ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/80 ޤަޟިއްޔާގެ ޙުކުމް
އަލީ
1
2010/HC-A/80
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 80/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
އައިޑީ ކާޑު ނަންބަރ:
މިހާރުގެ އެޑްރެސް: މއ.އުތުރުވެހި
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އާޤިސާ މޫސާ
ކާޑުނަންބަރު: A023884
* ދާއިމީ އެޑްރެސް: މމދ.ދަފްތަރު1532
މިހާރުގެ އެޑްރެސް: ހ.ނީލްމަންޒިލް
44
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 13 އޭޕްރީލް 2010
ނިމުނު ތާރީޚް: 23 އޭޕްރީލް 2012
އިސްތިޢުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2009/VTR/157
ހުށަހެޅި ތާރީޚް: 18 ނޮވެމްބަރ 2009 ނިމުނު ތާރީޚް: 08 އޭޕްރީލް 2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
• ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިއ.ގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ތަހިހ8ނެ، ހިޔުމަން
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/80
ދަޢުވާގެ ޚުލާޞާ:
uc
އެ
ޑ 8 *
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2009/VTR/157
މައްސަލަ
ޓްރައިބިއުނަލުން ނިންމަވާފައިވާގޮތް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގައި އިސްތިއުނާފް ރައްދުވާ ފަރާތްތަކަކީ، ޢާޤިޞާ މޫސާ
(ދ.ރ.ކާޑް ނަންބަރުA023884} އެވެ.
ވުން
01 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2009/VTR/157 މައްސަލައަކީ، 2008 ވަނަ
އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ގައި، ޑިރެކްޓަރ އެންޑް ފައިނޭންސް އެންޑް މެނޭޖްމަންޓްގެ ވަޒީފާ، ޢާޤިޞާ މޫސާ (ދ..ކާޑް
ނަންބަރުA023884) އަދާކުރަމުން ދަނިކޮށް، 2009 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު
ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ، އެކަމުގެ ސަބަބުން ޢާޤިޞާ މޫސާއަށް ލިބިފައިވާ ގެއްލުމުގެބަދަލާއި،
އެވަޒީފާ އަނބުރާ ހޯދުމަށްއެދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ މައްޗަށް ޢާޤިޞާ މޫސާ
ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާފައިވާ މައްސަލައެއްކަމާއި،
އެމައްސަލާގައި ނިންމާފައިވާ ނިންމުމުގައި، ޢާޤިޞާ މޫސާއަށް އެއްމަސް ދުވަހުގެ ނޯޓިސް
ދިނުމަށްފަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ
މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޢާޤިޞާ މޫސާގެ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް
ފިޔަވަޅު އެޅުމަށްފަހުވެސް، އޭނާގެ މަސައްކަތުގެ އަޚްލާޤާއި ވަޒީފާ އަދާކުރާތަން ރަނގަޅުގޮތުގައި ހިންގުމާ
ގުޅިފައިވާ އޭނާގެޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބުގެ އިތުރުން، ހިޔުމަން ރައިޓްސް ކޮމިޝަން
އޮފް ދަ މޯލްޑިވްސް ގެ ނިންމުންތަކާ ޚިލާފު ޢަމަލުތަކެއް، ޢާޤިޞާ މޫސާގެ ފަރާތުން ތަކުރާރުކޮށްއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2010/HC-A/80
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފެނިފައިވުމުގެ ސަބަބުންކަމަށް އެކޮމިޝަނުގެ ފަރާތުން ބުނިނަމަވެސް، ޢާޤިޞާ މޫސާ ވަޒީފާއިން ވަކިކުރި
ސަބަބުކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ
މަތިން ސާބިތު ކޮށްދެވިފައިނުވާކަމަށް ކަނޑައަޅައި، ޢާޤިޞާ މޫސާ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ
މޯލްޑިވްސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާއާ ޚިލާފަށްކަމަށް މައްސަލަބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޢާޤިޞާ މޫސާ ވަޒީފާއިން
ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ހޯދުމަށް އެދިފައި ވީނަމަވެސް، 03 ޑިސެމްބަރ 2009 ގައި
އޭނާއަށް އެހެން ވަޒީފާއެއް ހަމަޖެހިފައިވާކަމަށް ޢާޤިޞާ މޫސާ ބުނެފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް ޢާޤިޞާ މޫސާ އަށް ބަދަލުގެ ގޮތުގައި 19 އޯގަސްޓް 2009 އިން ފެށިގެން
03 ޑިސެމްބަރ 2009 ގެ ނިޔަލަށް މުސާރައާއި އިނާޔަތް ތަކުގެ ގޮތުގައިޖެހޭ -/025'60ރ.(ފަސްދޮޅަސްހާށް
ފަންސަވީސް ރުފިޔާ)، 08 އޭޕްރީލް 2010 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި ޢާޤިޞާ މޫސާއަށް އެކީ
އެއްފަހަރާ ދައްކާ ޚަލާޞް ކުރުމަށްފަހު، އެކަން ހަމަޖެހޭތާ 03 ދުވަހުގެ ތެރޭގައި އެކަން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސަށް އަންގާ އެގޮތުގެ
މަތީން އަމުރު ކޮށްފައިވާކަން އެމައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެންގެން އޮންނަކަން ފާހަގަކުރެވެއެވެ.
އިސްވެ ބަޔާންކުރެވުނު މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު:2009/VTR/157 މައްސަލަ ނިންމުމާއި ގުޅިގެން، އެ އެނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފް ނިންމުމެއްކަމަށް ބުނެ ޢާޤިޞާ މޫސާ (ދ.ރ.ކާޑް ނަންބަރުA023884) ގެ ފަރާތުން އެ
މައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން؟
(1) ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
ގައިވާގޮތުގެމަތީން އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ޢާޤިސާ މޫސާއަށް ނަސޭހަތް ދެވިފައިވާކަން
ޘާބިތުކުރުމަށް 01 ފެބްރުއަރީ 2009 ވަނަ ދުވަހު އެ ނަސޭހަތް ދިނުމަށް ބޭއްވުނު ބައްދަލުވުމުވެއްޖޭގެ ހައި
-03
4 2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2010/HC-A/80
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލަ އިސްތިއުނާފު ކުރުމަށް ހިޔުމަންރައިޓްސް ކޮމިޝަނުގެޖޭގެ ހައިކޯ)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޔައުމިއްޔާއިން އެބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި އެކޮމިޝަންގެ ދެމެންބަރަކާއި، އެވަގުތު އެ
ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލްގެ މަޤާމު އަދާކުރެއްވި ބޭފުޅާގެ ހެކިބަސް ހުށަހަޅާފައިވީހިނދު؛
(2) އަދި ވަޒީފާއަދާކުރާތަން ހިންގުމާގުޅިފައިވާ ޢާޤިސާ މޫސާގެ ޒިއްމާ
އަދާނުކުރާކަމާއި، ހިއުމަންރައިޓްސް ކޮމިޝަންގެ ނިންމުންތަކާއި ޚިލާފަށް ޢާޤިސާ މޫސާ ތަކުރާރުކޮށް
ޢަމަލުކޮށްފައިވާކަން ޘާބިތުކޮށްދިނުމުގެގޮތުން މިކޮމިޝަންގެ މެންބަރަކާއި ތިން މުވައްޒަފުންގެ ހެކިބަސް
ހުށަހަޅާފައިވީހިނދުގެ
(3) އަދި ޢާޤިޟާ މޫސާގެ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ހެއްކެއް ނުވަތަ
ޤަރީނާއެއްގެ ސަބަބުން އެކޮމިޝަންގެ ފަރާތުން ކަންހިނގާދިޔަގޮތް ކަމަށް ބަޔާންކުރާ ކަންކަމުގެ
މައްޗަށް އެއްވެސް މިންވަރަކަށް ސުވާލެއް އުފައްދާފައިނުވާ ހިނދު؟
އަދި އެ މައްސަލާގެ ބާވަތުން ކޮމިޝަންގެ މެންބަރުންނާއި، މުވައްޒަފުންގެ އިތުރުން
ކަންހިނގާދިޔަގޮތް ބަޔާންކޮށް ހެކިބަސްދެވޭނެ އިތުރު ބައެއް ނުވަތަ ފަރާތެއް ނެތްހިނދު، ވަޒީފާއާބެހޭ
ޤާނޫނުގެ 27 ވަނަ މާއްދާއާ އެއްގޮތަށް ޢާޤިސާ މޫސާއާއި މެދު އިސްލާހީ ފިޔަވަޅު އެޅުނުކަމާއި، ވަޒީފާ
އަދާކުރާ ތަން ހިންގުމާއި ގުޅިފައިވާ އޭނާގެ ޒިއްމާ އަދާ ނުކުރާކަމާއި، ކޮމިޝަންގެ ނިންމުންތަކާއި
ޚިލާފަށް ތަކުރާރުކޮށް އޭނާ ޢަމަލުކޮށްފައިވާކަން ހިއުމަންރައިޓްސް ކޮމިޝަނަށް ސާބިތު ކޮށްދެވިފައި
ނުވާކަމަށް ނިންމަވާފައިވަނީ މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ހެކިބަހުގެ މައްޗަށް
އެންމެފުރިހަމައަށް ރިޢާޔަތް ކުރެވިގެންނޫންކަމަށް އެކޮމިޝަނުން ދެކޭކަމަށް ބުނެ ފާހަގަކޮށްފައިވާ
04- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2009/VTR/157
OXO
20
ނެކެތއވެ"
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/80
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކާއި ހެކިތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ގަކުރެވެއެވެ.
4 &
etc>
(ހ) ޢާޤިޞާ މޫސާ (ދ.ރ.ކ ނަންބަރު 023884-A) ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ
މޯލްޑިވްސް ގައި ޑިރެކްޓަރ، ފައިނޭންސް އެންޑް މެނޭޖްމަންޓް ގެ ވަޒީފާގައި ހުއްޓާ، އެވަޒީފާއިން އޭނާ
ވަކިކޮށްފައިވާ ސަބަބުތައް ހާމަކުރަމުން ވަޒީފާއާއިބެހޭ ޓްރައިބިޔުނަލްގައި އެކޮމިޝަނުގެ ފަރާތުން ދައްކާފައިވާ
ވާހަކައަށް ބަލާއިރު، ޢާޤިޞާ މޫސާއާއި އެކޮމިޝަނާ ދެމެދު ކުރެވިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 03 ވަނަ
މާއްދާގެ (ބ) ގައި، ކޮމިޝަނުގެ ނިންމުންތަކާ ޚިލާފު އެއްވެސް ޢަމަލެއް ކޮށްފިނަމަ ވަޒީފާއިން ވަކިކުރެވޭނެ
ކަމަށް ބަޔާންކޮށްފައި ވާކަމަށާއި، މިގޮތުން އެކޮމިޝަނުގެ ނަންބަރ 2009
/
359/MF
/
MIS-168
(19 ޖުލައި 2009) ގެ ސިޓީއިން ޢާޤިޞާ މޫސާއަށް 01 މަސްދުވަހުގެ ނޯޓިހެއް ދެވިފައިވާނެ ކަމަށާއި،
އެގޮތުން ނޯޓިސް ދެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން
06 މަސްދުވަހަށްވުރެ ކުރުނޫން އަދި 01 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާގައި ބަހައްޓާފައިވާ
މުވައްޒަފަކަށް ޙައްޤުވާ 02 ހަފުތާގެ ނޯޓިހުގެ މުއްދަތަށްވުރެ ކުރުނުވާ ގޮތުގެ މަތީންކަމަށާއި، ހަމައެއާއެކު
އެކޮމިޝަނުން ޢާޤިޞާ މޫސާ އަށް ނޯޓިސް ދިނުމަށް ނިންމާފައިވަނީ ކޮމިޝަނުގެ މެނޭޖްމަންޓް އެންޑް
ފައިނޭންސް ޑިޕާޓްމަންޓުގެ ޑައިރެކްޓަރ ގެ މަޤާމުގައި ހުންނަ މީހަކު، އެކަށީގެންނުވާ ފަދަގޮތަށް
އޮފީސްތެރޭގައި އެހެން މުވައްޒަފަކާ ހަރުއަޑުން ޒުވާބުކުރުމާއި، އޮފީހުގެ މާހައުލުގައި އަމަލުކޮށްގެން ނުވާނެފަދަ
ގޮތަކަށް ޢާޤިޞާ މޫސާގެ ޢަމަލުތައް ބަހައްޓާފައިވާތީ، އޭނާގެ އަޚްލާޤް ރަގަޅުކުރުމަށް 01 ފެބްރުއަރީ 2009
ގައި ނަސޭހަތްތެރިވުމަށްފަހު، އެކޮމިޝަނުގެ ފަރާތުން 2009 ޖުލައި 09 އިން 12 އަށް ތ.ތިމަރަފުއްޓަށް
ކުރި ދަތުރުގައި ކޮމިޝަނުގެ ނިންމުންތަކާ ޚިލާފު ޢަމަލުތަކެއް ޢާޤިޞާ މޫސާ ގެ ފަރާތުން ފެނިފައިވާތީ ކަމަށް
އެކޮމިޝަނުގެ ފަރާތުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 8325029ފެސްދިވެsard
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2010/HC-A/80
"4
ގުޅިގެން ޢާޤިޞާ މޫސާ އަށް އަގަބަހުން ނަސޭހަތްތެރި ވެވުނުކަމެއް ނުވަތަ ލިޔުމުން ނަސޭހަތެއް އިންޒާރެއްގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ށ) ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ މެނޭޖްމަންޓް އެންޑް ފައިނޭންސް
ޑިޕާޓްމަންޓުގެ ޑައިރެކްޓަރ ކަމުގެ މަޤާމުގައި ޢާޤިޞާ މޫސާ ހުރެގެން އެކަށީގެންނުވާފަދަގޮތަކަށް އޮފީހުގެ
އެހެން މުވައްޒަފަކާ އަޑުހަރުކޮށް ޒުވާކޮށް އޮފީސް މާހައުލުގައި އެކަށީގެން ނުވާފަދަ ގޮތަކަށް ޢާޤިޞާ މޫސާގެ
ޢަމަލުތައް ބަހައްޓާފައިވާތީ، އޭނާގެ އަޚްލާޤް ރަގަޅުކުރުމަށް 2009 ފެބްރުއަރީ 01 ވަނަ ދުވަހު ޢާޤިޞާ
މޫސާއަށް އެކޮމިޝަނުގެ ފަރާތުން ނަސޭހަތްތެރިވެފައިވާކަމަށް އެކޮމިޝަނުގެ ފަރާތުން ބުނެފައިވާ ބުނުމަށް
ޢާޤިޞާ މޫސާ އިންކާރުކުރުމާ ގުޅިގެން، ހިޔުމަންރައިޓްސް ކޮމިޝަނުގެ ފަރާތުން ބުނާބުން
ސާބިތުކޮށްދިނުމަށްޓަކައި އެކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވަނީ 01 ފެބްރުއަރީ 2009 ގެ ތާރީޚުގައި
ބޭއްވުނު އެކޮމިޝަނުގެ ކުއްލި ބައްދަވުމުގެ ޔައުމިއްޔާކަމާއި، އެ އަމިއްޔާގައިވަނީ، "ކޮމިޝަނުގެ
ދެމުވައްޒަފުންކަމަށްވާ ފާތިމަތު ފައިނާޒް (އެސިސްޓެންޓް އެކައުންޓް އޮފިސަރ) އާއި ޢާޤިޞާ މޫސާ
(ޑިރެކްޓަރ، މެނޭޖްމަންޓް އެންޑް ފައިނޭންސް) އާ ދެމެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން ސެކްރެޓަރީ
ޖެނެރަލްގެ ކޮޓަރިކޮޅުގައި ފައިންޓް ހުންނަވަނިކޮށް ޢާޤިޞާ މޫސާ އެކޮޓަރިކޮޅު ވަދެވަޑައިގެން، ފައިޔާޒްއާއި
ސެކްރެޓަރީ ޖެނެރަލްއާ ދެބޭފުޅުންނާ މުޚާތަބުކުރައްވައި ބޭއަދަބީ ބަހުން އަޑުގަދަކޮށް މުއާމަލާތް
ކުރައްވާފައިވާތީ، މިއީ މަސައްކަތުގެ މާހައުލުގެ އަދަބުތަކާ ޚިލާފު ޢަމަލަކަށްވާތީ، މިކަމާގުޅިގެން ޢާޤީޞާ މޫސާ
އާއި ފާޠިމަތު ފައިނާޒްވެސް މިބައްދަލުވުމަށް ޙާޟިރުކުރައްވައި، މިދެބޭފުޅުންނަށް ކޮމިޝަނުގެ ފަރާތުން
ނަޞޭޙަތް ދެވިފައިވެއެވެ." މިފަދައިން ކަން ފާހަގަކުރެވޭކަމާއި،
އެ ޔައުމިއްޔާއަށާއި، އޭގައިވާ ޢިބާރާތަށް ބަލާއިރު އެ ޔައުމިއްޔާގައި އެކޮމިޝަނުގެ އެއްވެސް
މެންބަރަކު ސޮއިކޮށްފައި ނުވާކަމާއި، އަދި އެ ޔައުމިއްޔާއިން އެއީ އެކޮމިޝަނުން ޢާޤިޞާ މޫސާ އާއި މެދު
ވަކިގޮތަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ނިންމުމެއްކަންވެސް އެނގެން ނޯންނަކަމާއި، އެލިޔުމުގައިވާ
ޢިބާރާތުން ބޮޑަށް ދޭހަވެގެންދަނީ ކަމެއްގެ ޚަބަރު ލިޔެފައިވާ ލިޔުމެއްގެ ގޮތުގައިކަމާއި، ހިޔުމަންރައިޓްސް
ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު ލިޔުމުގެ އިތުރުން އެދުވަހުގެ އެހާދިސާއާއި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/80
ބިނާކުރެއްވި ސަބަބުތަކުގެ
44 /
ދެވުނުކަން އެނގޭނޭ ލިޔުމެއް ހުށަހެޅިފައި ނުވާކަމާއި، އަދި އެދުވަހުގެ އެކޮމިޝަނުގެ ކުއްލި ބައްދަލުވުން
އިންތިޒާމް ކުރެވުނީ ޢާޤިޞާ މޫސާ ގެ އެދުމުގެ މަތީންކަމަށް އޭނާ ބުނެފައިވާ ބުނުމަށް އެކޮމިޝަނުގެ ފަރާތުން
އިންކާރުކޮށްފައި ނުވާކަމާއި، މިކަންކަން އެގޮތުގެމަތިން ފާހަގަކުރެވެން އޮންނާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު:2009/VTR/157 މައްސަލަ ބައްލަވައި ނިންމަވާފައިވާ ނިންމެ
ތެރޭގައި ހިމެނޭ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކަށް ނަސޭހަތް ދިނުމުގައި ވަޒީފާއާބެހޭ ޤާނޫނާއި ދިވެހި
ސިވިލް ސާރވިސް ގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތީން ޢާޤިޞާ މޫސާ އަށް ނަސޭހަތް ދީފައިވާކަން އެނގެން
ނެތްކަމަށް ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ނިންމެވުމެއްކަމުގައި މިމައްސަލަ
ބެލި ފަނޑިޔާރުންނަކަށް ނުފެނެއެވެ.
(ނ) ވަޒީފާ އަދާކުރާތަން ހިންގުމާ ގުޅިފައިވާ މަސްއޫލިއްޔަތުތައް ފުރިހަމަގޮތުގައި އަދާ
ނުކުރުމާއި، ހިޔުމަން ރައިޓްސް ކޮމިޝަން ގެ ނިންމުންތަކާ ޚިލާފަށް ޢާޤިޞާ މޫސާ ތަކުރާރުކޮށް
ޢަމަލުކޮށްފައިވާކަމަށާއި، އަދި ޢާޤިޞާ މޫސާގެ ވަޒީފާގެ އެއްބަސްވުމުގެ 03 ވަނަ ނަންބަރުގެ (ބ) ގައި،
ކޮމިޝަނުގެ ނިންމުންތަކާ ޚިލާފު އެއްވެސް ޢަމަލެއް ކޮށްފިނަމަ ވަޒީފާއިން ވަކިކުރެވޭނެކަމަށް އޮންނަ އޮތުމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2009/VTR/157 މައްސަލަ ނިންމެވުމުގައި ރިޢާޔަތް ކޮށްފައި
އެކޮމިޝަނުގެ ފަރާތުން ބުނެފައިވާތީ، އެނުކުތާއަށް ބެލުމުގެ ގޮތުން ހައިކޯޓުން ބެލިބެލުމުން،
ޢާޤިޞާ މޫސާ އެކޮމިޝަނުގެ ނިންމުންތަކާ ޚިލާފަށް ޢަމަލު ކޮށްފައިވާކަމަށްބުނެ އެކޮމިޝަނުގެ
ފަރާތުން ދައްކާފައިވާ ވާހަކައަކީ، ހައިކޯޓުގެ އަމުރަކާ ގުޅިގެން 2009 ވަނަ އަހަރުގައި ބޭއްވުނު ތިމަރަފުށީ
ދާއިރާގެ ދެވަނަ ފަހަރަށް ވޯޓުލުމަށްޓަކައި ބޭއްވުނު އިންތިޚާބާ ގުޅިގެން ހިޔުމަންރައިޓްސް ކޮމިޝަނުގެ
ފަރާތުން ތިމަރަފުއްޓަށް ކުރި ދަތުރުގައި ޢާޤިޞާ މޫސާގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތްކަމަށްބުނާ
ވާހަކަތަކެއްކަމާއި، މިގޮތުން އެދަތުރުގައި އެކޮމިޝަނުގެ ފަރާތުން ވަޑައިގެންނެވި ވަފުދު ދަތުރުފަތުރު
ކުރުމަށްޓަކައި ހަމަޖައްސާފައިވާ ލޯންޗާ ބެހޭގޮތުންނާއި، އެދަތުރުގައި އެކޮމަޑޭޝަން ހަމަޖެހިގެން ދިޔަގޮތާއި
ބެހޭގޮތުން ދައްކާފައިވާ ވާހަކަ ހިމެނޭކަމާއި،
01 2 3
ފުކުމަށް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
8
2010/HC-A/80
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކރކޮށް
ޤާއި
مع ع مرع می
COCC
މިގޮތުން އެކޮމިޝަނަކީ ވަކިފަރާތަށްނުޖެހޭ މުސްތަޤިއްލު ކޮމިޝަނެއްގެ ގޮތުގައި
ރައްޔިތުންނަށް ތަޞައްވުރު ކޮށްދިނުމަށްޓަކައި، އެކޮމިޝަނުގެ ފަރާތުން އެދަތުރުގައި ބައިވެރިވި މީހުންގެ
ޢަމަލުތައް އެފަދައިން ބެހެއްޓުމަށް ދަތުރުގެ ބައިވެރީންނަށް ކޮމިޝަނުގެ ފަރާތުން ދަންނަވާފައިވާއިރު، ޢާޤިޞާ
މޫސާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ތިމަރަފުށީން ވޭމަންޑޫއަށް އަދި ވޭންމަންޑޫ އިން ތިމަރަފުއްޓަށް
ކުރި ބައެއް ދަތުރުތައް ކުރަންޖެހިފައިވަނީ ޕޮލިސް ސާރވިސްގެ ލޯންޗްގައި ކަމަށާއި، އެކަމަކީ އެކޮމިޝަނުގެ
އެލުންވެ، އެކޮމިޝަނުގެ ތަޞައްވުރު އެހެން މީހުންގެ ކުރިމަތީގައި ކިލަބުވެގެން ހިނގައިދާނެ
ކަމެއްކަމަށް ފެންނަކަމަށާއި، އެހެނީ ތިމަރަފުށީ ވޯޓާއި ގުޅިގެން ރައްޔިތުންގެ މެދުގައި ހަމަނުޖެހުމެއް
ހިނގިނަމަ، އެކަން ޙައްލު ކުރަންތިބޭނީ ޕޮލިސް ސާރވިސްގެ މީހުންކަމަށްވެފައި، ޕޮލިސް ސާރވިސްގެ
މީހުންގެ ޢަމަލުތައް މުރާޤަބާ ކުރަން ތިބޭނެ ބަޔަކީ އެކޮމިޝަނުގެ މީހުންކަމަށްވާތީ، އެފަދަ ޙާލަތުގައި ޕޮލިސް
ސާރވިސް ގެ މީހުން ޢަމަލުކޮށްފައިވާ ގޮތަކާއި ދެކޮޅަށް ކޮމިޝަނުންގެ ފަރާތުން ސްޓޭ
ނެރެންޖެހިއްޖެނަމަ މިނިވަންކަމާއެކު އެކަންކުރުމަށް ދަތިތަކެއް ކުރިމަތިވާނެތީކަމަށް އެކޮމިޝަނުގެ ފަރާތުން
ބުނެފައިވާއިރު،
ދަތުރުގައި ބައިވެރިވި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ވަފުދުގެ
މީހުންގެ ކެއިން ބުއިމުގެ ކަންތައް ހަމަޖައްސާފައިވަނީ ޕޮލިސް ސާރވިސްގެ މީހުންނާއެކު އެމީހުންގެ މަސްރޫމް
ގައިކަން ސާފުކޮށް އެނގެން އޮތްއިރު، އެކަމަކީ އެކޮމިޝަނުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި ކަރާމާތަށް
ގެއްލުންވާފަދަ ކަމެއްކަމުގައި އެކޮމިޝަނުގެ ފަރާތުން ދެކިފައިނުވާއިރު، ޕޮލިސް ސާރވިސްގެ ލޯންޗުގައި
ވޭމަންޑޫއިން ތިމަރަފުއްޓަށް ނުވަތަ ތިމަރަފުށީން ވޭމަންޑޫއަށް އެކޮމިޝަނުގެ ބައިވެރިން ދަތުރުކުރަންޖެހުމުން
އެކަމަކީ އެކޮމިޝަނުގެ ކަރާމާތަށާއި، މިނިވަންކަމާއި މުސްޤިއްލުކަމަށް ބުރޫއަރާފަދަ ކަމެއްކަމުގައި ދެކެންވީ
ސަބަބެއް ކަމަށް ނުފެންނަކަމާއި،
އަދި ޕޮލިސް ލޯންޗުގައި އެދެތުރު ކުރަންޖެހުނީ ވޭމަންޑޫ ލޯންޗް އެވަގުތު ހަމަޖެއްސެން
ނެތުމުގެ ސަބަބުންކަމަށާއި، އެދަތުރުގައި ކޮމިޝަނުގެ މީހުންނާއި ޕޮލިސް ސާރވިސްގެ މީހުންނާ އެކު ބޭއްޖޭގެ މި
އދ**
ހައިކޯ2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2010/HC-A/80
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގާތުގައި އެވާހަކަ
ބައްދަލުވުމުގައި، ޕޮލިސް ސާރވިސް ލޯންޗު، ކޮމިޝަނުގެ ދަތުރުތަކަށް ބޭނުންކުރެވޭނޭކަމަ
އެކަމަށް ސީދާ ޕޮލިސް
ސާރވިސްގެ ޑެޕިޔުޓީ ކޮމިޝަނަރ ވިދާޅުވެފައިވުމާއެކު އަދި ޕޮލިސް ލޯންޗް ހަމަޖެއްސީ އެކޮމިޝަނުގެ
ފަރާތުން އެދަތުރުގައި ބައިވެރިވި ގްރޫޕް ލީޑަރ، އަދި އެކޮމިޝަނުގެ މެންބަރު އަޙްމަދު ޢަބްދުލްކަރީމްގެ
އެގޮތަށް ދަންނަވައި، އޭނާ ހުއްދަ ދެއްވުމުންކަމަށް ޢާޤިޞާ މޫސާ ބުނެފައިވާއިރު، އެހުއްދަ
އެގޮތަށް ދީފައިވާކަމާމެދު ހިޔުމަން ރައިޓްސް ކޮމިޝަން މެންބަރު އަޙްމަދު ޢަބްދުލްކަރީމް އިންކާރު
ކޮށްފައިވިޔަސް، އެދަތުރުގައި ބައިވެރިވި އެކޮމިޝަނުގެ އިސްމުވައްޒަފެއްކަމުގައިވާ ޢަލީ ނަޝާޠު ޙަމީދު
ހެކިވެރިއެއްގެ ހައިސިއްޔަތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި، ޢާޤިޞާ މޫސާ ގެ ފަރާތުން
ޢަލީ ނަޝާތު ޙަމީދު އާއި ކުރިމަތިކުރި ސުވާލަކަށް ޖަވާބުދެމުން، ޙައްމަދު ނޫނެކޭ ބުނެފައި އޮއްވާ
އަޅުގަޑަކަށް ހިޔެއްނުވޭ އަޅުގަޑު އެދަތުރު ކުރާނެހެނެއްވެސް." މިފަދައިން ބުނެފައިވާ ބުނުމުން ދޭހަވާ މާނައަކީ
ޢަލީ ނަޝާތު ޙަމީދު ޕޮލިސް ލޯންޗްގައި ދަތުރުކުރީ އަޙްމަދުގެ ހުއްދަ އެކަމަށް އޮތްކަން އޭނާއަށް އެނގޭތީ
ކަމެވެ. އެހެނީ ޢާޤިޞާ މޫސާގެ ފަރާތުން ޢަލީ ނަޝާތުއާ ކުރިމަތި ކުރި ސުވާލަކީ، އަޅުގަޑަށް ހަމަ
ޔަޤީންކަމާއެކު ބުނަން އެބަ އެނގޭ އަޙްމަދު ހުއްދަ ދެއްވައިގެންނޭ އަޅުގަނޑު އެ 2 ދަތުރުކުރީ. ނަޝާތު
ވިދާޅުވަނީ.؟" މިސުވާލުކަމާއި، މިސުވާލު ގެ ޖަވާބުގައި، "އަޙްމަދު ނޫނެކޭ ބުނެފައި
އޮއްވާ އަޅުގަޑަކަށް ހިޔެއްނުވޭ އަޅުގަޑު އެދަތުރު ކުރާނެހެނެއްވެސް." މިފަދައިން ޢަލީ ނަޝާތު ޙަމީދު
ބުނެފައިވާ ބުނުމަކީ އެކޮމިޝަނުގެ މެންބަރު އަޙްމަދު ޢަބްދުލްކަރީމް ގެ ހުއްދަ އެކަމުގެ މައްޗަށް އޮތްކަން
ދޭހަވާގޮތަށް ބުނެފައިވާ ބުނުމެއްކަން ޝަރީޢަތަށް ފާހަގަކުރެވޭކަމާއި،
ޢާޤިޞާ މޫސާގެ ވަޒީފާގެ އެއްބަސްވުމުގެ 03 ނަންބަރުގެ (ބ) ގައި ކޮމިޝަނުގެ
ނިންމުންތަކާ ޚިލާފުވުމަކީ ވަޒީފާއިން ވަކިކުރެވޭނެ ސަބަބަބެއްކަމުގައި ބަޔާންކޮށްފައިވާއިރު، ޢާޤިޞާ މޫސާ
އެކޮމިޝަނުގެ ނިންމުންތަކާ ޚިލާފުވެފައިވާކަމަށް އެކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިޔުނަލްގައި
ބުނެފައިވާ ކަންކަން އިސްވެ މިބަޔާންކުރެވުނީކަމާއި، އެކަންތައްތަކަށް ބަލާއިރު، އެކޮމިޝަނުގެ ނިންމުންތަކަށް
ޢާޤިޞާ މޫސާ ޢަމަލު ކޮށްފައިވާ ނުވާ ނިންމުމަކީ ކޮބައިކަން ސާފުވާން ނެތްކަމާއި، އެހެންނީ މުވައްޒަފުނިއްޖޭގެ މަޖީ
014ގ
444
by
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
މައް
10
2010/HC-A/80
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހދ99ދ 8 ، هلاދ8
724ހދަންeހ43ށް
3 3.
0 1
24ކން.8
co
ކޮމިޝަނުގެ ނިންމުންތަކަށް ޢަމަލުކުރަންޖެހޭނެ ކަމާއި، އެނިންމުންތަކާ އެއްގޮތަށް ޢަމަލު ނުކުރުމަކީ
ކޮމިޝަނުގެ ވަޒީފާއިން ވަކިކުރެވޭނެ ސަބަބެއްކަމަށް ބުނެފައިވާއިރު، މުވައްޒަފުން އެމައްޗަށް
ކޮމިޝަނުން ނިންމާ ހުރިހާ ނިންމުމެއްވެސް ހުންނަންޖެހޭނީ އެއީ
ނިންމުމެއްކަން ސާފުކޮށް އެނގޭގޮތަށް ލިޔެކިޔުމުން ރެކޯޑްކުރެވި، މުވައްޒަފުންނަށް އެކަން
އެނގިފައިކަމީ ހަރުދަނާ ހިންގުންތެރި ނިޒާމެއްގެ ތެރެއިން ހަމަޖެހިފައި އޮންނަންޖެހޭ ހަރުދަނާ ޒިންމާދާރު
އުޞޫލެއްކަން ފާހަގަކުރެވެއެވެ.
(ހ) ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ތިމަރަފުއްޓަށް ކުރި
އިސްވެ ބަޔާންކުރެވުނު ދަތުރުގައި އެކޮމިޝަނުގެ މުވައްޒަފު ޢާޤިޞާ މޫސާ ގެ ޢަމަލުތައް ބަހައްޓާފައިވާ
ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށް އެދަތުރުގެ އިސްވެރިޔާގެ ގޮތުގައި ޙަރަކާތްތެރިވި އެކޮމިޝަނުގެ މެންބަރު
އަޙްމަދު ޢަބްދުލްކަރީމް އެކޮމިޝަނުގައި ދަންނަވާފައިވާކަމަށް އެކޮމިޝަނުގެ 194 ވަނަ ބައްދަލުވުމުގެ
ޔައުމިއްޔާގައި ލިޔެފައިވާކަމާއި، އަދި އޭނާގެ އެވާހަކައާ ގުޅިގެން އެދަތުރުގައި ބައިވެރިވި އެކޮމިޝަނުގެ އެހެން
މުވައްޒަފުންގެ ކިބައިން މަޢުލޫމާތު ސާފުކުރުމަށްފަހު ޢާޤިޞާ މޫސާއާ މެދު ފިޔަވަޅު އެޅުމަށް އެކޮމިޝަނުގެ
މެންބަރުން އެބައްދަލުވުމުގައި އެއްބަސްވިކަމަށް އެޔައުމިއްޔާގައި ބަޔާންކޮށްފައިވާއިރު، އެދަތުރުގައި ބައިވެރިވި
އެކޮމިޝަނުގެ އެހެންމެންބަރުންގެ ފަރާތުން އެ މަޢުލޫމާތު ސާފުކޮށްފައިވާކަން އެނގޭނޭ އެއްވެސް ލިޔެކިޔުމެއް
އެކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިޔުނަލަށް ހުށަހަޅާފައި ނުވާކަން އެނގޭކަމާއި،
ހިޔުމަންރައިޓްސް ކޮމިޝަނުގެ ފަރާތުން ތިމަރަފުއްޓަށް ކުރިދަތުރުގައި ޢާޤިޞާ މޫސާގެ
ޢަމަލުތައް ހުރިގޮތާމެދު އެކޮމިޝަނުން އަޅަންނިންމި އިޞްލާޙީ ފިޔަވަޅަކީ އޭނާ ވަޒީފާއިން ވަކިކުރުން ކަމުގައި
ހިޔުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާއިރު، ޤާނޫނު ނަންބަރު02
/
2008 (ވަޒީފާއާބެހޭ ޤާނޫނު)
ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ "އިޞްލާޙީ ފިޔަވަޅު" ތަކުގެ ތެރޭގައި، މުވައްޒަފު ވަޒީފާއިން
ވަކިކުރުން ހިމެނިފައި ނުވާކަމާއި، އަދި ބުއްދީގެ ހަމަތަކުން ބަލާނަމަވެސް އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން
ގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
@އ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/80
.ބޮޢީ 8
3، 4 3
މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނަމަ، އެފިޔަވަޅެއްގެ ސަބަބުން މުވައްޒަފު އިޞްލާޙުވުމަށް ފުރުޞަތު ލިބިގެން
ނުދާނެކަމީ ޝައްކެއް އޮތްކަމެއް ނޫންކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތީން
2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ހިޔުމަން ރައިޓްސް
ކޮމިޝަން އޮފް ދަ މޯލްޑިވްސް ގައި، ޑިރެކްޓަރ އެންޑް ފައިނޭންސް އެންޑް މެނޭޖްމަންޓްގެ ވަޒީފާ، ޢާޤިޞާ
މޫސާ (ދ.ރ.ކާޑް ނަންބަރުA023884} އަދާކުރަމުން އަންނަނިކޮށް، 2009 ވަނަ އަހަރުގެ އޯގަސްޓް މަހުގެ
18 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްބުނެ، އެކަމުގެ ސަބަބުން ޢާޤިޞާ މޫސާއަށް ލިބިފައިވާ
ގެއްލުމުގެ ބަދަލާއި، އެވަޒީފާ އަނބުރާ ހޯދުމަށްއެދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ
މައްޗަށް ޢާޤިޞާ މޫސާ ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބައްލަވާފައިވާ އެ ޓްރައިބިޔުނަލްގެ
ނަންބަރު:2009/VTR/157 މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކުގެ
މައްޗަށް ބިނާކޮށް އެމައްސަލާގައި ނިންމަވާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭކަމަކަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައިބެވި ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ޕީޕީ
ދެންފަހެ، އިސްވެ ފާހަގަކުރެނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތައް
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2009/VTR/157 މައްސަލަ ބައްލަވައި
ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު ނިންމެވުމެއް ކަމުގައި ބެލެވޭނެ އެއްވެސް
އޮތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުފެންނާތީ،
cec
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2010/HC-A/80
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2009/VTR/157 މައްސަލާގައި ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް
މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ
ހައިކޯ*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv