ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2012/SC-C/35 ޤަޟިއްޔާ
• 1
ސަފްޙާ132"
CuO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ
ދިވެހިރާއްޖެ
ހިޔެއްޖޭގެ ސުޕްރީލް ޓް
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 35/SC
-
C/2012
1
، ދަޢުވާކުރާ ފަރާތް: މުޙައްމަދު ފަހުމީ ޙަސަން، ގ.ކޮއްކިރި/ މާލެ
• ދަޢުވާ ލިބޭ ފަރާތް: ރައްޔިތުންގެ މަޖިލިސް (ދައުލަތް)
• މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 11 ޑިސެންބަރު 2012
• ނިމުނު ތާރީޚް: 14 މާރޗް 2013
• މައްސަލަ ނިންމި ގަޑި: 19:30
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން،
ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު،
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު
ޑރ. އަޙްމަދު ޢަބްދު
ފަނޑިޔާރު
އަޙްމަދު މުޢުތަޞިމް ޢަދުނާން
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ2532
މައްސަލައިގެ ޚުލާޞާ
މި މައްސަލައަކީ 20 ނޮވެމްބަރު 2012ވީ އަންގާރަ ދުވަހު ދިވެހިރާއްޖޭގެ ރައްޔިތުންގެ
މަޖިލީހުގައި ނެގުނު ވޯޓަކުން، ސިވިލް ސަރިވިސް ކޮމިޝަނުގެ މެންބަރުކަމުން ގ.
ކޮއްކިރި، މުޙައްމަދު
ފަހުމީ ޙަސަން ވަކިކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ އާއި
17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާ އާއި , 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ (ހ)
އާއި 51 ވަނަ މާއްދާގެ (އ)އާ ޚިލާފަށް، ޤާނޫނުއަސާސީން ޤަރާރުކޮށްފައިވާ ދުސްތޫރީ މަޞްދަރުތަކާއި
އުޞޫލުތަކުގެ ބޭރުން، ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށްވާތީ، މުޙައްމަދު ފަހުމީ ޙަސަން ގެ މައްޗަށް
ކުރެވުނުކަމަށް ބުނާ ޖިނާއީ ތުހުމަތާ ވިދިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ
ކޮމިޓީން ހިންގާފައިވާ އެންމެހައި އިޖުރާއާތުތަކަކީ ޣައިރު ދުސްތޫރީ އިޖުރާއާތުތަކެއް ކަމަށް
ކަނޑައަޅައިދިނުމަށާއި، އެ އިޖްރާޢުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން މުޙައްމަދު ފަހުމީ
ޙަސަންއާމެދު އަޅާފައިވާ އެންމެހައި ފިޔަވަޅުތަކަކީވެސް ބާޠިލު ފިޔަވަޅުތަކެއް ކަމަށް ކަނޑައަޅައި ދިނުން
އެދި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ)އާއި (ނ)ގެ ދަށުން ބަލައިދިނުން އެދި
ކޮއްކިރި،
މުޙައްމަދު ފަހުމީ ޙަސަން ދައުލަތުގެ މައްޗަށް ހުށަހަޅައިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލެވިފައިވާ
މައްސަލައެކެވެ.
ce O
94
0,075
ހ3ނ
2 2 22 22
در مروکونسوی
މި މައްސަލާގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި
އިސްލާމީ ޝަރީޢަތަށާއި މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7
ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގައި ޢަމަލުކުރަންފަށާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
(މީގެ ފަހުން ޤާނޫނުއަސާސީކަމަށް މި ރިޕޯޓުގައި ބުނެފައިވާ) އަށާއި އެ ޤާނޫނުއަސާސީގެ 68 ވަނަ
ސުޕްރީމް *
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ332
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށްފައިވާ
ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ
ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ މައްޗަށް ޝަރުޢީ، ދުސްތޫރީ، އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.
(ހ) ފުރަތަމަކަމަކީ، މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ސިވިލް ސަރވިސް
ކޮމިޝަނުގެ މެމްބަރަކު ވަކިކުރުމަށް ވޯޓު ނެގުމުގެ ކުރިއަށް އައި އިޖުރާއާތުތަކަކީ ޤާނޫނުއަސާސީއާ
ޚިލާފުވާ އިޖުރާއާތުތަކެއްކަމަށާއި މީގެސަބަބުން އެ މެންބަރުގެ އަސާސީ ޙައްޤުތަކަށް އުނިކަން އަންނަކަމަށް
ބުނެ ހުށަހަޅާފައިވާ ދަޢުވާއަކަށްވުމުން މިއީ އެ އިޖުރާއާތުގެ މަޝްރޫޢިއްޔަތު (ރެޖިޓިމެސީ) އާއި
ދުސްތޫރިއްޔަތު (ކޮންސްޓިޓިޔުޝަނަލިޓީ) އާމެދު ޚިލާފު އުފެދިފައިވާ މައްސަލައެއްކަން އެނގެން
xތ 2x
2
2
އޮންނައެތެމެވެ.
(ށ) ދެވަނަކަމަކީ، ޤާނޫނުއަސާސީގައި މަޞްދައުލް މަޝްރޫޢިއްޔަތާއި (ޕްރިންސިޕަލް އޮފް
ލީގަލްޓީ) މައްދައެއް ދުސްތޫރިއްޔަތު (ޕްރިންސިޕަލް އޮފް ކޮންސްޓިޓިޔުޝަނަލްޓީ) ކަނޑައެޅިފައި
އޮތްގޮތުގެ މައްޗަށް ބަލާއިރު، ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ އިޖުރާއަތެއް ނުވަތަ ދައުލަތުގެ ރަސްމީ
ކޮންމެ ނިންމުމެއްވިޔަސް އެއްވެސް އިސްތިޣްނާއެއްނެތި ޤާނޫނުއަސާސީގެ އެންމެހައި މާއްދާތަކާ
އެއްގޮތްވާންވާނެކަމާއި، ދައުލަތުގައި ޢަމަލުކުރެވޭ އެއްވެސް ޤަވާޢިދެއް، ނުވަތަ ދައުލަތުގެ އެއްވެސް
ބާރެއްގެ ނުވަތަ މުއައްސަސާއެއްގެ އެއްވެސް ޤަރާރެއް، ނުވަތަ އެއްވެސް ނިންމުމެއް، ނުވަތަ އެއްވެސް
އިޖްރާއެއް ނުވަތަ އެއްވެސް ޤާނޫނެއްގެ އެއްވެސް މާއްދާއަކާ އަދި ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ
ތަޢާރުޟުވެއްޖެނަމަ އެ ތަޢާރުޟުވި މިންވަރު ބާޠިލުވާނެކަން އެނގެން އޮން
4 22
ސ ހ 2x
2
2
އިންނައަތުމެވެ
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ432
(ނ) ތިންވަނަކަމަކީ، ބުނެވިދިޔަ ފަދަ ނިންމުންތަކުގެ މަޝްރޫޢިއްޔަތުކަމާމެދު ނުވަތަ
ދުސްތޫރިއްޔަތުކަމާމެދު ޖުޑީޝަލް ރިވިއު ކުރުމަށް ހުށަހެޅޭ މައްސަލަތައް ޖުޑީޝަލް ރިވިއު ކުރުމުގައި
އަންނަނިވި އުޞޫލުތަކަށް، މައްސަލަ ބަލާ ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަން ޤާއިމްވެފައިވާ ޖުޑީޝަލް
ރިވިއުތަކުގެ އުޞޫލުތަކުން އެނގޭކަމާއި މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ
ޤަޟިއްޔާތަކުގައި ކަނޑައަޅައިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
-1
އެ ނިންމުމެއް ނިންމީ ނުވަތަ އެ އިޖުރާއަތެއް ހިންގީ އެ ނިންމުމެއް ނުވަތަ އެ އިޖުރާއަތެއް
ހިންގުމުގެ އިޚްތިޞާޞް އާއި ބާރު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކުން ކަން ނުވަތަ ނޫންކަން.
2. އެ ނިންމުމެއް ނިންމުމުގައި ނުވަތަ އެ އިޖުރާއަތެއް ހިންގުމުގައި ޤާނޫނުއަސާސީން ނުވަތަ
ޤާނޫނަކުން ނުވަތަ
މި
ދެ އަޞްލުންކުރެ އަޞްލަކުން ބާރު ދޭ ޤަވާޢިދަކުން ތަބާވުން
ލާޒިމުކޮށްފައިވާ ޝަޚްލިއްޔާތު (ފޯރމަލިޓީސް) އާއި އިޖުރާއާތުތަކަށް ތަބާވެފައިވާކަން ނުވަތަ
25
4 އ ބ
ނޫންކަން.
3. އެ ނިންމުމެއް ނިންމިއިރު ނުވަތަ އެ އިޖުރާއާތަކަށް ޢަމަލުކުރިއިރު، ޤާނޫނުއަސާސީ އާއި
ދައުލަތުގައި ޢަމަލުކުރެވޭ އެއްވެސް ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފު ނިންމުމެއްކަން ނުވަތަ
ނޫންކަން.
4. އެ ނިންމުމެއް ނިންމުމުގައި ނުވަތަ އެ އިޖުރާޢަތަކަށް ޢަމަލުކުރުމުގައި އިޚްތިޔާރީ ބާރުގެ ބޭނުން
ނުރަނގަޅުގޮތުގައި ނުވަތަ ނާޖާއިޒު ގޮތުގައި ބޭނުންކޮށް ޤާނޫނީގޮތުން އެ މަޤްޞަދަކަށްޓަކައި އެ
ނިންމުން ނުވަތަ އެ އިޖުރާއާތު އޮންނަންޖެހޭ އިންތަކުން އެ ނިންމުން ނުވަތަ އެ އިޖުރާއާތު
ބޭރުވެފައިވާކަން ނުވަތަ ނޫންކަން.
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ532
5. އެ ނިންމުން ނުވަތަ އެއިޖުރާއާތު ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއް ނުވަތަ ވާޤިޢާތަކެއްގެ މައްޗަށް
ކަމުގައިވާނަމަ އެޙަޤީޤަތް ހަމަ އެގޮތަށް ހުރިކަން ނުވަތަ ނޫންކަން އަދި އެނިންމުން ނުވަތަ އެ
އިޖުރާޢަތު ބިނާކޮށްފައިވާ ޤާނޫނީ ސަބަބުތައް ޞައްޙަކަން ނުވަތަ ނޫންކަން.
4
(ރ) ހަތަރުވަނަކަމަކީ، 20 ނޮވެމްބަރު 2012
ވީ
އަންގާރަ ދުވަހު ދިވެހިރާއްޖޭގެ
ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓަކުން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ގ. ކޮއްކިރި،
މުޙައްމަދު ފަހުމީ ޙަސަންއާމެދު ނިންމާފައިވާ ނިންމުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 187 ވަނަ
މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުންކަމަށާއި އެނިންމުމަކީ ޤާނޫނުއަސާސީގެ
88 ވަނަ މާއްދާގެ ދަށުން މަޖިލީހުގައި ކަމެއްހިނގިގޮތް ނުވަތަ ޕްރޮސިޑިންގެ މައްސަލައެއްކަމަށާ
އެހެންކަމުން އެކަން ހިނގިގޮތުގެ ޞައްޙަކަން ބެލުމަށް އެއްވެސް ކޯޓަކަށް ހުށަނޭޅޭނެކަމަށް ދައުލަތުގެ
ފަރާތުން އިޢުތިރާޟްކޮށް ހުށަހެޅި ނުކުތާ އެވެ.
މި ނުކުތާއަށް ނަޒަރުކުރިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.
.1
OxO
ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ)ގައި މި ޤާނޫނުއަސާސީގައި އެހެން
ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ
ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް ހުށަނޭޅޭނޭކަމަށް އޮތްއޮތުމަކީ ރައްޔިތުންގެ މަޖިލީހުން
(ޤާނޫނުހަދާ ބާރުން) ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ހިނގާ ހުރިހާ ކަންތަކެއް ނުވަތަ އިޚްތިޔާރީ ބާރު
ހުރިހައި ކަންތަކެއް ޖުޑީޝަލް ރިވިއު ނުކުރުމަށް އޮތް ޢާންމު ޤާއިދާއެއްނޫންކަމާއި
ޕާރލަމެންޓަރީ ޕްރޮސީޑިންގައި ހިމެނޭކަމެއްކަމުގައިވިޔަސް އެކަމެއް ޤާނޫނުއަސާސީގެ އެހެން މާއްދާތަކާ
ޚިލާފުވާކަމަށް ބުނެ ކަމާބެހޭ ކޯޓަށް ހުށަހެޅޭނެކަން "މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައިވާ
ނުވާހައި ހިނދަކު" މިފަދައިން މި މާއްދާގައި ބަޔާންވެފައި އޮތުމުން މި މާއްދާއިން ސާފުކޮށް އެނގޭކަމާއި،
220 22
8ނނކރ
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ632
)
Ox
މިނޫންގޮތަކަށް
މާއްދާ މާނަކުރުމަކީ މި މާއްދާގެ ޞަރީޙަ ނައްޞާ ޚިލާފުވާނެ ކަމެއް ކަމަށްވުމުގެ
އިތުރަށް ޤާނޫނު އަސާސީގެ "ރޫހާއި އަކުރާ" އެއްގޮތްނުވާނެ
ވާނެ ކަމެއްކަމާއި ޤާނޫނުއަސާސީ ގެ 88 ވަނަ
މާއްދާގެ (ށ) ގައި މި ޙުދޫދު ކަނޑައެޅިފައި އޮތް މިންވަރަށް ވުރެ ފުޅާކުރުމަކީ ޤާނޫނުއަސާސީއާ "ރޫލް
އޮފް ލޯ" އާއި، މިޒަމާނުގެ ދުސްތޫރީ އުޞޫލުތަކާ ކަނޑައެޅިގެން ތަޢާރުޟުވާނެކަމެއްކަން އެނގެން
އޮންނާތީ ރައްޔިތުންގެމަޖިލީހުން ނިންމާ ނިންމުމެއްވިޔަސް، ޤާނޫނުއަސާސީގެ މާއްދާއަކާ
ޚިލާފުވެފައިވާކަމަށް ނުވަތަ ޣައިރު ޤާނޫނީ ނުވަތަ ޣައިރު ދުސްތޫރީ ބޮޑުކަމެއް ހިނގައިފިކަމަށް ހުށަހެޅޭ
މައްސަލަތައް ބަލައި ޖުޑީޝަލް ރިވިއުކުރުމުގެ ބާރު ކަމާބެހޭ ކޯޓުތަކަށް ލިބިގެންވާކަން ސާފުކޮށް އެނގެން
އޮންނަކަމާ ނަމަވެސް ޕާރލަމެންޓް ޕްރޮސީޖާރއެއްގެ އިރެގިއުލަރިޓީއަކާ ގުޅޭކަމެއް މީގެތެރޭގައި
ނުހިމެނޭނެކަން އެނގެން އޮންނައޮތުމާއި މި އުޞޫލު މީގެކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ނިންމާފައިވާ ޤަޟިއްޔާތަކުން ސާފުވެ އެނގެން އޮތުމުގެ އިތުރަށް ދީމިޤްރާތީ މުޖްތަމަޢުތަކުގެ ކޯޓުތަކުގެ
ނިންމުންތަކާއި ދުސްތޫރީ މަބާދީތަކުން މި އުޞޫލު ސާފުކޮށް އެގެން އޮންނަކަމާއި އޭގެ ތެރޭގައި
އިންޑިއާގެ ސުޕްރީމް ކޯޓުގެ ނަންބަރު 184
3SCC (2007) ޤަޟިއްޔާގައި މި އުޞޫލު ސާފުކޮށް
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަން.
