ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/198 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމު
ނިމުނު ގޮ
ގޮތުން
2012/HC-A/198
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
es
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 198/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ސަޢީދު
އައިޑީ ކާޑު ނަންބަރު: A049216
L
ދާއިމީ އެޑްރެސް: ރަންކޮކާގެ ސ.ފޭދޫ
އިސްތިއުނާފް ރައްދުވާ ފަރާތް:
ނަން: އެކްސްޕޯލަންކާ ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު.
، ދާއިމީ އެޑްރެސް: 245/50 އަވިއްސަވެއްލާ ރޯޑް،
ވެއްލަމްޕިޓިއާ، ސިރީލަންކާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޝަޢުބާން 1433
4 ޖުލައި 2012
ނިމުނު ތާރީޚް: 28 ޒުލްޙިއްޖާ 1433
13 ނޮވެމްބަރު 2012
$$$$$1 $6
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2004/MC/1554
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: މަދަނީ ކޯޓު
އެޅުނު ތާރީޚް: 22 ނޮވެމްބަރު 2004
.ތ.މ
ނިމުނު ތާރީޚް: 26 ޖުލައި 2008
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2
2(12)HC-A/198
ނިމުނު :
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2004/MC/1554 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި މުޙައްމަދު
ސަޢީދު، ރަންކޮކާގެ ސ.ފޭދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A049216) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ
ފަރާތަކީ، ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ އެކްސްޕޯލަންކާ ލިމިޓެޑް، 245/50 އަވިއްސަވެއްލާ ރޯޑް،
ވެއްލަމްޕިޓިއާ، ސްރީލަންކާ އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1554/MC/2004
22
2
/
4ކރވެ
1. އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ފޭދޫ ރަންކޮކާގެ މުޙައްމަދު ސަޢީދުގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "ޓިޕްޓޮޕް" ފިހާރައަށް ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ އެކްސްޕޯލަންކާ
ލިމިޓެޑް
(ސްރީލަންކާ) އިން ފޮނުވާފައިވާފައިވާކަމަށް އެކުންފުނިންބުނާ މުދަލަށް ދައްކަންޖެހޭ
US
$
21,296
/
61 (އެކާވީސްހާސް ދުއިސައްތަ ނުވަދިހަ ހައެއް ޔޫ.އެސް ޑޮލަރ ފަސްދޮޅަސް އެކެއް
ސެންޓް) ދައްކާފައިނުވާތީ، މިފައިސާ މުޙައްމަދު ސަޢީދުގެ އަތުން އެއްފަހަރާ ލިބިދެއްވުން އެދި،
އެކްސްޕޯލަންކާ
ލިމިޓެޑްގެ ފަރާތުން
މަދަނީ ކޯޓުން ބައްލަވައި ނިންމަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،
ސަޢީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، ޓިޕްޓޮޕް ފިހާއައަށް، އެކްސްޕޯލަންކާ ލިމިޓެޑް ސިރީލަންކާއިން
މުދާ ފޮނުވާފައިވާކަމާއި، އެމުދަލުގެ އަގަށް 21,296.91$US (އެކާވީސްހާސް ދުއިސައްތަ ނުވަދިހަ ހައެއް
ޕޮއިންޓް ނުވައެއް އެކެއް ޔޫ.އެސް.ޑޮލަރ) ދައްކަން އޮތްކަން ހުށަހެޅިފައިވާ ލިޔެކިއުންތަކުން ޝަރީޢަތަށް
ޘާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ މިއަދު 26/08/2008 ން ފެށިގެން 45 (ސާޅިސް ފަހެއް)
މުއްދަތުގައި ދައްކާ ޚަލާޞްކުރުމަށް، މުޙައްމަދު ސަޢީދަށް އެގޮތުގެމަތިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
2224
ރަންކެކުގެ
މުޙައްމަދު
ދުވަހުގެ
1.3
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ދު
ޤަޟިއްޔާ ނިމުނު
2012/HC-A/198
2. މަދަނީ ކޯޓުގެ ނަންބަރު 2004/MC/1554 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ސަޢީދުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، އެކްސްޕޯލަންކާ ލިމިޓެޑުން މުޙައްމަދު ސަޢީދުގެ މައްޗަށް
މަދަނީ ކޯޓުގައި ދަޢުވާ ކޮށްފައިވަނީ މުޙައްމަދު ސަޢީދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ ޓިޕްޓޮޕް
ކިޔާ ފިހާރައަށް އެކުންފުނިން ފޮނުވާފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެންކަމަށްބުނެ
ކަމަށްވާއިރު، އެމުދާ ޓިޕްޓޮޕް ފިހާރައިގެ ނަމުގައި ރާއްޖެއަށް ފޮނުވީ ކޮންފަރާތެއްގެ އެދުމުގެ މަތިން
ކޮންފަރާތަކުން އެދިގެންކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ޤަޟިއްޔާގައި ޝަރީޢަތުން ފާހަގަކުރައްވާފައިވާ
ނުކުތާތަކުގެ ތެރެއިން 6 ވަނަ ނުކުތާގައި ބައިނަލްއަޤްވާމީ މިފަދަ މުޢާމަލާތްކުރެވޭ އުޞޫލުން މިމުޢާމަލާތް
ހިނގާފައިވާކަމަށް ބެލެވޭކަމަށް ފާހަގަކޮށްފައިވާއިރު، ބައިނަލްއަޤްވާމީ އުޞޫލުތަކާއި ޚިލާފަށް މިމުޢާމަލާތް
ހިނގާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
02 2
• ތިންވަނަ ނުކުތާއަކީ، ޓިޕްޓޮޕް ފިހާރައިގެ ނަމުގައި އެކްސްޕޯލަންކާ ލިމިޓެޑުން
ފޮނުވާފައިވާ މުދަލުގެ ޑިކްލަރޭޝަން ފުރިހަމަކޮށްފައިވަނީ ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު
ސިޓީގައި
ވިދާޅުވެފައިވާތީ، އެފަރާތުން ޑިޕްޓޮޕް ފިހާރައިގެ ނަމުގައި އެކަންކުރީ
މަތިންތޯ
ދަށުކޯޓުން ބައްލަވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
14-D5f144/2007/05
0x 0
4 0474
ޖި2
xތ 07
02
2
ماستر ریس کر
کرج ہے کہ
• ހަތަރުވަނަ ނުކުތާއަކީ، މުދަލާއި ޙަވާލުވި ފަރާތެއް އައިލޭންޑް އޭވިއޭޝަން
ސަރވިސަސް އަށް އެނގެން ނެތްކަމަށް އެކުންފުނިން ބުނެފައިވާކަން އެޤަޟިއްޔާގެ ލިޔުންތަކުން އެނގޭތީ،
އެކްސްޕޯލަންކާ ލިމިޓެޑުން މުދާ ފޮނުވުމަށް އެދި މުޙައްމަދު ސަޢީދުގެ ނަމުގައި ނުވަތަ ޓިޕްޓޮޕް ފިހާރާއިގެ
ނަމުގައި އެއްވެސް ޕާރޗެސް އޯޑަރެއް ނުވަތަ ރިކްއެސްޓޭޝަނެއް ފޮނުވާފައިނުވާއިރު، އެފިހާރައިގެ ނަމުގައި
މުދާ އެތެރެކޮށްފައިވަނީ އެފިހާރައާއި އެފިހާރައިގެ ވެރިފަރާތަށް އެނގިގެން ނޫންކަން ފިހާރަ ހިންގާ
ފަރާތްކަމަށްވާ ޙަސަން ޞާލިޙު ބުނާތީއާއި، މުދާ ގެނެސްދެނީ އެކްސްޕޯލަންކާ ލިމިޓެޑްގެ އެޖެންޓް
ޢަބްދުއްލަޠީފް ކަމަށް ޙަސަން ޞާލިޙް ބުނާތީއާއި، ކަސްޓަމުން ނެރުނު މުދަލާއި ޙަވާލުވީ ކޮންފަރާތަކުންކަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިންd
4
ދު
و موتوري
1 ނިމުނު
2012/HC-A/198
އެނގެން ނެތަތީ މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ބެލުމަށްޓަކައި މައްސަލައާއި ގުޅުންހުރި ފަރާތްތައް
ޝަރީޢަތަށް ޙާޟިރުކޮށް، ކަންހިނގާފައިވާ ގޮތް ސާފުކޮށް ދަށުކޯޓުން ބަލާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ
24 22
ކުއވެ"
4201
کرم
• ފަސްވަނަ
އިސްވެދެންނެވިފައިވާ މިމައްސަލާގައި
ކަންހިނގާފައިވާއިރު، މިމުޢާމަލާތުގައި ހިމެނޭ ފަރާތްތަކުގެ ބަހެއް ޝަރީޢަތަށް ނުލިބި އަދި އެކްސްޕޯލަންކާ
ލިމިޓެޑުން ޓިޕްޓޮޕް ފިހާރައިގެ ނަމުގައި ފޮނުވާފައިވާ މުދާ އެނަމުގައި ފޮނުވީ ކޮންފަރާތަކުން އެދިގެންކަން
އެކުންފުންޏަށް ސާބިތުކޮށްދެވިފައި ނުވާއިރު، ހަމައެކަނި މުދާ ފޮނުވާފައި ހުރީ ޓިޕްޓޮޕް ފިހާރައިގެ
ނަމުގައިކަން ކަސްޓަމްސްގެ ލިޔެކިޔުންތަކުން ސާބިތުވެގެން މިފައިސާއަކީ މުޙައްމަދު ސަޢީދު ޒިންމާވާންޖެހޭ
ފައިސާއެއްކަމަށް ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ox2
3. މިމައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2004/MC/1554 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު ސަޢީދުގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އެކްސްޕޯލަންކާ ލިމިޓެޑުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު
2004/MC/1554 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ލިޔެކިޔުންތަކަށް
ބަލާއިރު، އެލިޔުންތަކުގެ ތެރޭގައި ހިމެނޭ، އެލިޔުމުގެ މަތީގައި "ސްޓޭޓްމަންޓް އޮފް އިންވޮއިސަސް އެންޑް
ޕްމަންޓްސް" ޖަހާފައިވާ އެކްސްޕޯލަންކާ ލިމިޓެޑުން ތައްޔާރުކޮށްފައިވާ "އެކްސެލް ޝީޓެއް" ކަމަށް ބެލެވޭ
ލިޔުމެއް ހިމެނިފައިވާކަމާއި، އެލިޔުމަކީ، ފޭދު ރަންކޮކާގެ މުޙައްމަދު ސަޢީދުގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ޓިޕްޓޮޕް ފިހާރައަށް އެކްސްޕޯލަންކާ ލިމިޓެޑުން ފޮނުވާފައިވާ މުދަލުގެ ތެރެއިން ފައިސާ
ނުދައްކާހުރި އިންވޮއިސްތަކާއި ފައިސާގެ ޢަދަދު ހާމަކޮށްދޭ ސްޓޭޓްމަންޓް އޮފް އިންވޮއިސްގެ ކޮޕީއެއްކަމަށް
އެކްސްޕޯލަންކާ ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅާފައިވާ "މަދަނީ ކޯޓުގެ ވިޔަފާރިއާބެހޭ ބަޔަށް
ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމު" ގައި ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް އެލިޔުމަކީ އެކްސްޕޯލަންކާ
ލިމިޓެޑުގެ ފަރާތުން ތައްޔާރުކޮށްފައިވާ ލިޔުމެއްކަމަށްވާއިރު، އެލިޔުމުގައިވާ މަޢުލޫމާތަކީ
ގަ: 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
28
ނިމުނު
2(12)HC-A/198
کی عمر
OXO
0
4 2 2 4 8 2
032 0
މަޢުލޫމަތުކަން ދައްކުވައިދޭނެ (އެލިޔުމާ ގުޅޭ އިންވޮއިސްތައް ނުވަތަ ފައިސާ ދެއްކުމަށް އެންގި ލިޔުމެއްފަދަ)
އެއްވެސް ލިޔެކިޔުމެއް ޝަރީޢަތަށް ހުށަހެޅިފައިވާކަން އެނގެން ނެތްކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލައާ ގުޅިގެން، އެކްސްޕޯލަންކާ ލިމިޓެޑުގެ ފަރާތުން
ޓިޕްޓޮޕް ފިހާރައަށް އެއްވެސް އިރެއްގައި މުދާ އައިސްފައިވޭތޯއާއި އަދި މުދާ އައިސްފައިވާނަމަ އެމުދަލާއި
ޙަވާލުވެފައިވަނީ ކޮންފަރާތަކުންތޯއާއި ކޮންތާރީޚެއްގައިތޯ އަންގައިދިނުމަށް މަދަނީ ކޯޓުން މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގައި ދެންނެވުމުން، އެކަމާގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މަދަނީ
ކޯޓަށް ފޮނުވާފައިވާ އެސަރވިސްގެ ނަންބަރު D5
/
144
/
2007
/
05-14 ސިޓީއަށާއި، އެސިޓީއާއެކު
ހިމަނާފައިވާ ލިސްޓަށް ބަލާއިރު 2003 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 7 ވަނަ ދުވަހާއި އެއަހަރުގެ
ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހާދެމެދު ޓިޕްޓޮޕް ފިހާރައަށް އެކިފަހަރުމަތިން، އެކްސްޕޯލަންކާ ލިމިޓެޑުން
މުދާތަކެއް އައިސްފައިވާކަމަށާއި، އެމުދަލުގެ ޑިކްލަރޭޝަން ފުރިހަމަކޮށްފައިވަނީ ބޮނިޓޯ ގްރޫޕް ޕްރައިވެޓް
ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ފަރާތުންކަމަށާއި، މިމުދަލާ ޙަވާލުވެފައިވާ ފަރާތެއް އައިލަންޑް އޭވިއޭޝަން
ސަރވިސަސް ލިމިޓެޑުގެ ގޭޓްފާސްތަކުން އެނގެންހުންނާނެކަމަށް އެސިޓީގައި ބަޔާންކޮށްފައިވާކަމާއި، އަދި
މިނަންގަނެވުނު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސިޓީއާއެކު ހިމަނާފައިވާ ލިސްޓުގައި ހިމެނޭ މުދަލާ
ޙަވާލުވެފައިވާ ފަރާތެއް އޮޅުންފިލުވުމުގެ ގޮތުން މަދަނީ ކޯޓުން އައިލަންޑް އޭވިއޭޝަން ސަރވިސަސް
ލިމިޓެޑަށް ފޮނުވި އެކޯޓުގެ
ނަންބަރު
2008
/
46/MIS/144-23-1 ސިޓީއަށާއި ނަންބަރު
2008
/
50/MIS/144-23-1 ސިޓީއަށް ޙަވާލާދީ އެކުންފުނިން މަދަނީ ކޯޓަށް ފޮނުވާފައިވާ އެކުންފުނީގެ
ނަންބަރު 08
/
007/IAS
-
CGO
/
GOV ސިޓީއަށާއި ނަންބަރު 08
/
008/IAS
-
CGO
/
GOV ސިޓީއަށް
ބަލާއިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސިޓީއާއެކު ހިމަނާފައިވާ އިސްވެދެންނެވިފައިވާ ލިސްޓުގައި
ހިމެނޭ މުދަލާ ޙަވާލުވެފައިވާ ފަރާތެއް އެކުންފުނީގެ ރެކޯޑުތަކުން ބެލެންނެތްކަމަށް އެކުންފުނިން މަދަނީ
ކޯޓަށް އަންގާފައިވާކަމާއި،
އެކްސްޕޯލަންކާ ލިމިޓެޑުގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި، އިސްތިއުނާފުކުރެވިފައިމިވާ
މައްސަލަ ސާބިތުކުރުމުގެ ގޮތުން އެކުންފުނީގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅާފައިވާ "މުދާފޮނުވި އެއަރވޭ
ބިލްތަކާއި އިންވޮއިސްގެ ކޮޕީތައް" އަށް ބަލާއިރު، އެ އެއަރވޭ ބިލްތަކުގައިވާ ނަންބަރުތަކާއި، ތާރީޚުތަކާއި،
ފްލައިޓް ނަންބަރުތައް، އިސްވެދެންނެވިފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސިޓީއާއެކު
ހިމެނިފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ އެއަރވޭ ބިލްތަކުގައިވާ ނަންބަރުތަކާއި، ތާރީޚުތަކާއި، ފްލައިޓް
ނަންބަރުތަކާ ދިމާވާކަމަށް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު 2004/MC/1554
3 ;
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2
ނިމުނު
2012/HC-A/198
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގެ 6 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާކަން އެނގެން
2 4 2 2 2x
އަނކު2
2c4
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު
2004/MC;1554 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ އިސްވެދެންނެވިފައިވާ
ލިޔެކިޔުންތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، އެކްސްޕޯލަންކާ ލިމިޓެޑުގެ ފަރާތުން ޑިޕްޓޮޕް ފިހާރައިގެ
ނަމުގައި، 2001 ވަނަ އަހަރާއި 2003 ވަނަ އަހަރާ ދެމެދުގައި މުދާތަކެއް ފޮނުވާފައިވާކަން އެނގޭކަމާއި،
އެހެންނަމަވެސް، މިމުދާ ފޮނުވުމާމެދު އެދެފަރާތުގެ ދެމެދުގައި އެއްވެސް މުޢާމަލާތެއް ހިނގާފައިވާކަން
އެނގެން ނެތްކަމާއި، އެގޮތުން މިފަދަ ވިޔަފާރީގެ މުޢާމަލާތެއްގައި އާންމު އުސޫލެއްގެ ގޮތުން ބަދަލުކުރެވޭ
ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ޕަރޗޭސް އޯޑަރ ނުވަތަ މުދާ ގަތުމަށާއި އެއަށް ފައިސާދެއްކުމަށް
ދެފަރާތުން އެއްބަސްވެފައިވާ ގޮތް އަން ގުވައިދޭ ލިޔުމެއްފަދަ އެއްވެސް ލިޔެކިޔުމެއް ނުވަތަ އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލާގައި އެކްސްޕޯލަންކާ ލިމިޓެޑާއި ޓިޕްޓޮޕް ފިހާރައާ ދެމެދު ހިނގާފައިވާކަމަށް
އެކްސްޕޯލަންކާ ލިމިޓެޑުން ބުނާ މުޢާމަލާތަކީ ހިނގާފައިވާ މުޢާމަލާތެއްކަން ނުވަތަ ޓިޕްޓޮޕް ފިހާރައިން
ފައިސާ ދައްކާފައިނުވާ މުދާކަމަށް އެކްސްޕޯލަންކާ ލިމިޓެޑުގެ ފަރާތުން ބުނާ މުދަލާ ޓިޕްޓޮޕް ފިހާރައިގެ
ފަރާތުން ޙަވާލުވެފައިވާކަން ނުވަތަ އެމުދާ އެފިހާރައަށް ރައްދުކުރެވިފައިވާކަން ޝަރީޢަތަށް
ސާބިތުކޮށްދިނުމުގެ ގޮތުން ލިޔެކިޔުމެއް ނުވަތަ
ހެކިބަސްވިއަސް ހުށަހެޅިފަނުވާކަމެވެ.
Oxo
OXO
14 2
22 ހ 0 / 2
އެކަނޭދަންނަނޭ
22 42
އެއްވެސް
ﷲ / 04
2
روس کی
(ނ) ތިންވަނަ ކަމަކީ، އެކްސްޕޯލަންކާ ލިމިޓެޑުގެ ފަރާތުން ޑިޕްޓޮޕް ފިހާރައަށް
އެއްވެސް އިރެއްގައި މުދާ އައިސްފައިވޭތޯއާއި އަދި މުދާ އައިސްފައިވާނަމަ އެމުދަލާއި ޙަވާލުވެފައިވަނީ
ކޮންފަރާތަކުންތޯއާއި ކޮންތާރީޚެއްގައިތޯ އަންގައިދިނުމަށް މަދަނީ ކޯޓުން މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގައި ދެންނެވުމުން، އެކަމާގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މަދަނީ ކޯޓަށް
ފޮނުވާފައިވާ، އިސްވެދެންނެވިފައިވާ އެސަރވިސްގެ ނަންބަރު D5
/
144
/
2007
/
05-14 ސިޓީގައި، 2003
ވަނަ އަހަރުގެ ޖެނުއަރީމަހުގެ 7 ވަނަ ދުވަހާއި އެއަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހާދެމެދު ޓިޕްޓޮޕް
ފިހާރައަށް އެކިފަހަރުމަތިން، އެކްސްޕޯލަންކާ ލިމިޓެޑުން އައިސްވާ މުދަލުގެ ޑިކްލަރޭޝަން
ފުރިހަމަކޮށްފައިވަނީ ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ފަރާތުންކަމަށް ބުނެފައިވާކަމާއި،
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން،
ލިޔުމުގެ ސުރުޚީގައި "ކަމާބެހޭ ފަރާތައް" މިފަދައިން ލިޔެ، 22 މާޗް 2009 ގައި ތައްޔާރުކޮށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2
ޤަޟިއްޔާ ނިމުނު :
2(12)HC-A/198
OXO
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސޮއިކޮށްފައިވާ ލިޔުމަށްބަލާއިރު، 2003 ވަނަ އަހަރު އެކްސްޕޯލަންކާ
ލިމިޓެޑުން ޓިޕްޓޮޕް ފިހާރައިގެ ނަމުގައި ގެނެސްފައިވާ މުދާ ބޭރުކުރުމަށް އެކުންފުނީގައި އެދި،
އެމަސައްކަތަށް ދައްކަންޖެހޭ ފީ ދައްކާ، އެކަމާގުޅޭ މުޢާމަލާތު އެކުންފުންޏާއެކު ކޮށްފައިވަނީ ހ. ބްލޫފިންޗް،
ޢަބްދުއްލަޠީފް އާދަމްކަމަށް ބުނެފައިވާކަމާއި، ނަމަވެސް، މިމައްސަލައާ ގުޅިގެން، މިނަންގަނެވުނު
ޢަބްދުއްލަޠީފް އާދަމް، 11 މާޗް 2012 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ހެކިބަހަށް ބަލާއިރު،
ޓިޕްޓޮޕް ފިހާރައިން ރާއްޖެގެންނަ މުދާ ކަސްޓަމްސްއިން ކްލިއަރ ކުރަނީ އެފިހާރައިން ފޮނުވާ
މީހެއްކަމަށާއި، އިސްވެދެންނެވުނު ބޮނިޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ލިޔުމުގައި އެވަނީ ޙަޤީޤަތާ ޚިލާފު
ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ އެއްވެސްކަމަކަށް އެކުންފުންޏަށް އެނާ އެއްވެސް އިރެއްގައި ފައިސާއެއް
ދައްކާފައިނުވާނެކަމަށް ބުނެފައިވާކަމެވެ.
