތަންދޭނަމަކަމަށް
0
2c މ ފ ދ ތ
ހިނިދުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2/11/HC-A/21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<
-
C/1182 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނު
ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާއި ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް އަންވަރު
ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި އިތުރަށް ފާހަގަކޮށްފައިވާކަމާއި،
ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ
މާއްދާގައި، ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާ ހިނދަކު، އަންނަނިވި ކަންތައްތަކަކީ ޤާނޫނު މާނަކުރުމުގައި
ޤަބޫލުކުރެވޭ ހަމަތަކެއްކަމަށާއި، އެމާއްދާގެ (ބ) ގައި "ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ހިނގާ
އެއްޗަކަށް ޤާނޫނުވުމާއި، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނެ އެއްޗަކަށް އެޤާނޫނު ނުވުން"
މިހެން، ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ) ގައި "މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މާލޭގައި ހިނގަމުން އައި
މަދަނީ ކޯޓު މި ޤާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސިވިލް ކޯޓަށް ބަދަލުވެ، މި ޤާނޫނަށް
ޢަމަލުކުރަން ފެށުމާއެކު، އެ ސިވިލް ކޯޓު އުފެދުނީއެވެ. އަދި މަދަނީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި
މަސައްކަތް
ހު
ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ސިވިލް ކޯޓަށް ބަދަލުވެ، އެ ކޯޓުގައި ނުނިމިހުރި
މައްސަލަތައްވެސް އެ ހިނދުން ފެށިގެން ސިވިލް ކޯޓަށް ބަދަލުވީއެވެ." މިހެން، ބަޔާންކުރެވިފައިވާކަން
ފާހަގަކުރެގެ
/ ހ ހދޑهހ 2
4
ހަގަކުރެވޭކަމެވެ.
2ތ ކމއ
ނެތެކުމަށް
(ނ) ދެވަނަ ކަމަކީ، އަންވަރު ޢަލީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1182
ޤަޟިއްޔާގައި ހުށަހަޅާފައިވާ މައްސަލައިގައި ދަޢުވާ ރައްދުވީ އއ. ހިމަންދޫ އޮފީހަށްކަން އެނގޭކަމާއި، އިސްވެ
އިޝާރާތްކުރެވުނު ޤަޟިއްޔާގައި ސިވިލް ކޯޓުން އެމައްސަލަ ބެއްލެވުމުގެ އިޚްތިޞާޞް
ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ
(ހ) އާއި (ނ) އާ ޙަވާލާދެއްވާފައިކަމާއި، އިސްވެ އިޝާރާތްކުރެވުނު މާއްދާއާ ޙަވާލާދެއްވާފައިވަނީ ސުޕްރީމް
ކޯޓުގެ ނަންބަރު 02/SC
-
C/2008 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލާއި، ޤާނޫނު ނަންބަރު 4/2011
(މާނަކުރުމުގެ ހަމަތައް ބަޔާންކު
ކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާއި، ޤާނޫނު ނަނޭ 229
.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2/11/HC-A/21
ބުނިނަމަވެސް،
ހުށަހެޅިފައިވާ މައްސަލައިގައި ސިވިލް ކޯޓުން ތަޠްބީޤްކުރައްވާފައިވާ ޤާނޫނަކީ ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ކަމުގައިވީ ހިނދު، އެޤާނޫނުގައި އިޝާރާތްކުރެވިފައިވަނީ
ހަމައެކަނި މައްސަލައެއް ހުށަހެޅުމާގުޅޭ މަރުޙަލާއަށް ނޫންކަން އެނގޭކަމާއި، މައްސަލައެއް ކޯޓަށް ހުށަހެޅުމަށްފަހު
އެމައްސަލައެއް ހިންގާ ނިންމުމުގެ މަރުޙަލާގައިވެސް ކޯޓުތަކުގެ އިޚްތިޞާޞްއާގުޅޭ މާއްދާތައް ތަޠުބީޤުވާނެކަން
އެނގޭކަމާއި،
އަންވަރު ޢަލީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1182 މައްސަލަ އެންމެ
ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓު ވުޖޫދަށް އައުމުގެ ކުރިން އަދި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިންކަން އެނގޭކަމާއި، އޭރު އެފަދަ މައްސަލަތައް ބަލައިގަނެ،
އަދި ހިންގާ ނިންމުމުގެ އިޚްތިޞާޞް މަދަނީ ކޯޓަށް ލިބިފައިވީނަމަވެސް، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށިއިރު، އަންވަރު ޢަލީގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި
މައްސަލަ އެކޯޓުން ނިންމަވާފައިނުވާކަމާއި، އަދި އެމައްސަލަ ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ކުރިންކަމުގައިވީނަމަވެސް، އެމައްސަލަ ސިވިލް ކޯޓުން ހިންގާ ޙުކުމް
ކުރައްވާނަމަ، ހިންގާ ޙުކުމް ކުރެއްވޭނީ އެހެން ކޯޓެއްގެ އިޚްތިޞާޞް އޮތް މައްސަލައެއްގައިކަމާއި،
ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
C/2008 ޤަޟިއްޔާގައިވާ އުޞޫލު މިމައްސަލައަށް
ތަޠުބީޤްކުރާއިރު، މިމައްސަލައިގައި ސުވާލު އުފައްދާފައިވަނީ މިމައްސަލައިގެ ވަޤާއިޢުތަކުގައިވާ ވަކި ޙާދިސާއެއް
ނުވަތަ ޙާދިޞާތަކެއް ހިނގި ތާރީޚަކާއި އެއަށްފަހު އެޙާލަތާ ގުޅޭ ޤާނޫނެއް ވުޖޫދަށް އައިސްގެން ނޫ ނޫންކަން
ފާހަގަކުރެވޭކަމާއި،
މިމައްސަލައިގައި ސުވާލު އުފައްދާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުން، އެޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެކި ކޯޓުތަކާއި އެކޯޓުތަކުގެ
އިޚްތިޞާޞް ކަނޑައެޅި ބަޔާންކުރެވިފައިވާއިރު، އަދި އެޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެހެން ކޯޓެއްގެ
އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއްގައި، އެމައްސަލައަކީ އެކި ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ
ކުރިން ހުށަހެޅުނު މައްސަލައަކަށްވީތީ، ސިވިލް ކޯޓަށް ބެލިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯކަވާ ލައިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
2{011/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މައްސަލައިގައި ޤާނޫނާ ގުޅިފައިވާ "ޙާދިޞާ" އަކީ ސިވިލް ކޯޓުން އަންވަރު ޢަލީ ހުށަހެޅި މައްސަލަ ހިންގާ
ނިންމުންކަމާއި، އެ "ޙާދިސާ" ފުރިހަމަވީކަމަށް ނުވަތަ ވޭތުވެދިޔަ ޙާދިސާއެއްކަމަށް ބެލެވޭނީ މިމައްސަލައިގައި
ކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް ކުރެއްވިނަމަކަން އެނގޭކަމާއި، އެހެންކަމުން، އަންވަރު ޢަލީ ހުށަހެޅި
މައްސަލައިގެ އަޑުއެހުންތަކެއް މަދަނީ ކޯޓުގައި ބޭއްވެވުނުނަމަވެސް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން އެކޯޓު ސިވިލް ކޯޓަށް ބަދަލުވުމާ ގުޅިގެން، އަންވަރު ޢަލީގެ މައްސަލަ ބެއްލެވުމުގެ
އިޚްތިޞާޞް އެވަގުތުން ފެށިގެން ގެއްލުނީ ކަމުގައި ބެލެވޭކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
75/HC
-
A/2011 އަދި 22/IIC
-
A/2011 ފަދަ ޤަޟިއްޔާތަކުގައި، ސިވިލް ކޯޓުގެ އިޚްތިޞާޞްއާއި އެހެން
ކޯޓެއްގެ ސަރަޙައްދީ އިޚްތިޞާޞް ފުށުއަރާ ޙާލަތްތަކުގައި، ސަރަޙައްދީ އިޚްތިޞާޞް ހިނގާ ކޯޓުގައި މައްސަލަ
ބައްލަވައި ނިންމެވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުނުއިރު، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/1182 ޤަޟިއްޔާއަކީ އެކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްކަމަށްވާތީ، އެޤާނޫނަށް ޢަމަލުކުރަން
ފެށުމަށްފަހު އެމައްސަލައިގެ ފައިޞަލާކުރަނިވި ޙުކުމެއް ސިވިލް ކޯޓުން ކުރެއްވިނަމަ، އެޙުކުމްވާނީ އެހެން
ކޯޓެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއްގައި ސިވިލް ކޯޓުން ޙުކުމް ކުރެއްވުންކަމާއި، އެހެންކަމުން،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1182 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުން ސުޕްރީމް ކޯޓުގެ
ނަންބަރު 02/SC-C/2008 ޤަޟިއްޔާގައިވާ އުސޫލާ ޚިލާފުކަމަށް ބެލެވެންނެތްކަމާއި،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ)
ގައި ބުނާ މަދަނީ ކޯޓުގެ ނުނިމިހުރި މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ނުލިބިވާ
މައްސަލަތައްވެސް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބުނީ ކަމަށް އަންވަރު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ހުށަހަޅާފައިވީނަމަވެސް،
ހަމަ އެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ބ) ގައި 54 ވަނަ މާއްދާގެ ދަށުން އުވިގެން ދިޔަ
ކޯޓެއްގެ މަސައްކަތް އެމާއްދާގެ ދަށުން އުފެއްދި ކޯޓަކަށް ބަދަލުވެގެންދާ މަރުޙަލާގައި، އެގޮތުން އުފެދުނު ކޯޓުގެ
އިޚްތިޞާޞްގެ ތެރޭގައި އުވިދިޔަ ކޯޓުގެ މަސައްކަތެއް ނުހިމެނޭނަމަ، އެމަސައްކަތެއް އެޤާނޫނުގެ ދަށުން
ޙަވާލުވެގެންވަނީ އެމަސައްކަތާ ގުޅޭ އިޚްތިޞާޞް ލިބިގެންވާކަމަށް އެޤާނޫނުގެ ދަށުން
ޔާންކުރެވިފައި އޮންނަކަން ފާހަގަކުރެވޭކަމާއި،
ވަންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2/11/HC-A/21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<
ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކުރާ ބީދައިން، އެޤާނޫނުގެ ދެންހުރި މާއްދާތަކަށްވެސް
ޢަމަލުކުރެވެންޖެހޭނެކަމާއި، އެގޮތުން އެކި ކޯޓުތަކުގެ އިޚްތިޞާޞްއާ ގުޅޭ މާއްދާތައްވެސް މިމައްސަލައަށް
ތަޠުބީޤުވާނެކަމާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ)
މާނަކުރުމުގައި ބުނެވުނު ޤާނޫނުގެ އިޚްތިޞާޞްއާބެހޭ މާއްދާތައް އެއްފަރާތްކުރެވޭނީ، ނުވަތަ 54 ވަނަ މާއްދާގެ
(ހ) ގައި އިސްތިސްނާވާކަމަށް ބެލެވޭނީ، 54 ވަނަ މާއްދާގެ (ހ) ގައި އެއިސްތިސްނާ ޞަރީޙަކޮށް
ބަޔާންކުރެވިފައި އޮތުމުންކަމާއި، 54 ވަނަ މާއްދާގެ (ބ) ގައި އެމާއްދާގެ ދަށުން އުވިގެން ދިޔަ ކޯޓެއްގެ
މަސައްކަތް އެމާއްދާގެ ދަށުން އުފެއްދި ކޯޓަކަށް ބަދަލުވެގެންދާ މަރުޙަލާގައި، އެގޮތުން އުފެދުނު ކޯޓުގެ
އިޚްތިޞާޞްގެ ތެރޭގައި އުވިދިޔަ ކޯޓުގެ މަސައްކަތެއް ނުހިމެނޭނަމަ، އެމަސައްކަތެއް އެޤާނޫނުގެ ދަށުން
ޙަވާލުވެގެންވަނީ އެމަސައްކަތާގުޅޭ އިޚްތިޞާޞް ލިބިގެންވާކަމަށް އެޤާނޫނުގެ ދަށުން ކަނޑައަޅާ ކޯޓަކަށްކަމަށް
ވީހިނދު، ހުށަހެޅިފައިމިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ލިބިގެންވަނީ ސިވިލް ކޯޓަށް ނޫންކަން ފާހަގަކުރެވޭކަމާއި، ސަރަޙައްދީގޮތުން
ކޯޓުތަކަށް ލިބިގެންވާ އިޚްތިޞާޞް އެއްފަރާތްކޮށް ސިވިލް ކޯޓަށް އެފަދަ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް
ލިބިގެންވާ ކަމަށް ކަނޑައަޅާނަމަ، އެފަދައިން ޤާނޫނުގައި ޞަރީޙަކޮށް ބަޔާންކުރެވިފައި އޮންނަންވާނެކަމާއި،
ހިންކަމުން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ
މާއްދާގެ (ހ) ގައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ބަޔާންކުރެވިފައިވާ
ކޯޓުތަކުގެ އިޚްތިޞާޞްއާ ގުޅޭ މާއްދާތައް 54 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޠުބީޤު ނުވާނެކަމަށް އެއަށް
އެއަކުރުގައި
ށްފައިނެ
ނެތުމުންނާއި، އަދި 54 ވަނަ މާއްދާގެ (ބ) ގެ އަލީގައި، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މަދަނީ ކޯޓަށް ހުށަހެޅިފައިހުރި
މައްސަލަތަކުގެ ތެރޭގައި، އިސްވެ ބުނެވުނު ޤާނޫނުގެ ދަށުން ސަރަޙައްދީގޮތުން ކޯޓުތަކަށް ކަނޑައެޅިފައިވާ
އިޚްތިޞާޞް އެއްފަރާތްކޮށް، އެހެން ކޯޓަކަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއް، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ) ގެ ދަށުން، ސިވިލް ކޯޓަށް
އިސްތިސްނާވީ ގޮތެއްގައި ބެލެވިދާނެކަން ދަލީލުކޮށްދޭ އެއްވެސް ޞަރީޙަ ޤާނޫނީ ނައްސެއްޓީމް ސިވިލް
ކޯޓުގެ ނަންބަރު 2010/Cv
-
C/1182 ޤަޟިއްޔާގެ މައްސަލަ ރައްދުވި
ހިމަންދޫ
24
0 ވ3
7
ހ2 ތ xތ ދ
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2{11/HC-A/21{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޮފީސްކަމުގައިވާއިރު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ
(ހ) އާއި (ނ) ގައިވާ ގޮތުގެ މަތިން އެމައްސަލަ ސިވިލް ކޯޓަށް ބެއްލެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ
ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
C/2008 ޤަޟިއްޔާއާއި، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ
ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) އާއި، އަދި ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
0
<< O
0 0
<< O
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަދަނީ
ކޯޓުން ބަލައިގަނެ މިހާރުގެ ސިވިލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަތަކުގެ ތެރެއިން ދަޢުވާކުރާ ފަރާތާއި
ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް އެހެން ދާއިރާއެއްގައި ހުންނަ ބައެއް މައްސަލަތައް މިހާރުވެސް ސިވިލް
ކޯޓުގައި ކުރިއަށް ގެންދާކަމަށް އަންވަރު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 01/HC
-
DM/2011 ޤަޟިއްޔާގައި ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނާ "ދާއިމީ އެޑްރެސް"
ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވާކަން އަންވަރު ޢަލީގެ ފަރާތުން ފާހަގަކޮށްފައިވާކަމާއި، އަދި އެގޮތުން
އަންވަރު ޢަލީއަކީ ޝަރޫރީ ބޭނުންތަކަށްޓަކައި 2007 ވަނަ އަހަރުން ފެށިގެން މާލޭގައި ދިރިއުޅެން
މަޖުބޫރުވެގެން، މާލޭގައި ދިރިއުޅެމުން އަންނަ މީހެއްކަމަށް ބުނިނަމަވެސް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 01/HC
-
DM/2011 ޤަޟިއްޔާގައި "ދާއިމީ އެޑްރެސް"
މާނަކޮށްފައިވަނީ ފެމިލީ ކޯޓުގެ ސަރަޙައްދީ އިޚްތިޞާޞްގެ ބޭނުމަށްޓަކައިކަން ފާހަގަކުރެވޭކަމާއި، އެޤަޟިއްޔާގައި
އެހެން ކޯޓުތަކުގެ މައްސަލަތަކާ ގުޅޭ ގޮތުން ވަކި ގޮތެއް ކަނޑައަޅާފައިނުވާކަން އެނގޭކަމާއި،
ހުށަހެޅިފައިވާ ބާވަތުގެ ބައެއް މައްސަލަތައް އޭރު މަދަނީ ކޯޓަށް ހުށަހެޅި، އަދި ފަހުންވެސް
އެމައްސަލަތައް ސިވިލް ކޯޓުގައި ހިންގުނުކަމަށް އަންވަރު ޢަލީގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް، މިހާރު
ބަލަމުން މިދާ ޤަޟިއްޔާގައި އަންވަރު ޢަލީގެ ފަރާތުން އިސްތިއުނާފުކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/1182 ޤަޟިއްޔާގެ މައްސަލަކަމާއި، އެހެންކަމުން، މިމައްސަލައިގައި ރިޢާޔަތްކުރާނީ އިސްތިއުނާފު
ކުރެވޭ ސިވިލް ކޯޓުގެ ނިންމެވުން ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފުވާކަމަށް
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށްކަމެވެ.
LUCO
0 ..
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
2{011/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/1182 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބުތަކެއް
ހުރިކަމަށް
2 44 0422
8ވަނަނތ
އަޣުލަބިއްޔަތު ރަޢުޔު (ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އާއި ފަނޑިޔާރު ޢަލީ ސަމީރުގެ ރަޢުޔު) އާއި އެރަޢުޔު
ބިނާކުރެވިފައިވާ އަސާސްތައް:
އަހއ
(ހ) ފުރަތަމަ ކަމަކީ، ހިމަންދޫ | ޖަވާހިރުމާގެ އަންވަރު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު މިކުރާ މައްސަލައިގެ މައިގަނޑު ނުކުތާއަކީ، އއ. ހިމަންދޫ އޮފީހުން އަންވަރު އަލީ
ގަވާއިދާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، އެކަމުގެ ސަބަބުން ގެއްލިފައިވާކަމަށް ބުނާ އެންމެހާ
ޙައްޤުތަކާއި ޢިނާޔަތްތައް ހޯދުމަށްއެދި އއ. ހިމަންދޫ އޮފީހަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އަންވަރު
ކުޅަ ދަޢުވާ އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1182
/
Cv
-
C/2210)
ޤަޟިއްޔާއިން ބަލަމުން ދަނިކޮށް ޤާނޫނުނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 21
އޮކްޓޯބަރ 2010 ގައި ޢަމަލުކުރަން ފެށުމުން އަންވަރު ޢަލީ ހުށަހެޅި މައްސަލައަކީ މިހާރު (އެޤަޟިއްޔާގެ
ކުރެއްވިއިރު) ސިވިލް ކޯޓުގެ އިޚްތިޞާޞުން ބޭރުވެފައިވާ މައްސަލައެއްކަމަށް ބުނެ މިމައްސަލަ ބަލައި ކުރިއަށް
ގެންދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ
ޤާނޫނު) ގެ 12 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
C/2008 ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވާ ޙުކުމާއި ޚިލާފު ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާތައްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1182
(2010/MC/2210) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އަންވަރު ވަލީޓެއް އޭގެފަރާތުން
މަދަނީ ކޯޓަށް ހުށަހެޅި މިމައްސަލައަކީ ސިވިލް ކޯޓުން ބެވެން ނެތް މައްސަލައެއްކަމަށް
އެކޯޓުން
ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އާއި
ދެއަކުރަށް ޙަވާލާ ދެއްވުމަށްފަހުގައިކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު 6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
2{11/HC-A/21{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއްދާއަކީ ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް ބަޔާންކޮށްދޭ މާއްދާކަމާއި، އެމާއްދާގެ (ހ) ގައި "އެ ކޯޓަކީ
ދަޢުވާ ލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން، ދަޢުވާލިބެނީ އެކަކަށްވުރެ ގިނަ މީހުންނަށް
ކަމަށްވާނަމަ، އޭގެ ތެރެއިން އެކަކުގެ ދާއިމީ އެޑްރެސް ހިމެނޭ ދާއިރާގެ ކޯޓަށް އެ ކޯޓުވުން" މިފަދައިން
އޮންނައިރު އެ މާއްދާގެ (ނ) ގައި ވަނީ "ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ
ދަޢުވާއެއްނަމަ، އެއިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާގެ ކޯޓަށްވުން" މިފަދައިން ކަމާއި، ސިވިލް
ކޯޓުން އިސްތިއުނާފު މިކުރެވޭ މައްސަލަ ނިންމުމުގައި ޙަވާލާދެއްވާފައިވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69
މާއްދާގައި "ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 22/2010 ގައި ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ
އިތުރުން، އެމާއްދާގައި ބަޔާންކުރެވިފައިވާ ޙާލަތްތަކުގައި އެކަންކަމާގުޅޭ ނިސްބަތަށް ސަރަޙައްދީ އިޚްތިޞާޞްވެސް
އެކޯޓުތަކަށް ލިބިގެންވެއެވެ" މިފަދައިން ބަޔާންކުރެވިފައިވާކަން އެނގެން އޮންނަކަމާއި، މިހެންކަމުން ކޯޓުތަކުގެ
ޤާނޫނުގެ 69 މާއްދާގެ އަކުރު ތަކުގައި ބަޔާންކޮށްފައިވާ ޙާލަތުތަކަކީ ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ޤާނޫނުގައި
ކޯޓުތަކަށް ކަނޑައެޅި ބަޔާންވެގެންވާ އިޚްތިޞާޞްތަކުގެ އިތުރަށް ސަރަޙައްދީ ގޮތުންވެސް ކޯޓުތަކަށް
އިޚްތިޞާޞްތަކެއް ލިބިގެންވާކަން ބަޔާންކުރުމުގެ ގޮތުން ގެނެވިފައިވާ އަކުރުތަކެއްކަން އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 22/2010 ( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54
ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، އެމާއްދާގައި "މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މާލޭގައި ހިނގަމުން
އައި މަދަނީ ކޯޓު މި ޤާނޫނުގެ
53 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސިވިލް ކޯޓަށް ބަދަލުވެ، މި
ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެ ސިވިލް ކޯޓު އުފެދުނީއެވެ. އަދި މަދަނީ ކޯޓުގެ ފަނޑިޔާރުންނާއި
މުވައްޒަފުންނާއި މަސައްކަތް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ސިވިލް ކޯޓަށް ބަދަލުވެ، އެ ކޯޓުގައި
ނުނިމިހުރި މައްސަލަތައްވެސް އެ ހިނދުން ފެށިގެން ސިވިލް ކޯޓަށް ބަދަލުވީކަމަށް" ބަޔާންވެގެންވާކަމާއި،
މިހެންކަމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއިއެކު، އެހާތަނަށް މަދަނީކޯޓުގެ
އިޚްތިޞާޞްގެ ތެރޭގައި ހިމެނިގެން ބަލަމުން ގެންދިޔަ އެންމެހާ މައްސަލަތަކަކީވެސް ސިވިލް ކޯޓުގެ އިޚްތިޞާޞް
ހިނގާ މައްސަލަތަކެއް ކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ބާރުން ކަނޑައެޅިގެން ދިޔައީ ކަމުގައި
ބެލެވެން އޮންނަކަމާއި، މިހެންކަމުން އަންވަރު ޢަލީގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގައި
ހިނގަމުންދަނިކޮށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތު
އަލައަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
14
2{011/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރެއަށްވަދެ އެކޯޓުގެ ފުރިހަމަ އިޚްތިޞާޞް އެމައްސަލައަށް ލިބިދެވިފައިވާކަން
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ސަރީޙަ ނައްޞުން ތައުހީދު ކޮށްދޭކަމާއި،
މިހެންކަމުން އަންވަރު ޢަލީގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި އެމައްސަލައަކީ މިހާރު ސިވިލް ކޯޓުގެ
އިޚްތިޞާޞް ނެތް މައްސަލައެއްކަމުގައި ބެލެވެންނެތްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، އަލަށް ފާސްވާ ޤާނޫނަކީ އަލަށް
އެކުލަވާލެވުނު ޤާނޫނަކަށް ވިޔަސް ނުވަތަ އިސްލާޙުކުރެވުނު ޤާނޫނަކަށް ވިޔަސް އެޤާނޫނުގެ ޙުކުމެއް ނުވަތަ
އުޞޫލެއް ވިޔަސް ވޭތުވެދިޔަ ޒަމާނުގެ މައްޗަކަށް ނުވަތަ ވޭތުވެ ދިޔަ ޙާދިޞާއެއްގެ މައްޗަކަށް ނުހިންގުމަކީ
އެއާމެދު ޚިލާފެއްނެތް ޤާނޫނީ ޤާޢިދާއެއްކަން އެނގޭކަމަށާއި، އިސްތިސްނާ ގޮތެއްގައިވެސް ވޭތުވެދިޔަ ކަމަކަށް
ނުވަތަ ވޭތުވެދިޔަ ޒަމާނުގެ ތެރެއަށް އަލަށް ހިންގަންފެށި ޤާނޫނެއްގެ ޙުކުމް ނުވަތަ އުޞޫލެއް ވިޔަސް ހިންގޭނީ
އަލަށް ފާސްވި ޤާނޫނުގައި އެގޮތަށް ކަނޑައެޅި ބަޔާންކޮށްފައިވާނަމަ، ނުވަތަ އެހެން ޤާނޫނަކުން ވިޔަސް އެފަދަ
އިސްތިސްނާއަކަށް ތަންދޭނަމަކަން އެނގޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2008
ޤަޟިއްޔާ ނިންމުމުގައި ފާހަގަކުރައްވާ އޮންނަކަމާއި،
އަދި ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކޮށްދިނުމުގެ ޤާނޫނު) ގެ 12
ވަނަ މާއްދާގެ (ބ) ގައިވާ "ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަ ނުވާހާ ހިނދަކު ޤާނޫނު އެކުލަވާލި ދުވަހުން
ފެށިގެން ކުރިއަށް ހިނގާ އެއްޗަކަށް ޤާނޫނުވުމާއި، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާކަމަކަށް ހިނގާނެ
އެއްޗަކަށް އެ ޤާނޫނު ނުވުން" އަކީ ޤާނޫނު މާނަކުރުމުގައި ޤަބޫލުކުރެވޭނެ ހަމައެއްކަން އެނގެން އޮތް އޮތުމުން
އިސްވެ މިބަޔާންކުރެވުނު ޤާނޫނީ ޤާޢިދާ އިތުރަށް ކަށަވަރު ކޮށްދޭކަމާއި، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ
ޤަޟިއްޔާގައި ހިމެނޭ މައްސަލަ އަންވަރު ޢަލީގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅާފައިވަނީ ކޯޓުތަކުގެ ޤާނޫނު
ވުޖޫދުވުމުގެ ކުރިއަށްކަން އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގައި،
"މިޤާނޫނަށް ޢަމަލުކުރަންފެށުމުގެ ކުރިން މާލޭގައި ހިނގަމުންއައި މަދަނީ ކޯޓު މިޤާނޫނުގެ 53 ވަނަ މާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާ ސިވިލް ކޯޓަށް ބަދަލުވެ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެސިވިލް ކޯޓު އުފެދުނީއެވެ.
އަދި މަދަނީ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި މަސައްކަތް މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ސިވިލް
ކޯޓަށް ބަދަލުވެ، އެކޯޓުގައި ނުނިމިހުރި މައްސަލަތައްވެސް އެ ހިނދުންފެށިގެން
0 2
<< O
i
އައިRE
l
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2/11/HC-A/21
މިފަދައިން ބަޔާން ކޮށްފައިވާ ޞަރީޙަ ނައްޞަށް ބަލާއިރު، ކޯޓުތަކާބެހޭ ޤާނޫނުގެ ދަށުން ސިވިލް ކޯޓު އުފެދުނު
ހިނދު، މަދަނީ ކޯޓަށް ހުށަހެޅި އެހާތަނަށް ނުނިމި ހުރި މައްސަލަތަކާމެދު ޢަމަލުކުރަންވީގޮތް އެމާއްދާގެ
އެއަކުރުގައި ޞަރީޙަކޮށް ބަޔާންކޮށްފައި އެވަނީކަމާއި، އެއީ، މަދަނީ ކޯޓުގައި އެހާތަނަށް ހުށަހެޅި ނުނިމިހުރި
ހުރިހާ މައްސަލަތަކެއް، އެހިނދުން ފެށިގެން ސިވިލް ކޯޓަށް ބަދަލުވެގެން ދިޔުންކަމާއި، މިކަންކަން ސާފުކޮށް
އެނގެން އޮތްއިރު، އެފަދައިން ޤާނޫނީ ބާރު ލިބިގެން ސިވިލް ކޯޓަށް ބަދަލުވި މައްސަލަތަކުގެ ތެރެއިން އެކޯޓުން
ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވަނީ ހަމައެކަނި އެންމެ ބާވަތެއްގެ
މައްސަލައަކަށް ކަމާއި، އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 54 މާއްދާގެ (ބ) ގައި، "މިމާއްދާގެ ދަށުން
އުވިގެން ދިޔަ ކޯޓެއްގެ މަސައްކަތް މިމާއްދާގެ ދަށުން އުފެއްދި ކޯޓަކަށް ބަދަލުވެގެންދާ މަރުޙަލާގައި، އެގޮތުން
އުފެދުނު ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި އުވިދިޔަ ކޯޓުގެ މަސައްކަތެއް ނުހިމެނޭނަމަ، އެމަސައްކަތެއް މި
ޤާނޫނުގެ ދަށުން ޙަވާލުވެގެންވަނީ އެމަސައްކަތާގުޅޭ އިޚްތިޞާޞް ލިބިގެންވާކަމަށް
ހު
ޤާނޫނުގެ ދަށުން
ކަނޑައަޅާކޯޓަކަށެވެ." މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުންކަމާއި، މި މާއްދާގެ މި އަކުރުގައިވާ ޢިބާރާތަށް
ބަލާއިރު، އެޢިބާރާތުން އެއްވެސް އޮޅުމެއްނެތި ސާފުކޮށް ދޭހަވެގެންދަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 54
ވަނަ މާއްދާގެ (ހ) އިން ޤާނޫނީ ބާރުލިބިގެން ބަދަލުވެގެން އައި މަދަނީކޯޓުގައި އޭރު ހުށަހެޅި ނުނިމިހުރި
މައްސަލަތަކުގެ ތެރޭގައި، އަލަށް ތަޞްދީޤު ކުރެވުނު ކޯޓުތަކާބެހޭ ޤާނޫނުން އެކޯޓަށް ލިބިގެންވާ އެންމެހައި
ބާވަތްތަކުގެ އިޚްތިޞާޞްތަކުގެ ތެރެއިން، އެޤާނޫނުގެ ޖަދުވަލު 1 ގައި ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ގޮތުގައި
ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ނުހިމެނޭ މައްސަލައެއް ނުވަތަ މައްސަލަތަކެއް ވާނަމަ އެކޯޓުގެ
އިޚްތިޞާޞްގެ ތެރެއިން އެޙާލަތުގައި ބޭރުވެގެންދާނީ އެމައްސަލައެއް ނުވަތަ އެމައްސަލަތަކެއް އެކަނިކަމާއި،
އެފަދައިން ބަދަލުކުރެވުނު މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެހެން ހުރިހާ މައްސަލަތަކަކީވެސް މިދެންނެވި ޖަދުވަލު
1 ގައި ބަޔާންކުރެވިފައިވާ ބާވަތުގެ މައްސަލަތަކެއްނަމަ، ސަރަޙައްދީ އިޚްތިޞާޞް ފަދަ ކަންތައްތަކަށް
ބެލުމެއްނެތި އިސްތިސްނާއީ ގޮތެއްގައި އެފަދަ މައްސަލަތައް (އޭރު ކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ ތެރެއިން
ޖަދުވަލު 1 ގައި ބަޔާންކުރެވިފައިވާ ބާވަތުގެ މައްސަލައެއްނަމަ) ބަލާ ނިންމުމަކީ ސިވިލް ކޯޓަށް ޤާނޫނީ ގޮތުން
ލާޒިމްކޮށްފައިވާ ކަމެއްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
16
2{011/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<< OF
(ބ) ފަސްވަނަ ކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި
ސިވިލް ކޯޓުގެ އިޚްތިޞާޞް ލިބިގެންވާ ބާވަތްތަކުގެ މައްސަލަތައް ބަޔާންކޮށްދީފައިވާ އެޤާނޫނުގެ ޖަދުވަލު 1
ގައި، އެކޯޓަށް އިޚްތިޞާޞް ލިބިގެންވާކަމަށް ބަޔާންކުރާ މައްސަލަތަކުގެ ބާވަތަށް ބަލާއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އެޤަޟިއްޔާއެއްގެ އިސްތިއުނާފު މިބެލެވޭ ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/1182 ޤަޟިއްޔާއިން ދަޢުވާކޮށްފައިވާ މައްސަލައަކީ ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރެއިން
ބެލިގެންދާ ބާވަތްތަކުގެ މައްސަލަތަކުގެ ތެރޭގައި ހިމެނިގެންވާ މައްސަލައެއްކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުނުއިރު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1182 ޤަޟިއްޔާއަކީ
މަދަނީ ކޯޓަށް ހުށަހެޅިފައިއޮތް އަދި އެކޯޓުގައި ކުރިއަށް ދަމުންދިޔަ، ނުނިމި އޮތް މައްސަލައެއް
ކަމުގައިވާތީ، މިމައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އިސްތިސްނާގޮތެއްގައި އެކޯޓުން ބަލާ
ނިންމުމަށް އެޤާނޫނު ލާޒިމް ކޮށްފައިވާ މައްސަލައެއްކަން އެނގޭކަމެވެ.
<<
ދ 2
4
2
0 ތތ
އަޑުއެހުންތައް
0 0
<< O
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތަކަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ) ގައި، އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އުފެދި ހިނގަމުން
އައި މަދަނީ ކޯޓާއި އެކޯޓުގައި އޭރުތިބި މުވައްޒަފުންނާއި ފަނޑިޔާރުންނާއި އޭރު ހުށަހެޅިފައިހުރި މައްސަލަތަކާމެދު
މަލުކުރަންވީގޮތް ސާފުކޮށް ބަޔާންކޮށްދީފައި އޮވެފައި، އެގޮތުގެ މަތިން މަދަނީ ކޯޓު ސިވިލް ކޯޓަށް ބަދަލުވެ،
އޭރު މަދަނީ ކޯޓުގައި ތިބި މުވައްޒަފުންނާއި ފަނޑިޔާރުންނާއި ސިވިލް ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ
ގޮތުގައި ހަމަޖެހިގެންގޮސް، އަދި އޭރު މަދަނީ ކޯޓަށް ހުށަހެޅި ނުނިމިހުރި މައްސަލަތައް އެއީ ސިވިލް ކޯޓުން ބަލާ
ގޮތެއް ނިންމަންޖެހޭ މައްސަލަތަކެއްކަމަށް އިސްތިނާއީ ގޮތެއްގައި ބަޔާންކޮށްފައި އޮވެފައި، އިސްތިސްނާގައި
ހިމެނިގެން ނުވާނީ، އެޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލައެއް އެމައްސަލަތަކުގެ
ތެރޭގައި ހިމެނިގެންނުވާނަމަ އެމައްސަލައެއް އެކަނި ކަމުގައި އެޤާނޫނުގެ 54 ވަނަ މާއްދާގެ (ބ) ގައި
ބަޔާންކޮށްފައި އެއިސްތިސްނާ އެއަށްވުރެ ފުޅާކުރުމަކީ އެއްވެސް ފަރާތަކަށް ޤާނޫނީ ގޮތުން ލިބިގެންވާ
އިޚްތިޔާރަކަށް ނުވާކަމަށްޓަކައި، އިސްތިއުނާފު މިކުރެވޭ، ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީން މަދަނީ
ކޯޓަށް ހުށަހެޅިފައިއޮތް ނަންބަރު 2010/MC/2210 ޤަޟިއްޔާ އަދި ފަހުން ކޯޓުތަކުގެ ޤާނޫނުގެ 84
02 2x
21ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
17
2{011/HC-A/210
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއްދާގެ (ހ) އިން ބާރު ލިބިގެން ސިވިލް ކޯޓަށް ބަދަލުކުރެވިފައިވާ އެކޯޓުގެ ނަންބަރު 2010/Cv-C/1182
ޤަޟިއްޔާއަކީ އެޤާނޫނުގެ ޖަދުވަލު 1 ގައި ބުނެފައިވާ އެކޯޓުން ބަލާ ބާވަތުގެ މައްސަލައަކަށްވާތީ، އެޤަޟިއްޔާ
ބަލާ ގޮތެއް ނިންމުމަކީ ޤާނޫނީ ގޮތުން އެކޯޓަށް ލާޒިމްވެގެންވާ ކަމެއްކަމުގައިވާތީ، އެމައްސަލައަކީ އެކޯޓުގެ
އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމުގައި ބަލައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދާއި ފަނޑިޔާރު ޢަލީ ސަމީރަށް ފެނެއެވެ.
ޙުކުމް
84
84 ހއބ
ކަންތައްތަކަށް
0 0
<
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 54 ވަނަ މާއްދާގެ (ހ) ގައި، އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން
އުފެދި ހިނގަމުން އައި މަދަނީ ކޯޓާއި އެކޯޓުގައި އޭރުތިބި މުވައްޒަފުންނާއި ފަނޑިޔާރުންނާއި އޭރު
ހުށަހެޅިފައިހުރި މައްސަލަތަކާމެދު ޢަމަލުކުރަންވީގޮތް ސާފުކޮށް ބަޔާންކޮށްދީފައި އޮވެފައި، އެގޮތުގެ މަތިން މަދަނީ
ކޯޓު ސިވިލް ކޯޓަށް ބަދަލުވެ، އޭރު މަދަނީ ކޯޓުގައި ތިބި މުވައްޒަފުންނާއި ފަނޑިޔާރުންނާއި ސިވިލް ކޯޓުގެ
މުވައްޒަފުންނާއި ފަނޑިޔާރުންގެ ގޮތުގައި ހަމަޖެހިގެންގޮސް، އަދި އޭރު މަދަނީ ކޯޓަށް ހުށަހެޅި ނުނިމިހުރި
މައްސަލަތައް އެއީ ސިވިލް ކޯޓުން ބަލާ ގޮތެއް ނިންމަންޖެހޭ މައްސަލަތަކެއްކަމަށް އިސްތިނާއީ ގޮތެއްގައި
ބަޔާންކޮށްފައި އޮވެފައި، އެއިސްތިސްނާގައި ހިމެނިގެން ނުވާނީ، އެޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ
ބާވަތުގެ މައްސަލައެއް އެމައްސަލަތަކުގެ ތެރޭގައި ހިމެނިގެންނުވާނަމަ އެމައްސަލައެއް އެކަނި ކަމުގައި އެޤާނޫނުގެ
54 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި އޮތުމުން، އެ އިސްތިސްނާ އެއަށްވުރެ ފުޅާކުރުމަކީ އެއްވެސް
ފަރާތަކަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޔާރަކަށް ނުވާކަމަށްޓަކައި، ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން
ކުރިން މަދަނީ ކޯޓަށް ހުށަހެޅިފައިއޮތް ނަންބަރު 2010/MC/2210 ޤަޟިއްޔާ އަދި ފަހުން
4 22
.5 2)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
18
2/11/HC-A/21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 0
<< O
54 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން ސިވިލް ކޯޓަށް ބަދަލުކުރެވިފައިވާ އެކޯޓުގެ ނަންބަރު
2010/Cv
-
C/1182 ޤަޟިއްޔާއަކީ އެޤާނޫނުގެ ޖަދުވަލު 1 ގައި ބުނެފައިވާ އެކޯޓުން ބަލާ ބާވަތުގެ
މައްސަލައަކަށްވާތީ، އެޤަޟިއްޔާ ބަލާ ގޮތެއް ނިންމުމަކީ ޤާނޫނީ ގޮތުން
އެކޯޓަށް ލާޒިމްވެގެންވާ
ކަމެއްކަމުގައިވާތީ، އެމައްސަލައަކީ އެކޯޓުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމުގައި ބަލައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ
އަޣުލަބިއްޔަތަށް ފެނުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1182 ޤަޟިއްޔާ އެކޯޓުން އަލުން
ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން އެމައްސަލަ ސިވިލް ކޯޓަށް ތަޙުވީލްކޮށް އެގޮތުގެ މަތިން
ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;