2. (ހ) މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތެއް ޤާނޫނުއަސާސީއާ ޤާނޫނު
އަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކަކާ ޚިލާފުވާކަމަށް ދަޢުވާކޮށް ޖުޑީޝަލް ރިވިލުކުރަން އެދި
ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް މި ބާބުގައި
އިންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާނަމަ އެ ޤާނޫނެއް ނުވަތަ އެ
ޤާނޫނަކުން އެ ޙައްޤަކާ އެ މިނިވަންކަމަކާ ތަޢާރުޟުވާ މިންވަރެއްވާނީ ބާޠިލުއެއްޗެއްކަމަށް
ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު، މި ބާބުގައި ބަޔާންވެފައިވާ "އެއްވެސް ޙައްޤެއް
ބަޔާންވެގެންވާ
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32ގެ7
ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ،
އިންޞާފުވެރި ޙައްލެއް ހޯދުމައްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވެއެވެ."
މިފަދައިން ޤާނޫނުއަސާސީގެ 65ވަނަ މާއްދާގައި އޮތުމުން ދައުލަތުގެ ކޮންމެ ބާރަކުން ހިންގާކަމެއް ނުވަތަ
އިޖްރާޢާތެއްކަމަށްވިޔަސް އެ އިޖުރާއާތެއް ނުވަތަ އެކަމެއް ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ
ހައްޤަކާ ޚިލާފުވާކަމަށްބުނެ ހުށަހެޅޭ މައްސަލަތަކަކީ ޖުޑީޝަލް ރިވިއުގެ އުސޫލުން ކަމާބެހޭ ކޯޓުތަކުން
ބަލައި ފައިޞަލާކުރަ
ކުރަންޖެހޭ މައްސަލަތަކެއްކަން ސާފުކޮށް އެނގެން އޮންނަކަން
.
x © 2
وہ کمر
(ށ) ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) ގައި "އިދާރީ ހިންގުމުގެ ދާއިރާއިން
ކޮންމެ މީހަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޢަދުލު އިންޞާފުގެ ހަމަތަކާ
އެކަށީގެންވާ އަވަސްމިނެއްގައި ކަންކުރެވުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއްކަމަށް ބަޔާންވެފައި އޮތުމާއި
އެމާއްދާގެ (ށ) ގައި އިދާރީ ގޮތުން އަޅާފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ
އެއްވެސް ބައެއްގެ ޙައްޤަކަށް، ނުވަތަ މުޖްތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ،
އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ނުވަތަ އެބަޔަކަށް ނުވަތަ އެކަމުން ސީދާގޮތެއްގައި އަސަރު
ފޯރައިފާނޭ ކޮންމެ ފަރާތަކަށް ލިބިގެންވާކަމަށް އޮވެފައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި
"ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށުގެ ދަޢުވާ މީހެއްގެ
މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ
ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާންމުކޮށް ހުޅުވައިލެވިގެން
ން ބާއްވާ، އަޑުއެހުމެއްގައި
އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވެއެވެ." އޮންނައޮތުމަށާއި ޔުނިވަރސަލް
ޑިކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްގެ 8 ވަނަ މާއްދާގައި ކޮންމެ މީހަކަށްމެ، އެމީހަކަށް
ޤާނޫނުއަސާސީއަކުން ނުވަތަ ޤާނޫނަކުން ލިބިދީފައިވާ އަސާސީ ޙައްޤުތަކާ ޚިލާފަށްކުރެވޭ ޢަމަލުތަކަކަށް
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32ގެ
ކަމާބެހޭ ޓްރައިބިއުނަލަކުން ޢަދުލުވެރި ޙައްލެއް ލިބުމުގެ ޙައްޤު ލިބިގެންވާކަމަށް" އޮންނައޮތުމަށާއި، ޢަދުލު
އިންޞާފު ހޯދުމަށް ޝަރުޢީ ކޯޓުތަކަށް ދިޔުމުގެ ޙައްޤު ކަށަވަރުކޮށް ދިނުމަށް އިސްލާމީ ޝަރީޢަތުގެ
އަޞްލުތަކުގައި ބަޔާންވެގެންވާ ނައްޞުތަކަށާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް
ރިޢާޔަތްކުރުމުން ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި އިދާރީ ގޮތުން އަޅާފިޔަވަޅުކަމަށް ބުނެފައިވާ
ފިޔަވަޅު މާނަކުރެވޭނީ ދައުލަތުގެ އެންމެހައި ފަރާތްތަކުން އަޅާ އިޖުރާއީ ފިޔަވަޅުތައްވެސް ހިމެނޭގޮތައްކަން
އެނގެން އޮންނަކަމާއި ދައުލަތުގެ ބާރެއް، ނުވަތަ ދައުލަތުގެ ކަމަކާ ޙަވާލުވެހުރި ކޮންމެ ރަސްމީ
ފަރާތެއްކަމުގައި ވިޔަސް އެފަރާތަކުން ކުރާކަމަކުން ނުވަތަ އަޅާފިޔަވަޅަކުން އެއްވެސް މީހެއްގެ ހައްޤަކާ
ޚިލާފަށް އާރބިޓްރަރީއެއް ނުވަތަ އަނިޔާއެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ އެކަމެއް ކޯޓަށް ހުށަހެޅުމުގެ
ޙައްޤު އެމީހަކަށް ނުވަތަ އެބަޔަކަށް ނުވަތަ އެކަމުން ތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށް
2
02x ތ
ترکی کے
ލިބިގެންވާކަން އެނގެން އޮންނަކަން.
i
3. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް
އުނިކަމެއް ލިބޭނެފަދަ ޢަމަލެއްކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް
މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެ ފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް
މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގައި
ކަނޑައެޅި ބަޔާންވެފައިވުމާއި ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓިސް"ގެ ޞަރީޙަ
ނައްޞުން އިންސާނީ ޙައްޤުތައް "ނޫލް އޮފް ލޯ" (ޤާނޫނުގެ ޙުކުމް)ގެ ޒަރީޢާއިން ޙިމާޔަތް
ކުރަންވާނެކަމަށް ބަޔާންކުރުމަށްފަހު، އެ ޑެކްލަރޭޝަނުގެ 10 ވަނަ މާއްދާގައި ކޮންމެ މީހަކަށްވެސް
ފުރިހަމަ ހަމަހަމަކަމާއެކު ޢަދުލުވެރި އަދި ޢާންމުކޮށް ހުޅުވާލައިގެން އަޑުއެހުން ބާއްވައިގެން، މިނިވަން
މުސްތަޤިއްލު ކޯޓަކުން އެމީހެއްގެ ޙައްޤުތަކާއި ވާޖިބުތައް ކަނޑައަޅައިދިނުމާ އަދި އެމީހަކާ ދެކޮޅަށް ކުރެވޭ
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32ގެ9
ކޮންމެ މީހަކަށް
ކޮންމެ ޖިނާއީ ތުހުމަތަކާ ގުޅިގެން ޝަރީޢަތް ކުރެވި ފައިސަލާވުމުގެ ޙައްޤު
ލިބިގެންވާކަމަށް ބަޔާންވެފައި އޮތުމުން، ޤާނޫނާއި ޤާނޫނުގެ މަބާދީތައް ތަޠުބީޤުކޮށް ލެޖިސްލޭޓިވް
ޤާނޫނުހެދުމުގެ ބާރުގެ އަދި އެގްޒެކްޓިވް( ތަންފީޒީ ބާރުގެ)ގެ ޢަމަލުތައް ދުސްތޫރީ ގޮތުން ސައްޙަކަން
ކަނޑައެޅުމުގެ ފުރިހަމަ ވިލާޔަތާއި އޮތޯރިޓީ ކޯޓުތަކަށް ލިބިގެންވާކަން ކަށަވަރުކޮށްދެނީ "ރޫލް އޮފް ލޯ"ގެ
މަޞްދައުކަމާއި "ރޫލް އޮފް ލޯ އިން އެކްޝަން" ގެ އެންމެ ރަނގަޅު މިސާލުތަކަކީވެސް ޤާނޫނުތަކާއި
ދައުލަތުގެ ރަސްމީ ނިންމުންތައް ދުސްތޫރީގޮތުން ޞައްޙަކަން ބެލުމަށް ޖުޑީޝަލް ރިވިއު ކުރުންކަން
އެނގޭކަމާއި މިއުޞޫލަކީ ކުރިއަރާފައިވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ ޔުނިވަރސަލް
އިސްލާމީ ޝަރީޢަތުގައި ފަރުދުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް އޮތް އެންމެ ބޮޑު
ގެރެންޓީއަކީ ޢަދުލުވެރި ޝަރީޢަތަކުން ފައިޞަލާކުރެވުމުގެ ޙައްޤުކަން އެނގެން އޮންނަކަން.
މަބްދުއެއެކަމާއި
4. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތަކާއި ޔުނައިޓެޑް ނޭޝަންސް އޮރގަނައިޒޭޝަންގެ
ޗާރޓަރުގައިވާ ގޮތުގެމަތިން މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އަދި
ބައިންލްއަޤްވާމީ ޤާނޫނީ ޝަޚްޞިއްގެ ގޮތުގައި ދައުލަތެއް ވުޖޫދުވެ ދެމި އޮތުމުގައި އެ ދައުލަތެއްގައި
ފުރިހަމަވެފައިވުން ޝަރުތުވާ އަސާސީ ރުކުންތަކަކީ ދައުލަތެއްގެ ކަނަޑައެޅިފައިވާ ބިމުގެ ސަރަޙައްދާއި
ރައްޔިތުންނާއި ވެރިކަމުގެ ބާރާއި މި ތިން ރުކުން ކަމަށްވާއިރު، މި ތިން ރުކުނުގެތެރެއިން ވެރިކަމުގެ
ބާރު، ސެޕަރޭޝަން އޮފް ޕަވަރިސްގެ މައްދައާ އެއްގޮތްވާގޮތުގެމަތިން، ޤާނޫނު އަސާސީގެ 5 ވަނަ މާއްދާ
އާއި 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާގައި ތިން ފަންކްޝަން އަދާކުރާ ތިން ބާރުކަމަށް
ބަޔާންކުރުމަށްފަހު، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނުއަސާސީގައިވާ
ގޮތުގެމަތިންކަމަށް ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ސާފު ބަހުން ބަޔާންކޮށްފައިވުމާއި ދައުލަތުގެ ތިން
ބާރުންކުރެ އެއްވެސް ބާރެއް އަނެއް ބާރެއްގެ ދުސްތޫރީ އިޚްތިޞާޞް ނުވަތަ ފަންކްޝަން އަދާކުރުމަކީ
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ10
:
32
ޤާނޫނުއަސާސީ ތަންދޭކަމެއް ނޫންކަން ޤާނޫނު އަސާސީގެ ޞަރީޙަ ނައްޞުތަކުން ސާފުކޮށް އެނގޭކަމާއި،
ޤާނޫނުއަސާސީން ސެޕަރޭޝަން އޮފް ޕަވަރއާއި ތިން ބާރުގެ މެދުގައި ޤާއިމްކޮށްފައިވާ ޗެކް އެންޑް
ބެލަންސް ނިޒާމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާއި، ޤާނޫނުއަސާސީގެ އަސާސީ ފީޗަރއެއްކަން ސާފުކޮށް
އެނގެން އޮންނަކަން.
ނުވެވޭނޭ
އަނެއްeރކުނ
ނިންމާ
5. ބަޔާންވެދިޔަ "ސެޕަރޭޝަން އޮފް ޕަވަރސް" ގެ މައްދައި ދިވެހިރާއްޖޭގެ ދުސްތޫރީ
ނިޒާމުގައި ކަނޑައެޅިފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އޮތްފަދަ ރިޔާސީ ނިޒާމްތަކުގައި މި
ނިޒާމް އޮންނަފަދައިން، މިމަބްދަޢުގެ މަތިން އަދި ބިލް އޮފް ރައިޓްސް ހިމެނޭގޮތަށް، އެކަށައެޅި
ލިޔެވިފައިވާ ޤާނޫނުއަސާސީއެއް ދައުލަތުގައި ހިންގޭ އެންމެ މަތީ ޤާނޫނުގެ ގޮތުގައި އޮތުމުގެ މައްޗަށާއި
މޮންޓެސްކިޔޯގެ ލިޔުންތަކުން ސާފުވެ އެނގެން އޮތް އެއް ބާރު އަނެއް ބާރުގެ މައްޗަށް ޚުދުމުޚްތާރު
ނުވަތަ ނުފޫޒު ނުފޯރުވޭނޭ އަދި އެއްބާރުން
ކުރާކަންތައްތަކާއި
ނިންމުންތައް ހުންނަނީ ދުސްތޫރީ އަދި ޤާނޫނީ އިމުގެ ތެރޭގައިކަން ފާރަވެރިވެ ބެލޭނޭ ދުސްތޫރީ
އިޖުރާއާތުތަކަކާއި ގެރެންޓީތަކެއް ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވުމުގެ މައްޗަށްކަމާއި ދުސްތޫރީ
އެއްވެސް ބާރަކުން ފަހަނައަޅާގޮސްފިކަމަށް ނުވަތަ އެއް ބާރުން
ފަންކްޝަނުގެތެރެއަށް ވަދެއްޖެކަމަށް ނުވަތަ ދުސްތޫރާ ޚިލާފުވެއްޖެކަމަށް ހުށަހެޅޭ މައްސަލަތައްބަލައި
ޖުޑީޝަލް ރިވިއުކުރުމަކީ ޖުޑީޝަރީގެ އަސްލު ފަންކްޝަނެއް ކަމާއި ސްއެއް ނުވަތަ
ދުސްތޫރުން ބަޔާންކޮށްފައިވާ އިން ފަހަނައަޅާ ގޮސްފައިވާކަމަށް ނުވަތަ ޤާނޫނެއް ޤާނޫނުއަސާސީއާ
ޚިލާފުވާކަމަށް ހުށަހެޅޭ މައްސަލަތައް ބަލައި، ދުސްތޫރީ ގޮތުން ސައްހަކަން ނުވަތަ ނޫންކަން
ކަނޑައެޅުމާއި، ޤާނޫނަކީ ކޮބައިކަން ކަނޑައެޅުމާއި ޤާނޫނު ތަފްސީރުކުރުމަކީ ޖުޑިޝަރީގެ
މަސްއޫލިއްޔަތެއްކަމަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ މަޝްހޫރު ތާރީޚީ ޤަޟިއްޔާ މަރބަރީ
މި އިންތައް
މ 04
4
3
2
އަނއިﷲ
ސުޕްރީމް«
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ11532
ވަރސެސް މެޑިސަން ޤާޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވުމާއެކު، މި މައްދައަކީ ދީމިޤްރާޠީ
މުޖްތަމަޢުތަކާއި އަދި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ޤައުމުތަކުން ޤަބޫލުކޮށް ޢަމަލުކުރަމުން އަންނަ
މަބްދައެއްކަމާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި މި އުސޫލު ބަޔާންވެފައިވަނީ އެއާމެދު އެއްވެސް
ޝައްކަކަށް ޖާގަލިބޭގޮތަކަށް ނޫންކަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުން ނިމިފައިވާ
ޤަޟިއްޔާތަކުގައި މި އުޞޫލު ސާފުކޮށް ބަޔާންކޮށްފައިވާކަމާ އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 02/SC
-
C/2009 ޤަޟިއްޔާ އާއި 23/SC
-
C/2010 ޤަޟިއްޔާ އާއި 13/SC
-
A/2009
ޤަޟިއްޔާ ފާހަގަކުރެވިފައިވެ އެވެ.
6. (ހ) ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން
އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި އަދި މިބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށް
އޮވެފައި، ދައުލަތުގެ ތިން ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނުހެދުމުގެ ބާރާއި ޢަދްލު
އިންޞާފު ޤާއިމްކުރުމުގެ ބާރަކީ ޤާނޫނުއަސާސީން އުފައްދާފައިވާ ތިން ބާރުކަން ޤާނޫނުއަސާސީގެ 5
ވަނަ މާއްދާ އާއި 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާއިން އެނގެން އޮތުމާއި ދިވެހި ދައުލަތުގެ އެންމެހައި
ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިންކަމަށް އޮތުމުން ދައުލަތުގެ ބާރުތަކާއި ދައުލަތުގެ
އެކިކަންތަކާ ޙަވާލުވެފައިވާ ފަރާތްތަކާ ޙަވާލުވެފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ ޤާނުނީ
މަސްއޫލިއްޔަތުތައްކަމާއި އެ ފަރާތްތަކާ ޙަވާލުވެފައިވާކަންތައް ޙަވާލުވެފައިވަނީ ޤާނޫނުއަސާސީއާ
ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި ރައްޔިތުންގެ ތެރެއިން ވަކިވަކި ފަރުދުންގެ އަސާސީ
ޙައްޤުތައް ޙިމާޔަތްކުރުމުގެ ޝަރުޠާއި ޢަހްދުގެ މަތިންކަން އެނގޭކަމާއި ދައުލަތުގެ ބާރުތަކުގެ ތެރޭގައި
ހިމެނޭ ކޮންމެ ބާރަކުން
މަކުންވެސް އެ ބާރެއްގެ އިޚްތިޞާޞްތަކާއި ފަންކްޝަން އަދާކުރަންވާނީ ޤާނޫނުއަސާސީން
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
202.0
ސަފްޙާ1232
އެބާރަކަށް ކަނޑައެޅިފައިވާ ދުސްތޫރީ އިންތަކުގެތެރޭގައި ޤާނޫނުއަސާސީއާއި އެއްގޮތްވާ
ގޮތުގެމަތިންކަން
އެނގެން އޮންނަކަން.
ދ 2
0
42 ވ 2
ބަޔާންވެގެނެވެ
f
ގެ 268
##
(ށ) "ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި
ގޮތުގެމަތީންނެވެ. ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައިކަންކަން
ފުރިހަމަކުރާންވާނެއެވެ. މިޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން
ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް
ނުހިނގާނެއެވެ. މިޤާނޫނު އަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލްކަމެކެވެ. ޤާނޫނުއަސާސީގެ
ވަނަ މާއްދާގައި ޞަރީހަ ނައްޞުން ބަޔާންވެފައިވުމާއި ޤާނޫނު އަސާސީގެ 298 ވަނަ މާއްދާގެ (ހ)ގައި
ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުންނާއި
މުއައްސަސާތަކުންނާއި ދައުލަތުގެ މަޤާމްތަކާ ޙަވާލުވެ ތިބިމީހުންނާއި އެންމެހައި ރައްޔިތުން މި
ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު މި ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް
ކިޔަމަންވެ ޢަމަލުކުރަންވާނެކަމަށް އޮތުމުން ރާއްޖޭގެ ސަރަޙައްދުގައި ހިނގާ އެންމެ މަތީ ޤާނޫނަކީ ޤާނޫނު
އަސާސީކަމާއި ދިވެހި ރާއްޖޭގައި އޮތީ ސުޕްރިމަސީ އޮފް ދަ ކޮންސްޓިޓުޝަން އަދި "ނޫލް އޮފް ލޯ"
(ޤާނޫނުގެ ވެރިކަން) ގެ މަޞްދައުކަން ޤާނޫނުއަސާސީގެ
ޞަރީޙަ ނައްޞުން
ނައްޞުން ސާފުކޮށް
އޮންނަކަމާއި އެގޮތުން ދައުލަތުގެ ފަރާތެއްގެ ނިންމުމެއް ނުވަތަ ފިޔަވަޅެއް ނުވަތަ
އިޖުރާއަތެއްވިޔަސް އާރބިޓްރަރީއިން ނުވަތަ އަނިޔާއިން އެއްކިބާވެފައިވާ ނިންމުމެއްކަން ނުވަތަ
ފިޔަވަޅެއްކަން ކަށަވަރުކުރެވުމުގެ ޙައްޤަކީ "ރޫލް އޮފް ލޯ ގެ އަސާސްކަމާ އެހެންކަމުން "ނޫލް އޮފް
ލޯ"، އަށް (ޤާނޫނުގެ ޙުކުމަށް) ތަބާވާ ކޮންމެ ދައުލަތެއްގެ ވެސް އަސާސީ މަޤްސަދަކަށްވާންވާނީ ވަކި
އެނގެން
04
އަވަސް
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ13132
ސައެއްގެ 2
ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ ތަޢައްޞުބުން އެއް
އެއްކިބާވެފައިވާ
ޝަރުޢީ ކޯޓެއްގެ ކުރިމަތީގައި ދައުލަތުގެ ކޮންމެ ގުނަވަނެއް ނުވަތަ މުއައްސަސާއެ
ޢަމަލަކުން ކަމުގައި
ވިޔަސް އެ ޢަމަލެއްގެ ސަބަބުން ލިބިފައިވާ އަރބިޓެރަރީއެއް ނުވަތަ އަނިޔާއެއް އޮތްނަމަ، އެކަށީގެންވާ
ޢަދުލުވެރި ޕްރޮސީޖަރތަކަކުން އެކަމަކަށް ޢަދުލުވެރި ޙައްލެއް ލިބިދިނުންކަމާ މި ޙައްޤަކީ ދުސްތޫރީ ގޮތުން
ގެރެންޓީ ކުރެވިފައިވާ ޙައްޤެއްކަމާއި ދުސްތޫރީގޮތުން ރޫލް އޮފް ލޯގެ މޮޑަރން މަފްހޫމް ކަނޑައެޅިފައިވަނީ
އެންމެހައި ނުފޫޒްތަކުން އެއްކިބާކުރެވިފައިވާ މިނިވަންކަމާ މުސްތަޤިއްލުކަމާއެކު މަސައްކަތްކުރެވޭ ޖުޑީޝަލް
ނިޒާމެއް ޤާއިމްވެ އޮތުމުގެ މައްޗަށް ކަން ސާފުކޮށް އެނގެން އޮންނަކަން.
ކަން
7. ރޫލް އޮފް ލޯއަކީ ދައުލަތުގެ އެންމެހައި ބާރުތަކާއި ދައުލަތުގެ ރަސްމީ
އެންމެހައިފަރާތްތަކުގެ އެންމެހައި މަސައްކަތް ޤާނޫނުގެ ޙުކުމުން (ރޫލް އޮފް ލޯ) އިން ރެގިއުލޭޓްވުން
އެނގޭކަމާއި ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް
ހަމަހަމަވެގެންވާ މީހެއްކަމާއި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު
ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤަކަށްވެފައި ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުމަކީ
އެންމެހައި ޙައްޤުތައް އެ އަސާސެއްގެ މައްޗަށް ބިނާވާ އަސާސްކަމަށްވާއިރު، ޤާނޫނުގެ ކުރިމަތީގައި
ހަމަހަމަކަން އޮތުމުގެ އަސާސް ލާޒިމްކުރަނީ ދައުލަތުގެ އެއްވެސް ބާރަކުން އިޚްތިޔާރާއި ބާރު
ނުންކުރުމުގައި އެއްވެސް މީހަކާމެދު އާރބިޓަރަރީއެއް (އަނިޔާއެއް ނުވުންކަމާއި އާރބިޓްރަރީ ގޮތްތައް
ނަފީނުވާ ކޮންމެ ނިންމުމެއް ނުވަތަ ފިޔަވަޅަކީ ރޫލް އޮފް ލޯއާ ޚިލާފު ނިންމުމެއް ނުވަތަ ފިޔަވަޅެއްކަމާއި
ރޫލް އޮފް ލޯއާ ޚިލާފު ކޮންމެ ނިންމުމަކީ ނުވަތަ ފިޔަވަޅަކީ ބާޠިލު ނިންމުމެމެއް ނުވަތަ ފިޔަވަޅެއްކަން
އެނގޭ
ނގޭކަން.
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ1432
2x ހ2
1,284
8. ދިވެހި ދައުލަތަކީ ފުރިހަމަ މިނިވަންކަން ލިބިފައިވާ އިސްލާމީ އުޞޫލުތަކުގެ މައްޗަށް
ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަމަށް ޤާނޫނު
އަސާސީގެ 2 ވަނަ މާއްދާގައި ބަޔާންވެފައިވުމާއި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެފައިވާ
އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާނޭ ގޮތެއްގެމަތީން ކޮންމެ
މީހަކަށް ލިބިގެންވާކަމާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމަށްފަހު އެ މާއްދާގެ
(ށ) ގައި އިސްލާމް ދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމައްޓަކައި ޤާނޫނުއަސާސީގެ 2 ވަނަ
ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް އެ މާއްދާގެ (ހ) ހުރަހެއްނާޅާކަމަށް އޮންނަ
ކޮންމެ މީހަކަށްމެ ލިބޭ ޙައްޤުތަކާ ގުޅިގެން ކޮންމެ ރައްޔިތެއްގެ މައްޗަށް ވާޖިބުވާ
މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމާއި ދީމިޤްރާޠީ
އުޞޫލުތަކާއި ގޮތްތައް ކުރިއެރުވުމުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނޭ ގޮތެއްގެމަތިން
މިމަސްއޫލިއްޔަތު އަދާކުރުމަށް އޮންނަ އޮތުމާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައިނުވާ ކަންކަން
ނިންމުމުގައި
ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާގޮތަށް ފަނޑިޔާރުން
ޚިޢާޔަތްކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި އޮތް އޮތުމުގެ މައްޗަށް ބަލާއިރު،
ފުރިހަމަ މިނިވަންކަންކަމާއި ސިޔާދަތު ލިބިގެންވާ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ
އަމިއްލަ ވެރިކަންކުރާ، ދީމިޤްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަމުގައިވުމާއި އިސްލާމީ ޝަރީޢަތުގެ
މައްޗަށް ބިނާކުރެވިފައިވާ ޤާނޫނީ އަދި ޝަރުޢީ ނިޒާމެއް އޮތުމާއި ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައިވާ
އަސާސީ ޙައްޤުތަކާއި މިނިވަންކަންތަކައް ރައްކާތެރިވުމަކީ ޤާނޫނުއަސާސީގެ އަސާސީ ފީޗަރތަކެއްކަމާއި
އަދި މި އަސާސީ ފީޗަރތަކަކީ ދިވެހި ދައުލަތް އެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، ދިވެހި ދައުލަތުގެ
އެންމެ މަތީ މަބާދީތަކުގެ ތެރޭގައި ހިމެނޭ ކަންތައްކަމާއި މިއިން އެއްވެސް އަސާސެއް މުގުރާލެވިއްޖެނަމަ
ސުޕްރީމް *
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ15532
223 ހއ 2
wރން
އެންމެ މަތީ
މުޅި ދައުލަތުގެ ވުޖޫދަށް އަދި ދުސްތޫރީ ހުސްކަމަކަށް ދައުލަތް އަތުވާދޭނޭ
މަޞްދައުތައްކަމުގައި ހިމެނޭ ކަންތައްތަކެއްކަން އެނގޭކަން.
9. ދުސްތޫރީ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމަކީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި ޤާނޫނު އަސާސީއާ
ޤާނޫނު މާނަކުރުމުގައްޔާއި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ
ނިންމުމަކީ އެންމެފަހުގެ ނިންމުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ
މާއްދާގެ (ނ) ގައި ބުނެފައިވާތީއާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އެންމެ މުހިންމު އެއް ސިފައެއްގެ
ގޮތުގައި ދައުލަތުގެ ވެރިކަމުގެ ތިން ބާރު ވަކިވެފައިވުމުގެ މައްދައު ހިމެނިފައިވާކަމާއި، މިނިވަން
މުސްތަޤިއްލު ޖުޑީޝަރީއަކީ ޤާނޫނުއަސާސީއާ ޤާނޫނުގެ ސިޔާދަތާއި، ރޫލް އޮފް ލޯ ނެގެހެއްޓުމާއި
އެންމެހައި ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންނަށް ޤާނޫނީ ޙިމާޔަތް ލިބިދިނުމަށާއި، ޑިމޮކްރަސީ
ދެމެހެއްޓުމުގެ މައިގަނޑު އަސާސްކަމުގައިވާތީ ދައުލަތުގެ އެންމެހައި ނިންމުންތައް ހުންނަނީ ޤާނޫނުގެ
ސިޔާދަތާއި ޤާނޫނުއަސާސީ ކަނޑައަޅާގޮތާއި އެއްގޮތަށްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީ ޖުޑީޝަރީގެ
ޢާންމު އިޚްތިޞާޞްގައި ހިމެނޭކަމެއްކަމާއި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ
އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވުމާއި ޤާނޫނުއަސާސީއާ ޤާނޫނު މާނާކުރުމުގެ އެންމެ އިސްފަރާތަކީ
ވެސް ސުޕްރީމް ކޯޓު ކަމަށްވުމާއި ދައުލަތުގެ އެހެނިހެން ބާރުތަކުން ޢަމަލުކުރަނީ ޤާނޫނީ އަދި ދުސްތޫރީ
އިމުގެ ތެރޭގައިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޞާޞް ސުޕްރީމް ކޯޓުގެ އަޞްލީ
އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމާއި، ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ އިސް ކޯޓަށް ވީތީ އެ ކޯޓުގެ
ޒާތުގައި އެ ކޯޓަށް ދުސްތޫރީ މައްސަލަ ބެލުމުގެ ވިރާތީ އިޚްތިޞާޞް ލިބިގެންވާކަމާއި މިގޮތުން
ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޞާޞްގެ ދަށުން ޤައުމު ޤާނޫނީ ހުސްކަމަކަށްދިއުން ނުވަތަ ދުސްތޫރީ
#
ސުޕްރީމްA
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32ގެ16
04 032&
22
22 ތތ ހދ|
ރެނ ކމއ
ނިޒާމުން ދައުލަތް ބޭރުވުންފަދަ ޤާނޫނީ އިމުން ހިނގާނަމަ، އެކަމެއް ހުއްޓުވުމަށްޓަކައި
ސުޕްރީމް ކޯޓުގެ އިޚްތިޞާޞްގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވާކަމަށް
ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
C/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވުމާއި، މި އުޞޫލު އެނޫން
ދުސްތޫރީ ޤާޟިއްޔާތަކުގައިވެސް ކަށަވަރުކޮށްދީފައިވާކަން.
10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖުޑީޝަލް ރިވިއުކޮށް ޤާނޫނުގައި ނުވަތަ
ޤާނޫނުއަސާސީގައި ކަމެއް އޮތްގޮތް ކަނޑައަޅައި ބަޔާންކޮށްފައިވާ ނިންމުމަކާ ޚިލާފަށް ޤާނޫނެއް ނުވަތަ
ޤާނޫނަކުން ބައެއްވިޔަސް ނުވަތަ ދައުލަތުގެ އެއްވެސް ފަރާތެއްގެ އެއްވެސް ބާވަތެއްގެ ނިންމުމެއް ނުވަތަ
ނިންމުމެއްގެ ބައެއް ނުވަތަ އިޖުރާއަތެއް ނުވަތަ އިޖުރާއާތަކުން ބައެއް ހުރެއްޖެނަމަ އެ ޚިލާފުވީ މިންވަރަކީ
ރެސްޖުޑިކާޓާ (ކަނޑައެޅުނު ޙުކުމުގެ ޤާނޫނީ ބާރު ދެމިއޮތުމުގެ އުޞޫލު) އާ ޚިލާފު އަދި ދުސްތޫރީ ގޮތުން
ބާޠިލު އެއްޗެއްކަން އެނގެން އޮންނަކަމާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކުގައި ކަނޑައަޅައި
ބަޔާންކުރާ އަދި ތަޠުބީޤުކުރާ ޤާނޫނުގެ ރޫލްތަކާއި ޤާނޫނީ މަބާދީތަކަކީ އެއަށް ތަބާވާންޖެހޭ ރޫލްތަކާއި
މަބާދީތަކެއްކަމާއި ކޮންމެ ޤަޟިއްޔާއެއްގައިވެސް އެ ޤަޟިއްޔާގެ ޙުކުމާއި އެ ޙުކުމް ބިނާކުރާ ސަބަބުތަކާއި
ނުކުރެވޭނެކަމާއި މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
RU/2011
ރޫލިންގައި ސާފުކޮށް ބަޔާންކޮށްފައިވާކަން،
11. ދުސްތޫރީ މައްސަލައެއް ބެލުމުގައި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ
ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން
އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެ
ޚިލާފުވާ މިންވަރު އެއީ ބާޠިލު އެއްޗެއް ނުވަތަ ބާޠިލުކަމެއްކަމުގައި ކަނޑައެޅުމުގެ ބާރު ކަމާބެހޭ
ކޯޓުތަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވުމުން މީގެ
ސުޕްރީމް«
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32ގެ17
ތެރޭގައި ދައުލަތުގެ
ބާރުތަކުންނާއި ދައުލަތުގެ އެންމެހައި ރަސްމީ ފަރާތްތަކުން ނިންމާ ނިންމުންތަކާއި
ޤަރާރުތަކާއި އިޖްރާއާތު އެއްވެސް އިސްތިސްނާއެއްނެތި ހިމެނިފައިވާކަން ސާފުކޮށް އެނގެން އޮންނަކަމާއި
މިފަދަ ނިންމުމަކާ ގުޅިގެން ޢަދުލުވެރި އެހެނިހެން އަމުރުތައް ނެރުމުގެ ބާރު ކަމާބެހޭ ކޯޓުތަކަށް
ލިބިގެންވާކަމަށް މި މާއްދާގެ (ހ) ގައި ބަޔާންވެފައިވުމާއި ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނެއް ނުވަތަ
ޤަވާޢިދެއްގެ ސަބަބުން ނުވަތަ ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާކަމެއް ނުވަތަ އިޖްރާއާތެއްގެ
ސަބަބުންވިޔަސް މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ޢަދުލުވެރި އިންސާފުވެރި
ބަދަލު ލިބިދިނުމަށްޓަކައި އަމުރުތައް ނެރުމަކީ ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޯޓުތަކަށް ލިބިގެންވާ
ބާރެއްކަން ޤާނޫނު އަސާސީގެ 144 ވަނަ މާއްދާއިން ކަށަވަރުވެ އެނގެން އޮންނަކަމާއި މި އުޞޫލުން
އެހެނިހެން ދީމިޤްރާޠީ ދައުލަތްތަކުގެ ކޯޓުތަކުން އަސާސީ ހައްޤުތައް ތަންފީޒްކުރުމަށް ނެރޭ ހޭބިއަސް
ކޯރޕަސް، މެންޑަމަސް، ސަރޝިއަރަރީ، ރިޓް އޮފް ޕްރޮހިބިޝަން، ކުއޯ ވޮރަންޓޯ ޠަބީއަތުގެ އަމުރުތައް
ޤާނުނުއަސާސީގެ ބުނެވިދިޔަ މާއްދާގެ (ނ) އާއި ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ދުސްތޫރީ ކޯޓުތަކުން މިފަދަ
އަމުރު ނެރޭ އުޞޫލަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެމުން އަންނަކަމާއި މިފަދަ
އަމުރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާ އާއި
20/SC
-
A/2010 ޤަޟިއްޔާއިން ނެރެފައިވާ ހޭބިއަސް ކޯރޕަސް އަމުރާއި ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 01/SC
-
SJ/2012 އަމުރު ހިމެނިފައިވާކަން އެނގޭކަމެވެ.
/
<
22
ބަޔާންވެ ދިޔަ ސަބަބު އެގޮތަށް ހުރުމުން
ހު ދަޢުވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޞްލީ
އިޚްތިޞާޞްގެ ދަށުން ބަލައި ނިންމުމަށް ނިންމާފައިވާ ނިންމުން، ޗެލެންޖްވެ އެ ނިންމުމާމެދު ޤާނޫނީ
ޖަދަލެއް ނުވަތަ ދެބަސްވުމެއް އުފައްދާނެ އެއްވެސް ސަބަބެއް ނެތްކަން އެނގެން އޮންނާތީ އެ
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ1832
އިޢުތިރާޚަކީ ބަލައިގަނެވެންއޮތް އިޢުތިރާސެއް ނޫންކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ކަނޑައެޅުނެ
(ބ) ފަސްވަނަކަމަކީ، ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި
މިނިވަންކަމުގެ ތެރޭގައި ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ގެރެންޓީތައް
ހިމެނޭކަމާއި އޭގެތެރޭގައި ކޯޓު ޙުކުމަކުން ކުށް ސާބިތުނުވާހައި ހިނދަކު ބަރީއަ މީހެއްކަމުގައި ބެލެވުމާއި
ތިމާގެ ނަފްސު ދިފާޢުކުރުމުގެ ފުރިހަމަ ގެރެންޓީ ހިމެނިފައިވާކަމާއި މި ޙައްޤަކީ ޔުނިވަރސަލް
ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްއާއި މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ
މުޢާހަދާގައި ކަށަވަރުކޮށް ދީފައިވާ ޙައްޤެއްކަމާއި އިންޞާފުވެރި ޝަރީޢަތެއްގެ ޢަޞްލު ރުކުނަކީ
ދިފާޢުވުމުގެ ޙައްޤުކަމާއި މި ޙައްޤު ގުޅިފައިވާނީ ދުސްތޫރީ އެތައް ޙައްޤުތަކަކާ ކަމާއި އޭގެތެރޭގައި ޖިނާއީ
ޝަރީޢަތަކުން ކުށް ސާބިތުނުވާހައި ހިނދަކު، "އަލްބަރާތުލް އަޞްލިއްޔާ" ގެ މައްދައު ނަފީނުވެ
ދެމިއޮތުމުގެ ޙައްޤާއި މުއްތަހަމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޝަރީޢަތްކުރެވުމުގެ ޙައްޤާއި
ތުހުމަތުކުރެވުމާއި ދިފާޢުވުމާ ދެމެދުގައި ހަމަހަމަކަން (ތަވާޒުން) އޮތުމުގެ މައްދަޢަކީ ޙައްޤުތަކާއި
މިނިވަންކަންތަކާއި ދައުލަތުގެ ޢާންމު މަޞްލަޙަތާ ދެމެދުގައި ހަމަހަމަ ބަލަންސް ޤާއިމްވެފައި އޮތުމަށްޓަކައި
4 224 22
ލާޒިމްވެގެންވާ ޙައްޤައްކަން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަކަމަކީ، ޖިނާއީ ޢަދުލުގެ ނިޒާމް ތެރޭގައި ފަރުދުންގެ ޙައްޤުތަކާއި
މިނިވަންކަންތަކަށް އޮންނަ ގެރެންޓީތަކާއި، ކުށުގެ ޢަމަލުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޢަމަލުތައް
ކުރާ ފަރާތްތަކަށް އަދަބުދީގެން ދައުލަތުގެ ނިޒާމް ޢާންމާއި މުޖްތަމަޢު ޙިމާޔަތްކުރުމާއި ޖިނާއީ އިޖްރާއާތުގެ
ޒަރީޢާއިން ދައުލަތް ނުވަތަ ޖަމާޢަތުގެ މި ޙައްޤު ލިބިގަތުމުގެ ބާރު ދައުލަތަށް ލިބިފައި އޮންނަ އުޞޫލަށް
ރިޢާޔަތްކުރާއިރު، ކުށުގެ ޢަމަލުތައް ކަނޑައެޅުމާއި އެޢަމަލުތަކަށް އަދަބު ދިނުމުގައި ފަރުދުންގެ ފަރުދީ
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ32ގެ19
ތ 2
پہ کرو
ހައްޤުތަކަށް އޮތް އެންމެ ބޮޑު ގެރެންޓީއަކީ ޢުޤޫބާތުގެ ޤާނޫނާއި ޖިނާއީ އިޖުރާއާތުގެ މަބާދީތަކާ
ގޮތުގެމަތިން އަދި ޖިނާއީ ނިޒާމުގެ ތެރެއިން އެ ފަރުދުންނާ މެދު ޢަމަލުކުރެވުންކަމާއި ދައުލަތުގެ ޢާންމު
މަޞްލަޙަތު ޙިމާޔަތްކުރެވެނީ ޢުޤޫބާތުގެ ޤާނޫނާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ނިޒާމުގެ
ތެރޭގައިކަމަށްވާއިރު، ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަންތަކަކީ ސީދާ ދުސްތޫރުން ކަށަވަރުކޮށްދޭ
ގެރެންޓީތަކެއްކަން އެނގެން އޮންނަ އޮތުމެވެ.
(ކ) ހަތްވަނަކަމަކީ، ޖިނާއީ ތުހުމަތެއް ކުރެވިފައިވާ މީހާއަށް ދުސްތޫރުގައި ގެރެންޓީކޮށްދޭ
ދިފާޢީ ޙައްޤުތަކުގެ ތެރޭގައި އަންނަނިވި ޙައްޤުތައް ހިމެނިގެންވާކަ
މިގެންވާކަން އެނގެން އޮންނަ އޮތުމެވެ.
(1) ކުރެވިފައިވާ ތުހުމަތުގެ މަޢުލޫމާތު ފުރިހަމައަށް ލިބުމުގެ ޙައްޤު (2) މިނިވަންކަމާއެކު ބަޔާން
ދިނުމުގެ ޙައްޤު (3) ޖިނާއީ ޚުޞޫމަތެއްގައި ޙަޤީޤަތް ދެނެގަތުމަށް މަސައްކަތްކުރެވޭ ހިނދު، މުއްތަހަމާ
ދެކޮޅަށް ހުރި ހެކިތައް އެފަރާތަށް ކުރިމަތިކޮށް ދިފާއު ހުށަހެޅުމުގެ ފުރުޞަތު އެފަރާތަށް ދިނުމުގެ
އުޞޫލަށް ޢަމަލުކުރެވު.
ރެވުން (4) ޤާނޫނީ ވަކީލެއްގެ އެހީގައި ދިފާޢުވުމުގެ ޙައްޤު.
މައްޗަށް
(އ) އަށްވަނަކަމަކީ، ކުށެއްގެ ތުހުމަތުކުރެވިފައިވާ ކޮންމެ މުއްތަހަމެއްގެ
ޢަދުލުވެރި ޖިނާއީ ޝަރީޢަތެއް ހިންގައި ކޯޓަކުން ޝަރުޢީ ހަމަތަކުގެ މަތިން އެ މީހާގެ މައްޗަށް ކުށް
ސާބިތުނުވާހައި ހިނދަކު އެމީހަކީ ބަރީއަ މީހަކުކަމުގައި ބަލައިގެން ޖިނާއީ ތަޙްޤީޤު އަދި ޝަރީޢަތް
ހިންގުމާއި އަދި ދައުލަތުގެ އެއްވެސް ކަމަކާ ޙަވާލުވެހުރި ފަރާތެއް ނުވަތަ އެހެން ފަރާތެއް ނުވަތަ
އެއްވެސް ފަރުދަކުވިޔަސް ކޯޓުން ޙުކުމެއް އައުމުގެ ކުރީގައި ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުށް
ސާބިތުވާކަމަށް ބަޔާންދީ ހަދައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
20/SC
-
A/2010 ޤަޟިއްޔާ އާއި 20/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި
ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމަކީ ކޮންމެ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
ސުޕްރީމް *
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ20532
މީހަކަށް ލިބިގެންވާ އަސާސީ ޙައްޤެއްކަމަށް ބަޔާންވެފައިވުމާއި، އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ
ޝަރީޢަތުގެ ޢަޞްލުތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޝަރީޢަތް ޙިމާޔަތްކުރާ މައިގަނޑު މަޤާޞިދުގެ
ތެރެއިން އެއް މަޤްޞަދުކަން އެނގޭކަމާއި، އެގޮތުން ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ ޢަދުލުވެރި
ޝަރީޢަތެއްކޮށް ޤާޟީގެ ޙުކުމުން އެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާހައި ހިނދަކު ބަރީއަ މީހެއްކަމުގައި
ބަލަން ޖެހުމަކީ އިސްލާމީ ޝަރީޢަތުގެ އަސާސެއްކަން އެނގޭނީ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހެއްގެ
މައްޗަށް ކުށް ސާބިތުވަންދެން ނުވަތަ ސާބިތުވާ ކުށެއްނެތްކަން ކަނޑައެޅެންދެން ކުރެވިފައިވާ ޖިނާއި
ކުށުގެ ތުހުމަތާ ގުޅިގެން ހިންގާ އިޖުރާއާތު އެހެން ނިޒާމެއްގެ ތެރެއިން ހިންގުމަކީ މި އުޞޫލާ
އެއްގޮތްވާކަމެއް ނޫންކަން އެނގެން އޮންނައޮތުމެވެ.
(ވ) ނުވަވަނަކަމަކީ، އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީއާ ބައިނަލްއަޤްވާމީ އިންސާނީ
ހައްޤުތަކާބެހޭ މުޢާހަދާތަކުން ފަރުދީ ޙައްޤުތަކަށާއި މުޖުތަމަޢުގެ ޢާންމު މަޞްލަހަތާއި މުޖުތަމަޢުގެ
ޙައްޤުތައް ޔަޤީންކޮށްދޭ އެންމެ އަސާސީ އެއް ގެރެންޓީއަކީ ޖިނާއީ ނިޒާމުގެ ތެރޭގައި ކުށުގެ
ތަޙްޤީޤުކުރުންކަމާއި މީގެ އެންމެ މުހިންމު އެއް ރުކުނަކީ ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުދީފައިވާ
ޖިނާއީ ތަޙްޤީޤުކުރުމުގެ އޮތޯރިޓީއަކުން ކުށުގެ ތަޙްޤީޤުކުރުންކަމާއި، މިއީ ކުށުގެ މައްސަލައެއްގެ ތަޙްޤީޤު
ލެޖިޓިމޭޓް (ދުސްތޫރީ އަދި ޤާނޫނީ ގޮތުން ޞައްޙަ، ތަޙްޤީޤުކަށްވުމުގެ އަސާސީ ޝަރުތެއްކަމާއި މި
އުޞޫލުން ކުށުގެ ތަޙްޤީޤު ހިންގާ އޮތޯރިޓީއަކީ އެކަމަށް ޤާނޫނަކުން ޚާއްޞަކުރެވިފައިވާ މުސްތަޤިއްލު އަދި
ޤާބިލުކަން ހުރި އޮތޯރިޓީއަކަށްވާންވާނެކަމާއި އަދި އެ އޮތޯރިޓީއަކީ ތަޙްޤީޤުގެ އެންމެހައި އިޖްރާއާތުތައް
ހިންގަނީ ރަނގަޅަށްކަމާ އަދި އެ އިޖްރާއާތު ހިންގެނީ މުއްތަހަމަށް ދިފާޢުވުމުގެ ޙައްޤު ލިބިދެވިގެންކަން
ވަޒަންކުރުމުގެ އިޚްތިޔާރާއި ބާރު ލިބިގެންވާ އޮތޯރިޓީއަކަށް ވާންވާނެކަމާއި މި ގެރެންޓީގެ ނަތީޖާއެއްގެ
ގޮތުން ތުހުމަތުކުރުމާއި ތަޙްޤީޤުކުރުން ދެ އޮތޯރިޓީއެއްގެ މެދުގައި ނުވަތަ މަރުޙަލާތަކަކަށް ބަހާލެވިފައި
22
2x
ސުޕްރީމް«
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ21532
04
xތ
އޮތުމުގެ މައްދައު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ޤާއިމުވެފައިވާކަމާއި، އެގޮތުން ޤާނޫނުއަސާސީގެ 244
ވަނަ މާއްދާއަށް ބަލާއިރު، ކުށުގެ ތަޙުޤީޤުގެ ފުރަތަމަ މަރުޙަލާއަކީ ފުލުހުންގެ ތަޙުޤީޤު މަރުޙަލާކަމާއި، މި
މަރުޙަލާގައި ހެކިތައް ހޯދައި ޖަމާކުރުމާއި އެ ހެކިތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ކުށުގެ ދަޢުވާއެއް
ކުރެވެން އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށް އެ
މުއައްސަސާގެ ފަރާތުން ބޭނުންވާ ތައްޔާރީތައްކުރުންފަދަ އިޖްރާއާތު ހިމެނޭ ކަމާއި، ޖިނާއީ އިޖްރާއާތުގެ
ދެ ވަނަ މަރުޙަލާއަކީ ޖިނާއީ ކުށުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް ބަލާ މަރުޙަލާކަމާއި ހެކިތައް
އެއީ ޤާނޫނީ ހަމަތަކުގެ މަތިން ހޯދިފައިވާ ޞައްޙަ ހެކިތައްކަން ކަށަވަރުކުރުމާއި ދަޢުވާ
ހުށަހެޅޭވަރަށް ހެކިތައް ހުރިކަން ކަނޑައަޅައި ޖިނާއީ އިޖްރާއާތުގެ ތިންވަނަ މަރުޙަލާކަމުގައިވާ ޖިނާއީ
ޝަރީއަތް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި ދައުލަތް ނުވަތަ ޖަމާޢަތުގެ ނަމުގައި ޖިނާއީ ދަޢުވާކޮށް ދަޢުވާ
ސާބިތުކުރުމުގެ މަސްއޫލިއްޔަތުގެ އިތުރަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ހ) އާއި
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއަށް ބަލާއިރު، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދައުލަތުގެ ޙައްޤުތަކާއި
ފަރުދުންގެ އަސާސީ ޙައްޤުތައް ބެލެންސްކޮށް ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ޤާނޫނުގެ ޙުކުމް
ނެގެހެއްޓުމުގައި ވަކި ފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސެކިއުޓަރ ޖެނެރަލްގެ ބެލެހެއްޓުމުގެ ދަށުން
ޖިނާއީ ދަޢުވާގެ އިޖުރާއާތު ދިޔުމަކީ ޤާނޫނުއަސާސީން ޔަޤީންކޮށްދޭ މުޙިންމު އެއް ގެރެންޓީކަން އެނގެން
އޮންނަކަމެވެ.
(މ) ދިހަވަނަކަމަކީ، ކޮންމެ ފަރުދަކަށްވެސް އެ ފަރުދަކާ ދެކޮޅަށް ކުރެވިފައިވާ ކުށުގެ
ތުހުމަތާ ގުޅިގެން އެކަށީގެންވާ އަވަސް މިނެއްގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ޝަރީޢަތްކުރެވުމަކީ
އެ ފަރުދަކަށް ލިބިފައިވާ ޙައްޤެއްކަން ޤާނޫނުއަސާސީންނާއި، އިންސާނީ ޙައްޤުތަކާއިބެހޭ ބައިނަލްއަޤްވާމީ
މުޢާހަދާތަކުން ސާފުކޮށް އެނގެން އޮތުމާއި، އެއްވެސް ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ޝަރުޢީ
ސުޕްރީމް«
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32ގެ22
ދތކތ
އޮdށް
ކޯޓަކުން ޤާޟީއަކު ކުރާ ޙުކުމެއްގެ މެނުވީ އެ ކުށަކަށް އަދަބެއް ނުދެވޭނެކަން އަދި ކުށެއް
ސާބިތުނުވާނަމަ އަބުރާ ޢިއްޒަތާއެކު މުއްތަހަ ކުށުން ބަރީއަވެގެންވާކަން ކަނޑައެޅުމުގެ ޙައްޤަކީ ދުސްތޫރީ
ގޮތުން ޔަޤީންކޮށްދީފައިވާ ޙައްޤެއްކަން އެނގެން އޮންނަކަމެވެ.
(ފ) އެގާރަވަނަކަމަކީ، ޖިނާއީ ޢަދުލުގެ ނިޒާމު ބިނާވެފައިވަނީ ޢާންމު މަޞްލަޙަތާއި
ފަރުދީ ޙައްޤުތަކާއި މިނިވަންކަންތަކާއި ވަޒަން ހަމަހަމަކޮށް ބެހެއްޓުމުގެ (ބެލެންސް ކުރުމުގެ) މައްޗަށް
ކަމަށްވާއިރު، ޢާންމު މަޞްލަހަތު ކަނޑައެޅިފައިވަނީ ޙަޤީޤަތް ހޯދައި ހާމަކުރުމާއި އަދަބު ދިނުމުގެ ޙައްޤު
ދައުލަތަށް ލިބިގެންވުމުގެ މައްޗަށްކަމާއި އަދި މިކަންތައް ހުއްޓިފައިވަނީ ކުށުގެ ޢަމަލެއް ހިނގައިފިކަމާއި އެ
ޢަމަލު މުއްތަހަމަށް (ތުހުމަތުކުރެވޭ މީހާއަށް) ނިސްބަތްވުމުގެ މައްޗަށްކަމާއި، ފަރުދީ ޙައްޤުތަކާއި
މިނިވަންކަންތައް ޙިމާޔަތްކޮށް އިންސާނީ ކަރާމަތަށް ރައްކާތެރިވުމުގެ މަޞްލަޙަތު ކަނޑައެޅިފައިވަނީ
މުއްތަހަމުގެ ޙައްޤުތަކާއި މިނިވަންކަންތަކަށް ޔަޤީންކަން ލިބުންކަމާ އެގޮތުން މި ދެ މަޞްލަޙަތު
ތަވާޒުންކުރެވޭނެގޮތަކީ މި ތަވާޒުނަށް ރައްކާތެރިވެވޭނޭ އިޖުރާއާތުތަކުގެ މައްޗަށް ޝާމިލުވާ ޤާނޫނީ
ނިޒާމެއްގެ ތެރެއިން ތަޙުޤީޤުކޮށް ޢަދުލުވެރި ޝަރީޢަތެއްކުރެވުންކަން އެނގޭކަމާއި ކުށެއްގެ
މަތުކުރެވިފައިވާ މީހަކަށް ނިސްބަތްކުރެވޭ ކުށުގެ ޢަމަލު ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން
ބަލައި ތަޙްޤީޤުކުރުމާއި ކުށުގެ އެ ޢަމަލު އެހެން ނިޒާމެއްގެ ތެރެއިން އަދި އެހެން އިޖުރާއާތުތަކެއްގެ
ތެރެއިން ހޯދައި ހާމަކުރުމާއި ޖިނާއީ ކުށް ސާބިތުކުރާ އުޞޫލުތަކާއި މިންގަޑުތައްނޫން އެހެން މިންގަޑަކުން
ސާބިތުކުރުމަކީ ބުނެވިދިޔަ އުޞޫލުގެ މަތިން އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާގޮތަށް ޢާންމުކޮށް
ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީއަތްކުރެވުމުގެ ޙައްޤާއި ޤާނޫނުއަސާސީގެ 50
ވަނަ މާއްދާ އާއި 51 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހެކިންނާއި އެއް ހާޟިރުގައިހުރި ހެކިންނާ
ކުރިމަތިލައި ދިފާޢު ހުށަހެޅުމާއި މުއްތަހަމު ބޭނުންވާ ހެކިން ހާޟިރުކުރުމުގެ ހައްޤާއި ތިމާއާ ދެކޮޅަށް
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ23532
ހެކިދޭން މަޖްބޫރުނުކުރެވުމާއި ދިފާޢުކޮށްދޭނޭ ވަކީލަކުގެ އެހީތެރިކަން ހޯދުމުގެ ޙައްޤުތައްފަދަ އިންސާފުވެރި
ޝަރީޢަތެއްގެ ގެރެންޓީތަކާ ޚިލާފުވާނެ ކަންތައްތަކެއްކަން އެނގެން އޮންނަކަމެވެ.
/ ތ 02
2
ބަވަތެއްގެ
(ދ) ބާރަވަނަކަމަކީ، ޑަބަލް ޖެޕަރޑީގެ މާނައަކީ ޤާނޫނީ އެއް ނިޒާމަކާ ޚިލާފުވެގެން އެ
ނިޒާމުގެ ތެރެއިން ދެ ފަހަރަށް އެއް ޢަމަލަށް އަދަބު ނުދިނުމުގެ ގެރެންޓީ ކަމަށްވާއިރު، މީހަކު ކުރީ
ޖިނާއީ ނިޒާމާ ޚިލާފު ޢަމަލަކަށް ވުމުގެ އިތުރަށް އެ ޢަމަލަކީ މަދަނީ ނިޒާމަކާ ނުވަތަ ތައުދީބީ ނިޒާމަކާ
ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމުގައިވާނަމަ މިއިން ކޮންމެ ނިޒާމަކީ އެނިޒާމަކަށް ކަނޑައެޅިފައިވާ
އަދަބުތަކެއް ހުންނަކަން ޤާނޫނީގޮތުން އެނގިފައިވާ ނިޒާމުތަކެއްކަމާއި، ނަމަވެސް ޢަދުލުވެރިކަމާއެކު
ޝަރީޢަތްކުރުމުގެ މަބާދީގެ ދަށުން އަބަދުވެސް ރިޢާޔަތްކުރަންޖެހެނީ މުތަހަމުގެ މައްޗަށް އެއްވެސް
އަދަބަކަށް ވާނޭ ފިޔަވަޅެއް ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ނަމަވެސް
ދެވިއްޖެނަމަ އެ މުއްތަހަމުގެ މައްޗަށް ހަމަ އެ ޢަމަލާ ގުޅިގެން ޝަރީޢަތްކުރުމާއި އަދަބުދިނުން ހުއްދަ
ނުވުންކަން އެނގޭކަމާއި މި އުޞޫލަށް ފްރާންސްގެ ކެސޭޝަން ކޯޓުގެ ޤަޟިއްޔާ ނަންބަރު
Cass.Crim.20Juin1996 އާއި މިޞްރުގެ ކޮންސްޓިޓިޔުޝަނަލް ސުޕްރީމް ކޯޓުގެ ނަންބަރު 3 ޖޫން
12000އަލްޤަޟިއްޔާ ނަންބަރު 21 އާއި ބައިނަލްއަޤްވާމީ ކޮންސްޓިޓުޝަނަލް ޖަސްޓިސްގެ އަހަރީ ފޮތް
1999 ގެ ޞަފްޙާ 320 ގައި ޙަވާލާދީ ބަޔާންކޮށްފައިވާ ސްޕޭންގެ ކޮންސްޓިޓިއުޝަނަލް ސުޕްރީމް ކޯޓުގެ
ޤަޟިއްޔާ
320.Annuaire International de la justice constitutionelle.1999p ގައި
މި އުޞޫލަށް ރިޢާޔަތްކޮށް އިދާރީ ނުވަތަ ތަޢުދީބީ އެހެން ނިޒާމެއްގެ ތެރެއިން އަދަބު ދިނުމުން ދެން
ޖިނާއީ ޝަރީޢަތް އަލުން ކުރުމަށް ހުރަސްއެޅޭކަމަށް ނިންމާފައިވާކަން އެނގެން އޮވެއެވެ.
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32 24
(ދ) ތޭރަވަނަކަމަކީ، ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގައި ސިވިލް ސަރވިސް
ކޮމިޝަނުގެ މެންބަރަކު ވަކިކުރުމާ ބެހޭގޮތުން ހުރި ނައްޞުތަކަށް ރިޢާޔަތްކުރާއިރު، އެ މާއްދާގެ (ހ) ގައި
މެންބަރަކު ވަކި ކުރެވޭނެ ޙާލަތްތައް ސާފުކޮށް ބަޔާންވެފައި އޮންނަކަން ފާހަގަކުރެވޭކަމާއި އެ ޙާލަތްތަކަކީ:
(1) ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއް
ކުރިކަމަށް ފެނުން
(2) އެ މަޤާމު އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް ފެނުން
(3) އެ މަޤާމު އަދާކުރުމުގެ ޤާބިލުކަން ނެތްކަމަށް ފެނުން
އަދި މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ) ގައި ބުނެފައި އެވާ ޙާލަތެއް މެދުވެރިވެއްޖެ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނުމަކީ އެކަމުގެ އިޖުރާއަތުގެ ގޮތުގައި ބަޔާންވެފައި އޮންނަކަމާއި
އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން
ފާސްކުރުމުން މެންބަރުކަމުން ވަކިވީކަމަށް ބަޔާންވެފައި އޮންނަ އޮތުމެވެ.
0 ދ ތ47
@ގ
(ލ) ސާދަވަނަކަމަކީ، ޤާނޫނުއަސާސީގައި މުސްތަޤިއްލު މަޤާމުތަކާއި ކޮމިޝަންތަކުގެ
މަޤާމުތަކާ ގުޅިގެން ހުރި ދުސްތޫރީ އިޖުރާއާތުތަކަކީ އެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން
ކަށަވަރުކޮށްދެނިވި އިޖުރާއަތުތަކެއްކަމާއި، އެގޮތުން މަޤާމުތަކަށް ޢައްޔަންކުރުންފަދަ ދައުލަތުގެ ވެރިކަން
ހިންގުމުގެ ބާރަށް މަތިކުރެވޭ އިޖުރާއަތާއި މަޤާމަށް ތަރްޝީޙުކުރެވޭ ނަންތައް ފާސްކުރުމާއި މަސްއޫލިއްޔަތު
އަދާކުރާ މިންވަރާ ގުޅިގެން ޖަވާބުދާރީކުރުމާއި ވަކިކުރުމުގެ އިޖުރާއާތުފަދަ ރައްޔިތުންގެ މަޖިލީހަށް
މަތިކުރެވޭ އިޖުރާއާނާއި އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ
ކުރިމަތީގައި ހުވާކުރުން ފަދަ ޤާނޫނީ އިޖުރާއާތުތަކަކީ އޭގެ ދުސްތޫރީ ޠަބީޢަތަށް ބަލާއިރު، ސެޕަރޭޝަން
އޮފް ޕަވަރސްގެ ދުސްތޫރީ އުޞޫލުގެ ދަށުން ޗެކް އެންޑް ބެލަންސެސް އިޖުރާއާތުތަކެއްގެ ގޮތުގައި
2 2
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
ސުޕްރީމް *
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ32 25
ދުސްތޫރުވެރިން ސިފަކުރާ އިޖުރާއާތުތަކެއްކަމާއި ދައުލަތުގެ މިފަދަ އެންމެހައި ޤާނޫނީ އިޖުރާއާތުގެ ވެލިޑިޓީ
ނުވަތަ ދުސްތޫރީގޮތުން ޞައްޙަވުން ބިނާވަނީ އެ އިޖުރާއަތަކީ ދުސްތޫރީގޮތުން ލެޖިޓިމޭޓް (މަޝްރޫޢު)
އަދި ކޮންސްޓިޓިއުޝަނަލް އަދި ރޫލް އޮފް ލޯ އާ އެއްގޮތްވާ އިޖުރާއަކަށްވުމުންކަން އެނގެން
0x ހ2
x
2
2
އެނ084ވ"
4 0 2 7 2
(ގ) ފަނަރަވަނަކަމަކީ، ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އެވާ
ޙާލަތްތަކުގައި އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޟިރުވެ
ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީކަމަށް
އޮތްއިރު، އޭގެ ކުރިއަށް އަންނަންޖެހޭ ޤާނޫނީ އިޖުރާޢާތަކީ އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް
މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނުންކަމަށް ބަޔާންވެފައި އޮންނަ އޮތުމަށް
ބަލާއިރު، މިފަދަ ކޮންމެ އިމްޕީޗްމެންޓް ޕްރޮސީޖާރއަކީ ފަރުދެއްގެ އަސާސީ އަދި ފަރުދީ ޙައްޤުތަކަކަށް
ސީދާ އަސަރުކުރާނޭ އިޖުރާއާތަކަށްވާތީއާ ފަރުދުންގެ މިފަދަ ޙައްޤުތައް ޙިމާޔަތްކުރުމާއި އެ ޙައްޤުތަކަށް
އިޙުތިރާމު
ގިރާމުކުރުމުގެ އެންމެ އަސާސީ ގެރެންޓީއަކީ ނުވަތަ ދައުލަތުގެ ޤާނޫނުތަކުގެ ބާރުތަކާއި ފަރުދުންގެ
ޙައްޤުތައް ޙިމާޔަތްކުރުން ހަމަހަމަކޮށް ކިޔޭ ތިލަފަތަކީ ޑިޔު ޕްރޮސެސްކަމާއި ދައުލަތުގެ އެއްވެސް ބާރަކުން
ނުވަތަ ރަސްމީ އެއްވެސް ފަރާތަކުން ކުރާކަމަކުން ފަރުދެއްގެ ޙައްޤަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް
(އާރބިޓްރަރީއެއް) ވުމަކީ ޑިޔު ޕްރޮސެސްއާ ޚިލާފުވުންކަމާއި އާރބިޓްރަރީ ނަހީނުވާ ކޮންމެ ނިންމުމެއް
ނުވަތަ ކޮންމެ އިޖުރާއަތެއް ރޫލް އޮފް ލޯ އާ ޚިލާފުވާނެކަން އެނގެން އޮންނައޮތުމެވެ. އެގޮތުން ޑިޔު
ޕްރޮސެސްގެ މާނައަކީ ދައުލަތުގެ މިފަދަ ކޮންމެ ނިންމުމެއް ނުވަތަ އިޖުރާއަތެއް ބަރާބަރަށް ޤާނޫނާ
އެއްވެސް ފުށުއެރުންތަކެއް ނެތުމާއި ރައްޔިތުންގެ ޙައްޤުތަކަށް ދާއިމީ ރައްކާތެރިކަން
ކަށަވަރުވެފައިއޮތުންކަން އެނގޭކަމާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކަށް
04/
22 2x 04
24
3 4ވ
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32ގެ26
ސުޕްރީމް
ބަލާއިރު، ޑިޔޯ ޕްރޮސެސްގެ ދަށުން އަންނަނިވި ޙިމާޔަތްތައް ހިމެނިގެންވާކަން ޔޫ. އެސް. އޭ
ކޯޓުތަކުގެ ނިންމުންތަކުން އެނގެން އޮވެއެވެ.
(1) ޖިނާއީ ނިޒާމުގެ ތެރޭގައި ހިމެނޭކަންތައް ޖިނާއީ އިޖުރާއާތާ އެއްގޮތްވާ ގޮތުގެމަތިން
ހިންގަންވާނެކަން، މަދަނީ ޢަދުލުގެ ނިޒާމުގައި ހިމެނޭކަންތައް މަދަނީ އިޖުރާޢަތާ އެއްގޮތަށް
ހިންގަންވާނެކަން (2) ސަބްސްޓޭންޝިވް ޑިޔު ޕްރޮސެސް ގެ ޤާނޫނަކުން ކަނޑައެޅޭ އިޖުރާއާތުތަކެއްނެތި
އެއްވެސްމީހަކު ޙައްޤަކުން މަޙުރޫމްކުރުން ކޯޓުތަކުން ލިމިޓްކުރުން (3) ސާފުކޮށް އޮޅުން ނުފިލާ
ޤާނޫނުތައް މަނާކުރުން (4) ބިލް އޮފް ރައިޓްގައިވާ ޑިޔު ޕްރޮސެސްގެ އުޞޫލު އިންކޯރޕަރޭޝަން
ޑޮކްޓްރީންގެ ދަށުން ބިލް އޮފް ރައިޓްސްގައިވާ ޙައްޤުތައް ތަޠުބީޤުކުރުމުގެ ވެހިކަލެއް ކަމުގައި
ބޭނުންކުރުން.
(ޏ} ސޯޅަވަނަކަމަކީ އެހެނިހެން ދިމިޤުރާޠީ މުޖުތަމަޢުތަކެކޭ އެއްފަދައިން
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި ދުސްތޫރީ މަބާދީތަކާއި ޤާނޫނުގެ ވެރިކަން
ގެރެންޓީކުރުމުގައި އެންމެ މުހިންމު އަސާސަކީ ޑިޔު ޕޮރޮސެސްކަން ޤާނޫނުއަސާސީން ސާފުކޮށް
އެނގެންއޮންނަކަމާއި، މި އަސާސް ކަށަވަރުކޮށްދޭ މާއްދާތަކުގެ ތެރޭގައި ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ
އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އާއި 42
ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާއި 51 ވަނަ މާއްދާ އާއި 52 ވަނަ މާއްދާ އާއި 53 ވަނަ މާއްދާ
އާއި 54 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ އާއި 61 ވަނަ މާއްދާ އާއި 62
ވަނަ މާއްދާ އާއި 63 ވަނަ މާއްދާ އާއި 64 ވަނަ މާއްދާ އާއި 65 ވަނަ މާއްދާ އާއި 67 ވަނަ މާއްދާ
އާއި 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އާއި 144 ވަނަ މާއްދާ އާއި 268 ވަނަ މާއްދާ އާއި 299
ވަނަ މާއްދާ ހިމެނިފައިވާކަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާ
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
ސަފްޙާ2732
އާއި 20/SC
-
A/2010 ވަނަ ޤަޟިއްޔާގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އަސާސީ ހައްޤުތަކާއި
މިނިވަންކަންތައް ޔަޤީންކޮށްދީފައިވާ މާއްދާތަކުގައި ކަނޑައެޅިގެންވާ ޙައްޤަކުން ޑިޔު ޕްރޮސެސް (ޤާނޫނީ
އިޖުރާއާތު) އާ ޚިލާފަށް މަޙްރޫމްކުރެވިފައިވާތީ، އެ ޙައްޤާ ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތަކާއި އިޖުރާއާތު
ބާޠިލުކަމަށް ކަނޑައަޅައި ނެރެފައިވާ ދެ އަމުރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު-SC/2012
01/SJ ކޯޓު އަމުރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެހެނިހެން ނިންމުންތަކުން މި އުޞޫލު
ކަށަވަރުކޮށްދެވިފައިވާކަން އެނގެން އޮންނަ އޮތުމެވެ.
22 04
7
7 ތަރާ
އެކަމަކުރުމަށާއި
ހ2 23
(ސ) ސަތާރަވަނަކަމަކީ، ކީރި ޤުރްއާނުގެ ނަޙްލު ސޫރަތުގެ 90 ވަނަ އާޔަތުގައި
ޢަދުލުވެރިވުމަށާއި، ނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި މީސްތަކުންގެމެދުގައި ތިޔަބައިމީހުން
ޙުކުމްކުރާނަމަ ޢަދުލުވެރިކަމާއެކު
އަންޢާމް ސޫރަތުގެ 152 ވަނަ އާޔަތުގައި
ތިޔަބައިމީހުން ބަސްބުނާނަމަ ގާތްތިމާގެ މީހަކުކަމުގައިވިޔަސް ޢަދުލަށް ތެދަށް ބުނާށެވެ. އަދި މާއިދަތު
ސޫރަތުގެ 8 ވަނަ އާޔަތުގައި ބަޔަކު މީހުން ތިޔަބައިމީހުންނާއޮތް ރުޅިވެރިކަން އެއީ ތިޔަބައިމީހުން
ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއްކަމުގައިނަހަދާށެވެ. ނިސާއު ސޫރަތުގެ 153 ވަނަ އާޔަތުގައި
ތިޔަބައިމީހުން ޢަދުލު އިންސާފު ޤާއިމްކުރުމުގައި ދެމިތިބެ ﷲ އަށްޓަކައި ހެކިބަސް އަދާކުރާބަޔަކު
ކަމުގައިވާށެވެ. ކީރިތި ޤުރްއާނުގެ މި އާޔަތްތައްފަދަ ޞަރީޙަ ނަޢްސުތަކުން އައިސްފައިވާ އިސްލާމް ދީނުގެ
ޤަޠަޢީ ޙުކުމްތަކަށާއި ޤާނޫނުއަސާސީއާ އިންސާނީ ޙައްޤުތަށް ކަށަވަރުކޮށްދޭ މުޢާހަދާތަކުގެ ނައްޞު
ރޫހަށް ބަލާއިރު ބުނެވިދިޔަ ފަދަ ނިންމުންތަކާއި ފިޔަވަޅުތައް ޤާނޫނަކުން ކަނޑައެޅިފައިވާ އިޖުރާއާތަކަށް
ވުމަކުން ހަމައެކަނި ނުފުދޭނެކަމާއި ޤާނޫނަކުން ކަނޑައެޅިފައިވާ އިޖުރާއާތަކަށް ވުމުގެ އިތުރަށް،
އެއިޖުރާއަތަކީ ޢަދުލުވެރި، އިންސާފުވެރި، (ޖަސްޓް އެންޑް ފެއަރ)، މަޤްބޫލު (ރީޒަނަބަލް)
އިޖުރާ
ޖެހޭނެކަން ސާފުކޮށް އެނގޭކަމާ އުޞޫލު އިންޑިއާގެ ސުޕްރީމް ކޯޓުގެ
« OX
.4ކޮށްއ
3
2
2 ދ ތ 0
2
0
2 &2
. ترها سرور سره
)
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ28532
ނަންބަރު 248
SCC
1 (1978) މަނެކާ ގާންދީ ވަރސެސް ޔުނިއަން އޮފް އިންޑިއާގެ ޤަޟިއްޔާގައި
ކަނޑައަޅާފައިވާކަމާއި އެގޮތުން އެއްވެސް އިޖުރާޢަތަކުން އާރބިޓްރަރީ (ތަޢައްސުފް ! އަނިޔާ) ވުމުގެ ސިފަ
ނަފީނުވާހާ ހިނދަކު ރީޒަނަބަލް ނިންމުމަކަށް ނުވާނެކަމާއި، "ރީޒަނަބަލްނަސް" މިމަބްދަޢު ބިނާވެފައިވަނީ
ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަންއޮތުމުގެ
ތީމުގެ އަސާސީ ހައްޤުގެ މައްޗަށްކަން ސާފުކޮށް އެނގެން
އޮންނަކަމެވެ.
() އަށާރަވަނަކަމަކީ، ޖިނާއީ ކުށުގެ ތުހުމަތުގައި ޖިނާއީ ނިޒާމުގެ ތެރެއިން ބެލެވެމުންދާ
މައްސަލައެއްގައި ހަމަ އެ ޖިނާއީ ޢަމަލު އެހެން މިންގަނޑަކުން ސާބިތުވާކަމަށް ކަނޑައަޅައި ޖިނާއީ އެ
ޢަމަލުގެ މައްޗަށް ދެވޭ އަދަބަކަށްވާނޭގޮތަށް މަޤާމުން ވަކިކުރުމުގެ ފިޔަވަޅު ޖިނާއީ އިޖުރާއާތު ނިމުމުގެ
ކުރީގައި އަޅައިފިނަމަ މުއްތަހަމާ ދެކޮޅަށް ހިނގަމުންދާ ޖިނާއީ އިޖުރާތުގެ ތެރޭގައި ހިމެނޭ ދުސްތޫރީ
ގެރެންޓީތަކާއި ހެކިތަކަށް ރައްކާތެރިވުމާއި އެ ހެކިތައް ވަޒަންކުރުމާއި ދައުލަތުން ޖިނާއީ ތަޙްޤީޤުކުރުމާއި
ޝަރީޢަތް ހިންގުމުގެ ގެރެންޓީތަކަކަށް ބުރޫއަރާނެކަމާއި ތަޢުލީމީ ނިޒާމެއް ނުވަތަ އެހެންވެސް ނިޒާމެއްގެ
ތެރެއިން ހަމަ އެ ޢަމަލު އެ މުއްތަހަމުގެ މައްޗަށް ތަޙްޤީޤުކޮށް އެ ޢަމަލު ހިންގާފައިވާކަމަށް
ކަނޑައެޅުމަށްޓަކައި ސާބިތުކުރުމުގެ މިންގަޑެއް ކަނޑައެޅުންފަދަ އިޖުރާއާތުތަކަކީ ޤާނޫނުއަސާސީގައި
ޖިނާއީ ތަޙުޤީޤުކުރުމާއި ޖިނާއީ ޝަރީޢަތް ހިންގުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާ
ގެރެންޓީތަކާއި ކުށުގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދޭ ޙައްޤުތަކާ ތަޢާރުޟުވާ ކަންތައް ތަކެއްކަން
އެނގެން އޮންނައޮތުމެވެ.
(ގ) ނަވާރަވަނަކަމަކީ، ޤާނޫނުއަސާސީގައި މުސާތަޤިއްލު މަޤާމުތަކާއި މުސްތަޤިއްލު
ކޮމިޝަންތަކުގެ މެންބަރުކަމުގެ މަޤާމުން ވަކިކުރުމުގެ އުޞޫލު ބަޔާންކޮށްފައިވާ މާއްދާތަކަށް ބަލާއިރު،
ޤާނޫނުއަސާސީގައި ވަކިކުރެވޭނެ ޙާލަތްތައްކަމަށް ބަޔާންވެފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ
ސުޕްރީމް«
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32ގެ29
މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ބެލުމުގައި ޢަދުލުވެރި އިންސާފުވެރި (ޖަސްޓް އެންޑް ފެއަރ) އަދި
މަޤްބޫލު (ރީޒަނަބަލް) ޤާނޫނީ އިޖުރާއާތުތަކަކަށް ތަބަޢަވާންޖެހޭނެކަން އެނގޭކަމާ އަދި ޖިނާއީ
ތުހުމަތެއްގައިވާ މީހަކު ނަމަ އެ ތުހުމަތާ ގުޅިގެން އެ މީހަކާ މެދު ޢަމަލުކުރަންޖެހޭނީ ޖިނާއީ އިޖުރާއާތުގެ
ތެރެއިންކަމާއި ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ މައްޗަށް ޖިނާއީ ނިޒާމުގެ ތެރެއިން ޢަދުލުވެރި
ޝަރީޢަތެއްކުރުމާއި މުއްތަހަމުގެ ފަރުދީ ޙައްޤުތަކާއި މިނިވަންކަންތައް ޙިމާޔަތްކުރުމަށް ހުރި ދުސްތޫރީ
ގެރެންޓީތަކާ ތަޢާރުޟުވާނެ އެއްވެސް ފިޔަވަޅެއް އެ ތުހުމަތާ ގުޅިގެން ޖިނާއު ނިޒާމުނޫން އެހެން
ނިޒާމެއްގެ ތެރެއިން އެއްވެސް ފަރާތަކުން އެޅުން ދުސްތޫރީ ގޮތުން ޞައްޙަނުވާނެކަމާއި، ކުރެވިފައިވާ
ތުހުމަތުގެ ޖިނާއީ މައްސަލަ ނިމެންދެން ކުރެވިފައިވާ ތުހުމަތުގެ ޒާތަށާއި ބާވަތަށާއި ޢާންމު މަޞްލަޙަތަށް
ރިޢާޔަތްކޮށް ސަސްޕެންޑް ކުރުންފަދަ ތަޢުދީ ފިޔަވަޅެއްވެސް އެޅޭނީ ޑަބަލް ޖެޕަރޑީ ވެއްޖެކަމުގައި
ބެލެވިގެން ޖިނާއީ ކުށަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އަދަބު ދިނުމުގެ ޙައްޤު ދައުލަތަށް ނުގެއްލޭނޭ
ގޮތެއްގެމަތިން އަދި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާގޮތުގެ މަތިން ޤާނޫނަކުން
ކަނޑައެޅިފައިވާ އިޖުރާއާތަކުންކަމާއި ހުރިހައި ޙާލަތެއްގައިވެސް މިފަދަ އިޖުރާއާތު ޑިޔު ޕްރޮސެސް އާއި
ރޫލް އޮފް ލޯ އަށް ފެތޭ ޢަދުލުވެރި އިންސާފުވެރި ރީޒަނަބަލް އިޖުރާއާތުތަކަކަށް ވާންޖެހޭނެކަމާއި މިފަދަ
ކޮންމެ ޤާނޫނީ އިޖުރާއަތެއްވެސް ވާންވާނީ ކޮންމެ ޤާނޫނީ ޤާއިދާއެކޭ އެއްފަދައިން ޢާންމު މުޖައްރަދު ޤާއިދާ
(ޖެނެރަލް، އެބްސްޓްރެކްޓް ރޫލް) އަކަށްކަމާއި އެގޮތުން ވަކިމީހެއްގެ ކިބައިގައި ހުރި ސިފައަކަށް ބަލައިގެން
ވަކިމީހަކަށް އަމާޒުވާގޮތަށް ހެދޭ އިޖުރާއަތަކަށްވެގެންނުވާނެކަމާއި ކުރިން ޤާނޫނީ އިޖުރާއަތެއް
ހެދިފައިނެތުމަކީ ވަކިމީހަކަށް ފިޔަވަޅުއެޅުމަށްޓަކައި ވަކިމީހެއްގެ މައްޗަށް ޢަމަލުކުރުމަށްޓަކައި ޚާއްޞަ
އިޖުރާއާތުތަކެއް އަރބިޓްރަރީ ނަތީޖާއެއް ނުކުންނަގޮތަކަށް ހެދުން ހުއްދަކުރެވޭނޭ ކަމެއްނޫންކަމާއި ޤާނޫނުގެ
ޢާންމު އުޞޫލަކީ ފަހުން ހެދޭ ޤާނޫނީ ޤާޢިދާއެއް ކުރިން ހިނގާފައިވާކަމަކަށް ނުހިންގުންކަމާއި ކުރިން
ހިނގާފައިވާކަމަކަށް އިސްތިސްނާ ގޮތެއްގައި ހިންގޭނީވެސް ޤާނޫނެއްގެ ޞަރީޙަ ނައްސަކުން
0x
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
4 23 24
ސަފްޙާ30532
ހ 2
0
2
4
0 ދ ތ
18ޅގތން
0
2
2
4
2 ދ ތ
އެނގޭކަމާއި ޤާނޫނީ އެއްވެސް އިޖުރާއަތެއް މި އުޞޫލުން އިސްތިސްނާނުވާނެ
އެނގެން އޮންނަކަމާއި ޤާނޫނުގެ ޙުކުމަށް ދައުލަތް ދިމިޤްރާޠީ މަފްހޫމުގެ ދަށުން ތަބާވުމުގެ މަޞްދައު
ބިނާވެފައިވަނީ ދިމިޤްރާޠީ ދައުލަތެއް ޤާނޫނީ ދައުލަތެއްގެ ގޮތުގައި ޤާއިމްވެފައިވުމުގައި އެންމެ އިސްކަން
ދޭންޖެހޭނީ ޤާނޫނީ ޙައްޤުތަކަށްކަމަށްވާއިރު، އިންސާނީ ކަރާމަތާއި އިންސާނީ ޙައްޤުތަކަށް ޔަޤީންކަންދޭ
އަސާސީ ގެރެންޓީއަކީ މިއިން ޙައްޤަކަށް އުނިކަމެއް އަންނަގޮތަކަށް ޤާނޫނެއް ނުވަތަ ޤަވާޢިދެއް
ނުވަތަ އިޖުރާޢަތެއްވެސް ނެހެދުންކަން އެނގެން އޮންނައޮތުމެވެ.
4 0 2
ނ
ޙުކުމް:
އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ގ. ކޮއްކިރި | މުޙައްމަދު ފަހުމީ
ޙަސަންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ޖިނާއީ ތުހުމަތަކަށްވާތީ މި މައްސަލައަކީ ބަޔާންވެދިޔަ "ޑިޔު
2x
ޕްރޮސެސް" ގެ މަބްދަޢުގެ ދަށުން ޤާނޫނުއަސާސީގެ 50 ވަނަ މާއްދާ އާއި 51 ވަނަ މާއްދާ އާއި 52
ވަނަ މާއްދާ އާއި 53 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އަދި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ
އެންމެހައި ގެރެންޓީތަކާއި ޖިނާއީ އިޖުރާއާތުތަކާއި އެއްގޮތްވާ ގޮތުގެމަތީން، ޖިނާއީ ނިޒާމުގެ ތެރޭގައި
ބަލައި ނިންމަން ޖެހޭ މައްސަލައަކަށްވާތީ އާއި ޖިނާއީ ނިޒާމުގެ ތެރެއިން އެ މައްސަލަ ނިމުމުގެ ކުރީގައި،
ޢަދުލުވެރި ޝަރީޢަތެއްކުރުމާއި މުއްތަހަމުގެ ފަރުދީ ޙައްޤުތަކާއި މިނިވަންކަންތައް ޙިމާޔަތްކުރުމަށް ހުރި
ދުސްތޫރީ ގެރެންޓީތަކާއި ޚިލާފުވާނެ އިޖުރާއަތެއް ހަމަ އެ ކުށުގެ ތުހުމަތާ ގުޅިގެން ހިންގުން
ފަރާތުގެ އެ ޙައްޤަކަށް އުނިކަން އަތުވެދާނެތީ އާއި ޖިނާއީ އިޖުރާއާތުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ
ކޮމިޓީއަކުން ހަމަ އެ ޢަމަލު އެހެން މިންގަޑަކުން މުޙައްމަދު ފަހުމީ ޙަސަނުގެ މައްޗަށް ސާބިތުވާކަމަށް
ކަނޑައަޅައި ފިޔަވަޅެއް އެޅުމަކީ ފަހުން އެ ޢަމަލަށް ޖިނާއީ ނިޒާމުގެ ތެރެއިން އަދަބެއް ޝަރީޢަތުން
ކަނޑައަޅަންޖެހޭ ޙާލަތެއް އަތުވެއްޖެނަމަވެސް ޑަބަލް ޖެޕަރޑީގެ ގެރެންޓީއާ ތަޢާރުޟުވުމުގެ
ސަބަބުން
2 22
04
ހ23 02
0%
ހ2 04
ސުޕްރީމް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ31132
99
ޖިނާއީ ނިޒާމުގެ ތެރެއިން އަދަބުދިނުމުގެ ޙައްޤު ދައުލަތަށް ގެއްލިގެން ހިނގައިދާނެކަމަކަށް ވާނެތީ އާއި
ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން މުޙައްމަދު ފަހުމީ ޙަސަންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް
ކަނޑައެޅިއްޖެނަމަ އަބުރާ ޢިއްޒަތާއެކު ކުށުން ބަރީއަކަން ކަނޑައެޅިގެންދިޔުމުގެ ޙައްޤު މުޙައްމަދު ފަހުމީ
ހަސަން އަށް ގެއްލިގެން ހިނގައިދާނެތީ އާއި ދައުލަތުގެ ރަސްމީ އަދި ދުސްތޫރީ މަސްއޫލިއްޔަތަކާ ޤާނޫނީ
ގޮތުން ޙަވާލުވެގެން ހުރި މީހަކު މަޤާމުން ވަކިކުރެވޭނެ ޙާލަތްތައްކަމަށް
މަށް ޤާނޫނުއަސާސީގައި ބުނެފައިވާ
ޙާލަތެއް މެދުވެރިވެއްޖެކަމަށް "ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން ކަމަށް" ބުނެފައި އޮންނަ
އިޚްތިޔާރީ ބާރަކީ މުޠުލަޤު ބާރެއްކަމުގައި މާނަކުރެވޭނެ ދުސްތޫރީ އަދި ޤާނޫނީ އެއްވެސް ހަމައެއްނެތަތީ
އާއި އެގޮތަށް މާނަކުރުމަކީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި ރޫލް އޮފް ލޯއާ
ތަޢާރުޟުވާނެ ކަމަކަށްވާތީ އެފަދަ މަޤާމަކުން މީހަކު ވަކިކުރަންޖެހޭ ޙާލަތެއް މެދުވެރި ވެއްޖެކަމަށް
މަޖިލީހުގެ ކޮމިޓީއަކުން ކަނޑައެޅުމުގެ އިޖުރާއަތަކީ ޤާނޫނަކުން ކަނޑައެޅިފައިވާ
އިޖުރާއަތަކަށްވާންޖެހޭނެކަމާއި މިފަދަ އިޖުރާއަތަކީ ހުރިހައި ޙާލަތެއްގައިވެސް ޑިޔު ޕްރޮސެސް އާއި ރޫލް
އޮފް ލޯއަށް ފެތޭ ޢަދުލުވެރި އިންސާފުވެރި ރީޒަނަބަލް އިޖުރާއާތުތަކަކަށްވާންޖެހޭއިރު، މުޙައްމަދު ފަހުމީ
ޙަސަން ވަކިކުރުމަށް ނެގި ވޯޓުގެ ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ
ކޮމިޓީން އަމަލުކުރި އިޖުރާއާތު ބުނެވިދިޔަ އިރު ޕްރޮސެސްގެ އުޞޫލާ އެއްގޮތްނުވާތީ، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ އާއި
20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާއި 51 ވަނަ
އާއި 52 ވަނަ މާއްދާ އާއި 53 ވަނަ މާއްދާ އާއި 54 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި
60 ވަނަ މާއްދާ އާއި 61 ވަނަ މާއްދާ އާއި 62 ވަނަ މާއްދާ އާއި 63 ވަނަ މާއްދާ އާއި 64 ވަނަ
މާއްދާ އާއި 65 ވަނަ މާއްދާ އާއި 67 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އާއި
144 ވަނަ މާއްދާ އާއި 268 ވަނަ މާއްދާ އާއި 299 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު،
މެދު
کو مار مار
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ32532
މުޙައްމަދު ފަހުމީ ހަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރުމަށް ނަގާފައިވާ ވޯޓު
ބިނާކުރި އިޖުރާއަތަކީ ޤާނޫނުއަސާސީއާ އެއްގޮތްވާ އިޖުރާއާތުތަކެއް ނޫންކަމާއި އަދި އެ އިޖުރާއާތުގެ
މައްޗަށް ބިނާކޮށް
މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން
ވަކިކުރިކުރުމަކީ ބާޠިލު ވަކިކުރުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 6
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009996
960+
މާލެ،
ސަފްޙާ 6 ގެ 1
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ ތަފާތުވި ރަޢުޔު
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ރައްޔިތުންގެ
މަޖިލީހުގެ ޤަވާއިދަށާއި ޕްރޮސީޖަރތަކަށާއި ގ. ކޮއްކިރި މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި މި ދެފަރާތުންމެ ހުށަހެޅި ލިޔެ ކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަ ކުރެވެއެވެ.
22 22
2 20
(ހ) ފުރަތަމަ ކަމަކީ، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުން މުޙައްމަދު ފަހުމީ
ޙަސަން ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއާއި 17 ވަނަ
މާއްދާގެ (ހ) އާއި 20 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއާއި 43 ވަނަ މާއްދާގެ (ހ) އާއި 51 ވަނަ
މާއްދާގެ (އ) އާ އަދި އެނޫންވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އެތައް މާއްދާތަކަކުން
ކަނޑައެޅި ޤަރާރު ކުރެވިފައިވާ ދުސްތޫރީ މަބްދަޢު ތަކާއި އުޞޫލުތަކުގެ ބޭރުން، ކަމަށް މުޙައްމަދު ފަހުމީ
ޙަސަން ބުނާ ކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއަށް
ބަލާއިރު، އެ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ އެ ޤާނޫނުއަސާސީގައި
ވާގޮތެއްގެމަތިންކަމަށާއި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނަނީ އެ ޤާނޫނުއަސާސީގެ
ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، އެ ބާބުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީ
އެއްވެސް ގޮތަކުން ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި އަދި އެ ޙައްޤުތަކާއި
މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ
ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ
މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ
ދިވެހިރާއް
ކޯޑް
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: rel
:
+960 300gggoވެ، ދިވެހިބޭޓް
ސަފްޙާ 6 ގެ 2
ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެންނުވާނެ
ކަމަށާއި
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބުނަނީ ޤާނޫނުގެ ކުރުމަތީގައި، އަދި އެ
މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއްކަމަށާއި އަދި ޤާނޫނުގެ
ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް
ޙައްޤެއްކަމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ، އެ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަކީ، ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމުގެ ޙައްޤު ބަޔާންކުރާ
މާއްދާ އެއް ކަމާއި އަދި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއަކީ ޢަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް
އެޅުމާބެހޭ ގޮތުން ޤާނޫނުއަސާސީގައި ލިޔެފައި އޮތް މާއްދާއެއް ކަމާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަކީ، މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ، އެ މީހަކީ ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ޙައްޤު
ލިބިގެންވާކަން ކަށަވަރުކޮށް ދިން މާއްދާއެއް ކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ
ހުއްދައަށް އެދި މުޙައްމަދު ފަހުމީ ޙަސަން ހުށަހެޅި ފޯމަށާއި މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ
މަޖިލީހުގައި މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ދެއްކި ވާހަކަތަކަށާއި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން
ދެއްކި ވާހަކަތަކަށް ބަލާއިރު، މުޙައްމަދު ފަހުމީ ޙަސަން ބުނާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާއާއި، 42 ވަނަ
މާއްދާއާއި 43 ވަނަ މާއްދާގެ (ހ) އަދި 51 ވަނަ މާއްދާގެ (އ) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގެ ދަށުން މުޙައްމަދު ފަހުމީ ޙަސަންއާ ގުޅިގެން ރައްޔިތުންގެ
މަޖިލީހުން ނިންމި ނިންމުމާ، އެ މާއްދާތަކުގައި ބުނާ ކަންކަމާއި ގުޅުމެއް ހުރި މާއްދާތަކެއް ކަމަށް
އަހުރެންނަށް ނުފެންނަ ކަމެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Ag[
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: rel
:
+960 300gggoވެ، ދިވެހިން
ސަފްޙާ 6 ގެ 3
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
43 ވަނަ މާއްދާގެ (ހ) އަދި (ބ) ގެ ދަށުން މުޙައްމަދު ފަހުމީ ޙަސަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ހުށަހެޅި މައްސަލައެއް ކަމަށް ބުނާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ
(ހ) ގައި ބުނަނީ އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން
ޢަދުލް އިންޞާފުގެ ހަމަތަކުގެ މަތީން އެކަށީގެންވާ އަވަސް މިނެއްގައި ކަންކުރުމަކީ އެމީހަކަށް ލިބިގެންވާ
ޙައްޤެއް ކަމަށާއި އަދި އެ މާއްދާގެ (ށ) ގައި ބުނަނީ އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް
މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިޔުމުން ލިބުމުގެ
ޙައްޤު އެމީހަކަށް ލިބިގެންވާކަމަށާއި އަދި އެ މާއްދާގެ (ނ) ގައި ބުނަނީ އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ
ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އެއްވެސް ބައެއްގެ ޙައްޤަކަށް ނުވަތަ މުޖުތަމަޢުގެ
ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ނުވަތަ
އެބަޔަކަށް ނުވަތަ އެ ކަމުން ސީދާގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށް ލިބިގެންވާ ކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 187 ވަނަ
މާއްދާ އަށް ބަލާއިރު، އެ މާއްދާއަކީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން މެންބަރުކަމުން ވަކިކުރުމާ
ގުޅޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ލިޔެފައި އޮތް މާއްދާއެއްކަމާއި އެ މާއްދާގައި
ބުނަނީ، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރަކު އެ މަޤާމުން ވަކިކުރެވޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތިންކަމާއި އަދި އެ
މާއްދާގެ (ހ) އަދި (ޅ) އަށް ބަލާއިރު، އެ ދެ މާއްދާގައި ބުނަނީ، ސިވިލް ސަރވިސް ކޮމިޝަންގެ މަޤާމާ
އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމު އަދާކުރުމަށް އުޛުރުވެރިވާފަދަ ޙާލަތެއް
މެދުވެރިވެއްޖެކަމަށް، ނުވަތަ މަޤާމު އަދާކުރުމުގެ ޤާބިލުކަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ
ކޮމެޓީއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި
ދިވެހިރާއްA
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
[
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: rel
:
+960 300gggoވެ، ދިވެހިން
ސަފްޙާ 6 ގެ 4
ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުން ސިވިލް ސަރވިސް ކޮމިޝަންގެ
މެންބަރަކު، މެންބަރު ކަމުން ވަކިވީ ކަމެވެ.
0 0
<< O
(ޅ) ހަވަނަ ކަމަކީ، މުޙައްމަދު ފަހުމީ ޙަސަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ހުށަހަޅާފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި ބުނާ ފަދަ
އިދާރީ ފިޔަވަޅެއް އޭނާ އާ މެދު އަޅައިގެން ހުށަހެޅި މައްސަލައެއް ކަމަށް އަހުރެންނަށް
އަހުރެންނަށް ނުފެންނަކަމާއި
ރައްޔިތުންގެ މަޖިލީހުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގެ ދަށުން
ލިބިދީފައިވާ ބާރެއްގެ ދަށުން، ނިންމާ ނިންމުމަކީ އިދާރީ ނިންމުމެއް ނޫން ކަމާއި އެއީ ބަރުލަމާނީ
ނިންމުމެއްކަމާއި ރައްޔިތުންގެ މަޖިލީހުގެ މިފަދަ ނިންމުންތަކުގައި އެހެން އެއްވެސް ފަރާތެއްގެ ދައުރެއް
ނުވަތަ ޝާމިލުވުމެއް ނުވަތަ ބަހެއް ނުވަތަ ތަދައްޚުލްވުމެއް އޮންނަށްނުޖެހޭ
ވޓްނުޖެހޭ ކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނަކީ އަމިއްލަ
ފަރުދުންކަމާއި ދައުލަތަށް ހިދުމަތް ކުރާ ދައުލަތުން އުޖޫރަ ލިބިގެން މަޤާމާ ޙަވާލުވެ މަސްޢޫލިއްޔަތުތަކެއް
އަދާ ކުރާ ފަރުދުންކަމާއި، ނަމަވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބުނާ ގޮތުގެމަތިން
އެއިން މީހަކު މަޤާމުން ވަކިކުރާނަމަ ރައްޔިތުންގެ މަޖިލީހުން ވެސް "ނެޗުރަލް ޖަސްޓިސް" ގެ
އުޞޫލުތަކުގެ މަތިން ނިންމަންޖޭ ނިންމުންތައް ނިންމަންޖެހޭނެކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ޖަވާބުދާރީވުމާއި ޖަވާބުދާރީކުރުވުމުގެ ރޫޙް ފުރިހަމައަށް
އެކުލަވާލެވިފައިވާ ޤާނޫނުއަސާސީއަކަށް ވީފަދައިން "ޕްރިންސިޕަލްސް އޮފް ނެޗުރަލް ޖަސްޓިސް" ވެސް
ވަރަށް ފުރިހަމައަށް ހިފަހައްޓާ ޤާނޫނުއަސާސީއެއްކަން، ޤާނޫނުއަސާސީގެ މާއްދާތަކުން އެނގޭކަމާއި
"ނެޗުރަލް ޖަސްޓިސް" ގައި ހިމެނޭ އެންމެ މުޙިއްމު ދެ ބައި ފުރިހަމަ ކުރުން ރައްޔިތުންގެ މަޖިލީހަށްވެސް
ލާޒިމް ވާނެކަމާއި، އެއީ އެމީހަކާ ދޭތެރޭ ތުހުމަތެއްކޮށް އެ މީހަކަށް އެކަމުގެ އަސަރުކުރާނެ ކަމެއް ނަމަ،
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
[
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: rel
:
+960 300gggoވެ، ދިވެހިން
ސަފްޙާ 6ގެ 5
014
އަކުމުއެ
އެމީހަކަށް އެންގުމާ އަދި އެކަމާ ގުޅޭގޮތުން އެ މީހަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހުން
ކަމެވެ.
(އ) އަށްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ދެ ފަރާތުންމެ ދައްކާފައިވާ ވާހަކަ
ތަކަށާއި ހުށަހެޅުނު ލިޔެކިޔުން ތަކަށް ބަލާއިރު، މުޙައްމަދު ފަހުމީ ޙަސަނަށް، އޭނާއާ ގުޅޭ މައްސަލައެއް
ހުށަހެޅިފައިވާކަން ރައްޔިތުންގެ މަޖިލީހުން އެންގިކަމާއި އެ މައްސަލައާ ގުޅިގެން މުޙައްމަދު ފަހުމީ
ޙަސަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރެވިފައިވާ
ކަމާއި ޖަވާބުދާރީ ވުމަށާއި ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދީފައިވާ ކަމާއި އަދި މުޙައްމަދު ފަހުމީ
ޙަސަނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅުނު މައްސަލާގައި
ޙާޟިރުކުރަންޖެހޭ ހެކިން ޙާޟިރުކޮށް އެ ފަރާތްތަކުގެ ވާހަކަތައްވެސް އެ ކޮމެޓީއިން އަޑުއެހުމަށްފަހު އަދި
އެ ކޮމެޓީއަށް ލިބުނު ހެއްކާއި ޤަރީނާ ވަޒަން ކުރުމަށްފަހު ކޮމިޓީން ގޮތެއް ނިންމި ކަމެވެ.
(ވ) ނުވަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 187 ވަނަ
މާއްދާގެ ދަށުން އެ މާއްދާގައި ބުނާ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރަކު އެކަށީގެންނުވާ ކަމެއް
ކުރިކަމަށް ރައްޔިތުންގެ މަޖިލީހަށް ފެނި، އެ މާއްދާގެ ދަށުން އެ މެންބަރަކު އެ ކުރިކަމަކާ ގުޅިގެން
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ހިންގާ އެއްވެސް ތަޙުޤީޤަކީ ޖިނާއީ ތަޙުޤީޤެއް ނޫންކަމާއި އެފަދަ
ކަމެއް ކުރިކަން ނުވަތަ ނޫންކަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމުގައި ޖިނާއީ
ކުށެއް ސާބިތުވާ މިންވަރަށް ސާބިތުވާން ނުޖެހޭނެ ކަމެވެ.
(މ) ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ރައްޔިތުންގެ
މަޖިލީހަށް ލިބިދީފައިވާ ބާރާއި އިޙްތިޞާޞްތަކުގެ ތެރެއަށް އެހެން އެއްވެސް ފަރާތަކަށް ނުވަދަވޭނެ ކަމާއި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސް
ކޮމިޝަންގެ މެންބަރުބު
ބަރުން މެންބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާނިންމުން
0ހ8ގ
ދިވެހިރާއަކީ
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
[
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: rel
:
+960 300gggoވެ، ދިވެހިބޭޓް
ޓީސީ 6 ގެ 6
އެނިންމުމުގައި ހިމެނޭ މައްސަލާގައި ފުލުހުން ޖިނާޢީ ތަޙުޤީޤެއްކޮށް އެތަޙުޤީޤުގެ މައްޗަށް ޕްރޮސިކިއުޓަރ
ޖެނެރަލް ކުރާ ދަޢުވާއަކާ ގުޅިގެން ޝަރީޢަތުން ޙުކުމެއް އިއްވައިފިނަމަ އެއީ އެއްކުށަކަށް ދެ އަދަބު ލިބުނީ
ކަމަށް ބެލެވޭނެ ކަމެއް ނޫންކަމަށް އަހުރެން ދެކޭ ކަމެވެ.
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެހެން
ހުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ
މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޮމެޓީއިން ހިންގި އެންމެހައި
އިޖުރާޢަތްތަކާއި، އެ ކޮމެޓީގެ ނިންމުމާއި ގުޅިގެން އެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން
ނިންމާފައިވާ ނިންމުންތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ހިންގާފައިވާ
އިޖުރާޢަތުތަކެއް ކަމަށް ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ނިންމާފައިވާ
ނިންމުންތަކެއް ކަމަށް ބުނާނެ ޖާގައެއްނެތްކަމަށް ބުނެ އަހުރެންގެ ރަޢުޔު އިއްވީމެވެ.
ދިވެހި)
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު | ތީމުގެ | އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Ag[
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.supremecourt.gov.mv | ފެކްސް: 3008554
960+ :Fax | ފޯން: rel
:
+960 300gggoވެ، ދިވެހިން