oxo
މުޢާމަލާތެއް
22 ދ ތ 0
2
2
ނޭނެކަމަށްބުނެ،
(ރ) ހަތަރުވަނަ ކަމަކީ އިސްވެދެންނެވިފައިވާ އެންމެހާކަންކަމަށް ޖުމްލަގޮތެއްގައި
ބަލާއިރު، އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި އެކްސްޕޯލަންކާ ލިމިޓެޑުގެ ފަރާތުން ހޯދުމަށް އެދިފައިވާ
ފައިސާ އެމުދަލަކަށް ނިސްބަތްވާ މުދަލަކީ ޓިޕްޓޮޕް ފިހާރައަށް ލިބިފައިވާ މުދާ ނޫންކަމަށާއި،
އެމައްސަލައިގައި އެފިހާރައާއި އެކްސްޕޯލަންކާ ލިމިޓެޑާ ދެމެދު 2001 ވަނަ އަހަރާއި 2003 ވަނަ އަހަރާ
ދެމެދު ހިނގާފައިވާކަމަށް އެކްސްޕޯލަންކާ ލިމިޓެޑުގެ ފަރާތުން ބުނާ ވިޔަފާރީގެ މުޢާމަލާތަކީ ހިނގާފައިވާ
އެމައްސަލައިގައި ހިމެނޭކަންކަމަށް
ޑިޕްޓޮޕް ފިހާރައިގެ ފަރާތުން
އެމައްސަލައިގައި ދަޢުވާރައްދުވި
ފޭދޫ ރަންކޮކާގެ
މުޙައްމަދު ސަޢީދު އިންކާރުކޮށްފައިވާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި އެކްސްޕޯލަންކާ ލިމިޓެޑުގެ ފަރާތުން ޑިޕްޓޮޕް ފިހާރައިގެ
ނަމުގައި މުދާ ފޮނުވާފައިވާކަން އެނގެން އޮތްނަމަވެސް، އެމުދަލަކީ ޓިޕްޓޮޕް ފިހާރައިގެ އެދުމުގެމަތިން
ފޮނުވާފައިވާ މުދަލެއްކަމާއި، އެމުދަލާ ޓިޕްޓޮޕް ފިހާރައިގެ ފަރާތުން ޙަވާލުވެފައިވާކަން ނުވަތަ އެމުދާ
އެފިހާރައަށް ރައްދުވެފައިވާކަން މަދަނީ މިންގަނޑުން ސާބިތުނުވާކަމާއި،
އެހެންކަމުން، ފޭދޫ!ރަންކޮކާގެ މުޙައްމަދު ސަޢީދުގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވާ ޓިޕްޓޮޕް ފިހާރައަށް ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ އެކްސްޕޯލަންކާ ލިމިޓެޑުން
ފޮނުވާފައިވާފައިވާކަމަށް އެކުންފުނިންބުނާ މުދަލަށް އެފިހާރައިން ދައްކަންޖެހޭކަމަށް އެކުންފުނިން ބުނާ
US
$
21,296
/
61 (އެކާވީސްހާސް ދުއިސައްތަ ނުވަދިހަ ހައެއް ޔޫ.އެސް ޑޮލަރ ފަސްދޮޅަސް އެކެއް
ސެންޓް) އަކީ ޓިޕްޓޮޕް ފިހާރައިގެ ފަރާތުން އެކްސްޕޯލަންކާ ލިމިޓެޑަށް ދައްކަންޖެހި ނުދައްކާވާ
ފައިސާއެއްކަމަށް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބެލެވެންނެތްކަމެވެ.
OXO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2
ޤަޟިއްޔާ ، ނިމުނު ގޮ
2(12)HC-A/198
1554/MC/2004
ވީމާ، އިސްވެފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ބަދަލު
ގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަށް ޤަބޫލުކުރެވެ
eކރވއވ.
• ޙުކުމް
2 2 2 2 0 20
ނުކުތާތަކުގައި
ބއޮނކުAނ
ދެންފަހެ، އިސްވެފާހަގަކުރެވުނު
ކަންކަން
،ޔާންކުރެވުނު ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2004/MC/1554 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް އެގޮތުގެމަތިން
ޙުކުމްކޮށް ފީމެވެ.
1554}IC/2004
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv