ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/48 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/48
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 48/HC-A/2014
• އިސްތިއުނާފު ކުރި ފަރާތް:
ނަން: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް)
ދާއިމީ އެޑްރެސް: އެޓަރނީޖެނެރަލްގެ އޮފީސް މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޚަދީޖާ ޒާހިރު
ދާއިމީ އެޑްރެސް: ލިލީމާގެ/ ސ.މަރަދޫފޭދޫ
އައި.ޑީ.ކާޑު ނަންބަރު: A016999 މިހާރުގެ އެޑްރެސް: އާނެރު/ ސ.މަރަދޫފޭދޫ
3 / ހ4708
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02
ޖުމާދަލްއޫލާ 1435
03 މާރޗް 2014
ނިމުނު ތާރީޚް: 02 ރަބީޢުލްއޫލާ 1438
01 ޑިސެމްބަރ 2016
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/S2C/202
• ނިންމެވި ކޯޓު: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ބިން ލިބިގަތުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 29 އޭޕްރިލް 2012
• ޤަޟިއްޔާ ނިމުނު ތާރީޚް: 23 ޖޫން 2013
މައްސަލަ ބެއްލެވި ފަނޑިޔާރުން:
އިސްފަނޑިޔާރު ޢަބްދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/48
ދަޢުވާގެ ޚުލާޞާ
މިއީ،
އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދައުލަތް)ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ސ.މަރަދޫފޭދޫ ލިލީމާގެ ޚަދީޖާ ޒާހިރުއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
މިނިސްޓްރީ އޮފް ހައުސިންގ އިންފްރާސްޓްރަކްޗަރ (ދައުލަތް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
އޑީ
ccc
2. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/202
/
2C ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޚަދީޖާ ޒާހިރުކަށް އައްޑުއަތޮޅު އަތޮޅު އޮފީހުން 1984 ވަނަ
އަހަރުގެ ތެރޭގައި ސ.މަރަދޫ ފޭދޫން ދޫކޮށްފައިވާ "ކަރަންކާ" ނަމަކަށް ކިޔާ ގޯތީގެ ރަޖިސްޓްރީ ހައްދާފައި
ވަނިކޮށް، އެގޯތި އޭނާގެ ކިބައިން ވަކިކޮށް އެގޯތީގެ ބަދަލުގައި ސ.މަރަދޫފޭދޫ ފަހާގޭގެ އުތުރުން ޝަވީދުއަށް
ދީފައިވާ ގޯތީގެ އިރުން އޮތް ހުސްބިމުން 5000 އަކަފޫޓުގެ ގޯއްޗެއް ޚަދީޖާ ޒާހިރުއަށް ދިނުމަށްފަހު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/48
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތާއި ޚިލާފަށް
ބަދަލު ދިނުމެއް ނެތި އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އެގޯތި، ވަކިކޮށްފައިވާތީ އެގޯތި އޭނާގެ ކިބައިން
ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ކަނޑައަޅައިދީ އޭނާގެ ކިބައިން ވަކިކުރި އެގޯތީގެ ބަދަލުގައި
އައްޑޫ ސިޓީ ކައުންސިލް އިން އޭނާއަށް ސ.މަރަދޫފޭދޫ ފަހާގޭގެ އުތުރުން ޝަވީދުއަށް ދީފައިވާ ގޯތީގެ އިރުން
އޮތް ހުސްބިމުން ދިން 5000 އަކަފޫޓުގެ ގޯތި ޚަދީޖާ ޒާހިރުއަށް ހަމަޖައްސާ ދިނުންއެދި ޚަދީޖާ ޒާހިރުގެ
ފަރާތުން ހުށަހެޅި މައްސަލައެއްކަން އެނގެންއޮވެއެވެ.
3. މިމައްސަލައާ ގުޅިގެން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ،
މަރަދޫ ފޭދޫ ލިލީމާގެ ޚަދީޖާ ޒާހިރުއަށް 1984 ވަނަ އަހަރު ނ.މަރަދޫ ފޭދޫ އިން ދޫކޮށްފައިވާ "ކަރަންކާ"
ނަމަކަށް ކިޔާ ގޯތި، އައްޑޫސިޓީ ކައުންސިލްއިން، ޚަދީޖާ ޒާހިރުގެ ކިބައިން ވަކިކޮށް އެގޯތީގެ ބަދަލުގައި
ސ.މަރަދޫފޭދޫ ފަހާގޭގެ އުތުރުން ޝަވީދުއަށް ދީފައިވާ ގޯތީގެ އިރުން ޚަދީޖާ ޒާހިރުއަށް ދީފައިވާ 5000
އަކަފޫޓުގެ ގޯތި ޚަދީޖާ ޒާހިރުގެ ކިބައިން ވަކިކޮށްފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލްއިން އެންގީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ ޚަދީޖާ ޒާހިރުގެ ކިބައިން
ވަކިކުރި، ސ.މަރަދޫ ފޭދޫ ފަހާގޭގެ އުތުރުން ޝަވީދުއަށް ދޫކޮށްފައިވާ ގޯތީގެ އިރުން ޚަދީޖާ ޒާހިރުއަށް ދެއްވި
ގޯތި ލިބިގަތުމަށްޓަކައި ޚަދީޖާ ޒާހިރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް ހުށަހެޅި ދަޢުވާގައި
ދަޢުވާހުށަހެޅި ޚަދީޖާ ޒާހިރުއަށް ސ،މަރަދޫފޭދޫ ފަހާގޭގެ އުތުރުން ޝަވީދުގެ ގޯތީގެ އިރުން 5000 އަކަފޫޓުގެ
ސިޓީ ކައުންސިލުން ދިން ކަން ޝަރީޢަތަށް ޘާބިތުވުމާއެކު، ޚަދީޖާ ޒާހިރުގެ ކިބައިން އެގޯތި
ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި ޤާނޫނު ނަމްބަރ 4
/
68ޖ
ޢާއްމު ޤާނޫނުތަކުގެ 7 ވަނަ މާއްދާއާއި، ދިވެހި ރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، އަތޮޅު އޮފީހުގެ ނަމްބަރ
82އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
8 އދން
4
2014/HC-A/48
42
S
-
BS5
/
2009
/
04 (28 ޖެނުއަރީ 2009) ސިޓީން ޚަދީޖާ ޒާހިރުގެ ކިބައިން ވަކި ކުރި "ކަރަންކާ" ގޯތީގެ
ބަދަލުގައި ސ.މަރަދޫފޭދޫ ފަހާގޭގެ އުތުރުން ޝަވީދުގެ ގޯތީގެ އިރުން ސ.މަރަދޫފޭދޫ ލިލީމާގޭ ޚަދީޖާ ޒާހިރުއަށް
ދޫކޮށްފައިވާ ގޯތި، ޚަދީޖާ ޒާހިރުގެ ކިބައިން ވަކިނުވާކަމަށް ކަނޑައަޅައި، އެގޯތި ޚަދީޖާ ޒާހިރުގެ ކިބައިން
ވަކިވެފައިވާކަމަށް އައްޑު އަތޮޅު އޮފީހުންނާއި، އެހެން ފަރާތްތަކުން އަންގަވާފައި އޮތަސް އެ އެންގުމަކީ ބާޠިލު
އެންގުމެއްކަމަށް ޙުކުމްކޮށް، އެގޯތީގެ ރަޖިސްޓްރީ ހަދާނީ އެރަޖިސްޓްރީ އަދުން ފެށިގެން ފަނަރަ ދުވަހުގެ
ތެރޭގައި ޚަދީޖާ ޒާހިރުއާއި ޙަވާލު ކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް އަމުރުކޮށް މިޤަޟިއްޔާ
ނިންމީއެވެ" މިފަދައިންނެވެ
6
28 ހއ
އއJށް
4. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202 ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ (ދައުލަތް)ގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ޖެހޭޤީވ
• ފުރަތަމަ ނުކުތާއަކީ، "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު" ގެ 29 ވަނަ
މާއްދާގައި ގޯތި ދޫކުރާ ފަރާތާއި ގޯތި ލިބޭ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންޖެހޭނެކަމަށް
ބަޔާންކޮށްފައިވާއިރު، ޚަދީޖާ ޒާހިރު (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް)
އާއި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް
ބުނެފައިވާ ފަރާތް) އާ ދެމެދު އެއްބަސްވުމެއް ވެވިފައިނުވާހިނދު، ސ. މަރަދޫފޭދޫ، ފަހާގޭގެ އުތުރުން ޝަވީދު
ނަމަކަށް ކިޔާ މީހަކަށް ދީފައިވާ ގޯތީގެ އިރުން 5000 އަކަފޫޓުގެ ގޯއްޗެއް (މީގެ ފަހުން "5000 އަކަފޫޓުގެ
ގޯތި" ކަމަށް ބުނެފައިވާ ގޯތި) އިސްތިއުނާފު ރައްދުވާ ފަރާތަށް ދިންކަން ސާބިތުވާކަމަށް އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202 ޤަޟިއްޔާގެ ޙުކުމުގައި ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/48
24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި އިސްވެދެންނެވުނު ގަވާއިދުގެ 29 ވަނަ މާއްދާއާ
ލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
. ދެވަނަ ނުކުތާއަކީ، 5000 އަކަފޫޓުގެ ގޯތި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން
ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު
ނަންބަރު 4/68. (ޢާންމު ޤާނޫނުތަކެއް) ގެ 7 ވަނަ މާއްދާއާއި، އަދި ޤާނޫނު ނަންބަރު 7/2010
(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) 41 ވަނަ މާއްދާގެ (ވ) އާ
ޚިލާފަށްކަމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202
ޤަޟިއްޔާގެ ޙުކުމުގައި
ކަނޑައަޅުއްވާފައިވާއިރު، ބުނެވިދިޔަ ޤާނޫނުތައް މި މައްސަލައިގެ ވާޤިޢާތަކަށް ތަޠުބީޤުކުރައްވާފައިވަނީ
ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 11
ވަނަ މާއްދާގެ (ށ) ގައި ދިރިއުޅުމަށްޓަކައި ދޫކުރެވޭ އެއްވެސް ގޯއްޗެއް 4000 އަކަފޫޓަށްވުރެ ބޮޑުވެގެން
ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު، 5000 އަކަފޫޓުގެ ގޯތި އިސްތިއުނާފު ރައްދުވާ ފަރާތަށް ޙަވާލުކުރުމަށް
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202 ޤަޟިއްޔާގެ ޙުކުމުގައި
ކަނޑައަޅުއްވާފައިވަނީ، އިސްވެދެންނެވުނު ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
ރައް?/2(
ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، "ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ
ގަވާއިދު” ގެ 6 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން އިސްތިއުނާފު ރައްދުވާ ފަރާތުން އައްޑުއަތޮޅު
އޮފީހުގެ ނަންބަރު S
-
B
/
S5
/
2009
/
04 (28 ޖަނަވަރީ 2009) ސިޓީ ހޯދުމަށް އެދި ލިޔުމުން ހުށަހަޅާފައި
ނުވާހިނދު، އެ ސިޓީއަކީ ޞައްޙަ ގޮތުގައި ހޯދާފައިވާ ހެއްކެއް ނުވަތަ admissible evidence ގެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިންގެ
6
2014/HC-A/48
އީއެޑްއ#
ގޮތުގައި ބައްލަވައި، 5000 އަކަފޫޓުގެ ގޯތި އިސްތިއުނާފު ރައްދުވާ ފަރާތަށް ދޫކޮށްފައިވާކަމަށް
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވަނީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ތެއެވެ.
ނެ ބާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202 ޤަޟިއްޔާ ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ށްބުނެ،
މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ (ދައުލަތް)ގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ޏ އ މ އ އއ 3
އއޤީތެންފާކަމަށް
(ހ) ފުރަތަމަ ކަމަކީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ދެކިގެން އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަމާއި،
މިފަދައިން މިމައްސަލަ މިކޯޓަށް ހުށަހެޅި ހިނގަމުންދަނިކޮށް، ޤާނޫނު ނަންބަރު 15/2015 (ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 03 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު)ގެ ދަށުން
ގެނެވުނު ބަދަލާ ގުޅިގެން ސިޓީ ކައުންސިލްތަކުގެ ބާރުތައް
ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާގޮތަށް
ނިންމަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު 2015/15 (23 ޖުލައި 2015) އިން
ސިޓީ ކައުންސިލްތަކުގެ ބާރުތައް އަލުން ކަނޑައެޅުއްވިއިރު، ބިމާބެހޭ މައްސަލަތައް ސިޓީ ކައުންސިލްތަކުގެ
ރުތަކުގެ ތެރެއިން އުނިކުރެވިފައިވާތީއާއި،
4
Uc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2014/HC-A/48
ދިވެހިރާއްޖޭ
کد
ސުޕްރީމް ކޯޓުގެ ނަންބަރު 2015/09 ޢާއްމު ސިޓީ (14 ސެޕްޓެމްބަރ 2015)
ގައި، ޤާނޫނުއަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން
ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލްކުރާނީ ބަންޑާރަނައިބު ކަމުގައި ޤާނޫނުއަސާސީގެ
133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީ، ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ޝަރުޢީ
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި އަދި ދައުލަތުގެ މުއައްސަސާތަކަށާއި އިދާރާތަކަށް ދަޢުވާ ރައްދުވާގޮތަށް
ހުށަހެޅޭ މައްސަލަތަކުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލްކުރާނީ ބަންޑާރަނައިބުކަމުގައި ބުނެފައިވާތީ،
އައްޑޫ ސިޓީ ކައުންސިލުން ހުށަހެޅި މިމައްސަލާގައި އިސްތިއުނާފުކުރާ ފަރާތުގެ ހައިސިއްޔަތުން
ހާޒިރުވުމަށް ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހަށް ފުރުސަތުދެވި، އެއޮފީހުގެ ފަރާތުން މިމައްސަލާގައި ހާޒިރުވެ،
މިޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާ ފޯމު އިޞްލާޙުކުރުމަށް ފުރުސަތަކަށް އެދިފައިވާތީ އެފުރުސަތު އެފަރާތަށް
ދެވިފައިވާކަމާއި، މިގޮތުން ދެވުނު ފުރުސަތުގައި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކުގައި، މިމައްސަލައަކީ
މަރަދޫފޭދޫގައި އޮންނަ ދެގޯއްޗަކާއި ގުޅިގެން ހުށަހެޅުނު މައްސަލައެއް، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ކޯޓުން ބަލާފައިވާ މައްސަލައެއްކަމަށާއި، އަޞްލު އެމައްސަލަ ބަލަންޖެހޭނީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން
ކަމަށާއި، އެހެންކަމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މަރަދޫފޭދޫގައި އޮތް ގޯއްޗަކާ ގުޅޭގޮތުން މައްސަލަ ބެލި
ބެލުމަކީ އެކޯޓަށް އިޚްތިޞާޞްނެތް މައްސަލައެއް ބެލުންކަމަށް ބުނެ ދައުލަތުން އިޖުރާއީ ނުކުތާއެއް
ހުށަހަޅާފައިވާކަމާއި، އަދި މިޤަޟިއްޔާގައި ގޮތެއް ކަނޑައެޅިފައިމިވަނީ މިދެންނެވުނު ފުރުސަތުގެ ދަށުން
ދައުލަތުން ފާހަގަކުރި އިޖުރާއީ ނުކުތާއަށް ރިޢާޔަތްކޮށް އެނުކުތާގެ މައްޗަށްކަމެވެ.
OCO
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައަކީ، ސ.މަރަދޫފޭދޫން ދޫކުރެވިފައިވާ
"ކަރަންކާ" ނަމަކަށް ކިޔާ ގޯތި ޚަދީޖާ ޒާހިރުގެ ކިބައިން ވަކިކޮށް އެގޯތީގެ ބަދަލުގައި ސ.މަރަދޫފޭދޫ ފަހާގޭގެ
އުތުރުން ޝަވީދު ކިޔާ މީހަކަށް ދީފައިވާ ގޯތީގެ އިރުން އޮތް ހުސްބިމުން 5000 އަކަފޫޓުގެ ގޯއްޗެއް ޚަދީޖާ
ޒާހިރުއަށް ދިނުމަށްފަހު، ބަދަލު ދިނުމެއްނެތި އެގޯތި ޚަދީޖާ ޒާހިރުގެ ކިބައިން ވަކިކޮށްފައިވާކަމަށް ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/48
ހުށަހެޅި މައްސަލައެއްކަމަށްވާއިރު، އެޤަޟިއްޔާގައި ބަޔާންކުރާ
ފިކުރާ ދެ ގޯއްޗަކީވެސް މަރަދޫފޭދޫގައި އޮތް
ދެގޯއްޗަށް ވާތީ އެދެގޯއްޗާއި ގުޅޭ މައްސަލައެއް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބެލި ބެލުމަކީ
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއް އެކޯޓުން ބެލުންކަމަށް
ފާހަގަކޮށް ދައުލަތުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއަށާއި، އެ އިޖުރާއީ ނުކުތާގެ ޖަވާބުގައި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ފުރަތަމަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނީ އެކޯޓުގެ ނަންބަރު
2010/S2C/401 ޤަޟިއްޔާއިން 2010 ވަނަ އަހަރު ކަމަށާއި، އެޤަޟިއްޔާގެ ދަޢުވާ ފުރަތަމަ އެކޯޓުގައި
އުފުލިފައިވަނީ 08 އޯގަސްޓް 2010 ގައި ކަމަށާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ވުޖޫދަށް އައިސްފައިވަނީ 21 އޮކްޓޯބަރ 2010 ގައި ކަމަށާއި، އެހެންކަމުން ދައުލަތުން ފާހަގަކުރި
ނުކުތާ އެޤާނޫނަށް ތަޠުބީޤް ނުކުރެވޭނެކަމަށް ބުނެ ޚަދީޖާ ޒާހިރުގެ ފަރާތުން ފާހަގަކުރި ކަންކަމަށާއި،
މައްސަލާގައި ހިމެނޭ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ނަންބަރު 2012/S2C/202 ޤަޟިއްޔާއަކީ 29 އޭޕްރީލް 2012
ވަނަ ދުވަހު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްކަން އެމައްސަލައިގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމާއި، އެޤަޟިއްޔާގައި އެދަޢުވާއަކީ ސިޓީ
ކައުންސިލް އައުމުގެކުރިން ޝަރީޢަތަށް ހުށަހެޅި އަޑުއެހުން ނިމިފައިވާ މައްސަލައަކަށްވެފައި އެމައްސަލަ
ނިމުމުގެ ކުރިން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު އަންދާލާފައިވާތީ މިމައްސަލާގައި މިހާރު ހިމަނާފައިވަނީ
ކުރީގެ އަތޮޅު އޮފީހުގެ މައްޗަށް ޚަދީޖާ ޒާހިރު ހުށަހެޅި ދަޢުވާގެ ލިޔުންތަކާއި އައްޑުއަތޮޅު އޮފީހުން ހުށަހެޅި
ލިޔުންތައްކަމަށާއި އެއީ އައްޑުއަތޮޅު އޮފީހުގެ ނަން ބަދަލުވިއަސް ދަޢުވާގެ އަޞްލަށް ބަދަލު އައިސްފައިނުވާތީ
ކަމަށް 2012/S2C/202 ނަންބަރު ޤަޟިއްޔާގެ ރިޕޯޓުގައި ފާހަގަކޮށްފައިވީނަމަވެސް، އެޤަޟިއްޔާއަކީ އެބުނާ
ކުރީގެ ޤަޟިއްޔާގެ ބަދަލުގައި ނުވަތަ އެޤަޟިއްޔާ ބެލުމުގެ ގޮތުން ބަލާފައިވާ ޤަޟިއްޔާ
ޤަޟިއްޔާއެއްކަން
އެޤަޟިއްޔާގައި ފާހަގަކޮށްފައިނުވާކަމާއި، އަދި އެޤަޟިއްޔާއަކީ އައު ދަޢުވާ ފޯމަކުން އައު ޤަޟިއްޔާގެ އެއްގެ
ގޮތުގައި އެއްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި، އައު ޤަޟިއްޔާ ނަންބަރަކާއެކު ކުރިއަށްގެން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/48
ނިމިފައިވާ ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓަކާއި ޚަދީޖާ ޒާހިރުގެ ފަރާތުން
އެކޯޓަށް ހުށަހެޅި ދަޢުވާ ފޯމަށް ބެލުމުން އެނގެންއޮންނައިރު، އެޤަޟިއްޔާ އެކޯޓަށް ހުށަހެޅި ނިމިފައިވަނީ
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށިފަހުންކަން
ފާހަގަކުރެވޭކަމާއި،
މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ 66 ވަނަ މާއްދާގައި ކަނޑައަޅައި، އެކޯޓުތަކުގެ އިޚްތިޞާޞް އެޤާނޫނުގެ ޖަދުވަލު 5 ގައި
ބަޔާންކޮށްފައިވާކަމާއި، އެޖަދުވަލަށް ބެލިއިރު، އެޖަދުވަލުގައި ނުވަތަ އެޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ
އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ މައްސަލަތައް ފިޔަވައި އެކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި
ހިނގާ އެންމެހައި ޖިނާއީ، މަދަނީ އަދި ޢާއިލީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓުތަކަށް
ލިބިދީފައިވާކަން އެނގެންއޮންނައިރު، އެޖަދުވަލުގެ 3 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ
ޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް އެރަށެއްގެ ބިންބިމާއި ޢިމާރާތްތަކާއި
ގޯތިގެދޮރާއި އެރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ
އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ކަމަށް ބަޔާންކޮށްފައިވާކަމާއި،
މިގޮތުން ބަލާއިރު، އެމައްސަލައަކީ ސ.މަރަދޫފޭދޫގައި އޮތް ގޯއްޗެއް ޚަދީޖާ ޒާހިރުގެ ކިބައިން
ވަކިކޮށްފައިވާކަމަށް ބުނެ އެގޯތި އޭނާގެ ކިބައިން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް
ކަނޑައަޅައިދީ، ސ.މަރަދޫފޭދޫ ގައި އޮތް އެގޯތި ޚަދީޖާ ޒާހިރަށް ލިބޭނެ ގޮތް ހަދާދިނުމަށް އެދި ހުށަހެޅި
މައްސަލައެއްކަން އެނގެންއޮންނަކަމުން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ
ޖަދުވަލު 5 ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެޤަޟިއްޔާއަކީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި
ބެލުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެންވާ މައްސަލައެއްނޫންކަން މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް
ފާހަގަކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
މާވީ، ދިވެހިރާއް
10
2014/HC-A/48
cu.
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، އައްޑުއަގެ
ޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202
ޤަޟިއްޔާގައި ބެލެވުނު މައްސަލައަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ
ދަށުން އެޤަޟިއްޔާ ބެލުމުގެ އިޚްތިޞާޞް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާ
މައްސަލައެއްކަމުގައިވާތީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202 ޤަޟިއްޔާ
ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާތިލުކުރަންޖެހޭނެކަމުގައެވެ.
329 2
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/202 ޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ދަށުން އެޤަޟިއްޔާ ބެލުމުގެ އިޚްތިޞާޞް އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓަށް ލިބިގެންނުވާ ޤަޟިއްޔާއެއްކަމަށް ކަނޑައަޅައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ބާޠިލްކޮށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv