ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/53 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 53/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
0
* ނަން: އަޙްމަދު ނިވާޒު
ދާއިމީ އެޑްރެސް:
ލިވާޒާހައުސް
ލިވާޒާހައުސް
އައިޑީ ކާޑު ނަންބަރު: A026055
އެޑްރެސް: މިއ.
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ލަޠީފާ މުޙައްމަދު
އައިޑީ ކާޑު ނަންބަރު:- A062670
ދާއިމީ އެޑްރެސް: އޯޝަންމާގެ / ސ. ހިތަދޫ
މިހާރުގެ އެޑްރެސް:
ބީޗްޝައިން
*
19
....
• ރަޖިސްޓްރީކުރެވުނު ތާރީޚް:
29 މާރިޗު 2010
ނިމުނު ތާރީޚް: 23 އޭޕްރީލް 2015
އިސްތިއުނާފުކުރެވުން ޤަޟިއްޔާ ނަންބަރު: 2009/AC/1082
ނިންމެވި ކޯޓު: ޢާއިލާއާބެހޭ ކޯޓު
މައްސަލައިގެ ބާވަތް: ޙަޟާނަތު
ހުށަހެޅުނުތާރީޚް: 2009-06-15
= ނިމުނު ތާރީޚް: 2010-02-16
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/53
ދަޢުވާގެ ޚުލާޞާ
8 «2
29 އދ38 8.
އއޤީންވާކަމަށްބުނެ،
މިއީ، ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު: 2009/AC/1082 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި، މ.
ލިވާޒާހައުސް މާލެ، އަޙްމަދު ލިވާޒްގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާފަރާތަކީ ލަޠީފާ މުޙައްމަދު
ހިތަދޫ އޯޝަންމާގެ އެވެ.
07175
ފެން އެކްޓެއް
2އ
01- ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/1082 ޤަޟިއްޔާ އަކީ، ސ.ހިތަދޫ އޯޝަންމާގެ
ލަޠީފާ މުޙައްމަދުއާއި ލިވާޒާހައުސް އަޙްމަދު ލިވާޒް އާއި ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ 02
ކުދިން ކަމުގައިވާ މުޙައްމަދު ލަޔާން އަޙްމަދު (އުފަންތާރީޚް: 06 ރަބީޢުލްއާޚިރު 1427، 04 މެއި 2006)
އާއި ފާޠިމަތު ލައިކާ އަޙްމަދު (އުފަން ތާރީޚް: 22 ރަބީޢުލްއައްވަލް 1439، 30 މާރޗް 2008) އާއި
ދެކުދިންގެ ޙަޟާނަތު ލިބިގަތުމަށް އެދި އަޙްމަދު ލިވާޒް ދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، މާލެ މއ. ލިވާޒާހައުސް އަޙްމަދު ލިވާޒް
(އައިޑީކާޑު ނަންބަރު A026055) އާއި ސ.ހިތަދޫ އޯޝަންމާގެ ލަޠީފާ މުޙައްމަދު (އައިޑީކާޑު
ނަންބަރު A062670) އާއި ކައިވެނިކޮށްގެން ލިބިފައިވާ ދެ ކުދިން މުޙައްމަދު ލަޔާން އަޙްމަދު (އުފަން
06
:
9 ރަބީޢުލްއާޚިރު 1427، 04 މެއި 2006) އާއި ފާޠިމަތު ލައިކާ އަޙްމަދު (އުފަން ތާރީޚް: 22
ރަބީޢުލްއައްވަލް 1439، 30 މާރޗް 2008) ގެ ޙަޟާނަތު ލިބިގަތުމަށް އެދި އަޙްމަދު ލިވާޒް ހުށަހެޅި
މިޤަޟިއްޔާގައި، ބުނެވިދިޔަ ދެ ކުދިންގެ ޙަޟާނަތު ލިބިގަތުމަށްއެދި އަޙްމަދު ލިވާޒް މި ދަޢުވާ
ހުށަހަޅާފައިވަނީ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/333 ޤަޟިއްޔާއިން ބުނެވި ދިޔަ ދެ ކުދިންގެ
ޙަޟާނަތު މި ކުދިންގެ މަންމަ ލަޠީފާ މުޙައްމަދާއި ޙަވާލުކުރެވުނު ފަހުން ކުދިންގެ މަޞްލަޙަތަށް އުނިކަމެއް
އައިސްފައިވާތީ ކަމާއި، މިގޮތުން ލަޠީފާ މުޙައްމަދަކީ ޝިފްޓް ޑިއުޓީގެ އުޞޫލުން ވަޒީފާ އަދާކުރަމުންދާ
މީހަކަށްވާތީ މި ކުދިން ބަލައި ބޮޑުކުރުމަށް ބޭނުންވާ އޯގާތެރިކަމާއި އަޅާލުމާއި ފަރުވާތެރިކަން ލަޠީފާ
މުޙައްމަދުގެ ފަރާތުން މި ކުދިންނަށް ލިބެމުން ނުދާތީ ކަމާއި، މި ކުދިން ދިރިއުޅެމުންދާ މ. ބީޗްޝައިން އަކީ
ދިވެހިރާއްޖޭގެ
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްޖޭގެ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
et ce
އަޚްލާޤީގޮތުންނާއި ޖިސްމާނީ ގޮތުން މި ކުދިންނަށް ނުރަނގަޅު އަސަރުކުރަމުންދާ ތަނެއްކަމަށްވާތީ އާއި
ބުނެވިދިޔަ ދެ ކުދިންގެ ތެރެއިން ދޮށީ ދަރި މުޙައްމަދު ލަޔާން އަޙްމަދު އެކަނި މި ކުއްޖާއާ ތިމާގެ ގޮތުން
އެއްވެސް ގުޅުމެއްނެތް މީހަކާއިއެކު މި ކުއްޖާގެ މަންމަގެ ރަށަށް، ސ.ހިތަދޫއަށް ފޮނުވާފައިވާތީ އާއި،
ދަރިންނާއި ބައްދަލުކުރުމަށް ކުދިންގެ ބައްޕައަށް ލިބިފައިވާ ޙައްޤަށް ލަޠީފާ މުޙައްމަދު ހުރަސްއަޅަމުންދާތީ
ކަމުގައި އަޙްމަދު ލިވާޒް ބުނެފައިވާއިރު، ދަޢުވާލިބޭ ލަޠީފާ މުޙައްމަދު މި ކުދިން ބަލައި ބޮޑުކުރަމުންދަނީ
އޯގާތެރިކަމާއި ފަރުވާތެރިކަމާއެކު ކަމަށާއި، ކުދިން ބެލުމުގައި ލަޠީފާ މުޙައްމަދުގެ އެއްބަނޑު އެއްބަފާ ދައްތަގެ
އެއްބާރުލުން ލިބޭކަމަށާއި، ކުދިން ދިރިއުޅެމުންދާ ލަޠީފާ މުޙައްމަދުގެ އެއްބަނޑު އެއްބަފާ ދައްތަގެ ފިރިމީހާގެ
ގެއަކީ އަޚްލާޤީގޮތުންނާއި ޖިސްމާނީގޮތުން ކުދިންނަށް ނޭދެވޭ އަސަރުފޯރާ ފަދަ ތަނެއް ނޫންކަމަށާއި، އެ ގެއަކީ
މެދުފަންތީގެ ޢާއިލާތައް ދިރިއުޅޭ ފެންވަރުގެ ތަނެއްކަމަށާއި، މި ކުދިންގެ ބައްޕައަށް މި ކުދިންނާ
ބައްދަލުނުވަނީ މިކުދިން ދެކިލުމަށް ކުދިންގެ ބައްޕަ ނާންނާތީކަމާއި، އަދި މި ކުދިން ދެކިލުމަށް މި ކުދިންގެ
ބައްޕަ މި ކުދިން ދިރިއުޅޭ ގެޔަށް އައިސްފިނަމަ މިކަމަށް އިންކާރުނުކުރާނެކަމަށާއި، ދެ ކުދިންގެ ތެރެއިން ދޮށީ
ދަރި މުޙައްމަދު ލަޔާން އަޙްމަދު ހިތަދޫއަށް ފޮނުވާފައިވަނީ މި ކުއްޖާގެ މާމަ މި ކުއްޖާ ދެކިލުމަށް
އެދުމުން ކަމަށާއި، މި ކުއްޖާ ހިތަދޫއަށް ފޮނުވާފައިވަނީ މި ކުއްޖާ ދަންނަ ގާތް މީހަކާއިއެކުކަމަށާއި،
ބުނެވިދިޔަ ދެ ކުދިންވެސް އަޙްމަދު ލިވާޒް އާ ޙަވާލުކުރުމަށް އިންކާރުކޮށް ލަޠީފާ މުޙައްމަދު މި ދަޢުވާއަށް
އިންކާރުކޮށްފައިވުމުން، މި މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކަށާއި އަޙްމަދު ލިވާޒް އާއި ލަޠީފާ
މުޙައްމަދުގެ ބަޔާންތަކަށާއި، މި ދެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު، ދެ ކުދިން ދިރިއުޅޭ
މާޙައުލާއި ގުޅިގެން ހެކިން ދީފައިވާ ބަޔާނަށް ބަލާއިރު މި ކުދިންނާއިއެކު ލަޠީފާ މުޙައްމަދު ދިރިއުޅޭ
ބީޗްޝައިންގައި 2 (ދޭއް) ކޮޓަރި ހުންނަކަމާއި ލަތީފާ މުޙައްމަދު ކުދިންނާއިއެކު އުޅޭ ކޮޓަރީގައި 9
(ނުވައެއް) މީހުން އުޅޭކަމާއި، މި ކޮޓަރީގައި ނިދާ ކޮންމެ މީހަކަށްމެ ވަކިން އެނދެއް ހުންނަކަމާއި، މިގޭގެ 2
(ދޭއް) ކޮޓަރި ވަކިކުރެވިފައިވަނީ ފޮތިގަނޑަކުން ކަމަށް މިކަމާއިގުޅޭގޮތުން ހެކިބަސްދީފައިވާ ސ.ހިތަދޫ
ސްޓާޝައިން ޝަރީފާ މުޙައްމަދާއި މ،ބީޗްޝައިން މުޙައްމަދު ނާޞިޙު ބުނެފައިވާކަމާއި، ދަރިން ބެލުމުގައި
ދަރިންނަށް އެކަށީގެންވާ އަޅާލުމާއި ފަރުވާތެރިކަން ލަޠީފާ މުޙައްމަދުގެ ފަރާތުން ނުލިބޭކަމަށް އަޙްމަދު ލިވާޒް
ބުނެފައިވާއިރު ކުދިން ބެލުމުގައި ކުދިންގެ މަންމަ ފަރާތު ޢާއިލާއިން ލަޠީފާ މުޙައްމަދަށް އެއްބާރުލުން
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
މި 42
Occ
720ހ4
ލިބޭނޭކަމާއި، އަދި ލަޠީފާ މުޙައްމަދު ވަޒީފާ އަދާކުރާ ވަގުތުތަކުގައި ކުދިން ބަލަނީ ލަޠީފާ މުޙައްމަދުގެ އެއްބަޑު
އެއްބަފާ ދައްތަ ޝަރީފާ މުޙައްމަދު ކަމުގައި ޝަރީފާ މުޙައްމަދު ހެކިބަސްދީފައިވާކަމާއި، ލަޠީފާ މުޙައްމަދަކީ
ޝިފްޓް ޑިއުޓީގެ އުޞޫލުން ވަޒީފާ އަދާކުރާ މީހަކަށްވާތީ، މި ކުދިން ބަލައި ބޮޑުކުރުމަށް ބޭނުންވާ
އޯގާތެރިކަމާއި އަޅާލުމާއި ފަރުވާތެރިކަން ލަޠީފާ މުޙައްމަދުގެ ފަރާތުން ނުލިބޭކަމަށް އަޙްމަދު ލިވާޒް
ބުނެފައިވާއިރު، ލަޠީފާ މުޙައްމަދު ވަޒީފާއަދާކުރާ މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ
ނަންބަރު 146
/
2010
/
1/MNBC
-
M (11 ޖެނުއަރީ 2010ގެ) ސިޓީން ލަޠީފާ މުޙައްމަދު ޢާންމުގޮތެއްގައި
މަސައްކަތްކުރަނީ ހެދުނު 8:00 ން ހަވީރު 16:00 އަށް ކަމަށާއި، މި ލަޠީފާ މުޙައްމަދަކީ ޝިފްޓް ޑިއުޓީކުރާ
އެއްގޮތަށް ވަޒީފާއަދާކުރާ މުވައްޒަފެއްނޫންކަން މި ސިޓީން އެނގޭކަމާއި، އަޙްމަދު ލިވާޒް ކުދިންނާ
ބައްދަލުކުރަން ލަޠީފާ މުޙައްމަދު ހުރަސްއަޅާފައިވާކަން އަޙްމަދު ލިވާޒް ސާބިތުކޮށްދީފައިނުވާކަމާއި، ދެ ކުދިންގެ
ތެރެއިން ދޮށީ ދަރި މުޙައްމަދު ލަޔާން އަޙްމަދު ސ. ހިތަދޫއަށް ފޮނުވާފައިވަނީ މި ކުއްޖާއާ ތިމާގެ ގޮތުން
އެއްވެސް ގުޅުމެއްނެތް މީހަކާއިއެކު ކަމަށް އަޙްމަދު ލިވާޒް ބުނެފައިވާއިރު، މި ކުއްޖާ
ގޮސްފައިވަނީ މ. ބީޗްޝައިން ފާޠިމަތު ނަޖާތާ މުޙައްމަދު · ހިތަދޫއަށް ކުރި ރަސްމީ ދަތުރެއްގައި ފާޠިމަތު
ނަގާތާ މުޙައްމަދުގެ ބެލުމުގެ ދަށުންކަމަށާއި، ފާޠިމަތު ނަޖާތާ މުޙައްމަދަކީ ލަޠީފާ މުޙައްމަދުގެ އެއްބަޑު
އެއްބަފާ ދައްތަގެ ފިރިމީހާގެ ދަރިއެއްކަމާއި، ފާތިމަތު ނަޖާތާ މުޙައްމަދު އުޅެނީ މި ކުދިން ދިރިއުޅެމުންދާ
ގޭގައިކަމާއި ވުމުން ފާޠިމަތު ނަޖާތާ މުޙައްމަދަކީ މި ކުދިންނާއި ދެކެފަރިތަ މީހެއްކަމާއި، މި މުޙައްމަދު ލަޔާން
އަޙްމަދު އައްޑުއަތޮޅު އެއަރޕޯޓުން މި ކުއްޖާގެ މަންމަ ފަރާތު ޢާއިލާ މީހުންނާއި ޙަވާލުކޮށްފައިވާކަމުގައި
ފާޠިމަތު ނަޖާތާ މުޙައްމަދު ހެކިބަސްދީފައިވާއިރު، ފާޠިމަތު ނަޖާތާ މުޙައްމަދަކީ 18 (އަށާރަ) އަހަރުވެ،
ތަޞައްރަފު ފުދިފައިވާ ކުއްޖެއްކަން އެނގޭކަމާއި، އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑްގެ ނަންބަރު
2009
/
02/IAS
-
146
/
MIS (7 ސެޕްޓެމްބަރ 2009) ސިޓީން ޢުމުރުން 5 (ފަހެއް) އަހަރުނުވާ
ކުޑަކުދިން ބެލެނިވެރިންނާއި ވަކިން
ހަމަޖެހިފައިނުވާކަމަށް ބަޔާންކުރައްވާފައިވާކަން
އެނގޭކަމާއި، މާފަންނު މަދަރުސާގެ ނަންބަރު 22
/
2009
/
01/MM (31 އޯގަސްޓް 2009ގެ) ސިޓީން ދެ
ކުދިންގެ ތެރެއިން ދޮށީ ދަރި މުޙައްމަދު ލަޔާން އަޙްމަދުއަކީ 28 ޖޫން 2009 ން ފެށިގެން މާފަންނު
މަދަރުސާގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރެއްކަށާއި، މި ކުއްޖާއަކީ ބޭބީ ނާރސަރީގެ ފެންވަރުން ވަރަށް
ހ(33 ، 4=ހ8
ދި*
ރ4319ށް
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/53
ރަނގަޅު ހުނަރުވެރި ކުއްޖެއްކަމަށާއި، އަދި ކޮންމެ ދުވަހަކުވެސް ގަޑިއަށް ސްކޫލަށް ޙާޟިރުކުރެވޭ ކުއްޖެއްކަން
މި ސިޓީން ފާހަގަކުރައްވާފައިވާއިރު، ބަޔާންކުރަނިވި ކަންތައްތަކުގެ މައްޗަށް ޢާއިލާއާބެހޭ ޤާނޫނާއި ޤަވާޢިދުގެ
އަލީގައި ބެލި ހިނދު ބުނެވިދިޔަ ދެ ކުދިން އުޅޭ ގެޔަކީ އަޙްމަދު ލިވާޒް ދިރިއުޅޭ ގެޔާއި އަޅާބަލާއިރު ކުޑަ
ގެއަކަށްވީނަމަވެސް މިތަނަކީ މި ކުދިންނަށް އަޚްލާޤީގޮތުންނާއި ޖިސްމާނީ ގޮތުން މި ކުދިންނަށް ނުރަނގަޅު
އަސަރުކުރާތަނެއްކަން ކޯޓުން ބެލިބެލުމުން ފާހަގަކުރެވިފައިނުވާކަމާއި، އަދި ލަޠީފާ މުޙައްމަދަކީ ރަސްމީ
ގަޑީގައި ވަޒީފާއަދާކުރާ މީހަކަށްވެފައި، ކުދިންނަށް އެކަށީގެންވާ ވަގުތުދެވޭ މީހެއްކަން އެނގޭކަމާއި، ކުދިންގެ
މަންމަގެ ރަށަށް ކުދިން ދިޔުމަކީ ކުދިންގެ މަންމަގެ ކިބައިން ކުދިންގެ ޙަޟާނަތުގެ ޙައްޤު ގެއްލޭކަމެއް
ނޫންކަން ޢާއިލާއާބެހޭ ޤާނޫނު (ނަންބަރު 4/2000) ގެ 42 ވަނަ މާއްދާގެ (ނ) އިން އެނގޭކަމާއި،
ޢާއިލާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާއާއި، މި ޤާނޫނުގެ 42 ވަނަ މާއްދާގައިވާ ފަދައިން ލަޠީފާ މުޙައްމަދަށް
ބުނެވިދިޔަ ދެ ކުދިންގެ ޙަޟާނަތު ލިބުމުގެ ޝަރުތެއް އުނިވެފައިވާކަމާއި އަދި ލަޠީފާ މުޙައްމަދުގެ ކިބައިން މި
ދެ ކުދިންގެ ޙަޟާނަތުގެ ޙައްޤު ގެއްލޭފަދަ ގޮތަކަށް ލަޠީފާ މުޙައްމަދު ޢަމަލުކޮށްފައިވާކަން ދަޢުވާކުރާ އަޙްމަދު
ލިވާޒް އަށް ހެއްކާބެހޭ ޤާނޫނު (ނަންބަރު 24/76) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވުމުން، މުޙައްމަދު ލަޔާން އަޙްމަދު އާއި ފާޠިމަތު ލައިކާ އަޙްމަދުގެ ޙަޟާނަތު އަޙްމަދު
ލިވާޒް އާ އަދި ޙަވާލުކުރެވެން ނެތްކަމުގައި ކަނޑައަޅައި، މި ގޮތުގެ މަތިން ޙުކުމްކޮށް ޤަޟިއްޔާ
ނިންމީއެވެ؟ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު: 2009/AC/1082
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ
ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ލިވާޒްގެ ފަރާތުން އަންނަނިވި ނުކުތާތައް
ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން،
ފުރަތަމަ ނުކުތާއަކީ: ލަޠީފާ މުޙައްމަދު ކުދިން ގޮވައިގެން ދިރިއުޅެމުންދަނީ މ.ބީޗްޝައިންގައި
ކަމަށްވެފައި، މ. ބީޗްޝައިންގައި ހުންނަނީ ދެކޮޓަރި ކަމަށާއި މީގެ ތެރެއިން އެއްކޮޓަރީގައި، މ.ބީޗްޝައިންގެ
ވެރިފަރާތް ކަމުގައިވާ މުޙައްމަދު ނާޞިޙުއާއި މި މުޙައްމަދު ނާޞިޙުގެ އަނބި ޝަރީފާ މުޙައްމަދުއާއި
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
މިދެމަފިރިން ދިރިއުޅެފައި ލަޠީފާ މުޙައްމަދު ކުދިން ގޮވައިގެން ދިރިއުޅޭ ކޮޓަރީގައި ކުދިންގެ މަޙްރަމުންނަށް
ނުވާ 06 މީހުންނާއިއެކު ޖުމްލަ 09 މީހުން ދިރިއުޅޭކަމަށާއި، ތޮއްޖެހިފައިވާ މިކޮޓަރީގައި މިމީހުން ނިދަނީ
ބަންކް އެނދުގައި ކަމަށާއި، ލަޠީފާ މުޙައްމަދުއާއި ދެކުދިން ނިދަނީ މިތަނުން ސިންގަލް އެނދެއްގައި ކަމަށާއި،
މިކޮޓަރިއާއި އެދެމަފިރިން ނިދާކޮޓަރި ވަކިކުރެވިފައިވަނީ ފޮތިގަނޑެއް ދަމައިގެން ކަމަށާއި، މިއެންމެން އެއް
ފާޚާނާއެއް ބޭނުން ކުރާއިރު ފާޚާނާ ބޭނުން ކުރަންޖެހެނީ މިދެމަފިރިން ނިދާފައި ތިއްބަސް މިކޮޓަރިއަށް ވަދެގެން
ކަމަށްވާއިރު، މިއީ ކުދިންނަށް ނަފްސާނީ ގޮތުންނާއި އަޚްލާޤީ ގޮތުން ރަނގަޅު ތަނެއްކަމުގައި
ބައްލަވާފައިވުންކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ބީޗްޝައިންގައި ހުންނަ ދެކޮޓަރި ހުންނަނީ ފުރަތަމަ ފްލޯގައި
ކަމަށްވެފައި، މިދެކޮޓަރިއަށް އެރުމަށްޓަކައި ބޭނުންކުރާ ސިޑިން އެރެނީ ސީދާ ލަޠީފާ މުޙައްމަދު ކުދިން
ގޮވައިގެން އުޅޭ ކޮޓަރީގެ ތެރެއަށް ކަމަށްވެފައި މިކޮޓަރީގައި ދޮރެއް ނުހުންނައިރު މިތަނަކީ 4 އަހަރާއި 2
އަހަރުގެ ކުދިން ދިރިއުޅެން ރައްކާތެރި ތަނެއްކަމުގައި ބައްލަވާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: އިސްވެ ދެންނެވުނު ދެނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން
ކަންކަންހުރިއިރު، އަޙްމަދު ލިވާޒްމެންގެ ދެކުދިންނަކީ އެދެކުދިންގެ ބައްޕަގެ އަމިއްލަ ގެއެއް މާލޭގައި ހުރެފައި
އެކުދިން ދިރިއުޅުމަށް ރައްކާތެރި އެއްކޮޓަރި ޚާއްޞަ ކުރެވިފައިވާއިރު، މިކުދިންނަށް އެންމެ މަސްލަޙަތުހުރި
ގޮތަކީ އިސްވެ ދެންނެވުނު ފަދައިން ދިރިއުޅުން ކަމުގައި ބައްލަވާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ
ދެކެތައެވެ.
• ހަތަރުވަނަ ނުކުތާއަކީ: ޢާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައި ކުއްޖާގެ ބައްޕަ
ނުވަތަ ބަލަދުވެރިޔާގެ ރުހުމަކާއި ނުލައި ކުއްޖާގެ މަންމަގެ އަމިއްލަ ރަށަށް ކުއްޖާ ގޮވައިގެން އެމީހަކު
އަމިއްލައަށް ދާދިއުން ފިޔަވާ އެނޫންގޮތަކަށް ކުއްޖާ ފޮނުވައިފިނަމަ ޙަޟާނަތުގެ ޙައްޤު ގެއްލޭނެކަމެއްކަމުގައި
ކަނޑައަޅުއްވާފައިވަނިކޮށް އަޙްމަދު ލިވާޒްމެންގެ ދޮށީ ދަރިފުޅު އަޙްމަދު ލިވާޒަށް އެނގުމަކާއި ނުލައި
އެދަރިފުޅާއި ޢާއިލީގޮތުން އެއްވެސް ގުޅުމެއްނެތް މީހަކާއިއެކު ފޮނުވާލި ފޮނުވާލުމަކީ އެއީ ޢާއިލާއާއި
ޤާނޫނުގެ މިމާއްދާގައި ބަޔާން ކޮށްފައިވާފަދަ ޙާލަތެއް ނޫންކަމުގައި ބައްލަވާފައިވުންކަމަށް ބުނެ ފާހަގަކުރި
ބެހޭ
4 223
ންގެ ބައެވެ.
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
• ފަސްވަނަ ނުކުތާއަކީ، އަޙްމަދު ލިވާޒްމެންގެ ދަރިފުޅާއި ޢާއިލީ ގޮތުން އެއްވެސް ގުޅުމެއްނެތް
މީހަކާއެކު އަޙްމަދު ލިވާޒަށް ސިއްރުން ހިތަދޫއަށް އަޙްމަދު ލިވާޒަށް ފިލުވަންވެގެން އަދި ކުއްޖާއަށް
ޒިޔާރަތް ކުރުމަށް އަޙްމަދު ލިވާޒަށް ލިބިފައިވާ ޙައްޤަށް ހުރަސްއަޅާ ފޮނުވާލި ފޮނުވާލުމަކީ ޤާނޫނާއި ޚިލާފު
ޢަމަލެއް ކަމުގައި ބައްލަވާފައި ނުވުމާއި މިގޮތުން ދަރިފުޅު ފޮނުވާލުމާއި ގުޅިގެން އަޙްމަދު ލިވާޒް ޢާއިލާއާ ބެހޭ
ކޯޓަށް މިމައްސަލަ ހުށަހެޅުމުން އެކަމުން ރެކުމަށްޓަކާ ދަރިފުޅު އަނބުރާ މާލެ ގެނައި އިރު، ރޭގަނޑު
ދަންވަރުގެ ފްލައިޓަކުން އެކަނި މާލެ އަނބުރާ ގެނައި ގެނައުމަކީ ކުއްޖާގެ ޙަޟާނަތުގެ ޙައްޤު ގެއްލޭ
ކަމެއްނޫން ކަމަށާއި، އެއީ އެކުއްޖާގެ މަސްލަޙަތު ކަމުގައި ބައްލަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: ކުދިންނަށް ޒިޔާރަތް ކުރުމަށް އަޙްމަދު ލިވާޒް އެގެއަށް ދިއުމުން ލަޠީފާ
މުޙައްމަދު އާއި ލަތީފާ މުޙައްމަދުގެ އެއްބަނޑުއެއްބަފާ ދައްތަ ޝަރީފާ މުޙައްމަދާއި ލަޠީފާ މުޙައްމަދުގެ
ދައްތަގެ ފިރިކަލުން މ. ބީޗްޝައިންގެ ވެރިފަރާތް ކަމުގައިވާ މުޙައްމަދު ނާޞިރު، ދަރިންނަށް ޒިޔާރަތްކުރުމަށް
އަޙްމަދު ލިވާޒަށް ލިބިފައިވާ ޙައްޤަށް ހުރަސްއަޅާފައިވާއިރު، އަދި އަޙްމަދު ނިވާޒުގެ ދަރިން އެގޭގައި އުޅޭހާ
ހިނދަކު އަޙްމަދު ލިވާޒަށް ދަރިންނަށް ޒިޔާރަތް ނުކުރެވޭނެ ކަމަށް އަޑުހަރުކޮށް ޢާއިލާއާބެހޭ ކޯޓުގެ
ޝަރީޢަތުގެ މަޖްލީހުގައި ހެކިބަސް އަދާކުރަމުން ބުނެފައިވާއިރު އެއީ ދަރިންނަށް ޒިޔާރަތް ކުރުމަށް އަޙްމަދު
ލިވާޒަށް ލިބިފައިވާ ޙައްޤަށް ހުރަސްއަޅާފައިވާ ކަމުގެ ހެއްކެއް ކަމަށް ނުބެއްލެވި ތާގައި ޤަރީނާއެއްކަމަށްވެސް
ބައްލަވާފައިނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ އިސްތިއުނާފު މިކުރެވޭ ދަރިންގެ ޙަޟާނަތުގެ މިމައްސަލަ 2009 ވަނަ
އަހަރު ޖޫން މަހުގެ 15 ވަނަ ދުވަހު އަޙްމަދު ލިވާޒް ހުށަހެޅީ އެއަހަރުގެ 14 އެޕްރީލްގައި ދަރިފުޅު ގަލޮޅު
މަދަރުސާއަށް، ސްކޫލަށް ވެއްދިފަހުން އެދަރިފުޅު ސްކޫލަށް ނުގެންދާކަމަށް ގަލޮޅު މަދަރުސާއިން 03 މެއި
2009 ގައި އަޙްމަދު ލިވާޒަށް އެންގުމާ ގުޅިގެންކަމަށްވާއިރު އަދި އޭގެ ފަހުގައި 25 އޮކްޓޫބަރ 2009
ތާރީޚުގައި އެމަދަރުސާއިން އަޙްމަދު ލިވާޒަށް ދިން ލިޔުމުގައި ސްކޫލަށް ވެއްދިފަހުން ސްކޫލަށް
ގެންގޮސްފައިވަނީ ޖުމްލަ 07 ދުވަހުކަމަށްވާއިރު، މިލިޔުންތަކާއި ކަންކަމަށް ނުބައްލަވާ މަސްއަލަ ހުށަހެޅިފަހުން
ދަރިފުޅު ސްކޫލަށް ނުގެންގޮސް ދަރިފުޅުގެ މަސްލަޙަތަށް ކަނޑައެޅިގެން ލަޠީފާ މުޙައްމަދު މިހުރަސްއެޅި
އެޅުމުން ރެކެންވެގެން އަޙްމަދު ލިވާޒަށް ނޭނގި ލަޠީފާ މުޙައްމަދު އަމިއްލައަށް ދަރިފުޅު މާފަންނު
0
R
ހައިޓީ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/53
ނުކުތާއެވެ.
3/
މަދަރުސާއަށް ބަދަލުކޮށް އެސްކޫލުން ހޯދި ލިޔުންތަކަކަށް އެކަނި ރިޢާޔަތްކުރައްވާފައިވުން ކަމަށް ބުނެ
ފާހަގަކުރި ނުކު
• އަށްވަނަ ނުކުތާއަކީ: އަޙްމަދު ލިވާޒަށް ދަރިން ނުދައްކާނެކަމަށްބުނެ އަޙްމަދު ލިވާޒަށް ނޭނގި
ޢާއިލީގޮތުން ގުޅުމެއްނެތް މީހެއް ސ. އަތޮޅަށް ކުރި ދަތުރެއްގައި ދަރިފުޅު އެކަނި ފޮނުވާލީ 07 ޖޫން 2009
ގައި ކަމަށްވެފައި 07 ޖޫން 2009 އެއީ ސްކޫލް ޗުއްޓީ ނަމަވެސް ދަރިފުޅު އަނބުރާ މާލެ ގެނެސްފައިވަނީ
އަޙްމަދު ލިވާޒް ޢާއިލާއާބެހޭ ކޯޓަށް މަސްއަލަ ހުށަހަޅާ އެވާހަކަ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކުރުމުން،
އެކަމުން ރެކުމަށްޓަކައި 19 ޖޫން 2009 ގެ ތާރީޚުގައި ދަރިފުޅު މާލެ ގެނައީ އެކަނިމާއެކަނި ރޭގަނޑު
ދަންވަރު ފްލައިޓަކުންކަމަށްވެފައި ސްކޫލް ޗުއްޓީނިމި ކިޔެވުން ފެއްޓިފައިވަނީ 14 ޖޫން 2009
ގައިކަމަށްވާއިރު، ދަރިފުޅު ރަށަށް ފޮނުވާލީ ދަރިފުޅުގެ ކާފައާއި މާމަ ދެކިލުމަށްކަމަށް ލަޠީފާ މުޙައްމަދު ބުނި
ބުނުން އެއީ ރަނގަޅުގޮތްކަމަށް ބައްލަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ނުވަވަނަ ނުކުތާއަކީ: ދަރިފުޅު ހިތަދޫއަށް ފޮނުވާލިއިރު ދަރިފުޅު ފޮނުވާލެވުނު މާޙައުލަކީ
ރަނގަޅު މާޙައުލެއް ނޫންކަން ޘާބިތުވާވަރަށް ލިޔުން ހުށަހެޅިއިރު އެކަމަށް ނުބައްލަވާ މައްސަލަ
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދިހަވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ މިމަސްއަލަ ޢާއިލާއާބެހޭ ކޯޓަށް ހުށަހެޅި
ހިނގަމުންދަނިކޮށް ލަޠީފް މުޙައްމަދުއާއެކު ދޮށީ ދަރިފުޅު ނިކުމެ މަގުމަތީގައި ދުވަނިކޮށް ސައިކަލެއްގައިޖެހި
އެކްސިޑެންޓްވެ ދަރިފުޅަށް ބޮޑެތި އަނިޔާތަކެއްލިބި ބޮލަށް ގެއްލުންވެ ހޮޑާއެކު ލޭލާ ހެދިއިރު އައި.ޖީ.އެމް.އެޗަށް
ފުރަތަމަ ގެންދިޔަ ގެންދިޔުން ފިޔަވާ ޓެސްޓްތައް ހެދުމަށް އަންގާފައިވަނިކޮށް ދަރިފުޅު ބޭސްފަރުވާނުކޮށް
ހުރިހުރުމާ އަދި މިކަން އަޙްމަދު ލިވާޒަށް ސިއްރުކޮށްގެންހުރި ހުރުމާއި، އެކަން އެނގިގެން އަޙްމަދު ލިވާޒް
ގުޅުމުންވެސް އަޙްމަދު ލިވާޒަށް ޖަވާބުނުދީ ދަރިފުޅަށް ބޭސްފަރުވާކުރުމަށް އަޙްމަދު ލިވާޒަށް ހުރަސްއެޅި އެޅުން
އެއީ އަޙްމަދު ލިވާޒަށް ލިބިފައިވާ ޙައްޤަށް ހުރަސް އެޅުމެއްނޫންކަމަށާއި، އަދި ބޭސްފަރުވާ ލިބިގަތުމަށް
ދަރިފުޅަށް ލިބިގެންވާ ޙައްޤަށް ހުރަސްއެޅި އެޅުމެއްނޫންކަމަށާއި، މިއީ ދަރިފުޅުގެ މަސްލަޙަތަށްހުރި
ރަނގަޅުގޮތް ކަމުގައި ބައްލަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
Ocox
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
• އެގާރަވަނަ ނުކުތާއަކީ: ލަޠީފް މުޙައްމަދު ދަރިން ބެލުމުގައި އެހީތެރިވެދޭންތިބި ދައްތައިންނަކީ
ޢާއިލާއާއި، ފިރިންނާއި، ދަރިން ބަލަމުން ވަޒީފާއަދާކުރަމުންދާ ބައެއްކަމަށްވާއިރު ލަޠީފް މުޙައްމަދު އޮފީހަށް
ޑިއުޓީއަށް ދިޔުމުން ދަރިން ބަލައިދޭނެކަމަށާއި، އެހީތެރިވެދޭނެކަމަށް ބުނިބުނުމަށް އެކަނި ބައްލަވާފައިވުން
ކަމަށް ބުނެ
ބުނެ ފާހަގަކުރި ނުކުތާއެވެ.
• ބާރަވަނަ ނުކުތާއަކީ: އިސްވެބަޔާންކުރެވުނު ކަންކަން އެހެންހުރިއިރުވެސް މިކަންކަން އަޙްމަދު
ލިވާޒަށް ޘާބިތުކޮށްދެވިފައިނުވާކަމަށް ބައްލަވާ މަސްއަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު: 2009/AC/1082 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ލިވާޒްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު: 2009/AC/1082 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، އަޙްމަދު ލިވާޒްގެ ފަރާތުން އެޤަޟިއްޔާގައި ހުށަހަޅާފައިވާ މައްސަލައަކީ، ލަޠީފާ
މުޙައްމަދުއާއި އަޙްމަދު ލިވާޒް އާއި ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ 2 ކުދިން ކަމުގައިވާ މުޙައްމަދު
ލަޔާން އަޙްމަދު (އުފަންތާރީޚް:04 މެއި 2006އާއި ފާޠިމަތު ލައިކާ އަޙްމަދު (އުފަން ތާރީޚް: 30 މާރޗް
2008) އާއި ދެކުދިންގެ ޙަޟާނަތު ލިބިގަތުމަށްއެދި ހުށަހަޅާފައިވާ މައްސަލައެއްކަމާއި، މި މައްސަލަ
ޢާއިލާބެހޭ ކޯޓަށް އަޙްމަދު ލިވާޒްގެ ފަރާތުން ހުށަހެޅިއިރު ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/333
ޤަޟިއްޔާއިން ބުނެވި ދިޔަ ދެ ކުދިންގެ ޙަޟާނަތު އެ ކުދިންގެ މަންމަ ލަޠީފާ މުޙައްމަދާ ޙަވާލުކުރެވިފައިވާކަން
އެނގެން އޮވެއެވެ.
(ނ) ލަޠީފާ މުޙައްމަދުއާއި އަޙްމަދު ލިވާޒް އާއި ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ މުޙައްމަދު
ލަޔާން އަޙްމަދު އާއި ފާތިމަތު ލައިކާ އަޙްމަދުގެ ޙަޟާނަތު އެ ކުދިންގެ މަންމަ ލަޠީފާ މުޙައްމަދާ ޢާއިލާއާބެހޭ
ކޯޓުގެ ނަންބަރު 2009/AC/333 ޤަޟިއްޔާއިން ޙަވާލުކުރެވިފައިވާކަން އެނގެން އޮންނައިރު، ޤާނޫނު
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
ނަންބަރު 4/2000 ޢާއިލާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ޙަޟާނަތުގެ ޙައްޤު ގެއްލޭނެ ގޮތްތައް
ބަޔާންކޮށްފައިވާކަމާއި އެއީ:
(ހ) ޙަޟާނަތު ޙަވާލުކޮށްފައިވާ މީހާއަކީ ކުއްޖާގެ މަންމަކަމަށްވާނަމަ އެ މަންމަ، ކުއްޖާގެ މަޙުރަމަކާ
ނޫން ފިރިހެނަކާ ކާވެނިކުރުމާއި؛
(ށ) ޙަޟާނަތު ޙަވާލުކޮށްފައިވާ މީހާއަކީ އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައިވާ ފާޙިޝް ޢަމަލު
ފާޅުގައި ކުރާ މީހަކު ކަމަށްވުމާއި،
(ނ) ޙަޟާނަތު ޙަވާލުކޮށްފައިވަނީ ކުއްޖާގެ މަންމައާ ކަމަށްވާނަމަ، ކުއްޖާގެ މަންމަގެ އަމިއްލަ ރަށަށް
ކުއްޖާ ގޮވައިގެން އެމީހަކު ދާ ދިއުން ފިޔަވައި ޙަޟާނަތު ޙަވާލުކުރެވިފައިވާ މީހަކު، ކުއްޖާގެ ބައްޕަގެ ނުވަތަ
ބަލަދުވެރިޔާގެ ރުހުމަކާނުލައި، އެމީހަކު ދިރިއުޅޭ ރަށް ބަދަލުކުރުން، ނުވަތަ ޙަޟާނަތު ޙަވާލުކުރެވިފައިވާ
މީހަކު ދިރިއުޅޭގެ، ކުއްޖާއަށް ޒިޔާރަތްކުރުމަށް ބައްޕައަށް ލިބިފައިވާ ޙައްޤަށް އުނިކަމެއް ލިބޭ ފަދަ ގޮތަކަށް
ދަލުކުރުމާއި
(ރ) މުރުތައްދުވުމާއި؛
(ބ) ޙަޟާނަތު ޙަވާލުކުރެވިފައިވާ މީހާ ކުއްޖާއާ އަޅާނުލުން، ނުވަތަ ކުއްޖާއަށް އަނިޔާވެރިވުމާއި،
މިކަންކަން އެނގެން އޮވެއެވެ.
(ނ) ޢާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ (ނ) ގައި ކުއްޖާގެ ބައްޕަ ނުވަތަ ބަލަދުވެރިޔާގެ
ރުހުމަކާއި ނުލައި ކުއްޖާގެ މަންމަގެ އަމިއްލަ ރަށަށް ކުއްޖާ ގޮވައިގެން އެމީހަކު އަމިއްލައަށް ދާދިއުން ފިޔަވާ
އެނޫންގޮތަކަށް ކުއްޖާ ފޮނުވައިފިނަމަ ޙަޟާނަތުގެ ޙައްޤު ގެއްލޭނެކަމެއްކަމުގައި ކަނޑައަޅުއްވާފައިވަނިކޮށް
އަޙްމަދު ލިވާޒްމެންގެ ދޮށީ ދަރިފުޅު އަޙްމަދު ލިވާޒަށް އެނގުމަކާއި ނުލައި އެދަރިފުޅާއި ޢާއިލީގޮތުން އެއްވެސް
މީހަކާއެކު ފޮނުވާލި ފޮނުވާލުމަކީ އެއީ ޢާއިލާއާބެހޭ ޤާނޫނުގެ މިމާއްދާގައި ބަޔާން ކޮށްފައިވާ ފަދަ
ޙާލަތެއް ނޫންކަމުގައި ބައްލަވާފައިވާކަމަށް ބުނެ އަޙްމަދު ނިވާޒުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
ނުކުތާއަށް ބަލާއިރު،
ޢާއިލާއާބެހޭ ޤާނޫނުގެ
ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ”ޙަޟާނަތު
ސުވާލުކޮށްފައިވަނީ ކުއްޖާގެ މަންމައާ ކަމަށްވާނަމަ، ކުއްޖާގެ މަންމަގެ އަމިއްލަ ރަށަށް ކުއްޖާ ގޮވައިގެން
OCOC>>
42
ޙަވ
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
.
އެމީހަކު ދާ ދިއުން ފިޔަވައި ޙަޟާނަތު ހަވާލުކުރެވިފައިވާ މީހަކު، ކުއްޖާގެ ބައްޕަގެ ނުވަތަ ބަލަދުވެރިޔާގެ
ރުހުމަކާނުލައި، އެމީހަކު ދިރިއުޅޭ ރަށް ބަދަލުކުރުން، ނުވަތަ ޙަޟާނަތު ޙަވާލުކުރެވިފައިވާ މީހަކު ދިރިއުޅޭގެ،
ކުއްޖާއަށް ޒިޔާރަތްކުރުމަށް ބައްޕައަށް ލިބިފައިވާ ޙައްޤަށް އުނިކަމެއް ލިބޭ ފަދަ ގޮތަކަށް ބަދަލުކުރުން“
މިފަދައިން ކަމާއި، މި ނައްގައި ބަޔާންކުރެވިފައިމިވަނީ، ކުއްޖާގެ ބައްޕަ ނުވަތަ ކުއްޖާގެ ބަލަދުވެރިޔާގެ
ހުއްދަނެތި ނުވަތަ އެފަރާތުގެ ރުހުމަކާ ނުލައި، ކުއްޖާ ގޮވައިގެން ކުއްޖާގެ މަންމަގެ ރަށަށް ދިރިއުޅުން
ބަދަލުކުރުމުގެ ވާހަކަ ކަމާއި، ކުއްޖާގެ މަންމަގެ ރަށަށް ޗުއްޓީއެއްގައި ނުވަތަ އެ ނޫންވެސް ސަބަބަށްޓަކައި
ވަގުތީ ގޮތުން ކުޑަ ދުވަސްކޮޅަކަށް ދާދިއުމާއި، ޒިޔާރަތްކުރާ ކުރުމުގެ ވާހަކަ ނޫންކަމާއިގެ
އަޙްމަދު ލިވާޒް އާއި ލަޠީފާ މުޙައްމަދުގެ ދޮށީ ދަރި މުޙައްމަދު ލަޔާން އަޙްމަދު ހިތަދޫއަށް
ގޮސްފައިވަނީ، އެދަރިފުޅާއެކު އެއް ގެއެއްގައި ދިރިއުޅޭ، އަދި އެ ދަރިފުޅު ދެކެފަރިތަ މީހެއްކަމަށްވާ އެދަރިފުޅުގެ
މަންމަ، ލަޠީފާ މުޙައްމަދުގެ އެއްބަޑު އެއްބަފާ ދައްތަގެ ފިރިމީހާގެ ދަރިއެއްކަމަށްވާ ފާޠިމަތު ނަޖާތާ މުޙައްމަދާ
އެކުގައި ކަމާއި، އެ ދަރިފުޅު މި ފާޠިމަތު ނަޖާތާ މުޙައްމަދާއެކު އެދަރިފުޅުގެ މަންމަ ފަރާތުގެ ޢާއިލާގެ
މީހުންގެ ތިބި އެދަރިފުޅުގެ މަންމަގެ ރަށަށް ޗުއްޓީގައި ފޮނުވި ފޮނުވުމަކީ އެދަރިފުޅުގެ ޙަޟާނަތުގެ ޙައްޤުން
އެދަރިފުޅުގެ މަންމަ މަޙްރޫމްކުރެވިދާނެ ސަބަބެއްކަމަށް ބެލެވެން ނެތްކަމާއި؛
ދަރިފުޅު އަނބުރާ މާލެ ގެނެސްފައިވަނީ އެކަނިމާއެކަނި ރޭގަނޑު ދަންވަރު ފްލައިޓަކުންކަމަށް އަޙްމަދު
ލިވާޒުގެ ފަރާތުން ފާހަގަކޮށްފައިވާއިރު، އެދަރިފުޅު މާލެ ގެނައިކަމަށް އަޙްމަދު ލިވާޒް ފާހަގަކޮށްފައިވާ 19
ޖޫން 2009 ގައި، އަދި މިއިސްތިއުނާފުކުރެވޭ މައްސަލަ ޢާއިލާބެހޭ ކޯޓަށް ހުށަހެޅި ތާރީޚުކަމުގައިވާ 15 ޖޫން
2009 ގައިވެސް އެދަރިފުޅުގެ ޢުމުރުން 05 (ފަހެއް) އަހަރު ނުފުރޭކަން އެނގެން އޮންނައިރު، ޢުމުރުން 05
(ފަހެއް) އަހަރުނުވާ ކުޑަކުދިން ބެލެނިވެރިންނާ ވަކިން ދަތުރުކުރެވޭގޮތަށް ހަމަޖެހިފައިނުވާކަމަށް އައިލެންޑް
އޭވިއޭޝަން ސަރވިސް ލިމިޓެޑްގެ ނަންބަރު 2009
/
02/IAS
-
146
/
MIS (7 ސެޕްޓެމްބަރ 2009)
ސިޓީން އެނގެން އޮންނަކަން މިއިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮތުމުން، އެދަރިފުޅު ދަތުރުކޮށްފައިވަނީ އެކަނިމާއެކަނި ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ރ) ލަޠީފާ މުޙައްމަދާއި އަޙްމަދު ލިވާޒަށް ލިބިފައިވާ ދެ ކުދިން އުޅޭ ގެޔަކީ އަޙްމަދު ލިވާޒް
ދިރިއުޅޭ ގެޔާއި އަޅާބަލާއިރު ކުޑަ ގެއަކަށްވީނަމަވެސް އެތަނަކީ އެ ކުދިންނަށް އަޚްލާޤީގޮތުންނާއި ޖިސްމާނީ
ހައިކޯ"
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
އަސަރުކުރާތަނެއްކަން
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
އެ
4
ގޮތުން
ކުދިންނަށް ނުރަނގަޅު
ޢާއިލާއާބެހޭ ކޯޓުން ބެލިބެލުމުން
ފާހަގަކުރެވިފައިނުވާކަމަށް ޢާއިލާބެހޭ ކޯޓުގެ މިއިސްތިއުފުކުރެވޭ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި
ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމާއި؛
ލަޠީފާ މުޙައްމަދަކީ ޝިފްޓް ޑިއުޓީގެ އުޞޫލުން ވަޒީފާ އަދާކުރާ މީހަކަށްވާތީ، މި ކުދިން ބަލައި
ބޮޑުކުރުމަށް ބޭނުންވާ އޯގާތެރިކަމާއި އަޅާލުމާއި ފަރުވާތެރިކަން ލަޠީފާ މުޙައްމަދުގެ ފަރާތުން ނުލިބޭކަމަށް
އަޙްމަދު ލިވާޒް ބުނެފައިވާއިރު، ކުދިން ބެލުމުގައި ކުދިންގެ މަންމަ ފަރާތުގެ ޢާއިލާއިން ލަޠީފާ މުޙައްމަދަށް
އެއްބާރުލުން ލިބޭކަމާއި، އަދި ލަޠީފާ މުޙައްމަދު ވަޒީފާ އަދާކުރާ ވަގުތުތަކުގައި ކުދިން ބަލަނީ ލަޠީފާ
މަދުގެ އެއްބަޑު އެއްބަފާ ދައްތަ ޝަރީފާ މުޙައްމަދުކަން ޝަރީފާ މުޙައްމަދުގެ ބަހުން އެނގެން
އޮންނަކަމާއި،
ދެ ކުދިންގެ ތެރެއިން ދޮށީ ދަރި މުޙައްމަދު ލަޔާން އަޙްމަދުއަކީ 28 ޖޫން 2009 ން ފެށިގެން
މާފަންނު މަދަރުސާގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރެއްކަމާއި، މި ކުއްޖާއަކީ ބޭބީ ނާރސަރީގެ
ފެންވަރުން ވަރަށް ރަނގަޅު ހުނަރުވެރި ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެއްކަމާއި، އަދި ކޮންމެ ދުވަހަކު
ގަޑިއަށް ސްކޫލަށް ޙާޟިރުކުރެވޭ ކުއްޖެއްކަމަށް މާފަންނު މަދަރުސާގެ ނަންބަރު 22
/
2009
/
01/MM (31
އޯގަސްޓް 2009) ސިޓީގައި
ބަޔާންކޮށްފައިވާކަން މިއިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮންނަކަމާއި؟
ލަޠީފާ މުޙައްމަދު ޢާންމުގޮތެއްގައި މަސައްކަތްކުރަނީ ހެދުނު 8:00 ން ހަވީރު 16:00 އަށް
ކަމާއި، އަދި ލަޠީފާ މުޙައްމަދަކީ ޝިފްޓް ޑިއުޓީކުރާ އުޞޫލާއި އެއްގޮތަށް ވަޒީފާއަދާކުރާ
މުވައްޒަފެއްނޫންކަމާއި، ދަރިން ސްކޫލަށް ގެންގޮސް ގެނައުމަށް ވަގުތު ލިބިދިނުމުގެ އިތުރުން މެންދުރު 01
(އެކެއް) ގަޑިއިރުގެ ބްރޭކެއް ލިބޭކަން، މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ނަންބަރު
146
/
2010
/
1/MNBC
-
M (11 ޖެނުއަރީ 2010) ސިޓީން އެނގެން އޮންނަކަން މިއިސްތިއުނާފުކުރެވޭ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތުމާއެކު، ލަޠީފް މުޙައްމަދަކީ ވަޒީފާއަދާކުރާ
މީހަކަށްވީނަމަވެސް، ކުދިންނަށް އެކަށީގެންވާ ވަގުތު ނުދެވޭ މީހެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/53
ރަމެއެކު
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތައް އެގޮތުގެ
މަތީން ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/1082 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފްކުރުމަށް އަޙްމަދު ލިވާޒްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެ
ދަލުގެންނަންޖެހޭ ފަދަ ސަބަބެއް
އޮތްކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
/ ތތ 09
ރޢުބޮކޮށް
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތަކަށް
ބަލާއިރު، ލަޠީފާ މުޙައްމަދުއާއި އަޙްމަދު ލިވާޒްއާއި ދެމީހުން ކައިވެނިކޮށްގެން ލިބިފައިވާ 12 ކުދިން
ކަމުގައިވާ މުޙައްމަދު ލަޔާން އަޙްމަދު އާއި ފާޠިމަތު ލައިކާ އަޙްމަދު އާއި ދެކުދިންގެ ޙަޟާނަތުގެ ޙައްޤު
ލަޠީފާ މުޙައްމަދަށް ލިބިގެންވާކަމަށް ކަނޑައަޅުއްވާ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/333
ޤަޟިއްޔާއިން އެ ކުދިންގެ ޙަޟާނަތު އެ ކުދިންގެ މަންމަ ލަޠީފާ މުޙައްމަދާ ޙަވާލުކުރެވިފައިވާކަން އެނގެން
އޮވެފައި، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ
ޙަޟާނަތުގެ ޙައްޤު ގެއްލޭފަދަ ސަބަބެއް ލަޠީފާ މުޙައްމަދަށް ދިމާވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި
ނުވާތީއާއި، އެ ކުދިންގެ ޙަޟާނަތުގެ ޙައްޤު ލިބުމުގެ ޝަރުތެއް ލަޠީފާ މުޙައްމަދުގެ ކިބައިން އުނިވެފައިވާކަން
ސާބިތުވެފައިނުވާތީ، ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2009/AC/1082 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް އަޙްމަދު ލިވާޒްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް
މިމައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހި9
*
Sih
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