ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/82 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 82/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ތަހުސީން
އައިޑީ ކާޑު ނަންބަރު: A088727
.
ދާއިމީ އެޑްރެސް: ހުދުފަޅު|ހއ. ފިއްލަދޫ
މިހާރުގެ އެޑްރެސް: ހުދުފަޅު ހއ. ފިއްލަދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާމިނަތު ނަސީމް
އައިޑީ ކާޑު ނަންބަރު: A106079
*
ދާއިމީ އެޑްރެސް: ނޫމަރާގެ / ގދ. ތިނަދޫ
މިހާރުގެ އެޑްރެސް: އާރޯ(ހދ. ކުޅުދުއްފުށި
0
ހުށަހެޅުނު ތާރީޚް: 25 މާރޗް 2014
ނިމުނު ތާރީޚް: 08 އޭޕްރީލް 2014
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014
/
01/B12MC
• އަމުރު ނެރުނު ކޯޓު: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
• އަމުރުގެ ބާވަތް: ވަގުތީ އަމުރު
އަމުރު ނެރުނު ތާރީޚް:
17 މާރޗް 2014
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/82
ޤަޟިއްޔާއާ
ދަޢުވާގެ ޚުލާޞާ:
މިއީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B12C/24
ގުޅިގެން އެކޯޓުން ނެރުއްވާފައިވާ ނަންބަރު 2014
/
01/B12MC ވަގުތީ އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ހުދުފަޅު ހއ. ފިއްލަދޫ ޙުސައިން ތަހުސީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ނޫމަރާގެ ގދ. ތިނަދޫ، އާމިނަތު
ނަސީމްއެވެ.
cu
CCCO
.....
-0l
ހަގަކުރެވުނު
.ން އެކުން.
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
01/B12MC ވަގުތީ އަމުރަށް ބަލާއިރު، އެ އަމުރަކީ، ގދ. ތިނަދޫ ނޫމަރާގެ އާމިނަތު ނަސީމް
އާއި، ފިއްލަދޫ ހުދުފަޅު ޙުސައިން ތަހުސީން ކައިވެނިކޮށްގެން އުޅުނުއިރު މިދެމީހުންގެ ދެމެދު ލިބިފައިވާ
އަންހެންދަރި ފާތިމަތު ޢައިނީ (އުފަންތާރީޚް: 09 ޖުލައި 2008) ގޮވައިގެން ފިހާރައަކަށް ގޮސްފައި އަންނާނެ
ކަމަށް ބުނެ ފާތިމަތު ޢައިނީ ގޮވައިގެން ސިއްރުން މިކުއްޖާގެ ބައްޕަ ޙުސައިން ތަހުސީން މިކުއްޖާ
ފިއްލަދޫއަށް ގެންގޮސްފައިވާތީ އާއި މިކުއްޖާއަކީ ކުޅުދުއްފުށި ޕްރީސްކޫލަކަށް ވައްދާފައިވާ ކުއްޖަކަށްވާއިރު
މިކުއްޖާގެ ކިޔެވުމުން މަޙްރޫމްކޮށްގެން ގެންގޮސްފައިވާތީ އާއި މިކުއްޖާއަކީ މަންމަގެ އެހީތެރިކަމާއި ނުލައި
ގެންގުޅެވޭ ވަރަށްވުރެ ކުޑަކުއްޖަކަށްވާތީ، މިދަރިފުޅު ނުލިބި ލަސްވުމަކީ މިކުއްޖާއަށާއި، އާމިނަތު ނަސީމްއަށް
ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށްވާތީ އާއި، މިދަރިފުޅުގެ ބައްޕަ ޙުސައިން ތަހުސީން އަކީ ކުށުގެ ގިނަ ރެކޯޑް
އޮންނަ މީހެއްކަމަށް ބުނެ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B12C/24
ޤަޟިއްޔާއިން ހުށަހަޅާފައިވާ ޙަޟާނަތުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިކުއްޖާ، މިކުއްޖާގެ ބައްޕަ
ޙުސައިން ތަހުސީންގެ އަތުން ނަގައި، މިކުއްޖާގެ މަންމަ އާމިނަތު ނަސީމްއާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް
COX ONO
ޓް
ތަކެއް
Ococ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/22
Out od
ސަރވިސްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މިކުއްޖާގެ މަންމަ އާމިނަތު ނަސީމް ކުޅުދުއްފުށި
މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއިގެ
އެ އަމުރުގައި ވަނީ ”... މިމައްސަލާގައި ހިމެނޭ ދަރިފުޅަކީ ޢުމުރުން އެންމެ 5 އަހަރަށްދާ
ކުއްޖަކަށްވާތީ އާއި މިކުއްޖާގެ މައިން ބަފައިންގެ މެދުގައި ހިނގާ މައްސަލަތަކުގެ ޝިކާރައަކަށް މިކުއްޖާވުމަށް
ދޫކޮށްލުމަކީ މިކުއްޖާގެ މަސްލަޙަތުގައި ކުރެވޭނެ ކަމެއް ނޫންކަމަށާއި މިކުއްޖާގެ ބައްޕަ ޙުސައިން ތަހުސީން
އަކީ ކުށުގެ ރެކޯޑް ގިނަ މީހެއްކަން އެނގެން އޮންނާތީ މިއަމުރަކީ މިހިނދުން މިހިނދަށް ނެރެންޖެހޭ
އަމުރެއްކަން މިކޯޓަށް ޤަބޫލުކުރެވުނު ހިނދުގެ
މިކޯޓުގެ (ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ) ނަންބަރު 2014/B12C/24 ޤަޟިއްޔާގައި
ބަލަމުންދާ ޙަޟާނަތުގެ މައްސަލައިގައި ޝަރީޢަތުގެ ފަރާތުން ވަކިގޮތެއް ކަނޑައަޅަންދެން ގދ. ތިނަދޫ
ނޫމަރާގެ އާމިނަތު ނަސީމް އާއި ފިއްލަދޫ ހުޅުފަޅު ޙުސައިން ތަހުސީން (އައި ޑީ
ކާޑު ނަންބަރު
A088727) އާއި ދެމީހުން ކައިވެނި ކޮށްގެން ލިބިފައިވާ 5 އަހަރަށްދާ އަންހެން ދަރި ފިއްލަދޫ
ހުދުފަޅު ފާޠިމަތު ޢައިނީ ތަޙްސީން (އައި ޑީ ކާޑު ނަންބަރު A237299) (އުފަން ތާރީޚް: 09 ޖުލައި
2008) މިކުއްޖާގެ ބައްޕަ ފިއްލަދޫ ހުދުފަޅު ޙުސައިން ތަހުސީންގެ ފަރާތުން ނަގައި މި ކުއްޖާގެ މަންމަ
ގދ. ތިނަދޫ ނޫމަރާގެ (ހދ. ކުޅުދުއްފުށި އާރޯ) އާމިނަތު ނަސީމް (އައި ޑީ ކާޑު ނަންބަރު A106079)
އާއި ވީ
އެންމެ އަވަހަކަށް ޙަވާލުކުރުމަށް ފިއްލަދޫ ހުދުފަޅު ޙުސައިން ތަހުސީންގެ ޣައިރު ޙާޟިރުގައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށްފީމެވެ.” މިފަދައިންކަން އެއަމުރުން އެނގެއެވެ.
8 6
-02
86=ހ2
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ
ކޯޓުގެ ނަންބަރު
2014
/
01/B12MC ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ނޫންކަމަށްބުނެ ޙުސައިން ތަހުސީންގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ވަގުތީ އަމުރު ނެރުއްވާފައިވާ މައްސަލައިގައި ދަޢުވާރައްދުވާ އާމިނަތު ނަސީމް
އެދިފައިވަނީ އެފަރާތަށް ޙަޟާނަތު ލިބުން ކަމުގައިވެފައި، ވަގުތީ އަމުރުގައިވެސް އެދިފައިވަނީ
އާމިނަތު ނަސީމްގެ ބެލުމުގެ ދަށަށް ދަރިފުޅު ގެނައުންކަމުގައި ވެފައި، ތިލަދުންމަތީ ދެކުނުބުރީ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/B12MC އަމުރުން ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލުތަކާއި
ޚިލާފުވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
01/B12MC އަމުރަކީ ވަގުތު ނެތިގެން، ނުވަތަ ކުއްލިއަކަށް ދިމާވި ކަމެއްގެ ސަބަބުން،
ވަގުތީ ޙައްލެއް ގެނައުމަށް ކުއްލި ޙާލަތެއްގައި ނެރެފައިވާ އަމުރަކަށް ނުވާތީ، ވަގުތީ އަމުރު ނެރުމާއި
ވަގުތީ ފިޔަވަޅު އެޅުމުގެ އުޞޫލުތަކާއި ޚިލާފަށް، ޖަވާބުދާރީވުމަށް ވަގުތު ދިނުމުން އަމުރުގެ
މަޤްޞަދު ޙާޞިލުނުވެދާނެ ފަދަ ސަބަބެއް ނެތި، ދަޢުވާލިބޭ ފަރާތަށް ވަގުތީ އަމުރާއިމެދު
ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޖަވާބުދާރީ ވުމުގެ ފުރުޞަތު ނުދީ އަމުރު ނެރެފައިވާ ކަމަށްބުނެ
ހުށަހަޅާފައިވާ
4
ނުކުބއފ.
out o.
-03
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް
ނަންބަރު
2014
/
01/B12MC ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް ޙުސައިން ތަހުސީންގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ފާހަގަކުރެވިފައިވެއެވެ.
ކަން އެއީ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
(ހ) ވަގުތީ އަމުރު ނެރުއްވާފައިވާ މައްސަލައިގައި ދަޢުވާރައްދުވާ އާމިނަތު ނަސީމް އެދިފައިވަނީ
އެފަރާތަށް ޙަޟާނަތު ލިބުން ކަމުގައިވެފައި، ވަގުތީ އަމުރުގައިވެސް އެދިފައިވަނީ އާމިނަތު ނަސީމްގެ ބެލުމުގެ
ދަށަށް ދަރިފުޅު ގެނައުންކަމުގައި ވެފައި، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
01/B12MC އަމުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު21/SC
-
A/2012 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ވަގުތީ އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމަކީ ޢާއިލީ މައްސަލައެއްގައި ނުވަތަ ކޯޓަށް ހުށަހެޅިފައިވާ
އެނޫންވެސް މައްސަލައަކާއި ގުޅިގެން، އެމައްސަލައެއް ނިމުމުގެ ކުރިން ކޯޓުން ފިޔަވަޅެއް ނުއަޅައިފިނަމަ
މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް
ބެލެވޭ ސަބަބެއް އޮތްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ފެނިއްޖެ ޙާލަތެއްގައި އެކަމާ ގުޅިގެން ކަމެއް
ކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް އަންގާ ކޯޓުން ނެރޭ އަމުރު ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ ފިޔަވަޅު
ކަމާއި، އެފަދަ އަމުރުތަކާއި ފިޔަވަޅުތައް އެޅުމަކީ ޢާންމު އުޞޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ލިބިގެންވާ
ވިރާސީ ބާރެއްކަމާއި
އެގޮތުން ބަލާއިރު، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ އެކޯޓުގެ
ނަންބަރު 2014/B12C/24 ޤަޟިއްޔާގެ ދަށުން ބެލެވޭ ޙަޟާނަތުގެ މައްސަލައާ ގުޅިގެން، އެމައްސަލައެއް
ނިމުމުގެ ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަ މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ނުވަތަ
ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ސަބަބެއް އޮތްނަމަ ވަގުތީ އަމުރެއް ނެރެވިދާނެކަން،
ނުވަތަ ވަގުތީ ފިޔަވަޅެއް އެޅިދާނެކަން، އެނގޭކަމާއިގެ
ޢާއިލީ މައްސަލައެއްގައި ވަގުތީ އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅުމުން
އެފަދަ އަމުރެއް ނެރެންޖެހޭތޯ ނުވަތަ އެފަދަ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި އެއަމުރެއް ނެރުމަކީ އެމައްސަލާގައި
އޮތް އެންމެ އަދުލުވެރި ގޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު އެމައްސަލައެއް
ރާއްޖޭގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
ބަލާ ކޯޓަކަށް ލިބިގެންވާއިރު، މިއިސްތިއުނާފުކުރެވޭ ވަގުތީ އަމުރާ ގުޅޭ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް
ބަލާއިރު، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާމެދު އެކޯޓުން
ވަކިގޮތެއް ނިންމުމުގެ ކުރިން، އުމުރުން 5 އަހަރަށްދާ ކުޑަ އަންހެން ކުއްޖަކު އެކުއްޖާގެ މަންމައާއި ވަކިކޮށް
އެމަންމައަށް ނުއެނގި އަދި ނުރުހުމުގައި ގެންދިއުމަކީ އެކުއްޖާއަށް ގެއްލުންތަކެއް ލިބި، އެދެމައިންގެ ޙައްޤަށް
އުނިކަން އައުމުގެ ފުރުސަތުއޮތް ކަމެއްކަމަށް ބެލެވިދާނެކަމާއި، އެހެންކަމުން، އެފަދަ ޙާލަތުގައި އެވަގުތަށް
ފެންނަންހުރި ޙަޤީޤަތްތަކާއި ކަންކަމުގެ މައްޗަށް ބައްލަވައި، ކުއްޖާގެ މަޞްލަހަތަށް ރިޢާޔަތްކުރައްވައި ވަގުތީ
އަމުރެއް ނެރުއްވިދާނެކަމަށް ޤަބޫލުކުރެވޭކަމާއި؛
އަދި މިމައްސަލާގައި ކަން ހިނގާފައިވާގޮތަށް، ކުޑަ ކުއްޖަކު އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށުގައި
ހުއްޓާ އެމަންމަގެ ނުރުހުމުގައި އެކުއްޖާގެ ބައްޕަ، އެކުއްޖާ އެކުއްޖާގެ މަންމައާ ވަކިކޮށް ގެންދާ ޙާލަތުގައި
އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، އެ ހުށަހެޅުނު މައްސަލާގައި ފައިޞަލާ ކުރެވި، ގޮތެއް
ނިމެންދެން، އެތުއްތު ކުއްޖާ އެކުއްޖާގެ މަންމަގެ ބެލުމުގެ ދަށުގައި ބެހެއްޓުމަކީ އެކުއްޖާގެ މަޞްލަހަތަށް
އެންމެ ރަނގަޅުގޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، ނުވަތަ އެނޫންގޮތަކަށް ބެލެވޭނެ
ސަބަބުތަކެއް
cut cc
404
އެހާތަނަށް ފެންނަން ނެތްނަމަ، އެކުއްޖާ އެކުއްޖާގެ މަންމައާއި ޙަވާލުކުރުމަށް
ވަގުތީ އަމުރެއް
ރެއް ނެރުމަކީ،
cuo
ނަންބަރު
އަސްލު މައްސަލައިގެ މައުޟޫޢަށް ފައިޞަލާކުރުން ކަމުގައި އަދި އަސްލު މައްސަލައަށް ފައިޞަލާ ވާގޮތަށް
ކުރި އަމުރެއްކަމުގައިވެސް ނުބެލެވޭނެކަމާއި، މިކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ
69/HC
-
A/2014 ޤަޟިއްޔާގައިވެސް ބަޔާންކުރެވިފައިވާ ކަމާއިގެ
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B12C/24
ޤަޟިއްޔާގެ ދަށުން ބެލެވޭ މައްސަލައަކީ ޢާއިލީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޙަޟާނަތުގެ މައްސަލައެއްކަން
އެމައްސަލައާ ގުޅޭ ލިޔުންތަކުން އެނގެން އޮންނައިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
21/SC
-
A/2012 ޤަޟިއްޔާގެ ދަށުން ބެލިފައިވާ މައްސަލައަކީ ދެފަރާތެއްގެ މެދުގައި ކުރެވިފައިވާ
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
އެއްބަސްވުމަކާ ގުޅިގެން ހުށަހެޅުނު މަދަނީ މައްސަލައެއްގެ ތެރެއިން ނެރެފައިވާ ވަގުތީ އަމުރަކާ ބެހޭ
މައްސަލައެއް ކަމާއި؛
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B12C/24
ޤަޟިއްޔާގެ ދަށުން ނެރެފައިވާ މިއިސްތިއުނާފުކުރެވޭ އެކޯޓުގެ ނަންބަރު 2014
/
01/B12MC ވަގުތީ
އަމުރުގެ މައްސަލައިގެ ބާވަތާއި ޠަބީޢަތާއި ވަށައިގެންވާ ކަންތައްތަކާއި ޙަޤީޤަތްތަކަކީ، އިސްވެ
ޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ހިމެނޭ މައްސަލައިގެ ބާވަތާއި ޠަބީޢަތާއި ވަށައިގެންވާ
ކަންތައްތަކާއި ޙަޤީޤަތްތަކުގައި ފާޅުކަން ބޮޑު ތަފާތު ތަކެއް ހުރިކަން އެނގެން އޮންނަކަމުން މިދެ މައްސަލަ
އަޅާކިޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާއާ ޤިޔާޞްކުރެވިދާނެ ކަމަކަށް
ނުބެލެވެއެވެ.
(ނ) ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/B12MC
އަމުރަކީ ވަގުތު ނެތިގެން، ނުވަތަ ކުއްލިއަކަށް ދިމާވި ކަމެއްގެ ސަބަބުން، ވަގުތީ ޙައްލެއް ގެނައުމަށް ކުއްލި
ޙާލަތެއްގައި ނެރެފައިވާ އަމުރަކަށް ނުވާތީ، ވަގުތީ އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމުގެ އުޞޫލުތަކާއި
ޚިލާފަށް، ޖަވާބުދާރީވުމަށް ވަގުތު ދިނުމުން އަމުރުގެ މަޤްޞަދު ޙާޞިލުނުވެދާނެ ފަދަ ސަބަބެއް ނެތި،
ދަޢުވާލިބޭ ފަރާތަށް ވަގުތީ އަމުރާއިމެދު ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޖަވާބުދާރީ ވުމުގެ ފުރުޞަތު ނުދީ އަމުރު
ނެރެފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
އިސްތިއުނާފު މިކުރެވޭ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2014
/
01/B12MC ވަގުތީ އަމުރަކީ، އެކޯޓުގެ ނަންބަރު 2014/B12C/24 ޤަޟިއްޔާގައި
ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމާއި، ވަގުތީ އަމުރެއް ނެރުމުގައި ހުށަހެޅިފައިވާ ކަންކަމަށް ޖަވާބުދާރީވުމަށް،
އެއަމުރު ރައްދުވާ އަނެއް ޚަޞްމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު، އަދި އުޞޫލެއްގެ ގޮތުން އެކަން
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/22
ކުރަންޖެހޭނެގޮތްކަމުގައި ބެލެވުނު ކަމުގައިވީ ނަމަވެސް ވަގުތީ އަމުރުގެ ޠަބީޢަތަށާއި މަޤްޞަދަށް ބަލާއިރު،
ވަގުތީ އަމުރަކީ ހުށަހެޅިފައިވާ މައްސަލައެއްގެ މައުޟޫޢުގެ މައްޗަށް ކުރެވޭ ޙުކުމެއް ނުވަތަ އަމުރަކަށްނުވާއިރު
އަދި އެއީ މައްސަލާގައި ހިމެނޭ ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް ޤަބޫލުކުރެވޭ
ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރިނަމަ، އެގެއްލުން ދުރުކުރުމުގެ ގޮތުން ނެރެވޭ ވަގުތީ އެއްޗެއްކަމުން، އެފަދަ
ގެއްލުމެއް ދުރުކޮށް އެއްކިބާކުރުމަށް ލިބިފައިވާ ވަގުތާއި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި،
އަމުރު ރައްދުވާ ޚަޞްމު ޖަވާބުދާރީވެފައި ނުވިނަމަވެސް ނުވަތަ ޖަވާބުދާރިވުމަށް ވަގުތު ދިނުމަކީ އެއަމުރުގެ
މަޤްޞަދު ޙާޞިލުނުވެދާނެ ކަމެއްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ޤަބޫލުކުރެވޭފަދަ ސަބަބުތަކެއް
ހުރިނަމަ، އެވަގުތާއި ފުރުޞަތު ނުދީވެސް ވަގުތީ އަމުރު ނެރުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގައި ކޯޓަށް
ލިބިގެންވާ ބާރުގެ ދަށުން ކުރެވިދާނެކަމެއްކަމަށް ޤަބޫލުކުރެވޭކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
އާއި،
ނަންބަރު ޤަޟިއްޔާ އާއި،
224/HC
-
A/2013 ނަންބަރު ޤަޟިއްޔާގައިވެސް މިކަން މިގޮތަށް ކަނޑައަޅުއްވާފައިވާކަން އެނގެން
32
2012/HC-A/179
2012/HC-A/206
CCCX
އފއ.
ވީމާ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު ނަންބަރު 2014/B12C/24
ޤަޟިއްޔާގެ ދަށުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 2014
/
01/B12MC ވަގުތީ އަމުރަށް ބަދަލު ގެންނަން
ޖެހޭ ކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
0
ދި38
336
ބަޔާންކުރެފެން
ކަންޗއގއ
ޙުކުމް:
ދެންފަހެ، އިސްވެ
އެގޮތުގެ މަތިން ހުރުމުން، ތިލަދުންމަތީ ދެކުނުބުރީ
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/B12C/24 ޤަޟިއްޔާގައި އެކޯޓުން ނެރުއްވާފައިވާ
ނަންބަރު 2014
/
01/B12MC ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
/20ނ
އިއް
ޖޭގެ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv