ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/208 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހަކަ 6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 208/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
• ނަން: އިބްރާހީމް ނާޞިރު
އައިޑީ ކާޑު ނަންބަރު: A034588
އެޑްރެސް: ދަފްތަރު މިމޚިދ 2867 / ކ. މާލެ
މިހާރުގެ އެޑްރެސް: ގ. ދުންފިނިވިލާ / ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްޣަނީ ޢަލީ
އިޑީ ކާޑު ނަންބަރު: A025010
*
ދާއިމީ އެޑްރެސް: ޑޭޒީމާގެ / ނ. ވެލިދޫ
މިހާރުގެ އެޑްރެސް: ގ. އައިފާ | ކ. މާލެ
*
ރަޖިސްޓްރީ ތާރީޚް: 09 ޝަޢުބާން 1434
18 ޖޫން
ނިމުނު ތާރީޚް: 11 ޝައްވާލް 1435
07 އޯގަސްޓް 2014
2013
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1547 ޤަޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ސާބިތު ދަރަނި
ހުށަހެޅި ތާރީޚް: 12.09.2012
ނިމުނު ތާރީޚް: 23.05.2013
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢައްބާނޭ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް: wwwhighcourt.gov.mv
2
2013/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1547 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ / ދަފްތަރު މމޚިދ 2867 އިބްރާހީމް ނާޞިރުގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ނ. ވެލިދޫ ގެ ޑޭޒީމާގެ ޢަބްދުލްޣަނީ ޢަލީ
އެވެ.
ފާހަގަކުރެވުނު ނުކުތާތަ
(1
އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012!Cv
-
C/1547 ޤަޟިއްޔާއަކީ،
މަދަނީ ކޯޓުގެ ނަންބަރު 2006//MC/1265 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް، ވެލިދޫ | ޑޭޒީމާގެ
ޢަބްދުލްޣަނީ ޢަލީއަށް ކ. މާލެ | ދަފްތަރު މމޚިދ 2867 އިބްރާހީމް ނާޞިރު އާއި ކ. މާލެ | ގ. ހޭޅި
މުޙައްމަދު ޙުސައިން އާއި ކ. މާލެ / މ. “ޑީހޯމް މުޙައްމަދު ޒިޔާދު ދައްކަންޖެހޭ ފައިސާ، އެ ޤަޟިއްޔާގެ
ޙުކުމާއި އެއްގޮތަށް ނުދައްކައިވާކަމަށް ބުނެ، އިބްރާހީމް ނާޞިރު އާއި މުޙައްމަދު ޙުސައިން އާއި މުޙައްމަދު
ޒިޔާދުގެ މައްޗަށް ޢަބްދުލްޣަނީ ޢަލީ ދަޢުވާކުރުމުން ސިވިލް ކޯޓުން ބެއްލެވީ މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "ދެންފަހެ، މަދަނީ ކޯޓުގެ ނަންބަރު MC1
/
2006/1265
ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ނ. ވެލިދޫ ގެ ޑޭޒީމާގެ ޢަބްދުލްޣަނީ ޢަލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު: A025010) އަށް ދަފްތަރު މމޚިދ 2867 | މާލެ، އިބްރާހީމް ނާޞިރު (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު: A034588) އާއި، ހޭޅި | މާލެ، މުޙައްމަދު ޙުސައިން (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު: A026453) އާއި، ޝޭޑީފޯމް | މާލެ، މުޙައްމަދު ޒިޔާދު (ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A056287) ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަން ޤުރުގޭގެރަމާ
ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިއީ، ބުނެވިދިޔަ ޤާޟީއްޔާގެ ކުމްއި
.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: wwwhighcourt.gov.mv
3
2013/HC-A/20
2x 2 32
ކޮށް
/ތ9ކނޑު
#
ދިވެހިޔާ182 މައިކް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފައިސާ ނުދައްކައިގެން އިބްރާހީމް ނާޞިރު އާއި، މުޙައްމަދު ޙުސައިން އާއި، މުޙައްމަދު ޒިޔާދު އާއިމެދު
ފިޔަވަޅުއަޅާ ފުރަތަމަ ފަހަރުކަމަށްވާތީ، "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ
ގޮތުގެ ޤަވާޢިދު" ގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ލިބުނު އިބްރާހީމް ނާޞިރު އާއި، މުޙައްމަދު
ޙުސައިން އާއި، މުޙައްމަދު ޒިޔާދު، 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަ
މަދަނީ ކޯޓުގެ ނަންބަރު 2006/MC/1265 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް ދަޢުވާ ލިބުނު
އިބްރާހީމް ނާޞިރު އާއި، މުޙައްމަދު ޙުސައިން އާއި، މުޙައްމަދު ޒިޔާދުއަށް އަންގައި..."
ޙުކުމްކުރައްވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1547 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މާލެ | ދަފްތަރު މމޚްދ 2867 އިބްރާހީމް
ނާޞިރުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހެޅި ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1547 ޤަޟިއްޔާއިން ސާބިތު ދަރަނީގެ ފައިސާ ހޯދުމަށް ޢަބްދުލްޣަނީ ޢަލީ ހުށަހެޅި
މައްސަލާގައި އެ ކޯޓުން ކަނޑައެޅުއްވި ޙުކުމް "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި
ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1547 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ކަން ހިނގާދިޔަގޮތަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުން ނަޒަރުކުރިއިރު،
(3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް: wwwhighcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/208
މަދަނީ
1265IC2006
ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ޢަބްދުލްޣަނީ ޢަލީއަށް
-/
2,125,000ރ. (އެކާވީސްލައްކަ ފަންސަވީސްހާސް ރުފިޔާ) އިބްރާހީމް ނާޞިރުއާއި، މުޙައްމަދު ޙުސައިންއާއި
މުޙައްމަދު ޒިޔާދު، މި ތިން މީހުންކުރެ ކޮންމެ މީހަކަށް ކޮންމެ މަހަކަށްޖެހޭ ޢަދަދު، އިސްވެ ބުނެވުނު
ޤަޟިއްޔާގައި ޙުކުމްކުރެއްވި ދުވަހުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ޢަބްދުލްޣަނީ ޢަލީއަށް
ދައްކާ ޚަލާޞްކުރުމަށް ޙުކުމް ކުރައްވާފައިވާކަމާއި،
އެހެންނަމަވެސް އިސްވެބުނެވުނު ޙުކުމާއި އެއްގޮތަށް ފައިސާ ދައްކާފައިނުވާތީވެ، ޢަބްދުލްޣަނީ
ޢަލީގެ ފަރާތުން އެ ޙުކުމް ތަންފީޒުކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1547 ޤަޟިއްޔާއިން
ހުށަހަޅާފައިވާކަން ފާހަގަކުރެވޭކަމާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1547 ޤަޟިއްޔާގެ ސާބިތު
ދަރަނީގެ މައްސަލަ ހުށަހަޅާ ފޯމަށް ބެލިއިރު، އެ ފޯމުގައި ދަރަނި ކޯޓުން ސާބިތުކުރި ފަހުން އެ ފައިސާ
ނުދައްކައިގެން އެ މައްސަލަ ހުށަހަޅާ 4 (ހަތަރެއް) ވަނަ ފަހަރުކަމަށް އެ ފޯމުގައި ޢަބްދުލްޣަނީ ޢަލީ
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ދަރަނިވެރިޔާއަށް އިތުރު ލުޔެއް ދޭން ބޭނުންނުވާކަމަށާއި،
މިހާތަނަށް ދަރަނިވެރިޔާ ބަންދުކުރެވިފައި ނުވާކަމަށް ބަޔާންކޮށް ޢަބްދުލްޣަނީ ޢަލީ ސޮއިކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1547 ޤަޟިއްޔާގެ ޝަރީޢަތަށް ޢަބްދުލްޣަނީ
ޢަލީއާއި، އިބްރާހީމް ނާޞިރުއާއި، މުޙައްމަދު ޙުސައިންއާއި މުޙައްމަދު ޒިޔާދު ދީފައިވާ ބަޔާންތަކުން، މަދަނީ
ކޯޓުގެ ނަންބަރު 2006/MC/1265 ޤަޟިއްޔާއާ ގުޅިގެން އިބްރާހީމް ނާޞިރުއާއި، މުޙައްމަދު ޙުސައިންއާއި
މުޙައްމަދު ޒިޔާދުގެ މައްޗަށް ބަންދުކުރުމުގެ ވެސް ފިޔަވަޅެއް އަޅުއްވާފައިނުވާކަން އެނގޭކަމާއި، އަދި އެ
މީހުންގެ އެކައުންޓް ފްރީޒްކުރުމާއި ޕާސްޕޯޓް ހިފެހެއްޓުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް
އަޅާފައިނުވާކަން ފާހަގަކުރެ
ގަކުރެވެން އޮންނަކަމެވެ.
2
04ވ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: wwwhighcourt.gov.mv
5
2013/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
48
(ށ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1615 ޤަޟިއްޔާއަކީ އިބްރާހީމް
ނާޞިރުގެ ފަރާތުން މުޙައްމަދު ޙުސައިންއާއި، މުޙައްމަދު ޒިޔާދުއާއި އަދި ޢަބްދުލްޣަނީ ޢަލީގެ މައްޗަށް 16
އޮގަސްޓް 2012 ގައި ސިވިލް ކޯޓުގެ ވިޔަފާރިއާ ބަޔަށް ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމުން
ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި، އެ ޤަޟިއްޔާގައި އިބްރާހީމް ނާޞިރުއާއި، މުޙައްމަދު
ޙުސައިންއާއި، މުޙައްމަދު ޒިޔާދުއާއި، އަދި ޢަބްދުލްޣަނީ ޢަލީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓަރީ
ނަންބަރު 107-02-P7745A "ބްލޫ ޕިޖަން" ސަފާރީގެ ޝަރުޢީ އަގުކަމުގައިވާ -/8,500,000 ރ. (އަށް
މިލިޔަން ފަސްސަތޭކަ ހާސް ރުފިޔާ) ގެ ތެރެއިން ޢަބްދުލްޣަނީ ޢަލީއަށް ޙައްޤުވާ -/2,125,000 ރ. (ދެ
މިލިޔަން އެއްސަތޭކަ ފަންސަވީސްހާސް ރުފިޔާ)، އެ ސަފާރީ ވިއްކާލައިގެން ނޫން ގޮތެއްގައި ޢަބްދުލްޣަނީ
ޢަލީއަށް ދެވޭނެ ގޮތެއް ނެތުމާއެކު، ޝަރީޢަތުން އެ ސަފާރީ ވިއްކަވާލައްވައިގެން އެ ފަރާތެއްގެ ޙައްޤު އެ
ފަރާތަކަށް ލިބިދިނުމަށް އިބްރާހީމް ނާޞިރުގެ ފަރާތުން އެދިފައިވާކަން އިސްވެބުނެވުނު ދަޢުވާ ފޯމަށް ބެލުމުން
އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1615 ޤަޟިއްޔާގައި 23 މެއި 2013 ގައި
ޝަރީޢަތް މެދުވެރިކޮށް އެ ޔޮޓް ވިއްކާލުމުގެ މައްސަލައަކީ އެގޮތުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް
ކަނޑައަޅުއްވައި، އަދި އެ ޔޮޓް ވިއްކާލުމުގެ އިޖުރާއާތުތަކަކީ ޝަރީޢަތް މެދުވެރިކޮށް ކުރިއަށް ގެންދެވޭ
އިޖުރާއާތުތަކެއް ކަމުގައިވާތީ، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޔޮޓް ގަންނާނެ ފަރާތެއް ހޯދުމަށާއި، އެ
ގޮތުން އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތެއް ޝަރީޢަތަށް ޙާޟިރުކުރެވި، އެ ޔޮޓް ގަތުމަށް
މަށް ދައްކަންޖެހޭ
ފައިސާ އެ ކޯޓަށް ދައްކައި، އެ ގޮތުން އެ ފައިސާއިން ޢަބްދުލްޣަނީ ޢަލީގެ ޙައްޤު އަދާކުރެވިގެންދާނެކަން އެ
މައްސަލާގައި ހިމެނޭ އެންމެހައި ފަރާތްތަކަށް އަންގަވައި އިޖުރާއީ ގޮތުން ނިންމެވުމެއް ނިންމަވާފައިވާކަން
ފާހަގަކުރެވޭކަމާއި،
މީގެ އިތުރުން، އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު a
=
C2012@76
ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރެއްވި ތާރީޚުކަމުގައިވާ 23 މެއި 2013 ގައި (އެއީ ސިލް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
-ޢަeނ
6
2013/HC-A/208
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/Cv
-
C/1615 ޤަޟިއްޔާގައިވެސް އިޖްރާއީ ނިންމެވުން ނިންމެވި ތާރީޚުގައި) އިބްރާހީމް ނާޞިރުގެ
ފަރާތުން ވަގުތީ އަމުރަކަށް އެދުމުން، އެފަދަ އަމުރެއް ނެރެނުދެވޭނެކަމަށް ނިންމަވާފައިވާކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، އިބްރާހީމް ނާޞިރުގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 2006/MC/1265 ޤަޟިއްޔާގެ ޙުކުމް
ތަންފީޒުކުރުން ފަސްކޮށްދެއްވުމަށް އެދިފައިވާކަން އެނގޭކަމާއި، އަދި ސިވިލް ކޯޓުން ނިންމަވާފައިވަނީ ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/1547 ޤަޟިއްޔާގެ ސާބިތު ދަރަނީގެ މައްސަލައަކީ މަދަނީ ކޯޓުގެ ނަންބަރު
2006/MC/1265 ޤަޟިއްޔާއިން 15 ޖުލައި 2007 ގައި ސާބިތުވެފައިވާ ސާބިތު ދަރަންޏެއްކަމަށާއި، އަދި
އެ ދަރަނި ސާބިތުވުމަށްފަހު، އިބްރާހީމް ނާޞިރާއި، މުޙައްމަދު ޙުސައިންއާއި، މުޙައްމަދު ޒިޔާދު އެ ދަރަނީގެ
އެއްވެސް މިންވަރެއް އަދާކޮށްފައިނުވާކަން ސިވިލް ކޯޓުގެ ދަރަނީގެ ރިކޯޑުތަކުން އެނގެން އޮތުމުން، އިސްވެ
ބަޔާންވެދިޔަ ޙުކުމާ އެއްގޮތަށް އިބްރާހީމް ނާޞިރާއި، މުޙައްމަދު ޙުސައިންއާއި، މުޙައްމަދު ޒިޔާދުގެ ފަރާތުން
ފައިސާ ދައްކާފައިނުވާކަމަށާއި، އަދި އެ ފައިސާ ދައްކާފައިނުވާ ޙާލަތުގައި އިބްރާހީމް ނާޞިރާއި، މުޙައްމަދު
ޙުސައިންއާއި، މުޙައްމަދު ޒިޔާދު ބަޔާންކުރި ސަބަބުތަކުގެ ބިނާކޮށް މަދަނީ ކޯޓުގެ ނަންބަރު
2006/MC/1265 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން ފަސްކުރެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވާކަން
"ވަގުތީ އަމުރަށް އެދޭ ފޯމުގެ ޖަވާބު" ގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1547 ޤަޟިއްޔާ
ނިންމެވުމުގައި "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ ގޮ
ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ބުނެ އިބްރާހީމް ނާޞިރުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުން ނަޒަރުކުރިއިރު،
ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6.1 ގައި ހިމެނިފައިވާ "ރަހުނެއް ނުހިމެނޭ
ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި، ސާބިތު ދަރަންޏަށް
ފައިސާ ނުދައްކައިގެން މައްސަލަ ހުށަހެޅިފައިވަނިކޮށް ސާބިތު ދަރަންޏަށް ފައިސާ ދައްކަންޖެހޭ
ލިބެންވާ ފަރާތާއި ދެފަރާތުން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ ދެފަރާތް އެއްބަސްވި ގޮތަކަށް ޢަމަލުކުރާ
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
7
2013/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމާ އެއްގޮތަށް
މައްސަލަ ނިންމާނީކަމަށާއި، މި ގޮތަށް ނިންމާ މައްސަލައެއް މި ޤަވާއިދުގެ 2 ވަނަ މާއްދާއިން
އިސްތިސްނާވާނެކަމަށާއި، އަދި ދެފަރާތުން އެއްބަސްވީގޮތަށް ދަރަންޏަށް ފައިސާ ދައްކަންޖެހޭ ފަރާތުން
ޢަމަލުނުކޮށްފިނަމަ، މައްސަލަ އަލުން ހުށަހެޅުމުގެ އިޚްތިޔާރު ފައިސާ ލިބެންވާ ފަރާތަށް ލިބިގެންވާކަމަށް އެ
މާއްދާގައި ބަޔާންކުރެވިފައިވާކަމާއި،
އިސްވެބުނެވުނު ޤަވާއިދުގެ 2 ވަނަ މާއްދާގައި، ޝަރީޢަތަށް ސާބިތުވެފައިވާ ފައިސާއެއް،
ކަނޑައެޅިގެންވާ ޢަދަދަށް ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކައިގެން ޝަރީޢަތަށް ހުށަހެޅުމުން އެކަން ބަލާއިރު
ޢަމަލުކޮށްފައިނުވާނަމަ، ޙުކުމަށް ނުކިޔަމަންތެރިވީކަމުގައި ބަލައި، އެ މާއްދާގެ އަކުރުތަކުގައިވާ
ގޮތުގެމަތިން ޢަމަލުކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ކުރިންބުނެވުނު ފަދައިން މަދަނީ ކޯޓުގެ ނަންބަރު 2006/MC/1265 ޤަޟިއްޔާގައި ވަކި
ޢަދަދަކާއި މުއްދަތެއް ކަނޑައަޅައި ފައިސާ ދައްކާ ޚަލާޞްކުރުމަށް އިބްރާހީމް ނާޞިރުއާއި މުޙައްމަދު
ޙުސައިންއާއި މުޙައްމަދު ޒިޔާދުއަށް އަންގައި ޙުކުމްކުރައްވާފައިވީނަމަވެސް، މި ފައިސާ މިތިން ފަރާތުން ކުރެ
އެއްވެސް ފަރާތަކުން އެއްވެސް ވަރަކަށް ދައްކާފައިނުވާކަން އެނގޭކަމާއި،
އަދި ޢަބްދުލްޣަނީ ޢަލީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1547
ޤަޟިއްޔާގައި އިބްރާހީމް ނާޞިރުއާއި، މުޙައްމަދު ޙުސައިންއާއި މުޙައްމަދު ޒިޔާދުގެ މައްޗަށް ދަޢުވާ ކުރުމުން، އެ
ޤަޟިއްޔާ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، ޢަބްދުލްޣަނީ ޢަލީއާއި ދަޢުވާ ލިބޭ ފަރާތްތަކާއި
އެއްބަސްވުމެއްވެފައިވާކަމަށް މައްސަލައިގެ ޚަޞްމުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންނެތްކަން
ފާހަގަކުރެވޭކަމާއި، އަދި އިސްވެ އިޝާރާތްކުރެވުނު ފަދައިން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1547
ޤަޟިއްޔާގެ ސާބިތު ދަރަނީގެ މައްސަލަ ހުށަހަޅާ ފޯމުގައި، ޢަބްދުލްޣަނީ ޢަލީގެ ފަރާތުން އެ މައްސަލަ ރައްދުވާ
ފަރާތްތަކަށް އިތުރު ލުޔެއް ދޭން ބޭނު
ފާހަގަކޮށްފައިވާކަމާއި، އަދި މަދަނީ ކޯޓުގެ ނަންބަރު
2006/MC/1265 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި، އޭގެ ކުރިން އެތައް ފަހަރަކު
ހުށަހެޅުނުކަންވެސް އެނގޭކަމާއި،
02 20
&92 ވ (4ހ ޚިވ
ބޭނުންވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/208
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު އިސްތިއުނާފުކުރަމުން މިދާ މައްސަލާގައި، ޢަބްދުލްޣަނީ
ޢަލީއާއި މައްސަލައިގެ އަނެއް ތިން ފަރާތާ ދެމެދު ޢަބްދުލްޣަނީ ޢަލީއަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ގޮތަކާމެދު
އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އިބްރާހީމް ނާޞިރުގެ ފަރާތުން ބުނެފައިވާކަމާއި، އަދި އިބްރާހީމް ނާޞިރުގެ
ފަރާތުން އިޝާރާތްކުރާ އެއްބަސްވުމަކީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1615 ޤަޟިއްޔާގައި
އިޖުރާއީގޮތުން ނިންމެވި ނިންމެވުމުގައި "ބްލޫ ޕިޖަން" އެވެ ކިޔުނު ޔޮޓު ޝަރީޢަތް މެދުވެރިކޮށް ވިއްކާލުމުގެ
އިޖުރާއާތުތައް ކަނޑައަޅުއްވާފައި އޮތް އޮތުމަށްކަން އެނގޭކަމާއި،
ބުނެވިދިޔަ ޤާޟިއްޔާގައިވާ އިޖުރާއީ ނިންމެވުމަކީ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ
މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ފައިސާ ދައްކަންޖެހޭ
ފަރާތާއި ފައިސާ ލިބެންވާ ފަރާތާއި ދެފަރާތުން ވަކިގޮތަކަށް އެ ފައިސާ ދެއްކުމާގުޅޭ ގޮތުން އެއްބަސްވުމަކަށް
އާދެވުނީކަމުގައި ބެލެވިދާނެތޯ ބަލާއިރު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1615 ޤަޟިއްޔާއަކީ "ބްލޫ ޕިޖަން" އެވެ ކިޔުނު ޔޮޓު
ވިއްކުމަށްޓަކައި، އެ ޔޮޓް ރަޖިސްޓަރީކުރެވިފައިވާ 4 (ހަތަރެއް) ފަރާތްތަކުގެ ތެރެއިން އިބްރާހީމް ނާޞިރު، އެ
ޔޮޓް ރަޖިސްޓަރީ ކުރެވިފައިވާ އަނެއް ތިން ފަރާތުގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް ހުށަހަޅާފައިވާ
މައްސަލައެއްކަން އެނގޭކަމާއި، އަދި އެ މައްސަލައަކީ އޭގެ ޒާތުގައި، މަދަނީ ކޯޓުގެ ނަންބަރު
2006/MC!1265 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ތަންފީޒުކުރުމާ ގުޅޭ މައްސަލައާ މުޅިން ތަފާތު
ކަންތައްތަކެއް ހުރި ތަފާތު މައްސަލައެއްކަމާއި، އަދި އިސްވެ ބުނެވުނު މައްސަލަ އިބްރާހީމް ނާޞިރުގެ ފަރާތުން
މަޤްޞަދަކީ މަދަނީ ކޯޓުގެ ނަންބަރު 2006/MC/1265 ޤަޟިއްޔާގައި ޢަބްދުލްޢަނީ ޢަލީއަށް
އިބްރާހީމް ނާޞިރާއި، މުޙައްމަދު ޙުސައިންއާއި އަދި މުޙައްމަދު ޒިޔާދު ދައްކަންޖެހޭ ފައިސާތައް ދެއްކުމުގެ
ގޮތުންކަމުގައި ވީނަމަވެސް، އިބްރާހީމް ނާޞިރު އެ މައްސަލަ މުޅިން ވަކި ޤާޟިއްޔާއަކުން ހުށަހެޅި
ހުށަހެޅުމަކީ، އަދި އެ ޔޮޓް ޝަރީއަތް މެދުވެރިކޮށް ވިއްކާލެވިދާނެކަމަށް ޝަރީޢަތުން އިޖްރާއީ ގޮތުން
ކަނޑައެޅުއްވުމަކީ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާއި
ﷲ 24
47
ހެނހެ9ގ
ޑީޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: wwwhighcourt.gov.mv
9
2013/HC-A/208
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
7 ވަނަ މާއްދާގެ ދަށުން ޢަބްދުލްޣަނީ ޢަލީއާއި އިބްރާހީމް ނާޞިރާއި، މުޙައްމަދު ޙުސައިންއާއި އަދި މުޙައްމަދު
ޒިޔާދުއާ ދެމެދު މަދަނީ ކޯޓުގެ ނަންބަރު 2006/MC/1265 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން
އެއްބަސްވުމަކަށް އާދެވުނީކަމުގައި ބެލެވެން ޖެހޭ ސަބަބެއް ނޫންކަމާއި، އަދި އިސްވެ ބުނެވުނު ޤަޟިއްޔާގެ
ޙުކުމް ތަންފީޒުކުރަން މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ޢަބްދުލްޣަނީ ޢަލީގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާފައިވާއިރު، އިސްތިއުނާފު މިކުރެވޭ މައްސަލައާ ގުޅިގެން، ދަރަނިއަދާކުރަންޖެހޭ ފަރާތްތަކަށް އެއްވެސް
ލުޔެއް ދޭން ބޭނުންނުވާކަމަށް ޢަބްދުލްޣަނީ ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައިވެސް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1615 ޤަޟިއްޔާގައި އެ ކޯޓުން
އިޖުރާއީ ގޮތުން ނިންމެވި ނިންމެވުމެއް އެއީ، ފައިސާ ދައްކަންޖެހޭ ފަރާތާއި ފައިސާ ލިބެންވާ ފަރާތާއި ދެފަރާތު
ދެމެދު އެ ފައިސާ ދައްކާނެ ގޮތަކާމެދު ވަކި ގޮތަކަށް އެއްބަސްވެވުނީ ކަމުގައި ބެލެވެން އޮތް ކަމެއް ނޫންކަމަށް
މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފެނުނުކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2006/MC/1265 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމާއި އެއްގޮތަށް އިބްރާހީމް ނާޞިރުއާއި، މުޙައްމަދު ޙުސައިންއާއި، މުޙައްމަދު ޒިޔާދު، މި
ތިން މީހުން، ޢަބްދުލްޣަނީ ޢަލީއަށް ފައިސާ ދައްކާފައިނުވާކަން އެނގެންއޮތުމުން،
އަދި އިސްވެ ބުނެވުނު
ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި މީގެ ކުރިން އެތައް މައްސަލަތަކެއް ހުށަހެޅިފައިވާއިރު، އެއިން
އެއްވެސް މައްސަލައެއްގައި ފައިސާ ދައްކަންޖެހޭ ފަރާތްތައް ގޭގައި ބަންދުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް
ކޯޓުން އަޅުއްވާފައިނުވާކަން އެނގެން އޮތްއިރު، "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި
ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ ދަށުން އިބްރާހީމް ނާޞިރުއާއި މުޙައްމަދު ޙުސައިންއާއި
މުޙައްމަދު ޒިޔާދުގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު 2006/MC/1265 ޤަޟިއްޔާގައި ސާބިތުވެފައިވާ ފައިސާ
ކަނޑައެޅިގެންވާ މުއްދަތުގައި ދައްކާފައިނުވާތީވެ، ޙުކުމަށް ނުކިޔަމަންތެރިވީކަމުގައި ބައްލަވައި، އިވެޤީނެތުން
މާއްދާގެ (ހ) ދަށުން ސާބިތު ދަރަންޏަށް ފައިސާ ނުދައްކައިގެން ހުށަހެޅޭ ފުރަތަމަ ފަހަރުގެ ޙުކު
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: wwwhighcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/28
ޢަމަލުކުރަން އަންގަވައި އިބްރާހީމް ނާޞިރުއާއި މުޙައްމަދު ޙުސައިންއާއި މުޙައްމަދު ޒިޔާދު 1 (އެކެއް) މަސް
ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1547 ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވަނީ "ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު"
ގެ 7 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1547 ޤަޟިއްޔާގައި
ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި
ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
..
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1547 ޤަޟިއްޔާ އެ ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ
ކ.މާލެ | ދަފްތަރު މމޚިދ 2867 އިބްރާހީމް ނާޞިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް،
އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
04 ﷲ 00
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: wwwhighcourt.gov.mv